Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެ ވަޢުދު (5)

Nanni Level 210 Stories100 Comments100 Login
June 9, 2018 4 Mins Read
27 Comments

އަމްނާ ދަންވަރު ތުނޑިއަށް ދާ ވާހަކަ ތުންތުން މަތިން އަމްނާގެ މައިންބަފައިންނަށް ވަނީ އަޑު އިވިފައެވެ. ނަމަވެސް އެދެމަފިރިންގެ ލޮލަށް ނުފެންނާތީ އެކަން ޤަބޫލު ނުކުރެވެނީއެވެ. އެހެންކަމުން އެއީ ދޮގުކަން ރައްޔިތުންނަށް ސާބިތުކޮށްދިނުމަށްޓަކައި 1 ހަފްތާ އަމްނާއަށް ފާރަލުމަށް ނިންމިއެވެ. އެގޮތުން މިއީ އެދެމަފިރިން އަމްނާއަށް ފާރަލާތާ 6 ވަނަ ރެއެވެ. ގަޑިން 11 ޖެހުމާއި އެކު އާދައިގެ މަތިންހެން ގޭތެރެ ނިވާލުމަށްފަހު ދޮރުތައް ތަޅުލިއެވެ. އަމްނާ ކޮޓަރީގައި ކަން ޔަޤީންކުރުމަށްފަހު އެމީހުންގެ ރޭވުމައިގެން ކުރިއަށް ދިޔައެވެ. ނާދިރާ ސިޓިން ރޫމު ސޯފައިގެ ފަހަތުގައި ފިލާ އިނީ އަމްނާގެ ކޮޓަރީގެ ދޮރު ފެންނާނެ ގޮތަށެވެ. ކާސިމް ހުރީ ގޭގެ ކުރިމަތީހުރި ގެއެއްގެ ދޮރުދޮށުގައި ހުރި އަނދިރި ގަނޑުގައެވެ. މަގުމަތިންދާ މީހަކަށްވެސް އޭނާ ފާހަގަ ނުވާނެކަން އެއީ ޔަޤީންކަން އޮތް ކަމެކެވެ. 30 12 ވީއިރުވެސް އަމްނާގެ ހިލަމެއް ނުވުމުން ނާދިރާ އިންތަނުން ތެދުވަން އުޅުނެވެ. ހަމަ އެވަގުތެވެ. އަމްނާ ނުކުތް ތަން ފެނުނެވެ. އަމްނާ ގެއިން ނުކުތީ ކުޑަދޮރުން ކަމުން އަމްނާއަށް ނޭނގޭނެހެން އޭނާގެ ފަހަތުން ގޮސް ގޮސް ހުރެފައި، ބުރުގާ ނާޅާ ހުރިކަން ހަނދާންވެގެން ބުރުގާ ހޯދަން ނާދިރާ ދުއްވައިގަތީ ދެފައިގައި ހުރި ބާރެއް ލާފައެވެ. ވަގުތާއި ޙާލަތުގެ ގޮތުން ސިއްރުންދާން ނުހުރެވުނީއެވެ. އަމްނާއަށް އެމަންޒަރު ނުފެނުނު ކަމީ ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. އޭރު އަމްނާ ގޭގެ ދޮރުން ނުކުމެއްޖެއެވެ.

