ނުލިބޭނެހޭ އަލުން އެހީ 6
އަޔާޒް އަށް ލާރާ އާއި ދިމާލަށް ދެވުނީ އަމިއްލަ އިހްތިޔާރުން ބޭރުގައެވެ. އަޔާޒް ލާރާގެ މޫނުގައި ހިފާލަން އަތްހިއްލާލިއެވެ. އަޔާޒްގެ އަތް ފޮޅުވާލާފައި ލާރާ ގޮސް އެނދުގައި އިށީނެވެ. އަޔާޒް މަޑުމަޑުން ގޮސް ލާރާގެ ކައިރީ ބިންމަތީ އިށީނެވެ. ” ލާރާ ކީއްކުރަން މިކައިވެނި ކުރަން އެއްބަސްވީ ؟ އަހަރެން ހިކުރީ ލާރާ އަށް އަހަރެން ލިބުމުން ރަގަޅުވާނެކަމަށް އުފާވާނެކަމަށް އެކަމަކު ކަންތައް މިވީ މުޅިން އެހެން ގޮތަކަށް ލާރާ އަހަރެންނާ ވާހަކައެއް ނުދައްކާ އަހަރެންނާ އެކީ ބޭރަށް ދާކަށް ބޭނުމެއް ނުވޭ އަހަރެންނަކަށް ލާރާ ހެޕީކޮށެއް ނުދެވޭ! ލާރާ އަކަށް މިހާރު އަހަރެން އެހާ މުހިއްމެއް ނޫން ވިސްނާލަބަލަ އަހަރެން އެހާ ރުޅި އަންނަ ލާރާ އާއީ ކާވެނީ ކުރީ ކީއްވެ ކަން؟ އަހަރެން ވަރު ބަލިވެއްޖެ ލާރާ އަހަރެންނަކަށް ދެން މިހެން ނޫޅެވޭނެ ލާރާ އަށް އިނގޭތަ ލާރާ ދިޔަ ފަހުން އަހަރެން އުޅުނު ހާލު މީހުން ބުނެއެއްނު ކޮންމެ އެއްޗެއްގެވެސް މުހިންމުކަން އިނގޭނީ އެއެއްޗެއް ނެތުމުންނޭ ލާރާ އެރޭ ރުއިމުން އަހަރެން ވަރަށް ދެރަވި ދުވަހަކުވެސް އެ ނޫނީ ލާރާ ރުއިތަނެއް އަހަރެން ނުދެކެން އެރޭ ލާރާ ދެރަވެގެން ރުއިތަން ފެނުން އަހަރެންނަށް ވަރަށް އަސަރު ކުރި އަހަރެން ލާރާއަށް ހަގީގަތް ބުނެދޭން ގުޅީމާ ފޯނު ނުނެގީމާ އަހަރެން ހުރީ ހޮނިހިރު ދުވަސް ނުޖެހިގެން އެކަމަކު ލާރާ ފުރައިގެން ދިޔައީ ފެނިވެސް ނުލާ އެކަމާ ވަރަށް ދެރަވި ވައިބާރ އާ އެއްޗިހިވެސް ޑީއެކްޓިވޭޓް ކުރީއެއްނު ދެން ވާން ފެށީ މުޅިން އެހެން ގޮތެއް ޖޮގިންއަށް ދިޔަޔަސް އޮފީހަށް ދިޔަޔަސް އަހަރެން ލާރާ މަތިން މިސްވާންފެށި ލާރާގެ ހަނދާންތައް އަހަރެންނަށް އުނދަގޫކުރަންފެށި ބަލާލި ކޮންމެ ދިމާލަކުން ލާރާގެ ހަނދާންތައް އަހަރެންގެ ހިތް ރޮއްވަންފެށި ލާރާއަށް އެދި އަހަރެންގެ ހިތް ގޮވަންފެށި އެންމެފަހުން އަހަރެންނަށް ލާރާދެކެ ލޯބިވެވުނު އެކަމަކު ލާރާ ވީތަނެއްވެސް އޮފީސް ކުއްޖަކަށްވެސް ނޭންގޭ ލަޔާން އެއީ ލާރާ ބޭބެކަންވެސް އެނގުނީ އެރޭ އެގެޔަށް ދިޔުމުން އެކަމަކު ލާރާ އަހަރެން އެހާ ދުރުކޮށްލުމުން އެރޭ ވަރަށް ހިތުގައި ޖެހުނު ނަމަވެސް ލާރާ ފެންނަ ހިސާބުގައި އުޅޭ ހިތުން ތިގެޔަށް ދާންފެށީވެސް ލާރާ ކައިވެންނާ އެއްބަސް ވުމުން އަހަރެން ވަރަށް އުފާވި ހިތަށް އެރީ ލާރާ އަދިވެސް ލޯބިވާތީ އޭ ކައިވެނިކުރަން އެއްބަސްވީ ބޭނުންވީ މުޅިދުނިޔެއަށް ވެސް އިއުލާންކުރަން ތީ ހަމައެކަނި އަހަރެން މީހެއްކަން އެކަމް ލާރާ ޕާރޓީ ބާއްވަން ބޭނުން ނުވީމާ އަހަރެންވެސް އެހިޔާލު ދޫކޮށްލީ ކައިވެނި ކުރިރޭ އަހަރެން ބޭނުންވީ ލާރާގާތު އަހަރެން ލޯބިވާ ވާހަކަ ބުނަން އެކަމަކު އެރޭވެސް ލާރާ އަހަރެން ބާކީ ކޮށްލީ ދުރުކޮށްލީ ފާއިތުވެގެން ދިޔަ ތިން މަސްތެރޭ އަހަރެން ލާރާގެ މާފު އަދި ލޯބި ލިބޭތޯ ވަރަށް މަސައްކަތްކުރިން އެކަމަކު މިހާރު ލާރާގެ ހިތުގައި އަހަރެންނަށް ޖާގައެއް ނެތްކަން އެނގިއްޖެ އަހަރެންނަކަށް ދެން މިހާލުގައި ކެތެއް ނުކުރެވޭނެ ލާރާއަށް ހީވަނީ ދެރަވަނީ ލާރާ އެކަނިހެންތަ؟ އަހަރެންގެ ހިތުގައިވެސް ވޭން އަޅާ އަހަރެންވެސް މީ ހުރިހާ ހިއްސެއް ސަލާމަތުން ހުރި ފިރިހެނެއް އެކަމަކުވެސް ކިތަންމެ ބޭނުން ވިޔަސް ލާރާގެ ގައިގަ ނުހުންނާނެ ބީހިފަ ވެސް އެހާ ކާރީގަ އޮންނަ އިރުވެސް ކެތްކުރިން ލާރާއަކަށް ނޭގޭނެ ތި މޫނަށް ބަލަން އޮވެ އަހަރެން ކިތައްރޭގެ ނިދި ނަގާލި ކަމެއް ” އަޔާޒް ގެ ލޮލުން އޮހެމުން ދިޔަ ކަރުނަ ތަކުން އަޔާޒް ލައިގެން އިން ގަމީސް ތެމެމުން ދިޔައެވެ. ލާރާވެސް ދިޔައީ ރޮމުންނެވެ. މުޅި ކޮޓަރިތެރޭގައި ވީ ދެމީހުންގެ ގިސްލުމުގެ އަޑެވެ. ” ލާރާ މިރޭ ބުނީ އަހަރެންގެ ކުށެއް ނެތޭ ހުރިހާ ކަމެއްވެސް ކުރީ ލާރާ އޭ ދެން އެހެން ވިއްޔާ އަހަރެންނަށް ތިދެނީ ކޮށްކުށެއްގެ ޝަޒާ އަހަރެން ލާރާދެކެ އިންތިހާޔަށް ލޯބިވޭ ލާރާ ގެ ލޯތްބަށް އިންތިޒާރު ކުރެވޭ އެކަމަކު ލާރާ އަހަރެންނާ އެކީ އުފަލުގައި ނޫޅޭތީ އަހަރެން ބޭނުމީ ލާރާ އުފާވާނެ ގޮތެއް ހަދަން އަހަރެން ވަރަށް މަސައްކަތް ކޮށްފިން އެކަމަކު ދެން ނުވާނެ އަހަރެން މިހާރު ވަރުބަލިވެއްޖެ. ” ލާރާ ބުނީމެއްނު އުމުރަށްވެސް އަހަރެންދެކެ ލޯބިވާނަމޭ އެކަމަކު ލާރާ މިހާރު އަހަރެންދެކެ ނަފްރަތު ކުރޭ! ލާރާ އަހަރެން ލާރާ ބޭނުންނަމަ މިނިވަން ކޮށްދޭނަން ލާރާ ޕްލީޒް ބުނޭ ލާރާ ބޭނުމީ އެގޮތްތަ؟ ލާރާ ބުނީމާ ދޯ އެނގޭނީ ލާރާ ބޭނުންވާ ކަމެއް އަހަރެން މޮޔަވެދާނެ ލާރާ ހެޔޮނުވާނެ އަހަރެންވެސް ހަމަޖެހިގެން ދިރިއުޅެން ބޭނުން “އަޔާޒްގެ އަޑު ބެދުނެވެ.
