އިޒްކާން ޔަޝްމްގެ އަތް ނައްޓުވާލުމަށްފަހު އަވަސް ވެގަތީ އުށްބައްތިއެއް ރޯކުރުމަށެވެ. އިޒްކާންގެ އަތުގެ ބީހުމުން ހަމަހޭވެރިކަން އައި ޔަޝްމްއަށް އަނދިރީގެ ތެރޭން އެއްޗެއް ފެނޭތޯ ހޯދާލެވުނެވެ. ދާދި ގާތުން މީހަކު ހަރަކާތްކުރާހެން ހީވިއެވެ. އެއާއެކު ޔަޝްމްއަށް ހަޅޭއްލަވައިގަނެވުނެވެ. ޔަޝްމް އުޅެނީ ބިރުންކަން އެނގުމުން އިޒްކާން އަތްމަތި އަވަސްކޮށްލަމުން އުށްބައްތިއަކާއި ލައިޓަރެއް ނަގައި އުށްބައްތި ރޯކޮށްލިއެވެ. އިސާހިތަކު އޭގެ ފަނޑު އަލި ކޮޓަރިއަށް ފެތުރިގެން ހިނގައްޖެއެވެ. ޔަޝްމް ނޭވާހިފަހައްޓާލައިގެން އިނދެ އިޒްކާންއަށް ފުން ނަޒަރެއް ދިނެވެ. މީގެ އިރުކޮޅެއް […]
ރޭގަނޑުގެ ވަގުތެވެ. މާހުތާބް ހުރީ އޭނަ ގާތު ލިމްޝާ ދެއްކި ވާހަކަތައް ބަލްޤީޝްއަށް ހާމަކުރާނެ ވަގުތެއް ނުވެގެންނެވެ. އޭނަ ބޭނުންވި ފަދަ ފުރުސަތެއް ލިބުނީ ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ޢާއިލާގެ މެންބަރުންތައް ކާމޭޒު ދޫކޮށްދާން ފެއްޓުމުންނެވެ. ބަލްޤީޝް އޭރު އިނީ ވިސްނުމަކަށް ގެއްލިފައެވެ. ”މޭމް…” މާހުތާބް އަދަބުވެރިކަމާއެކު ބަލްޤީޝްއަށް ގޮވާލިއެވެ. ބަލްޤީޝް ފަރުވާކުޑަ ރާގަކަށް ހޫމްމްމް ލައްވާލިއެވެ. ”މިއަދު ލިމްޝާ ގާތު ޔަޝްމް އެހިކަމަށް ވަނީ އެއަންހެނާއާ ބެހޭ ގޮތުން…” މާހުތާބްގެ ޖުމްލަ ފުރިހަމަ ނުވަނީސް ބަލްޤީޝް […]
ޔޫޝައު އޮފީހަށް ދާން ތައްޔާރު ވާން ހުރެފައި ނިންމީ އޮފީހަށް ނުދާށެވެ. ރޭ އޭނައަށް ރަގަޅަކަށް ނުނިދުނެވެ. އޮފީހަށް ގޮސްފިނަމަ އެއްވެސް މަސައްކަތަކަށް ދެވެންވާ ފުރިހަމަ ސަމާލުކަމެއް ނުދެވޭނެއެވެ. ބޮލުގައި އުފެދިފައިވާ ރިހުމަށް ލުޔެއް ހޯދަދޭން އޭނަ ބޭސްގުޅައެއް ކާލިއެވެ. ނަމަވެސް އެއިން ލިބުނު ފަސޭހައެއް ނެތެވެ. އޭނައަށް ބޭނުންވެފައިވަނީ ބޭސްގުޅަތަކުގެ އެހީއެއް ނޫނެވެ. އޭނަ ފެންބޮވައިގަނެފައި ވަނީ ދީމް އަށެވެ. އެ ލޯތްބަށެވެ. ދީމް އޭނައާ މެދު ކަންތައް ކުރިގޮތުން ނުފިލާ ރިހުމެއް ހިތުގައި އުފަން […]
”އެންޑް ސްޓިލް؟…” ދީމް ހައިރާން ކަމާއެކު އެހިއެވެ. ”ދީމް ދެން އެވާހަކަ ނުދައްކަމާ، ކާން ހިނގާ…” ޖުވޭރިޔާ ދެން އިތުރަށް އެމައުޟޫއަށް ވާހަކަ ދައްކާކަން ބޭނުމެއް ނުވިއެވެ. އިޒްކާންގެ މަޖުބޫރީ އޭނައަށް އެނގޭ ކަހަލައެވެ. ”ކައިގެން މިހިރީ…” ދީމް ބުންޏެވެ. އޭނަ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. މަންމައަށް ނުވިސްނޭތީއެވެ. **** ގަޑިން މެންދަމުން ދޭއް ޖަހައި ބޮޑުވެއްޖެއެވެ. ބޮޑުކޮޓަރީގައި އިން ބަލްޤީޝް އިޒްތިޒާރު ކުރަމުން އެދަނީ އިޒްކާން ގެއަށް އަންނާނެ އިރަކަށެވެ. އިޒްކާން ދިޔައީއްސުރެ އޭނަގެ […]
