Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (29)

Mysterious Woman Level 310 Stories100 Comments
December 5, 2024 3 Mins Read
11 Comments

އެހެން އިރުކޮޅަކު އިނދެލާފައި ނަމްބަރަކަށް ގުޅާލިއެވެ. ބޭރު ނަމްބަރަކަށެވެ. “ހެލޯ ޑޭވިޑް…….ވަޓްސް ދި ޕްލޭން؟….އިޒް އިޓް ރެޑީ…..” ކުރު ކުރު ލަފުޒުތަކެކެވެ. އެހެނަސް ކޮންމެ ވެސް ރޭވުމެއް ރާވަމުންދާކަން އިނގެނީ ޒާން އެ ނަމްބަރަކަށް ގުޅާ އެ ބުނާ ޑޭވިޑަކަށް ގުޅައިގެން ދެއްކި ވާހަކަތަކުންނެވެ.

އޮނަތިރީސްވަނަ ބައި    

“ޔެސް މިސްޓަރ ޒާން…ޑޯންޓް ވޮރީ….” އެކޮޅުން ޑޭވިޑްގެ ޖަވާބު ލިބުމުން ޒާންގެ މޫނުމައްޗަށްވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. “ޒިވިއަން އޯ ޒިވިއަން………މެހެކް ގޮނަ ބީ މައިން ސޫން……..އަހަރެންގެ ލޯބި ގަދަބާރުން ވެސް ހޯދާނަން…އެ ހެޔޮ މީހެއްގެ ފުރާނަޔާ ކުޅެން ޖެހުނަސް……” ބިރުވެރި ޒާތަކަށް ހިނިގަނޑެއް ޖަހާލައިފައި ޒާން ބުނެލިއެވެ. ޒާން މެހެކް ދެކެ މި ވަނީ ލޯބި ހެއްޔެވެ؟ ޒާންއަށް މެހެކް ހާސިލްކުރެވިދާނެ ހެއްޔެވެ؟ މެހެކްއަށް ޒާންދެކެ ލޯބިވާން މަޖުބޫރު ވާނީ ހެއްޔެވެ؟ ނޫނީ ޒާން މި ކުރަން އުޅޭ ކަމަކުން ދެރަ ލިބޭނީ ކާކަށްބާއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މިއަދަކީ ރަސްމީކޮށް ހޮޓަލް ހުޅުވުމުގެ ރަސްމިއްޔާތު އޮތް ދުވަހެވެ. ދެ ކުންފުނީގެ އެންމެހާ މުވައްޒަފުން ވެސް މިވަގުތު ހަރަކާތްތެރިވަނީ އަލަށް އިމާރަތް ކުރެވުނު އާ ހޮޓެލްކަމަށްވާ “ޕެލެސް ފޮރީނާސް” ހުޅުވުމުގެ ރަސްމިއްޔާތުގެ ކަންކަން އިންތިޒާމުކުރުމުގައެވެ. ތަނުގެ އެންމެ އިސްވެރިން ނެތް ކަމުގައި ވިޔަސް އިރުޝާދު ދީފައިވާ ގޮތަށް ހުރިހާ ކަމެއް ވެސް ދެ ފަރާތުން ގުޅިގެން އެންމެ ފުރިހަމައަށް ތައްޔާރީވަމުންދެއެވެ. ލިބާ އާއި އާރާ ވެސް ވެވުނު އެންމެ ރީއްޗަކަށް ތައްޔާރުވެގެން އިމާރާތުގެ އެހެނިހެން ކަންކަން ހުރީ ކިހިނެއްތޯ ބަލަމުންދެއެވެ. ރަސްމިއްޔާތު ފެށެން އޮތީ ހެނދުނުގެ 8:30ގައި ކަމަށްވާތީ ދައުވަތު ދެވުނު މީހުން އައުމުގެ ކުރިން ހޮޓަލުގެ އެކި ކަންކަން ހުރި ނެތް ގޮތް ބެލުމަކީ އެ މީހުންގެ ޒިންމާއެކެވެ. ހޮޓެލްގެ ޕްރޮޖެކްޓު ފެށިގެން އިމާރާތް އަޅާ ފެންވަރުގައި މި އިމާރަތް ހެދި އިރު ލިބާ އާއި އާރާ ވެސް ހައިރާންވިއެވެ. އެހެނީ އެތަނުގެ އެއްކޮޅުން އަނެއްކޮޅަށް ބަލާލިކަމުގައި ވިޔަސް މީހުންގެ ދޫތަކުން ރީތީގެ ތަފާތު އިބާރަތްތައް މެނުވީ ނާންނާނެކަން ގައިމެވެ.

