Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (20)

Mysterious Woman Level 310 Stories100 Comments
December 1, 2024 5 Mins Read
2 Comments

ޒާންގެ ހާލަކީ ތޯއެވެ. މެހެކްގެ ޖާދުލުގައި ހަމަ ރަނގަޅަށް ވެސްވަނީ ޖެހިފައެވެ. ހިތުގެ އެދުމަށް އިޖާބަދެމުން ކުރިއަށް ދެވުނީ އެ ލޯބީގެ ބާރުގައެވެ. ޒިވިއަން ވެސް ހަމައެފަދައެވެ. މެހެކް ހިތްފުރޭވަރުވުމުން އިންތަނުން ތެދުވެގެން ފަހަތަށް އެނބުރުން އިރު ޒިވިއަން އާއި ޒާން އޭނާގެ ފަހަތުގައި ހުރުމުން ކުޑަކޮށް ސިހުނެވެ. އަދި ހައިރާންވެސްވިއެވެ. ޒިވިއަން އާއި ޒާންއަށް އެއްފަހަރާ އަތްދިއްކޮށްލެވުނީ މެހެކް އެ އަތުގައި ހިފާލާ ތޯއެވެ. އެއިރު ތިބެވުނު މާހައުލާމެދު އެއިން އެކަކު ވެސް ސަމާލުކަމެއްނުދެއެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިއްކޮށްލެވިފައިވާ ދެ އަތަށް ނަޒަރު ހިންގާލިއެވެ. ޒިވިއަންގެ ބެލުމުން މިފަހަރު ތަފާތު ގޮތެއް ފެނުންކަން އިހުސާސުކުރެވުމުން އުފާވި ނަމަވެސް ޒާންގެ ބެލުން ތަފާތުހެން ހީވުމުން ހިތް ނުތަނަވަސްވިއެވެ. މެހެކް ތިބެވުނު މާހައުލާމެދު ވިސްނާލާފައި ދެމީހުންނަށް ވެސް އަވަސް ނަޒަރެއް ދިނުމަށްފަހު ފަހަރަކު މީހަކާ ސަލާމުކުރާކަމަށް ހަދާލާފައި އަވަހަށް އެ ދެމީހުންގެ ކުރިމަތިން ދިޔައެވެ. ދެ މީހުން ތިބީ މެހެކްގެ އެ ޢަމަލު ނަގައިނުގަނެވިފައެވެ. ލިބާ އައިސް ޒިވިއަންގެ އަތުގައި ހިފާފައި އެ ތަނުން އެއްކައިރިއަށް ޖެހުން އިރު ޒޫނާ ޒާން ގޮވައިގެން ޒާލިމްމެން ތިބި ދިމާލަށް ދިޔައެވެ.

ރާކިން އެހެން މީހުންގެ ސަމާލުކަން އެހެން މިސްރާބަކަށް ބަދަލުކުރުމަށް ޓަކައި ސްޓޭޖަށް އަރާ މައިކު ހިފައިގެން ވާހަކަދައްކަންފެށިއެވެ. “ސޯރ…ލެޓްސް ޑޫ އަ ކޮމްޕެޓިޝަން…އެންމެ ރީތިކޮށް ލަވަ ކިޔާ ފަރާތަކީ ކޮބައި ތޯ ބަލަން….ސޯ ފަހަރަކު މީހަކު އެމީހަކަށް އެންމެ ރީތި ލަވައެއް ނުވަތަ ލަވައެއްގެ ތަންކޮޅެއް ކިޔާނީ….އެންމެން ވެސް ކިޔާލަން ވާނެ..އޭރަށް ފޯރިގަދަވާނީ ދޯ….ލެޓްސް ޓްރީޓް ދިސް އޭޒް އަ ސްޕެޝިއަލް ގިފްޓު ފޯ އަވަރ މޯސްޓު ބިއުޓިފުލް ވުމަން މިސް މެހެކް ފޯ ހާރ ބާރތްޑޭ..” ރާކިން ބުނެލިއެވެ. އެއާއިއެކު ތަނުގެ ފޯރި ވަކިން ގަދަވިއެވެ.

