Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާނިޔާ 10 (ފަހު ބައި)

Nadhoo
Nadhoo Level 1
June 17, 2024 3 Mins Read
3 Comments

3 އަހަރު ފަސް

ލޮނު ޒިޔާރަތް ކޮޅުގެ ހިތްފަސޭހަ މާހައުލުގައި ބޭއްވެމުން ދިޔައީ ކުޑަ ކުޑަ ނިހާގެ 3 ވަނަ އުފަން ދުވަހުގެ ޕާރޓީއެވެ. ” ދަރިފުޅާ ރާނިޔާ މި މަންޖެ ނުވޭ މައިތިރިއެއް ހަމަ ދުވަނީ ” ޒުހުރާ ނިހާ އުރާލައިގެން ހުރެ ބުނެލިއެވެ. ” މަންމަ އަހާންވެސް އުޅުނީ މިހެންތަ ކުޑަ އިރު މިހާ ހަލަނި ތަ؟ ރާނިޔާ ސުވާލިކޮށްލިއެވެ. ” ނޫނޭ ދަރިފުޅާ އަހާން ވަރަށް މަޑުން ހުންނާނީ ” ޒުހުރާ ޖަވާބު ދިނެވެ. ” އެއި ހަމަ ރާނިޔާ ކުޑަ އިރު ނުހުރެވޭނެ މަޑުންނެއް އަބަދުވެސް ކޮންމެވެސް ތަނަކަށް އަރާ ހަދާނެ” އަމީނާ ޖަވާބު ދިނުމުން އަހާން އަށް ހެވުނެވެ. ” ކޮބާ މަށާ ވައްތަރު ވިޔަސް އެހެރީ ހަމަ ރާނީގެ އުޅުން މިހާރުއްސުރެން ޓްރެއިނިންގަ ” އަހާން ނިހާ އުރާލަމުން އައިސް ރާނިޔާގެ ކައިރީގައި ހުއްޓުނެވެ. ” މިފަހަރު ބޭނުމީ ފިރިހެން ކުއްޖެއް 9 މަސްވެފައިވާ ރާނިޔާގެ ބަނޑުގައި އަހާން ލޯބިން ފިރުމާލިއެވެ. ޕާޓީ ނިންމާލާފައި ގެޔަށް ދާން ކާރަށް އަރަން ހުރެފައި ނިހާގެ އަތުގައި އޮތް ބެލޫން ދިޔުމުން ނިހާ ރާނިޔާގެ އަތްފޮޅުވާލާފައި މަގުމައްޗައް ދުއްވައިގަތެވެ. ނިހާ ދުއްވައިގަތުމުން ރާނިޔާއަށް ވެސް ހުރިހާލުވެސް ވިސްނާނުލާ ދުއްވައިގެނެވުނެވެ. ކުރިމަތިން އައި ކާރުގައި ޖެހެމުގެ ކުރިން އެތާ ހުރި މީހަކު ނިހާ ކޮށްޕާލިއެވެ. ނިހާ ވެއްޓުނު ނަމަވެސް އަނިޔާއެއް ނުވެއެވެ. ނަމަވެސް އެމީހާ ކާރުގައި ޖެހި ވިއްސައިގެން ދިޔައެވެ. ” އަހާން އެނާ އަހަރެމެންގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކޮށްދިނީ އޭނާގެ ފުރާނަޔަށްވެސް ބެލުމެއް ނެތި ރާނިޔާ އާއި އަހާން އަށް އެމީހާގެ ކާރިޔަށް ދެވުނެވެ. އަހާން ނިހާ އުރާލުމުން އެމީހާއަށް ފަސްޓްއެއިޑް ދިނުމަށް ރާނިޔާ އަވަސްވެގަތެވެ. އެމީހާގެ މޫނު ފެނުމުން ރާނިޔާ ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ރާއިދު” ރާނިޔާއަށް ބުނެވުނެވެ. ” ރާޔާ ދަރިފުޅަށް ކަމެއްވިތަ؟” ވަރަށް ހާލުން ރާއިދު އަހާލިއެވެ. ” ރާއިދު ހާސްނުވޭ އިރާދަ ކުރެއްވިއްޔާ ރާއިދު އަށް އެއްވެސް ކަމެއް ނުވާނެ އެންބިއުލާސްއަށް ގުޅައިފިން އަހަރެމެންގެ ދަރިފުޅު ރަގަޅު އަހާން ޖަވަބު ދިނެވެ. ” ނޫން އަހާން ދެން އަހަރެންނަކަށް ނެތް ވަގުތެއް