ފޯނުގެ އަލީގެ އެހީގައި އަމްނާ ގެއިން ނުކުމެގެން އައިތަން ފެނި ކާސިމްގެ ސަމާލުކަން އެދިމާލަށް ދަމައިގަތެވެ. އެތައް ފަހަރަކު ލޯ އުނގުޅަ އުނގުޅާފައި ބެލުމުންވެސް އެދެލޯ މަތިން އަމްނާ ފެންނާތީ ކާސިމުގެ ލަގޮނޑިއަކަށް ކެތެއް ނުވިއެވެ. ހަމަ ޙަޤީޤަތުގައިވެސް އެއީ މަގޭ ދަރިހޭ ހިތާއި ސުވާލުކޮށްލިއެވެ. އެއާއި އެކު ޖާނުން ވަރުގަދަ ފިރިހެނެއް ކަމަކު އެދެލޮލަށް ކަރުނަ ޖަމާވީ ހިތަށް ތަދުވި ވަރުންނެވެ. މިގަޑީގައި ތުނޑިއަށް ދާނީ ރަނގަޅު ކަމަކު ނޫނޭ މީހުން ބުނާ ޖުމްލަ ކަންފަތް ދޮށުގައި އަޑުއިވެމުން ދިޔައީ ހޮނު ގުގުރިއެއް ފަދައިންނެވެ. އެއާއި އެކު އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުނީ ބޭއިޙުތިޔާރުގައެވެ. ދެވަނަ ސިކުންތުގައި ގޭގެ ދޮރުން ނުކުމެގެން އަންނަ ތަން ފެނުނީ އޭނާގެ ލޯބިވާ އަނބިމީހާއެވެ. މީހާ ހަމައަކަށް އެޅިލަމުން ނާދިރާއާއި އެކު މަޑުމަޑުން ދިޔައީ އަމްނާ ގެ ފަހަތުން ވީހާވެސް ސިއްރުންނެވެ. އޭރު އަމްނާ ގޯޅިއަކަށް ލަނބާލަނީއެވެ.

ގެއާއި ތުނޑިއާއި މާ ދުރުނޫނެއް ކަމަކު އަމްނާ ބިރުގަންނަނީ މީހަކަށް ފެނިދާނެތީއެވެ. މީހަކު ފަހަތު އަޔަސް އޭނާއަށް އިނގޭނީކީ ނޫން ވިއްޔާއެވެ. ހާތިބުގެ ފަރުވާކުޑަ ކަމާމެދު ކުދިކިޔަމުން ގޮސް ތުނޑިއަށް ދެވެންދެން ނޭވަޔަކު ދެފަހަރުހެން އޭނާ ފަހަތަށް ބަލާލަނީ މީހަކު އާދޭތޯ ޔަޤީން ކުރުމަށެވެ. ތުނޑިއަށް އާދެވުމާއި އެކު ފަޒަޔަށް ފުން ނޭވާއެއް ދޫކޮށްލެވުނީ މީހަކު ފާރަ ނުލާކަމުގެ ޔަޤީންކަން ލިބުމުންނެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އިންސާނުންގެ ލޮލަކީވެސް ބައެއް ފަހަރު އިތުބާރު ކުރެވޭ ފެންވަރުގެ އެއްޗެއް ނޫނެވެ. މަޑުމަޑުން ދޮންވެލިގަނޑުމަތީ ހިނގަމުން ގޮސް ރާޅު ބީއްސާ ހިސާބުގައި އަމްނާ ހުއްޓިލީ ހާތިބުގެ އިންތިޒާރުގައެވެ. ލޯތްބާއި އެކު އެ ދޮން ފައިތިލައިގައި ބޮސް ދެމުން ދިޔަ ކުދިކުދި ރާޅުތަކަށް ބަލަން ހުރުމަށްފަހު މައްޗަށް ބަލާލީ 14 ވިލޭރޭގެ ބުރު ހަމަ ހަނދުގެ ރީތިކަމާ މެދު ތަޢުރީފުކުރާ ޙާލުގައެވެ. އިރުކޮޅަކު އެހެން ހުރމަށްފަހު ދެއަށް މެއާއި ދިމާލުގައި ދެއަށް ހުރަސްކޮށްލީ ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިތަކުން ފިނިވާން ފެށުމުންނެވެ. އެއާ އެކު އަމްނާ ސިހިގެން ދިޔައީ ފަހަތުން މީހަކު އޭނާގެ ގައިގައި ބައްދައިގަތުމުންނެވެ. އެއީ ހާތިބުކަން އޭނާއަށް ޔަޤީންވީ ދުވަން ފެށި އުނިމާ ވަހުންނެވެ. އެތެރެއަށް ފުން ނޭވާއެއް ލީ އެމީރު ވަހުގެ ސަބަބުން ހިތަށް ލިބޭ ހަމަ ޖެހުމަކުންނެވެ. ހާތިބު އެހެން ހުރެލުމަށްފަހު އަމްނާގެ ކޮލުގައި ބޮސްދީ އަމްނާގެ ކުރިމަށްޗަށް އަރާ އަމްނާގެ އަތަށް އުނިމަލެއް ލައިދިނެވެ. އަދި ވަރަށް ލޯބިން އަމްނާގެ ނިތުގައި ބޮސް ދިނުމަށްފަހު ބިންމަތީގައި އެއްޗިހި ތަކެއް ލިޔަން ފެށިއެވެ. ” ޝުކުރިއްޔާ ވަރަށް ބޮޑަށް އަހަރެން ބައްޕައަކަށް ހަދައިދޭތީ.” އަމްނާ އަށް ހީވީ މޫނުމަތީގައި މީހަކު އެތި ފަހަރެއް ޖެހި ހެނެވެ.

