ރާނިޔާ 9
ދެމީހުން މަޖާ ވާހަކަތައް ދައްކަމުން ގޮސް ގެ ކާރިޔަށް މަޑުކުރެވުމުން ފަހަތުން އައި އެހެން ޖިޕެއްގަ ތިބި މީހުންނާ ތަޅުދަނޑި ހަވާލުކުރުމުން ފޮށިތައް ވާއްދާދިފައި އެމީހުން ދިޔުމުން ރާނިޔާގެ އަތުގައި ހިފާލައިގެން ގޮސް އަހާން ދޮރު ބެލް ޖަހާލުމުން ދޮރުހުޅުވާލި ޒުހުރާއަށް އަހާން ފެނުމުން ރޮވުނެވެ. “މަންމާ!” އަހާން އޭނާގެ މަންމަގެ ގައިގަ ބައްދާލިއެވެ. ރާނިޔާގޮސް އޭނާގެ މަންމަގެ ކާރީ އިށީނެވެ. އޭރު އަހާންވެސް އޭނާގެ މަންމަޔާ އެކީ އައިސް ރާނިޔާގެ ކައިރީގައި ސޯފާގައި އިށީނެވެ. “މަންމާ އަހަރެމެން ވާހަކައެއް ބުނަން ބޭނުން ” އަހާން ބުނެލިއެވެ. ” އަވަހަށް ބުނެބަލަ މަންމަމެން މިތިބީ އަޑު އަހަން” ޒުހުރާ ބުނެލީ އުފަލުންނެވެ. ” މަންމާ އަހަރެން ބައްޕަޔަކަށް ވަނީ އޭ” އަހާން ބުނެލުމުން ޒުހުރާ އާއި އަމީނާވެސް އުފަލުން ފުންމައިގެން ތެދުވިއެވެ. ” ހޫން މީ ދޯ ރާނިޔާ މާ ރީތީ ވާކަމަކީ؟ ކީއްވެ ކުރިން މަންމަ ކާރީ ނުބުނީ؟” ޒުހުރާ ޝަކުވާކޮށްލިއެވެ. ” ފުރަތަމަ އަހާން ކާރީ ބުނަން ބޭނުންވީ އެހެންވެ އަހާންގެ އިންތިޒާރުގައި ހުރީ އެކަމަކު ދެން މާގިނަ ދުވަހު ސިއްރު ނުކުރެވޭނެތީ މި ދަތުރު ނިންމާފަ އައިސް ބުނަން އުޅުނީ އެކަމަކު ހަމަ އިއްތިފާގުން އަހާން އާއި ދިމާވީ މިދަތުރު އަދި ފުރަތަމަ ވެސް ބުނީ އަހާން ކާރީގަ ” ރާނިޔާ އުފާވެލާފަ ބުނެލުމުން އަހާންއަށް ވެސް ހީލެވުނެވެ. ” ދެން ބަސް އަހައިގެން ލޯބިން ހަމަޖެހިގެން އުޅެވޭތޯ ބަލާ ދަރިފުޅުމެން މިހާރު ވަރަށް ގިނަ ހިތާމަޔާ ހިތް ދަތިކަން އެކަނިވެރިކަން އިހްސާސް ކުރެވިއްޖެއެއްނު ” އަމީނާ ބުނެލީ ރާނިޔާގެ ބޮލުގަ ފިރުމާލާފައެވެ. ” ދަރިފުޅު ދެން އޮފީހުން ޗުއްޓީއެއް ނަގަންވީއެއްނު ؟” ޒުހުރާ ބުނެލިއެވެ. ” ނޫން މަންމާ އަހަރެން ބަލިއެއް ވެސް ނޫނެއްނު ވިހަންދެން ބޭނުން އޮފީހަށް ދާން ވަރަށް ދުވަސްފަހުން އޮފީހަށް މި ދާންފެށީވެސް މަންމައަށް އިނގެއެއްނު އަހަރެން ވަޒީފާދެކެ ވާ ލޯބި ” ރާނިޔާ ބުނެލިއެވެ. ” ތެދެއް މަންމާ ރާނީ ވަރަށް ފިޓްއޭ ” އަހާންވެސް އިތުރުކޮށްލިއެވެ. ” ދަރިފުޅުމެން ބޭނުން ކޮންމެ ގޮތެއް” އަމީނާ އާއި ޒުހުރާވެސް އެއްބަސް ވެލިއެވެ.