ގެއަށް އާދެވުމާއެކު ދީމް އަވަސް ފިޔަވަޅުތަކެއްގައި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. ދޮރުތަޅުލަމުން އޭނަ ގޮސް ވެއްޓިގަތީ އެނދަށެވެ. މަންމަ ތަޅުގައި ހިފިކަން އެނގުނެވެ. ޓަކިދިން އަޑު ވެސް އިވުނެވެ. ނަމަވެސް ދީމްގެ ހަށިގަނޑަކު މަންމައަށް އިޖާބަދޭނެ ވަރުގެ ހަކަތައެއް ނެތެވެ. އަޑުބޭރުވެދާނެތީ ބަނާތު ގެނެސް މޫނުގައި ޖައްސާ ބާރުކޮށްލިއެވެ. ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތައް ބަނާތުގެ ތެރެއަށް ނިމިގެން ދިޔައެވެ. ”ދަރިފުޅާ ދޮރުހުޅުވަބަލަ…” ޖުވޭރިޔާ ކަންބޮޑުވެފައި ހުރެ ދީމްއަށް ގޮވާލިއެވެ. ދީމްގެ ފަރާތުން ޖަވާބެއް ނުލިބުމުން […]
”މަންމާ….” ދީމް އެތެރެއަށް ނޭފަތް ދަމާލިއެވެ. ޖުވޭރިޔާ މިއަންނަނީ ކަމުގައި ބުނެ ފޯނު ކޯލް ކުރުކޮށްލިއެވެ. ދީމް ފޯނުގެ އަތްގަނޑު ބާއްވަމުން އެނބުރިލި ވަގުތު ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ޔޫޝައު ފެނިފައެވެ. ސިޑީގެ ފަހުގެ ފަރުފަތްތަކުގައި ހުރި ޔަޝްމް ވެސް އޭނައަށް ފެނުނެވެ. ދެމީހުންނަށް ވެސް ސާފުކޮށް ދީމްގެ ވާހަކަތައް އަޑުއިވުނެވެ. ޔަޝްމް އިނީ ހުއްޓުން އަރާފައެވެ. ޔޫޝައު އަކީ އެހާ ގޯސް މީހެއް ހެއްޔެވެ؟ ޔޫޝައުހާ އިޒްކާން ގޯސްވެދާނެ ބާވައެވެ؟ ޔޫޝައުއަށް ޔަޝްމް އެތާނގައި ހުރިކަމެއް […]
މަންމަ އޭނަ ގާތު އެހާ ބޮޑުކަމެއް ސިއްރުކޮށްދޭން އެދުމުން އޭނައަށް އެކަން ބޮޑުވިއެވެ. އޭނަގެ އަނގަ ގަދަ މިޒާޖާ ހުރެ ސިއްރު ހިފެއްޓުމަކީ އޭނައަށް ވާނެވަރުގެ ކަމެއް ނޫނެވެ. ނަމަވެސް އެންމެފަހުން މަންމަ ބުނި ޖުމްލައިން އޭނައަށް އެކަންކުރަން މަޖުބޫރުވެގެން ދިޔައެވެ. މި ގަނޑުވަރެއް ފަދަ ގެ ދޫކޮށްދާން އޭނަ ބޭނުމެއް ނޫނެވެ. އޭނައާއި މަންމައަށް ލިބިފައިވާ ކޮޓަރި ވެސް ނުލާހިކު ފުރިހަމައެވެ. މިފަދަ ދިރިއުޅުމެއް ދުނިޔޭގައި އަތްފުނާ އެޅިކަމުގައި ވިޔަސް ލިބޭނެކަމެއް ނޭގެއެވެ. ”މަންމަ ދަރިފުޅަށް […]
ޒައުމާގެ ފަރާތުން އިޒްކާންމެން ފުރަން އުޅޭކަން އެނގުމާއެކު ބަލްޤީޝްގެ ތަބީއަތު ޚަރާބުވިއެވެ. ހެނދުނުގެ ނާޝްތާ ކުރާހިތް ކެނޑި އޭނައަށް ބަލާލެވުނީ ރަސަލް އަށެވެ. ބަލްޤީޝްގެ މޫނުގައި ވި ހާސްކަމާއި ކަންބޮޑުވުން ރަސަލްއަށް ނަގައިގަނެވުނެވެ. ޔޫޝައު ވެސް އޭނަ ފުރަން ބޭނުން ވާކަން ހާމަކުރުމުން ހަވީރަށް ޓިކެޓް ނަގަން ރަސަލް އެންގިއެވެ. ވާނުވާ ނޭގިފައި އިނީ ޒައުމާ އެވެ. ކުއްލިޔަކަށް އެންމެން މާލެދާން ޖެހުނީ ކީއްވެގެން ބާއެވެ؟ ”ދީމް ކޮބާތަ؟…” ތަނަށް ވެރިވެފައި އޮތް ހިމޭންކަމަށް ނިމުމެއް ގެންނަމުން […]
ޓައީއަށް ދޫކޮށްލަމުން އިޒްކާން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އިޒްކާން ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު ޔަޝްމް ފަހަތަށް ފިޔަވަޅެއް އަޅައެވެ. އޭނަ ހުރީ ބިރުގެންފައެވެ. ދެލޯބޮޑުވެ ކަރުތެރެ ވެސް ހިކިއްޖެއެވެ. އިޒްކާންގެ ބޭނުން އޭނައަކަށް ނަގައިނުގަނެވުނެވެ. ”މިރޭ ފަތިހުގެ ފްލޭޓުން މާލެ ދާން އަހަރެން ވާނީ ޓިކެޓް ނަގާފައި، ލީލާ ގާތު ބުނެގެން ޔަޝްމްގެ ހުރިހާ ހެދުމެއް ޕެކްކޮށްފަ ހުންނާނީ…” ދެމެދުގައި ފުދޭވަރަކަށް ދުރުމިން ބަހައްޓަމުން އިޒްކާން ހުއްޓުނެވެ. ޔަޝްމްއަށް އިޒްކާންގެ ޖުމްލައިން ޝޮކެއް ލިބުނެވެ. […]