އިމާރާތުގެ ބޮޑު ދެ ގޭޓުން އެތެރެވުމާއިއެކު ބޮޑު އަކުރުން “ޕެލަސް ފޮރީނާސް” ޖަހާފައިވާ ބޯޑުން ފެށިގެން ގޮސް އެތެރެއަށް ވަދެވެން އިން ދޮރާ ހަމައިން ވެސް މީހުންގެ ތަޢުރީފުގެ ބަސްތައް އޮހޭނެއެވެ. ދޮރު ވެސް ފަރުމާ ކޮށްފައިވަނީ ޝާހީ ގަނޑުވަރުތަކުގައި ވެސް ބޭނުންކޮށްފައި ހުންނަ ގޮތަށް އެ ޑިޒައިންތަކަށެވެ. ދޮރުން އެތެރެވުމާއިއެކު ނިކުމެވެނީ ހުސް ހޯލަކަށެވެ. ނަމަވެސް ތަފާތު ވައްތަރުގެ މާގަސްތައް އެކި ދިމަ ދިމާގައި ބަހައްޓާފައި ހުރުމުން ތަނުގެ ފަޅުކަން ފިލާދެއެވެ. ހީވާ ގޮތުން އެއީ މެހެމާނުން ތިބޭ މާލަމެއް ފާޑު ޖަހައެވެ. އެ ހުސް ހޯލުގެ ދެ ފަރާތުން މައްޗަށް އެރޭ ގޮތަށް ކުޑަކޮށް ވައްކޮށް ސިޑިލާފައިވެއެވެ. އިމާރާތަކީ ދިހަ ބުރީގެ އިމާރާތަކަށް ވުމާއިއެކު މިއިން ކޮންމެ ފުލޯއެއްގައި ވެސް ވަނީ މި ދެންނެވިހެން ފަރުމާކުރެވިފައެވެ. ނަމަވެސް އެންމެ ތިރީ ފުލޯ ފިޔަވާ ދެން ހުރި ފުލޯތަކުގައި ޖުމުލަ ސަތޭކަ ރޫމްތަކެއްވެއެވެ. އަދި ކޮންމެ ރޫމެއްގައި ވެސް ބޭރު ދޮރުގައި ނަމްބަރު ތަރުތީބުން ޖަހާފައިވެއެވެ. މިގޮތުން ޖުމްލަ އެއްހާސް ރޫމް މުޅި އެ އިމާރާތުގައިވެއެވެ. އަދި ހަމައެހެންމެ ކޮންމެ ފުލޯއެއްގައި ވެސް އެ ފުލޯއެއްގައި ދިރިއުޅޭ މީހުންނަށް ޚިދުމަތްކޮށްދެވޭނެ އިންތިޒާމުތަކެއް ވެސް ވަނީ ހަދާފައެވެ. އެހެނީ ކެއުމާއި އެއްޗެހި ދޮވުމާއި ސާފުކުރުން އެ ފުލޯއަކަށް ޚާއްސަ މުވައްޒަފުން ހަރަކާތްތެރިވާނެއެވެ. ދިހަ ބުރި އެއީ ތަނަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޚާއްސަކުރެވިފައިވާ ބައިތަކަށްވާއިރު އެންމެ މަތީގައި ވަނީ ބޮޑު ސިންގާ ޓެރަހެއް ހަދާފައެވެ. ތަންތަންކޮޅުގައި އިށީންދެ ތިބެވޭނެހެން ބެންޗުލާ ތަން ނުހަނު ފުރިހަމައަށް ޒީނަތްކޮށްފައިވެއެވެ. އާދެ، ދިހަވަނަ ފުލޯ ޚާއްސަވަނީ ހަމައެކަނި ޒިވިއަން، މެހެކް އަދި ޒާންއަށެވެ. އެއީ ވީއައިޕީ ފުލޯއޭ ބުންޏަސް ރަނގަޅުވާނެއެވެ.

