ނުލިބޭނެހޭ އަލުން އެހީ 3
އަޔާޒުއަށް ކާރިޔަށް ދެވުނު އިރުވެސް ލާރާ ބިންމައްޗައް ވެއްޓިއްޖެއެވެ. ” ލާރާ! އަޔާޒު ދެތިން ފަހަރަކު ގޮވާލިއެވެ. ނަމަވެސް ލާރާ އޮތީ ހޭ ނެތިފައެވެ. ވަދެގެން އައި ރީނާއަށް ލާރާ އޮތް ހާލު ފެނުމުން ތެޅިގަނެވުނެވެ. ” އޯ މައި ގޯޑް ލާރު ކެބިންއަށް ގެންދަން ހެލްޕް ދީބަލަ ” ރީނާ ބުނުމުން އަޔާޒު ލާރާ ނަގައިގެން ގޮސް ލާރާގެ ކެބިންގައި ހުރި ސޯފާގައި ބާއްވާލިއެވެ. ” ރީނާ ފެން ތައްޓެއް ނަގާ ފެން ހޭކުމުން ލާރާ ހޭ އެރިއެވެ. ރީނާ ލާރާގެ ދަބަހުން ބޭސް ނަގާ ބޭސް ދިނެވެ. ” ލާރޫ ކީއްވެ ތިހާ ފަރުވާ ކުޑައީ ބޭސް ދަބަހުގަ ހުރީމަ ކިއްވެ ބޮޑުވަރު ވަންދެން ނުކައި ހުރީ ” ރީނާ ރުޅި އައިސްގެން ބުނެލިއެވެ. ” އަހަރެން މީޓިން ގަ އިންދާ އޭ ރިހެން ފެށީ މީޓިން ދިގުވި ވަރުން ލަސްވީ ” ލާރާ ތެދުވެ އިށީނެވެ. ” އަޔާ ކިހިނެތް ވީ ކަމަކުތަ؟ ލާރާ އަޔާޒް އާ ސުވާލުކޮށްލިއެވެ. ” ނޫން ލާރާ ހޭނެތުމުން އަހަރެން އައިރު އެ ފަކީރު އިނީ ހަދަންވީ އެއްޗެއް ނޭގިފައި، ނަސީބެއްނު އާދެވުނުކަން ” ލާރާގެ ސުވާލަށް ޖަވާބު ދިނީ ރީނާ އެވެ. ” އެ އޯކޭ ވާނެ މައިގްރޭން އެޓޭކެއް އައީ އަޔާތަ އަހަރެން މިތަނަށް ގެނައީ ” ލާރާ ސުވާލުކުރުމުން އަޔާޒު ބޯޖަހާލިއެވެ. “ދެން އެންމެ ރަގަޅު ދިޔަޔަސް ލާރާ ބުނުމުން އަޔާޒު ދިޔައެވެ. ” އެއީތަ އަޔާ އަކީ؟ ރިނާ ދިމާކޮށްލިއެވެ. ” އާނ އެއީ ސްމާޓްދޯ؟” ލާރާ އަހާލިއެވެ. ” ހޫމް ހުތުރެއް ނޫން އެކަމަކު ލަޔާން މަށަށް ރީތީ ” ރީނާ ބުނެލުމުން ލާރާއަށް ހެވުނެވެ. ” ސޯ ކަމަނާ ތިހިރީ ވަރަށް އުފަލުން ދޯ މަގޭ ފަހަރި އަކަށް ވެވޭތީ އެކަމަކު އަވަހޭ ކާވެނިވެސް އެއްރެއިން ވިއްޔާ ތި ނިނަމާލީ އެހާ ކެތްތެރިކަމެއްވެސް ނެތީ ހަމަ ؟” ލާރާ ދިމާކޮށްލިއެވެ. ” ހިންގާބަލަ ވެޑީންއަށް ރެޑީވާން ސަންޑޭގަ ފޯމުލާނަން ސޯ ހިންގާ ޝޮޕިން ފަށަން މިރޭ ވާނެ ނިކުންނަން ހެދުން ފަހަންވެސް މިންނަގަންވާނެ އަހަރެމެން ދެމީހުންވެސް މަގޭ ފެމެލީ ރެޑް ލަޔާން ފެމެލީ މެރޫން ލާނީ އެހާ ބޮޑު ޕާޓީއެއް ނޫން ހަމައެކަނި ކްލޯސް ފްރެންޑްސް އެންޑް ފެމެލީ ހިންގާބަލަ ކޮންމެވެސް ތަނަކަށް ސާބޯން ދާން” ރީނާ ފައްޗަކަށް އަމުނާލިއެވެ. ” ހޫން ހިންގާ ދާން ބޯ ވެސް މިހާރު އޯކޭ ” ލާރާވެސް ތެދުވަމުން ބުނެލިއެވެ.
