Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (25)

Mysterious Woman Level 310 Stories100 Comments
November 28, 2024 4 Mins Read
11 Comments

“އަހަރެން ލޯބިވޭ މެހެކް ދެކެ…” އިރުކޮޅެއްފަހުން ޒާން ބުނެލިއެވެ. “އަހަރެން ވެސް….” ދުރު ބަލަހައްޓައިގެން އިނދެ ޒިވިއަން ވެސް ހާމަކުރިއެވެ. މިއާއިއެކު ޒާން ބާރަށް މޭޒުގައި ޖަހާލިއެވެ. އަދި ޒިވިއަންއަށް ރުޅިވެރި ނަޒަރަކުން ބަލާލިއެވެ. “ހަނދާން ނައްތާލާ…މެހެކްވާނީ އަހަރެންގެ މީހަކަށް…ހަމައެކަނި އަހަރެންގެ..” ރުޅިވެރި ދެލޯ ޒިވިއަންއަށް އަމާޒުކޮށްގެން އިނދެ ޒާން އިއްވާލިއެވެ. މިއާއިއެކު ޒިވިއަން ވެސް ބުނެލިއެވެ. “ތިހާ ޔަޤީން ކަމާއިއެކު ނުބުނޭ…ގަދަބާރުން ލޮތްބެއް ނުހޯދޭނެ…..އެހެންނޫނަސް މިހާރު މުޅި ދިވެހިރާއްޖެއަށް އިނގޭނެ އަހަރެން މެހެކްދެކެ ލޯބިވާކަން…ބައްޕަމެންނަށް ވެސް…” ޒިވިއަން މިހެން ބުނުމުން ޒާން ކައިރިއަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. އެއްޗެއް ބުނަން އުޅުންތަނުން ފޯނެއް އައިސްގެން ޒާން އެތަނުން ދިޔައީ ކޮފީތަށި ވެސް ބިންމައްޗަށް ތަޅާލާފައެވެ.

ފަންސަވީސްވަނަ ބައި         

ރޭގަނޑުގެ ކެއުމަށް އިންޞާފުކުރަން މެހެފިލް ވިލާ ގަނޑުވަރުގެ ވާރިސުން ތިބި ވަގުތެވެ. މިހާރަކަށް އައިސް މަޖާކުރުމެއް އެކަކު އަނެކަކާ ސަމާސާކުރުމެއްނެތްކަން ޒާލިމްމެނަށް ފާހަގަކުރެވުނެވެ. ޔަޤީނުން ވެސް ދެ މީހުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައިކަން ގައިމެވެ. މިގޮތެއް ޒާކިރުއަކަށް ކަމަކު ނުދިޔައެވެ.

“ދަރިފުޅުމެން މާ ބުރައީ ތަ؟…ނިކަން ކާފަމެން ކައިރީ ވެސް ބުނެލައިގެން އުޅޭނަމައެއްނުން…” އެންމެ ފަހުން ތަނުގެ ސީރިޔަސްކަން ކަނޑުވާލީ ޒާކިރުއެވެ. ޒިވިއަންމެން ޒާކިރުއައި ދިމާލަށް ބަލާލިއެވެ. “ނޫނޭ..ކާފައަށް ހީވާ ގޮތް ތީ…” ޒިވިއަން އަދަބުވެރިކަމާއިއެކު ބުނެލިއެވެ. “ދަރިފުޅާ ޒާން….ކިހިނެއްވެފަ ތި އިންނަނީ؟؟..” ޒޫނާ އަހާލިއެވެ.

