ނުލިބޭނެހޭ އަލުން އެހީ 4
ލާރާ ދިޔުމުން ލަޔާން ލާރާގެ އޮފީހުގެ މަސައްކަތާ ހާވާލުވިއެވެ. ލާރާ ދިޔަފަހުން މައްސަރެއް ފާއިތުވެގެން ދިޔައިރުވެސް އަޔާޒަކަށް ލާރާގެ އެއްވެސް ހަބަރެއް ނުލިބުނެވެ. ބަލާލި ކޮންމެ ދިމާލަކުން ލާރާގެ ހަނދާންތައް އަޔާޒު ކުރެވެމުން ދިޔައެވެ. ހެނދުނު ދުވަންދާ ގަޑީގަވެސް ލާރާ ފެނޭތޯ އެކި ދިމާދިމާލަށް ބެލެއެވެ. އޮފީހުގައިވެސް ލާރާގެ ކެބިން ކާރިޔަށް އެތައްފަހަރަކު ދެވެއެވެ. ގޭގޭ ކޮޓަރިގައިވެސް ލާރާ އުޅުނު ގޮތް އަޔާޒު ހަނދާންވެއެވެ. އަބަދު އަޔާޒުގެ ފަހަތުން ލާރާ އުޅުނު އިރު އެކަމާ އަޔާޒް ފޫހިވިޔަސް އަލުން ލާރާ އައިސް އެހެން އުޅެން އަޔާޒްގެ ހިތް އެދެމުންދިޔައެވެ. އަޔާޒުއަށް މިހާރު ހަމަ ނިދި ލިބެނީއެއްނޫން ކެވެނީ އެއް ނޫން އަބަދު ލާރާ މަތިން ހަނދާން ވަނީ ލާރާގެ ކަރުނުން ފުރިގެންވީ ދެ ލޯ އަޔާޒްގެ ހިތުން ފިލާގޮތެއް ނުވިއެވެ. އަޔާޒް އަށް ލާރާދެކެ ލޯބި ވެވުނު އިރު ލާރާވީ އަޔާޒް އާއި މާދުރަށް ގޮސްފައެވެ. ކާން މޭޒު ދޮށުގައި އިން އަޔާޒު ހިޔާލަކަށް ގެއްލިފައި އިނެވެ. ” ދަރިފުޅާ އަޔާޒް މިހާރު ވަރަށް ބަދަލު ވެއްޖެ ކިހިނެތްވީ ؟ އަޔާޒްގެ މަންމަ ސުވާލުކޮށްލިއެވެ. ” މަންމާ އަހަރެންމީ ވަރަށް ގޯސް މީހެއް އަހަރެން ލާރާ ގެ ހިތުގައި ވަރަށް ޖެއްސިން އެކަމަކު މިހާރު އަހަރެން ލާރާ ބޭނުން ނަމަވެސް ލާރާ ވީތަނެއްވެސް ނޭންގޭ މަންމާ ލާރާ ހީކުރީ ރިޝް އެއީ އަހަރެންގެ ލޯބިވެރިޔާ ކަމަށް އަހަރެން ފުރަތަމަ ފަހަރަށް އެރޭ ލާރާ ރުއިތަން ދުށިން ލާރާ ބުނީ ހަމަ ރަގަޅަށް އަހަރެންނަކަށް އޭރު އިހްސާސެއް ނުކުރެވުނު ލާރާ އަހަރެންދެކެ ލޯބިވީވަރެއް ” އަޔާޒްގެ އަޑު ބެދުނެވެ. އެކަމަކު މިހާރު އިހްސާސް އެބަކުރެވޭ އަހަރެންނަށް ވެސް ލޯބި ވެވުމުން މަންމާ އަހަރެން ކިހިނެތް ދެން ހަދާނީ” ހާދަ ދެރައޭ ! ކޮންތާކަށްބާ އެދިޔައީ؟ އިރާދަކުރެއްވީއްޔާ ލާރާ އަދި އަންނާނެ ” ނަސީމާ ވެސް ބުނެލީ ދެރަވެލާފައެވެ.
