ނުލިބޭނެހޭ އަލުން އެހީ 2
ލަޔާން ރީނާގެ އަތުގައި ހިފައިގެން ހުރި ގޮތަށް ގޮސް ގޮސް ސޯފާގައި އިށީނެވެ. ” ރީންގެ ބައްޕަމެން އައުމުން އަހަރެންގެ މަންމަމެން ގޮވައިގެން އަންނާނަން ރީން ގެ ބައްޕަ ކާރިޔަށް ރީން ހޯދަން ” ލަޔާން ބުނެލީ ރީނާގެ އަތުގައި ބޮސް ދެމުންނެވެ. ” ރީން ބޭނުންތަ އަހަރެންނާ މެރީކުރަން އަދި މާ އަވަސް ތަ އަނެއްކާ؟ ލަޔާން ސުވާލުކުރިއެވެ. ” އަހަރެން މިހާރުވެސް ލަޔާންގެ ވައިފް އަކަށް ވާން ތައްޔާރު މި ދުނިޔެއިންވެސް ލިބޭނެ އެންމެ ބޮޑު އުފަލަކީ އެއީ އައި ލަވްޔޫ ސޯ މަޗް” ރީނާ ލަޔާންގެ މޭގައި ބޯ އަޅާލިއެވެ. ދެމީހުން އެހެން އިރު އަރަންދެން ވާހަކަ ދައްކަން ތިއްބެވެ. ޕާރޓީ ގައި ލާނެ ކުލަ އާއި އެހެނިހެން ހުރިހާ ކަމެއްވެސް ދެމީހުން ފައިނަލް ކޮށްލިއެވެ.
ހެނދުނު ދުވަން ދާން ނިކުތް ލާރާއަށް ގެޔަށް ވަދެގެން އައި ލަޔާން ފެނުމުން އައީ ނުލަފާ ހިންޏެކެވެ. “ރޭގަ ގެޔައް ނިދަންވެސް ނައަންނަންތަ؟ އެކަމަކުވާ ދޮންބޭ އަނެއްކާ ގޯސް މަގަކުން ނުދަންތަ؟ ” ލާރާ ދިމާކޮށްލިއެވެ ” މާމަ ގަނޑު ދެން ހަމަ ވާހަކަ ދައްކަން ތިބެވުނީ އޭ އަހަރެމެން ކާވެނި ޕާރޓީގެ ޕްލޭނިންގަ ދުވަހާ ކުލަޔާ ތަނާ ހުރިހާ އެއްޗެއް ފައިނަލް ދެން އިނީ ގޭ މީހުން ކާރީ ބުނުން” ލަޔާން ޖަވާބު ދިނުމުން ލާރާއަށް އަނގަހުޅުވައިގެން ބަލަން ހުރެވުނެވެ. ” ވަޓް! ލޯބިވާ ވާހަކަ ބުނަން ދިޔަ މީހާ ކާވެނިވެސް އެއްރެއިން ނިންމާލީ؟ ނޫނޭ ވާ މަގޭ ބެސްޓީ އެންޑް މަގޭ ދޮންބެ ހާދާ ފާސްޓޭ ދޯ؟ ލާރާ ދެންވެސް ދިމާކޮށްލިއެވެ. ” ދާން އުޅޭ ދެން ތި ކުރަން އުޅޭކަން ކުރެވޭތޯ ބަލާ ” ލަޔާން ވެސް ދިމާކޮށްލިއެވެ.