ޒާންއަށް ވިސްނެނީ އޭނަގެ ފުރަތަމަ ލޯބި ބީވެދާނެތީއެވެ. އެކަމުގެ ކޮޅުމަތި ފެންނަންފަށައިފިހެން ހީވެއެވެ. މިކަމާ އޭނަ ވިސްނާ ވިސްނާ ސުމަކަށް ގޮސްސިއެވެ. އޭނަގެ މަންމަ ޒޫނާ ގޮވާލިއިރު ވެސް ވިސްނުމުގެ ތެރޭގައި އިނދެވުނުވަރުން ނުވެސް އިނގުނެވެ. “ދަރިފުޅާ؟؟….” އަނެއްކާ ވެސް ޒޫނާ ގޮވާލިއެވެ. މިފަހަރު ޒާން އިސްއުފުލާ ބަލާލިއިރު އެންމެން އޭނައަށް ބަލަން ތިބުމުން ނިތަށް ރޫ އަރައިގެން ދިޔައެވެ. އަނެއްކާ ވެސް ޒޫނާ ކުރިން ކުރި ސުވާލުތަކުރާރު ކުރުމުން މިފަހަރު ތައްޔާރުވެލީ ކަމެއް ހާމަކުރަންކަން ގައިމެވެ.

“މަންމާ، ބައްޕާ، ބޮޑުބެ، ބޮޑުބެދައްތާ، ކާފާ، މާމާ….” ގަނޑުވަރުގެ އިސްވެރިންގެ ނަންތައް ފަހަރަކު ނަމަކުން ޒާން ގޮވާލިއެވެ. އެންމެންގެ ނަޒަރު އޭރުވަނީ ޒާންއަށް ހުއްޓިފައެވެ. ޒިވިއަން ވެސްމެއެވެ. “އަހަރެން ބޭނުން ވާހަކައެއް ބުނަން…..” ޒާން ބުނެލިއެވެ. އެންމެން އެކަކު އަނެކަކަށް ބަލާލުމަށްފަހު ހިނިތުންވެ ހުރެ ޒޫނާ އަހާލިއެވެ. “ކޮން ވާހަކައެއް ދަރިފުޅު ދައްކަން އޮތީ؟….” މި ސުވާލުން ޒާން ޒޫނާއަށް ބަލާލިއެވެ. “އަހަރެން ކުއްޖެއްދެކެ ލޯބިވޭ……ވަރަށް ވަރަށް ބޮޑަށް ލޯބިވޭ……މީގެ 11 އަހަރުން ފެށިގެން އެއީ އަހަރެންގެ “ކްރަޝް”، އަހަރެންގެ ފުރަތަމަ ލޯބި….” މިހިސާބަށް ބުނެފައި ޒާން ހުއްޓާލިއެވެ. ޒޫނާމެން އެކަކު އަނެކަކަށް އަވަސް ނަޒަރުތަކެއް ބަދަލުކުރިއެވެ. ޒާން ދެއްކި ވާހަކައިން އުފާވިނަމަވެސް މީގެ 11 އަހަރުކުރިންނޭ ބުނުމުން އެމޫނުތަކުން ސުވާލުތަކެއް ފެނިގެންދެއެވެ. ވީމާ އެ ކުއްޖަކަށް ހާދަ އިންތިޒާރެއް ކޮށްފިތާއެވެ.

“އެއީ ކޮން ކުއްޖެއް…ނަމެއް ވެސް އޮންނާނެތާ…” ޒާލިމް އަހާލީ ހިނިއައިސްފައިނދެއެވެ. މިއާއިއެކު ޒިވިއަންއާއި ޒާންގެ ނަޒަރު ބައްދަލުވިއެވެ. ޒިވިއަންގެ މޫނަށް ބަލައިފި މީހަކު ބިރުން ޖެހޭނީ ފަހަތަށްކަން ގައިމެވެ. އެ ދެ ލޮލުން މިހާރު ޒާން އަނދާއަޅިއަށް ހަދާލިތާ ކިތައްމެ އިރެކެވެ. މިކަން ދެންތިބި މީހުންނަށް ނުފެނުނީ ޒާންއަށް އެ އެންމެންގެ ބެލުންތައް ހުރުމުންނެވެ.

