ހާދިސާ ހިގައިގެން އުޅޭ ތަނަށް ދެވުނުއިރު މީހުންތައް އޮތީ ތޮއްޖެހިފައެވެ. ހަދަންފަށާފައިވާ ފަސްބުރީގެ އިމާރާތުގެ އެއްފަރާތުގައި ބަންޑުން އޮތް އަންހެންކުއްޖެއްއޮތެވެ. އެކުއްޖާ އޮތް ގޮތުން މޫނެއް ނުފެނެއެވެ. ލިބިފައިވާ ޒަޚަމުތަކުން މުޅިހަށިގަނޑުވަނީ ލެއިން ތަތްތެޅިފައެވެ. ފުރާނަހުރިކަމެއް ނޫނީ ނެތްކަމެއްވެސް ނޭނގެއެވެ. އަންހެންކުއްޖަކަށްވުމުން އީވާއަށް އިޝާރާތްކޮށްލުމުން އޭނަ އަންހެންކުއްޖާ އަނެއް ފަރާތަށް އަނބުރާލިއެވެ. ލެއިންތަތްތެޅިފައިވާ މޫނުފެނުމުން އަހަރެންނަށް ހީވީ މީހަކު ހިތުގައި ފިއްތާލާ ބާރުކޮށްލިހެންނެވެ. ކަރުނުން ފުސްވަމުންދިޔަ ދެލޮލުން އޭނަގެ މޫނު ފެންނަމުންދިޔައެވެ. އެއީ އެހެންމީހެއްނޫނެވެ. ޝާޔަންއެވެ. އެދިމާލަށް […]
“ވިލް ޔޫ މެރީ މީ؟” ހުރިހާ ކުދިންތައް ދިއުމުން ރަތްކުލައިގެ ފިނިފެންމަލެއް ޝާޔަލްއަށް ދިއްކޮށްލަމުން އަހާލީމެވެ. އޭނަ އަނގަމަތީގައި އަތްއަޅައިގެންހުރީ ގަބޫލުނުކުރެވިފައިކަންނޭނގެއެވެ. މިނެޓެއްވެގެންދިޔައިރުވެސް އެއްވެސް ޖަވާބެއްނުދީ އެގޮތަށް އޭނަހުރީއެވެ. ތެދުވަން ހީކޮށްލިތަނާ އަތުގައި އޮތް ރަތްފިނިފެންމަލުގައި އޭނަ މަޑުމަޑުން ހިފާލިއެވެ. އެއާއެކު ޝާލީ އައިސް ޝާޔަލްގެ ގައިގާ ބައްދާލިއެވެ. އުއްބައްތީގެ އަލީގައިވެސް ޝާޔަލްގެ މޫނުމައްޗަށްވެރިވެފައިވާ ލަދުވެތިކަން ހާމަވެއެވެ. “ޝާޔަލް ޤަބޫލިއްޔާ އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން..” އިސްޖަހާލައިގެންހުރި ޝާޔަލްއަށް ބަލާލަމުން އަހަރެން ބުނީމެވެ. “މާދަމާ ބައްޕަމެން […]
ދުނިޔެއަކީ ކޮންކަހަލަ ތަނެއްހެއްޔެވެ؟ އެކި ފަހަރު ދައްކަމުންމިދަނީ އެކި ކުލައެވެ. އެއްފަހަރު އުފާވެރިކަމެވެ. ނަމަވެސް ދެން ލިބިފައިވާ އުފާވެރިކަންމަތިން ހަނދާންނެތިދާނެހާ ވޭނާއި ހިތްދަތިކަމެވެ. މިއީ ހަމަ އަހަރުމެން އިންސާނުން އިމްތިޙާނު ކުރެއްވުމަށް މެދުވެރި ކުރެއްވި ގޮތެވެ. މިންވަރަށް އީމާންވާންޖެހޭނެއެވެ. ޝާލީ ކޮންމެ ދުވަހަކުވެސް ކޮލެޖު ނިންމާލުމަށްފަހު ޝާޔަލް ކައިރިއަށް ދެއެވެ. ފަހަރެއްގައިވެސް އެކަނިވުމުން މިއުވާންގެ ހަނދާންތައް އާވެދާނެތީ ކަންނޭނގެއެވެ. އަހަރުމެން އެކަކުވެސް ގޭތެރޭގައިވެސް ޝާލީ ދެރަވާފަދަ އެއްވެސް އެއްޗެއް ނުބުނެވޭތޯ ބަލަމެވެ. ވަރަށް ލަސްވަންދެން މަސައްކަތުގައި އުޅުނު […]
“ތީ ޝާލްއަށް ހީވާގޮތް.. އަހަރުމެން ހިތަށް އަރަނީ އަހަރުމެންނަށް ނޫޅެވޭނޭ އެމީހުންނާވަކިންނެއް.. އެކަމަކު ކުޑަކުޑަ ހިތްވަރެއް ކޮށްލީމަ އިނގޭނީ އަހަރުމެންނަށްވެސް އުޅެވިދާނެކަން އެމީހުންނާ ނުލާ..” ދޮންބެއަށްވުރެ ބޮޑަށް އެކަން ވިސްނޭނެ އެހެންމީހަކު ނުހުންނާނެއެވެ. ނޫރުގެ މަންމަދެކެ އޭނަ ކިހާ ލޯބިވިހެއްޔެވެ؟ ދޮންބެގެ ވާހަކަ އަޑުއިވުމުން ޝާލީ ތެދުވެ ދޮންބެގެ މޫނަށް ބަލާލިއެވެ. ދެމީހުންވެސް އެއްވޭނެއްގައި ތެޅިފޮޅެމުންދަނީއެވެ. ދޮންބެގެ ދިރިއުޅުން ބަރުބާދުވެގެންދިޔަމަގުން ޝާލީގެ ދިރިއުޅުން ދިޔަކަ ނުދޭނަމެވެ. “މާތްﷲ އިރާދަކުރެއްވިއްޔާ ޝާލްއަށް ރަނގަޅު ފިރިއެއް ލިބޭނެ..” ޝާލީގެ ބޮލުގައި […]
މުޅި ރޭގަނޑު ވޭތުވެދިޔައީ އެކަހަލަ ގޮތަކަށެވެ. އަހަރުމެން ދެމީހުންގެ ދެމެދުގައިވަނީ ދުރުކަމެއް އުފެދިފައެވެ. ކުރިން ކިތަންމެ އެކުވެރިކޮށް ވާހަކަދެއްކިކަމުގައިވިޔަސް މިހާރު ޝާޔަން ވަނީ ބަދަލުވެފައެވެ. އޭނަގެ ދުރުކަން ހިތަށް އުދަނގޫކުރަމުންދިޔައެވެ. ގާތްއެކުވެރިއަކު ކުއްލިއަކަށް ދުރުވުމުން ވީގޮތަކަށް ވެދާނެއެވެ. ފަތިސްވުމުން ޝާޔަން އަހަރެންގާތު ގެއަށް ދިއުމަށް އެދުނެވެ. އޭނަ އެކަނި ބަހައްޓާފައި ދާން ބޭނުންނުވިޔަސް ޑިއުޓީއަށް ދިއުމުގެ ކުރިން ނިދާލަން ބޭނުންވެއެވެ. ފަތިސްނަމާދުކޮށްލައިގެން ޖައްސާލުމުން ވަރަށް ފަސޭހައިން ނިދިއްޖެއެވެ. ކައިވެނީގެ ޙަފްލާއެކެވެ. މުޅިތަން ޒީނަތްތެރިކުރެވިފައިވަނީ ކަޅުކުލައިންނެވެ. މެހެމާނުންގެ ހެދުމުގެ […]
ހެނދުނެވެ. ފެންވަރާލައިގެން ނިކުތްއިރު މަންމައާއި ކިއާރާ ބަދިގޭގައި އުޅެއެވެ. އަހަރެން މޭޒުކައިރީގައި އިށީންތަނާ ދޮންބެވެސް އަތުވެއްޖެއެވެ. އަހަރެން ހަމައެކަނި ހިނިތުންވެލަމުން ސައިބޮއެގެން ނިކުތީ ގޭތެރޭގެ މާޙައުލާއި ދުރަށް ދިއުމަށެވެ. މިއުވާން ގުޅާފައި ބައްދަލުކުރަން ބޭނުންވާކަމަށް ބުންޏެވެ. އަހަރެން ގަސްތުކުރީ ހުޅުމާލެއަށް ގޮސް އޭނައާއި ބައްދަލުކުރުމަށެވެ. ދެމީހުން ދިޔައީ ހުޅުމާލޭގެ ހިތްފަސޭހަ އަތިރިމައްޗަށެވެ. “އަހަރުމެންގެ ޅިއަނަކަށް ވާން އުޅޭއިރުވެސް އަންގާވެސް ނުލަމެއްނު..” މިއުވާންއާއި ދިމާކޮށްލީމެވެ. “ޝިމާލްއަށް އިނގޭތަ؟” އޭނަގެ މޫނުމަތީގައިވީ ހައިރާންކަމެވެ. “ޝާލް ކިޔާދޭ ހުރިހާ އެއްޗެއް.. ޝީ […]
