Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (ސޯޅަވަނަ ބައި)

Mysterious Angel Level 110 Stories100 Comments
May 15, 2016 4 Mins Read
9 Comments

“ތީ ޝާލްއަށް ހީވާގޮތް.. އަހަރުމެން ހިތަށް އަރަނީ އަހަރުމެންނަށް ނޫޅެވޭނޭ އެމީހުންނާވަކިންނެއް.. އެކަމަކު ކުޑަކުޑަ ހިތްވަރެއް ކޮށްލީމަ އިނގޭނީ އަހަރުމެންނަށްވެސް އުޅެވިދާނެކަން އެމީހުންނާ ނުލާ..” ދޮންބެއަށްވުރެ ބޮޑަށް އެކަން ވިސްނޭނެ އެހެންމީހަކު ނުހުންނާނެއެވެ. ނޫރުގެ މަންމަދެކެ އޭނަ ކިހާ ލޯބިވިހެއްޔެވެ؟ ދޮންބެގެ ވާހަކަ އަޑުއިވުމުން ޝާލީ ތެދުވެ ދޮންބެގެ މޫނަށް ބަލާލިއެވެ. ދެމީހުންވެސް އެއްވޭނެއްގައި ތެޅިފޮޅެމުންދަނީއެވެ. ދޮންބެގެ ދިރިއުޅުން ބަރުބާދުވެގެންދިޔަމަގުން ޝާލީގެ ދިރިއުޅުން ދިޔަކަ ނުދޭނަމެވެ.

“މާތްﷲ އިރާދަކުރެއްވިއްޔާ ޝާލްއަށް ރަނގަޅު ފިރިއެއް ލިބޭނެ..” ޝާލީގެ ބޮލުގައި ފިރުމާލަމުން ބުނީމެވެ. އޭނަގެ ލޮލުން އޮހޭ އެންމެ ކަރުނަތިއްކެއް ފެނުނަސް ހިތަށް ލިބެނީ ބަޔާންކުރަންދަތި ވޭނެކެވެ. ޝާލީ ފާޚާނާއަށް ވަނުމުން ދޮންބެއާއި ދެމީހުން ބޭރަށް ނިކުތީމެވެ.

“އޭނައާ ގުޅިއްޖެތަ މިހާރު؟” މިއުވާން ކަންތައްކުރި ގޮތުން ދޮންބެވެސް ހުރީ ހިތްހަމަނުޖެހިފައެވެ.

“ނުގުޅޭ.. ފޯން ނިއްވާލާފަ އޮތީ.. ކޮންމެ ތާކުހުއްޓަސް އޭނަ ހޯދާނަން އިންޝާﷲ..” އަހަރެންގެ ގާތް ރަޙްމަތްތެރިއަކަށްވެ ހުރެ އޭނައަށް އެފަދަ ގޮތަކަށް ކަންތައް ކުރަން ކެރުނުކަމީ ހައިރާންވާންޖެހޭކަމެކެވެ.

“ހުރިހާ ބުކިންތަކެއްވެސް ކެންސަލުކޮށްފިން.. ޝާލްވެސް ކިހާ ލަދުގަންނާނެ.. އޭނަގެ ރައްޓެހިންވެސް ދިމާކުރާނެ.. އަވަށްޓެރިންވެސް ފާޑުފާޑު ވާހަކަދައްކާނެ.. އަހަރުމެންނަށް އަޑުނީވުނަސް މަންމައަށާ ޝާލްއަށް އިވޭނެ..” މިހެން ކަންތައްވާނެ ކަމަށް އުންމީދުކުރާނީވެސް ކާކުހެއްޔެވެ؟

“އެހެންމީހުން ކޮންމެ އެއްޗެއް ކިޔަސް ފަރުވާލެއްނެތް.. މިކަމުގެ ޝާލްގެ އެއްވެސް ކުށެއްނެތް..” ޝާލީ ރުއިވަރާއި ގޭގެއެންމެންނަށް  ލިބިފައިވާ ހިތާމަތައް ފެނި މަޑުންހުންނަން އުދަނގުލެވެ. ގެއިން ނުކުމެގެން ސައިކަލަށް އަރާދުއްވާލީ މިއުވާން އުޅޭ ގެއަށްދިއުމަށެވެ. އެގެއަށް ދިއުމުން އެގުނީ މިއުވާން މިހާރު އެގޭގައި ނޫޅޭކަމެވެ. އިންތިހާއަށް ރުޅިގަދަވިއެވެ.

