ނުލިބޭނެހޭ އަލުން އެހީ 7
އެވަގުތު ބޭބީ ރޯލުމުން ބޭބީ އުރާލައިގެން ލާރާ އައިސް އަޔާޒްގެ ކާރި އިށީނެވެ. ” ބޭބީ ވަރަށް ލޯބި ދޯ ރިޝް އާ ވައްތަރީ ލާރާ ބޭބީ ގެ ނިތްކުރީގައި ބޮސްދިނެވެ. ” ހޫމް ތިއްތިބެގެ ދޫނީ އޭ ދޯ މީ” އަޔާޒް ބޭބީ އުރާލިއެވެ. ” ހިންގާ ގޮވައިގެން ދާން މިހާރު ބަނޑުހައިވެގެން އުޅޭނީ” ލާރާ އާއި އަޔާޒު ދިޔައިރު ރީޝާވެސް ސައިބޮއިގެން ނިކުންނަނީއެވެ. ” ނިންމާލިތަ؟ އަން ދޭ ފީޑްކޮށްލަން ” ލާރާ ރީޝާގެ އަތަށް ބޭބީ ދިނެވެ. ” މިއަދު ނެތް ސައި ބޯހިތެއް ކޯންފްލެސްކް އެންޑް މިލްކް އޯކޭ ވާނެ ” އަޔާޒު ބުނެލުމުން ލާރާއަށް ވީގޮތް އެނގުނެވެ. ” އަޔާޒް އަށް ޖެހޭނީ ސައި ބޯން ބޭކެޑްބީންސް ހުރީމައެއްނު ތި ގޮތް ދައްކަނީ ” ލާރާ ރޮށިކޮޅެއްގައި ބޭކެޑް ބިންސް ޖައްސާފައި އަޔާޒް އާ ދިމާލަށް ދިށްކޮށްލިއެވެ. ” އަޔާޒު ނުކާން އުޅުމުން ގަދަކަމުން ލާރާ ލެއްވިއެވެ. ފަހުން އަޔާޒު ގަދަ ނަހަދާ ލައްވަމުން ދިޔައެވެ. ” މީރެއް ނު ހަމަ ކުޑަ ބޭބީއެއް ހެން ބޮނޑާ ހޭކީ އޭ ” ލާރަ ބުނެލިއެވެ. ” ލާރާގެ އަތުން ޒަހަރުވެސް މީރުވާނެ ” އަޔާޒް ބުނެލިއެވެ. ” އެހެންތަ؟ މާތްކަލާކޯ ތިއްތިބޭ ސޯ ފިލްމީ ” ރީޝާގެ އަޑުން ދެމީހުންވެސް ދިޔައި ސިއްސައިގެންނެވެ. ” ހޫން ދާން އުޅޭ މިތަނުން މީހުން ދައްކާ ވާހަކަ އަޑު އެހުމަކީ ހަޑި ކަމެއް ކަން ނޭންގޭތަ ؟ މަންމާ! ބަލާބަލަ މި ރިޝް އުޅޭ ގޮތެއް ” އަޔާޒް ބާރަށް ބުނެލިއެވެ ” ކިހިނެތްވީތަ ރިޝް؟ ” ނަސީމާ ސުވާލުކޮށްލިއެވެ ” ވީ ގޮތަކީ ރާނީގެ އަތުން ރާޖާ އަށް ޒަހަރުވެސް މީރުވީ އެހެންވެ މިއަދު ޒަހަރު ކެއީ” ރީޝާ ބުނެލުމުން ނަސިމާއަށް ވީގޮތް ކުޑަކޮށް ރޭކާލިއެވެ. ލާރާ އަށް އަންނަމުން ދިޔަ ބަދަލުން ނަސީމާ ހުރީ ވަރަށް އުފާވެފައެވެ. އަޔާޒު އަވަހަށް ނިކުމެގެން ދިޔައެވެ. އަޔާޒް އޮފީހަށް ދިޔުމުން ލާރާ ކޮޓަރީގެ ބެޑްޝީޓް ބަދަލުކޮށް ހަދާލިއެވެ. ހަވީރު ރީނާ މާވަރަކަށް ގުޅާތީ ލާރާ ފޯނު ނެގިއެވެ. ” ލާރު ލަޔާން އަހަރެންނާ ވާހަކައެއްވެސް ނުދައްކާ އަހަރެން އެންމެން ގެނައީ ވާހަކައެއް ދައްކަން އެކަމަކު ރީނާއަށް ރޮވެން ފެށިއެވެ. ” ރީން ޕްލީޒް ހުއްޓާލަބަލަ ތީ ހިތްވަރު ގަދަކުއްޖެއްނު ދޮންބެ އޯކޭ ވާނެ ނުހުރެވޭނެ ރީންދެކެ ރުޅިން މާ ގިނައިރަކު އެއް ” ލާރާ ރީނާ ހަމައަކަށް އެޅުވޭތޯ ބެލިއެވެ. ” ލާރު އާދެބަލަ ޕްލީޒް ” ވިސްނާނަން ލާރާ ފޯނު ބޭއްވިތަނާ ހެން އަޔާޒް އައިސް ވަނެވެ. ” ރީން އެ ގުޅީ އޭނާ ރޮނީ ދޮންބެ ވާހަކައެއް ވެސް ނުދައްކަޔޯ އައިސް ބަލާށޭ ބުނީ އެކަމަކު ނެތް ދާހިތެއް ދޮންބެ ކަންތައް ކުރި ގޮތުން ” ލާރާ ޖަވާބު ދިނެވެ. ” ނޫން ހިނގާ ދާން އަހަރެން ވެސް ދާނަން ލަޔާން އޮފީހުގައި އަހަރެންނާ ވެސް ވާހަކައެއް ނުދައްކާ ނުވެސް ކައި މިއަދު އެހެރީ ދެރަވެފަ ހުންނާނީވެސް އެކަކުވެސް ނުބުނީމާ ހިނގާ ބަލަ ދާން ވާހަކަ ދައްކައިގެން ދޯ ކަމެއް ހައްލުވާނީ ވެސް އެބައަންނަން ފެންވަރާލައިގެން ލާރާ ރެޑީވެބަލަ ”
ފާހާނާއިން ހަމަ އެކަނި ޖީންސް ލައިގެން ތުވާލިން ބޯ ހިއްކަމުން ނިކުމެގެން އައި އަޔާޒް ފެނުމުން ލާރާ އަޔާޒް ކާރިޔަށް ދިޔައެވެ. ” ހާދަ ފްރެޝް އޭ ލާރާ އަޔާޒްގެ މޭމަތީގައި ފިރުމާލިއެވެ ލާރާގެ އަމަލުން އަޔާޒްއަށް ލާރާ އާއި ދިމާލަށް ބަލާލެވުނީ ކުރީގެ ހަނދާނެއް ވުމުންނެވެ އޭރު އެކަންތަކާ ލައިކް ނުވިޔަސް މިހާރު އެއީ ފޮނި ހަނދާންތަކެކެވެ. ” ކިހިނެތްވީ ފާޑަކަށް ތި ބަލަނީ މި ލާރާ ނުފެނިގެން އުޅުނީމެއް ނު ލާރާ އަޔާޒްގެ އިސްތަށިގަނޑާ ކުޅެލިއެވެ. ” ލާރާ! އައި ލަވް ޔޫ ” އަޔާޒް ބުނެލީ ލާރަގެ ލޮލަށް ބަލަން ހުރެއެވެ. ” މާފް ކުރީތަ؟ އެހާ އަވަހަށް ” ލާރާ އަޔާޒް އާއި ދިމާކޮށްލިއެވެ. “ރުޅި އެއް ނޫނޭ ” ބުނެލަމުން އަޔާޒް ދާން ހިނގައިގަތެވެ. ” ކޮންކަމަކާ ތި ޖެހިލުންވަނީ؟ ހިތް އެދޭ އިރުވެސް އަހަރެންނާ ކައިރި ނުވަނީ ކިއްވެ؟ އިސްނަގަން ނުކެރިގެން ތި އުޅެނީ ކީއްވެ؟ އަހަރެންމީ އަޔާގެ މީހެކޭ އަހަރެންނަށް އިނގޭ ލޯބިވީމާ އިހްސާސްތައް ހުންނާނެގޮތް އަހަރެން އޭރު އަޔާ ފަހަތުން އުޅުނު އިރު އަޔާ ރުހުނަސް ނުރުހުނަސް އަހަރެން ބޭނުންވީމާ ހަގް ކުރަމެއްނު ކިސް ވެސް ކުރީމެއްނު ތައްޕަޅެއް ލިބުނަސް ” ލާރާގެ ވާހަކަ އަޑު އަހާފައި އަޔާޒް ހިނިތުން ވެލިއެވެ ” އަޔާ އޭ ތަ ތި ކީ ދެންމެ؟” އަޔާޒް ލާރާ އާއި ކާރިވަމުން އަހާލިއެވެ. އަޔާޒް