އަހާން އާއި ރާނިޔާގޮސް އެމީހުންގެ ރޫމަށް ވަނެވެ. އަހާން އެނދުގައި އޮށޯތުމުން ރާނިޔާ ފާހާނާޔަށްވެނެވެ. ފެންވަރާލައިގެން ރާނިޔާ ނިކުތުމުން އަހާން ގޮސް ރާނިޔާއާއި ދިމާލަށް ބަލާލިއެވެ. ” ރާނީ ހިންގާ މިރޭ ޝޮޕިންއަށް ދާން ރާނީގެ ހެދުންތައް ވަރަށް ބާރު ވެއްޖެއެއްނު ދުވަސްކޮޅަކުން ބަނޑުކޮޅުވެސް ބޮޑު ވާނެއްއެއްނު ދޯ؟” އަހާން ބުނެލިއެވެ. ” އަސްލުވެސް މިހާރު އޮތީ ހެޔޮވަރު ދެތިން ހެދުން އެވެސް ނުލެވޭނެ ދުވަސްކޮޅަކުން ޔުނިފޯމްވެސް ބާރު ވަނީ ” ރާނިޔާ ދެރަވެލާފައި ބުނެލިއެވެ. ” ރާނީ އެކަމާ ހާސްނުވޭ ބޭނުންވަރަކަށް ހެދުން ލިބޭނޭ” އަހާން ހިލާފައި ބުނެލިއެވެ. ރާނިޔާ އަންޕެކްކުރަން އުޅުމުން އަހާން އެކަން މަނާކޮށް ރާނިޔާ ގޮވައިގެން ގޮސް އެނދުގައި އޮށޯވެލިއެވެ. ” ރާނީއަށް އިންގޭތަ ރާނީގެ ދެލޯވަރަށް ރީތިކަން މެރީކުރުމުގެ ކުރިން ފޮޓޯ ފެނުމުންވެސް އަހަރެންނަށް ވަރަށް ރީތިވި ތި ދެލޯ ” އަހާން ބުނެލުމުން ރާނިޔާ ލަދުން މޫނު ފޮރުވާލިއެވެ.
ހަވީރުގެ ފިނިން އަރާމު ހޯދަމުން ގޭ އެންމެން ތިބީ ސައި ބޯންވެގެން ޓެރަސްމަތިގައެވެ. ” މަންމާ މިރޭ ރާނީ ގޮވައިގެން ޝޮޕިންއަކަށް ދާން މިއުޅެނީ ރާނީގެ ހެދުންތައް މިހާރު ވަރަށް ބާރުވާންފަށައިފި ބޭރުން ކައިގެން އަންނާނީވެސް ” އަހާން ބުނެލިއެވެ. ” އާން މަންމަވެސް ތިހެން ހިތައް އެރިއޭ ރާނިޔާގެ ހެދުން ތައް ބާރުވެއްޖެޔޭ ފޮތިވެސް ގަނެގެން އަންނާތި މިހާރު ލާ ގޮތައް ހަރުވާޅާ ހެދުން އެއްކުލައިން އަމީ ލައްވާ ފައްސާނީ ވަރަށް ރީތިވާނެ” ޒުހުރާ ބުނެލިއެވެ. “މަންމަ އެއެޗެއް ބޭނުންތަ؟ ރާނިޔާއަހާލިއެވެ. ” މަންމަ ބޭނުންވަނީ މަންމަގެ ދެކުދިން ތިހެން އުފަލުގައި އުޅުން ދެން މީރުވަސް ދުވާ ސެންޓު ފުޅިއެއް ދިނީއްޔާ ނޫނެކޭ ނުބުނާނަން” ޒުހުރާ ބުނެލުމުން އަހާންއާއި ރާނިޔާއަށް ބާރަށް ހެވުނެވެ.
