Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 15

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
December 8, 2015 6 Mins Read
12 Comments

”އިޒްކާންއާ ދެކުދިން މައްސަލައެއް ޖެހުނީތަ؟…” ޔަޝްމްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒައުމާއަށްވެސް ކޮށްލެވުނީ ސުވާލެކެވެ. އޭނަ ހުރީ ކަންބޮޑުވެފައެވެ. ކުއްލިޔަކަށް ޔަޝްމް އެމައުޟޫއުއަށް ދާނީ ކޮންމެ ވެސް ކަމެއް ހިނގީމައެވެ. މީގެ ކުރިން ވެސް ޔަޝްމް އޭނައާ އެސުވާލު ކުރިމަތި ކުރުވާފައި ނެތެވެ. އޭނަ އިޒްކާންގެ މާޒީ ކިޔައިދޭން އުޅުމުން ވެސް ޔަޝްމް މުހިންމު ކަމަކަށް ހަދާ ނުލިއެވެ.

”ނޫނޭ، މައްސަލައެއް ނުޖެހޭ، ވީ އާރ ހެޕީ، ދެން އެކަން އެނގެން ބޭނުން ވާތީ މަންމަ ގާތުން އަހާލީ…” ޔަޝްމް ދޮގެއް ހަދާލިއެވެ. އޭނައަކީ ދޮގު ހަދަން ފޫހިވާ ކުއްޖަކަށް ވިޔަސް މިފަހަރު ޖެހުނީ އެކަން ވެސް ކުރާށެވެ.

”އެކުއްޖާ މިހާރު ވީ ރާއްޖެއިން ބޭރުގަޔޯ، އޭނަ އިޒްކާން ދޫކޮށްލާފަ އެހެން ފިރިހެނަކާ އެކު ފިލަން އުޅެނިކޮށް އެކްސިޑެންޓެއްވީ، ހާލުވެސް ސީރިޔަސްވި، އޭގެ ފަހުން ވީ ގޮތެއް މަންމައަކަށް ނޭގޭ… ދަރިފުޅު އެކަމާ ގުޅޭގޮތުން އިޒްކާންއާ ސުވާލު ނުކުރައްޗޭ، އޭނަ މާޒީ މަތިން ހަނދާން ނައްތާލާފައި ދަރިފުޅާ ކައިވެނި ކުރީ އާހަޔާތެއް ފަށަން، އެކަމުގައި ދަރިފުޅުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ، މަންމަ ދިން ނަސޭހަތުގައި ހިފައްޗޭ” ޒައުމާއަށް އެނގޭ ވަރަށް އޭނަ ކިޔައިދިނެވެ. އެއީ ބަލްޤީޝް އޭނަ ގާތު ބުނެދީފައިވާ ގޮތެވެ. ޒަމާންވީ ދެއެކުވެރިންނަށް ވިޔަސް ދެމީހުން ވެސް ވަނީ އެކަކު އަނެކަކަށް ވަރަށް ބޮޑަށް އޮޅުވާލާފައެވެ.

”މަންމަ ބުނި ގޮތަށް އަހަރެން އަބުދެވެސް ކަންތައް ކުރަމެއްނު…” ޔަޝްމް ބުނެލިއެވެ. ޒައުމާ ދަރިފުޅާ ވާހަކަ ދައްކާލަމުން ފޯންކޯލް ކުރުކޮށްލީ ތަނަކަށް ދާން ޖެހިގެންނެވެ. ފޯންކޯލް ނިމުނު އިރު ޔަޝްމްއަށް ކުޑަ ހަމަޖެހުމެއް ލިބިއްޖެއެވެ. އިތުރު އެއްވެސް މީހަކަށް އިތުބާރު ނުކުރެވުނަސް މަންމައަށް އިތުބާރު ކުރެވެއެވެ. މަންމަ އެ އިތުބާރު ނަގައިނުލާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް އޭނައަށް އެބަ އޮތެވެ.  ނަމަވެސް ނުވިސްނުނު ތަންކޮޅަކީ އެވަރުގެ ކުޑަ ކަމެއް ސިއްރުކުރަން ލިމްޝާ ވަޒީފާއިން ވަކިކޮށްލަން ޖެހުނު ސަބަބެވެ.