މަންޒަރު ބަލަން ގަސްތަކުގެ ނިވަލުގައި ތިބި ނާދިރާއަށާއި ކާސިމަށް ހާތިބު ނުފެނުނެއް ކަމަކު އަމްނާއާއި އެކު އިތުރު ފަރާތެއް ހުރިކަން ދިޔައީ ޔަޤީންވަމުންނެވެ. އިތުރަށް ކެތް ނުކުރެވިގެން އެދިމާލަށް ދާން ފެށިއެވެ.

ވަގުތަކީ ހާތިބު އަމްނާގެ ގައިގައި ބައްދާލި ވަގުތެއް ކަމުން ކާސިމާއި ނާދިރާއި އެދެމިހުންނާއި އަރާ ހަމަވިތަން ފެނިގެން ދިޔައީ އަމްނާއަށެވެ. އަވަސް އަވަހަށް ހާތިބުގެ މޭގައި އަޅާ ދުރުކޮށްލުމްށަފަހު ދެއަތް ދެއަތާއި މޮޑެމުން އިސްޖަހާލީ މީ ސިއްރުތައް ނިއުޅޭނެ ރެއޭ ސިކުނޑީގެ ކަނަކުން ބުނަން ފެށުމުންނެވެ. ކިތަންމެ ފިނި މާޙައުލެއް ކަމަކު ޙާސްވީ ވަރުން އަމްނާގެ ނިތް ކުރިމަތިން އޮއްދާ ހިއްލާކަށްވެސް ގިނަ އިރުތަކެއް ނުނެގިއެވެ. އަމްނާއަށް މިއައި ބަދަލު ފަހަގަ ވުމުން ހާތިބު އަމްނާ ބަލައިލި ދިމާއަށް ބަލާލީ ވީގޮތް އޮޅުން ފިލުވުމަށެވެ. އޭރު އެދިމާއަށް އަންނަން ފެށި ނާދިރާއާއި ކާސިމް ފެނި އަމްނާގެ އުނަގަނޑުގައި އަތް އަޅުވާލުމަށްފަހު އެމީހުންނަށް ސަމާލުކަން ދިނެވެ.

ހިތުގަ ޖެހި ރޮވޭ ޙާލު އެދިމާއަށް ގޮސް ގޮސް ހުރި ނާދިރާއަށާއި ކާސިމު ދެލޯ މަތީ އަތް އެޅީ ކުރިމަތިން އަލިގަނޑެއް ފާޅުވުމުންނެވެ. އެއާއި އެކު އެއަލިގަނޑު ނިވުމާއި އެކު ފެނިގެން ދިޔަ މަންޒަރާއި އެކު ދެފައި ތުރުތުރު ލާން ފެށީ ބިރުގަތް ވަރުންނެވެ. އަމްނާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން އެހުރީ ނިކަން ބިރުވެރި ވައްތަރެއް ޖަހާ މަޙުލޫގެކެވެ. ދެލޮލުގެ ކަޅި ފެންނަން ނެތް އިރު މީހާ ހުރީ ފެހި ކުލައެއްގައެވެ. މޫނު މައްޗާއި ގައިގެ އެތަން މިތަނުން ފަހާފައި ވެއެވެ. އަތުގެ ނިޔަފަތިތައް ދިގުވެފައި ތޫނެވެ.