ރާކިންގެ އެދުމަށް ފަހަރަކު މީހަކު އެމީހަކަށް ކިޔޭ އެންމެ ރީއްޗަކަށް ލަވައެއް ކިޔާލިއެވެ. މަމްދޫހާއި ޒާލިމް ވެސް ޅަކުދިންގެ މި ސަކަރާތުގައި ބައިވެރިވުމުން އެހެން މީހުންތިބީ ހައިރާންވެފައެވެ. މެހެރުއްނިސާ ވެސް އޭނާގެ ރީތި ނަލަ އަޑުން ލަވަކިއެވެ. ކޯކު ތައްޓެއް ބޯން ހުރި ޒާންއަށް މޮޅު އައިޑިޔާއެއް އައުމުން ކައިރީ ހުރި އާރާ އަތަށް އެ ތަށިދީފަ ސްޓޭޖާ ދިމާލަށް މިސްރާބުޖެހިއެވެ.

އެންމެންގެ ސަމާލުކަން ސްޖޭށް ހުއްޓުނެވެ.

ބަދަލެއް ނުވާނެ ލޯބިން، ލާމެހޭށެވީ ލޯބިން، ދުނިޔޭގައި ތިޔަ ނޫން އަރާމެއް މަ ނޭދޭނަން ހުވާ!…

އިވުނީ ފިރިހެންވަންތަ މަސްތުކުރުވާ ޒާތެއްގެ އަޑެކެވެ. މެހެކް އެ ދިމާލަށް ބަލާލިއިރު ހަތަރު ކަޅި ހަމަވިއެވެ.

ވިހިވަނަ ބައި

ބަދަލެއް ނުވާނެ ލޯބިން، ލާމެހޭށެވީ ލޯބިން، ދުނިޔޭގައި ތިޔަ ނޫން އަރާމެއް މަ ނޭދޭނަން ހުވާ!…

އިވުނީ ފިރިހެންވަންތަ މަސްތުކުރުވާ ޒާތެއްގެ އަޑެކެވެ. މެހެކް އެ ދިމާލަށް ބަލާލިއިރު ހަތަރު ކަޅި ހަމަވިއެވެ.

ކަލާ ލިބޭ ތޯ ޢުމުރަށް ކުރާމީ ދުޢާ، ކަލާ ލިބޭ ތޯ ޢުމުރަށް ކުރާ މީ ދުޢާ!

ސިއްރުން ބުނީމޭ އެކުގައި އުޅޭނަން ހުވާ، ކަލާ ލިބޭ ތޯ ޢުމުރަށް ކުރާ މީ ދުޢާ!

މެހެކްއާ ދިމާލަށް ހިނގައިގަންނަންމުން ލަވައިގެ ފުރަތަމަ ބައި ޒާން ކިޔާލިއެވެ. އެއިރު  ވެސް އެ ނަޒަރު މެހެކްއިން ވަކިނުވެއެވެ.

ވީ ލޯބި މަގޭ ފެނިލާފަ ނުދޭ އަތުގައި ހިފުމުން ފިނިވެއްޖޭ ހިތަށް އަދު ތީ ލޯބި ރާނީ އިނގޭ!

ކަލާ ލިބޭ ތޯ ޢުމުރަށް ކުރާމީ ދުޢާ، ކަލާ ލިބޭ ތޯ ޢުމުރަށް ކުރާ މީ ދުޢާ!

ވާ ލޯބިން، ވާ ލޯބިން، ވާ ލޯބިން، ވާ ލޯބިން، ޖާނުދޭނަން، ވާ ލޯބިން، ވާ ލޯބިން، ވާ ލޯބިން، ދުރުގައި ވާން މި ހިތް އަދު ނޭދޭނޭ!!

ވާ ލޯބިން، ވާ ލޯބިން، ވާ ލޯބިން، ވާ ލޯބިން، ޖާނުދޭނަން، ވާ ލޯބިން، ވާ ލޯބިން، ވާ ލޯބިން، ދުރުގައި ވާން މި ހިތް އަދު ނޭދޭނޭ!!

މެހެކްގެ ވަށައިގެން އެނބުރެމުން ލަވައިގެ އަނެއް ބައި ޒާން ކިޔާލިއެވެ. މެހެކަށް އެ ލޮލުން ލޯބި ނޫން އެއްޗެއްނުފެނުނެވެ. ހިތަށް އެރިއެވެ. ޒާން އަނެއްކާ އޭނަ ދެކެ ލޯބި ވަނީ ބާއެވެ. ކޮންފެސް؟؟…. ކުއްލިއަކަށް މެހެކްގެ ދެ ލޯ ބޮޑުވެގެން ދިޔައީ ހިތަށް އެރި އެއްޗަކުންނެވެ. ވަށައިގެން ބަލައިލިއިރު ކަމަކުދާކަށްނެތެވެ. އެންމެން ތިބީ މެހެކާއި ޒާންއަށް ބަލަންށެވެ.

އޯ……ލޯބީވެވިއްޖޭ ބުނެލީ ތި ލަފުޒުން ލޯބިން މި ހިތް ހިބަކޮށްފައި މަ ދޭނަން!!

ތިޔަ ރީތި ހިނގުމާއި ފަރިފަރި ބެލުމުން އާ ޝޯހު ވެއްޖޭ މުޅި ހިތް އެކީ!!

ވީ ލޯބި މަގޭ ފެނިލާފަ ނުދޭ އަތުގައި ހިފުމުން ފިނިވެއްޖޭ ހިތަށް އަދު ތީ ލޯބި ރާނީ އިނގޭ!!

ކަލާ ލިބޭ ތޯ ޢުމުރަށް ކުރާމީ ދުޢާ، ކަލާ ލިބޭ ތޯ ޢުމުރަށް ކުރާ މީ ދުޢާ!

ސިއްރުން ބުނީމޭ އެކުގައި އުޅޭނަން ހުވާ، ކަލާ ލިބޭ ތޯ ޢުމުރަށް ކުރާ މީ ދުޢާ!

މިފަހަރުގެ އަޑު ތަފާތެވެ. މެހެކް އަނެއް ފަރާތަށް އެނބުރުނު އިރު ލަވައިގެ ދެން އޮތް ބައި ކީ ދުވަހަކު ވެސް ހިތަށް އެރި ފަރާތެއް ނޫނެވެ. އާދެ، ޒިވިއަންއެވެ. އެންމެންގެ ދެ ލޯ ބޮޑުވެގެންދިޔަ ވަގުތަކަށް އެ ވަގުތުކޮޅު ވެގެންދިޔައެވެ. ޒިވިއަން ލަވައެއް ކިޔާލާ އަޑު ކުޑަމިނުން ގޭގައި ތިބޭ އެކަކަށް ވެސް ނީވޭނެއެވެ. އެއީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް މި ރޭ ތޯއެވެ. މެހެކްގެ ފުން ދެ ލޮލަށް ބަލަން ހުރެ ދެން އޮތް ބައި ކީއިރު އެއީ ކިހާ ރީތި މަންޒަރެއް ބާއެވެ. ގައިމު ވެސް އެތަނަށް ދިޔަހާ ބަޔަކަށް މިރޭގެ އެ މަންޒަރުތަކުން ދޭހަވާނީ އެހެން އެއްޗެކެވެ.

ވާ ލޯބިން، ވާ ލޯބިން، ވާ ލޯބިން، ވާ ލޯބިން، ޖާނުދޭނަން، ވާ ލޯބިން، ވާ ލޯބިން، ވާ ލޯބިން، ދުރުގައި ވާން މި ހިތް އަދު ނޭދޭނޭ!!

ވާ ލޯބިން، ވާ ލޯބިން، ވާ ލޯބިން، ވާ ލޯބިން، ޖާނުދޭނަން، ވާ ލޯބިން، ވާ ލޯބިން، ވާ ލޯބިން، ދުރުގައި ވާން މި ހިތް އަދު ނޭދޭނޭ!!