ހަވީރުވުމުން ދޮންބެބޭނުންވީ ޝާލީ ގޮވައިގެން ބޭރަށް ކޮންމެވެސް ތަނަކަށް ކާން ދާށެވެ. ބޭރަށްދާން އެއްބަސްވީ އެތައްވަރަކަށް އާދޭސްކޮށްގެންނެވެ. އޯޑަރދިނުމަށްފަހު އެކި ކަހަލަ މަޖާވާހަކަ ދައްކަމުންދިޔަނަމަވެސް އޭނަގެ މޫނުމަތިން އުފާވެރިކަމެއް ނުފެނުނެވެ. ކާއެއްޗެހި ގެނައުމުން ކެއީވެސް ކުޑަކޮށެވެ. ކައިނިމިގެން ދާންތެދުވިތަނާ ޝާލް ހުރިތަނަށް ހުއްޓިއްޖެއެވެ. ތަންކޮޅެއްދުރުގައި ހުރި މޭޒެއްގެ ދޮށުގައި އިނީ މިއުވާން ފިޔަވައި ދެވަނަ މީހެއްނޫނެވެ. އޭނަގެ ކުރިމަތީގައި ޝާލީމެންގެ އުމުރުގެ އަންހެންކުއްޖަކުވެސް އިނެވެ. ޝާލީ ބަލަންނުހުރެ ދޮރާއިދިމާލަށް ދުއްވައިގަތެވެ. މިއުވާންކައިރިއަށް ދާން ބޭނުންވިޔަސް އެވަގުތު މުހިއްމުވީ ޝާލީއެވެ. ދުވެފައި ނިކުތްއިރު އޭނަހުރީ ދޮރުކައިރީގައި މަޑުކޮށްލައިގެންނެވެ. ގެއަށް ދެވެންދެންވެސް އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ގެއަށް އައުމަށްފަހު އޭނަ އެދުނީ އޭނަ އެކަނިދޫކޮށްލުމަށެވެ.

އެހެން ރީތި އަންހެންކުއްޖެއް ފެންނައިރަށް ޝާލީގެ މަތިން މިއުވާން ފޫހިވީތާއެވެ. އޭނަ އެފަދަ މީހަކަށް ވެދާނެކަމަކަށް އަހަރެން ދުވަހަކުވެސް ހިތަކަށް ނާރައެވެ. އިރުކޮޅަކުން ޝާލީ ނިކުތީ މޫނުދޮވެ ރީތިވެލައިގެންނެވެ.

“ދޮންތި ކޮންތާކަށް؟” ނޫރު އަވަހަށް ދޮންބެގެ އުނގުން ފައިބައިގެން ގޮސް ޝާލީ ގާތަށް ހުއްޓުނެވެ. ނޫރު އުރާލަމުން ރައްޓެހި ކުއްޖެއްގެ ގާތަށްދާށޭ ބުނެލިއެވެ. ނޫރު ގާތު ތައްޔާރުވެލަން ދާށޭ ބުނަމުން ދޮންބެ ތެދުވިއެވެ.