” އައްސަލާމު ޢަލައިކުމް މަންމާ. ބައްޕާ. ހައިރާން ވެއްޖެދޯ. އެކަމަކު ކީއް ކުރާނީ. އަހަރެންވެސް ބުނިން އަމޫ ކައިރި މަންމަމެން ކައިރި ބުނެގެނޭ އުޅެންވާނީ. އެކަމަކު އެއްގޮތަކަށް އެއްބަހެއް ނުވި. ހަމަ ބުނަނީ ސިއްރު ކުރާށޭ ބޭނުމީ. އެހެންވެ މިތާނގަ މި ބައްދަލު ކުރަނީވެސް. އަމޫ ހިތްހަމަ ޖައްސަދޭން. އަހަރެން ވަރަށް ލޯބިވޭ އަމޫ ދެކެ. އެހެންވެ. އެކަމަކު 6 މަސް ފަހުން މިއޮއް ދިމާވީނު ދޯ. އަމޫ މީ މިހާރު އަހަރެންގެ އަނބިމީހާ. އަދި އަމޫ މިހާރު އިނީ އަހަރެން ދަރިއަކަށް ބަލިވެ. އުފަލެއް ނުވޭތަ؟ މާމަ ކާފަ ކިޔަން އުޅޭތީކީ. އަމޫއަށްވެސް އިނގުނީ ދެންމެ. އަހަރެން ބުނީމަ. އަދި މަހެއް ނުވޭ އެކަމަކު އަހަރެން ވަރަށް އުފާވެއްޖެ.” ހައިރާންވެފައި ތިބި ކާސިމާއި ނާދިރާ ގެ ދަތްދޮޅި ގޮސް ބިމުގައި ޖެހުނު ފަދަ އިޙުސާސެއް ކުރެވުނީ އިވިގެން ދިޔަ ޖުމްލަތަކުން އިތުރަށް ހައިރާންވުމުންނެވެ. މަންޒަރު ބަލަން ގަނޑުވެފައި ހުރި އަމްނާއަށް ދެކެވެމުން ދިޔަ ވާހަކަ އަޑުނީވުނެއް ކަމަކު މިވަނީ ރަނގަޅު ގޮތެއްނޫންކަން ނަގައިގަނެވުނީ އެންމެންގެ މޫނުމަތިން ފާޅުވަމުން ދިޔަ ކުލަވަރުތަކުންނެވެ.

“ކީކޭ؟ ކަލޭ އަންބޭ؟ ދަރިއެކޭ؟ ބަނޑުބޮޑޭ؟ ކީކޭ ތިކިޔަނީ؟ ކަލޭގެ ގޮތެއް ނެތްކަން ދޯ. އަމްނާގެ ނިކަމެތި ކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ތިއުޅެނީ. ތީ ހަމަ ޖިންނިންގެ ވައްތަރޭ. އިންސާނުން ނިކަމެތިވެ ކަލޭމެންގެ ބާރު ގަދަވީމަ އިންސާނުންގެ ބުއްދިއާޢި ކުޅެ އެކަމުގެ ބޭނުން ކޮށްލާނީ. ބަލަ އަހަރެމެން ކިތަންމެ ނިކަމެއްޗަކަސް އަހަރެމެން މީ ކަލޭމެން ޖަހާހާ ބެރަކަށް ނަށާނެ ބައެއް ނޫން. ދެންވެސް ޞުލްޙައިގަ އަމްނާ އަހަރެމެންނާ ހަވާލު ކޮށްފަ ކަލެއާއި ކަލޭގެ ތިޔަ ދަރި ގޮވައިގެން އަމްނާ އާއި ދުރަށް ދޭ.” ކާސިމުގެ ރުޅިގަނޑު ކިތަންމެ ގަދަވިއެއް ކަމަކު ވާހަކަ ދައްކަން މަސައްކަތް ކުރީ ރީތިކޮށެވެ. ކަންތައްތއް ގޯހުން ގޯހަށްދާން ނޭދޭތީއެވެ.