”އައި ކާންޓް ބިލީވް ދިސް… އިޒްކާން އެހާ ސްޓްރޭންޖްކޮށް އުޅެނީ ހަމަ އެކަމުގެ ސަބަބުންބާ؟…” ޔަޝްމް ދެފަރާތަށް ބޯހޫރާލިއެވެ. އޭނަ ހުރީ ލިމްޝާގެ ހާލާ މެދު ވަރަށް ބޮޑަށް ދެރަވެފައެވެ. އެހީވާން ބޭނުންވިޔަސް އެކަމުގެ ހުރިހާ ދޮރެއް އެވަނީ ބަންދުވެފައެވެ. މާހުތާބް ގާތުން އަހައިފިނަމަ ސީދާ އެމައްސަލަ ދާނީ ބަލްޤީޝްގެ ގާތަށް ކަން އޭނައަށް އެނގެއެވެ. އޭރުން މައްސަލަ އިތުރަށް ގޯސްވެދާނެއެވެ.

ޔަޝްމް ދާން އެނބުރިލި ވަގުތު ގަސްތަކުގެ ތެރެއަށް ވަދެ މީހަކު ނިވާވެލިހެން ހީވިއެވެ. އެއީ ކުއްހީއެއްކަމަށް ޔަޤީން ކުރަމުން ޔަޝްމް އެތެރެއަށް ދާން މިސްރާބު ޖެހިއެވެ. ވައިރޯޅި ގަސްތަކަށް ގޯނާ ގޮށްލުމުން އެތާ މީހަކު ހުރި ކަމަށް ހީކުރެވުނީއެވެ.

”ޕިސް،ޕިސް، މި ޔަޝްމްއެއް ދޯ، މީނަ މާ މައްޗަށް މިދަނީ، ޖާސޫސް ކުރާ މީހަކަށް ވުރެ މީނަ މިއުޅެނީ ކުރީގަ… ދެން އެހިސާބުން ހުއްޓާލައިފިއްޔާ ވެސް ރޯއްޖެއް،  އޭނަގެ މަންމައަށް އެނގިފަ ވެސް އޮތްނާނީ ބަލްޤީޝް ބުނި އެއްޗެއް… ފުރަތަމަ ދުވަހު ފެނިފަ މަ ހީކުރީ ޔަޝްމް މީ ގަމާރު ކުއްޖެއްކަމަށް، އެކަމަކު މީނަ މަށަށް ވުރެ ވިސްނުން ތޫނުހެން ހީވަނީ” މާހުތާބް ހަސަދަވެރިވިއެވެ. އޭނަގެ ނަޒަރުގައި އޭނައަށް ލިބިފައިވަނީ އެންމެ ފުރިހަމަ ބުއްދިއެވެ. އޭގެ ބޭނުން ހިފާ ގޮތާ މެދު އޭނަ ފަހުރުވެރި ވެއެވެ. ޔަޝްމްގެ ކަންތަކާ ބަލްޤީޝް ބޯހާސްކުރުވާފައި އޭނަ މިހާރު ރާވާފައި ވަނީ ފަލަކްއާއި ޔޫޝައު ގުޅުވުމެވެ. އޭނަ ކުރިން ހުރީ އިޒްކާންއާއި ފަލަކް ގުޅުވަން ވެގެންނެވެ. ނަމަވެސް އޭނައަށް އެފުރުސަތު ނުލިބި ޔަޝްމް އާއި އިޒްކާންގެ ކައިވެނި ހަމަޖެހުނީ އެވެ. އެދުވަހު ކުރެވުނު ނާކާމިޔާބީގެ ހިތިރަހަ އަދިވެސް ކަރު ބުޑުން ފިލައިގެން ނުދެއެވެ. މިފަހަރު އޭނައަށް ލިބިގެން ދިޔަ ރަނުގެ ފުރުސަތު އޭނަ ގެއްލުވާ ނުލާނެއެވެ!

މާހުތާބް އޭނައަށް އިވުނު އަޑުތައް ބަލްޤީޝްއަށް ރިޕޯޓް ކުރިއެވެ. ހީވަނީ އޭނައަކީ ”ނައިޓިންގޭލް” އަށް ހާއްސަ ކުރެވިފައިވާ ނިއުސް ރިޕޯޓަރު ހެންނެވެ. މާހުތާބްގެ ވާހަކައިން ބަލްޤީޝް ކަންބޮޑުވިތަނެއް ނުފެނުނެވެ.

”ޔަޝްމް ޒައުމާއަށް އިތުބާރު ކުރާނެ، އެހިސާބުން ދެން އޭނަ އިތުރަށް އޮޅުން ފިލުވާކަށް ނޫޅޭނެ…” ބަލްޤީޝް ބުންޏެވެ. އޭނަ ހުރީ ހިތްހަމެޖެހިފައެވެ.