“އެއީ…………………….މަމްދޫހު އަންކަލްގެ ހުރި ހަމައެކަނި ދަރިފުޅު…..މެހެކް…” ޒިވިއަންއަށް ބަލަން އިނދެ ޒާން އިއްވާލި ޚަބަރަކުން ތަނަށް ހީވީ ޒަލްޒަލާއެއް އައިހެންނެވެ. އެންމެން ޒިވިއަންއަށް ބަލާލިކަން އޭނާއަށް އިހުސާސުވިއެވެ. ވާނީ ވެސް އެހެންތާއެވެ. މިއަދު އޭނާ ވެސް މުޅި ރާއްޖެއަށް މެހެކް ދެކެ ލޯބިވާކަން ހާމަކުރިއެވެ. އެހެންކަމުން ބައްޕަމެންނަށް ނޭނގިނުދާނެކަން ގައިމެވެ. “ދަރިފުޅާ……” ޒޫނާގެ ބަސް ޒާން ހުއްޓުވާލިއެވެ. “މަންމާ ޕްލީޒް……..އިތުރު އެއްވެސް އެއްޗެއް އަޑު އަހާކަށް ބޭނުމެއް ނޫން..މަންމަމެން ކައިރީ މި ވާހަކަ މި ބުނީ ވެސް އިތުރަށް ފޮރުވަން ބޭނުން ނުވާތީ…..އަދި އަހަންނަށް މެހެކް ގެއްލެން ނޭދޭތީ….” ޒާން މިހެން ބުނެފައި އެތަނުން ނިކުމެގެން ހިނގައްޖެއެވެ. ޒިވިއަން ވެސް އެންމެ ސިކުންތުކޮޅަކުން ވެސް މަޑުނުކޮށް އެދިޔަ ގޮތަށް ނިކުތީ ފޯނުން މެހެކަށް ގުޅަމުންނެވެ.

ސޯފާގައި ވާހަކަފޮތެއް ހިފައިގެން އިން މެހެކް ބަލާލީ ފޯނަށް ގުޅަން ފެށުމުންނެވެ. ސްކްރީނަށް “ޒިވް” މިހެން އަރާފައި އޮތުމުން އަވަސް އަވަހަށް ފޯނު ނެގިއެވެ. “މެހެކް….ބޭރުގައި މީނީ…ކެން ޔޫ ކަމް އައުޓް؟؟….” ޒިވިއަން އަހާލިއެވެ. މެހެކް ގަޑި ބަލާލިއިރު މެންދަމު ބާރަ ޖެހީއެވެ. “ޒިވް….ކިހިނެއްވީ؟…މި ހާ ލަސް ގަޑިއެއްގައި؟ މެހެކް އަހާލިއެވެ. އަވަހަށް އެއްޗެއްހި ބަދަލުކޮށްލައިގެން ބޭރަށް ނިކުތެވެ. ޒިވިއަން ހުރީ ކާރުގައި ލެގިލައިގެންނެވެ. މެހެކް ފެނުމާއެކު ކާރަށް އަރަން އިޝާރަތް ކުރިއެވެ. މެހެކް ވެސް ލަސްނުކޮށް ކާރަށް އެރީ ބޮޑު ކަމެއްވެގެން ނޫނީ ޒިވިއަން މިހާ ދަންކޮށްފައި އޭނާ ކައިރިއަކު ބޭރަށް ނިކުންނަން ނުބުނާނެކަމެވެ. ލަސްނުކޮށް ޒިވިއަން ކާރު ދުއްވާލީ މާލޭ ބްރިޖް ހުރަސްކޮށް ލޮނު ޒިޔާރަށް ޕާކަށް ދިޔުމަށެވެ.