ޒާން އާއި ޒިވިއަން އެކުއެކީ ލަވަ އެއްކޮށް ކިޔާ ނިންމާލިއިރު ދެ މީހުން ވެސް މެހެކް ވަށައިގެން ހިނގާލާފައި ދެ ފަރާތުގައި ހުއްޓުނެވެ. މީ ޔަޤީނުން ވެސް ފިލްމެއްގެ މަންޒަރެއްހެން ސިފަވެގެންދާނެއެވެ. ޒިވިއަން އާއި މެހެކް ބަލަހައްޓައިގެން ތިބިއިރު ޒާން ހުރީ މެހެކަށް ބަލަންށެވެ. މި މަންޒަރު ގައިމު ވެސް ކިތައްމެ ބަޔަކު ފޯނުތަކުގައި ރައްކާކުރިއެވެ.

ތިން މީހުންނަށް ހޭވެރިކަމެއްވީ އަތްތިލަބަޑިތަކުގެ އަޑު އިވުމުންނެވެ. ދެ މީހުން ދެ މީހުންނަށް ބަލާލިއިރު ގައިމު ވެސް ކުރެވޭނެ ކަމެއްނެތެވެ. ފަޅާއަރަންވީ އެއްޗެއް ފަޅާ އަރާނެތާއެވެ. ޒިވިއަންއާއި ޒާންއަށް ވެސް ވީއެހެންނެވެ. އެރޭގެ ޕާޓީ ނިމިގެން ދިޔައިރު މުޅި ރާއްޖެއަށް ކަހަލަ ގޮތަކަށް އެ ޚަބަރު ލިބޭނެކަން ގައިމެވެ. އެތައް ހިތްތަކެއްގައި ސުވާލު އުފެދޭނެކަން ގައިމެވެ. ބައެއް ހިތްތަކުގައި ކޫރުމެއް އެޅުނު އިރު ނަފުރަތާއި ލޯބި ވެސް ދިޔައީ ކެކިއަރަމުންނެވެ.

އަނެއް ދުވަހު މެހެކް އޮފީހަށް ދިޔައިރު އޮފީހުގެ ހުރިހާ މުވައްޒަފުން ވެސް މެހެކަށް ބެލީ ތަފާތު ނަޒަރަކުންނެވެ. މިކަމަށް އަޅާ ނުލާ މެހެކް ދިޔައީ އޭނާގެ ކެބިންއަށެވެ. މިކަހަލަ ކިތައްމެ ކަމަކާ އަދި އޭނާ ކުރިމަތިލާންޖެހޭނެކަން އިނގެއެވެ. ފަހަތުންވަތް ޝާޔާއަށް ތަނުގެ އިސްވެރިންނާއިއެކު ކުއްލި މީޓިންގ އެއް އެރޭންޖުކޮށްލަން ބުނުމަށްފަހު ނޯޓު ފޮތަކާއި ފައިލުތަކެއް ހިފައިގެން މެހެކް ދިޔައީ މީޓިން ރޫމަށެވެ.

