ތިނެސްކަން ލޯބި (24)
“ލީވް ހާ އެލޯން…” އިވުނީ ނިކަން ހަރުކަށި އަޑެކެވެ. އެންމެން އަޑުއައި ދިމާލަށް ބަލާލިއެވެ. ދެޖީބަށް އަށް ޖަހާލައިގެން ފިރިހެންވަންތަ ހިނގުމެއްގައި ޒިވިއަންއައީ މެހެކާ ދިމާލަށެވެ. މިކަން ނޫސްވެރިންގެ ތޫނު ލޯތަކުން ކަސިޔާރުވެގެންނުދާކަން ގައިމެވެ. ޒިވިއަން މެހެކް ކައިރީ ހުއްޓުމަށްފަހު ނިކަން ފުން ނަޒަރަކުން މެހެކަށް ބަލާލިއެވެ. ދެން އެނބުރުނީ ކެމެރާތަކުގެ ކުރިމައްޗަށެވެ. މިހާރު މުޅި ރާއްޖެއަށް ވެސް އެގުޅުން ހާމަވާނެކަން ގައިމެވެ. “ތި ސުވާލުތަކުގެ ޖަވާބު އަޅުގަނޑު ދޭނަން…….މެހެކަކީ އަޅުގަނޑުމެންނާ ދުރު ފަރާތެއް ނޫން……އަދި ޒެޑްސް އާއި ވެސް ދުރުފަރާތެއް ނޫން….އަޅުގަނޑާއި މެހެކަކީ ކުޑައިރުގެ މިތުރުން…..އަދި އަޅުގަނޑުގެ……” މިހިސާބަށް ބުނެފައި ޒިވިއަން ބަލާލީ މެހެކާ ދިމާލަށެވެ. މެހެކް ހުރީ ޒިވިއަން ދެން ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. އެހުރިގޮތަށް ހުރެ ޒިވިއަން ބުނެލިއެވެ. “އަޅުގަނޑުގެ ފުރަތަމަ ލޯބި……” ޒިވިއަން ދެން ހާމަކުރި ވާހަކައަކީ ގިނަބަޔަކަށް ސިހުން ގެނުވި ޚަބަރެކެވެ. ވަގުތުން މި އިންޓަވިއު ލައިވްކޮށް ގިނަ ބައެއްގެ ސަމާލުކަމަށްގެނައެވެ. ފުން ނޭވާއެއްލާފައި އަނެއްކާ ވެސް ކެމެރާތަކަށް ނަޒަރު ހިންގާލިއެވެ. “އަޅުގަނޑާއި މެހެކް އުޅެނީ ރައްޓެހިވެގެނެއް ނޫން…އެކަމަކު އެކަން އޮތީ މާ ދުރުގައެއް ވެސް ނޫން……މިއަދު މެކެރާތަކުގެ ކުރިމަތީ ހުރެ މި ވާހަކަތައް މި ހާމަކުރީ މީގެފަހުން މެހެކަށް މި ސުވާލުތައް ކުރިމަތި ނުވާނެކަމަށް ހީކޮށް….” މިހެން ބުނެ މެހެކްގެ އަތުގައި ހިފައިގެން ޒިވިއަން ހިނގައިގަތެވެ. އެންމެންގެ ބަސް ހުއްޓުވާފައެވެ.
ސައުވިސްވަނަ ބައި
މެހެފިލް ވިލާގެ ލިވިންގ ރޫމުގައި އެންމެން ތިބި ވަގުތެކެވެ. ހަމައެކަނީ މަދީ ޒިވިއަން އާއި ޒާންއެވެ. ހުޅުވާފައި ހުރި ބޮޑު ފަތި ޓީވީގެ ސްކްރީނިން ޒިވިއަންގެ އިންޓަވިއު ދައްކަމުންދަނީއެވެ. “ދޮންބެ ލޯބިވަނީ މެހެކް ދެކެ؟…” ޒާރާ ބުނެލިއެވެ. އެހެނަސް އެކަކު ވެސް ރައްދުދޭކަށް ނޫޅެއެވެ. އިވުނު ޚަބަރަކުން ސިހިފައި ތިބީ ކަންނޭނގެއެވެ. “އަހަރުމެން ބޭނުންވި ކަމެއްނުން މީ….މެހެކް އަހަރުމެންގެ ޅީދަރިއަކަށް ހަދަން…..ނޫން ތަ؟….ޒާލިމް” ބަލްގިސް އިނދެފައި ބުނެލިއެވެ. ޒާލިމް މަޑުމަޑިން ފިކުރެއްގައި އިނދެފައި ބޯޖަހާލިއެވެ. ދެން ތަނަށް ވެރިވެގެންއައީ ހަމަހިމޭންކަމެކެވެ.