“ދޮންބެ ބުނީ ތެދެއް.. އަހަރުމެންނާ ދޭތެރޭ ނުވިސްނާ މީހުންނާ ދޭތެރޭ ވިސްނުމަކީ ބޭކާރުކަމެއް.. އަހަރެންނަށް މިހާ ލޯބިވާ ފެމެލީއެއް ލިބިފަހުއްޓާ ކީއްކުރަން ބޭކާރު މީހުންނާ ދޭތެރޭ ވިސްނަނީ.. އަހަރުމެންނާ ނުލާ އެމީހުންނަށް އުފަލުގަ އުޅެވެއްޏާ އަހަރުމެންނަށްވެސް އެމީހުންނާ ނުލާ އުޅެވެންޖެހޭނެ..” ހީކުރިވަރަށްވުރެ ޝާލީ ހިތްވަރުގަދައެވެ. ދޮންބެ އާނއެކޭ ބުނަމުން ޝާލީގެ ނިތްކުރީގައި ބޮސްދިނެވެ. މަސައްކަތްކުރިޔަސް ދޮންބެއަށް ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަކެއް ނުހުއްޓުވުނެވެ. އަވަސް އަވަހަށް އިނގިލިން ކަރުނަތައް ފޮހެލީ އެހެންމީހަކަށް ފެނިދާނެތީކަން ޔަޤީނެވެ. ކިތަންމެ ހިތްވަރެއް ކުރިޔަސް ފިރެހެނަކަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށް ނޫންހެއްޔެވެ؟

ނޫރުއާއި ޝާލީ ޝާޔަލްމެން ގެއަށްލުމަށްފަހު އަހަރެން ދިޔައީ މުޙިއްމު ބައްދަލުވުމެއް އޮތީމައެވެ. އޮފީހުން ނިކުތްއިރު މުޅިއުދަރެސް ކަޅުވިލައިން ވަނީ ބައްދާލާފައެވެ. ދެންމެ ދެންމެ ވާރޭ އޮހިގެންފާނެހެން ހީވެއެވެ. ޓެކްސީއެއް ހޯދައިގެން ޝާޔަލްމެން އުޅޭ ގެއަށް ދެވުނީ ކިރިޔާއެވެ. ވާރޭ ބޯކޮށްލައިފިއެވެ. އެތެރެއަށްވަތްއިރު ނޫރު އަށް އޮތީ ނިދިފައެވެ. ޝާލީއާއި ޝާޔަލް ވާހަކައިގައި ޖެހިފައި ތިއްބެވެ. ޝާޔަންއެއް ފެންނާކަށް ނެތެވެ.

“ކިހިނެއްތަ މިހާރު؟” ސޯފާގައި އިށީންނަމުން އަހާލީމެވެ.

“ބަރާބަރު..” ކުރިއާއިޚިލާފަށް އެމޫނުމަތިން ފެންނަނީ އުޖާލާކަމެވެ.

“ޝާޔަން ނެތީތަ ގޭގަ؟” ދައްކާނެ ވާހަކައެއް ނޭނގުމުން އަހާލީމެވެ.

“ފިހާރައަށް ދާ ވާހަކައެއް ބުނި.. ބައިދަވޭ ތިހެން އޮފިޝަލްކޮށް ހުންނައިރު ވަރަށް ސްމާރޓް” ޝާޔަލްގެ ތަޢުރީފުކުރުމުން ސިހުނެވެ.

“ވާރޭވެސް ތުނިކޮށްލައިފި.. ހިނގާދާން..” ނިދިފައިއޮތް ނޫރުނަގަމުން ޝާލީ ގާތު ބުނީމެވެ. މާދަމާ އަންނާނެކަމަށް ބުނަމުން ޝާޔަލްގެ ގައިގާ ބައްދާލުމަށްފަހު ޝާލީ ތެދުވިއެވެ. އެންމެ ގާތް ރަޙްމަތްތެރިޔާއާއި ވާހަކަދައްކާލެވުމުން އޭނަގެ ހިތަށް ހަމަޖެހުން ލިބުނުކަހަލައެވެ.