“” އަހަރެންނަށް އަމްނާގެ ދުލުން އާބަސް އިވުމަށްފަހު އަހަރެން އަބަދުވެސް އަމްނާ ގެ ހިޔަނި ފަދައިން ގާތުގައި ހުންނާން. އަހަރެން ދުވަހަކުވެސް އަމްނާގެ ވިސްނުމާއި ބުއްދިއަކާއި ނުކުޅޭނަން. އަހަރެން އަމްނާއަށް ދެރަ ގޮތެއް ވިޔަކަ ނުދޭނަން. އަހަރެންގެ އުފަލަށްވުރެން އަމްނާގެ އުފަލަށް އިސްކަންދޭނަން. އަމްނާއާއި ދުވަހަކުވެސް އަހަރެން ވަތްކެއް ނުވާނަން. އަދި މިދެމެދަށް ވަންނަން މަސައްކަތް ކުރި ކޮންމެ މީހެއްގެ ވަސްވެސް ފުހެލަން އަތުކުރި އޮޅާލާނަން. މިއީ އަހަރެން ކުރާ ވަޢުދުތަކެއް. އަދި މިވަޢުދުތަކަށް ފުރިހަމައަށް ތަބަޢަވާނަންކަމަށް އަހަރެން ވަޢުދުވަން.” މީ އަހަރެން އަމްނާއާއި ކައިވެނި ކުރަން އެހި ރޭ ކުރި ވަޢުދު. އަހަރެމެންނަށް ކިތަންމެ ބާރެއް ލިބުނަސް އަހަރެން އަމްނާ ޙާޞިލްކުރުމަށް އޭގެ ބޭނުމެއް ނުކުރަން. އަހަރެންގެ ވަޢުދަށް އަހަރެން ކަމޭ ހިތާނަން. ކަލޭމެނަށް ނޭނގުނަސް އަހަރެން އަބަދުވެސް އަމްނާގެ ކައިރީ ހުރިން އަދި ހުންނާނަން. އަހަރެން އަމްނާއާ ވަތްކެއް ނުވާނަން. ކަލޭމެންނަކަށްވެސް އަހަރެމެން ދެމީހުން ދުރެއް ނުކުރެވޭނެ. އެއަށް ވުރެ އަހަރެން ކުރި ވަޢުދުގެ ބާރު ގަދަވާނެ. މިރޭ އަހަންނަށް އެނގޭ ކަލޭމެން އައިކަންވެސް. އަހަރެން އަމޫއަށްޓަަކައި މިދުނިޔެއާ ވެސް ކުރިމަތިލާކަށް ފަހެއް ނުޖެހޭނަން.” ކާސިމުގެ ވާހަކަތައް އަޑުއެހުމަށްފަހު ހާތިބުގެ ރުޅި އިންތިހާއަށް ގަދަވިއެވެ.

 

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

ހުޅުކޮޅު 22

Next

ނުހައްގުލޯބި (2)

Next
June 10, 2018

ނުހައްގުލޯބި (2)

Previews
June 9, 2018

ހުޅުކޮޅު 22

27 Comments!

  1. Mal says:
    June 9, 2018 at 6:45 pm

    Varah reethi????

    1. Nanni says:
      June 9, 2018 at 10:08 pm

      Thn Q Mal darlin… ufaavejje kamudhiyaeema…….

  2. eekko says:
    June 9, 2018 at 6:49 pm

    masha allah v rythi…whn nxt part

    1. Nanni says:
      June 9, 2018 at 10:09 pm

      Thn Q eekko dear….. maadhan hopefully

  3. Amee says:
    June 9, 2018 at 7:30 pm

    Masha allah varah reethi ..????when is next part… dhen vaanee kihinehbaa…?

