Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެ ވަޢުދު (4)

Nanni Level 210 Stories100 Comments100 Login
June 7, 2018 2 Mins Read
26 Comments

އަމްނާގެ އެނދުގެ ބޯލާކޮޅާއި ދިމާލުގައި ހުރި ހާތިބު ހުރީ އަމްނާގެ މައިސޫމު މޫނަށް ބަލަހައްޓައިގެންނެވެ. އައްބާސް ދެއްކީ މުޅިއަކުން ދޮގު ވާހަކަތަކެއް ނޫނެވެ. ނަމަވެސް އަމްނާ ދޫކޮށްލުމުގެ ކުޅަދާނަކަމެއް އޭނާގެ އެބަލިކަށި ހިތަކު ނެތެވެ. ހަށަން ބަނދެގެން ހުރި ހާތިބުގެ ކަރުގައި ހިޔާލީ ފޮލައިގެ ރަހަ ލާން ފެށުމާއި އެކު ހެން ހަށަން މޮހާލުމަށްފަހު އަމްނާއާއި ދިމާއަށް ފުމެލީ އަމްނާ ނިދިން ހޭލައްވާލުމަށެވެ. އެ އަރާމު ނިންޖަން އެޅޭ ހުރަހަކަށް ވާން ނޭދުނެއްކަމަކު އިތުރަށް އިންތިޒާރު ކުރެވޭކަށްވެސް އޭނާއަކަށް ނެތެވެ.

ފުން ނިންޖަކުން ނިދާލައިފައި އޮތް އަމްނާއަށް ހޭލެވުނީ ހޫނު ވައިރޯޅިއެއް މޫނަށް ޖެހުމުންނެވެ. މަޑުމަޑުން އެސްފިޔަތައް ތަޅުވާލުމަށްފަހު ތެދުވުމާއިއެކު އަރިމަތީގައި ކޮޅަށްހުރި ހާތިބު ފެނުމާއިއެކު މިފަހަރު ސިހުމެއް ނުލިބެއެވެ. ނަމަވެސް އަނެއްކާވެސް އެހިތަށް ބިރުވެރިކަން ވެރިވީ އޭނާގެ ނިކަމެތިކަން ހަނދާންވުމުންނެވެ.

“ކޮބާ ޖަވާބު؟ ވަގުތު ހަމަވީ.” ހާތިބު އަތުގެ އިޝާރާތުން އަމްނާއަށް އެންގިއެވެ.

މޫނު މައްޗަށް ވެއްޓެމުން ދިޔަ އިސްތަށިކޮޅު އެއްފަރާތް ކުރަމުން އަމްނާ އޭނާގެ ޖަވާބައިގެން ކުރިއަށް ދިއުމަށްޓަކައި ހަމައަކަށް އެޅިލިއެވެ. އެއަށްފަހު އިޝާރާތްތަކެއް ކުރަމުން ދިޔައެވެ. “އަހަރެން އެއްބަސް. މި ގުޅުމަށް އެއްބަސް.”

އަމްނާގެ ޖަވާބު އިވުމާއި އެކު ހާތިބު އަށް ހީވީ ދެޢީދު އެއްފަހަރާ ލައިގެން ހެނެވެ. ކުޑަ ކުއްޖެއް ފަދައިން ފުންމާލުމަށްފަހު އަތް ޖަހާލީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. ފިރިހެނެއް ކަމަކު އިހުސާސުތަކެއް ވާނެ ނޫން ހެއްޔެވެ؟ ” ފުރަތަމަ ކަމަކަށް އަހަންނަކީ ހާތިބު. އަމްނާއަށްވުރެ އުމުރުން ބޮޑުވާނީ 3 އަހަރު. ނުކިޔެވިއެއް ކަމަކު ހުނަރުތަކެއްވޭ. އަހަރެން އުޅެނީ ހަމަ މިރަށުގަ. ޢާއިލާއެއް ނެތް. އިތުރު ކަމެއް އެނގެން ބޭނުންތަ؟

އަމްނާ ހުރީ އަޖައިބުވެފައެވެ. ޖިންނިއެއް ކަމަކު އަމްނާއަށް އުފަލާއި އަރާމު ހޯދައިދޭނެއޭ އޭނާގެ ހިތް ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް މިކަން އޭނާގެ މައިންބަފައިންނަށް އަންގާނީ ކިހިނެއް ހެއްޔެވެ؟ ނާންގަ ސިއްރުން އުޅުމަކީވެސް އުނދަގު ކަމަކަށް ނުވާނެއެވެ. ހާތިބަކީ އާދަޔާ ޚިލާފު ބާރުތަކެއް ލިބިގެންވާ ފަރާތެއް ކަމުން އޭނާ ހާސްވާންވީ ކީއްވެ ހެއްޔެވެ؟ ކިތަންމެ ހަމަޖެހޭކަން ދައްކަން އުޅުނަސް ހާތިބު ދެކެ ގަންނަ ބިރާއި އެއްވަރަށް މިހާރު އިތުރު ހީއެއް އެއްވެސް އުފެދިއްޖެއެވެ. ކަމެއް ގޯސްވާން އުޅޭކަހަލައެވެ.