ލާރާގެ އުނަގަނޑުގައި ހިފާލާފާއި ކާރިޔަށް ގެނެސް ބައްދާލިއެވެ. ލާރާއަށްވެސް ބާރަށް ބައްދާލެވުނެވެ. ލާރާގެ ލޮލުން ކަރުނަ އަންނަން ފެށީ އިހްތިޔާރަކާނުލައެވެ. ” އަޔާޒްގެ މޭގައި ލާރާގެ ހޫނު ކަރުނަ ޖެހުނު ހިނދު އަޔާޒްއަށް ތެޅިގަނެވުނެވެ. ” ލާރާ ކިއްވެ ތި ރޮނީ މިހާރު؟ ” އަޔާޒް އަށް އަހާލެވުނީ ދެރަވެފައެވެ. ” އަހަރެން ކިތައްފަހަރު އަޔާގެ ގައިގަ ހަގްކުރިން އަބަދުވެސް ދުރަށް ކޮށްޕާލީ އަބަދުވެސް އަޔާގެ ދެއަތުން ބައްދާލާތޯ އިންތިޒާރުކުރެވުނު އެކަމަކު މިއަދު އަޔާ އަމިއްލަޔަށް ހަގް ތިކުރީ އަޔާ ބޭނުން ވެގެން މީ އަހަރެންގެ ދުލުން ބަޔާން ކުރެވޭ ކަހަލަ އިހްސާސެއްވެސް ނޫން އައި އެމް ސޯ ހެޕީ އަޔާ ” ލާރާ އިތުރަށް އަޔާޒްގެ އަތުތެރޭގައި ބޮނޑިވެލިއެވެ. ލާރާގެ ފޯނު ރިންގުވާންފެށުމުން ދެމީހުން ދުރު ވިއެވެ. ” ރީން އެ ގުޅީ އަދިވެސް ރޮނީ ހިނގާ އަވަހަށް ދާން ” ލާރާ ބުނެލިއެވެ. ” މަގޭ ނިއު ކާރުގަ ދޯ މިއަދު ދާނީ ލާރާ ގޮވައިގެން ނޫނީ ބޭނުމެއްނުވޭ ފުރަތަމަ ރައިޑް ދާކަށް “އަޔާޒް ލާރާގެ އަތުގައި ހިފާލިއެވެ. “އަހަރެން ދުއްވާނީ އޯކޭތަ އެގޮތް ” ލާރާ އަހާލުމުން އަޔާޒް ބޯ ޖަހާލިއެވެ.
ކާރު ޕާރކްކޮށްލުމަށް ފަހު ލާރާ އަޔާޒްގެ އަތުގައި ހިފާލައިގެން ގޮސް ލާރާމެންގެޔަށް ވެނެވެ. ” ލާރާ ވަދެގެން ދިޔަ ގޮތަށް މައްޗަށް ރީނާގެ ކޮޓަރިޔަށް ވަނެވެ. ލާރާ ފެނުމުން އެނދުމަތީ އިށީދެގެން އިން ރީނާގެ ބަޑި ފަޅައިގެން ދިޔައެވެ. ލާރާ ގޮސް ރިނާގެ ގައިގަ ބައްދާލިއެވެ. “ރީން ދެން ހުއްޓާލަބަލަ ތިހާ ވަރަށް ރޯކަށް އަދި ނުވެއެއްނު ވާހަކަ ދައްކައިގެން ވިސްނާ ދީބަލަ ދޮންބެޔަށް ރީން ކީއްވެކަން ނުބުނީ އަޔާ އަކީ އޭ އަހަރެންގެ ހިތުގެ ރާޖާ ” ލާރާ ބުނެލި ގޮތުން ރީނާއަށް ކުޑަކޮށް ހެވުނެވެ. “ދެޓްސް ލައިކް މައި ބެސްޓީ ” އަޔާ ދޮންބެ އައިސްދާނެތީ ބިރުންތަ އިށީނދެވެސް ނުލާ ތިހިރީ އަހަރެން ހުއްޓާ އެއްކަމެއްވެސް ނުކުރެވޭނެ” ލާރާ ބުނުމުން އަޔާޒް ހީލާފައި ސޯފާގައި އިށީނެވެ. ” ރީން އަދިވެސް ލަޔާން ގެޔަކަށް ނާދޭތަ ؟ މިއަދު ނުވެސް ކައި އެއްވެސް އެއެޗެއް އަހަރެން ކެންޓީނަށް ދަމުން ގޮވާލުމުން އަނގައިންވެސް ނުބުނި ” އަޔާޒް އަހާލުމުން ރީނާ ބޯޖަހާލިއެވެ. ” ސޮރީ އަޔާޒް އަހަރެން އެދުވަހު އެންމެން ގެނައީ ވަރަށް ބޮޑުވާހަކައެއް ބުނަން އެކަމަކު މާކުރިން ހުރިހާ ކަމެއް ގޯސްވީ ” ރީނާ ދެރަވެލާފައި ބުނެލިއެވެ. ” ހުރިހާކަމެއް ވެސް ވާނީ ރަގަޅަށް އެވެސް ލަޔާނަށް އިނގެން ޖެހޭ ހަގީގަތެއް ރީނާވެސް ފުރަތަމަ ކިހާ ރުޅި އައި އަހަރެން މެރީ ކުރަން އެއްބަސް ވުމުން ކިހާވަރަކަށް ރުޅި ބޭލި ” އަޔާޒް ބުނުމުން ލާރާ ރީނާ އާއި ދިމާލަށް ބަލާލިއެވެ. ” ވަޓް ރިއަލީ ؟ ރީން ބޭނުންނުވޭ އަހަރެން އަޔާ އާއި މެރީ ކުރާކަށް އަހަރެން އަޔާ އާ ދުރުކުރަން މަސައްކަތް ކުރިން؟” ލާރާ އަހާލީ ރުޅި މޫނު ހަދާލަމުންނެވެ. ” ހޫމް ކުރިން އެކަމަކު އަޔާޒް ބުނީ ލާރުގެ ބަލިޔަކީ އަދި ފަރުވާ އަކީވެސް އޭނައޭ އެހެންވެ ހަތިޔާރު ބެހެއްޓީ” ރީނާ ކުޑަކޮށް ހީލާފައި ބުނެލިއެވެ. ” ރިއަލީ އަޔާ ސޯ ފިލްމީ ؟” ލާރާ އަހާލުމުން ތިން މީހުންގެ ހިނިގަނޑުވެސް ފަޅައިގެން ދިޔައެވެ. ” އައި އެމް ހެޕީ ޓު ސީ ޔޫ ލައިކް ދިސް ލާރު ތި ދެމީހުން ހެޕީތަ އެކަކު އަނެކަކާ އެކީ އަހަރެންނަށް އިނގޭ އަޔާޒްވެސް މިހާރު ލާރު ދެކެ ލޯބިވާކަން ދެން ލާރު އެއީ އަބދުވެސް އަޔާޒު އާ ހެދި ހޭ ބަލިވެފަ ހުންނަމީހެއް ތާ” ރީނާ ބުނެލުމުން އަޔާޒު އަށް ހެވުނެވެ. ” ޔޭސް ހެޕީ ރިއަލް ލާރާ އިޒް ކަމިން ސްލޯލީ ސޯ ރަގަޅުވާނެ ހުރިހާކަމެއްވެސް ” އަޔާޒު ބުނެލިއެވެ. ހިންގާބަލަ ތިރިޔަށް މަންމަމެން ތިބީ ވަރަށް ދެރަވެފަ ލާރު ރުޅިއައިސްގެން ނަ އަންނާނަމޭ ބުނެފަ ދިޔުމުން ” ރީނާ ބުނެލީ ތެދުވަމުންނެވެ. ” ދެން ކޮން ވާހަކައެއް ބުނަންތަ އިއްޔެ އުޅުނީ ؟ ” ލާރާ އަހާލިއެވެ. ” ލާރު އިނގެއެއްނު ބޭބީ އެއް ނުލިބިގެން ވަރަށް ޑޮކްޓަރަށް ދައްކާ ހެދިކަން ދުށީމެއްނު ބޭބީ އެއް ބޭނުން ވެގެން ލަޔާން އުޅޭ ގޮތް އަހަރެންގެ ދުއާ ފައިނަލީ ﷲ އިޖާބަކުރައްވައިފި އަހަރެން ޕްރެގް އެނގުނީވެސް އިއްޔެ އެހެންވެ އެ ވާހަކަ ބުނަން ބޭނުންވީ ” ރީނާގެ ވަހަކަ އަހާފައި ލާރާ އުފަލުން ރީނާގެ ގައިގަ ބައްދާލިއެވެ. ” އަލް ހަމްދު ލިއްލާހި ކޮންގްރާ ރީން އަޔާޒް އާއި ލާރާ އެކީ ބުނެލިއެވެ.