ގަޑިން  8:35ވީއިރު “ޕެލަސް ފޮރީނާސް” އަށް ދަޢުވަތު ދެވުނު މީހުން މަޑުމަޑުން އަންނަމުން ގޮސް ތަން ފުރިއްޖެއެވެ. ދެ ކުންފުނީގެ އިސްވެރިން ވެސް އެ މާލަމުގައި ރަސްމިއްޔާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ތިއްބެވެ. ޒާން އާއި ޒިވިއަން ވެސް ތިބީ ސުޓުލައި ވަރަށް ފުރިހަމައަށް ތައްޔާޜުވެގެންނެވެ. އެތަނަށް ދާހާ ގިނަ އަންހެން ޒުވާނުންގެ ކަތި ބެލުންތައް ގައިމު ވެސް މަދެއްނުވާނެކަން ގައިމެވެ. މެހެކް ވެސް ހުރީ ވަރަށް ރީތި ޗެމްޕިއަން ކުލައިގެ މެކްސީއެއްލާ ވަރަށް ފުރިހަމައަށް ރިތިވެގެންނެވެ. ގިނަ ފިރިހެން ޒުވާނުންގެ ބެލުންތައް މެހެކްއަށް ހުއްޓެމުންދިޔަދިޔަހެން އަންހެން ކުދިންގެ ހަސަދަވެރި ލޯތައް ވެސް ދިޔައީ ގިނަވަމުންނެވެ. ވާނީ ވެސް އެހެންތާއެވެ. ރާއްޖޭގައި ހުރި އެންމެ ޒުވާން އަންހެން ވިޔަފާރިވެރިޔާވިއްޔާއެވެ. ނުވީތާކަށް މުއްސަނދި އާއިލާއަކަށް އުފަންވުމުން ވެސް އެކަމަށް ނަފުރަތުކުރާ ފަރާތްތައް ވެސް ގިނަވާނެތާއެވެ.

އާދެ، ދަޢުވަތު ދެވުނު މީހުން ހަމަވުމުން ކީރިތި ޤުރުޢާނުގެ މޫރިތި އާޔަތްތަކުން ރަސްމިއްޔާތުފެށިގެން ފަހަރަކު ނަމްބަރެއް ފުރިހަމަކުރަމުންދެއެވެ. “ޕެލަސް ފޮރީނާސް” ހޮޓެލް ރަސްމީކޯށް ހުޅުވައިދިނީ ދެ ކުންފުނީގެ ވެސް އެންމެ އިސްވެރިޔާ ޒާލިމް އާއި މަމްދޫހެވެ. ރަސްމިއްޔާތު ލައިވްކޮށް ވެސް މުޅި ރާއްޖެއަށް ދައްކަމުންދިޔައިރު އެތައް ބައެއްގެ ތަޢުރީފުތައް އޮހެމުންދެއެވެ. ނޫސްވެރިން ވެސް އިންޓަވިއުކޮށް ހޮޓެލްގެ އިންތިޒާމުތައް ރޭވިފައިވާ ގޮތުގެ ތަފްޞީލަށް އެދެމުންދިޔައިރު ވަރަށް ފުރިހަމައަށް އެ ސުވާލުތަކަށް މެހެކް ޖަވާބުދެމުންދިޔައެވެ. ޒިވިއަން އާއި ޒާން ވެސް މި އިންޓަވިއުގައި ބައިވެރިވިއެވެ.