އަހަރެން ތި ދެމީހުންނަށް ކުރި އަނިޔާގެ ބަދަލު ދެވިއްޖެ ކަމަށް ހީކުރަން އަހަރެން އައީ ހަމައެކަނި ދުރުން ރާޔާ ދެކެލަން އެކަމަކު ބޭބީ ސަލާމަތް ކުރެވުނިމާ ވަރަށް އުފާވެއްޖެ ރާޔާ އަހާން އަހަރެންނަށް މާފުކުރޭ ” ރާއިދު ބުނަމުން ދިޔައެވެ. ” ނޫން ރާއީ ތިހެން ނުބުނޭ ނުވާނެ އެއްވެސްކަމެއް އަހަރެމެން މާފުކޮށްފިން” ރާނިޔާ ބުނެލިއެވެ. އެވަގުތު އެމްބިއުލާންސަށް އައުމުން އަހާން އެރިއެވެ. ރާނިޔާ ޒުހުރާ އާއި ނިހާ ހަވާލުކޮށްފައި ޓެކްސިއެއްގަ ދަމުން ރާއިދު ގެމަންމަ ވެސް ގޮވައިގެން ދިޔެއެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އެރޭ 8 ޖެހި އިރު ރާއިދު މި ފަނާވަނިވި ދުނިޔެއާއި ވަކިވިއެވެ. ރާނިޔާ އާއި އަހާންވެސް ރާއިދުގެ އެ ކުއްލި ވަކިވުމުން ހިތުގައި ޖެހުނެވެ. ” ރާއިދުގެ މަންމަ ގެ ބުރަކަށީގައި ރާނިޔާ ފިރުމާލަ ފިރުމާލަ އިނެވެ” ދަރިފުޅާ ރާނިޔާ ރާއިދު ދަރިފުޅު ދެކެވީ ވަރަށް ވަރު ގަދަ ލޯތްބެއް އެ ލޯބީގައި އެދަރިފުޅަށް ގޯސް މަގު ވެސް ހިޔާރުކުރެވުނީ މި މަންމަގެ ސަބަބުން ނަމަވެސް ފަހުން އަނެއްކާވެސް ވަރަށް ރަގަޅުވި އިއްޔެ އަހަރެމެން ރާއްޖެ އައީވެސް މިއަދު އެ ދިޔައީ ރާނިޔާ ދެކިލަން ފަހު ފަހަރަށް ކަމަށް ބުނެ އަސްލުވެސް އެވީ އެންމެ ފަހު ފަހަރަށް” ރޮމުން ރޮމުން ރާއިދުގެ މަންމަ ބުނެލިއެވެ. ” އަހަރެމެން ރާއިދުއަށް ހެޔޮހިތުން މާފްކޮށްފިން ” ރާނިޔާ ބުނެލިއެވެ. ރާއިދު ވަޅުލާ ކަންތައް ނިމުމުން ރާނިޔާ އާއި އަހާން ގެޔަށް ދިޔައެވެ. ” މަންމާ ރާއިދު ގެ ފުރާނަވެސް މަށަށްޓާކާ މަގޭ ދަރިފުޅު ސަލާމަތް ކުރަން އެ ދުއްވާލީ ވިސްނުމެއްވެސް ނެތި ރާނިޔާއަށް އަމީނާގެ ގައިގަ ބައްދާލެވުނެވެ. ” ދަރިފުޅާ ހިތްވަރުކުރޭ ތިހާލުގަ ނުވާނެ އެހާ ހިތާމަކުރާކަށް އެންމެން ވެގެން ރާނިޔާއަށް ހަމަޔަށް އަޅުވާލުމުން ރާނިޔާއަށް ނިދުނެވެ. މެންދުރު އޮފީހުން އައި އަހާން ގޮސް ނިދާފައި އޮތް ނިހާގެ ކޮލުގައި ބޮސް ދިނުމަށް ފަހު ރާނިޔާގެ ކާރީ އެނދުގައި އޮށޯވެ ރާނިޔާގެ ބަނޑުގައި ފިރުމާލިއެވެ. އަހާން ފިރުމާލުމާ އެކު ދަރިފުޅު ތޮޅިލިއެވެ. ބައްޕަގެ ބިހުން އިހްސާސް ކުރެވުނީ ކަންނޭގޭ ” އަހާން އަހަރެން ރާއިދުއަށްޓާކާ އެހާ ރުއީމާ ދެރަވި ތަ؟” ރާނިޔާ އަހާލިއެވެ. “ނޫނޭ ރާނީ އެއައްވުރެން މާ އިތުބާރުކުރަން ރާއިދު އެއީ ރާނީގެ ދިރިއުޅުމުގެ ބައެއްކަން ގަބޫލުކުރަން ރާއިދު އެނބުރި އައުމުން އޭނާގެ ކުށެއްނެތްކަން އެނގުމުން އޭނާ ކާރިޔަށް ނުދިޔައީ އަހަރެންދެކެ ލޯބިވާތީކަން ވެސް އިނގޭ! އެންމެންނަށްވެސް ކުށްކުރެވޭނެ އެކަމަކު ރާއިދު އެ ދިޔައީ އަހަރެމެންގެ ނިހާގެ ފުރާނަ ސަލާމަތް ކޮށްދީފައި މިހާރު ނެތް އެއްވެސް ޝަކުވާއެއް ރާއިދު ކުރިކަމެއްކުރީ ލޯބި ހޯދުމަށް އަހަރެންވެސް ރާނީއަށް ވަރަށް ދެރަކޮށް ކަންތައްކުރިން އެކަމަކު މިހާރު ރާނީ އާއި މި ދެކުދިން އެއީ އަހަރެންގެ ހުރިހާވެސް އުފަލަކީ އަހާން ރާނިޔާގެނެސް ބައްދާލިއެވެ. ” އާހް!” ރާނިޔާއަށް ބުނެވުނެވެ. ”  އަހާން ބަނޑުގައި ރިއްސަނީ ހިންގާ އަވަހަށް ދާން ހޮސްޕިޓަލަށް ” ކާރު ނަގައިގެން ރާނިޔާ ގޮވައިގެން އަމީނާ އާއި އަހާން ހޮސްޕިޓަލަށް ދިޔައެވެ. ޒުހުރާ މަޑު ކުރީ ނިހާ ނިދާފައި އޮތުމުންނެވެ. ހޮސްޕިޓަލަށް ގެންދެވުނުތާ މާގިނައިރެއް ނުވޭ ރާނިޔާ ފިރިހެން ކުއްޖަކު ވިހެއެވެ. ” މިފަހަރުވެސް މަށާ ވައްތަރީ އަހާން ދަރިފުޅު އަހާންގެ މޫނާ ކާރިކޮށްލަމުން އަހާލިއެވެ. “ނޫން ހަމަ ގައިމުވެސް ރާނިޔާގެ އަޅިކުލައިގެ ކަޅި ” އަމީނާ ބުނެލިއެވެ. ” ޒުހުރާ ނިހާ ގޮވައިގެން އައިސް ބޭބީ ދައްކާލިއެވެ. “މަންމީ ބޭބީ ލަވްޔޫ ” ނިހާ ލޯބިން ބުނެލިއެވެ. ” ދޫނި ހެޕީތަ ބޭބީ އެއް ލިބުނީމާ އަހާން އަހާލުމުން ނިހާ ބޯޖަހާލިއެވެ. ” ކޮން ނަމެއްތަ ކިޔާނީ ؟ ރާނިޔާ އަހާލިއެވެ. ” ރާއިދު ” ނިހާ ބުނެލީ ލޯބިން ހީލާފައެވެ. ” އޯކޭ ނިހާ ބޭނުން ނަމެއް ކިޔާނީ ” އަހާން ޖަވާބު ދިނެވެ. “އަސްލުވެސް ކިޔާނަންތަ އެ ނަން އޭރުން މަންމަގެ ރާއިދު ހުރިހެން ހީވާނެ ” ވަދެގެން އައި ސަކީނާގެ އަޑުން އެންމެނަށް ބަލާލެވުނެވެ. ” ލައްބަ އަހަރެމެން ކިޔާނީ ބޭބީއަށް ރާއިދު ” އަހާން ބުނެލީ ރާނިޔާ އާއި ދިމާލަށް ބަލާލަމުންނެވެ. ރާނިޔާ ބޯ ޖަހާލާފައި އެއްވެސް މިހަކަށް ނުފެންނާނެހެން އަހާންއަށް ފްލައިންކިސްއެއް ފޮނުވާލިއެވެ. އެންމެން ދިޔުމުން ބޭބީ ކުޑަ އެނދުގައި ބާއްވާލާފައި އަހާން ރާނިޔާގެ ކާރިޔަށް ދިޔައެވެ. ” ރާނީ އަވަހަށް ރަގަޅުވޭ ތިންވަނަ ބޭބީ ހޯދަން” އަހާން ލާނެތް ކަމާ އެކީ ބުނެލިއެވެ. ” އަހާން ކަމޯން ގިވް މީ އަ ހަގް ” އަހާންގޮސް ރާނިޔާގެ ކާރީ އެނދުގައި އޮށޯވެ ލޯބިން ބައްދާލިއެވެ. ” ތިކަހަލަ ލޯބިވާ ފިރިޔަކު ދެއްވީތީ ﷲ ޝުކުރުކުރަން” ރާނިޔާ އަހާންގެ އަތުގައި ބާރަށް ހިފާލިއެވެ. ” އަބަދުވެސް މިހެން މިހާ އުފަލުގައި ގެންގުޅޭނަން ” ވަރަށް ލޯބިވޭ އަހާން ބުނެލިއެވެ.