ލާރާ އިންތިޒާރުގަ ހުރެ ހުރެވެސް އަޔާޒްގެ ހަބަރެއް ނުވުމުން ގެޔަށް ދިޔައީ މާޔޫސްވެގެންނެވެ. އޮފީހަށް ދިޔައިރު ވެސް އަޔާޒް ފެންނަން ނެތުމުން ލާރާގެ ހިތުގައި ރިއްސާލިއެވެ. އެޗް އާރް އަށް ގުޅާލުމުން އަޔާޒް ބަލި ވާހަކަ ބުނުމުން ލާރާ އަޔާޒް އަށް ގޮވާލަން ދިޔުމަށް ނިންމިއެވެ. ލާރާ ގޮސް ބެލް އަޅާލުމުން އަޔާޒްގެ މަންމަ ދޮރު ހުޅުވާލިއެވެ. ” އަޔާގެ މަންމަ ތޯ؟ މީ ލާރާ! އަޔާގެ ބޮސް ” ލާރާ އމިއްލަޔަށް ތާއާރަފް ވެލިއެވެ. އަޔާޒްގެ މަންމަ އަޔާޒްގެ ކޮޓަރި ދައްކާލުމުން ލާރާ ގޮސް ދޮރު ހުޅުވާލިއެވެ. އެނދުގައި ހަމަ އެކަނި ސޯޓު ލައިގެން އޮތް އަޔާޒް އަށް ފުންމައިގެން ތެދުވެވުނެވެ. ” އޯ މައި ގޯޑް އަޔާ ހާދަ ރީއްޗޭ އަހަރެން މޮޔަވެދާނެ ހުވާ ލަވް އަދި އަލަށް މިފެނުނީ ތި ރީތި ހަށިގަނޑު ލާރާ އަޔާޒްގެ މޭމަތީގައި ފިރުމާލިއެވެ. އަޔާޒް ލާރާގެ އަތް ފޮޅުވާލިއެވެ. ” ކީއްކުރަން ތި އައީ މިހާރު ގެޔަށްވެސް އަންނަން ފެށީތަ؟ ” އަޔާޒް ނުރުހިފައި އަހާލިއެވެ. ” އަޔާ މިއަދު ނުފެނުނީމާ އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭ އެހެންވެ ދެކިލަން މިއައީ އެކަމަކު ހީޔެއް ނުކުރަން މިހެން ފެނިދާނެކަމަށް” ލާރާ އަޔާޒް އާއި ކާރިވެލިއެވެ. އަޔާޒް ލާރާ ކޮށްޕާލުމަށްފަހު ގޮސް ކުޑަދޮރުކާރީ ހުއްޓުނެވެ. ލާރާ ދަބަސް އެނދުމަތީ ގައި ބާއްވާލުމަށް ފަހު ގޮސް ފުރަގަހުން އަޔާޒްގެ ގައިގަ ބައްދާލިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރި އަޔާޒް ދިޔައީ ސިއްސައިގެންނެވެ. ރުޅިއައިސްފައި ލާރާގެ އަތް ނައްޓުވާލާފައި ލާރާ ކޮއްޕާލި ބާރުކަމުން ލާރާ ބިންމައްޗައް ވެއްޓުނެވެ. ” އަޔާ އައި ލަވްޔޫ ކިތަންމެ އަނިޔާއެއް ދިނަސް އަހަރެން މިވާ ލޯތްބަކަށް ބަދަލެއް ނައަންނާނެ ދުވަހަކުވެސް ދިރި ހުރިހާ ދުވަހަކު ލޯބިވާނީ ހަމަ އެކަނި އަޔާ ދެކެ” ލާރާ ހަމަޖެހިލާފައި އެނދުގައި