”މޭމް، އެކަމަކު ޔަޝްމްއަށް ދެވަނަ ފަހަރަށް ޝައްކުވެއްޖެއްޔާޔޯ؟ އޭނައަށް ބަލާފަ ހިޔެއް ނުވޭ މަޑުން ހުންނާނެ ކުއްޖެއް ހެނެއް…” މާހުތާބްއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ބަލްޤީޝް ނުރުހުމާއެކު އޭނައަށް ބަލާލުމުން ގަތް ބިރާއެކު ފުރާނަވެސް ރޮއިގަންނަވަރު މިއެވެ.

”މާފްކުރައްވާ…” މާހުތާބް އިސްދަށަށް ޖަހާލިއެވެ.

ބަލްޤީޝް ދޮރާދިމާއަށް އިޝާރާތްކޮށްލިއެވެ. ފަޔަށް ލެވުނުހާ ބާރަކާއެކު މާހުތާބް ކޮޓަރިން ނިކުތެވެ. ”އަނގަ މައިތިކުރަން ދަސްކުރަންވީ، އޭނަ ދެން ހުންނާނީ ރުޅިއައިސްފަ، އެކަމަކު އަހަރެން ބުނީ ހަޤީޤަތަށް…” ހިތާހިތުން މާހުތާބް ބުނެލިއެވެ. އޭނަ ތިރިއަށް ދާން އުޅެނިކޮށް ޔޫޝައު ބާރުބާރަށް ތިރިއަށް ފައިބައިގެން ދިޔައެވެ. އޭނަ ހުރީ އެކަމާ މެދު ސުވާލު އުފެދިފައެވެ. ޔޫޝައު އަކީ ރުޅި ގަދަ ޒުވާނެއް ނޫނެވެ. އޭނަ ގަސްދުކުރީ ފަލަކްއާ ސުވާލު ކުރާށެވެ. ފަލަކް ކޮލެޖުން އަންނާނެ އިރަކަށް ޖެހޭނީ އިންތިޒާރު ކުރާށެވެ.

****

ދީމްއާއި ޔޫޝައު އެންމެފަހުން ދިމާވީ ވަރި ސާބިތުކުރަން ކޯޓަށް ދިޔަ ދުވަހު އެވެ. ދީމް ހުރީ ބޮޑު އަވިއައިނެއް އަޅައިގެންނެވެ. ޔޫޝައު ފެންނައިރަށް ތުން އަނބުރާލާފައި ގޮސް އޭނަ ކޯޓަށް ވަނެވެ. ލާފައި ހުރި ކުރު ހެދުމާ ހެދި ފިރިހެނުންގެ ދަހިވެތި ނަޒަރު ދީމްއަށް ހުއްޓުނެވެ.

ވަރީގެ ކަންތައް ނިމުމާއެކު ދީމް ވީހާވެސް އަވަހަކަށް މިސްރާބު ޖެހީ ކާރާ ދިމާއަށެވެ. ޖުވޭރިޔާ ވެސް އޭނަގެ ފަހަތުން ދިޔައެވެ. ދީމް ކާރަށް އަރައި ޓިޝޫއަކުން މޫނު ފޮހެލިއެވެ. އޭނަ ޔޫޝައުއަށް ބެލިއެވެ. ހިތްފުރެން ދެނެވެ. އެއީ ވަދާއުގެ ބައްދަލު ވުމެވެ. ދެން އިތުރަށް މާލޭގައި މަޑުކުރުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. ޔޫޝައުއާ ވީހާވެސް ދުރަކަށް ދާން ވީއެވެ.

”ސަމާރ ބްރީޒް” އަށް ދިޔަ މަގުމަތީގައި ދީމް ނަފްސާނީ ޑޮކްޓަރަކަށް ދައްކަން ޖޫވޭރިޔާ ލަފާ ދިނެވެ. ދީމް އެމަކާ ދެކޮޅެއް ނުހެދިއެވެ. ޚުދު އޭނަ ވެސް އެވަނީ އެކަމަށް ބޭނުން ވެފައެވެ. ފަރުވާ ނުލިބިއްޖެނަމަ ޑިޕްރެޝަންގެ ޝިކާރައަކަށް އޭނަ ވެދާނެއެވެ. ނަމަވެސް މާލެއިން ބޭސްކުރުމުގެ ޚިޔާލެއް އޭނަގެ ނެތެވެ.

”މަންމާ އަހަރެން ބޭނުމީ، ނިއުޒިލޭންޑަށް ދާން، އެކޮޅަށް ގޮއްސަވެސް ޑޮކަށް ދެއްކިދާނެ…” ދީމް ބުންޏެވެ. އެހާ ނާޒުކު ފަތްތަރެއްގައި ދީމް ހުއްޓާ އެކަނި ފޮނުވަން ޖުވޭރިޔާގެ ޒަމިރު ދެކޮޅު ހެދިއެވެ.