އެންމެން ދިޔައިރު އެމީހުންގެ ވެރިޔާ އެންމެ ކުރިން މީޓިންއަށް ހާޒިރުވެގެން އިނުމުން ހައިރާންވިއެވެ. ބޮޑު ކަމަކު ނޫނީ މި ކަހަލަ މީޓިންގ އެއް ނުބާއްވާނެތާއެވެ. “ޝެހެނާޒް…ޕްރޮޖެކްޓްގެ މަސައްކަތް ކިހާ ހިސާބެއްގައި..؟” ފުރަތަމަ ވެސް މެހެކް ކުރި ސުވާލަކީ އެއީއެވެ. “އެކޮޅުން ބަޔަކު ނުވެގެން އަދި އޮތީ މަޑުޖެހިފައި،،،އެކަމަކު…..” ޝެހެނާޒުގެ ވާހަކަ ނުނިމެނީސް މެހެކް ވަރަށް ބާރަށް ވާހަކަދެއްކިއެވެ. “އެންމެ ފުރަތަމަ މިކަމާ ގުޅޭ ގޮތުން ބޭއްވި މީޓިންގއަށްފަހު ކިހާ ދުވަހެއްމިވީ…..މިހާރު ހުންނަންވާނީ މަސައްކަތްފެށިފައި…ބަޔަކު ނުވެގެން ވެސް އަހަންނަށް އެންގިންތަ…..މި ޕްރޮޖެކްޓަކީ ބައްޕަގެ ހުވަފެނެއް….އެމްސް އާއި ޒެޑްސް ގުޅިގެން ބޮޑު ހޮޓަލެއްގެ މަޝްވަރާ ކުރެވުނީކީ އިއްޔެއަކު މިއަދަކު ނޫން…މިއީ ޒެޑްސްގެ ވެރިޔާ ޒާލިމް ޒާކިރާއި ބައްޕައާއި ދެމެދު ވެވުނު އެއްބަސްވުމެއް…މިއަދު އަހަރެން ސައިޓު ވިއުއަށް ދާނަން….ޕާރސަނަލީ ކަންކަންދާ މިސްރާބު ދެނެގަންނާނަން…އަދި އެކަމަށް ފިޔަވަޅެއް ވެސް އަޅާނަން….” މެހެކް މި ނޫނިއްޔާ މީޓިންނެއްގައި މިހާ ގިނައިރު ވާހަކަދެއްކި ކަމެއް ނޭނގެއެވެ. އެންމެން ތިބީ އަނގަނަގައިގެން ބަލާށެވެ. މެހެކަކީ ދުވަހަކު ވެސް އަދި މިވީހާތަނަށް އެމީހުންނަށް ބާރަށް ބަހެއް ބުނެލި މީހެއް ނޫންވިއްޔާއެވެ.

“ޕާރސަނަލީ އޭ ތޯ؟ މެޑަމް ނުދުރުވިޔަސް ރަނގަޅު ވާނެ ނުން ތޯ؟..އަޅުގަނޑުމެން…” ބޯޑު މެމްބަރެއްކަމަށްވާ ލާމިއުގެ ވާހަކަ މެދުކަނޑާލަމުން “ނޯ މޯ…ޓޯކްސް…” އޭ ބުނެ މިއަދުގެ މީޓިންގ ނިމުންކަން އަންގާލާފައި މެހެކް މީޓިންގ ރޫމިން ނިކުމެގެން ހިނގައްޖެއެވެ. މެހެކްގެ މޫޑު މިއަދު ހުރީ ރަނގަޅަށް ނޫންކަން އެތާތިބި އެންމެނަށް އިނގެއެވެ.

މެހެކް އެ ދިޔަ ގޮތަށް ގޮސް އޮފީހުން ނިކުތީ ޝާޔާ ވެސް ގޮވައިގެން ސައިޓު ވިއުއަށެވެ. އާދެ، ޕޮރޮޖެކްޓުގެ ފުރަތަމަ މަރުހަލާ އަދާކުރާށެވެ. ތިންވަނަ ފިޔަވަހީގެ ސައިޓު ވިއުއަށް ދިޔައިރު ޒާން ވެސް ހުއްޓާ މެހެކަށް ފެނުނެވެ. ފުރަތަމަ ފަހަރަށް މެހެކްގެ ހިތުގައި ބިރުވެރިކަމެއް އުފެދުނީ ރޭގެ މަންޒަރު އަދިވެސް ހިތުން ނުފިލާ ހުރުމުންނެވެ.

މެހެކް ތަންތަން ބަލަމުން އެމީހުންނަށް ލަފާ އަރުވަމުން ދިޔައިރު ހީވީ ތަނުގެ އެންމެ އިސްވެރިޔާހެންނެވެ. އަޑުގައި ބޮޑާ ކަމެއް ނެތަސް ވެރިއެއްގެ އަޑާކާއި ތަފާތެއްނެތެވެ. ޢަމުރުކުރަމުން ދިޔައިރު މި މަންޒަރު ބަލަން ޒާން ހުރީ އާ ޝޯހުވެފައެވެ.