އިށީދެލަމުން ބުނެލިއެވެ. އެނދުމަތީގައި އޮތް އަޔާޒްގެ ޓީޝާރޓް ނަގާ ލާރާ އޭގައި ވަސްބަލާލިއެވެ. ” އަޔާ އަހަރެން އަޔާގެ މިޓީޝާޓު ގެންދިޔަސް އޯކޭތަ އަޔާ މަތިން މިސްވީމާ ބައްދާލަން” ލާރާ އަހާލިއެވެ. ” އަހަރެންގެ އެއްވެސް އެއްޗެއް ލާރާއަކަށް ނުލިބޭނެ ބަލަ ލޯތްބަކީ ގަދަބާރުން ހޯދޭ އެއްޗެއް ނޫނޭ ލާރާ މިހާރު މޮޔަވެސް ވެއްޖެހެން ހީވަނީ ދޭ މިތަނުން ދެން މިގެޔަށް އައިސްގެން ނުވާނެ” އަޔާޒް ލާރާ އާއި ދިމާލަށް ބާރައް ބުނެލިއެވެ. ” ފައިނަލީ އަޔާއަށް އެނގިއްޖެ ދޯ އަހަރެން މިވަނީ އަޔާގެ ލޯބީގައި މޮޔަވެފައި ކަން ” ލާރާ ބުނެލީ ހީލާފައެވެ. ” ހަމަ މިހާރު ނިކުމޭ އަޔާޒް ލާރާގެ އަތުގައި ހިފާ ދަމާފައި ބޭރަށް ނެރުނެވެ. ” ރުޅިއައިސްގެންވެސް އަޔާ އަހަރެންގެ އަތުގައި ހިފާލުމުން އުފާވެއްޖެ ވަރަށް ލޯބިވޭ” އަޔާޒް ދޮރު ލައްޕާލުމުން ލާރާ ގޮސް ސޯފާގައި އިން އަޔާޒްގެ މަންމަ ކާރީ އިށީނެވެ. ” މަންމާ އަޔާއަށް ވިސްނަދީބަލަ އަހަރެން އަޔާދެކެ ވަރަށް ލޯބިވޭ ދުވަހަކުވެސް އަޔާ ދެރަވާކަމެއް ނުކުރާނަން އަހަރެން އަޔާ ވަރަށް ބޭނުން ހަމަ ޔަގީން އަޔާ ދެކެ މިހާ ލޯބިވާނެ އިތުރު މީހަކު ނުހުންނާނެ މަންމަވެސް ކިހާ ފޫހި ފިލާނެ އަހަރެން އައިމަ މިގެޔަށް ދޯ؟ އެކަނި ވީއްޔާ ތި ހުރިހާކަމެއް ކުރަނީ ” ލާރާ ބުނެލިއެވެ. “ދަރިފުޅު ތީ ވަރަށް މުއްސަނދި އާއިލާއެއްގެ ކުއްޖެއް ނުލާހިކު ރީތި ކިޔަވައިގެން ހުރި ކުއްޖެއް ދަރިފުޅަށް ބޭނުން ކޮންމެ މީހަކުވެސް ލިބިދާނެ އަޔާޒް ހިތް އެދޭކަމެއް ނޫނީ ނުކުރާނެ މަންމަ ބުންޏަސް ” ނަސިމާ ބުނެލިއެވެ. ” ނޫން މަންމާ ލާރި އަކީ ހުރިހާ އެއްޗެއް ނޫން އަހަރެންނަށް ކޮންމެ މީހެއް ލިބޭނެނަމަ ކީއްވެ އަޔާ ނުލިބެނީ މަންމަ ދުއާ ކޮށްދޭތި މަންމަގެ ދަރިފުޅުދެކެ ވަރަށް ލޯބިވާ ރަގަޅު ކުއްޖަކު ލިބޭތޯ ދެން ދަނީ” ލާރާ ދިޔުމުން ނަސިމާއަށް ބަލަން ހުރެވުނެވެ.