ޒިވިއަން ކާރު ޕާކުކޮށްފައި މެހެކްގެ އަތުގައި ހިފައިގެން ލޮނުޒިޔާރަށް ޕާކަށް ގޮސްވަނެވެ. ދަންގަޑިއެއް ނަމަވެސް ޖޯޑުޖޯޑަށް ލޯބިވެރިން އެމީހުންގެ އަމިއްލަ ދުނިޔޭގައި އުޅެއެވެ. ޒިވިއަންމެން ވެސް ގޮސް އެތަނުން ބެންޗެއްގައި އިށީނެވެ. އިށީނދެ ތިބޭތާ ފަސް މިނެޓުވީއިރު ވެސް ޒިވިއަން އަނގައިން ނުބުނުމުން މެހެކް ސުވާލުކުރިއެވެ. “ޒިވް؟؟….އޯކޭ ތަ؟..” މެހެކް އަހާލިއެވެ. އިރުކޮޅަކުން މެހެކާ ދިމާލަށް ޒިވިއަން ބަލާލާފައި ކުއްލިއަކަށް މެހެކްގެ ގައިގައި ބައްދާލިއެވެ. މެހެކް ތެޅިގަނެފައި ނެއްޓެން އުޅުމުން ކުޑައިރުކޮޅަކަށް މަޑުކޮށްލަދޭން ޒިވިއަން އެދުނެވެ. އެހެންކަމުން ޒިވިއަން ހިތްހަމަޖެހެންދެން މެހެކް އެ އިން ގޮތަށް ގުޑުވާ ވެސްނުލާ މަޑުން އިނެވެ. ޒިވިއަން ހަމަޖެހިލާ މޫނުމަތީ ރީތިކޮށްލަމުން ވާހަކަދައްކަންފެށިއެވެ.

“މެހެކް….މިރޭ ކޭ ގަޑީގައި ޒާން ބައްޕަމެން އެންމެން ކައިރީ މެހެކްދެކެ ލޯބިވާކަން ހާމަކޮށްފި….” ޒިވިއަން ބުނެލި އެއްޗަކުން މެހެކް ގަޑުވިއެވެ. “ދެން؟؟….އަންކަލްމެން އެއްޗެކޭ ބުނީތަ؟” މެހެކް އިރުކޮޅަކުން އަހާލިއެވެ. “ނޫން……އެކަމަކު އެމީހުންނަށް އިނގޭނެ އަހަރެން ވެސް މެހެކްދެކެ ލޯބިވާކަން….އިންޓަވިއު ބެލިކަން އިނގޭ…..ދޭ ލުކްޑް އެޓް މީ ވިތް އޭން އިމޯޝަނަލީ ފޭސް…..”ޒިވިއަން ބުނެލިއެވެ. މާހައުލުން ދެމީހުންގެ ނޭވާގެ އަޑު ނޫނީ ނީވެއެވެ. ދެމީހުންކުރެ އެކަކު ވެސް ވާހަކަނުދައްކާ އިރުކޮޅެއް ހޭދަވިއެވެ. ލޮތްބަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫންކަން ޒާންއަށް ނޭނގެނީ ހެއްޔެވެ؟ ކަނޑައެޅިގެން އިނގޭއިރު ޒާލިމްމެނާ ހިސާބަށް ގެންދިޔައީ ކީއްވެ ހެއްޔެވެ؟ ތިހެން ހެދުމުން އަހަރެންގެ ހިތުގައި ޒާންގެ މައްޗަށް އޮތް އެކުވެރިކަމުގެ ގުޅުމުގައި ވެސް ސިއްކަ ޖެހިދާނެކަން ނުވިސްނަނީބާއެވެ. އެހެންނޫނަސް…….މިހިސާބަށް މެހެކްގެ ވިސްނުން ދަތުރުކޮށްލިއިރު ކުއްލިއަކަށް ހިތަށްވެރިވެގަތް އިހުސާސެއްގެ ސަބަބުން ޒިވިއަންއާދިމާލަށް ބަލާލިއެވެ. އަދި ހިތަށްއެރިއެވެ. އެހެންނޫނަސް އަހަރެންގެ މި ހިތުގެ ރާޖާއަކީ ޒިވިއަންއެވެ. އަހަރެންގެ ލޮތްބަކީ އެއީއެވެ. މިހިތުގެ ލަގަންދޫވި އިންސާނާއަކީ އެއީއެވެ. ޒާންއެއް ނޫނެވެ.