“އާރގގގގގގގގގގ…………އައި ހޭޓު ޔޫ ޒިވިއަން………ވައި؟؟…” މޭޒުމަތީގައި ހުރިއްޔާ ހުރި ގަނޑުތަކެއް އުކާލަމުން ޒާން ބުނެލިއެވެ. ޒާންގެ ކެބިންއަށް ވަންނަން އައި އާރާ ހުރީ ހުއްޓުން އާރާފައެވެ. “މެހެކް……ތީ އަހަރެންގެ މީހެއް…ހަމައެކަނި އަހަރެންގެ…….އަހަރެން ހުއްޓާ ލާހިކެއްނޫން ޒިވިއަންއާ ގުޅޭކަށް…..” އިވިގެންދިޔަ ވާހަކައިން އާރާ ލާލާހުރި ނޭވާ ވެސް ހީވީ ހުއްޓުނުހެންނެވެ. ފިޔަވަޅުތަކުގެ އަޑު އިވުމުން އާރާ އަވަސް އަވަހަށް ވަންނަން އުޅޭ ކަމަށް ހަދާލިއެވެ. ޒާން ކެބިންގެ ދޮރު ހުޅުވާފައި ނިކުތުމުން ނިކަން ފުޅާ ހިނިތުންވުމެއްދިނެވެ. ކުރިމަތިން އާރާ ފެނުމުން ކުރިން ހުރި ރުޅިވެރިކަން ފިލުވާޅާ މީހާ ހަމަޖެހިލިއެވެ. އަދި ދެމީހުން އެކީ އޮފީހުން ނިކުންނަން ހިނގައިގަތެވެ.
“ޒިވް…..ކީއްތިކުރީ؟؟…” ސައިޓުވިއު މާހައުލުގައި ޒިވިއަންއާއި މެހެކް ތިއްބެވެ. މެހެކްގެ ސުވާލަށް ޒިވިއަން އަލާނުލުމުން އަނެއްކާ ވެސް އަހާލިއެވެ. “ލޯބިވާ ވާހަކަ ބުނީނުން…” ކުރު ޖަވާބެއް ޒިވިއަން ދީފިއެވެ. “ޕަބްލިކުގައި….ކެމެރާތަކުގެ ކުރި މަތީ؟….” މެހެކް ވަކިވަކިން އަކުރުތަކަށް ދަމާލައިފައި ބުނެލިއެވެ. “ކިހިނެއްވީ މެހެކް…..އަހަރެން ލޯބިވާ ވާހަކަ ބުނުމުގެ ހައްޤު ވެސް ނެތީތަ؟…….އަހަރެން ބާރެއް ނާޅަމެއްނުން….މަޖުބޫރެއް ނުކުރަމެއްނުން އަހަންނާ ގުޅޭކަށް…..” ޒިވިއަން ބުނެލިއެވެ. ދެންވެރިވެގެންދިޔައީ ހަހަމހިމޭންކަމެވެ. “މެހެކް….އަހަންނަށް އިނގޭ…މެހެކް ވެސް ލޯބިވަނީ އަހަރެން ދެކެކަން…..ދެން ކީއްވެ ފުރަގަސްދެނީ؟؟…” އިރުކޮޅެއްފަހުން ޒިވިއަން އަހާލިއެވެ. ޒިވިއަންގެ މި ސުވާލުން މެހެކް ބަލާލިއެވެ. މަޑުމަޑުން ޒިވިއަން މެހެކްގެ އަތުގައި ހިފާލާ ކުޑަކޮށް ކައިރިވެލިއެވެ. “ޒިޒިޒިވިއަން…….އެންމެން އެބަ ބަލައޭ…” މެހެކް މިހެން ބުނުމުން ޒިވިއަން އެއްމިޔަކަނުން ހީލާފައި މެހެކާ ދުރުވެލިއެވެ. އެއިރު ތަނުގެ މަސައްކަތްކުރަން އުޅުނު އެންމެންގެ ނަޒަރުވަނީ އެ ދެމީހުންނަށް ހުއްޓިފައެވެ. ނަމަވެސް ޒިވިއަން ހަމަ ބަލާލުމާއެކު އެ އެންމެންގެ ނަޒަރު އެކި ދިމަދިމާލަށް ދަތުރުކޮށްފިއެވެ.