ފެންވަރާ ތައްޔާރުވެގެން ލަޔާން ރީނާ މެންގެޔަށް ދިޔައެވެ. ސޯފާގައި ރީނާގެ ބައްޕަ ރަމީޒާއި މަންމަ ރަޒާނާގެ އިތުރުން ރީނާވެސް އިނެވެ. ” އަނހާ ދަރިފުޅާ ލަޔާން ކަމަކުތަ؟ ރަމީޒު އަހާލިއެވެ. ” ރަމީޒުބޭ އަޅުގަނޑު މިއައީ ވަރަށް ބޮޑުކަމަކު އެދިގެން އަޅުގަނޑު ބޭބެގެ ރައުސުލްމާލުގައިވާ އެންމެ އަގުބޮޑު އެތި ބޭނުންވެގެން މިއައީ ؟” ލަޔާން ބުނި އެއްޗަކުން ރަމީޒު ހައިރާންވެގެން ބަލަން ހުރެވުނެވެ. “ދަރިފުޅުގެ އަތުގައި ނެތް ކޯޗެއްބާ ބޭބެގެ އަތުގައި ހުރީ” ރަމީޒު އަހާލިއެވެ. ” އަ އަ އަ އަޅުގަނޑު ބޭނުމީ ރީން” އެންމެ ފަހުން ލަޔާން ސާފުކޮށް ބުނެލިއެވެ. ލަޔާންގެ ވާހަކަ އަހާފައި ރަމީޒު ރީނާ އާއި ދިމާލަށް ބަލާލުމުން ރީނާ ހީލާފައި އިސްޖަހާލިއެވެ. ” ހޫން މީ ދޯ މި ވާ ކަމަކީ ލާރާ ފަކީރުގެ ނަމުގައި މިދެމީހުން އެހެން ޑްރާމާއެއްދޯ މި ކުޅެނީ ކުރީ ދުވަހު ރީނާގެ ލެޕްޓޮޕުން ލަޔާންގެ ފޮޓޯ ފެނުމުން ވެސް އެއްޗެއް ހިތައް އެރިއޭ ލަޔާން އަވަހަށް ރީނާ ގެންދޭ ބޭބެގެ ނެތް އެއްވެސް މައްސަލައެއް ރީނާ އުފާލުގައި އުޅުމުން އެވީ ” ރަމީޒު ބުނެލިއެވެ. ” ޝުކުރީއްޔާ ބޭބޭ އިރާދަކުރެއްވީއްޔާ ދުވަހަކުވެސް ރީން ހިތުގައި ޖެހޭފަދަކަމެއް ނުކުރާނަން އަޅުގަނޑަށް އިނގޭ އެއީ ބޭބެމެންގެ ފުރާނަކަން މަންމަމެންނާވެސް ވާހަކަ ދައްކައިފިން އެންމެންވެސް ވަރަށް ގަބޫލު މިރޭ މަންމަމެން އަންނާނެ އަދި” ލަޔާން ބުނެލިއެވެ. ރަމީޒުމެން ދިޔުމުން ލަޔާން ރީނާގެ ގައިގަ ބައްދާލިއެވެ. ” ރީން ހެޕީވޭތަ ؟ ” ” ވަރަށް ބޮޑަށް ” އެހެން ބުނެލަމުން ރީނާ ލަޔާންގެ މޭތެރޭގައި ބޮނޑިވެލިއެވެ.
އޮފީހުގައި ފަރިތަކަމާއެކު ޕްރެޒެންޓޭޝަން ދެމުން ދިޔަ ލާރާއަށް ބަލަން އަޔާޒު އަށް ހުރެވުނެވެ. ޕާސަނަލް ލައިފް ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ޕްރޮފެޝަނަލް ލައިފްގަ ލާރާއަކީ އޭނާ ކުރާ ކޮންމެ މަސައްކަތެއް ފުރިހަމަކުރުމަށްޓާކާ ކުރެވެން ހުރި ހުރިހާ ކަމެއް ކުރާ މީހެއް އަދި ސްޓާފުންނަށްވެސް އެހާ ރަގަޅު މީހެއް ދުވަހަކުވެސް އެއްވެސް މީހަކާ ރުޅިއައިސްގެން ވާހަކަދެއްކި އަޑެއް ނީވޭ! އެންމެ ދަށް ލެވެއިން ފެށިގެން މަތީ ލެވެލަ އަށް ވިޔަސް ސްޓާފުން ތަފާތުކުރުމެއް ނުގެންގުޅޭ ޝީ އިޒް ދަ ބެސްޓް ބޮސް އަޔާޒުއަށް ހިތާ ހިތުން ބުނެވުނެވެ.