“ޒިވް…” މެހެކް އިރުކޮޅަކުން ޒިވިއަންއަށް ގިވާލިއެވެ. މެހެކް ގޮވާލުމުން ޒިވިއަން މެހެކްއަށް ނަޒަރު ހުއްޓާލިއެވެ. “ޒިވް…..އަހަރެން ވެސް ލޯބިވޭ….ޒިވިއަންދެކެ އަހަރެން ވެސް ލޯބިވީ މީގެ އެތައް އަހަރެއްކުރިން….ކުޑައިރުގެ އެ “ކްރަޝް” ލޮތްބައް ބަދަލުވެދާނެކަން ނުވިސްނުނު…..އޭގެ އެތައް އަހަރެއްފަހުން އެންމެ ފުރަތަމަ ދެމީހުންގެ ބައްދަލުވުން ފެށުނު ހިސާބުން ފެށިގެން ތި ނޫން މީހަކާމެދު ނުވިސްނޭ……”މެހެކްގެ ހިތުގެ ޝުޢޫރާއި، އިހުސާސުތަކާއި، ޖަޒުބާތުތައް ބަންޑުންކޮށްލީ ހިތަށް ވެސް ކުޅަދާނަނުވެގެން ކަންނޭނގެއެވެ. ޒިވިއަން އިނީ އުފާވާންވީ ކަމެއް ނުވަތަ ދެރަވާންވީ ކަމެއް ނުވިސްނިފައެވެ. އިވުނު ޚަބަރުން އޭނާވާންވީ އުފަލެވެ. “ހަމަ އަސްލު ވެސްތަ މެހެކް؟؟….” ޒިވިއަން އަހާލިއެވެ. “ޤަބޫލުނުކުރެވެނީ ތަ؟؟…” ޒިވިއަންގެ އެ ތޫނުކަންގަދަ ދެ ލޮލަށް ބަލަންހުރެ މެހެކް އަހާލިއެވެ. ސަމާސާވެރި ރާގަކަށެވެ.

“ނޫން…އެހެނެއް ނޫން…..އަހަރެން ވަރަށް އުފާވެއްޖެ” ޒިވިއަން ބުނެލިއެވެ. ދެމީހުންގެ އަމިއްލަ ދުނިޔެއަކަށް ދެވުން އިރު ފަލަކުގައިވާ ހަނދު ވެސް ލަދުން މޯޅިވެލިފަދައެވެ. އެ ހަނދު ވެސް މިރޭ އެ ދެ ލޯބިވެރިންނަށް ފުރުސަތުދޭން ބޭނުންވަނީފަދައެވެ. ޒިވިއަން ތެދުވެލާފައި އެއްކަކޫ ޖަހާ މެހެކްގެ ކުރިމަތީ އިޑިނދެލިއެވެ. އަދި މެހެކްގެ ހިމަ ހޯލި އިނގިލިތަކުގައި ފިރުމާލާ އެ ނިޔަނެތި މޫނަށް ނަޒަރު ހުއްޓާލިއެވެ. މެހެކް އިނީ ޒިވިއަންގެ މި ސިފަ ފެނި އަޖައިބުވެފައެވެ. “މެހެކް….އަހަރެން ވަރަށް ލޯބިވޭ…ޒަވާޖީ ޙަޔާތެއްވޭތިކުރަން ބޭނުންވަނީ މެހެކާއެކު……މި ގުޅުމަށް މީހެއްގެ ނުފޫޒު ފޯރާކަށް އަހަރެންގެ ހިތެއް ނޭދޭ…..މިރޭ މި މެހެފިލްގައި މެހެކްގެ ކުރިމަތީ އެއްކަކޫ ޖަހައިގެން އިނދެ ސަލާން މި ޖަހަނީ އަހަރެންގެ ދިރިއުޅުމުގެ ހުންގާނުގެ އެއްކޮޅުގައި ހިފުމަށް…….ތި ޙަޔާތުން އަހަންނަށް ޖާގައެއް ދިނުމަށް…..ތި ލޯބި ލޯބި އަތުން މި ހިތުގައި ފިރުމާލުމަށް……އައި ލަވް ޔޫ މަރިޔަމް މެހެކް މަމްދޫހު…………” ނިކަން އަސަރާއެކީ މެހެކްގެ ކުރި މަތީ ޒިވިއަން އެހާ ހާމައަށް ހިތުގެ އިހުސާސުތައް ބޭރުކޮށްލި މީ ފުރަތަމަ ފަހަރެވެ. މެހެކްގެ ދެ ލޮލުން ފޭބީ އުފާވެރިކަމުގެ މުތީތަކެއްފަދަ ކަރުނައެވެ. ޒިވިއަން ނުގޮތަކަށް މެހެކްގެ ކުރި މަތީ ލޯބި ހުށަހެޅީކަން މެހެކްގެ ތޫނުފިލި ސިކުނޑިން ދެނެގަތެވެ. “ޔެސް ޒިވް…….މި ޙަޔާތުން ޖާގައެއްދޭނެ އެންމެ ފުރަތަމަ އަދި ފަހު މީހަކީ ވެސް ހަމަ ޒިވް……އައި ލަވް ޔޫ ޓޫ…ޒިވިއަން ޒާލިމް…….” މެހެކް ބުނެލިއެވެ.

