“އައްސަލާމަލައިކުމް.. ޝިމާލް މީ ޝާޔަން..” ފޯން ނެގުމާއެކު އިވުނީ ޝާޔަންގެ މަޑުމައިތިރި އަޑެވެ. ސަލާމުބަލައިގަތުމަށްފަހު ގުޅީ ކަމެއްގަ ތޯ އަހާލީމެވެ. “މިއަދު މެންދުރު ޒައިކްއާ އަހަރެން ދޭ ކެއުމަކަށް ދަޢުވަތުދޭން ވެގެން މިގުޅީ.. ޝިމާލްގެ ކޮއްކޮއާ ދެމީހުންނަށް.. އެއްގަޑި ބައިގަ އަންނައްޗޭ ހަނދާންކޮށް..” ކުއްލިއަކަށް ޝާޔަން އެ ގުޅީ ކެއުމަކަށް ދައުވަތުދޭން ހެއްޔެވެ؟ އަނެއްކާ ކިހިނެއް ވީ ހެއްޔެވެ؟ އިތުރު ވާހަކައެއް ނުދައްކާ އޭނަ ފޯންބޭއްވިއެވެ. އެޑްރެސް އެސް އެމް އެސް ކޮށްފައިއޮތެވެ. ހުކުރުން އައިގޮތަށް ދެމީހުން […]
“އައި އެމް ރިއައީ ސޮރީ…” ސަލާމުކުރުމަށް އަތްދިއްކޮށްލިއިރު އަތުގައި ނޫރު ދިން މާ އޮތްކަމެއް ހަނދާނެއްނެތެވެ. ލަދުރަކި ގޮތަކަށް ހީލަމުން މާ ހިފައިގެން އޭނަ އެތެރެއަށްވަނެވެ. ގަޑިޖެހޭތީ އަވަހަށް ދެވޭތޯއެވެ. ހަފްތާ ވޭތުވެގެން ދިޔައީ ވަރަށް އަވަދިނެތިކޮށެވެ. ދޭތެރެ ދޭތެރެއިން ޝާލީއާއެކީ ޝާޔަލް ގެއަށް އައިސް އުޅެއެވެ. އަހަރެން ފެންނަ ކޮންމެ ފަހަރަކު ލަދުރަކި ހިނިތުންވުމެއް ހަދިޔާކުރެއެވެ. އަހަރެންވެސް ރައްދުގައި ހިނިތުންވެލަމެވެ. ފުރާ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. ދޮންބެ އަހަރުމެން ފުރުވަން އެއަރޕޯރޓަށް އައިސް ހުއްޓެވެ. […]
ކުއްލިއަކަށް ބޮލަށް ތޫނު ތަދެއް އެރިއެވެ. ފެންނަމުންދިޔަ މަންޒަރުތައް މަޑު މަޑުން ފުސްވަމުންއައިކަން އެނގުނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ. މަންޒަރުތައް ސާފުވަމުން އައިއިރު ފުރަތަމަވެސް ފެނުނީ މަންމަގެ މޫނެވެ. އެއަށްފަހު ދޮންބެއެވެ. ޝާލީ ކައިރީގައި އިންކަން އެނގުނީ އަތުގައި ހިފާލުމުންނެވެ. އެދެލޮލުން ކަރުނަތައް ވިދަމުންދިޔައެވެ. ބަލާލުމާއެކު އޭނަގެ ބަޑި ފަޅައިގެންދިޔައެވެ. ރޮމުން އަހަރެންގެ ގައިގާ ބައްދާލިއެވެ. އެއްވެސް ކަމެއް ނުވެއޭ ބުނެލަމުން ޝާލީ ރުއިން ހުއްޓާލުމަށް ބުނީމެވެ. އޮވެވުނީ ސިއްހީ މަރުކަޒުކަން އިނގުނީ އަތުގައިވާ ކެނިއުލާފެނުނީމައެވެ. […]
