ނުލިބޭނެހޭ އަލުން އެހީ 5
ލާރާ ގޮސް އެނދުގައި އިށީނެވެ. އަޔާޒްވެސް ގޮސް ލާރާގެ ކައިރީގައި އިށީނެވެ. ” ލާރާ އުފާވޭތަ އަހަރެންގެ ވައިފްއަކަށް ވެވުނީމާ ؟ ” އަޔާޒް ސުވާލުކޮށްލިއެވެ. ” އަޔާޒް އަހަރެންގެ ބޮލުގައި އެބަ ރިއްސާ އަހަރެން ބޭނުންމީ ނިދަން ” ލާރާ ބުނެލީ މުޅިން އެހެން އެއްޗެކެވެ. ފުރަތަމަ ފަހަރަށް އަޔާ ގެ ބަދަލު ގައި އަޔާޒް ކިޔާ މުހާތަބް ކުރުމުން އަޔާޒް ދެރަވިއެވެ. ” ލާރާ ނިދާ ލެފްޓް ސައިޑުގައި” އަޔާޒް މަޑުމަޑުން ބުނެލިއެވެ. ފާހާނާޔަށް ވަދެ ވަށް ބުރުގާއެއް އަޅައިގެން އައިސް ލާރާ އޮށޯވެ ނިދާލިއެވެ. ލާރާގެ އަމަލުތައް ހުރި ގޮތުން އަޔާޒް ވަރަށް ހައިރާންވިއެވެ. ” ލާރާ މިހާރު އަހަރެންދެކެ ލޯބި ނުވަނީ ކަންނޭންގޭ ” އަޔާޒަށް ބުނެވުނެވެ. އަޔާޒް ނިދާފއި އޮތް ލާރާގެ މޫނަށް ބަލާލިއެވެ.
އަޔާޒް އާއި ލާރާގެ ކައިވެންޏަށް މައްސަރެއް ވެގެން ދިޔައިރުވެސް ލާރާގެ އުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. އަޔާޒް އާއި އަގައިން ބުނަނީވެސް ސުވާލެއް ކުރީމައެވެ. އެކަމަކު ބަރާބަރަށް އަޔާޒްގެ ހެދުންތައް ދޮވެ އިސްތިރިކޮށް ކާން ހަދާދީ ހަދައެވެ. އަޔާޒްގެ މަންމަ އާވެސް އެހާ ވާހަކަ އެއް ނުދައްކައެވެ.
އަޔާޒް އިޝާ ނަމާދުން ނިމިގެން ގެޔަށް އައިރު ލާރާވެސް އިނީ ނަމާދުކުރާށެވެ. އަޔާޒު ސޯފާގައި އިށީދެގެން ލާރާ ނިމެންދެން އިނެވެ. ” ލާރާ އާދެބަލަ ސޯފާއަށް އަޔާޒު ބުނުމުން ލާރާ ގޮސް ސޯފާގައި އިށީނެވެ. ” ލާރާ ކޮބާތަ ކުރީގެ ލާރާ ތީ މުޅިން އެހެން މީހެއް ނު ނުވެސް ގުޅޭ ލާރާއަކާ އެއް ” އަޔާޒް އަހާލިއެވެ. ” އެ ލާރާ މަރުވެއްޖެ ދެން ދުވަހަކުވެސް ނުފެންނާނެ ” ލާރާގެ ޖަވާބުން އަޔާޒު ދިޔައީ ސިއްސައިގެންނެވެ. “ލާރާ ހިނގާބަލަ ރާއްޖެއިން ބޭރަށް ޖައްސާލަން” ” އަޔާޒް މި ދުނިޔޭގެ އެއްވެސްތާކުން އަހަރެންނަކަށް އުފަލެއް ނުލިބޭނެ ނެތް ދާހިތެއް” ލާރާ ޖަވާބު ދިނެވެ. ” އަހަރެންގެ ކައިރީ ހުރެވުމުން ވެސް ލާރާ މިހާރު އުފަލެއް ނުވޭތަ؟ ” އަޔާޒް އަހާލުމުން ޖަވާބެއް ނުދީ ލާރާ ތެދުވެގެން ގޮސް ފާހާނާ އަށް ވަދެފައި ނިކުމެގެން ލާރާ ގޮސްބަދިގެޔަށް ވަދެ އަޔާޒް އަށް ކާންހެދިއެވެ. ” ލާރާ ނުކަން؟ ” އަޔާޒް ސުވާލުކުރުމުން ލާރާ ބޯޖަހާލިއެވެ. ” ލާރާ ނުކަންޏާ މަށެއްވެސް ނުކާނަން ކާން އިށީނދެބަލަ” އަޔާޒް ބުނެލިއެވެ. ލާރާ މޭޒުދޮށުގައި އިށީނދެ ކާންފެށިއެވެ. ލާރާގެ އެ ކިޔަމަންތެރިކަން އަޔާޒުއަށް ވަރަށް ކަމުދިޔައެވެ. ކައިގެން ލާރާ ތަށިތަށް ނަގަން ފެށުމުން އަޔާޒް ގޮސް ވަނީ ކޮޓަރިޔަށެވެ. ކުއްލިޔަކަށް އަޔާޒް އެއްޗެއް ހަނދާންވެގެން ކަބަޑު ހާވަން ފެށިއެވެ. ބޭނުންވި އެތި ފެނުމުން އަޔާޒަށް ހިނިތުންވެވުނެވެ. ފާހާނާ ދޮރު ހުޅުވުނު އަޑަށް ލާރާއަށް ބަލާލެވުނީ ގަސްތަކާ ނުލައި ކަމުން އަވަހަށް އިސްޖަހާލިއެވެ. ” ލާރާ މި ޓީޝާރޓް ގުޅޭތަ އަހަރެންނާ؟ ” އަޔާޒު އަހާލުމުން ލާރާ ބަލާވެސް ނުލާ ބޯޖަހާލިއެވެ. ” ނުގުޅެންވީ ސަބަބެއްވެސް ނެތެއް ނު މީ މީގެ 2 އަހަރު ވަރު ކުރިން ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކު އަހަރެންގެ ބާރތްޑޭގަ ދިން ހަދިޔާއެއް އެކުއްޖާ މިހާރު ވީތަނެއް ވެސް ނޭގޭ! ” އަޔާޒް ލާރާ ގެ ކުރިމަތީގައި މަޑުކޮށްލިއެވެ. އަޔާޒުގެ ހިތް އެދި ގޮވަމުން ދިޔައީ ލާރާގެނެސް އަޔާޒްގެ އަތުތެރެޔަށް ލުމަށެވެ. ނަމަވެސް އަޔާޒަކަށް އެ ހިތްވަރު ނުކުރެވުނެވެ. ” ލާރާ އަހަރެން މިއަދު އާ ކާރެއް ގަނެފިން ބޭނުންވަނީ ފުރަތަމަވެސް ލާރާ ގޮވައިގެން ދުއްވާލަން ދާން ދާނަންތަ؟ ” ލާރާ ނޫނެކޭ ބުނެފައި ގޮސް އެނދަށް އަރާ އޮށޯވެ ނިދާލިއެވެ. ލާރާގެ އެ އަމަލުން އަޔާޒު ވަރަށް ދެރަވިއެވެ. ފަތިހު ތެދުވެ ލާރާ ނަމާދު ކޮށް ނިމުނު ތަނާހެން އަޔާޒް އައިސް ގެޔަށް ވަނެވެ. ” ހިންގާ ޖޮގިންއަށް ދާން މިހާރު ކިއްވެ ނުދަނީ؟ އަޔާޒު ސުވާލުކުރިއެވެ. ” އޭރުވެސް ދަނީ ދުވާކަށް ނޫނޭ ހަމަ އެކަނި އަ…. ނެތް ދާ ހިތެއް ” ލާރާ ޖަވާބު ދިނެވެ. ” އޭރު ދަނީ އަހަރެން ބަލަން ދޯ މިހާރު ވެސް ބެލޭނެ ” އަޔާޒު މަޖާވެލާފައި ބުނެލިއެވެ. ” ދާހިތެއް ނެތް ” ލާރާ ގެ ޖަވާބު ވަރަށް ކުރެވެ. ” އެހެން އަންހެން ކުއްޖަކު އަހަރެން ފަހަތުން ގޮސްދާނެތީ ބިރެއް ނުގަނޭތަ؟ ” އަޔާޒް އަހާލުމުން ލާރާއަށް އަޔާޒްގެ މޫނަށް ބަލާލެވުނު އިރު އިރު އަޔާޒްވެސް އިނީ ލާރާ އާއި ދިމާލަށް ބަލަން ކަމުން ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ” އަދި ކިރިޔާ އަހަރެންނާ ދިމާލަށް ލޯބިން ތި ބަލާލީވެސް އެކަމަކު ކުރީގަ އަބަދު އުޅުނީ އަހަރެންގެ އެޓެންޝަން ނުލިބިގެން” އަޔާޒްއަށް ދެރަވެލާފައި ބުނެވުނެވެ. ލާރާގެ ފަރާތުން ޖަވާބެއް ނުލިބުމުން އަޔާޒު ތައްޔާރުވެގެން ޖޮގިންއަށް ދާން ނިކުތުމުން ލާރާ ގޮސް ކުޑަދޮރުން އަޔާޒު ދާތަން ބަލަން ހުއްޓެވެ.