މުޅި ހަފްތާ އެކީހެން ޕާރޓީގެ ކަންކަމުގައި ލާރާ އަދި އެންމެންވެސް އުޅުނީ ވަރަށް ބުރަކޮންނެވެ. ނަމަވެސް ދޭތެރެޔަކަން އޮފިހަށް ގޮސް އަޔާޒު އާ މައްލަވަ ކޮށްލަން ލާރާ ވަގުތު ހޯދިއެވެ. ލާރާ މެރޫންކުލައިގެ މެކްސީއެއްލާފައި ބޯވެސް ރީތި ގޮތަކަށް ހަދާލިއެވެ. ކޮށްފައިވާ މޭކަޕް އިން ލާރާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް އައިސްފައިވިއެވެ. ކައިވެނި ކޮށް ނިމުމުން ލާރާ ގޮސް ރީނާގެ ގައިގަ ބައްދާލިއެވެ. ވެލްކަމްޓު ފެމެލީ ބާރބީ ވަރަށް އުފާވެއްޖެ. ” ތެންކިޔު ދޮންބޭ މިހާ ބެސްޓު ފަހަރިއެއް ހޯދާދިނީމާ” ލާރާ ލަޔާން އާއި ދިމާލަށް ބަލާލުމުން ލަޔާން ހީލިއެވެ. ހުދުކުލައިގެ ވެޑިން ޑަރެސްގައި ރީނާ ހީވަނީ ޕަރީއެއްހެންނެވެ. ލަޔާންވެސް ހުދު ގަމީހާއި ކަޅު ކޯޓު ގައި ނުހަނު ރީއްޗެވެ. ޕާރޓީގެ ހުރިހާކަމެއް ކުރިޔަށް ދިޔައިރު ލާރާ އުޅެމުން ދިޔައީ މުޅިން އެހެން ކަމަކާއެވެ. ނަމަވެސް ލާރާ އާއިލާ އެކީ ފޮޓޯތައް ނެގިއެވެ. ބާރަ ޖަހަން ކާރިވުމުން ސިއްރުން ލާރާ ނިކުމެގެންކާރު ދުއްވާލިއެވެ. ގޮސް ކާރު ޕާރކް ކޮށްލާފައި ކާރު ތެރޭ އެއްޗެއް ނެގުމަށް ފަހު ލާރާގެ މިސްރާބު ހުރީ އަޔާޒްގެ އެޕާރޓްމެންޓާ ދިމާލަށެވެ. ލާރާ ގޮސް ޓަކި ދިނުމުން ދޮރު ހުޅުވާލި އަޔާޒްގެ މަންމަ އެވެ. ” މަންމާ ނުވެސް ނިދަންތަ މިރޭ” ލާރާ ސުވާލުކޮށްލިއެވެ. ” ނޫނޭ ނިދަން އޮވެފައި ފެން ބޯން އައި ގަޑިގަ ބެލް އަޅާތީ މިހުޅުވާލީ ” ނަސީމާ ޖަވާބު ދިނެވެ. ” މަންމާ އެކަމަކު މިހާ ދަން ގަޑިގަ ނުވާނެދޯ ބެލް އެޅިޔަސް ދޮރު ހުޅުވާކަށް އެކަނި ހުރެ ކެމެރާއިން ބަލާލާފަ ދެންފަހަރަކުން ހުޅުވާނީ އިނގޭ” ލާރާގެ ވާހަކަ އަހާފާއި ނަސީމާއަށް ހިނިތުންވެވުނެއެވެ. “އަޔާޒްވެސް ތިހާވަރަކަށް ނުވިސްނާ މަންމަ އާ މެދު އެއް” ނަސީމާ ޖަވާބު ދިނެވެ. “މަންމާ އަހަރެން އަޔާގެ ރޫމަށް ގޮސްލަންތަ އަޔާއަށް ދޭން އެއްޗެއް ހިފައިގެން މިއައީ” ލާރާ އަދަބުވެރި ކަމާ އެކީ ސުވާލުކޮށްލިއެވެ ” ލައްބަ ދޭ ލާރާ މިރޭ ހާދަ ރީއްޗޭ ” ނަސީމާ ލާރާގެ ގައިގަ ލޯބިން ފިރުމާލިއެވެ. ” މަންމަގެ އަޔާ ވެސް ތިހެން ބުނާނެ ނަމަ ދޯ ” ލާރާ ހީލާފައި ގޮސް އަޔާޒްގެ ކޮޓަރީގެ ދޮރުގައި ތަޅާލިއެވެ. ” ދޮރު ހުޅުވާލުމުން ކުރިމަތިގައި އިން ލާރާ ފެނުމުން އަޔާޒުގެ ނިދިވެސް ފިލާ ދިޔައެވެ. ” ލާރާ މި ދަންވަރު ކީއްކުރަން؟ ލާރާ ވަދެގެން ގޮސް ލާރާ ގެނައި ފޮށި އެނދުމަތީ ބެހެއްޓުމަށް ފަހު އަޔާޒް އާއި ދިމާލަށް އެނބުރުނެވެ. ” ހެޕީ ބާރތްޑޭ އަޔާ ” ލާރާ ޕާރްސަލެއް ދިށްކޮށްލިއެވެ. އަޔާޒް ނުހިފުމުން ލާރާ އެނދުމަތީ ބޭއްވިއެވެ. ” އަޔާ އާދެބަލަ ކޭކު ފަޅަން ލާރާ އަޔާޒްގެ އަތުގައި ހިފާލާފައި އެނދުމަތީ ބޭނދުމަށްފަހު ކޭކު ފޮށި ހުޅުވާލިއެވެ. ހިތެއްގެ ބައްޓަމަށް ހުރި ކޭކުގައި ހެޕީބާރތްޑޭ ލަވް ޖަހާފައި އިނެވެ. ވަޅި ނަގާ ގަދަކަމުން ލާރާ އަޔާޒް ލައްވާ ކޭކު ފަޅުވާ ކޭކު ކާންވެސްދިނެވެ. ” އެހާ ލޯބިން ހުރިހާކަމެއްކުރީމާ ތެންކިޔު ވެސް ނުބުނާނަން ތަ؟ ” ލާރާ ސުވާލުކޮށްލިއެވެ. ” އަހަރެން ބުނެގެން ތަ ތި ކަންތައް ކުރީ ” އަޔާޒު ފޫހިވެފައި އަހާލިއެވެ. އަހަރެން ހަމަ ކުރާހިތުން ކުރީ އަޔާ ދެކެވާ ލޯބިން ދެން ދަނީ މިރޭ ދޮންބެގެ ވެޑިން އެތާ ހުރެފަވެސް އަޔާ އަށްޓަކާ މިއައީ ހަމަ” ލާރާ ފަހަތުން އަޔާޒުވެސް ދޮރުލައްޕާލަން ވެގެން ދިޔައެވެ. ކުއްލިޔަކަށް ފަހަތައް އެނބުރިލާފައި ލާރާ އަޔާޒްގެ ގައިގަ ބައްދާލުމަށްފަހު އަޔާޒްގެ ތުންފަތުގައި ބޮސް ދިނެވެ. އަޔާޒު ރުޅި އައިސްފައި ލާރާ ދުރުކުރުމަށް ފަހު ލާރާގެ ކޯތާފަތްމަތީ ބާރާށް ޖެހިއެވެ. ލާރާއަށް އަމިއްލަ ކޯތާފަތުގައި ފިރުމާލެވުނެވެ. ” އަޔާ ކިތަންމެ ރުޅި އަޔަސް ހެޔޮ ވަރަށް ލޯބިވޭ ކުރާ ކޮންމެ ނަމާދެއްގެ ފަހުގައި އަޔާ ދެއްވާތޯ ﷲ އަށް ދުއާ ދަންނަވާނަން ” ލާރާ ނިކުމެގެން ދިޔުމުން އަޔާޒަށް އަޖާއިބު ވެގެން ބަލަން ހުރެވުނެވެ. ” މީވާ ފިސާރި އަންހެން ކުއްޖެއް ” އަޔާޒަށް ބުނެވުނެވެ.