“މެހެކް……” ޒާންގެ އަޑު އިވުމުން މެހެކް އެ ދިމާލަށް ބަލާލިއެވެ. އެއިރު ޒާން ހުރީ މެހެކާ ނުހަނު ކައިރީގައެވެ. “ޒަޒަޒަޒާން…..” ފާޑަކަށް އަޅައިގަންނަމުން މެހެކް ޒާންއަށް ގޮވާލިއެވެ. “އަހަރެން ބޭނުން ވާހަކައެއް ބުނަން…މީޓް ކޮށްލެވޭނެތަ؟….ޕްލީޒް…” ޒާން ބުނެލިއެވެ. މެހެކް ނިތަށް ރޫ އަރައިގެން ދިޔަނަމަވެސް އެއްބަސްވީ އޭނާ ވެސް ޒާންއާ ވާހަކަދައްކަން ބޭނުންވެފައި ހުރުމުންނެވެ. “މިއަދު ހަވީރު…އެޓް 4..ބީޗް ރެސްޓޯރަންޓް” މިހެން ބުނެފައި މަޑުނުކޮށް ސައިޓު ވިއުއިން ޒާން ނިކުމެގެން ކާރަށް އަރާ ނައްޓާލައިފިއެވެ.

ހެނދުނުންފެށިގެން ހަވީރާ ޖެހެންދެން ސައިޓު ވިއުގައި އުޅުމުގެ ސަބަބުން މެހެކް ހުރީ ވަރަށް ވަރުބަލިވެފައެވެ. ނަމަވެސް ޒާން ގަޑި ކިޔާފަ އޮތުމުން ޝާޔާ އޮފީހަށްލާފައި މެހެކް ދިޔައީ ބީޗް ރެސްޓޯރަންޓަށެވެ. އެއިރު މޫދު ފެންނަ ގޮތަށް އިން ދިމާލުގައި ޒާން މޫދަށް ނަޒަރު ހުއްޓާލައިގެން އިންދާ ފެނިއްޖެއެވެ. މެހެކް އެދިމާލަށް ދިޔައެވެ. “ޒާން” މެހެކް ގޮސް ގޮވާލިއެވެ. ޒާން އެނބުރިލާފައި މެހެކަށް ރީތި ހިނިތުންވުމެއްދިނެވެ.

އެއްޗަކަށް އޯޑަރ ކޮށްލަމާ…” ޒާން ބުނެލިއެވެ. “ޖަސްޓު ވަން ޗޮކޮލެޓް މިލްކްޝޭކް..” މެހެކް ބޭނުންވާ އެތި ބުނެލިއެވެ. ވެއިޓަރަކަށް ގޮވާލާފައި ޗޮކޮލެޓް މިލްކްޝޭކާއި ބްލެކް ކޮފީއަކަށް އޯޑަރ ދީފައި މެހެކާ ވާހަކަދައްކަންފެށިއެވެ. “މެހެކް….އަހަރެން ބޭނުން ވާހަކައެއްދައްކަން..” ޒާން ފުރަތަމަ ވެސް ފެށީ މިހެންނެވެ. “އަހަރެން ވެސް…..” މެހެކް ވެސް އިތުރުކޮށްލިއެވެ.

“އިނގޭ މެހެކް ދައްކަން ބޭނުންވަނީ ކޮން ވާހަކައެއްކަން…..ރޭގެ ވާހަކައެއްނުން……އަހަރެން އެ ލަވަ ކީކީ ނަމެއްގައެއްނޫން…..މީހުންގެ ނަޒަރުގައި އެއީ ޖަސްޓް ސޯންގްއަކަށް ވިޔަސް….އެއީ އަހަރެންގެ ހިތުގެ އަޑު….” ޒިވިއަން ބުނެލިއެވެ. “ޒާން…ކީކޭ ތި ކިޔަނީ؟” މެހެކް އަހާލިއެވެ. ކުޑަކޮށް ހިތް ނުތަނަވަސްވެފައި ހުރެއެވެ. ފުން ނޭވާއެއްލާފައި ޒާން ވާހަކަދައްކަންފެށިއެވެ. “މެހެކް….އަހަރެން ވަރަށް ލޯބިވޭ މެހެކްދެކެ…އެންމެ ކުޑައިރުން ފަށައިގެން ވެސް…އަދި މެހެކްމެން ލަންޑަނަށް ބަދަލުވުމާއި ހަމައަށް މި ލޯބި އޮތް…އައި އެމް އިން ލަވް އިތް ޔޫ މެހެކް….” އެންމެފަހުން ޒާން އިއްވާލީ މިހެންނެވެ. މެހެކް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެންމެފަހުން ބިރުގަތް ކަންތަކާ ވެސް ކުރިމަތިލާންޖެހުނީތާއެވެ. މެހެކް އެއްޗެއް ބުނަން އުޅޭފައި މަޑުޖެހިލީ ވެއިޓަރު އައިސް އޯޑަރު ކުރި ތަކެއްތި ގެނެސްދިނީމައެވެ. “ޒަޒަޒާން…ވަޓްސް ރޯންގް ވިތް ޔޫ؟……އިނގޭ ތަ ކިޔޭ އެއްޗެއް އެބަ….އަހަރެން ޒާން ދެކެނީ ފްރެންޑެއްގެ ގޮތަށް…ނަތިންގް އެލްސް..” މެހެކް ބުނެލީ ވެއިޓަރު ދިޔުމުންނެވެ.. ނަމަވެސް މި ބަސްތައްވީ ޒާންއަށް ބިރުވެރި ވާހަކަތަކަށެވެ.

