Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 19

Muthahhar Ibrahim (Mutha/S.Hithadhoo)
December 13, 2015
7 Mins Read
61 Views
19 Comments

ބޮޑުކޮޓަރީގައި އިން ބަލްޤީޝްއަށް އެތެރެއަށް ވަދެގެން އައި ޔޫޝައު ފެނި ގޮވާލެވުނެވެ. އޭނަ ހުންނަނީ ޔޫޝައުގެ މިޒާޖަށް އައިސްފައިވާ ކުއްލި ބަދަލުތަކުގެ ސަބަބުން އިންތިހާއަށް ކަންބޮޑުވެފައެވެ. ދީމް އެގެއިން ދިޔަ ފަހުން ޔޫޝައުގެ ސަމާސާ މިޒާޖު ކެނޑި އަބަދު ފެންނަނީ ފިކުރުބޮޑުވެފައި ހުންނަތަނެވެ. ރުންކުރުވެފައެވެ.

ޔޫޝައު މާޔޫސްވެ ދެރަވެފައި ހުންނަތަން ދެކެން ބަލްޤީޝްގެ މައިލަގޮނޑިއަށް ކެތެއްނުކުރެވޭނެއެވެ. އިޒްކާންގެ ދިރިއުޅުން ހަމައަކަށް އެޅެން ފެށިއިރު ޔޫޝައު އެދަނީ ހިތާމައިގެ ކަނޑުގައި އަރަގުވަމުންނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އޭނައަށް ކުރެވުނު ކުށުގެ ސަޒާ ލޯބިވާ ދެދަރިންނަށް ލިބެނީ ހެއްޔެވެ؟

”ދަރިފުޅު ކޮންތާކު އުޅެފަތަ ތިއައީ؟، ބައްޕަ ބުނި ދެދުވަސް ވެއްޖެޔޭ އޮފީހަށް ނުދާތާ ވެސް، އެކަމާމެދު ބައްޕަ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި، ޔޫޝްއާ ހަވާލުކުރެވުނު މަސައްކަތްތައް ވެސް ނުނިންމާ ހުރި ވާހަކަ ބުނި…. ކުރީ ދުވަހު ހިނގި ހާދިސާއަށް ފަހު ޔޫޝް ވަރަށް ބޮޑަށް ބަދަލުވެއްޖެކަން މަންމައަށް އެނގޭ، އެކަމަކު ވެސް ތިހެން އުޅޭކަށް ނުވާނެއެއްނު، ދަރިފުޅު ގޯސް މަގެއް އިހްތިޔާރު ނުކުރާނެކަން މަންމައަށް އެނގޭ، ދަރިފުޅަށް އިތުބާރު ވެސް ކުރަން، އެކަމަކު މަންމަ ވަރަށް ބޮޑަށް ބިރު އެބަގަނޭ، ދަރިފުޅާއި ބައްޕަގެ ގުޅުންވެސް ވަނީ ކުރީރޭގެ ހާދިސާއަށް ފަހު ހީނަރުވެފަ، ބައްޕަގެ އިތުބާރު ހޯދަން ދަރިފުޅު މަސައްކަތްކޮށްބަލަ، މަންމަ ވަރަށް ދެރަވޭ ޔޫޝް ތިހެން އުޅޭތީ، ގެއިން ފެންނަނީ ވެސް މަދުފަހަރަކު….” ވާހަކަ ދައްކަމުން ގޮސް ބަލްޤީޝްގެ އަޑު ކުރެހިގެން ދިޔައެވެ.

ޔޫޝައު ވަގުތުން މަންމަގެ އަތުގައި ހިފާލިއެވެ. އަދި މަންމަގެ ލޮލުން ފޭބި ކަރުނަތިކިތައް ފޮހެލަދިނެވެ. މަންމަ އޭނައާމެދު ވިސްނައި ރޯތަން ދެކެން ކެތްނުކުރެވުނީއެވެ. މަންމައަށްޓަކައި ވެސް ދެއްކުންތެރި އުފާވެރި ދިރިއުޅުމެއް އުޅެން ޔޫޝައުއަށް މަޖުބޫރުވިއެވެ. ދެރައީ އޭނަ ގޭގައި ހުންނަން ބޭނުންނުވާ ސަބަބު މަންމައަށް ހާމަނުކުރެވޭނެތީއެވެ. އެހެންނޫންނަމަ މަންމަ، މާހުތާބް އާއި ފަލަކް ގެއިން ބޭރުކޮށްލަފާނެއެވެ. އެދެމައިން ހާލުގައި ޖެހެން އޭނަ ބޭނުމެއް ނޫނެވެ. އަދި ފަލަކްގެ އުނދަގޫ ވެސް އޭނައަށް ފޯރާކަށް ބޭނުމެއް ނޫނެވެ. އޭނަ ހަދަންވީ ކިހިނެއް ހެއްޔެވެ؟ ފަލަކް އެހުންނަނީ އޭނައާ ހެދި މޮޔަވެފައެވެ.

”މަންމާ، ބަލިވެ އުޅޭތީ އޮފީހަށް ނުދެވުނީ، އެކަމަކު މާދަމާއިން ފެށިގެން އޮފީހަށް ދާން ފައްޓާނަން، ބައްޕަ އަޅުގަނޑާ މެދު ހިތްހަމަނުޖެހޭ ފަދަ ކަމެއް ތަކުރާރުނުކޮށް ވޭތޯ ވެސް މަސައްކަތް ކުރާނަން…” ޔޫޝައު ހިނިތުންވެލިއެވެ. އެހިނިތުންވުމުން އެކަނި ވެސް ބަލްޤީޝްގެ ހިތުގައި ފިރުމާލެވުނުހެން ހީވިއެވެ. ކަރުނަތައް އޭނަގެ ބާރުގެ ދަށަށް ބަލްޤީޝް ގެނައެވެ.

”ދަރިފުޅުގެ އުފާވެރިކަން އެއީ މަންމަ ބޭނުންވާހާ ވެސް އެއްޗަކީ…” ޔޫޝައުގެ ނިތަށް ބަލްޤީޝް ބޮސްދިނެވެ. މަންމަގެ ލޯތްބަށް ބޭނުންވެފައި ހުރި ޔޫޝައުއަށް މަންމަގެ ގައިގައި ބައްދާލެވުނެވެ. އެއާއެކު ބަލްޤީޝްއަށް ކަމެއް ފާހަގަ ކުރެވުނެވެ. އަދިވެސް ޔޫޝައުގެ ހަނދާނުން ދީމްގެ ޚިޔާލުތައް އެއްފަރާތް ނުކުރެވޭ ކަމެވެ. އެއަންހެނާ އޭނަގެ ދަރިފުޅުގެ ހަމަޖެހުން ނަގާލައިފިއެވެ. އެކުގައި އުޅުނު އިރުވެސް އެފުރޭތަ ގަނޑު ޔޫޝައުއަށް ދިނީ އަނިޔާއެވެ. ވަކިވުމަށް ފަހުވެސް ޔޫޝައުއަށް އުނދަގޫ ކުރަނީއެވެ. އެއާއެކު ދީމް ދެކެ ބަލްޤީޝް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެއާއިލާ ދެކެ ވެސް އޭނަ ނަފްރަތު ކުރެއެވެ.

ޔޫޝައު މަންމަގެ އުނގުގައި ބޯއަޅާލައިގެން އޮވެ މަންމައާ ވާހަކަ ދެއްކިއެވެ. ދުރުގައި މިމަންޒަރު ބަލަން ފަލަކް ހުރީ ތުންފިއްތާލައިގެންނެވެ. ބަލްޤީޝްގެ މަޤާމުގައި އޭނައަށް އިނދެވުނުނަމައޭ ހިތަށް އެރިއެވެ. ނަމަވެސް އޭނައަށް އެނަސީބު ނުލިބޭނެކަން އެނގެއެވެ. ފަލަކްގެ ހިތުގައި މަޑު ރިހުމެއް އުފެދުނެވެ. މިނެޓަކަށްފަހު މިނެޓަކަށް އެރިހުން ގަދަ ވިއެވެ. އޭނަ އެވަނީ ޔޫޝައުއަށް އިންތިހާއަށް ބޭނުންވެފައެވެ. ޔޫޝައުއަށް އެކަން އިހުސާސް ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ދިގު އިންތިޒާރަށް ނިމުމެއް ނާންނާނީ ހެއްޔެވެ؟