ހަފްތާއެއް ވޭތުވެގެން ދިޔައީ ހަމަހިމޭންކަމާއެކީގައެވެ. އެންމެންގެ ކުރީމަތިގައި ޝާލީ ހުންނަނީ އުފާވެރިކަން ދައްކައިގެންނެވެ. އެކަމަކު އެކަނިވުމުން ވިސްނުމަކަށްގޮސް ހުސްވެފައިހުރެއެވެ. ފަހަރެއްގައި އޭނަގެ ހިތާމަތައް އެހެންމީހުންނާ ހިއްސާކުރަން ބޭނުންނުވަނީ ކަންނޭނގެއެވެ. އޭނަގެ ހަމަހިމޭންކަމުގެ ސަބަބުން ހިތްދަތިވެއެވެ. ކުރިން މުޅިގޭގައި އޭނަގެ ހުނުމުގެ އަޑުން ހަލަބޮލިވެފައިހުރެއެވެ.

އޮފީހުގައި އުޅެފައި ރައްޓެއްސަކާއެކު ކޮފީއަކަށް ދިޔަ ދުވަހެކެވެ. ކޮފީ ނިންމާލުމަށްފަހު ދާން ތެދުވިތަނާ އެއްކަނެއްގައި ހުރި މޭޒެއްގައި ދޮށުގައި އިން މިއުވާން ލޮލުގައި އަޅައިގަތެވެ. އެކީގައި އައި އެކުވެރިޔާ ގާތު އިރުކޮޅަކުން ދާނަމޭ ބުނެފައި އެދިމާލަށް ހިގައިގަތީމެވެ. ކައިރިއަށްގޮސް ހުއްޓުނުއިރުވެސް އޭނައަކަށް ނޭނގުނެވެ. ގޮވާލުމުން އިސްއުފުލާ ބަލާލިއެވެ. އޭނަގެ މޫނުމަތިވަނީ މިލާފައެވެ. ދެލޮލުގެ ރަތްކަމުން ދޭހަކޮށްދެނީ ރޭގަނޑުގެ ނިދިން މަޙުރޫމުވެފައިވާކަމެވެ. އޭނައަށް އެހާލުޖެހެންވީ ކީއްވެހެއްޔެވެ؟ މީއޭނަ އުފާކުރަންވީ ވަގުތެއް ނޫންހެއްޔެވެ؟

“ކީއްވެ؟” ސުވާލުތައް ހިތުގައި ފުނިޖެހެމުންދިޔައިރުވެސް ދުލުން ބޭރުވީ ހަމައެކަނި އެލަފްޒެވެ.

“ޝިމާލް އަހަރެން..” އޭނަ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް މިއަދު އޭނަ ދައްކާ ވާހަކަ އަޑުއަހާކަށް ބޭނުމެއް ނޫނެވެ. އޭނަގެ އަތުގައި ހިފައިގެން ބޭރަށް ނިކުތީ މީހުންގެ ކުރިމަތީގައި ވާހަކަދައްކަން ބޭނުންނުވާތީއެވެ.

“ތިދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން.. މިއުވާންއަކަށް ނޭނގޭނެ ޝާލްކުރާ ހިތާމައެއް.. އޭނަ ރުއި ރުއިމެއް.. ކައިވެއްޏަށް ހުރިހާ ތައްޔާރުތަކެއްވީމަތަ އެނގުނީ ތިހެން ކަންތައް ކުރަން… އިނގޭތަ މަންމަމެން ކުރިމަތީ އަހަރެން ލަދުގަތްވަރު.. އެމީހުން ހާދަ އިތުބާރެއް ކުރިޔޭ މިއުވާންއަށް.. ޝާލްއަށް އެހާބޮޑު ދެރައެއް ދޭންބޭނުންވާނަމަ ކީއްކުރަންތަ ކައިވެއްޏާ ހަމައަށް ދިޔައީ..” ދުލުން ބަހެއްވެސް ނުބުނެ ހަރަކާތެއްވެސްކޮށްނުލާ އޭނަ ހުއްޓެވެ. ހީވަނީ އަހަރެން ކިޔާނެ އެއްޗެއް ކިޔަންދެން އަޑުއަހަންހުރީހެންނެވެ.