2 އަހަރު ފަސް
ލާރާ ދިޔަ ފަހުން އޮފީހުގެ ހުރިހާކަމެއް ބަލަހައްޓަނީ ލަޔާނެވެ. ލަޔާންގެ ގެސްޓްހައުސް ކަންތަކާ އެކީ ކުރަންވީމަ ބުރަވިޔަސް ލާރާ އަށްޓަކާ ލަޔާން އެކަން ކުރަމުން ދިޔައެވެ. ލަޔާންގެ ދަށުން އަޔާޒުވެސް މަސައްކަތްކުރަމުން ދިޔައެވެ. ލަޔާންއަށް ހުރިހާކަމެއްގަ އެހީތެރިވެދެމުން ދިޔަކަމަކު ލަޔާން އަކީ ލާރާގެ ބޭބެ ކަމެއް އަޔާޒަކަށް އަދި އަޔާޒަކީ ލާރާ ލޯބިވާ ކުއްޖާ ކަމެއް ލަޔާނަކަށް ވެސް ނޭންގެއެވެ. ނަމަވެސް ދެމީހުންގެ ދޭތެރޭގައި ވަނީ ވަރަށް ގާތް ރަހުމަތްތެރިކަމެއް އުފެދިފައެވެ. ލަޔާން އަބަދުވެސް އޭނާގެ ކޮއްކޮ އުޅޭ ހާލުގެ ވާހަކަ އަޔާޒްއާއި ހިއްސާކުރަމުން ދިޔައެވެ. މަޖާކޮށް ހީ ސަކަރާތް ޖަހަމުން ދިޔަ އޭނާގެ ހިތްވަރު ގަދަ ކޮއްކޮ މީހަކު ދެކެ ވީ ލޯބިން މުޅިން ބަދަލުވީ ވާހަކައެވެ. ” އަޔާޒް ހިންގާބަލަ އަހަރެމެންގެޔަށް ދާން ދެއަހަރު ވެގެން ދިޔައިރު އަދި އަހަރެންގެ ވައިފް އާ ވެސް ބައްދަލު ނުވެއެއްނު ރޭގަ ކޮއްކޮވެސް އަތުވެއްޖެ ނަމަވެސް ހީވަނީ މުޅިން އެހެން މީހަކު ހެން ގަބޫލުވެސް ނުކުރެވުނު އެއީ އަހަރެންގެ ކޮއްކޮ ކަމަށް މިހާރު ބޭނުންވަނީ ކޮއްކޮގެ ކާވެނި ރަގަޅު މިހަކާ ކުރުވަން އެހާލުން ކޮއްކޮ ނެރެދޭނެ ފަދަ މިހަކާ ” ލަޔާން ބުނެލީ ދެރަވެލާފައެވެ. ” އޯކޭ މިރޭ ދާނަން ” އަޔާޒް ބުނެލިއެވެ.
8 ޖެހުމުން ތައްޔާރު ވެގެން އަޔާޒް ގޮސް ލަޔާން ދިން އެޑްރެހަށް ވަނެވެ. ބެލް ޖެހުމުން ނޯކަރަކު ދޮރުހުޅުވާލިއެވެ. ” ރީނާ ފެނުމުން އަޔާޒު އިނީ ލާރާގެ ވާހަކަ އަހާލަން ބޭނުން ވެފަ ފުރުސަތެއް ނުލިބިފައެވެ. ކައިގެން ގޮސް ސޯފާގައި އެންމެން އިށީނެވެ. ” ރީނާ ގޮސް ލާރާ އަށް ގޮވާބަލަ ބުނެބަލަ ދޮންބެގެ އޮފީސް ފްރެންޑެއް ހުރި ވާހަކަ ” ރަޝާދު ލާރާގެ ނަން ކިޔާލުމުން އަޔާޒްގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. މީ ލާރާގެ ގެ ތަ؟ އަހަރެންގެ ލާރާ ތަ؟ އަޔާޒަށް ހިތާހިތާ ބުނެވުނެވެ. ލާރާ ދެކިލުމަށް އެދި އަޔާޒްގެ ހިތް ތެޅިފޮޅިގަތެވެ. އިސްދަށަށް ޖަހާލައިގެން އައިސް ކަޅުކުލައިގެ އަބާޔާ އަކާއި ވަށް ކަޅު ބުރުގާއެއް އަޅައިގެން އިން ލާރާ ސޯފާގައި އަޔާޒްގެ ކުރިމަތީގައި އިށީނެވެ. މިލާ މޯޅިވެފައިވާ ލާރާގެ މޫނާއި ހިކި އަނަރޫފަވެފައިވާ ލާރާގެ ހަށިގަނޑަށް އަޔާޒް އަށް ބަލަން ހުރެވުނެވެ. ލާރާ އަޔާޒް ދެކެވީ ލޯބީގެ ބާރުގަދަކަން އަޔާޒްއަށް އިހްސާސްކުރެވުނު ހިނދު އަޔާޒްގެ ގައިން ހީ ބިހި ނަގައިގެން ދިޔައެވެ. ” ލާރޫ މީ އަޔާޒް އޮފީހުގައި އުޅޭ ދޮންބެގެ ބެސްޓް ބަޑީ މިހާރު ލާރު އުޅުނު އިރުވެސް އުޅޭނެ ޔޫ ނޯ ހިމް ދޯ ” ލާރާ ހަމަ އެކަނީ ބޯ ޖަހާލިއެވެ. އިސްއުފުލާ އަޔާޒްއާއި ދިމާލަށް ބަލާވެސް ނުލިއެވެ. ލާރާގެ އެ ދުރުހިލޭ ކަމުން އަޔާޒްގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އެހެން އިނދެ އަޔާޒް ލަޔާން އާ އެތައްވާހަކައެއް ދެއްކި އިރުވެސް ލާރާ އަނގައިންވެސް ބުނެނުލިތާ ބަލާވެސް ނުލިއެވެ. ” ލާރު ހިންގާބަލަ ކާން ހެނދުނުއްސުރެން ނުކައި ތި އުޅެނީ؟ ރީނާ އަޔާޒް އާއި ދިމާލަށް ބަލާފައި ބުނެލިއެވެ. ބޯ ހޫރުވާލާފައި ތެދުވެގެން ގޮސް ލާރާ މައްޗައް އަރައިގެން ދިޔައެވެ. އަޔާޒް ނިކުންނަން ދަމުން ރީނާ ކައިރީ މަޑުކޮށްލާފައި ގޭ މީހުންނަށް ކައިރީ ލާރާގެ އެ ހާލުގެ ޒިންމާދާރަކީ އަޔާޒް ކަން ސިއްރު ކޮށްދިނުމަށް އެދުނެވެ. ރީނާ އެއްބަސް ވެލިއެވެ. އަޔާޒް ދިޔުމުން ރީނާ ގޮސް ލާރާގެ ކޮޓަރިޔަށް ވެނެވެ. ސޯފާގައި ލާރާ އޮށޯވެގެން އޮތެވެ. ” މިހާރު އަޔާޒް އުޅޭނީ މެރީ ކޮށްގެންތަ؟ ” ލާރާ ރީނާ ކުރެން އަހާލިއެވެ. ” އަދި މާލެ އައި ފަހުން އަހަރެންނާ އަނގައިންވެސް ތިބުނީ އެވެސް އަޔާޒުގެ ވާހަކަ އަހަން ލާރާ ތިހެން އުޅުނީމާ އަހަރެން ހާދަ ދެރަވެޔޭ! އަޔާޒު ނޫޅޭ މީހަކާ އިނދެގެނެއް ބިޓެއްވެސް ނުހުރޭ ” ރީނާ ޝަކުވާކޮށްލިއެވެ. ނަމަވެސް އެތައް އިރަކު އެހެން އިން އިރުވެސް ލާރާ އަގައިވެސް ނުބުނުމުން ރީނާ ދެރަވެގެން ނިކުމެގެން ދިޔައެވެ.