އެރޭ ވެގެންދިޔައީ ލޯބިވެރިންގެ ލިސްޓަށް ޒިވިއަންއާއި މެހެކްގެ ނަން ވެސް ހިމެނިގެންނެވެ. ދެ ލޯބިވެރިންނަށް ވެވިގެންނެވެ. ސުވާލަކީ އެރޭ އެގުޅުނު ދެ ހިތުގެ ގުޅުން އެ އޮތް ގޮތަށް ކުރިއަށްދާނެބާއެވެ. ދެ ލޯބިވެރިންނަށް އަމާން ދިރިއުޅުމެއް އުޅެވިދާނެ ހެއްޔެވެ؟ އަނދިރިކޮޅިގަޑެއް ޙަޔާތަށް ބިންދާލަން އުޅޭކަން އިހުސާސުކުރޭބާއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ޝަލީން 24

Next

ފުރަތަމަ ނަޒަރުން 2

Next
November 28, 2024

ފުރަތަމަ ނަޒަރުން 2

Previews
November 27, 2024

ޝަލީން 24

11 Comments!

  1. gurrrrl says:
    November 28, 2024 at 1:03 pm

    vrh nice finally ziv n mehek gulhihje pls dhurunukurahche
    cant wait for next part keep it up lots of luv

    1. Your fav bab says:
      November 28, 2024 at 3:13 pm

      No no no
      Hehheheheehe
      Mehek and zaan better
      I think that’s what the author is gonna do bro chill

    2. Mysterious Woman says:
      December 1, 2024 at 2:51 pm

      hehe shukuran..hope u like it very much 🙂

  2. Naksu ⚡ says:
    November 28, 2024 at 2:04 pm

    MI vaahaka reethikamun based husvejje.

    1. Naksu ⚡ says:
      November 28, 2024 at 2:05 pm

      Oops bas innaanee. Not based.

    2. Mysterious Woman says:
      December 1, 2024 at 2:52 pm

      naseebehnun baheh bunevun kan hehe…. 🙂

  3. Your fav bab says:
    November 28, 2024 at 3:06 pm

    I think mehek and zaan hen lovers ah vaanee
    Heheheheheheheh

    1. Mysterious Woman says:
      December 1, 2024 at 2:52 pm

      so mehek nd zaan gulhey dhw….ekm hingaa balamaaa vaa goi… 🙂

  4. Your fav bab says:
    November 28, 2024 at 3:12 pm

    Slayyyyyyy!!!!!

  5. Your fav bab says:
    November 30, 2024 at 11:50 am

    Mysterious women mysterious kamun dhen dhw!!!!!!!!!
    When next???????
    I’m running out of patience yooooo..

    1. Mysterious Woman says:
      December 1, 2024 at 2:54 pm

      insha allah..v.avahah..already submitted the 26th part…but it’s in pending…so heevany varah avhah e part kiyaalan libeyne hn….keep in touch 🙂

Comments are closed.

Next Episodeތިނެސްކަން ލޯބި (26)←


All Right Reserved!