Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (28)

Mysterious Woman Level 310 Stories100 Comments
December 3, 2024 3 Mins Read
7 Comments

މެހެކް ފޯރ ޒެޑް ކުންފުނީގެ މައި ދޮރުން ވަދެގެން ގޮސް ރިސެޕްޝަނުގައި މަޑުކޮށްލާފައި މިސްޓަރ ޒިވިއަންއާއި ބައްދަލުކޮށްލަން އެދުނެވެ. ރިސެޕްޝަނުގައި އެވަގުތު އިނީ މެހެކް ދަންނަ ކުއްޖަކަށްވާތީ މަޑުކޮށްލަން އެދުނެވެ. “ރީޝާ ނޭނގޭތަ…މިސްޓަރ ޒިވިއަންއާއި ބައްދަލުކޮށްލަން ބޭނުން ނަމަ އެޕޮއިންމަންޓެއްކަން ހައްދަން ޖެހޭނީ…” އެވަގުތު ގަނޑުތަކެއް ހިފައިގެން ރިސެޕްޝަނުގައި މަޑުކޮށްލި ލިބާ ރުންކުރުކަމާއިއެކު ބުނެލިއެވެ.

އަށާވިސްވަނަ ބައި  

މެހެކް ސުވާލުގެ ނަޒަރަކުން ލިބާއަށް ބަލާލިއެވެ. “އެކްސްއިކުޒް މީ؟….” މެހެކް އަހާލީ ހައިރާންކަމާއިއެކުއެވެ. “ޔެސް މިސް މެހެކް…..ޒިވިއަންގެ ޕީއޭގެ ހައިސިއްޔަތުން އައި ނީޑް ޓު ސްޓޮޕް ޔޫ…..ބިކޯޒް ހީ އިޒް އިން އަ ވެރީ އިމްޕޯޓަންޓް މީޓިންގް….” ޖެހިލުމެއްނެތި ލިބާ މެހެކްއާ މުޚާތަބުކުރިއިރު ރިސެޕްޝަނުގައި ތިބި ދެ ކުދިން ވެސް ތިބީ އަނގަ ނަގައިގެން ބަލާށެވެ. އެކުދިންނަށް ވެސް މެހެކް އެއީ ކާކުކަން އިނގެނީކަން ނޭނގެއެވެ. “ލިބާ……އަހަރެން މިއައީ އެމްސްގެ ފަރާތުން ޒެޑްސްގެ ވެރިޔާއާ އެކީ ކުޑަ ބައްދަލުވުމަކަށް…..މިސްޓަރ ޒިވިއަން ގުޅުއްވައިގެން….” މެހެކް ބުނެލީ އަޑަށް ހިތްހަމަނުޖެހުމުގެ ރާގެއް އެކުލަވާލަމުންނެވެ. “ޒެޑްސްގެ ވެރިޔާ……..އެކީ ކުޑަ ބައްދަލުވުމަކަށް؟؟؟…..” އެއްބުމަ އަރުވާލާ ހަށަންބަނދެލައިގެން ހުރެ ބޮޑާ ރާގަކަށް ލިބާ އަހާލިއެވެ. “ކޮންކަހަލަ ބައްދަލުވުމެއްބާ؟…….ކިހިނެއް އިނގޭނީ…..އަހަރެން މިއުޅެނީ އެއްވެސް ހާލެއްގައި ތި ބައްދަލުވުމެއް ހުއްޓުވާކަށް ނޫން..އެކަމަކު މެހެކްގެ ސަބަބުން ޒެޑްސްގެ އަގު ގެއްލިދާނެތީ..އެކަން ހުއްޓުވަން…” އަނެއްކާ ވެސް ލިބާ ބުނެލިއެވެ. މިފަހަރު އެއަޑުގައި ހަސަދަވެރިކަން ހުރި އިރު މެހެކް އެ ރުޅިވެރި ނަޒަރުން ފިއްސާލަން އުޅޭކަހަލައެވެ. އެއިރު އޮފީހުގެ ހުރިހާ މުވައްޒަފުން ކަހަލަ ގޮތަކަށް ތިބީ މެހެކާއި ލިބާއަށް ބަލަންށެވެ.