    1. Nanni says:
      June 9, 2018 at 11:27 pm

      Hingaa dhw balamaa dhn vaane gotheh…

  4. Roxy says:
    June 9, 2018 at 7:34 pm

    Wow jst wow awwn buddy ekm mi prt hrdha slhi ey ckh speechles vvvvvv reethi nge ????????? emme majaly e lw ungulhi thnkolhu ? ekm assu kh vx vvvvvvvvvv reeethi nxt prt avx khladhehchey sis plx ????????

    1. Nanni says:
      June 9, 2018 at 11:29 pm

      Excuse me Roxy… can u inbox me to my email? Btw thank you for ya lovely comment…. gald to knw tht u really luved my hardwork..

  5. Z says:
    June 9, 2018 at 7:54 pm

    V reethi thsnkolhe dhigu koh genes dheebala

    1. Nanni says:
      June 9, 2018 at 11:29 pm

      Thn q Z

  6. unique says:
    June 9, 2018 at 8:40 pm

    hama asluves vvv reethi vvv………………. hope to see next part soon

    1. Nanni says:
      June 9, 2018 at 11:30 pm

      Thn q unique… vrh ufaavejje vhk reethi vma

  7. Aroo says:
    June 9, 2018 at 9:35 pm

    Varah reethi.maadhamaa next part genesdheveytho

    1. Nanni says:
      June 9, 2018 at 11:30 pm

      Thn Q Aroo… yh hopefully

  8. Naju says:
    June 9, 2018 at 9:47 pm

    Nice

    1. Nanni says:
      June 9, 2018 at 11:31 pm

      Thn Q Naju…

  9. Hai says:
    June 9, 2018 at 10:30 pm

    Varah reethi igey…next part avahah genesdhehchey???❤❤

    1. Nanni says:
      June 9, 2018 at 11:32 pm

      Thn Q Hai……. yh trying to… ufaavejje vhk kamudhiaeeema n thi loabi loabi comment fenifa..

  10. Nunnu says:
    June 9, 2018 at 11:32 pm

    Wow vv reethi
    Ekam Adhives hama kuru Ingey
    Thankolheh dhigu koh liyedhiibala
    Emme fahu thankolhu Ey mistake eh dho
    Haathib ge vaahaka thah aduehumah fahu kaasim ehnun rulhi annaanee
    When next part
    Mi ha kurukoh up kuranyyaa Thankolheh Avahah up kollaa
    Eyrun ok vaane
    Mi hakurukon up kuraairu maa lahee up kuraaleh
    Ummeedhu kuran mi kanthah rangalhu kollaane kama
    All the best
    Nannie darling
    Hehe

    1. Nanni says:
      June 9, 2018 at 11:37 pm

      Thn Q nunnu… i will try to learn from ur advice…. n last thankolhu eii mistake eh noon…….. kaasim amnaa dhookollaaaf adharifulhu govaigen dhaashey bunyma haathib rulhi aii………..

  11. Roxy says:
    June 10, 2018 at 12:22 am

    Nanni buddy mail address??

    1. Nanni says:
      June 10, 2018 at 2:04 am

      [email protected]

  12. Vaph says:
    June 10, 2018 at 11:23 pm

    Varah reethi mi vaahaka. Ekam thankolheh kuree. Thankolheh dhigu kohla dhyba. ?❤️❤️

    1. Nanni says:
      June 11, 2018 at 12:16 am

      Owkeii vaph… i will try my best

  13. No one says:
    June 11, 2018 at 9:44 am

    Oh vr salhi mi part vx♥️♥️♥️

    1. Nanni says:
      June 11, 2018 at 3:25 pm

      Thn Q No one

  14. mimmi says:
    October 6, 2018 at 8:27 pm

    eyy varah salhi

Comments are closed.


All Right Reserved!