އަހާން ރާނިޔާގެ ގޮވައިގެން ދިޔައީ ކާރުގައެވެ. ރާނިޔާ މަނާކުރުމުންވެސް އަހާން ވަރަށް ގިނަ ހެދުން ގެތެވެ. އަދި ހަތަރު ވަރަކަށް ފޮތިގަނޑުވެސް ގަތެވެ. ލެކިއުޓަށް ވަދެ ސެންޓުގެ ވަސް ބަލަމުން ގޮސް އަހާން ސެންޓުފުޅިއެއް ނެގިއެވެ. ” ރާނީ މީ ވަރަށް ލޯބި ހަނދާނެއް އާކޮށްދޭ ވަހެއް ކާރަށް އަރާ އެ ސެންޓު ފުޅި ރާނިޔާއަށް ދެމުން އަހާން ބުނެލިއެވެ. ” މީ އަހަރެން ވަރަށް ޖެހާ ސެންޓެއް ބަޓް ކޮންހަނދާނެއްބާ؟ ” ރާނިޔާ އަހާންގެ މޫނަށް ބަލާލިއެވެ. ” ހަނދާންވޭތަ އަހަރެމެންގެ ފަސްޓް ޓައިމް އެދުވަހު ރާނީ ޖަހައިގެން އިނީ މި ސެންޓު މީގަ ދުވާ މީރު ވަހުންވެސް އަހަރެންނަކަށް ނުދެވުނު ރާނީ އާ ދުރަކަށް ” އަހާން ބުނެ ލުމުން އެހަނދާންވެފައި ރާނިޔާގެ މޫނު ރަތްވެގެން ދިޔަތަން ފެނުމުން އަހާން ހެވުނެވެ. ” ރާނީ އައި ލަވް ޔޫ ” އަހާން ރާނިޔާގެ އަތުގައި ބޮސްދިނެވެ. “އަހާން މާދަމާ ވާނެ ދޯ ޑޮކްޓަރައް ދައްކަންދާން” ރާނިޔާ ބުނެލުމުން އަހާން ބޯޖަހާލިއެވެ. އަހާން އާއި ރާނިޔާ ގެޔަށް ދިޔައީ ބޭރުން ކައިގެންނެވެ.
ހެނދުނު 10 ޖެހި އިރު އަހާން އާއި ރާނިޔާ ހޮސްޕިޓަލަށްދިޔައެވެ. ސްކްރިނުން ދަރިފުޅުކަމަށް ބުނެ ޑޮކްޓަރ ދައްކާލުމުން އަހާން އަދި ރާނިޔާގެ ހިތުގެ ހިނގުންވެސް ބާރުވެގެން ދިޔައެވެ.ދަރިފުޅުގެ ހާރޓްބީޓް ޑޮކްޓަރު އިއްވާލުމުން ދެމީހުންގެ ލޯވެސް ކަރުނުން ފުރުނެވެ. އަހާންއަށް ރާނިޔާގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ.
ދުވަސްތައްފާއިތުވަމުން ދިޔައީ ވަރަށް ހަލުވިކަމާއެކީގައެވެ. ރާނިޔާ ބަނޑަށް 9 މަސްވުމުން ގޭގައި މަޑު ކުރިއެވެ. ދަރިފުޅަށް ބޭނުންވާނެ ހުރިހާއެއްޗެއް ހޯދާ ދެމިހުން ވަރަށް ތައްޔާރު ވިއެވެ. ކުޑަކަބަޑް ތަކާ ކުޅޭ އެއްޗިހިތައް އަހާން ހޯދަމުން ދިޔައީ ރާނިޔާ މަނާކޮށްކޮށް ހުއްޓައެވެ. އަމީނާއާއި ޒުހުރާވެސް ފާޑު ފާޑު ފޮނި އަދި ކުޅި ގިނަދުވަހު ބެހެއްޓޭ ކަހަލަ ކާއެއްޗިހި ހަދާ ރައްކާކުރަމުން ދިޔައެވެ. އެންމެންވެސް އިންތިޒާރުކުރަމުން ދިޔައީ ދަރިފުޅު އަންނާނެ ވަގުތަކަށެވެ.