ފެންބޯން ކާކޮޓަރިއަށް ވަންނަން ދިޔަ ޔަޝްމްގެ ލޮލުގައި ތަނބެއްގެ ނިވަލުގައި ހުރި ފަލަކް އަޅައިގަތެވެ. ފަލަކް ލޮލުން ފޭބި ކަރުނަތައް ފޮހެލި ތަން ވެސް ފެނުނެވެ. އެއާއެކު އޭނަގެ ނަޒަރު ސީދާވެގެން ދިޔައީ ފަލަކް ބަލަން ހުރި ދިމާއަށެވެ. އޭނައަށް ފެނުނީ ބަލްޤީޝްއާއި ޔޫޝައު އެވެ. އިރުކޮޅެއް ވަންދެން ބަލަން ހުއްޓާ ޔަޝްމް ސިހޭ ގޮތް ވީ ކުއްލިޔަކަށް ފަލަކް އެނބުރިލުމުންނެވެ. ފަލަކްއަށް ޔަޝްމް ފެންނައިރަށް ކަޅިއަޅާލަމުން ވިދުވަރުގެ ހަލުވިމުގައި ގޮސް މައިދޮރުން ނިކުމެއްޖެއެވެ.

ފަލަކްގެ ހަރަކާތްތަކުން ހައިރާންވެފައި ހުރި ޔަޝްމް ގޮސް ކާކޮޓަރިއަށް ވަނެވެ. އޭނަ ފެނުމުން ފަލަކްއަށް އެވަނީ ކިހިނެއް ހެއްޔެވެ؟ އޭނަ ”ނައިޓިންގޭލް” އަށް ފުރަތަމަ އައި ދުވަހު ދިމާވި އެކްސިޑެންޓްގެ ސަބަބުން ކަމަށް ވެދާނެއެވެ. މިވީހާ ދުވަހު އޭނަ ފެނުމުން ފުސްމޫނެއް ހަދައިގެން ހުންނަނީ ފަލަކް އެކަންޏެވެ. ފަލަކާއި އެކުވެރިކަން ބަދަހި ކުރަން އުޅުމުން އެކަން ވެސް ވީ ނާކާމިޔާބެވެ.

”އޭނަ ޖެހޭނެ އަހަންނަށް ކިތަންމެ ކުޑަ އުފަލެއް ލިބުނަސް އެކަން ޚަރާބުކުރަން، ހޭޓް ދެޓް ޝެޑޯ…” ކުދިކިޔަމުން ގޮސް ފަލަކް އޭނަގެ ކޮޓަރިއަށް ވަނެވެ.

އައިސްއަލަމާރި ހުޅުވާލަމުން ޔަޝްމް ފެންފުޅިއެއް ނެގިއެވެ. ޚިޔާލެއްގައި ހުރެ ތަށްޓަކަށް ފެން އަޅައިގެން ފެންފުޅި އައިސްއަލަމާރިއަށް ލާން އުޅުމުގެ ތެރޭގައި އިޒްކާންއާ މުޑި އަރައިފިއެވެ. ފުރަތަމަ އިޒްކާން ފެނި އޭނަ ގަތީ ބިރެވެ. އިޒްކާން އެތަނަށް އައީ ކޮން އިރަކު ހެއްޔެވެ؟ ބައެއްފަހަރު އިޒްކާން އުޅޭ ގޮތަކުން ތަފާތު ބާރެއް އިޒްކާންއަށް ލިބިފައިވާހެން ވެސް ހީވެއެވެ.

އިޒްކާންއާ ދުރަށް ޖެހިލަން އެޅުމުގެ ތެރޭގައި ޔަޝްމްގެ ފައި އަރިއަޅާލި އެވެ. ހަށިގަނޑު ބެލެންސް ކުރެވުނު އިރު އަތުގައި އޮތް ފެންފުޅި ދޫވެއްޖެއެވެ. ދެން ޔަޝްމްއަށް ކުރެވުނު އަވަސް ހަރަކާތާއެކު ތަޅައިގެން ގޮސްފައިވާ ފުޅީގެ ބިއްލޫރިކޮޅެއް އޭނަގެ ފަޔަށް ހެރުނެވެ. އެއާއެކު ޔަޝްމްއަށް ބާރަކަށް ރޮއިގަނެވުނެވެ.