އިރުކޮޅަކުން ސައިޓުވިއުގެ މަސައްކަތް ބަލާލަން ޒާން އާއި އާރާ ވެސް އައެވެ. ޒިވިއަން އާއި މެހެކް އެއްކޮށް ފެނުމުން ޒާންގެ ޠަބީޢަތު އަނެއްކާ ވެސް ބަދަލުވެއްޖެއެވެ. މިތަން ފެނުނު އާރާ ކުޑަކޮށް ހާސްވިއެވެ. ނަމަވެސް ދެން ފެނުނީ ފުޅާ ހިނިތުންވުމެއްގައިހުރެ ޒާން މެހެކްމެންނާ ދިމާލަށް ދިޔަ ތަނެވެ. “މެހެކް..” ޒާންގެ އަޑަށް މެހެކާއި ޒިވިއަން ވެސް ބަލައިލިއެވެ. އެތަނުން ޒާން އެވަގުތު ފެނުމުން މެހެކް ހާސްވި ނަމަވެސް ޒިވިއަންގެ މޫނުމައްޗަކުން އިތުރު ކަމެއް ފާހަގައެއްނުވެއެވެ. “ޒޒާން…..ކީއްކުރަނީ؟..” ހާސްވިވަރުން މެހެކަށް ކޯށްލެވުނީ ވެސް ހަމަނުޖެހޭ ސުވާލެއްކަމެއް ނޭނގުނެވެ. އެހެނީ ޒާން ވެސް އެއީ އެ ހަދަމުންދާ ޕްރޮޖެކްޓުގެ ހިއްސާދާރެއްވިއްޔާއެވެ.
“އަހަރެން އައީމަ ކިހިނެއްވީ؟…ނާންނަންވީ ތަ؟؟…..ހަނދާންނެތުނީތަ އަހަރެން ވެސް މިއީ ހިއްސާދާރެއްކަން؟؟…” ޒާން ނުލާފާ ޒާތަކަށް ހިނިތުންވެލަމުން އަހާލިއެވެ. ޒާންގެ މި ސުވާލުން މެހެކް ވިސްނާލިއެވެ. ތެދެކެވެ. ޒާން ވެސް އެއީ ޕްރޮޖެކްޓުގެ އެއް ހިއްސާދާރެވެ. ވީއިރު ޒާން ވެސް އަންނާނެއެއް ނޫން ހެއްޔެވެ؟ ދެން ތަނުގެ މަސައްކަތް ދާގޮތް ބަލަން ތިން މީހުން ވެސް ތިއްބެވެ.
ޒިވިއަން އާއި ޒާން ތިބީ އެއް މޭޒެއްގައި ކޮފީ ބޯންށެވެ. ތަނުގައި ވަނީ މަރުފަދަ ހަމަހިމޭންކަމެކެވެ. ދެމީހުން ކުރެ އެކަކު ވެސް ވާހަކަދައްކަން ބޭނުން ނުވާކަހަލައެވެ. އިރުކޮޅެއްފަހުން ވާހަކަދައްކަންފެށީ ޒާންއެވެ. “މެހެކާ ދެމެދު އޮތް ގުޅުމަކީ ކޮބާ؟…” ރުންކުރުކަމާއިއެކު ޒާން އަހާލިއެވެ. މި ސުވާލުން ދެ މީހުންގެ ކަޅި ބައްދަލުވިއެވެ. ދެ ލޮލުން ވެސް ފައުޅުވަނީ ރުޅިވެރިަކމެވެ. އެކަކު އަނެކަކާ ގަޔާނުވާކަމެވެ. “ކިހިނެއްވީ؟…..އަހަރެން ނާހަމެއްނުން ޒާން ކީއްވެތޯ އަހަންނާ މި ދުވަސްތަކުގައި ވާހަކަނުދައްކަނީ؟…” ޒިވިއަން އަހާލީ މި ދިޔަ ދުވަސްތަކުގައި ކުޑަމިނުން ގޭގައި ވެސް ޒާން ޒިވިއަންއާއި ވާހަކަނުދައްކާތީއެވެ. “އިނގޭއިރު އެހުމުގެ ބޭނުމެއްނެތެއްނުން؟….”ޒާން ނިކަން އަވަހަށް ބުންޏެވެ.