”ދެހަފްތާއަށް ދާނީ، މަންމަ ވެސް ދަރިފުޅާއެކު ދާނަން….” ޖޫވެރިޔާ ބުނެދިނެވެ.

”މަންމަ ދިޔައީމަ ކޮއްކޮގެ ކަންތައް ބަލާނީ ކާކުތަ؟…” ދީމް މަންމައަށް އޭނަ އާއެކު ނުދެވޭނެ ގޮތަށް ސުވާލު އަތުރާލިއެވެ.

ޖުވޭރިޔާ ވިސްނާލިއެވެ. ދަރިފުޅުގެ ކަންތައް އެހެން ބަޔަކާ ހަވާލުކޮށްފައި ދެވޭކަށް ނެތެވެ. އެގޮތަށް ކަންކޮށްފިނަމަ އޭނައަށް ހަމެޖެހިލައިގެން ނޭވާއެއް ވެސް ނުލެވޭނެއެވެ. އަނެއްކޮޅުން އޭނަ ދިއުމުން ޔޫސުފް ވެސް އެކަނި ވާނެއެވެ.

”ދަރިފުޅު އެކަނި ފޮނުވަން ބައްޕަ ހުއްދައެއް ނުދޭނެ…” ޖުވޭރިޔާ ބުންޏެވެ. ”މަންމާ އަހަރެން މިހުރީ ބޮޑުވެފަޔޭ، ފުރަތަމަށް ފަހަރަށް ނޫނެއްނު އެތަނަށް މިދަނީ…” ދީމް ބުންޏެވެ.

”ބައްޕައާ ވާހަކަ ދައްކާފަ ގޮތެއް ނިންމޭނީ، މިކޮޅުގަ ވެސް މޮޅު ޑޮކްޓަރުން އެބަތިއްބެއްނު، ދެން ކީއްކުރަންތަ ބޭރަށްދަނީ؟…” ޖުވޭރިޔާ އެހި އެވެ. ދީމްއަށް ވިސްނައިދޭން އޭނަ އުޅުނެވެ. އެހެނަސް ދީމްއަށް އަޑު އިވުނު ކަމަކަށް ނުވިއެވެ. އޭނަ އަކީ ގޮތުގައި ހިފަހައްޓަން ދަންނަ ކުއްޖެކެވެ. އެ ސިފަ އޭނައަށް ލިބިފައިވަނީ ބައްޕަގެ ފަރާތުންނެވެ. ޔޫސުފް ވެސް ކަމަކަށް އެއްބަސް ކުރުވަން ވެއްޖެއްޔާ ޖުވޭރިޔާ މޮޔަވާވަރު ވާނެއެވެ.

****

ހަވީރުގެ ވަގުތެވެ. ސައި ނިންމާލާފައި ޔަޝްމް ދިޔައީ ބަގީޗާގައި ހިނގާލާށެވެ. އެހެން ހުއްޓާ ބާރުކޮށްލި ރޯޅިތަކާއެކު ގަސްތަކުގައި ވިދަމުން ދިޔަ މޫތިތައް ފައިބައިގަތީ އޭނަގެ ގަޔަށެވެ. އެއާއެކު އޭނަގެ ހަށިގަނޑަށް ފިނިވެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ.

ޖަނބުރޯލް ގަހުގައި ދޮންވެފައި އިން ޖަނބުރޯލް ބިންނަން ގަހަށް އަރާފައި އޮތްވާ ބަލްޤީޝްއަށް އެމަންޒަރު ފެނި މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ. އޭނަ ތެޅިފޮޅެމުން އެދިމާއަށް އައެވެ.

”ޔަޝްމް، މަންމަ ގާތު ބުނިނަމަ ހަބީބު ލައްވާ ތިކަން ކުރެވުނީހެއްނު…” ބަލްޤީޝް އެދުނީ ގަހުން ފޭބުމަށެވެ. ޔަޝްމް ގަހުން ފައިބަން ދެން އޭނަ ހުރީ ޝަހާދަތް މަތީގައެވެ. އަތުގައި އޮތް ޖަނބުރޯލު ކޮނޑި އޭނަ ބަލްޤީޝްއަށް ދިއްކޮށްލިއެވެ. ބަލްޤީޝް ދެތިން އެތި ނެގިއެވެ.