އިޒްކާންގެ ހިތަށް ގޮތެއް ވިއެވެ. އޭނަ އަވަސް ވެގަތީ ޔަޝްމްއަށް ފަރުވާ ދިނުމަށެވެ. އަރަމާލި މަތީގައި އޮތް ފަސްޓް އެއިޑް ކިޓް ނަގަމުން ޔަޝްމް އަތުލިފައި ކޮށްލަމުން ގޮސް ގޮނޑިއެއްގައި ބޭންދިއެވެ. ދެލޯމަރާ ތަގުޅިކޮށްލައިގެން އިން ޔަޝްމްއަށް އިޒްކާންގެ އަތުގެ ބީހުންތައް އޭނަގެ ފަޔާ ހިސާބުން އިހްސާސްކުރެވުނެވެ. އެހިސާބުގައި ކަރަންޓްގެ އޮއެވަރެއް ދަތުރުކުރި ފަދައެވެ. ޔަޝްމްއަށް އުދަގޫ ވެސް ވިއެވެ. ދެފަހަރަކު ފައި ދަމައި ގަނެވުނެވެ. ނަމަވެސް ކޮންމެފަހަރަކު އިޒްކާން އޭނަގެ ފައިގައި ހިފަހައްޓައެވެ. އިޒްކާން އެއްޗެއް ބުނި އަޑު އިވުނެވެ. އެއަށްފަހު ފަޔަށް ހެރިފައި ހުރި ބިއްލޫރިކޮޅު ވަކިކޮށްލެވުނު ކަމުގެ އިހުސާސްކުރެވުނެވެ. އެވަގުތު ތޫނު ތަދެއް ފައިގައި އުފެދިގެން ގޮސް ޔަޝްމްއަށް ރޮވުނެވެ.

”ހޯލްޑް ސްޓިލް…” އިޒްކާންގެ އަޑު އިވުނެވެ. އަޑުގައިވަނީ ހަރުކަށިކަމެވެ. ލޭމަނާކުރަން ޖައްސާލި ކަފަކޮޅު ސިކުންތުކޮޅެއްގެ ތެރޭގައި ލެއިން ފޯވެގެން ދިޔައެވެ. ދެފަހަރުގެ މަތިން ކަފަކޮޅު ޖައްސާލިއިރަށް ނަސީބަކުން ލޭމަނާ ވެއްޖެއެވެ. ފާރުކޮޅު ސާފުކޮށްލަމުން ބެންޑޭޖްކޮށްލަދިނީ ވެސް އިޒްކާން އެވެ. ބޭސް އެޅި ވަގުތު އިޒްކާން އޭނަގެ ފަޔަށް ފުމެލުމުން ޔަޝްމްގެ ނޭވާ އެތެރެހަށީގައި ތާށިވިއެވެ. ގައިން ހީބިހި ނަގައިފިއެވެ.

އިޒްކާން ދުރަށް ޖެހިލިކަން އެނގުމުން ޔަޝްމް ލަސްލަހުން އެސްފިޔަތައް ދުރުކޮށްލަމުން ލޯ ހުޅުވާލިއެވެ. ހިތާހިތުން އިޒްކާންއާއި ހަތަރުކަޅި ހަމަނުވުމަށް އެދި ދުޢާކުރަމުންނެވެ. އިޒްކާން ފެންނަ ހިސާބެއްގައެއް ނެތެވެ. ފުރަތަމަވެސް އޭނައަށް ފެނުނީ ދުރުގައި ތިބި ޔޫޝައުއާއި ބަލްޤީޝް އެވެ.

ބަލްޤީޝްގެ މޫނުމަތީގައިވި ހިނިތުންވުން ސިއްރެއް ނުކުރެވުނެވެ. ފެނުނު މަންޒަރުން އޭނަ އުފާވިއެވެ. އިޒްކާންއާއި ޔަޝްމްގެ ގުޅުމަށް އެސްފީނާ ނުޖެހުމަށް އެދި ދުޢާކުރެވުނީ ކިތައް ފަހަރުކަމެއް ވެސް ނޭގެއެވެ.

އިޒްކާން އަތް ދޮވެލަމުން އެނބުރުނު ވަގުތު މަންމައާއި ކޮއްކޮ ފެނުމުން ސިހޭ ގޮތް ވިއެވެ.