” ދަރިފުޅާ އަޔާޒް ރިޝް މިހިރީ އަވަހަށް އާދެބަލަ ލާރާ އާ ދެކުދިން މަންމައަށް ވެސް ސަޕްރައިޒެކޭ ދިނީ ” ނަސީމާ ގޮވާލުމުން އަޔާޒް ފާހާނާޔަށް ވަދެ މޫނު ދޮވެލާ ލައިގެން އިން ގަމީސް ބާލައި ޓީޝާޓެއް ލައިގެން ނިކުތެވެ. ” ލާރާ ހިންގާ ބަލަ ބޭރަށް ދާން މޫނު ފޮހެލާފައި ރިޝް އާ މީޓްކޮށްލަން މަށަށްޓަކާ ދުވަހަކުވެސް އަހަރެން ދެކެ ކުޑަކޮށްވެސް ލޯބި ވީނަމަ ހިނގާބަލަ އަހަރެން ވަރަށް ބޭނުން ރިޝް އާ ލާރާ މީޓްކުރުވަން” އަޔާޒް އާދޭސް ކޮށްލިއެވެ. ލާރާ ތެދުވެގެން ގޮސް ފާހާނާޔަށް ވަނެވެ. ލާރާ ނިކުތުމުން އަޔާޒް އާއި ލާރާ އެކީ ތިރިޔަށް ދިޔައެވެ.
ރީޝާ ފެނުމުން ވަގުތުން ލާރާގެ ހިންގުން މަޑުވީތަން ފެނުމުން އަޔާޒް ލާރާގެ އަތުގައި ހިފާލާފައި ދިޔުމަށް ބުނެލުމުން ނުރުހުނަސް ލާރާ ތިރިޔަށް ފޭބިއެވެ. ” ހެލޯ ތިއްތިބޭ ސްޕްރައިޒް” ސޯފާ މަތީ އޮތް ކުޑަކުޑަ ބޭބީ ނަގާފައި ރީޝާ ދައްކާލިއެވެ. ރީޝާގެ ދުލުން އަޔާޒް އަށް ތިއްތިބޭ އޭ ކިޔުމުން ލާރާ ދެރަވެގެން އަޔާޒް އާއި ދިމާލަށް ބަލާލިއެވެ. އަޔާޒްވެސް އިނީ ލާރާ އާއި ދިމާލަށް ބަލަންކަމުން ލާރާ ލަދުން އިސްޖަހާލިއެވެ.” ލާރާ މީ އަހަރެންގެ މަންމަޔާ އެއްބަނޑު ބޭބެގެ ހުރި ހަމައެކަނި ދަރިފުޅު އަދި އަހަރެންގެ މަންމަ ސައިޑު ފެމެލީގެ ހުރި ހަމައެކަނި އަންހެން ކަޒިން އެންމެން ވެސް ރިޝްދެކެ ވަރަށް ލޯބިވާނެ. ދޮންބެ ނިޔާވުމުން އަދި ވަކިން ބޮޑަށް ރިޝް އެންމެންނަށް ހާއްސަވި ” އަޔާޒް ލާރާއަށް ރީޝާ ތައާރަފް ކޮށްދިނެވެ. ” ” ކީއްވެ ނުބުނީ ބޭބީއެއް ލިބުނު ވާހަކަ އަޔާޒް ވަރަށްލޯބިން ކުޑަ ދަރިފުޅު އުރާލިއެވެ. ” ދެން ސަޕްރައިޒެކޭ ރާއިލް ވެސް އައޭ ފިހާރަކަށް އެދިޔައީ ފޯނު ތެޅުނީމާ އާ ފޯނެއް ގަންނަން ” ލާރާ އަށް އަޔާޒް ބޭބީ އާ އެކު މަޖާކުރާ ތަން ބަލަން ހުރެވުނެވެ. ” ލާރާ ދަރިފުޅާ ބޭބީ އުރާލާ ހިތުންތަ ތިހިރީ ” ނަސީމާ އަހާލުމުން ލާރާ ބޯ ޖަހާލިއެވެ. ” އަޔާޒް ލާރާގެ އަތަށް ބޭބީ ދިނެވެ. ” ކޮން ނަމެއްތަ ކިޔަނީ ބޭބީއަށް ލާރާ އަހާލިއެވެ. “އިލްޝާ ” އަހަރެމެންގެ ނަމާ ގުޅުވާލާފައި ރީތި ތަ؟ ” ރީޝާ އަހާލިއެވެ. އާން ބޭބީވެސް އެހާ ލޯބި ” ތިއްތި ބެޔަށް އިގޭތަ ރާއިލް މިހާރު ވަރަށް ރަގަޅު ޖޮބަކަށްވެސް ދޭ ބޭބީގެ ހުރިހާ އެއްޗެއްވެސް ހޯދީ ރާއިލްގެ ލާރިން އަހަރެން ވަރަށް އުފާވޭ ” އަލް ހަމްދުލިއްލާހި ޑްރަގަށް ގޮސް ހުސްވެފަ ހުރި މީހަކަށް ވިޔަސް ރިޝްދެކެ ވާ ލޯބިން އާއިލާ މީހުން ކައިވެންޏާ ގަބޫލު ވީވެސް ރާއިލް ރަގަޅުވީ ހަމަ ރިޝްގެ ހިތްވަރުން ރާއިލްވެސް ރީޝްދެކެ ލޯބި ވާތީ ” ނަސީމާ ބުނެލިއެވެ. ” ރިޝް ހާ އެންމެން ނަސީބު ގަދައެއް ނުވާނެ” އަޔާޒު ބުނެލީ ލާރާ އާއި ދިމާލަށް ބަލާލަމުންނެވެ. އެންމެން އެކީ ކައިގެން އެކިވާހަކަ ދައްކަން ތިބި އިރުވެސް ލާރާ އެހެން ރޭރޭ ހެން ކޮޓަރިޔަށް ނުގޮސް ހުރުމުން ނަސީމާ އަދި އަޔާޒްވެސް ވަރަށް އުފާވިއެވެ. ” މަށަށް ހީވަނި ދެން ތިއްތިބެވެސް މިކަހަލަ ކަމެއް ހެން ކުރަންވީ ލާރާ ވަރަށް މޮޅޭ ބޭބީ ގެންގުޅެން ފަސޭހައިން ނިންދަވާވެސް ލައިފި އޭ ” ރީޝާ ބުނި އެއްޗަކުން އަޔާޒް އަށް ލާރާ އާއި ދިމާލަށް ބަލާލެވުނެވެ. ލާރާ ލަދުން އިސް ޖަހާލިއެވެ.
އެންމެން ނިދަން ދިޔުމުން ލާރާ ގޮސް ކޮޓަރިޔަށް ވަދެ އެނދުގައި އިށީނެވެ. ފާހާނާއިން ނިކުމެގެން އައި އަޔާޒު އެނދުގައި އޮށޯންނަން ދާން ފެށުމުން ލާރާ އަޔާޒްގެ އަތުގައި ހިފާލިއެވެ. ” އައި އެމް ސޮރީ ފޯ އެވްރީތިން އަހަރެން ބޭނުމެއް ނޫން ދެމީހުން ދުރުވާކަށް އެގޮތް ބޭނުންވާނަމަ އަހަރެން މިކައިވެންޏެއް ނުކުރާނެ އެއްނު ” ލާރާ ބުނެލިއެވެ ” އެހެންތަ ވަނީ ؟ ނޭންގެޔޭ ތިކަމެއް ” އަޔާޒް ބުނެލީ ފަރުވާ ކުޑަގޮތަކަށެވެ. ” ނޭންގޭހެން ހީވާތީ މި ބުނީވެސް އެ ނޫނަސް ތީ އެއްވެސް އެއްޗެއް ވިސްނޭ މީހެއް ނޫނެއްނު ” ލާރާ ބުނެލިއެވެ ” އެނގޭނެ ދެން ” އަޔާޒު ބުނެލި ހަމައެކަނި އެހެންނެވެ. ” މާފު ކުރާނަން ތަ އަހަރެންނަށް؟ ލާރާ އަހާލީ އަޔާޒް ގެ މޫނަށް ބަލާލަމުންނެވެ. ” އަހަރެން މީ ކާކު ލާރާއަށް މާފުކުރަން ” ” ތީ އަހަރެންގެ ފިރިމީހާއެއް ނު އެކަންވެސް ނޭގޭތަ؟” ލާރާ އަހާލީ ވަރަށް ލޯބިން ހީލާފައެވެ. އެތަށް ދުވަހެއް ފަހުން ލާރާ ހީލިތަން ފެނުމުން ރީތިކަމުން އަޔާޒަށް ބަލަން ހުރެވުނެވެ. ” ބުނެބަލަ މާފްކުރާނަން