”އަންހެންކުދިން ގަހަށް އަރާކަށް ނުވާނެ…” ބަލްޤީޝް ވިސްނައިދިނެވެ. ޔަޝްމް ހުރީ ލިމްޝާއާ ބެހޭ ގޮތުން ސުވާލުކޮށްލާށެވެ. އެކަމަކު ބަލްޤީޝް ހިތްހަމަނުޖެހިދާނެތީ އޭނައަށް ޖެހުނީ ދޫހިމޭން ކުރާށެވެ.

ހޫނު ފެނުން ފެންވަރާލައިގެން ނިކުތް ޔަޝްމްގެ ހަށިގަނޑަށް އަރާމުވެ ފަނޑު ހިނިތުނވުމެއް ތުންފަތުގައި ވެއެވެ. ރީތިވެލައިގެން އައިސް ޔަޝްމް ލެޕްޓޮޕް ހުޅުވާލިއެވެ. ޔަޝްމް ނިންމީ ފިލްމެއް ބަލާށެވެ. އޭގެ ކުރިން އޭނަ ނެޓަށް ވަދެލިއެވެ. ފޭސްބުކަށް ވަދެގެން ހުއްޓާ ގަޑި ދިޔަ ގޮތެއް ވެސް ނޭގުނެވެ. ކޮޓަރިން ނިކުންނަން ފޫހިވެފައި އޮތްވާ އިޒްކާން ވަންތަން ފެނުނެވެ. ޔަޝްމް ލެޕްޓޮޕްގެ ސްކްރީނަށް ދެލޯ ތަތްކޮށްލަމުން އިޒްކާން އަވަހަށް އެތަނުން ދިއުމަށް ދުޢާކުރެވުނު އަދަދެއް ނޭގެއެވެ. ރޭގެ ހާދިސާއަށް ފަހު އޭނަ ހުންނަނީ އިޒްކާން ކުރިމަތިލާން ނުކެރިފައެވެ. ބޭނުން ނުވިޔަސް ސިފަކުރެވެނީ އެމަންޒަރުތަކެކެވެ. އިޒްކާން އޭނަ ދެކެ އެހާ ރުޅި އަންނައިރު ރޭގައި ވަގުތުން އޭނަ ދުރުކޮށްނުލީ ކީއްވެގެން ހެއްޔެވެ؟ އޭނަ ބިރުގެންފައި ހުރުމުން އެކެމުގެ ނާޖާއިޒް ފައިދާ ނަގަން އުޅިނީ ކަން ނޭގެއެވެ. އެކަމަކު އިޒްކާން އޭނަގެ ގައިގައި އިނގިލިކުރިން ވެސް ބީހި ނުލައެވެ. ހަމައެކަނި އޭނަގެ އަތް ނައްޓުވާލަން އޭނަގެ އަތުގައި ހިފީއެވެ. އޭގެ އިތުރަށް އެއްވެސް ކަމެއް ނުކުރެއެވެ. ދެން އިޒްކާންއާ މެދު މިހާ ގޯސްކޮށް ހީކުރެވެނީ ކީއްވެގެން ހެއްޔެވެ؟ އޭނައަށް ކުރެވިފައިވާ ކުށްހީތަކެއްގެ ސަބަބުން ކަމަށް ވެދާނެއެވެ. މަންމަ ބުނި ވާހަކަތަކުން އިޒްކާންއަށް ޓަކައި ހިތުގައި ހަމްދަރުދީ އުފެދުނެވެ.

އިޒްކާން ޓީޝާޓަކާއި ސޯޓެއް ނަގައިގެން ވަނީ ފާޚަނާއަށެވެ. އިޒްކާން ހެދުންތައް ބަދަލުކޮށްގެން ނިކުތުމުން ޔަޝްމްއަށް ސިއްރު ނަޒަރެއް ދެވުނެވެ.

”އާރގްގްގް، މި ވިސްނެނީ މުޅިން ގޯސްކޮށް ހީ އިޒް ނޮޓް މައި ޓައިޕް…” ޔަޝްމް އޭނަގެ ހިތަށް ވިސްނައިދިނެވެ. ރީތި ފިރިހެނަކަށް އެއްފަހަރު އިތުބާރުކުރެވުމުން ހިތަށް ލިބުނު އަނިޔާތައް މަތިން ހަނދާން ވިއެވެ.

”އެހެން ވިސްނުން ވެސް އެއީ ފާފައެއް…” ޔަޝްމް ގަސްދުކުރީ އިޒްކާންއާއި ދުރުން އުޅުމަށެވެ. ހިތުގައި އިޒްކާންއަށްޓަކައި އުފެދިފައިވާ ފޫހިކަން މަތިން އޭނަ ހަނދާންކޮށްލިއެވެ.

”ދެން އޭނަ މިކޮޓަރީގައި ހުންނަނީ ކީއްކުރަންތަ؟…” ޔަޝްމްގެ ހިތުގައި އެންމެ ބޮޑަށް އުފެދުނު ސުވާލަކީ އެއީ އެވެ. ގޭގައި ހުސްކޮޓަރިތައް އެބަހުއްޓެވެ. ތިން ގެސްޓް ރޫމްގެ އިތުރުން ތިންވަނަ ފަންގިފިލާގައި ވެސްހުސް ކޮޓަރިއެއް ހުރެއެވެ. އެކޮޓަރި ހުންނަނީ ތަޅުލާފައެވެ. އެކަން އޭނައަށް ފާހަގަ ކުރެވުނީ މިއަދު އެވެ.

ޔަޝްމް ފުން ވިސްނުމެއްގައި ހުއްޓާ ފޭސްބުކުން މެސެޖެއް އައި އަޑު އިވުމުން ސިހޭ ގޮތް ވިއެވެ. އޭރު އިޒްކާން ހިނަގައްޖެކަން އޭނައަށް އެނގުނީ އޭގެ އިރުކޮޅެއް ފަހުންނެވެ. އޭނަ ފޭސްބުކަށް ނަޒަރު ހިންގާލިއެވެ. މެސެޖް ކުރަނީ ކުރީގެ ކްލާސްމޭޓެކެވެ. ޔަޝްމް އެކުއްޖާއާއި ޗެޓްކުރަން އިންދާ އިރުއޮއްސުނެވެ.

****

ހަވީރުއްސުރެ ޔޫޝައު ނުފެންނާތީ ފަލަކް ހުރީ މާޔޫސް ވެފައެވެ. އޭނައަށް އެއްތާކު މަޑުޖެހިލައިގެން ހުރެވޭ ކަމަކަށް ނުވެއެވެ. މާހުތާބްއަށް ފަލަކްއަށް އައިސްފައިވާ ބަދަލުތައް ފާހަގަ ކުރެވުނެވެ. އޭނަގެ ހަނދާނަށް ދެން އައީ މިއަދު ޔޫޝައު ގެއިން ނިކުމެގެން ދިޔައިރު އެމޫނުމަތިން ފެނުނު ކުލަވަރުތަކެވެ. އެކަމާ ފަލަކްއާ ގުޅުވައިލެވުނީ ކީއްވެގެން ކަމެއް ނޭގެއެވެ. ފަލަކް ކޮފީ ހިފައިގެން ދިޔަ ފަހުން ކޮންމެވެސް ހާދިސާއެއް ހިނގައިފިއެވެ. މާހުތާބް އޮޅުން ފިލުވަން އުޅެގަތެވެ.

”މަންމާ، ފްލީޒް ސްޓޮޕް އިޓް…” ފަލަކް ނިޔަފަތީގައި ކުލަ ޖައްސަން އިނދެ ބުންޏެވެ. މީހާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ސަމާލުކަން ދެވިއްޖެއެވެ. އެވެސް ޔޫޝައުއަށް ޓަކައެވެ. އެހިތުން ޖާގައެއް ލިބޭތޯ އެވެ.

މަންމަ އޮޅުން ފިލުވަން އުޅެނީ މަންމައާ ހިއްސާކޮށްލެވޭނެ ފަދަ ވާހަކަތަކެއް ނޫނެވެ. މަންމައަށް ނުވިސްނޭނެއެވެ. މަންމަގެ ޚިޔާލުތައް ކަޓު ވާނެއެވެ. މިޒަމާނުގެ ކުދިން ގެންގުޅޭ ހުޅަނގުގެ ވިސްނުން މަންމަގެ ނުހުންނާނެއެވެ. މަންމަ އަޑުލަން ފަށާނެއެވެ. މަންމަގެ އުނދަގޫ ބޮޑުވެގެން ފަލަކްގެ ބޮލުގައި ރިއްސާލިއެވެ. ކޮންމެ ދުވަހަކު އެވަރުކަން ޖެހޭ ހެއްޔެވެ؟

”ބަލަ ވަގެން އުޅޭ ގޮތެއް ބުނީމައެއްނު މަންމައަށް އެހީވެ ދެވޭނީ، މަންމަ ވެސް ނުލާހިކު ބޭނުން ޔޫޝައުއާ ފަލަކް ގުޅެން، ނަސީބުގައި އެހެން އޮތީމަ ކަންނޭގެ ޔޫޝައުއާ ދީމް ވަކިވީ…..” މާހުތާބް ވެސް ނިޔަފަތިތަކުގައި ކުލަ ޖައްސާ ހިތްވިއެވެ. އޭނަ ނިންމީ ފަލަކް އެމަސައްކަތުން އަވަދިވުމުން ނެއިލް ޕެއިން ފުޅި ނަގާށެވެ. ޒުވާންވާން މާހުތާބް ވަރެއް ހުރެއެވެ.