ޝާޔަންގެ ހަމަހިމޭންކަން ޝިއުޒްއަށް ލޮލުގެ އިޝާރާތުން އަންގާލީމެވެ. އަބަދުވެސް ހިނިތުންވުން ފެންނަ އެ މޫނުމަތިން މިހާރު ފެންނަމުންދަނީ މާޔޫސްކަމެވެ. އަހަރެންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދީ ތެދުމަގަށް އެޅުމަށް އެންމެ ބޮޑަށް އެހީތެރިވެދިން ކުއްޖާގެ މޫނުމަތިން އުފާވެރިކަން ނުފެންނުމުން ހިތް ވަނީ ނުތަނަވަސްވެފައެވެ. އިރުކޮޅަކު އޯޑަރދިނުމަށްފަހު ޝިއުޒް ދައްކަންފެށި މަޖާވާހަކަތަކުން މާޙައުލު ބަދަލުކޮށްލިއެވެ. ޝިއުޒްއާއި އެއްބައިވެގެން އެވާހަކަތަކުގައި ބައިވެރިވެލީމެވެ. އެންމެންނާއެކީ އުފާވެރި ވަގުތުތަކެއް އެތައް ދުވަސްތަކެއް ފަހުން ހޭދަކުރެވުނެވެ. ޝާޔަންގެ މޫނުމަތިން އެއްވެސް މަޖުބޫރުކަމަކާއިނުލާ އުފާވެރިކަން ފެނުމުން ހިތްހަމަޖެހުނެވެ. […]
އިޝްޤީ ލޯތްބަކީ އެހާ ފަސޭހައިން ވެވިދާނެ އެއްޗެއް ހެއްޔެވެ؟ ފުރަތަމަ ނަޒަރުންވެސް މީހެއްދެކެ ލޯބިވެވިދާނެ ހެއްޔެވެ؟ ލޯބިވެވުނީމަ އިނގޭނީ ކިހިނެއް ހެއްޔެވެ؟ ފިލްމުތަކުގައި އެދައްކާހާ ގޮތްގޮތް ހަމަ ޙަޤީޤީ ދިރިއުޅުމުގައިވެސް ވާނެ ހެއްޔެވެ؟ ކިތަންމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނަސް އުފާވެރިވެވޭނެ ހެއްޔެވެ؟ އެކަނިވުމުން ސިކުނޑިއަށް ވެރިވެގަތީ އެފަދަ ޙިޔާލުތަކެވެ. ލޯތްބާއި ކައިވެއްޏާއި ދޭތެރޭ ފުންކޮށް ވިސްނަންފެށީމެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ސީރިޔަސްކަމާއެކު ކައިވެއްޏާއިމެދު ވިސްނީމެވެ. ހަވީރުގެ ވަގުތެވެ. ނޫރު ކިޔާވަރުން ކިއާރާއާއި ޝާލީ އުޅުނީ އޭނަ ގޮވައިގެން […]
ޖެހިގެން އައި ހުކުރު ދުވަހު ޝިއުޒްއާއި ކިއާރާގެ ކައިވެނި ކުރެވުނެވެ. ކައިވެނީގެ ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރެއެވެ. ކައިވެއްޏަށްފަހު ކިއާރާ ބަދަލުވީ އަހަރެމެން އުޅޭ އެޕާރޓްމެންޓަށެވެ. މަޑުމައިތިރި، ހިތްހެޔޮ ލަދުރަކި ކުއްޖެކެވެ. ހޮނިހިރު ދުވަހުގެ ރެޔަށް އަހަރުމެން ތައްޔާރުވަމުން ދިޔައީމެވެ. ކައިވެނީގެ ވަލީމާ ބޭއްވުމަށް ހަމަޖެހުނީ ކިއާރާމެންގޭގެ ތަނަވަސް ޓެރަސްގައެވެ. ތަން ތައްޔާރުކުރެވުނީ ސާދާ ގޮތަކަށެވެ. އަށެއްޖެހިތަނާ މެހެމާނުން އަންނަންފެށިއެވެ. މަންމަމެންނާއެކީ އަހަރެން އިނީ ކަނެއްގައި ހުރި މޭޒެއްގައެވެ. އިން ގޮތުން ޝިއުޒްމެން ތިބިތަން […]