” އަންނަ މަހު ކުންފުނީގެ އަހަރީ ދުވަސް އަންނާނެ އެ ހަފްލާގައި ހުރިހާ މުވައްޒަފުންގެ އަގު ވަޒަން ކުރެވޭނެ އަދި ޒައިން ސާރ ރިޓަޔާރވާތީ ކުންފުނީގެ އާ މެނޭޖަރު އިއުލާންކުރުންވެސް އޮންނާނެ މޭނޭޖަރު ހޮވާ އިރު ބަލާލީ އަހަރެން މި ކުންފުންޏާ ހަވާލުވީ ވެގެން މިވީ 2 އަހަރު ދުވަހުގެ ޕާރފޯމެންސަށް އަދި ޒައިން ސާރ އަށް ކުންފުނީގެ ފަރާތުން ހަދިޔާއެއްދޭން އެބަ ގަސްދުކުރަން އެ ހަދިޔާ ޑިސައިޑްކުރުމަށް އެންމެންގެ ހިޔާލު ވަރަށް ބޭނުނުން ޒައިން ސާރ ދެން ދިޔަސް އެންމެ ރަގަޅު ހަދިޔާ އަކީ ސަޕްރައިޒެއް” ލާރާ ހީލާފައި ބުނެލުމުން ޒައިން ނިކުމެގެން ދިޔައެވެ. ” މޭމް ކާރެއް ރަގަޅުވާނެ އެއްނު ” ސަމާހު ބުނެލިއެވެ. ފަހަރަކު މީހަކު އެއްޗެއް ބުނަމުން ދިޔައެވެ ” އަޔާޒް ގެ ހިޔާލަކީ ކޮބާ މިތާ އެންމެ ގިނަދުވަސްވީ އެއް މުވައްޒަފުތީ އެހެންވީމާ ޒައިން ސާރ ބޭނުން ކަމެއް އެނގިފައި އޮވެދާނެ ދޯ” ލާރާ ސުވާލުކުރުމުން އަޔާޒް ބޯ ޖަހާލިއެވެ. ” ޒައިން ސާރ އަބަދުވެސް އޭނާގެ ދަރިފުޅު ލަންޑަނަށް ކިޔަވަން ފޮނުވަން ބޭނުންވެގެން އެވާހަކަ ދައްކާނެ މޭމް އެކަން ވެސް ކޮށްދީފި ދެން ޒައިން ސާރގެ ވަރަށް ބޭނުންވޭ ހައްޖުގެ އަޅުކަމަށް އަންހެނުން ގޮވައިގެން ދާން އެ އަދި ފުރިހަމަ ނުވެ އޮތްކަމެއް ކިހިނެތްވާނެ ހައްޖު ދަތުރެއް ދިނުން ޒައިން ސާރގެ ދެމަފިރިންނަށް ؟ ” އަޔާޒު އަހާލިއެވެ. އެންމެން ވަގުތުން އަޔާޒުގެ ހުޅަހެޅުމަށް ތާއިދު ކުރިއެވެ. ” އަޔާޒް މަޑުކޮށްލާ އެހެން މީހުން ދިޔަޔަސް އޯކޭ ” ލާރާ ބުނެލުމުން އަޔާޒް އަށް ޗޮކެއް ކަނޑާލެވުނެވެ. އެންމެން ދިޔުމުން ލާރާ ބޮލުގައި އަތް އަޅާލަމުން އިށީނެވެ. ” އަޔާ އަހަރެންނަށް ކަމެއް ކޮށް ދީފާނަންތަ އަހަރެން ގެޔަށް ޑްރޮޕްކޮށްލަދީބަލަ އަހަރެން ގަޔަކު ނެތް އެކަނި ކާރު ދުއްވޭހާ ވަރެއް ” ލާރާ ކޮން ދޮގެއް ހަދާކަށް އަހަރެން ނުދާނަން ” އަޔާޒު ބުނެލީ ރުޅި އައިސްފައެވެ. ލާރާ ތެދުވެގެން ދޮރާދިމާލަށް މިސްރާބު ޖެހިއެވެ. އިރުކޮޅަކުން ލާރާ އަރިއަޅާލާފައި ވެއްޓުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Layaan and reena v gulhey
They both are made for each other
Laara and ayaaz ves v gulhey
Laara haada dheravaane ey ayaaz haadhaa gothun
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Love you
Reethi
part 3 kon irakun….
Submitted Site in up kurihaa avahaka kiyaalan libeye