” ހޫމް… މެރީ ކުރާނަން.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށްވެސް..” އެހެން ބުނީ އެއްވެސް މާނައެއް އޮވެގެންނެއްވެސް ނޫނެވެ. އަހަރެންގެ ހިތުގައި އަންހެންކުއްޖަކަށްޓަކައި ޚާއްސަ މަޤާމެއްނެތްއިރު ކައިވެއްޏަކީ އަދި ވަރަށް ދުރުގައިވާކަމެކެވެ. ” އެއީ އަހަރުމެން އެންމެ ދެކެން ބޭނުންވާ ދުވަސް..” ޝިއުޒް ހުރިހާ ދަތްތައް އެއްފަހަރާ ދައްކާލިއެވެ. ” އަހަރުމެންނޭ.. ޔަޤީން ޝާލްއާ ދެމީހުންދޯ…” އެކަހަލަ ކަންތައްތަކުގައި އެންމެ ފޯރި ހުންނާނީ ޝާލީވިއްޔާއެވެ. ” މަންމަޔާ ދޮންބެވެސް..” ދޮންބެގެ ނަން ބުނެވުމާއެކު އޭނަގެ ތުންފަތް މައްޗަށްވެރިވީ ހިތި […]
“ނޭނގެ… ނުބަލަން އަދި..” އެވަގުތު ދުރުން ނޫރު ގޮވާއަޑުއިވުމުން އަހަރެން އަތަށް ކާޑު ކޮށްޕާލަމުން ޝާލީ ދުވެފައިހިގައްޖެއެވެ. ހުދާއި ވިލުނުލުން ޖަރީކޮށްފައިވާ ކާޑަށް އަހަރެން ބަލާލީމެވެ. ކާޑުގައިވާ ނަން ފެނުމުން ލިބުނީ ހައިރާންކަމެވެ. ކާޑަށް ބަލަހައްޓައިގެން ހުރެވުނީ އެއީ ތެދެއްކަމަށް ޤަބޫލުނުކުރެވިފައެވެ. “ޝާޔަން ވެޑްސް ޒައިކް” ކާޑުގައި ކަޑާނަގާފައިވާ ނަން ކިޔާލެވުނީ ތަންކޮޅެއްބާރަށެވެ. ” ޝާޔަން އެއީ ޝާޔަލްގެ ދައްތަދޯ ތިއްތީ…” ނޫރު އުރާލައިގެން އެތެރެއަށް ވަންނަށްއައި ޝާލީއަށްވެސް އެއަޑު އިވުނީތާއެވެ. ” ތިއްތިއަކަށް ނޭނގެ ޝާޔަލްއެއް..” […]
މީހަކު ކޮޑުގައި އަތްޖައްސާލުމުން އަހަރެން ސިއްސައިގެންދިޔައެވެ. “ހިނގާ ކޮފީއަށް..” ބަނޑުހައިކަމުގެ އިހްސާސްކުރެވުނީވެސް މިއުވާން އެހެންބުނުމުންނެވެ. ކެއުމުގެ ވަގުތުގައި ދެކެވެމުންދިޔައީ އަމިއްލަ ދިރިއުޅުމުގެ ވާހަކައެވެ. އަހަރެން ހަމައެކަނި އެމީހުން ދައްކަމުންދިޔަ ވާހަކަ އަޑުއަހަން އިނީއެވެ. ފޯނު ވައިބުރޭޓް ވާންފެށީ ކައިނިމުނުތަނާއެވެ. “ހަލޯ ކީކޭ އިޒް” ތަންކޮޅެއް ދުރަށް ޖެހިލަމުން ފޯންނެގީމެވެ. “ތިއްތީ.. ވަރަށް ބޮޑު ވާހަކައެއް ބުނަން މިގުޅީ..” ޝިއުޒްގެ އަޑުންވެސް އޭނާހުރީ އުފާވެފައިކަންއިނގެއެވެ. “ހޫމް ބުނެބަލަ އަވަހަށް.. ޕްރަމޯޝަނެއް ލިބުނީތަ؟” ހިނިގަނޑެއް ޖަހާލަމުން އަހާލީމެވެ. ” މެރީކުރަން […]