އެކަކު އަނެކަކުގެ އަތުގައި ހިފާލައިގެން ލަޔާން އާއި ރީނާ ގޮސް ކޮޓަރިޔަށްވަނެވެ. ލަޔާން ރީނާގެ ގައިގަ ބައްދާލީ ނުހަނު ލޯބިންނެވެ. ” ފައިނަލީ މަށަށް ރީން ލިބުނީ ރީނާގެ މޫނުގައި ހިފާލާފައި ރީނާގެ ތުންފަތުގައި ލަޔާން ފުރަތަމަ ފަހަރަށް ކިސްކޮށްލިއެވެ. ރީނާ ލަދުން ދުރަށް ޖެހިލިއެވެ. ލަޔާން ރީނާ އުރާލައިގެން ގޮސް އެނދުގައި ބޭއްވިއެވެ.
ކުންފުނީގެ އަހަރީ ދުވަހަށް ތައްޔާރުވުމަށްތަކައި ލާރާ ދިޔައީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުނެނެވެ. ޕްރޮމޯޝަން ލިބުނު މުވައްޒިފުންނާއި އެމިހުންގެ އާ ކޮންޓްރެކްޓްތައް ތައްޔާރު ކުރުމަށް ލާރާ ދިޔައީ އެޑްމިން ޓީމާ އެކު މަސައްކަތް ކުރަމުންނެވެ. ގިނަ ދުވަހު ހެނދުނު ދާ ގޮތަށް ގެޔަށް އާދެވެނީ ވެސް ރޭގަނޑުވާ ފަހުންނެވެ.
8 ޖެހިއިރު ލާރާ ތައްޔާރު ވަމުން ދިޔައީ ހަފްލާއަށް ދިޔުމަށެވެ. ނޭވީ ބްލޫ ކުލައިގެ ބެލް އަކާއި ހުދު ކުލައިގެ ގަމީހެއް ލާފައި ބޭގީކޮށްފައި އަދި ނޭވީ ބްލޫ ކުލައިގެ ޖެކެޓެއް ލާފައި ބޮލުގައި ޖަހާފައި އިން ބަން އިން ލާރާގެ ސަހްސިއްޔަތު ވަރަށް ވެސް ފުރިހަމައެވެ. ހަފްލާގެ އެންމެ މުހިންމުކަން ކަމުގައިވާ މަގާމުގެ ކުރިއެރުން ލިބުނު މީހުންގެ ނަން އިއުލާން ކުރެވެމުން ދިޔައެވެ. ކުންފުނީގެ އާ މެނޭޖަރަކަށް އަޔާޒް ގެ ނަން އިއުލާން ކުރެވުމުން އެންމެންގެ އަތްތިލަބަޑީގެ އަޑުން މުޅިތަން ގުގުމާލިއެވެ.
އަޔާޒްގެ މަންމަގެ އިތުރުން އަޔާޒް ކާރީ އެހެން އަންހެންކުއްޖަކު ހުރި ތަން ފެނުމުން ލާރާގެ ހިތަށް އުދަނގޫވެގެން ދިޔައެވެ. މަގާމުގެ ފަތްކޮޅު ހަވާލުކުރުމަށް ފަހު ލާރާ ގޮސް ކާން އަޅަން ވެގެން ހުއްޓިލީ ވަގުތު ލާރާއަށް ފެނުނީ އެއްކަލަ އަންހެން ކުއްޖާގެ ކޮނޑުގައި އަޔާޒް އަތް އަޅުވާލި މަންޒަރެވެ. ވަގުތުން ލާރާގެ މޫޑު ގޯސްވެގެން ކެއުމުގެ ހިޔާލު ވެސް ދޫކޮށްލިއެވެ. އަޔާޒް އަށް ލާރާގެ ކެބިން އަށް އައުމަށް އެދި މެސެޖް ކޮށްލިއެވެ. ވަކިން ބައްދަލަ ކުރަން ބޭނުންވީ އެހަފްލާގައި ލާރާގެ މައިންބަފައިންވެސް ތިބުމުންނެވެ. އަޔާޒު ގޮސް ލާރާގެ ކެބިން އަށް ވަނެވެ. ލާރާ ގޮސް އަޔާޒްގެ ކުރިމަތީ ހުއްޓިލިއެވެ. ” އަޔާ އަހަރެން އަޔާ ދެކެ ލޯބިވެގެން އަޔާ ފަހަތުން އުޅޭތާ މީވި ދެ އަހަރު ދުވަސް އަޔާ އަށް އެއްފަހަރުވެސް އަޔާގެ ދިރިއުޅުމުގައި އެހެން އަންހެން ކުއްޖަކު ހުރިވާހަކަ ނުބުނެވުނީ ކީއްވެ؟ ލާރާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އަހަރެން މިރޭ ވަރަށް ހިތުގައި ޖެހިއްޖެ އަހަރެން އަޔާ ދެކެ ލޯބިވާވަރު އަޔާއަށް އިހްސާސްވެސް ނުކުރެވޭނެ ލާރާއަށް ހަމަ ރަގަޅަށް ވެސް ރޮވުނެވެ. އުމުރަށްވެސް ލޯބިވާނަން އެކަމަކު އަހަރެން ދެން ދުވަހަކުވެސް އަޔާ އަކަށް އުނދަގުލެއް ނުކުރާނަން އަޔާ ބޭނުން މީހަކާ އެކީ އުޅެންވީ އަޔާ އުފަލުގައި ހުރިއްޔާމުން އަހަރެން އުފާވާނެ ސޮރީ ކުރެވުނު ހުރިހާ އުނދަގުލަކަށް ދެން ދިޔަޔަސް އެންމެ ރަގަޅު ” ލާރާ އަށް ރޮވޭ ވަރުން ވާހަކަވެސް ދެއްކުނީ ވަރަށް ހާލުންނެވެ. ” ލާރާގެ ކަރުނައިން ފުރިގެންވީ ދެ ލޮލަށް ބަލަން އަޔާޒްއަށް ހުރެވުނެވެ. މީ ލާރާ ރުއިތަން އަޔާޒްއަށް ފެނުނު ފުރަތަމަ ފަހަރު އަޔާޒު ކިތަންމެ ރުޅި އަޔަސް ހިނިތުންވެފައި ލާރާ އަބަދުވެސް ހުންނާތީ ލާރާ އަކީ ވަރަށް ހިތްވަރު ގަދަ ކުއްޖެކަން އަޔާޒްއަށް އިނގެއެވެ. އެކަމަކު މިރޭ ލާރާ ރޯތީ އަޔާޒް އަށް ބަލަން އުދަނގޫ ވިއެވެ. ” ލާރާ! އަށް ގޮވާލުމަށް ފަހު އަޔާޒް އަށް ލާރާގެ ކަރުނަ ފޮހެދޭން އަތް އުފުލާލެވުނީ ބޭ އިހްތިޔާރުގައެވެ. ” އަޔާ ޕްލީޒް މިތަނުން ދޭ ! ލާރާ ސޯފާގައި އިށީދެ އުނގުގައި ބޯއަޅާ ރޮމުން ބުނެލިއެވެ ” އަޔާޒް އިރުކޮޅަކު ބަލަން ހުރެފައި ބޭރަށް ނިކުމެގެން ދިޔައެވެ. ބައި ގަޑިއެއްހާ އިރު ކޮށްފައި އައިސް ލާރާ އޭނާގެ މުވަޒިފުންނާ މުހާތަބްކޮށް ޕޯޑިޔަމްގައި ވާހަކަ ދެއްކިއެވެ. ލާރާގެ ގެ ހިތްވަރު ގަދަކަމުން އަޔާޒްއަށް ހިތުން ސާބަސް ދެވުނެވެ. އެހާ ދެރަވެފައި ހުރެވެސް އެހާ ފުރިހަމަ ކަމާއެކު ސްޕީޗް ނިންމާލީމައެވެ.
ނިދަން އޮށޯވެ އޮތް އަޔާޒްއަށް އެއް ގޮތަކަށްވެސް ނުނިދުނެވެ ލޯ މަރާލާ އިރަށް ފެންނަނީ ލާރާގެ ކަރުނައިން ފުރިގެންވީ ދެލޮލެވެ. ލާރާގެ ރުއިން އަޔާޒްގެ ނިދި ނަގާލިއެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އަޔާޒްގެ ލޯބިވެރިއެއް ނޫންކަން ލާރާއަށް ބުނެދޭން އަޔާޒްގެ ހިތް ގޮވަމުން ދިޔައެވެ. އަޔާޒް ފޯނުނަގާ ލާރާގެ ނަންބަރަށް ގުޅާލިއެވެ. ނަމަވެސް ފޯނު ކެނޑުނު އިރުވެސް ލާރާ ފޯނެއް ނުނެގިއެވެ. އެތައް ފަހަރަކު ގުޅުމުންވެސް ނުނެގިއެވެ. މާދަމާ ހުކުރު ވީމާ އޮފީސް ނުހުޅު ވިޔަސް ހޮނިހިރު ދުވަހު އޮފީހަށް ގޮސް ލާރާއަށް އެއީ އަޔާޒްގެ ކަޒިން އެއްކަން ބުނެދޭން އަޒުމް ކަނޑައަޅާލައިގެން އަޔާޒް ނިދާލިއެވެ.