”ބޮޑުކޮށްތަ ކެނޑުނީ؟… ތަދުވޭތަ؟…” ޔަޝްމް ގާތަށް އަންނަމުން ބަލްޤީޝް އެހިއެވެ. މިހާރު އޭނަގެ އަޑުގައި ކަންބޮޑުވުން އެކުލެވިގެން ވެއެވެ.

”ކުޑަ ފުޅިތަށިކޮޅެއް ހެރުނީ… ޕެއިންކިލާރއެއް ޔޫސް ކުރުމުން ތަދު ކެނޑިދާނެ…” އިޒްކާން ސާފުކޮށްދިނެވެ. ދެން އެތާ މަޑުކުރުމެއްނެތި އޭނަ ދިޔައީ ކޮޓަރިއަށެވެ. ފެންބޮވައިގެންފައި ހުރިކަމުގައި ވިޔަސް އެބޭނުން ވެސް ފުއްދަން އޭނަ ބޭނުމެއް ނުވިއެވެ. ޔަޝްމް އުޅޭ ގޮތަކުން އޭނަގެ ބޮލަށް ތުރާ ވެއެވެ. ޔަޝްމްގެ ލޮލުގައި ފެނުމުގެ މައްސައެއް އުޅެނީ ބާވައޭ ވެސް ހިތަށް އެރިއެވެ. ނޫނީ ގަސްދުގައި އޭނަގެ ގައިގައި ޖެހިގަންނަނީ ހެއްޔެވެ؟

****

ފަލަކް ކޮޓަރިއަށް ވަންއިރު މަންމަ އޮތީ ސޯފާގައި އޮށޯވެލައިގެންނެވެ. އޭރު ކޮޓަރިތެރެ އެއްވަސް ކޮށްލާފައި ވާ ވަހުން އެކަނި ވެސް ބޮލުގައި ރިއްސާލިއެވެ.

”މިހާރު ކިހިނެއްތަ ވީ؟…” ފަލަކް ސުވާލުކުރިއެވެ.

”ޔަޝްމްގެ ސަބަބުން ވެއްޓުނީއެއްނު، ބޭސް ލީމަ ވެސް ތަދު ނުފިލައޭ، މަށަށް ހީވަނީ ޑަކްޓަރަށް ދައްކަން ދާން ކަން ނޭގެ ޖެހޭނީ…” މާހުތާބް ރުންކުރުވެފައި އޮވެ ބުނެލިއެވެ. އުނަގަނޑުގައި ރިހޭވަރުން ކެތްކުރެވެނީކީ ނޫނެވެ.

”ދެން ތި ބޭސްލާން މަންމަގެ ކޮޓަރިއަށް ނުދިޔައީ ކީއްވެގެންތަ؟ މުޅި މިތާ ހަރުލާފައި މިއޮތީ ބޭހުގެ ވަހޭ…” ފަލަކް ހިތްހަމަ ނުޖެހުނެވެ. މަންމައާ ހެދި ސާފު ވައިކޮޅެއް ވެސް ލިބޭ ގޮތެއް ނުވެއެވެ.

”ބަލަ މައިމީހާ ބަލިއިރުވެސް ތީތަ ވާހަކަދައްކަން ޖެހޭ ގޮތަކީ؟ ނިކަން މަންމައަށް ފެންތަށްޓެއް ނެގެސްދީބަލަ…” މާހުތާބް ބުނި އެއްޗެއް ފަލަކްއަށް އަޑުއިވުނު ކަމަކަށް ނުވިއެވެ.

”ކިހިނެއްވީ؟، އަނެއްކާ ޔޫޝައު އެއްޗެކޭ ބުނީތަ؟…” މާހުތާބް ކުޑަކޮށް ތެދުވެލަމުން އެހިއެވެ. ފަލަކް ޖަވާބެއް ނުދިނެވެ. ”ފަލަކް…” ސޯފާގައި ހަމަޖެހިލަމުން މާހުތާބް ބުންޏެވެ. އޭނަ އިނީ ފަލަކްއަށް ބަލާށެވެ.