މި ނޫނިއްޔާ މެހެކްއާ އެފަދަ ގޮތަކަށް މުޚާތަބު ކުރި މުވައްޒަފެއް ނޫޅޭކަން އިނގެއެވެ. ލިބާގެ މި ޢަމަލުން މެހެކް ހުރީ ރުޅި އައިސްގެން ގޮސް ފަޅައިގެންދާ ވަރުވެފައެވެ. ނަމަވެސް މިއީ އޭނާގެ ލޯބިވެރިޔާގެ އޮފީސްކަން ފަހަރުގައި ވެސް ހަނދާންނައްތާނުލައެވެ. ނަމަވެސް އިންސާނަކަށް ކެތެކުރެވޭނީ ވެސް ވަކި ވަރަކަށްތާއެވެ. ލިބާގެ ޢަމަލުތައް ހައްދުފަހަނައަޅައިގެން ގޮސްސި ނަމަ އޭނާ ވެސް މީ ކާކުކަން ދައްކާލާނަމެވެ. “އެންމެ ފަހު ފަހަރަށް މި އަހަނީ….އިޓްސް އަ ވެރީ އިމްޕޯޓަންޓު މީޓިން އެރޭންޖްޑް ބައީ ޔޯ ބޮސް…..އެންޑް އިޓްސް ނޮޓް ޕާސަނަލް މީޓިންގ…” މެހެކް އަޑަށް ބާރުލާފައި ބުނެލީ އޭނާގެ ކެތްތެރިކަން ލިމިޓުން ކްރޮސްވެދާނެކަން ހާމަކުރުމަށެވެ. “ވަޓްސް ގޮއިން އޮން؟….” އެވަގުތު އެތަނަށް އައި މަމްދޫހު އަހާލީ އެންމެން ކަހަލަ ގޮތަކަށް މަޑުޖެހިފައި ތިބުމުންނެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް ހުއްޓުނީ ލިބާ ކައިރީއެވެ. ހީވާ ގޮތުން އެ ސުވާލުކުރީ ލިބާއާއިއެވެ. ލިބާއަށް ބަލާލުމަށްފަހު ކުރި މައްޗަށް ބަލާލި ހިނދު މެހެކް ފެނުމުން ހައިރާންވި ނަމަވެސް ވެގެން އުޅޭ ގޮތް ބެލުމަށް އަވަސްވެގަތެވެ.

“މަމްދޫހު……އިނގޭނެ ކަންނޭނގެ އަހަރެން މީ ކާކުކަން….އަހަރެން މިއައީ މިސްޓަރ ޒިވިއަން އާއި ބައްދަލުކޮށްލަން އެމްސްގެ ފަރާތުން….އެކަމަކު ޔޯ ޑޯޓަރ ސްޓޮޕްޑް މީ…..ހީވަނީ މީ ޒާތީ ކަމެއްހެން…..ނޫންތަ؟…. އަހަންނާ ޒިވިއަންއާއި އޮންނަ ގުޅުމެއްގެ ސަބަބުން އަހަރުމެންގެ ޕްރޮޖެކްޓުގެ މަސައްކަތަށް ފުށޫއެރިޔަދީގެން ނުވާނެއްނުން……..އެހެންނޫނަސް ތަނެއްގެ ވެރިއަކާ މުޚާތަބުކުރާ ގޮތް އަހަރެން ބުނެދޭކަށް ނުޖެހޭނެ ކަންނޭނގެ…..މިހާރު ވެސް އަހަރެން އެންމެ ބަހެއް ބުނެލަނިކޮށް ލިބާ މިހާރު އެ ހުރި މަޤާމުން ދުރުކުރާކަށް އެއީ އެއްވެސް ކަމެއް ނޫން…….ގޮޓް އިޓް؟؟؟…..” މެހެކް ބުނެލީ ހިތްހަމަނުޖެހުން އެކުލެވިގެންވާ ރާގަކަށެވެ. “މިސް މެހެކް….އަޅުގަނޑަށް ވިސްނޭ…އަޅުގަނޑުގެ ދަރިފުޅުގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެން…” “ބައްޕާ…..” މަމްދޫހު އަވަސް އަވަހަށް ބުނެލިއެވެ. ލިބާ އެއްޗެއް ބުނަން އުޅެނިކޮށް އެކަން ހުއްޓުވީ އިތުރު މައްސަލައެއް ފެންމަތި ނުކުރަންވެގެންނެވެ. މެހެކް އަކީ ޒިވިއަންގެ ކާކުކަން އޭނާއަށް ވަރަށް ރަނގަޅަށް އިނގެއެވެ. ޒިވިއަންގެ ގޮތް ރަނގަޅަށް އިނގޭއިރު އޭނާގެ ދަރިފުޅު ސަލާމަތްކުރަން ޖެހޭނެތާއެވެ.