ރޮމުން ރޮމުން ގޮސް ލާރާ އެންމެފަހުން ވަރު ބަލިވެގެން ނިދުނެވެ. ހެނދުނު ތެދުވެ ގޭ މީހުން ކާރީ ދުވަސްކޮޅަކަށް މަސައްކަތުން ބްރޭކެއް ބޭނުން ކަމަށް ބުނެފައި ލާރާ ޓިކެޓް ނެގުމަށް ފަހު ފުރައިގެން ރާއްޖެއިން ބޭރަށް ދިޔައެވެ. ދިޔަތަނެއް އެއްވެސް މިހަކު ކާރި ނުބުނެއެވެ. ގޮސް ގުޅާނެކަމަށް ބުނެލާފައި ދިޔައެވެ. ” ލަޔާން އަހަރެންނަށް ހީވަނީ ލާރާއަށް ކޮންމެވެސް ކަމެއް ވެއްޖެހެން ؟ އަހަރެން ކާރިޔަކުވެސް ނުބުނޭ ” ރީނާ ދެރަވެލާފައި ބުންޏެވެ. ” އާން ވަރަށް ބޮޑުކަމެއް ވެއްޖެ ލާރާ އަކީ މައިދާން ދޫކޮށް ފިލާނެ ކުއްޖެއް ނޫން ހަމަ ޔަގީން ލާރާ އެ ދިޔައީ ވަރަށް ހިތުގައި ޖެހިގެން ” ލަޔާން ވެސް ދެރަވެލާފައި ބުންޏެވެ.
އޮފީހަށް ދިޔުމުން ލާރާ ނެތީމާ އަޔާޒް ލާރާގެ ފޯނަށް ގުޅާލި އިރު ނިއްވާލާފައި އޮތުމުން އަޔާޒް ވަރަށް މާޔޫސް ވިއެވެ. ލާރާގެ ގެއެއްވެސް ގޭ އެހެން މީހެއްވެސް އަޔާޒް އަކަށް ނޭގޭ އަދި މީހެއް ކާރިން އަހާކަށްވެސް ނުކެރުނެވެ. އެކަމަކުވެސް ލާރާގެ ކެބިން ދޮރު މައްޗަށް އެތައްފަހަރަކު އަޔާޒްއަށް ދެވުނެވެ. ” އަޔާޒް ކިހިނެތް ވީ ލާރާ މޭމް ކެބިން އަށް ތި ދަނީ ނޭގޭތަ މޭމް ދެން ނައަންނާނެކަމެއް އޮފީހަކަށް ” ޝިހާމް ބުނި އެއްޗަކުން އަޔާޒްގެ ބޮލުގައި ރިއްސާލިއެވެ. ” އަހަރެންގެ ސަބަބުން ލާރާ ވަޒީފާއިންވެސް ވަކިވީ؟ އަޔާޒް އަށް ބުނެވުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Finally ayaaz realised how much Laara love him
Reen and layaan ge love story v Reethi
Ayaaz and Laara gulhuvachey
They both are made for each
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard
Nadhoo ge hurihaa stories v Reethi masha allah
Mihaaru intizaaru kurani ayaaz and Laara gulheyne irakah
Abadhuves alhugandu ge support nadhoo ah libeyne
Love you ❤️😍
V reethi
Hey nadhoo
Mi part vx varah varah reethi.
Ekm rangalhu kohlan jehey kan kan ebahuri
ސާ Eii noon bunaany ސައި bunaany..
Dhn liyaa iru vaahaka dhahkaa gothakah noon reethi koh liyaa gothah…..
Mi kan kan rangalhu kohleema adhi varah furihama vaane.
Dhn oii episode ga mi kan kan rangalhu koh laane kamah ummeedhu kuran