“އަހަރެން ކުރިކަމެއް ކުރީ ޝާލްއަށް ރަނގަޅަކަށް..” ކުށްވެރިއެއްފަދައިން އިސްޖަހާލައިގެން ހުރެ އޭނަ މަޑުމަޑުން އިއްވާލިއެވެ.

“ކީކޭ؟ ޝާލްއަށް ރަނގަޅަކަށޭ.. ލަދުގަނޭތަ؟ ހިތެއްހުރި މީހަކުވިއްޔާ އޭނަ އުޅޭ ޙާލުފެނިފަ ދެރަވާނެ.. އޭނައަށް އެހާލު ޖައްސާފަ އަދިވެސް ތިބުނަނީ އޭނައަށް ރަނގަޅަކަށޭ..” ރުޅިގަދަވިވަރުން އޭނަގެ ގަމީހުގެގައި ހިފައިގަނެވުނެވެ.

“އާނ އާނ… ހަމަ ޝާލްއަށް ރަނގަޅަށް.. ޝިމާލްއަށް ނޭނގުނަސް ނުވިސްނުނަސް ޤަބޫލުނުކުރިޔަސް ނުކުރިޔަސް އަހަރެން ޝާލްދެކެ ވަރަށް ވަރަށް ލޯބިވޭ.. އެކަމަކު އަހަރުމެން ދެމީހުންނަށް އެކުގަ އުޅެވެންނެތީމަ އެހެންކަންތައް ކުރަން ޖެހުނީ.. މީ ސަބަބަކީ.. ” ޖީބުންނަގާ އަހަރެންގެ އަތަށް ލީ ކަރުދާސްގަނޑެކެވެ. މަޑުމަޑުން ކަރުދާސްގަނޑު ނެގިއިރު އޭގައިވަނީ ބީޓާ ތެލަސީމިއާ ވާރުތަކުރާގޮތް ހުންނަކަން އަންގައިދޭ ފިޔާތޮށިކުލައިގެ ކާޑެވެ. ޝާލީއަތުގައިވެސް އޮންނަނީ ހަމައޭގެ ކާޑެކެވެ.

“ކީއްވެ ނުބުނީ؟” ޝަކުވާގެ ރާގުގައި އަހަރެންއަހާލީމެވެ. އޭރު އެދެލޯ ކަރުނައިންވަނީ ފުރިފައެވެ.

“އަހަރެން ރީތިކޮށް ހުރިހާ ވާހަކައެއް ބުނެފިއްޔާ ޝާލްއަށް ކުރާނެ އަސަރު މާ ބޮޑުވާނެ.. އަހަރެން އޭނަދެކެ ލޯބިވާކަން އެނގިހުރެ ވަކިވާންޖެހުނީމަ ކިތަންމެ ބޭނުންވިޔަސް ދެމީހުން ދުރުވާން އުދަނގޫވާނެ.. އެކަމަކު ސަބަބު ނުބުނެ އަހަރެން މިހެން ކަންތައްކުރީމަ އޭނައަށް މަޖުބޫރުވާނެ އަހަރެންނަށް ނަފްރަތުކުރަން.. އޭރުން އޭނައަށް ފަސޭހަވާނެ އަހަރެންގެ މަތިން ހަނދާންނައްތާލަން.. އަހަރެން ބޭނުންވަނީ އޭނަ އަހަރެންގެ މަތިން ހަނދާންނައްތާލާފަ މޫވްއޮން ކުރަން.. ޓްރަސްޓް މީ ޝިމާލް އޭނަ ދެރަކޮށްފަ އޭނައާ ވަކިންއުޅެން އަހަރެންނަކަށްވެސް ފަސޭހައެއް ނޫން… އައި ލަވް ހާ ސޯ މަޗް.. ކިތަންމެ ފަހަރަކު ފޯންވެސް ނެގިން ގުޅަން.. އެކަމަކުވެސް ދެމީހުންނަށް ގުޅިގެން އުޅެވެންނެތްކަން އެނގޭތީވެ ފަސްޖެހެނީ..” ސުބްޙާނަﷲ.. ކަންތައްތައް ވެގެން މިދަނީ ކިހިނެއްހެއްޔެވެ؟ އަހަރުމެން މިއުވާންއާއި ދޭތެރޭ ވިސްނަމުން އައީ ކިހާ ގޯސްކޮށް ހެއްޔެވެ؟ އެއްފަހަރުވެސް އޭނަ އެގޮތަށް ކަންތައްކުރީ މިހެންވެގެންކަން ވިސްނާނުލެވުނީ ކީއްވެހެއްޔެވެ؟