މިހާރު ލާރާމެންގެޔަށް އައުން އަޔާޒުގެ އާދައަކަށް ވިއެވެ. ނަމަވެސް ލާރާ ކޮޓަރިންވެސް ނިކުންނަނީ މަދު ފަހަރަކު އަޔާޒު އާއި ދިމާލަށް ބަލާވެސް ނުލާތީ އަޔާޒު ގެ ހިތަށް ވަރަށް ތަދުވެއެވެ. ” ލަޔާން ހިންގާ ބަލަ މިއަދު މޫދަށް ދާން ލާރާ ދާނަން ތަ؟” އަޔާޒު އަހާލުމުން ލާރާ ބޯ ޖަހާލެވުނީ އެއްވެސް އިހްތިޔާރަކާނުލައެވެ. އެތަންފެނިފައި ލަޔާން އާއި ރީނާވެސް އުފާވިއެވެ. ސައިކަލުގައި ހަތަރު މީހުން ގޮސް ރަސްފަންނަށް މަޑުކުރިއެވެ. ރީނާ އާއި ލާރާ އައީ އެއް ސައިކަލުގައެވެ. ” ހާދަ ލަސްވީ ދެމީހުން ” ރީނާ ލަޔާން އާއި އަޔާޒް އާއި ސުވާލުކޮށްލިއެވެ. ” ކާއެއްޗި ގަނެގެން މިއައީ އެހެންވެ ލަސްވީ ލަޔާން ޖަވާބު ދިނެވެ. ހިންގާ މޫދަށް އެރެން ލާރޫ ލަޔާން ބުނެލުމުން ލާރާ ބޯ ހޫރުވާލިއެވެ. ” ގަދަ ކަމުން ވެސް ގެންދާނަން އަޔާޒް ލާރާގެ އަތުގައި ހިފާލިއެވެ. އަޔާޒްގެ އަތުން ލާރާގެ އަތުގައި ހިފާފައިވުމުން ލާރާއަށް އެއްވެސް ގަދަ އެއް ނުހެދުނެވެ. ” ރީން ލާރާ ކުޑަކޮށް އަޔާޒް ހުންނަ ގަޑީގައި އޯކޭހެން ހީވޭތަ؟ ” ލަޔާން އަހާލިއެވެ. ” ހޫމް ” ރީނާ ބުނެލީ ހަމައެކަނި އެހެންނެވެ. މޫދުން އަރައިގެން ގޮސް އެތާހުރި ހުރިހާ ހެދިކާ އާ ޖޫގޯވެސް ލަޔާން ދީ ދީ ލާރާ ނުކެއެވެ. އަޔާޒް ބޯން އިން ޖޫގޯ ތަށި ލާރާއަށް ދިއްކޮށްލާފައި ޓްރައި ކުރުމަށް ބުނެލިއެވެ. ” ލާރާ ބަސްއަހައިގެން އޭގައި ހިފާލާފައި ބޯލުމުން ލަޔާން އަށް ކަޅިޖަހާ ނުލާ ލާރާއަށް ބެލުނެވެ. އެރޭވެސް އަޔާޒް ލާރާމެންގެޔަށް ދިޔައެވެ. ނަމަވެސް ލާރާ ބޭރަށް ނުވެސް އައެވެ. ” އަޔާޒް އަހަރެންގެ ކޮއްކޮ އާ މެރީ ކުރަންވީ އެއްނު އަހަރެންނަށް ވަރަށް ހީވޭ އަޔާޒް އަށް އަހަރެންގެ ގެއްލިފައިވާ ކޮއްކޮ ހޯދާދެވޭނެހެން އިނގޭ އަޔާޒްގެ ނެތްކަން ބިޓެއްވެސް އެކަމަކު ލާރާ ހީޔެއް ނުވޭ މިކަމާ ގަބޫލުވާނެހެނެއް ވަރަށް އުނދަގޫވާނެ އޭނާ ރުއްސަން އެހެރީ މީހަކާ ހެދި މޮޔަވެފަ ވީއްޔާ” ލަޔާން ބުނެލީ އަޔާޒްގެ ހިތުގެ އެދުމެވެ. ” ލަޔާން ފުރަތަމަ ލާރާ ކާރީ އަހާބަލަ އަހަރެން ގަބޫލު ” އެދެމީހުންގެ ވާހަކަ އަޑުއަހަން އިން ރީނާ އެކަމާ ހިތްހަމައެއް ނުޖެހުނެވެ. ލަޔާން ފޯނެއް އައުމުން ރީނާ ގޮސް އަޔާޒްގެ ކުރިމަތީގައި އިށީނެވެ. ” އަޔާޒް ކީއްކުރަން ތި އުޅެނީ މިހާރުވެސް އެފަކީރު އުޅޭ ހޫލު ނުފެނޭތަ ދެން ކީއްކުރަން ކައިވެނި ކުރަން ތި އެއްބަސްވީ ދުނިޔެއިންވެސް މޮޔަކޮށްލަންތަ؟ އޭނާ އެއުޅޭނީ އެކަމުން އަރައި ނުގަނެވިގެން އަނެއްކާ އަނެއް ކަމެއްގެ ތެރެޔަށް ނުވައްދާ އެއުޅޭ ހާލަށް ދުކޮށްލާ “ރީނާއަށް ރޮވުނެވެ. ” ނޫން ރީނާ ތިހެން ނުބުނޭ ލާރާގެ އެ ހާލުގަ އެ އުޅެނީ އަހަރެންގެ ސަބަބުން ރީނާ ގަބޫލު ކުރިޔަސް ނުކުރިޔަސް ލާރާ އެ ހާލުން ނެރެވޭނީވެސް އަހަރެންނަށް ލާރާގެ ބައްޔަކީވެސް ޝިފާއަކީވެސް އަހަރެން ރީނާ ޕްލީޒް އަހަރެން ލާރާއާއި ދުރު ނުކުރޭ އަހަރެން ނަހަދާނަމޭ ދެރަގޮތެއް ” އަޔާޒް އާދޭސް ކުރުމުން ރިނާ އެއްބަސްވެލީ ލާރާ އަދިވެސް އަޔާޒްދެކެ ލޯބިވާކަން ރިނާއަށް އެނެގޭތީއެވެ. ލަޔާން ކާވެނީގެ ވާހަކ ދެއްކުމުން ފުރަތަމަ ވެސް ލާރާ އަހާލީ އަޔާޒް ގަބޫލުތޯއެވެ. އަޔާޒް އެއްބަސްކަން އެނގުމުން ލާރާ އެއްބަސްވެލީ އަދިވެސް އަޔާޒްދެކެ ލޯބިވާތީ އަޔާޒްގެ ވައިފް އަކަށް ނަމެއްގަ ނަމަވެސް ވެވޭނެތީއެވެ. ލާރާ އެހާ ފަސޭހައިން ގަބޫލުވުމުން ލަޔާން ކޮންމެވެސް ވަރަކަށް ހައިރާންވެސްވިއެވެ. ޕާރޓީ ބާއްވަން ލާރާ ބޭނުމެއް ނުވިއެވެ. ދެ އާއިލާގެ މީހުން ކުޑަ ސަޔަކާއެކު ލާރާ އާއި އަޔާޒްގެ ކާވެނި ކުރެވުނެވެ. ފެހި ކުލައިގެ އަބާޔާ އަކާއި ފެހިކުލައިގެ ޝޯލްގައި ލާރާ ހިކި އަނަރޫފަ ވެފައި ހުއްޓަސް ރީއްޗެވެ. އަޔާޒްގެ މަންމަ ލާރާ ފެނުމުން ގޮސް ބައްދާލާފައި ލޯބިން ލާރާގެ ބުރަކަށީގައި ފިރުމާލިއެވެ. ” ހުރިހާކަމެއް ނިމިގެން އަޔާޒް ލާރާ ގޮވައިގެން އަޔާޒް މެންގެޔަށް ދިޔައެވެ. ހުދު ކުލައިގެ ގަމީހުގައި ކަޅު ގިސްސަކާއެކީ ބެގީކޮށްފައި ލާރާގެ ހެދުމުގައި ހުރި ފެހި ކުލައިގެ ޓައި އަޅާފައި ވުމުން އަޔާޒްގެ ފިރިހރންވަންތަކަން އެތައް ގުނައަކަށް އިތުރުވެފެއި ވިއެވެ. ލާރާ އާއެކު އެކަނިވެލަން ކެތް މަދުވެފައިވާ އަޔާޒަށް ކޮޓަރިޔަށް ވަދެވުމާއެކު ދޮރުލައްޕާލެވުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

V reethi
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Finally ayaaz and Laara married
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Laara and ayaaz v gulhey
Reen and layaan ves
They all are made for each other
Love you ❤️😍