ރަސްމިއްޔާތުގެ ފުރިހަމަކަން ތަނަށް ހާޒިރުވި މެހެމާނުންނަށް ޚާއްސަ ކަމެއް ނުކޯށްދީއެއް ފުރިހަމައެއް ނުވާނެތާއެވެ. އެހެންކަމުން ވެއިޓަރުންތައް އެކިކޮޅުކޮޅުމަތިން ހަރަކާތްތެރިވަމުންދަނީ މެހެމާނުންނަށް ޚާއްސަކުރެވިފައިވާ ބޮލެއްމީރުކޮށްލުން ދޭށެވެ. ހެންދުނުގެ ވަގުތަށް ވުމާއިއެކު ރަސްމިއްޔާތުގައި ހުރީ ސައިގެ އެކި އެކި ބާވަތްތަށް ތައްޔާރުކޮށްފައެވެ. މެހެމާނުންތައް ސަޔަށް އިންޞާފުކުރަން ތިއްބާ ޒިވިއަން ސްޓޭޖުގެ މެދުގައި މައިކު ހިފަހައްޓައިގެން ހުއްޓެވެ. ހީވާ ގޮތުން ވަރަށް ޚާއްސަ ކަމެއް ހިއްސާކޮށްލަން ނުވަތަ ހާމަކޮށްލަން އުޅެނީކަން ނޭނގެއެވެ. އެހެންކަމުން މެހެމާނުންތައް ޒިވިއަން އެ ކުރަން އުޅޭ ކަމަކަށް ޝައުގުވެރިވެގެން ބަލަން ތިއްބެވެ.

“އައްސަލާމްޢަލައިކުމް……އަޅުގަނޑުމެންގެ މި ހޮޓެލް އާދެ، “ޕެލެސް ފޮރީނާސް” ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އެންމެހާ މެހެމާނުންނަށް ޝުކުރު ދަންނަވަން….މިއީ އެތައް ބައެއްގެ ބުރަ މަސައްކަތްކަން ފާހަގަކޮށް އެ ހުރިހާ އެންމެން ޝާމިލުވާހެން ޝުކުރު ދަންނަވަން…..މި ހޮޓަލަކީ ދެ ކުންފުނި ގުޅިގެން މި އަހަރުގެ ކުރީކޮޅު ފެށުނު ޕްރޮޖެކްޓުގެ މަސައްކަތް……މީގެ ސަބަބުން މި ވަނީ ދެ ކުންފުނި ވިޔަފާރީގެ ގޮތުން ގުޅިފައި…….” ޒިވިއަންގެ ވާހަކަ މި ހިސާބަށް ދިޔަތަނާ މުޅި ތަން ގުގުމައިގެން ދިޔައީ މެހެމާނުންގެ ތަރުހީބުގެ އަޑުންނެވެ. އަނެއްކާ ވެސް މުޅި ތަން ހިމޭންވުމުން ޒިވިއަން ވާހަކައިގެން ކުރިއަށް ދިޔައެވެ. “މީގެ އިތުރުން އަދި އަޅުގަނޑު ތި އެންމެ ބެފުޅުންނާ ހިއްސާކޮށްލަން ބޭނުންވާ އެހެން ވާހަކަ އެއް ވެސް އެބަ އޮތް…..” މި ހިސާބަށް ބުނެ ޒިވިއަން ހުއްޓާލާ މެހެކްއަށް ނަޒަރެއް ދިނެވެ. މެހެކްގެ މޫނުމަތިން ފެނުނީ ހިނިތުންވުމެކެވެ. އަދި މަޑުމަޑުން ބޯ ޖަހާލިއެވެ.