“ނޫން.. މިނޫން ގޮތެއް އޮންނަންވާނެ.. ޝާލްއަށް ޙަޤީޤަތް އެނގެންޖެހޭނެ.. މިއުވާންގެ ކުށެއްނެތި އޭނަ މިއުވާންއަށް ނަފްރަތުކުރާކަށް އަހަރެން ބޭނުމެއްނޫން..” މިއުވާން ކަންތައްކުރި ގޮތެއް އަދި ރަނގަޅެއްނޫނެވެ.

” މިނޫން ގޮތެއް ނެތޭ.. އަހަންނަށް އިނގޭ އަހަރެން އުޅޭ މިއުޅޭ ޙާލު.. އެކަމަކު މާތްﷲ އިރާދަކުރެއްވިއްޔާ ވަގުތާއެކީ ހުރިހާކަމެއްވެސް ރަނގަޅުވާނެ..” ލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނަތައް އޭނަފޮހެލީ ނުހަނު ހުށިޔާރުކަމާއެކީގައެވެ.

“އެކަމަކު އަހަންނަކަށް ޝާލް ގާތު ދޮގެއް ނުބުނެވޭނެ.. މިއީކީ އަދި ރަނގަޅުގޮތެއްވެސް ނޫން..” އޭނަ އެބުނާ ގޮތަށް ކަންތައްކުރަން ހިތްއެއްބަހެއްނުވިއެވެ.

“ފަހަރެއްގަ ޝާލްއަށް ޙަޤީޤަތް އެނގުނީމަ މެރީކުރަންވެސް އާދޭސްކޮށްފާނެ.. އޭރުން އަހަންނަކަށްވެސް ދެކޮޅެއް ނެހެދޭނެ.. އެނގިހުރެ މީކޮށްގެންވާނެކަމެއް ނޫން ޝިމާލް.. މިއަދު އަހަންނަށް ޝާލީއަށް ހުވަފެންތައް ދެއްކިދާނެ އެކަމަކު މާދަމާ އޭގަ ކުލަޖައްސައިދެވެންނެތްކަން އެނގިހުރެ ހުވަފެން ދައްކާދީފިއްޔާ އޭނަ މާބޮޑަށް ދެރަވާނެ..” ފިރެހެނަކު އެހާވަރަށް ރުއިތަނެއް އަހަރެން ނުދެކެވެ. ލޯތްބަކީ ބާރުގަދަ އެއްޗެއްކަން މިހާރު ވިސްނެއެވެ. ޝާލީއާއި ވަކިވިފަހުން މިއުވާންއަށް އައިސްފައިވާ ބަދަލުވެސް މީހަކު ކިޔާނުދިނަސް އެނގޭހާވެއެވެ. އެމޫނުމަތީގައި ދުނިޔޭގެ ހުރިހާ ހިތާމައެއް ޖަމާވެފައިވާ ފަދައެވެ. އެދެލޮލުން ފެންނަމުންދަނީ ވީރާނާކަމެވެ. މިއިން ޒަމާނަކުވެސް އުފާވެރިކަން ނުދެކޭ މީހެއްފަދައެވެ.