ތަ؟” އަޔާޒް ހަމަ އަނގައިންވެސް ނުބުނެ ބަލަން ހުއްޓެވެ. ” ކޯޗެއް ދިނީމާ މާފު ލިބޭނީ ؟” ލާރާ އަނެއްކާވެސް އަހާލިއެވެ. “މިވަގުތު ބޭނުމީ ނިދާލަން ” އަޔާޒު ލާރާ އާއި ދިމާލަށް ބަލާލާފައި ބުނެލިއެވެ. ” ހިތްހަމަ ނުޖެހިފަ ދޯ އަދިވެސް ތިހިރީ ދެން ސޮރީ އޭ އަހަރެން ޓްރައި ކުރާނަން އަހަރެން ސައިޑުން ހުރިހާ ކަމެއްވެސް ރަގަޅު ކުރެވޭތޯ ” ލާރާ އަޔާޒްގެއަތުގައި ހިފާލާފައި ބުނެލިއެވެ. ” އަދި މިހިރީ ކުޑަކޮށް ރުޅިން އެހާފަސޭހައިން މާފެއް ނުލިބޭނެ ” އެހެން ބުނެލާފައި ގޮސް އަޔާޒް އޮށޯތެވެ.
ލާރާވެސް އަޅައިގެން އިން ބުރުގާ ނަގާލާފައި ގޮސް ނިދަން އޮށޯތެވެ. “މިރޭ ނިދާނީތަ ނޫނީ މަގޭ މޫނަށް ބަލަން އޮންނާނީތަ އިރު އަރަންދެން އަހަރެންނަށް ނޭންގޭނޭ ބުނީމެނު އެހެންވެ އަހާލީ މި” ލާރާކުރި ސުވާލުން އަޔާޒަށް ހެވުނު ނަމަވެސް އެއްވެސް ޖަވާބެއް ނުދީ ލޯމަރާލިއެވެ. ފަތިހު ލާރާ ތެދެވެގެން އައިރު ބޭބީ ރޯ އަޑު އިވޭތީ ލާރާ ގޮސް ރީޝާގެ ކޮޓަރީގެ ދޮރުގައި ތަޅާލިއެވެ. ރާއިލް ދޮރު ހުޅުވާލިއެވެ. ” ހާދަ ވަރަކަށް ބޭބީ ރޮނީ ކިހިނެތް ވީ ؟” ލާރާ ބޭބީ އުރާލިއެވެ. ” ރިޝް މިހާ ކުޑައިރު ބޭބީމެންގެ ބަނޑުގައި ރިއްސާނެ ފީޑް ކޮށްލާފައި ވާނެ ބަންޑުން ބާއްވާލާފައި ކުޑަކޮށް ބުރަކަށީގައި ފިރުމާލަން ބާރޕް ކުރެވެންދެން އޭރުން ބަނޑުގެ ރިހުން ކުޑަވާނެ ލާރާ ބޭބީ ނަގާ ލާރާގެ ކޮނޑުގައި ބާއްވާލުމުން ބޭބީ ހުއްޓާލިއެވެ. ” އެއީ ތެދެއް ދަރިފުޅާ ރީޝާ! އެކަމަކު މަންމަޔަކަށް ނޭންގޭ ލާރާ އެހާ މޮޅުކަމެއް އަދި ” ނަސީމާ ލާރާގެ ބޮލުގައި ފިރުމާލިއެވެ. ” އަހަރެން ބޭރުގައި ކިޔަވަން އުޅުނު އިރު ގެ ކައިރިގައި ވަރަށް ހާލުގައި ދެމަފިރިޔަކު އުޅުނު ކުޑަ 5 ކުދިން ކުދިން ގޮވައިގެން ދެން އަހަރެން ހުސް ވަގުތު ތަކުގައި ވަރަށް ދަން ހެލްޕްވާން އެހެންވެ އެގެއިން މިކަހަލަ ކަންތައް ދަސްވީ ” ލާރާ ހީލާފައި ބުނެލިއެވެ. “ރިޝް ކޯޗެއްތަ ހެނދުނު ސައި ބޯން ހަދަންވީ؟” ނަސީމާ އަހާލިއެވެ. “މަންމާ މިއަދު ސައި ހަދާނީ ރިޝް އަށް ދޭން އަހަރެން” ލާރާ ބުނެލިއެވެ. ލާރާ ބޭބީ ބާއްވާލުމުން ބޭބީ ލާރާގެ ވަށް ބުރުގާގައި ބާރަށް ހިފާލައިގެން އޮތެވެ. ” ބޭބީ ބޭނުމެއް ނޫނޭ ލާރާ ފޮނުވާލަކަށް ބަލާބަލަ ހިފާލާފައި އޮތް ބާރުކަން މަންމަ ސައި ހަދާނަން ލާރާ މަޑުކޮށްލާ ” ނަސީމާ ބުނެލިއެވެ. ” ރިޝް އާއި ރާއިލް ރޭގަ ނުވެސް ނިދާ ދޯ ތި އުޅޭނީ ދެމީހުން ނިދާލާ 8 ޖަހަންދެން އަހަރެން ބޭބީ ބަލާނަން ރޮންނާ ގެނެސް ދޭނަން މިދަނީ ގޮވައިގެން ކޮޓަރިޔަށް ” ލާރާ ބުނެލިއެވެ. ” ތެން ކިޔު ސޯމަޗް ލާރާ ” ރީޝާ ބުނެލިއެވެ.
ލާރާ ބޭބީ ގޮވައިގެން ގޮސް ކޮޓަރިޔަށް ވަން އިރު އަޔާޒު އެނދުމަތީގައި އޮށޯވެގެން އޮތެވެ. ” ހެއި ކޮފީއެއް ބޭނުންތަ؟ ” ލާރާ އަޔާޒު ކުރެން އަހާލިއެވެ. ” ޔޭސް އެކަމަކު ބޭބީ ގޮވައިގެން ކިހިނެތް ކޮފީ ގިރާނީ ” އަޔާޒު އަހާލިއެވެ. ” އަހަރެން މިދަނީ ބޭބީ މިތާ ބާއްވާލާފައި ނުވެއް ރޯނެ މިހާރަކު އެކަމަކު ބޭބީއަށް ބަލާލައްޗޭ ވަރަށް އަވަހަށް އެބައަންނަން ” ލާރާ ގޮސް ކޮފީއެއް ހިފައިގެން އައިސް ދިނުމުން އަޔާޒު ކޮފީ ބޯންފެށިއެވެ. ލާރާ ބޭބީ ނިންދަވާލާފައި އެނދުގައި ބާއްވާލިއެވެ. ” އަދިވެސް ރުޅިންތަ ތި ހުންނަނީ އަނގައިން ނުބުނަން ” ލާރާ އަހާލުމުން އަޔާޒް ބޯ ޖަހާލިއެވެ. ލާރާ ތެދުވެގެން ގޮސް އަޔާޒް ކާރީ ސޯފާގައި އިށީނދެ އަޔާޒް ކުރަން އިން މަސައްކަތައް ބަލާލިއެވެ. ” ނިއު ރިސޯޓެއްތަ ؟ އަލާރާ މޯލްޑިވްސް މަށާ ގުޅުވާލާފައި ދޯ ދޮންބެ ތަ ނަންދިނީ؟ ” ލާރާ އަށް އަހާލެވުނެވެ. ” ނިއު ރިސޯޓެއް ނަން ދިނީ އަހަރެން އޭރަކު ނޭންގޭ ލާރާގެ ބޭބޭކަމެއް ލަޔާން އަކީ އަދި އޯނަރަކީ ލާރާ ކަމެއްވެސް އަހަރެންގެ އޭ އާ ލާރާގެ ނަންލާފައި ނަންދިނީ ” އަޔާޒު ބުނެލިއެވެ. ލާރާ އަޔާޒުގެ އަތުން ލެޕްޓޮޕް އަތުލުމަށް ފަހު ރަގަޅަށް ކުރެހުންތަކާ ތަކާ އެއްޗިހި ބަލަންފެށުމުން އަޔާޒަށް ބަލަން ހުރެވުނީ އޮފީހުގަ އުޅުނު އިރުގެ ހަނދާންވެފައެވެ. ” ރިސެޕްޝަނާ އެހާ ކާރިގައި ރެސްޓޯރެންޓު ހުރުމުން ކަމަކު ނުދޭ އަދި ރިސެޕްޝަން މިޔަށް ވުރެން ބޮޑުވާން ޖެހޭނެ އަދި ގެސްޓުން އައިސް ރެސްޓްކޮށްލަން ނުނީ ޗެކްއިން އާ ޗެކްއައުޓް ގަ ކިޑްސް ތިބޭނަމަ ފޫހިވާނެ ސޯ އެމީހުން ލައިކްވާ ކަހަލަ މާހައުލެއް ހެދުމުން އިތުރަށް ސަޅިވާނެ އެ ނޫނަސް ރަށުގެ މެދުގައި ރިސެޕްޝަން އެހާ އެހާ އެއްނޫން ރަށަށް އަރާ ފުރަތަމަ ވެސް ފެންނަން ޖެހޭނީ ރިސެޕްޝަން ޖެޓީ ކޮޅުން އެހެރީ އެއްނު ކަނާއަތްފަރާތުގައި ހުސް ބިން އެތާ އަޅާ ރިސެޕްޝަން މޫދު ވިއުގަ ވަރަށް ސަޅިވާނެ ” ލާރާ ވާހަކަ ދައްކަމުން ދިޔައިރު ލާރާ އާއި ދިމާލަށް ބަލަން އަޔާޒަށް ހުރެވުނެވެ. ” ވާވް! ލާރާ މިހުރިހާ ދުވަހު އަހަރެން މި ވިސްނަނީ މިކަމާ ފައިނަލީ އަހަރެންނަށް ހިތްހަމަޖެހޭ އައިޑިޔާއެއް މި ލިބުނީ ލަޔާން ބުނި ހެން ލާރާ ގެ އައިޑިޔާ އިޒް ހަމަ ބެސްޓް މިއަދު އޮފީހަށް ގޮސް ލަޔާނަށް ދައްކާނަން އެކަމަކު ލަޔާން ” އަޔާޒު ހުއްޓާލިއެވެ. ” ދޮންބެއެއް ކަމަކު ނުވާނެ ދޯ އަޔާޒްގެ ގައިގަ ޖަހާކަށް އެވެސް އަޔާޒްގެ ކުށަކާނުލާ ” ލާރާ ބުނެލީ ހިތްހަމަ ނުޖެހިފައެވެ. ” ނޫނޭ ލާރާ ތި ވިސްނަނީ މުޅިން ގޯސްކޮށް ލާރާގެ ދޮންބެ ލާރާ ދެކެ ވަރަށް ލޯބިވޭ އަހަރެންނަށް އިނގޭ ލަޔާން ދެރަވެގެން އުޅުނުވަރު ހަމަ ރުޅި އާދެވޭނެ އަހަރެންނަމަވެސް އަހަރެން ގެ ހިތުން ރުހުމުން މާފުކޮށްފިން ލަޔާން އަށް ރީނާދެކެވެސް ރުޅިން ހުރީ ރީނާ މެސެޖްކުރި ” އަޔާޒް ބުނެލިއެވެ. އެވަގުތު ބޭބީ ރޯލުމުން ބޭބީ އުރާލައިގެން ލާރާ އައިސް އަޔާޒްގެ ކާރި އިށީނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Finally ayaaz and Laara so cute
They both are made for each other
V kiyaala hithun kiyani
V interesting story eh
Reen and layaan ves v gulhey
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih
Abadhu ves support libeyne insha Allah
Love you ❤️😍
awwnn Thank you so much. mikolhun submit kuriyas site in bae faharu las vedhaane up vaaleh inthizaaru kuraathi v happy vey
Vv reethi
Shukuriyya varah ufaavejje
Shikko Shikko miothee dhw e story😄
aan mi othy story fb ga ves shikko ah tag kohlin dho? anehkaa life aa gulhey kahala gotheh hureetha.? thank you
Reethi
varah ufaavey thihen bunaathi
7 vana part submited