ދަންވަރު ރާނިޔާއަށް ހޭލެވުނީ ބަނޑުގައި ރިއްސާތީއެވެ. ” އަހާން…” ރާނިޔާއަށް ގޮވާލެވުނީ ވަރަށް ބާރަށެވެ. އަހާން އަށް ހޭލެވުމުން އަވަސްވެގަތީ ރާނިޔާ ހޮސްޕިޓަލަށް ގެންދިޔުމަށެވެ. ޒުހުރާއަށްވެސް ގުޅާލުމުން ވަގުތުން ފޯނު ނެގިއެވެ. އަވަހަށް ތައްޔާރުވެގެން ތިރިޔަށް ދިޔައެވެ. ހޮސްޕިޓަލަށް ގެންދެވުނުތާ މާގިނައިރެއް ނުވެ ރާނިޔާ އަންހެންކުއްޖަކު ވިހައިފިއެވެ. ” މަރުހަބާ އަންހެން ކުއްޖެއް ނަރުސް ކުއްޖާ ކުޑަ ދަރިފުޅުގެނެސް އަހާންގެ އަތަށް ދިނެވެ. ދަރިފުޅު އުރާލުމުން އަހާންގެ ދެލޯފެންކަޅިވެގެން ދިޔައެވެ. ” ރާނީ ކިހިނެތް ރަގަޅު ތަ؟ ” އަހާން އަށް އަހާލެވުނެވެ. ” ލައްބަ ވަރަށް ހިތްވަރު ކުރި ހުރިހާކަމެއްވެސް ރަގަޅު ” ނަރުސް ކުއްޖާ ޖަވާބު ދިނެވެ. ” ކޮން އިރަކު ބައްދަލު ކޮށްލެވޭނީ ؟ ” އަހާން އައް ރާނިޔާ ދެކޭހިތުން ކެތް މަދުވެފައިވާ ހާލު އަހާލެވުނެވެ. ” އިރު ކޮޅަކުން ވޯޑަށް ބަދަލުކުރެވޭނެ” ނަރުސް ކުއްޖާ ޖަވާބު ދިނެވެ. ރާނިޔާ ވޯޑަށް ބަދަލުކުރެވުމުން އަމީނާ އާއި ޒުހުރާ އިރުކޮޅަކު ތިބުމަށްފަހު ބޭރަށް ނިކުމެލީ އެ ދެމީހުންނަށް ވަގުތުކޮޅެއް ދިނުމަށެވެ. ” ރާނީ ތެންކިޔު އަހަރެމެންގެ ދަރިފުޅު މިދުނިޔެއަށް ގެންނަން ތިހާ ބުރައެއް އުފުލީތީ ވަރަށް ލޯބިވޭ ” އަހާން ރާނިޔާގެ ނިތްކުރީގައި ލޯބިން ބޮސްދިނެވެ. ރާނިޔާވެސް އަހާންގެ އަތުގައި ބޮސް ދިނެވެ. ” ބޭބީ އަހާންއާ ހާދަ ވައްތަރޭ ދޯ ؟ އެހާ ކުޑައިރުވެސް ހަމަ ކޮޕީއެއް ” ރާނިޔާ ބުނެލިއެވެ. އާރޔޫ ޖެލަސް ރާނީ ؟ އަހާން އަހާލުމުން ރާނިޔާ މޫނު ހަދާލިއެވެ. ” ޖެލަސް އެއް ނުވޭ އަހަރެންގެ ދަރިފުޅު އަހަރެން އެންމެ ލޯބިވާ މީހާއާ ވައްތަރުވީމަ އުފާވަނީ! ކޮން ނަމެއް ތަ ކިޔާނީ ބޭބީއަށް ؟ ” ރާނިޔާ އަހާލިއެވެ. ” އާމިނަތު ނިހާ އަހާން ” އަޅެ ރިއްޗެއް ނޫންތަ އަހަރެމެން ދެމީހުންގެ ނަމުގެ މެދު އަކުރުން ” އަހާން ބުނެލިއެވެ. “އަޅެ ވަރަށް ލޯބި ” އެހެން ކިޔާނީ ހަމަ ދެމީހުންނަށް އެކީ ބުނެވުނު ވަގުތު ބޭބީ ރޯލިއެވެ. އަހާން ބޭބީ އުރާލިއެވެ. ” މިހާ އަވަހަށް ޖެލަސްވާން ފެށީތަ ބައްޕިވެސް މަންމި ބޭނުންވާނެ އެއްނު ” އަހާން ދަރިފުޅު އުރާލައިގެން ގޮސް ރާނިޔާގެ އަތަށް ދިނެވެ. އޭގެ އެއް ދުވަސް ފަހުން ރާނިޔާ ދޫކޮށްލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Mi part vx v Reethi masha allah
Can’t wait for next part
Keep it up.
Mi part vex varha reethi Masha Allah
Can’t wait for next part
Keep it going