“މެމެމެހެކް……ކިކިކީކޭ؟” ޒާން އަހާލިއެވެ. “އަހަރެން މި ބުނީ…އަހަރެން ނުވޭ ލޮތްބެއް…އަހަރެން ޒާން ދެކެނީ ގާތް ފްރެންޑެއް ގޮތަށް…އެކަމަކު މިހާރު ހިޔެއްނުވޭ އެކުވެރިއެއް ގޮތަށް ވެސް ދެކެވިދާނެހެން….” މެހެކް ބުނެލިއެވެ. ޒާންއަށް މެހެކްގެ ވާހަކަތައް ބަރުދާސްތެއްނުކުރެވުނެވެ. ކީއްވެ ހެއްޔެވެ؟ އަހަރެންގެ މި ލޯބި މެހެކަށް ޤަބޫލުނުކުރެވެނީ ކީއްވެ ހެއްޔެވެ؟ ފުރަތަމަ ނަޒަރުން އަހަންނަށް ލޯބިވެވުނު އަންހެން ކުއްޖަކީ ތީއެވެ. މީގެ 11 އަހަރުން ފެށިގެން މި ހިތް ހިބަކޮށް ދެވުނު ރަނިކަމަނާއަކީ ތިއީއެވެ. ޒާންގެ ހިތަށް އަރަމުންދިޔައެވެ. ނޫނެކެވެ. އަހަރެންގެ މި ލޮތްބެއް އަތުން ދޫވެގެންނުވާނެއެވެ. މެހެކް ވާންޖެހޭނީ އަހަރެންގެ މީހަކަށެވެ. އަހަރެންގެ ލޯބި އަހަންނާ ވަކިވެގެންނުވާނެއެވެ. ޒާންގެ ހިތުގައި ފާޑެއްގެ ގަދަބާރެއް އުފެދިގެންދިޔައީ މެހެކް އޭނާގެ އަތުން ބީވެދާނެހެން ހީވުމުންނެވެ.

“ޒާން…އައިއެމް ސޮރީ…..” މިހެން ބުނެ މެހެކް ތެދުވެގެންދާން ހިނގައިގަތެވެ. އެހިނދު ޒާން މެހެކްގެ އަތުގައި ހިފާ ހުއްޓުވިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

އިންސާފް (އެއްތިރީސްވަނަ ބައި)

Next

ބޭވަފާތެރިޔަކީމޭ 3

Next
December 1, 2024

ބޭވަފާތެރިޔަކީމޭ 3

Previews
December 1, 2024

އިންސާފް (އެއްތިރީސްވަނަ ބައި)

2 Comments!

  1. gurrrrl says:
    December 1, 2024 at 12:39 pm

    awwwn vrh reethi mashallah
    next part pls

    1. Mysterious Woman says:
      December 1, 2024 at 2:50 pm

      this is the 20th part 🙂

Comments are closed.

Next Episodeތިނެސްކަން ލޯބި (21)←


All Right Reserved!