” ޝާލް އެހެން ދިރިއުޅުމެއް ފެށީމަ އަހަރެން އޭނައަށް ހަޤީޤަތް ބުނެދޭނަން.. މިކަމާ މިއުވާންވެސް ދެކޮޅު ނަހަދާތި.. ޔޫ ނޯ ވަޓް.. އައި އެމް ޕްރައުޑް އޮފް ޔޫ.. ” އޭނަ އެވީ ކޮންފަދަ މަތިވެރި ޤުރުބާނީއެއް ހެއްޔެވެ؟ ޝާލީއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން އަހަރުމެންނަށްވެސް އެހާވަރަކަށް ނޫޅެވޭނެކަންނޭނގެއެވެ. އެހާ ލޯބިވާމީހަކު ލިބުމަކީވެސް ޝާލީގެ ނަސީބެވެ. އަހަރެން އޮފީހަށް ދިޔައިރުވެސް މިއުވާންގެ ކާޑު އަތުގައި އޮތެވެ. އޭނަ އެދެއްކީވެސް މުޅިން ދޮގު ވާހަކައެއްނޫނެވެ. އެކީގައި އުޅެވެންނެތްއިރު އެކަމަށް އުންމީދުކުރުމަކީވެސް ބޭކާރުކަމެކެވެ. ދެމީހުންނަށްވެސް ވަކިން އުޅެން އުދަނގޫވާނެއެވެ.

ދުނިޔެއަކީ ކޮންކަހަލަ ތަނެއްހެއްޔެވެ؟ އެކި ފަހަރު ދައްކަމުންމިދަނީ އެކި ކުލައެވެ. އެއްފަހަރު އުފާވެރިކަމެވެ. ނަމަވެސް ދެން ލިބިފައިވާ އުފާވެރިކަންމަތިން ހަނދާންނެތިދާނެހާ ވޭނާއި ހިތްދަތިކަމެވެ. މިއީ ހަމަ އަހަރުމެން އިންސާނުން އިމްތިޙާނުކުރެއްވުމަށް މެދުވެރި ކުރެއްވި ގޮތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Angel

Level 110 Stories100 Comments

Other Articles

Previous

އިންތިޒާރުގައި ހުރިން 3

Next

މާޒީ…..(ތިންވަނަބައި)

Next
May 15, 2016

މާޒީ…..(ތިންވަނަބައި)

Previews
May 14, 2016

އިންތިޒާރުގައި ހުރިން 3

9 Comments!

  1. Mysterious Angel says:
    May 15, 2016 at 9:45 pm

    Sorry for the late and I know it is short.. But I didn’t get enough time to write :/

  2. yum says:
    May 15, 2016 at 9:58 pm

    Awkii btw vahaka v salhi

  3. Hooo says:
    May 16, 2016 at 12:10 am

    Varah salhi.

  4. sharu says:
    May 16, 2016 at 7:20 am

    Mivaahaka v reethi mihaakiyaa hithun kiyaa vaahaka ehneh

  5. annu says:
    May 16, 2016 at 10:37 am

    varah fake mi story….i mean beta thalaseamia, ehenve rulhi vee…..

    1. Hush says:
      May 16, 2016 at 11:21 am

      Beta thalaseamia 2 myhun marry kohgen libey kudhin leyalha kudhina vumuge furusath bodu..

  6. rafa says:
    May 16, 2016 at 1:38 pm

    Story v nice 🙂

  7. Ba says:
    May 16, 2016 at 4:07 pm

    V nice 🙂

  8. RY says:
    May 22, 2016 at 8:16 pm

    Plz next part avahah up kohdhyba

Comments are closed.

Next Episodeއަހަރެންގެ ވާހަކަ (ސަތާރަވަނަ ބައި)←


All Right Reserved!