-ނިމުނީ-

ވާހަކަ އަށް ކޮމެންޓު ކުރި އަދި ކިޔާހިތުން އިންތިޒާރުގައި ތިބި ކުދިނަށް ވަރަށް ބޮޑަށް ޝުކުރީއްޔާ!

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ޭއެ ރީތި ހީލުމުގެ ފަހަތުގައި( ފުރަތަމަ ބައި)

Next

ތިޔަ ލޯތްބަށް އެދެވޭތީ… 1

Next
June 17, 2024

ތިޔަ ލޯތްބަށް އެދެވޭތީ… 1

Previews
June 16, 2024

ޭއެ ރީތި ހީލުމުގެ ފަހަތުގައި( ފުރަތަމަ ބައި)

3 Comments!

  1. Cutie girl says:
    June 18, 2024 at 10:40 am

    Mi part ves v reethi masha Allah

    1. Nadhoo Nadhoo says:
      June 18, 2024 at 3:59 pm

      Thank you cute girl ekkoh nimendhen varah kiyaa hithun kiyaalikan faahanga vi. varah avaha aa vaahaka eh genes dheynan

  2. Cutie girl says:
    June 20, 2024 at 11:15 am

    Can’t wait for new story
    Nadhoo ge stories v reethi masha Allah 🥰

Comments are closed.



All Right Reserved!