ދެކޮޅަށް ބޯ އަނބުރާލުމަށްފަހު ހަމަޖެހިލީ ކުށްހީ އެއް ނުކުރުމަށެވެ. އެކުށްހީ ޙަޤީޤަތަކަށް ވެއްޖެނަމަ ހަދާނެ ގޮތް ވިސްނާ ވަރަށްވުރެ އޭނާގެ ސިކުނޑިއަށް ވަނީ ބާރުވެފައެވެ. ހާތިބުގެ ވާހަކަތަކުން އިނގުނު ގޮތުގައި އެދެމީހުންނަކީ މިހާރު ހަލާލު ދެމަފިރިންނެވެ. ޖިންނިންގެ އުސޫލުގައި އޮންނަ ގޮތުން ނަމަ އެއްބަސް ވުމުން ކައިވެނި ކުރެވުނީއެވެ. މި ބެދުނު މަޅީގެ ހިލަމެއްވެސް އަމްނާއަށް ނުވާ ޙާލު އޭނާ ހިތްހަމަ ޖެހުނީ ނުރައްކަލުން ސަލާމަތްވި ކަމަށް ހީކޮށެވެ.

ދުވަސްތައް ހަލުވިކަމާއި އެކު ވޭތުވަމުން ދިޔައެވެ. ހާތިބާއި އަމްނާގެ ދެމެދުގައިވި ދުރުކަންވެސް ދިޔައީ މަޑުމަޑުން ފުހެވެމުންނެވެ. އަމްނާ ހާތިބު ދެކެ ގަންނަ ބިރުވެސް މުޅިންހެން ކެނޑިއްޖެއެވެ. ނަމަވެސް އަދިވެސް އެހިތުން ހާތިބަށް ލޯބީގެ ގޮތުން ޖާގައެއް ދެވިފައެއް ނުވެއެވެ. ހާތިބާއި ދުރުވާން ކިތަންމެ ބޭނުމަސް އެކަން ވާން ނެތީ އޭނަގެ މަޖުބޫރީ ހާލަތުގެ ސަބަބުންނެވެ. ހާތިބު ގެ އެދުންތައް ފުއްދަމުން ދިޔައިރު ހީވީ ސާހިބުގެ އަމުރުތަކަށް އަޅަކު ތަބަޢަވަމުން ދިޔަހެނެވެ. ހަފްތާއަކު ތިންފަހަރު ނަމަވެސް އަމްނާ ހާތިބުގެ އެދުމުގެ މަތިން ރަށުގެ ތުނޑިއަށް ދަނީ ދަންވަރުގެ ހަމަހިމޭން ވަގުތުގައެވެ. އަމްނާގެ އެދުމުގެ މަތިން އަމްނާގެ މައިންބަފައިންނަށް އެދެމީހުންގެ ގުޅުން އެނގިދާނެތީއެވެ. ނަމަވެސް ފަރުދާގެ ފުރަގަހުގައި ރޭވެމުންދާ ކުޅިގަނޑުގެ ހިލަމެއްވެސް އެދެމީހުންނަށް ރޭކާނުލައެވެ. ހާތިބުގެ ސަމާލުކަން ކުޑަކޮށްނަމަވެސް އެކަމަށް ދިންނަމަ އެނގިގެން ދާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެއަށްވުރެ އޭނާވަނީ ދުނިޔަވީ އުފަލަށް ފެންބޮވައިގެންފައެވެ. އަމްނާއަށް ވުރެ މުހިއްމު އެކަށްޗެއްވެސް މިދުނިޔެމަތީގައި ނެތް ފަދައެވެ.