“އަހަރެން ލޯބިވޭ މެހެކް ދެކެ…” އިރުކޮޅެއްފަހުން ޒާން ބުނެލިއެވެ. “އަހަރެން ވެސް….” ދުރު ބަލަހައްޓައިގެން އިނދެ ޒިވިއަން ވެސް ހާމަކުރިއެވެ. މިއާއިއެކު ޒާން ބާރަށް މޭޒުގައި ޖަހާލިއެވެ. އަދި ޒިވިއަންއަށް ރުޅިވެރި ނަޒަރަކުން ބަލާލިއެވެ. “ހަނދާން ނައްތާލާ…މެހެކްވާނީ އަހަރެންގެ މީހަކަށް…ހަމައެކަނި އަހަރެންގެ..” ރުޅިވެރި ދެލޯ ޒިވިއަންއަށް އަމާޒުކޮށްގެން އިނދެ ޒާން އިއްވާލިއެވެ. މިއާއިއެކު ޒިވިއަން ވެސް ބުނެލިއެވެ. “ތިހާ ޔަޤީން ކަމާއިއެކު ނުބުނޭ…ގަދަބާރުން ލޮތްބެއް ނުހޯދޭނެ…..އެހެންނޫނަސް މިހާރު މުޅި ދިވެހިރާއްޖެއަށް އިނގޭނެ އަހަރެން މެހެކްދެކެ ލޯބިވާކަން…ބައްޕަމެންނަށް ވެސް…” ޒިވިއަން މިހެން ބުނުމުން ޒާން ކައިރިއަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. އެއްޗެއް ބުނަން އުޅުންތަނުން ފޯނެއް އައިސްގެން ޒާން އެތަނުން ދިޔައީ ކޮފީތަށި ވެސް ބިންމައްޗަށް ތަޅާލާފައެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.



zaan e ulhey gothun rulhi aadheveyy baeh faharu alhe keehtha vaani zivyan mehek aa ulhunihya varugadha firiheneh sahaatheh mi xaan mi ekm ves vrh reethi inge mshallah when next part cant wait for it keep it up lots of luv
hehe ebunaa hn dhw…..zaan or mehek. or zivian or mehek??
insha allah v.avahah
Wow mihaa curious kohfa nimmaly..
When next?????
And you know what I’m your new fan
Hheheheheheheh
curiouse dhww…hingaa balamaa vaa gotheh and thanks hehe
insha allah v.avahah
Zaaaaaaaannnnnnn😤😡…..why don’t you leave the couple alone……why are you interfering in between them and trying to ruin that bond …
Plssssssss mehek and zev dhuru nukurahchey plssssssss 😭😭🥺💔
Anyway loved this part
Curiously waiting for the next one 🕐
hehe…let’s c dhw vaa gotheh….rulhi aadhey dhw zaan ulhey gothun
@Rapunzil
It’s better if it is zaan and Mehek
Let’s see what does the author do
Hehhehehheeheheheh
Don’t be made
Chilll
hehe…let’s c dhw vaa gotheh… 🙂
arghhh zaaaaaaaaaaaaaaaaan…..mehek aa zev aa dhuruga hureba they both are made for each other keehtha vaani e dhemeehun ufaluga ulhen dhookohlihya…. btw plssssssssssssss mehek n zev gulhuvahcheyyyy…..plssssssssss n keep it up
love youu
hehe…let’s c dhw vaa gotheh….
Mysterious women is actually very mysterious….