“ހެލޯ ގައިޒް…….އަޅުގަނޑު ވެސް މިއައީ ހަމަ ޝުކުރުގެ ބަހެއް ބުނެލަން އިނގޭ….ޒިވް އެންމެ ރަނގަޅު ތަ؟؟…..ހެއްހެއްހެއް…..ފުރަތަމަކަމަކަށް މި ހޮޓެލްގެ ކަންކަން އެންމެ ފުރިހަމައަށް ކޯށްދެއްވި ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރު އަދާކުރަން…….ދެވަނަ ކަމަކަށް އަޅުގަނޑު ވެސް އެބަ އޮތް ވާހަކައެއް ބުނަންވެފައި….” ޒާން ފަހަތުން މައިކެއް ހިފައިގެން ޒިވިއަން ކައިރީ ހުރެ އެއްމިޔަކަނުން ހީލާފައި ވާހަކަދައްކަން ފެށިއެވެ. އެއް ކުންފުންޏެއްގެ ދެ ވާރިޞުން އެއް ވަގުތެއްގައި ވާހަކައެއް ދައްކަން އުޅުމުން ގިނަ ބައެއްގެ މޫނުމަތިން ސުވާލުތަކެއް އެނބުރެންފެށިއެވެ. މިއީ ހަމަ އިއްތިފާޤެއް ބާއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 36

Next

ޣައްޒާގެ ކުޑަކުދިންނަށް ޝިޢުރެއް:

Next
December 5, 2024

ޣައްޒާގެ ކުޑަކުދިންނަށް ޝިޢުރެއް:

Previews
December 5, 2024

ޙަޤީޤަތް ހޯދުމޭ 36

11 Comments!

  1. Your fav bab says:
    December 5, 2024 at 12:00 pm

    So nice
    And I’m the first to comment!!!!
    Anekka kon vaahaka eh baa!!!!
    Let me tell what I think
    They both are gonna confess how much they love mehek!

    1. Mysterious Woman says:
      December 5, 2024 at 5:31 pm

      hehe let’s c dhw……

  2. gurrrrl says:
    December 5, 2024 at 12:43 pm

    kihaadhera kamehh tha zaaan yageen zaan thi vanii loabi eh nuun kann
    mehek mehek be careful xaan knme fadha kameh ves kohfaane arrrghhhhhh
    btw vrh reethi mi part ves when next part cant wait for itt

    1. Mysterious Woman says:
      December 5, 2024 at 5:31 pm

      insha allah v.soon

      keep in touch ingey 🙂

  3. Your fav bab says:
    December 5, 2024 at 5:12 pm

    I think zaan is plotting to kill ziv!!!!

    1. Mysterious Woman says:
      December 5, 2024 at 5:32 pm

      yageen tha?? hehe

  4. Your fav bab says:
    December 5, 2024 at 8:10 pm

    I said I think. only the author will know what will happen next!!!
    Hehehhehheheh.

    1. Mysterious Woman says:
      December 6, 2024 at 9:14 pm

      hehehe sure… 🙂

  5. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
    December 6, 2024 at 11:40 am

    ALHEYYY
    VVV CURIOUS
    CAN’T WAITTT FOR THE NXT PARTTT
    VV REETHI

  6. Your fav bab says:
    December 6, 2024 at 1:28 pm

    When do I get to read the next part of “THINESKAN LOABI”
    Or should I say TRIANGLE LOVE
    Ehehehehehehehehhehehehehehhe

    1. Mysterious Woman says:
      December 6, 2024 at 9:16 pm

      insha allah varah avhaha libeyne kiyaalan….

      maa curious vanny dhw dhn vaane goi balan…hehe

      even as an author i am also curious to know what would happen next…hehehe let’s c

Comments are closed.

Next Episodeތިނެސްކަން ލޯބި (30)←


All Right Reserved!