ލިފްޓު ހުއްޓުމާއިއެކު ހުޅުވިގެން ދިޔަ ދޮރުން ނުކުތީ ޒިވިއަންއެވެ. މުވައްޒަފަކު ގުޅުމުން ތިރީގައި މެހެކް ހުރި ވާހަކަ އާއި އަދި ލިބާ ކަންތައް ކުރި ގޮތުގެ ވާހަކަ ބުނުމުން ކުރަން ހުރި މަސައްކަތެއް ވިއްޔާ ބަހައްޓާފައި އޭނާ އަވަހަށް އެ އައީއެވެ. “ހައު ޑެއާ ޔޫ ލިބާ…..” ޒިވިއަންގެ ހަރުކަށި އަޑު އިވުމުން ލިބާ ފަހަތަށް ބަލާލިއިރު ހަރު ފިޔަވަޅުތަކެއްގައި ޒިވިއަން އައިސް ހުއްޓުނީ މެހެކްގެ ކައިރީގައެވެ. އަދި އަލިފާނުގެ ބެލުމަކުން ލިބާއަށް ބަލާލިއެވެ. “ޒިވް..”، “މިސްޓަރ ޒިވިއަން……” މިފަހަރު ވެސް ލިބާ އެއްޗެއް ބުނަން އުޅުމުން އެކަމަށް ހުރަސް އެޅީ ޒިވިއަންގެ ހަރުކަށި އަޑެވެ. އެބުނި އެއްޗެއް ނުވިސްނުމުން ސުވާލުގެ ނަޒަރަކުން ލިބާ ބަލައިލިއެވެ. “މީގެ ފަހުން އަހަންނަށް ގޮވާނީ މިސްޓަރ ޒިވިއަންގެ ނަމުން…….އަހަންނަކީ ތަނުގެ ވެރިޔާކަން ފަހަރެއްގައި ވެސް ހަނދާންނައްތާނުލާތި……އަދި ބުނަން ކޮންމެ ވަގުތަކު އަހަންނާ ބައްދަލުކުރަން މެހެކް މި އޮފީހަށް އަޔަސް އެކަމަށް ހުރަސްއެޅުމުގެ އެއްވެސް ހައްޤެއް މި ތަނުގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކަށް ނުދެން…….ލިބާ އަށް ވެސް…….މަމްދޫހު…ވިސްނިއްޖެ ތަ؟…..” ލިބާގެ މޫނަށް ސީދާ ބަލަން ހުރެ ޒިވިއަން އެ ހުރިހާ ވާހަކަތަކެއް ދައްކާ ނިންމުމަށްފަހު ފަހު ސުވާލު މަމްދޫހަށް އަމާޒުކުރިއެވެ. އެކަމުގެ ސަބަބު މަމްދޫހަށް ވަރަށް ރަނގަޅަށް އިނގެއެވެ. އެހެންވެ އަވަސް އަވަހަށް ބޮލުން ޖަވާބުދިންކަން އަންގާލިއެވެ. މަމްދޫހުގެ ޖަވާބު ލިބުމުން މެހެކްގެ އަތުގައި ހިފައިގެން ޒިވިއަން ނިކުތި އޮފީހުން ބޭރަށެވެ.

ކާރަށް އަރާ ފުލް ސްޕިޑުގައި ދުއްވާލީ ހޮޓެލާ ދިމާލަށެވެ. މި ބުނި ހޮޓަލަކީ ޒެޑް އާއި އެމްސް ގުޅިގެން ފެށި ޕޮރޮޖެކްޓެވެ. މިހާރު ބޮޑު އިމާރާތެއް އަޅާ ފެންވަރުގެ ޚިދުމަތްދޭ ހޮޓަލަކަށް އެތަން ހެދިތާ އަދި މިވީ ދެ ތިން ހަފުތާއެވެ. ރަސްމީކޮށް މި ތަން ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ވެސް ކުލަ ގަދަކޮށް ފާހަގަކުރާނެއެވެ. ޒިވިއަންއާއި މެހެކް ގޮސްވަނީ ހޮޓަލުގެ އެންމެ މަތީ ބަޔަށެވެ. އާދެ ޓެރަހަށެވެ. އެއިރު އެކި މަސައްކަތުގައި މީހުން ހަރަކާތްތެރިވާތަން ފެނެއެވެ. މެހެކްމެން ތަން ތަން ވަށައިގެން ބަލަމުންދިޔައެވެ.

“ސާރ.މޭމް…ހިޔާ އިޒް ޔޯ ކޮފީ” އެވަގުތު މަސައްކަތުގައި އުޅުނު މުވައްޒަފަކު ދެ ކޮފި ތަށި ތަބަކުގައި ހިފައިގެން އައިސް މެހެކްމެންނަށް ދިނެވެ. ކޮފީ ތަށިތައް ހިފައިގެން އެ ތަނުގައި ހުރި ބެންޗެއްގައި ޖައްސާލިއެވެ. “ކިހާ ހިތްގައިމު ދޯ…ޒިވް؟؟…”މެހެކް ފުޅާ ހިނިތުންވުމަކާއިއެކު ބުނެލިއެވެ. “ހިތްހަމަޖެހޭތަ މައި ލަވް…” ވަރަށް ލޯބިން ޒިވިއަން އަހާލިއެވެ. “ޔެސް ވަރަށް ބޮޑަށް ވެސް ހިތްހަމަޖެހޭ…ކުރިން ޓެރަސް މި ފެންވަރަށް ހަދާ ވާހަކައެއް ނުބުނަމެއްނުން…އެކަމަކު ވެސް ވަރަށް ފުރިހަމަ މިހާރު..” މެހެކް ބުނެލިއެވެ. “ފަހުން އައި ޕްލޭނެއް މިއީ….މެހެކް ކައިރީ ނުބުނީ ސަޕްރައިޒްއަކަށް….” ޒިވިއަން އެއްލޯ މަރާލަމުން ބުނެލިއެވެ. ޒިވިއަންގެ އެ ކުޑަ ހަރަކާތުން ވެސް މެހެކް ލަދުން މޯޅިވެލިފަދައެވެ.