”ކޮންމެހެން މާ ހެޔޮއެދޭ މީހަކަށް ވާން އުޅޭނެކަމެއް ނެތް….” ފަލަކް އަތުގެ އިނގިލިތަކަށް ފުމެލިއެވެ. އޭނަ މާހުތާބް ގާތު ކޮޓަރިން ދިއުމަށް ވެސް ބުނެލިއެވެ. އެއްވެސް މީހަކަށް އިހުތިރާމް ކުރިމަކީ ފަލަކް ދަންނަ ކަމެއް ނޫނެވެ. އޭނައަށް ވުރެ ސިފަ ހުތުރު މީހަކު ފެނިއްޖެނަމަ އެމީހަކަށް މަލާމާތްކުރާނެއެވެ. ތިމާއަށް ތިމާ ފެނިފައި ހުންނަ ކުއްޖެކެވެ. ފަލަކްގެ އަބަދުވެސް ޝަކުވާއަކީ މުއްސަނދިކަން ނުލިބުމެވެ. އޭނައަށް މުހިންމުވެފައި ވަނީ ދުނިޔޭގެ އަރާމާއި އޭގެ ލައްޒަތެވެ. މާހުތާބް އޭނަގެ ވިސްނުން ބައްޓަންކޮށްފައިވާ ގޮތަކީ ވެސް އެއީއެވެ. ފައިސާއާއި ދުނިޔޭގެ އުފާތައް ހޯދުމަށެވެ.

މާހުތާބް ގާތަށް ރުޅިއައިސްގެން އޭނަ އަޑުލިއެވެ. ދެމައިން ވަރުގަދަ ޒުވާބު ގަނޑެއް ހިންގާލިއެވެ. ފަލަކް އޭނަގެ މަންމަގެ ގަޔަށް ބޮލަށް އަރާފާނެ ވަގުތުކޮޅެއް ވެސް އައެވެ. މާހުތާބް ހުރީ ބަސް ހުއްޓިފައެވެ. މިއީ ފަލަކް ކޮންތަނަކުން ދަސްކޮށްގެން އުޅޭ އާދައެއް ހެއްޔެވެ؟

”މަށާ ޒުވާބުކުރަން ނަހަދާތި…” މާހުތާބް ދެލޯހަނިކޮށްލިއެވެ. ”މަންމަ ދޭ މިތަނުން، އަހަރެންގެ މޫޑު ޚަރާބުކޮށްލައިފިޔޭ…” ފަލަކް ވެސް މާހުތާބްއަށް ބަލަން ހުރީ ރުޅިއައިސްފައެވެ.

”ކަލެއަށް ރަގަޅަކަށް މަ އެހީ…….” މާހުތާބް ބުންޏެވެ. އަޑު ވެސް އެހާމެ ބާރެވެ.

”ދާން އުޅެބަލަ، މަށަށް ނުވާނެ ވަރުގެ ކަމެއް ނޫނޭ އެއީ…” ފަލަކް ވެސް އަޑު ބާރުކޮށްލިއެވެ.

****

ދީމް ފުރަން ބޭނުންކަން ހާމަކުރުމުން ކާމޭޒުދޮށަށް ވެރިވެގެން ދިޔައީ ފުން ހިމޭންކަމެކެވެ. ޔޫސުފް އޭރު އިނީ އުލާއި ސަމުސާތައް ތަށީގެ ތެރެއަށް ދޫކޮށްލައިގެން ދީމްއަށް ބަލާށެވެ. ދީމް އިނީ ބަތްތަށްޓަށް ނަޒަރު ހުއްޓާލައިގެންނެވެ.

”ބައްޕާ ޕްލީޒް، މިކޮޅުގަ ހުންނާކަށް އަހަރެން ބޭނުމެއް ނޫނޭ…” ދީމް އާދޭސްކޮށްލިއެވެ.

ޔޫސުފް އެއްބަސް ނުވާނެހާ އިރުކޮށްފައި އިއްވާލީ ދީމްއަށް ހިތްހަމަޖެހުމެއް ގެނެސްދިން ޖަވާބެކެވެ. ޖުވޭރިޔާ ޔޫސުފްގެ ނިންމުމަށް ފާޑު ކިޔާކަށް ނޫޅުނެވެ. ނަމަވެސް ދީމް އެކަނި ދާތީ އޭނަ އިނީ ކަންބޮޑުވެފައެވެ.

ކެއުން ނިންމާލާފައި ފަހަރަކު މީހަކު ކާމޭޒު ދޫކޮށް ހިނގައްޖެއެވެ. ސާޝާ ތަށިތައް ނަގަން ހުރެފައި ސަލާމް ގޮވާލި އަޑަށް ތަށިތައް ސިންކުގެ ތެރޭގައި ބަހައްޓަމުން، ސަލާމް ބަލައިގަންނަން ބޭރަށް ނިކުތެވެ. ކާހިތްކެނޑިފައި އިން ދީމްއަށް އިވިގެން ދިޔަ އަޑުން ގޮނޑިން ތެދުވެވުނު ގޮތެއް ވެސް ނޭގެއެވެ. އޭނަ ވިދުވަރުގެ ހަލުވިމިނުގައި ގޮސް ބޮޑުކޮޓަރިއަށް ނިކުމެއްޖެއެވެ.

”ކަލެއަށް މިގެއަށް ވަންނަން ހުއްދަދިނީ ކާކު؟…” ދީމް ހަޅޭއްލަވައިގަތެވެ. އެއަޑަށް ޖުވޭރިޔާ އެތަނަށް ނިކުމެއްޖެއެވެ. އޭނަގެ ފަހަތުން ޔޫސުފް ވެސް މެއެވެ.

”ދީމް!…” ޖުވޭރިޔާއަށް ބުނެވުނެވެ.

”މަންމަ މީނަ ގާތު ބުނޭ މިގެއިން ނިކުންނާށޭ، މިގެއަކު ނެތޭ މީނައާ އެއްވެސް ގުޅުމެއް އޮތް ބަޔަކު… ގެޓް ދަ ހެލް އައުޓް އޮފް ހިޔާރ!…” ދީމް ރުޅިވެރިކަމާއެކު ބުންޏެވެ.

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

އެމަންޖެގެ ރޫހް

Next

ހުވަފެނެއްބާ؟ (7ވަނަ ބައި)

Next
December 8, 2015

ހުވަފެނެއްބާ؟ (7ވަނަ ބައި)

Previews
December 8, 2015

އެމަންޖެގެ ރޫހް

12 Comments!

  1. Mutha/ S.Hithadhoo says:
    December 8, 2015 at 6:04 pm

    Now you can see previous parts by clicking the author name 🙂 Thank you each and every one who read this story <3

    Log in to Reply
    1. Naxoo says:
      December 8, 2015 at 7:43 pm

      thnk u….muthaa for the story…i love to read ur stories…n waiting for the next part… 🙂 ..so gud luck 🙂 🙂

  2. neha says:
    December 8, 2015 at 6:11 pm

    Nice

    Log in to Reply
  3. maalu says:
    December 8, 2015 at 6:15 pm

    Vvvvvv reethi ..muthaa ur the best writer

    Log in to Reply
  4. Anonymous says:
    December 8, 2015 at 6:37 pm

    V reethi story keep it up

    Log in to Reply
  5. Shar says:
    December 8, 2015 at 7:06 pm

    V reethi

    Log in to Reply
  6. naanijaan says:
    December 9, 2015 at 12:10 am

    Very nice. Keep it up

    Log in to Reply
  7. Confused says:
    December 9, 2015 at 12:17 am

    Muthaa ge vahaka liyaa style aa, sunonline ga vahaka liyaa aishaa ge style aa vara vahtharu. Hama e gothah jumula thah vs frame kohfa hunnanee. N hama same mistakes vs. Jumula tharutheebu kurumugai kuh goi gothah. Ehen vumun rangalha jumula furihama nuvaa faharu gina. Undhagu, alhai ganna gotheh hurey eyrun. Dhen neyge. Addu v ma vahtharu hen heevany baa. Noonee thee hama e kujjaatha anekkaa..

    Log in to Reply
  8. hajj says:
    December 9, 2015 at 7:46 am

    Mi story varah reethi v interesting thanks mutha

    Log in to Reply
  9. munee says:
    December 9, 2015 at 10:23 am

    V nlce

    Log in to Reply
  10. shelly says:
    December 9, 2015 at 12:14 pm

    nxt part kon irakun up kurany

    Log in to Reply
  11. stardust says:
    December 9, 2015 at 3:10 pm

    varah furihama 🙂 avahah up kohdeythi thnxxxxx, u r the best <3

    Log in to Reply

Leave a Reply Cancel reply

You must be logged in to post a comment.


All Right Reserved!