އަމްނާ ދަންވަރު ތުނޑިއަށް ދާ ވާހަކަ ތުންތުން މަތިން އަމްނާގެ މައިންބަފައިންނަށް ވަނީ އަޑު އިވިފައެވެ. ނަމަވެސް އެދެމަފިރިންގެ ލޮލަށް ނުފެންނާތީ އެކަން ޤަބޫލު ނުކުރެވެނީއެވެ. އެހެންކަމުން އެއީ ދޮގުކަން ރައްޔިތުންނަށް ސާބިތުކޮށްދިނުމަށްޓަކައި 1 ހަފްތާ އަމްނާއަށް ފާރަލުމަލުމަށް ވަނީ ނިންމައިފައެވެ. އެގޮތުން މިއީ އެދެމަފިރިން އަމްނާއަށް ފާރަލާތާ 6 ވަނަ ރެއެވެ. ގަޑިން 11 ޖެހުމާއި އެކު އާދައިގެ މަތިންހެން ގޭތެރެ ނިވާލުމަށްފަހު ދޮރުތައް ތަޅުލިއެވެ. އަމްނާ ކޮޓަރީގައި ކަން ޔަޤީންކުރުމަށްފަހު އެމީހުންގެ ރޭވުމައިގެން ކުރިއަށް ދިޔައެވެ. ނާދިރާ ސިޓިން ރޫމު ސޯފައިގެ ފަހަތުގައި ފިލާ އިނީ އަމްނާގެ ކޮޓރީގެ ދޮރު ފެންނާނެ ގޮތަށެވެ. ކާސިމް ހުރީ ގޭގެ ކުރިމަތީހުރި ގެއެއްގެ ދޮރުދޮށުގައި ހުރި އަނދިރި ގަނޑުގައެވެ. މަގުމަތިންދާ މީހަކަށްވެސް އޭނާ ފާހަގަ ނުވާނެކަން އެއީ ޔަޤީންކަން އޮތް ކަމެކެވެ. 30 12 ވީއިރުވެސް އަމްނާގެ ހިލަމެއް ނުވުމުން ނާދިރާ އިންތަނުން ތެދުވަން އުޅުނެވެ. ހަމަ އެވަގުތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

ލޯބިކަން.. 1

Next

ާަައިންތިޒާރުގައި ވަމޭ

Next
June 7, 2018

ާަައިންތިޒާރުގައި ވަމޭ

Previews
June 6, 2018

ލޯބިކަން.. 1

26 Comments!

  1. eekko says:
    June 7, 2018 at 12:38 pm

    v rythi bt thankolheh kuru

    1. Nanni says:
      June 7, 2018 at 12:58 pm

      Thn Q eekko

  2. Thushas says:
    June 7, 2018 at 12:46 pm

    Haadha kureyyy

    1. Nanni says:
      June 7, 2018 at 7:50 pm

      Thn Q Thushas

  3. unique says:
    June 7, 2018 at 2:11 pm

    vv reethi interesting

    1. Nanni says:
      June 9, 2018 at 10:05 pm

      Thn unique

  4. Nunnu says:
    June 7, 2018 at 2:41 pm

    Vv reethi
    Ekam Maa bodah ves kuru
    Adhi mioh ginadhuvas Koha
    Mioh Gina dhuvas koh fa up kolldhineemaa iru Thankolheh dhigu koh liyelinama
    Dhen Inna part dhigu koh liyaaney kama ummeedh kuran

    1. Nanni says:
      June 7, 2018 at 7:51 pm

      Thn Q Nunnu

  5. Mate says:
    June 7, 2018 at 3:15 pm

    Mi part maa kury …..ekm story vrh nice

    1. Nanni says:
      June 7, 2018 at 7:51 pm

      Thn Q Mate

  6. Roxy says:
    June 7, 2018 at 3:16 pm

    Nanni sis bxy e dw kmh nuvnyr our nanni ehnh nahadhrnhnu dw ??? vrhaka hma obi nwve nge ???

    1. Nanni says:
      June 7, 2018 at 7:52 pm

      Thn Q Sweety

  7. Naju says:
    June 7, 2018 at 3:37 pm

    Haadha kurey mi part..

    1. Nanni says:
      June 7, 2018 at 7:52 pm

      Thn Q Naju

  8. unique says:
    June 7, 2018 at 5:14 pm

    i replied but nufeney.. anyways the story was nice vv reethi

    1. Nanni says:
      June 7, 2018 at 7:52 pm

      Thn Q unique.. koahchakah reply kuri vhk thr unique drlin?

  9. Amee says:
    June 7, 2018 at 7:47 pm

    Nice…….?????

    1. Nanni says:
      June 7, 2018 at 7:53 pm

      Thn Q Ammoo drlin

  10. unique says:
    June 7, 2018 at 7:56 pm

    mivaahaka ah dear

    1. Nanni says:
      June 7, 2018 at 8:33 pm

      Owhkeii…

  11. No one says:
    June 8, 2018 at 11:12 am

    Nanniiiii… This part is also awesome dear..♥️♥️♥️. Mivaahaka mihaaru enme kiyaa hiy vany??

    1. Nanni says:
      June 9, 2018 at 10:05 pm

      Thn Q dear

  12. Scarlet says:
    June 8, 2018 at 12:15 pm

    Varah reethi but short❤❤??

    1. Nanni says:
      June 9, 2018 at 3:54 am

      Owh sowriie scarlet darlin.. next part dhigukolleveythw balaanan insha allah……

  13. Hai says:
    June 9, 2018 at 2:03 pm

    Varah reethi ekm kury thankolheh….keep it up dear???❤❤??

    1. Nanni says:
      June 9, 2018 at 10:05 pm

      Thn Q hai

Comments are closed.

Next Episodeއެ ވަޢުދު (5)←


All Right Reserved!