ލާރާ ގޮސް އޭނާގެ މަންމަގެ ގައިގަ ބައްދާލިއެވެ. ” މަންމާ ބައްޕާ ސޮރީ އަހަރެންގެ އުޅުން ހުރި ގޮތުން އެންމެންވެސް ހާސްކުރުވީ އަހަރެން ދެން އެހެންނެއް ނޫޅޭނަން އަހަރެން އަބަދުވެސް ބޭނުންވީ އަޔާ އަހަންނަށް ލިބުން މިހާރު އަހަރެން އުފާވޭ ހުރިހާކަމެއްވެސް ރަގަޅު ވާނެ” ލާރާ އޭނާގެ މަންމަގެ ކޮނޑުގައި ބޯ އަޅާލިއެވެ. ” މަންމަމެންނަށް ދަރިފުޅު އުފަލުގައި އުޅެނިކޮށްވީ ” މަރީނާ ބުނެލީ ލާރާގެ ބޮލުގައި ފިރުމާލަމުންނެވެ. އެވަގުތު ވަދެގެން އައި ލަޔާން އަށް ރަޝާދު ގޮވާލުމުން އައިސް ސިޓިންރޫމުގައި މަޑުކޮށްލިއެވެ. ” ހިންގާ ކާން ލަޔާން ” ރީނާ ބުނެލިއެވެ. ” އަހަރެންނަށް ހެޔޮ ނޭދޭ މީހުން އަތުން ކާކަށް ނޫޅެން ” ލަޔާންގެ ޖަވާބުން ރިނާ ދެރަވިއެވެ. ” ދޮންބޭ ކީއްވެ އަހަރެންނާ އަޔާ އާ ދެމިހުން ދެކެ އައި ރުޅި ރީންއަށް ތި ބާލަނީ އެ ފަކީރު އެވާހަކަ ސިއްރު ކުރީ އަޔާ ބުނެގެން އަޔާ ބޭނުންވީ އަހަރެން ނޯމަލް ވަންދެން ސިއްރުކުރަން ދޮންބެ އަށް އޮޅުވާލާކަށް ނޫން ” ލާރާ ބުނެލީ ނުރުހިފައެވެ. ” ކޮންމެ މީހަކު ބުންޏަސް މަށަށް އެކަން އެނގެން ޖެހޭނެ ރީނާ ނުވާނެ ދޯ އަހަރެންނަށް ސިއްރުކުރަން އަހަރެން ބޭނުމެއް ނޫން އޮޅުވާލާ މީހުންނާ ވާހަކަ ދައްކާކަށް ” ލަޔާން ބުނެލީ ހަރުކަށި ރާގުގައެވެ. ” އޯކޭ އަޔާ ހިނގާ ރީން ގޮވައިގެންދާން އަހަރެމެންގެ ސަބަބުންތާ ރީންގެ ފިރިމީހާ ރީންދެކެ ރުޅި އައީ އަހަރެމެން ރީން ބަލާނަން އެކަމަކު ބޭބީ އައުމުންވެސް ނުވާނެ އުރާލަން އައިސްގެނެއް ބައްޕިއަކަށް ބޭބީ ނުވެސް ދައްކާނަން ދޯ އަޔާ ” ލާރާ ބުނެލިއެވެ. ” އޯ ކޭ ދޭ ގޮވައިގެން….. ވަޓް ކީކޭ ތި ބުނީ ބޭބީ އޭ ” ލަޔާނަށް އަހާލެވުނީ ބާރަށެވެ. މަރީނާ އާއި ރަޝާދުގެ ދެލޯވެސް ބޮޑުވެގެން ދިޔައެވެ. ” ރީން ޔޫ އާރ ޕްރެގް ” ލަޔާން ރީނާ އާއި ދިމާލަށް ދާން ހިނގައިގަތެވެ. ލާރާ އަޔާޒްގެ އަތުގައި ހިފާލައިގެން އައިސް ލަޔާންގެ ކުރިމައްޗައް އެރިއެވެ. ” ދެންމެ ދޯ މިބުނީ ބޭބީ އުރާލަންވެސް ނުލިބޭނެޔޭ ދެން ކޮންތާކަށް ތި ދަނީ ރީން ކާރިޔަކަށް ނުދެވޭނެ” ލާރާ ބުނެލިއެވެ. ” ޕްލީޒް ލާރު؟ ” ލަޔާންއަށް ބުނެވުނެވެ. ” ކޮން ޕްލީޒްއެއް އެފަކީރު އެހާލުގަ އިން އިރުއޭ ތި ހިތުގަ ޖެއްސީ ދެރަކުރީ އެއީ ދޮންބެގެ ވައިފްއަށް ވުމުގެ ކުރިން މަގޭ ބެސްޓް ފްރެންޑް ސޯ އަހަރެންނަށް ބޭނުމެއް ނުވާނެ ރީން ހިތާމަކުރާކަށް އެވެސް މަގޭ އުފަލަށްޓަކާ ކުރިކަމަކުން ދޮންބެ އަށް ކައިވެނީގެ ކުރިން އެނގުނު ނަމަ ޔަގީން ދޮންބެ ކައިވެނި ވިޔަކަ ނުދޭނެކަން އެކަމަކު އަހަރެންގެ ހުރިހާ ހިތްހަމަޖެހުމަކާ އުފަލެއް ގުޅިފައިވަނީ އަޔާ އާ ކަން ރީންއަށް އިނގޭ އެހެންވެ ސިއްރުކުރީ ދޮންބެޔަށް ވުރެން އަހަރެންދެކެ ރީން މާލޯބިވާނެ ދޮންބެ ބުނީމެއްނު ރީން ބައްޕަ ކާރީ ދުވަހަކުވެސް ދެރަ ނުކުރާނަމޭ އެކަމަކު އެހާލުގަ ހުއްޓާ ހިތުގަ ޖައްސާ ރޮއްވަނީ ވެރީ ބޭޑް ” ލާރާ ބުނެލީ ލަޔާންގެ ކޮނޑުގައި ހިފާ ދުރުކޮށްލަމުންނެވެ. ” ލާރު ދެން ތިހާ ގިލްޓީ ފީލް ނުކުރުވާ ޕްލީޒް ” ލަޔާން ގެ ދެ ލޯފެންކަޅި ވީތަން ފެނުމުން ލާރާވެސް ދެރަވިއެވެ. ” އޯކޭ އަހަރެމެންނަށް ތިން މީހުންނަށް މާފުކުރޭ ފުރަތަމަ އަދި މާފަށްވެސް އެދޭ ރީން އަދި އަޔާ ގާތުން ޖެހީމެއްނު ” ލާރާ އެހެން ބުނެލީ އަކުރުތަކަށް ބާރުލާފައެވެ. ” މަންމާ ބަލާބަލަ މި ލާރޫ ކޮންތާކުން ތަ އައީ ވަރަށް ދުވަސް ފަހުން އެ އައީވެސް ؟ ” ލަޔާން ލާރާ އާއި ދިމާކޮށްލިއެވެ. ” މަންމައަކަށް ނޭންގޭ އަޔާ އަށް އިނގޭނީ މަރީނާ ބުނި ގޮތުން އެންމެންނަށް ހެވުނެވެ. ” ސޮރީ ބަޑީ ” ލަޔާން އަޔާޒްގެ ގައިގަ ބައްދާލިއެވެ. ” އަހަރެން ގަޔަކު ނޫނޭ ބައްދަންވީ ދޭ ރީން ކާރިޔަށް ” އަޔާޒް ބުނެލީ ލަޔާންގެ ބުރަކަށީގައި ޖަހާލަމުންނެވެ. ” ރީން ސޮރީ އެންޑް ތެންކިޔު ތި ދިން އުފަވެރި ހަބަރަށް ލަޔާން ރީނާގެނެސް ގަޔާ ކާރިކޮށްލިއެވެ. “މަންމާ ބައްޕާ އަހަރެންނަށް ފައިނަލީ ބޭބީ އެއް ލިބެނީ ” ލަޔާންއަށް އުފަލުން ބުނެވުނެވެ. ” ބޭބީ އެއް ނޫން ބޭބީސް ޓުވިންސެއް “ރީނާގެ ޖަވާބު އަހާފައި އެންމެންގެ އުފާވެރިކަން ދެ ގުނައަށް އިތުރުވެގެން ދިޔައެވެ ” އަލްހަމްދުލިއްލާހި ބޭބީ އެއް ނުލިބިގެން އެތައް ކަމެއްކުރެވުނު މިހާރު އެ ދެއްވީ ދެކުދިން އެއްފަހަރާ ” ލަޔާންއަށް އުފަލުން އުޅޭވޭ ނޫޅޭވޭ ގޮތެއް ވެސް ނޭގުނެވެ. ” ހިންގާބަލަ ކާން ކޯޗެއް ހުރީ ވަރަށް ބަނޑުހައި” ލާރާ ބުނެލިއެވެ. “ރީން ވައިޓް ސޯސް ޕާސްތާ ހެދީ ވަރަށް މީރު ދޭބަލަ ދެކުދިން ކާން ބައްޕަމެން