ވިލިގިނލީގެ ހިތްގައިމު ހަވީރެވެ. މާ ބަނަ ނޫނަސް ހިތްގައިމު ވަރަކަށް ޖެހިލާ ވައިރޯޅިތަކުން ހިތްތަކަށް އުފާ ގެނުވާކަން ގައިމެވެ. މި ހިތްހަމަޖެހުމުގެ އުފާ ހާސިލުކުރުމުގެ މަޤްސަދުގައި ކުދިވެރިން ގޮވައިގެން ފިނި ބުރު ޖަހާލަން ނިކުންނަށް މީހުން ފުދޭ ވަރަކަށް ގިނައެވެ. އެއްބަޔަކު އަތިރިމަތީގައި ހިނގާލާއިރު އަނެއްބަޔަކު މޫދަށް އެރި ސަކަރާތާއި މަޖަލުގައި ހޭދަކުރަމުންދެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން އުފާވެރިކަން ނުލިބި ވަނީ އެންމެ މީހެކެވެ. އާދެ ޒާންއެވެ. އަތިރިމަތީގައި ހުރި ޖޯލިތަކުން ޖޯއްޔެއްގައި މޫދަށް ނަޒަރު ހުއްޓާލައިގެން އިނީ ވަރަށް ބޮޑު ފިކުރެއްގައި ކަހަލައެވެ. މިފަދަ ހަވީރެއްގައި އެކަނިމާއެކަނި އެ މާހައުލުގައި އިންނާނީ ގައިމު ވެސް ހިތަށް ތަޞައްލީއެއް ލިބިގަތުމަށްތާއެވެ.

އެހެން އިރުކޮޅަކު އިނދެލާފައި ނަމްބަރަކަށް ގުޅާލިއެވެ. ބޭރު ނަމްބަރަކަށެވެ. “ހެލޯ ޑޭވިޑް…….ވަޓްސް ދި ޕްލޭން؟….އިޒް އިޓް ރެޑީ…..” ކުރު ކުރު ލަފުޒުތަކެކެވެ. އެހެނަސް ކޮންމެ ވެސް ރޭވުމެއް ރާވަމުންދާކަން އިނގެނީ ޒާން އެ ނަމްބަރަކަށް ގުޅާ އެ ބުނާ ޑޭވިޑަކަށް ގުޅައިގެން ދެއްކި ވާހަކަތަކުންނެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

އުންމީދު

Next

އަބަދަށްޓަކައި ހިތުގެ ލޯބި (4)

Next
December 3, 2024

އަބަދަށްޓަކައި ހިތުގެ ލޯބި (4)

Previews
December 2, 2024

އުންމީދު

7 Comments!

  1. gurrrrl says:
    December 3, 2024 at 12:02 pm

    vrh reethi mi part ves
    anehkaa kn kameh baa xaan kuran e ulheniii
    vrh curious keep it up
    love youu

    1. Mysterious Woman says:
      December 3, 2024 at 6:59 pm

      hehe hingaaba balailamaa dhw…..thank you & lots of luv 🙂

  2. Anonymous says:
    December 3, 2024 at 12:40 pm

    Bro it’s very nice
    Very curious
    Anekka kon plan eh baa?????
    Lots of luv

    1. Mysterious Woman says:
      December 3, 2024 at 6:59 pm

      hehe hingaaba balailamaa dhw…..thank you & lots of luv 🙂

  3. Your fav bab says:
    December 3, 2024 at 12:41 pm

    Sorry it’s my comment!!!
    Not anonymous!!!

    1. Mysterious Woman says:
      December 3, 2024 at 6:59 pm

      hehe ehntha…thanks “your fav bab”

  4. Your fav bab says:
    December 4, 2024 at 1:15 pm

    When next?????
    I’m waiting cuz it’s very intresting!!!!!!

Comments are closed.

Next Episodeތިނެސްކަން ލޯބި (29)←


All Right Reserved!