“އައި ނޯ މައި ހޭންޑްސަމް އެން އައި ލަވް ޔޫ ޓޫ..” އެ މައުސޫމު އަޑުން ބުނެލިގޮތުން ހިނިވެސްއައެވެ. ނަމަވެސް އެކުއްޖާފުޅު ރުޅިއައިސްދާނެތީ ހިނިގަނޑު އެތެރެއަށް ހިންދާލީމެވެ. “ކޮން ބޭބީއެކޭ ސްވިޓީއެކޭ ކިޔާކަށް.. ތައްޔާރުވެގެން ހިނގާބަލަ އެތަނަށްދާން..” މާދު ހުރީ ދޮރުމަތީގައެވެ. ޝާލީކައިރީ ފަހުން ގުޅާނަމޭ ބުނެލަމުން ފޯންބޭއްވީމެވެ. އެންމެން ތައްޔާރުވެގެން ދެވުނުއިރު އަށެއްޖެހީއެވެ. އެންމެން އަވަސްވެގަތީ އެމީހަކަށް ހަވާލުވެވިފައިވާ މަސައްކަތައިގެންނެވެ. “ވެއަރޑް.. މީގެ ތިންމަހެއްހާ ދުވަސްކުރިން ހަމައެގޭ ކުއްޖަކު ދަންޖެހިގެން މަރުވެފަ އޮތީ..” ކުރީގެ ލިޔުންތަކަށް […]
“ކީއްވެފަ ކޮޅަށް ތިހިރީ މިތާ އިށީނދެބަލަ..” ދެވަނަ ފަހަރަށް އެހެންބުނުމުން އަހަރެން ސޯފާގައި އިށީނީމެވެ. ” ދޮންބޭ މަ ވަރަށް ހަޑިކޮށް މިހިރީ” ހާސްވެފައިހުރިވަރުން ވާހަކަވެސް ދެއްކުނީ އާގަންނަކަހަލަ ގޮތަކަށެވެ. ” އިނގެއޭ.. އެކަމަކު މިވާހަކަ އިހަށް އަޑުއަހާބަލަ..” ދޮންބެއަށް ބުނެވުނީ އެހާވަރަށެވެ. ފޯނެއް އައުމުން އަތުގެ އިޝާރާތުން މަޑުކުރުމަށް ބުންޏެވެ. ފޯނުކޯލު ނިމެންދެން އަހަރެން ހުރީ ނޭވާ ހިފަހައްޓާލައިގެންނޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ” ވަރަށް އަވަހަށް މީހަކަށް ލޭދޭން ޖެހިގެން ކްރަސްމެޗް ހަދާލަން ހޮސްޕިޓަލަށް މިދަނީ.. […]
(ނޯޓް: މިއީ ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ރަށުގެ ނަމަކީ ހިޔާލީ ނަންނަމެވެ.) ” ވަޓް؟؟.. މަ ކޮންއިރަކު ތިކަހަލަ ވާހަކައެއް ބުނީ.. ” އަހަރެން އެފަދަ ނަޒަރަކުން އެއްވެސް މީހަކާދޭތެރޭ ނުވެސްވިސްނަމެވެ. އަންހެންކުދިންނަކީ ހަމައެކަނި ވަގުތީކަމެކެވެ. ” ކޮންމެ އެއްޗެއް ދުލުން ބުނާކަށް ނުޖެހޭ.. މީހާގެ އަމަލުތަކުން އެމީހެއްގެ އިހްސާސްތައް ހުންނަގޮތް އިނގޭނެ..” ވަރަށް ވިސްނުންތެރިކަމާއެކު މިއުވާން ބުންޏެވެ. “މަށަށް ހީވަނީ މިއުވާންއަކަށް މަށެއް އަދި ނޭނގޭހެން.. މަށަކީ […]