ކައިފިން ” ރަޝާދު ބުނެލިއެވެ. ” ލަޔާންވެސް ހިނގާ ކާން އަދި އެހެރީ މިއަދު އެއްވެސް އެއްޗެއް ނުކައި” އަޔާޒް ބުނެލިއެވެ. ” ލޯބިވާ މިހުން ފެނޭތަ ލަޔާން ބުނެލިއެވެ. ” ލޯބިވާ މީހުން ގައިގަ ޖަހާވެސް ހަދާ މިހުން ” ލާރާ ބުނެލިއެވެ. ” މަދެން އުމުރު ދުވަހުވެސް މިކަމުން ނުވާނެ ސަލާމަތެއް ހިނގާ ކާން އަޔާޒް” ލަޔާން ރީނާގެ އަތުގައި ހިފާލައިގެން ތެދުވިއެވެ. ކައިގެން އެކި ވާހަކަދައްކާލަން އެތައް އިރަކު ތިބެވުނެވެ. ” މަންމާ ދެން އަހަރެމެން ދަނީ ބާރާގަޑީ ބައިވެ ބޮޑުވެއްޖެ” ލާރާ ބުނެލިއެވެ. ” ދަރިފުޅާ މިރޭ މިގޭގަ މަޑުކޮށްލަން ވިއެއްނު މާދަމާ ހުކުރެއްނު ނުޖެހޭނެ އެއްނު އޮފީހަށް ދާކަށެއްވެސް ” މަރީނާ ބުނެލިއެވެ. ” އޯކޭ އަހަރެންގެ ނެތް މައްސަލައެއް ދެން މިދަނީ ނިދަން ރީން ގޮވައިގެން ލަޔާންވެސް ދޭ އެހާ ގިނަ އިރު ނުވާނެ އެހެން ބަހައްޓާކަށް ” އަޔާޒް ޖަވާބު ދިނެވެ. ” ގެސްޓް ރޫމްގަ ދޯ ނިދާނީ އަޔާ ؟” ލާރާ އަހާލި އަޑު އިވުމުން ރީނާ ގާތަށް އައީ ލާނެތް ހިންޏެކެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.

Vv reythi mi vaahaka
Shukuriyya varah ufaavejje reethi veema
maashaa allah varah varah reethi….i recently readed all episods on thi sstory. and you are my favorite authour.i rally appreciate for you.i cant wait for the next part….
awnn. Thank You Somuch for the Lovely Words. favorite ey buneema varah ves ufaavejje
Next Part submit kuraanan sunday ga
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
So cute ayaa and Laaroo😍
Finally Reen and layaan ah twins baby eh libeni
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih its ok
Alhugandu ge support Abadhuves libeyne
Love you ❤️😍
Reen and layaan also so cute 😍
Thank You. cute girl ge comment eh inaanekan ingey abadhuves first comment
Dhen oi baines avahah kiyaalan libeyne kamah heekuran
Dhen nuvaane ehaa lahe sunday ga will submit.. varah ufaavey kiyaa hithun thibeythi
8 vana part submitted
8 vana bai kn iraku update kurani ??