ކައިވެންޏަށް ތިން މަސް ފުރުނު އިރުވެސް ލާރާ އަކަށް މާބޮޑު ބަދަލެއް ނާދެއެވެ. އަޔާޒް ލާރާ ގޮވައިގެން ރިސޯޓަކަށް ގޮސް ގެއިން ބޭރަށް ގޮސް ލާރާ ނޯމަލްވޭތޯ އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް ލާރާ އަދިވެސް އަޔާޒުއާ ވާހަކަ ދައްކަނީ އަޔާޒު ވާހަކަ ދެއްކީމަ ނޫނީ ގިނަފަހަރު ހަމަ މަޑުން އިންނަނީ ކަމަކު ބުނީމާ ކޮށްދޭނެ ތަނަކަށް ވެސް ދަނީ ވަރަށް އާދޭސްކޮށްގެންނެވެ. ގިނަފަހަރު ހަމަ އިންކާރު ކުރަނީ!
ލާރާ ގޮވައިގެން އަޔާޒު ލާރާގެ ގެޔަށް ދިޔައީ ވެސް ލާރާ ގެ މޫޑް ޗޭންޖްވޭތޯ ނަމަވެސް ގެޔަށް ދެވުމުން ލާރާ ގޮސް އޭނާގެ ރޫމަށް ވަނެވެ. އަޔާޒް ގޮސް ރީނާ ކާރީ ސޯފާގައި އިށީނެވެ.” ރީނާ އަހަރެންނަކަށް ނޭގޭ ހަދަންވީ ގޮތެއް ކުރަންވީ ކަމެއް އަހަރެން މިހާރު ބޯ ގޮވަން ފަށައިފި ލާރާ އަހަރެން ވާހަކަ ދެއްކީމާ ނޫނީ ވާހަކަ ނުދައްކާ ލާރާ ބޭނުންވާ ގޮތެއްވެސް ލާރާ އުފާވާނެ ގޮތެއްވެސް ލާރާ ވާހަކަ ދައްކައިގެން ދޯ މަށަށް އިނގޭނީ އަހަރެންނަށް ކުރެވުނު ވަރަކުން މި ބަލަނީ ލާރާ ހިތްހަމަޖެހޭތޯ ލާރާގެ އެހާލުގެ ޒިންމާދާރަކީ އަހަރެން ކަމަށް ވުމުން އެކަމުން ލާރާ ނެރެވޭތޯ މި މަސައްކަތް ކުރަނީ ” އަޔާޒު ބުނެލިއެވެ. ” ކީކޭ؟ އަޔާޒް ތަ ލާރާގެ އެހާލުގެ ޒިންމާދާރަކީ؟ އަޔާޒް ދެކެ ތަ ލާރާ ލޯބިވީ؟ އަހަރެން މީ ކޮންކަހަލަ ބޭބެ އެއް ލާރާ މި ހަވާލުކުރެވުނީ އޭނާގެ ދިރިއުޅުން ހަލާކު ކުރި މީހާ އާއި ރީން ކިއްވެ މަށަށް ސިއްރު ކުރީ ކިއްވެ ނުބުނީ އަހަރެން ދުވަހަކުވެސް ރީންއަކަށް މާފެއް ނުކުރާނަން ލާރޫ ފަކީރު ” ލަޔާން އަށް ބުނެވުނެވެ. ” ނޫން ލަޔާން” އަޔާޒަށް ބުނެވުނީ އެހާވަރަށެވެ. ލަޔާން އަޔާޒުގެ މޫނުމަތީގައި ބާރަށް ޖެހިއެވެ. ދެވަނަ އެތި ފަހަރު ޖަހަން އުފުލާލި ލަޔާންގެ އަތުގައި އެ ދެމެދަށް އައިސް ލާރާ ބާރަށް ހިފާލިއެވެ. ” ދޮންބޭ ކިހިނެތް ވެގެން ތި އުޅެނީ ކީއްވެ ތި ޖެހީ؟ ” ލާރާ ބާރަށް އަހާލިއެވެ. އޭރު ރާޝާދުގެ ދެމަފިރިންވެސް އެތަނަށް އަތުވެއްޖެ އެވެ. ” ދަރިފުޅާ ލަޔާން ކީއްވެ އަޔާޒް ގައިގަ ތިޖެހީ ” ރަޝާދު ސުވާލުކޮށްލިއެވެ. ” ބައްޕާ މި އަޔާޒުގެ ސަބަބުން އަހަރެންގެ ކޮއްކޮގެ އުފާވެރި ދިރިއުޅުން ހަލާކުވީ މީނާގެ ސަބަބުން އަހަރެމެން ދޫކޮށް ދިޔައީ އަދި މިހާރު މިހިރަ ލާރާ އަށް ބަދަލުވީ މީއަހަރެން ދަންނަ ލާރާ އެއް ނޫން އަހަރެންގެ ކޮއްކޮ ލާރާ މަރާލީ އަޔާޒުގެ ދެ އަތުން ” ލަޔާން ހަޅޭލަވައިގަންނަމުން އަޔާޒް އާއި ދިމާލަށް ދިޔައެވެ. ލާރާ ގޮސް އެ ދެމެދަށް ވަދެ ލަޔާންގެ މޭގައި އަތް އަޅާ ކޮށްޕާލިއެވެ. “އަޔާޒް ގައިގަ ދެން އިނގިލި ކުރިވެސް ޖައްސައިގެން ނުވާނެ ތީ އަހަރެންވެސް ދަންނަ ދޮންބެ އެއް ނޫން ކަމުގެ ކޮޅު ބަލާފަ ދޯ ރުޅި އަންނަން ވާނީ އަހަރެންގެ ދިރިއުޅުން ހަލާކު ކުރި ނުބައި ނުލަފާ މީހެއް ނަމަ ކީއްވެ އަހަރެން އޭނަޔާ ކައިވެނި ކުރަންވީ އަހަރެން އަމިއްލައަށް ދޯ އެއްބަސްވީ ކައިވެނި ކުރަންވެސް ކުރި ކަމެއް ކުރީ އަހަރެން އަޔާޒް ފަހަތުން ނެއްޓެން ނޭނގިގެންވެސް އުޅުނީ އަހަރެން އަދި އަޔާޒުގެ ލޯބިވެރިޔަކު ހުންނަކަން އެނގުމުން އެކަން ހަޖަމު ނުވެގެން ފިލައިގެން ގޮސް އަމިއްލަ ދިރިއުޅުން ހަލާކުކުރީވެސް އަހަރެން އަޔާޒް އަކާ ބެހޭ ކަމެއް ނޫން އެއީ! އަޔާޒު ހިންގާ މިތަނުން ދާން އަހަރެންގެ ފިރިމިހާއަށް ގަދަރު ނުކުރާ ބައެއް ތިބި ތާކަށް އަހަރެން ދެން ދުވަހަކުވެސް ނައަންނާނަން “ރަޝާދު އާއި މަރީނާ ގޮވަގޮވާ ތިއްބާވެސް ލާރާ ބާރަށް އަޔާޒުގެ އަތުގައި ހިފާލައިގެން ގެއިން ނިކުމެގެން ގޮސް ކާރަށްއެރިއެވެ. ކާރު ތެރޭގައި އެކަކުވެސް އަނގައިން ނުބުނެއެވެ. ކާރު ގޮސް މަޑުކޮށްލި އިރު ނަސީމާ ބޭރަށް ނިކުންނަނީއެވެ. ” ދަރިފުޅުމެން އައީތަ މަންމަ މި ދަނީ ރީޝާ ބަލާ އެއާޕޯރޓަށް ދާން ” ދަރިފުޅުމެން ގޭގަ މަޑުކޮށްލާ މަންމަ ޓެކްސީއަކަށް ވެސް ގުޅައިފިން ނަސީމާ ޓެކްސީ އައުމުން ދިޔައެވެ. ކޮޓަރިޔަށް ވަދެ ލާރާ ރުޅިއައިސްގެން ދަބަސް ވެސް ސޯފާއަށް އެއްލާލައި އަޅައިގެން އިން ބުރުގާ ނަގާލާފައި ވަށިގަނޑަށް އަޅާލިއެވެ. ކާވެނި ކުރި ފަހުން މިނޫނީ ލާރާ އަޔާޒްގެ ކުރިމަތިގައި ބުރުގާ ނަގާފައެއް ނެތެވެ. ލާރާގެ ފަން ދިގު އިސްތަށިގަނޑުވެސް ލާރާ ނިއުޅުވާލިއެވެ. އަޔާޒް އަށް ލާރާ އާއި ދިމާލަށް ދެވުނީ އަމިއްލަ އިހްތިޔާރުން ބޭރުގައެވެ. އަޔާޒް ލާރާގެ މޫނުގައި ހިފާލަން އަތްހިއްލާލިއެވެ. އަޔާޒްގެ އަތް ފޮޅުވާލާފައި ލާރާ ގޮސް އެނދުގައި އިށީނެވެ. އަޔާޒް މަޑުމަޑުން ގޮސް ލާރާގެ ކައިރީ ބިންމަތީ އިށީނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.

Mi part ves v reethi masha Allah
Curiously waiting for next part
Ayaaz and laara dhuru nukurachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
Alhugandu ge support abadhu ves libeyne
Love you ❤️😍
thank you cute girl, thihen coment eh kohleema varah happy vey ingey laara and ayaaz ah dhuru vevi dheene baa? nwe part submitted
6 vana part submitted guyss