”ކާޅުގަނޑާ ހުރެ ހަމަޖެހިލައިގެން އުޅެވޭ ކަމަކަށް ނުވޭ، ނޭގޭ ބަލްޤީޝް ދައްތައަށް އޭނަގެ ކޮން ސިފައެއް ކަމުގޮސްގެން ކަމެއް އޭނައާއި އިޒްކާންގެ ކައިވެނި ހަމަޖެއްސީ، ތާކު ހުރި ބޮޑު ގަމާރެއް، ވަރަށް ފޫހިވެޔޭ… އޭނަ މިގެއަށް އައިފަހުން އެއްވެސް ކަމެއް ރަގަޅަކަށް ނުދޭ، ބޮޑު ސުންޕާގަނޑު…” ފަލަކް ރުޅިވެރިކަމާއެކު ބުންޏެވެ. ޔަޝްމްއަށް ލަނޑެއް ދޭން އޭނަ ރާވާލިއެވެ. އޭނަ އެކަން މާހުތާބްއަށް ސިއްރުކުރިއެވެ. ސަބަބަކީ މަންމަ ހިފާނީ ޔަޝްމްގެ ކޮޅުގައިކަން އެނގޭތީއެވެ.

****

ޔަޝްމް ހުރީ ކޮޓަރިއަށް ދާން ނުކެރިފައެވެ. އިޒްކާންއާ ކުރިމަތިލާނެ ހިތްވަރެއް އޭނަގެ ނެތެވެ. ދެންމެ ހިނގި ހާދިސާ އޭނައަށް ފެންނަ ކަހަލައެވެ. އިޒްކާންއާއި ކުރިމަތިލާން ވުމުން އޭނައަށް ވާ ގޮތެއް ބުނެދޭން ދައްޗެވެ.

ޔަޝްމް ނުދާން ހުރެފައި ވެސް ގޮސް ކޮޓަރިއަށް ވަނެވެ. ލަސްލަހުން ދޮރު ހުޅުވާލި އަޑަށް ސޯފާގައި އިން އިޒްކާންގެ ނަޒަރު އަމާޒުވެގެން ދިޔައެވެ. އެއާއެކު އެތޫނު ނަޒަރުން ހިތުގެ ތެޅުން އަވަސްކޮށްފިއެވެ. ޔަޝްމް ނޭވާ ހިފަހައްޓާލައިގެން ހުރެ އެތެރެއަށް ވަނެވެ. އިޒްކާންގެ ރުންކުރުކަމާ ކުރިމަތިލާން ޖެހިދާނެ ކަމާމެދު ސަމާލުވެގެން ހުރެއެވެ. ޒަޚަމްގެ ސަބަބުން ހިނގަން ފަސޭހައެއް ނުވިއެވެ. ކޮރުޖަހަމުން ކަހަލަ ގޮތަކަށް އޭނަ ގޮސް ރީތިވާމޭޒާއި އަރާހަމަކޮށްލިއެވެ. އަދި އޭގެ މަތީގައި އޮތް ފޯނު ނެގިއެވެ.

”ތަދުވޭތަ؟… ޑްރޯވާރ ތެރޭގަ ހުންނާނެ ބޭސް….” ދެޚިޔާލެއްގެ މަތީގައި އިނދެފައި އިޒްކާން އެހިއެވެ. ޔަޝްމް ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ. އޭރުވެސް އޭނަ ހުރީ އިޒްކާންއަށް ފުރަގަސް ދީގެންނެވެ. ދެން އެދެމެދަށް ވެރިވެގެން ދިޔައީ އާދައިގެ މަތިން މަރުގެ ހިމޭންކަމެވެ. ޔަޝްމްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ އެނދުގައި އިށީންނަމުން ފޯނު ހުޅުވާލި އެވެ. އެހެން އިނދެފައި އިޒްކާންއަށް ސިއްރު ނަޒަރެއް ދެވުނެވެ. އިޒްކާންގެ މޫނުމަތިން އޭނައަށް ފެނުނީ ރުޅިވެރިކަމެވެ.

”އައެމް ސޮރީ… އަހަންނަށް އިޒްކާން ނުފެނުނީމަ މިއަދު އެއެކްސިޑެންޓް ހިނގަން މެދުވެރިވީ، ކޮންމެހެން އިޒްކާންގެ ގައިގައި އަޅައިގަންނަން އަހަރެން ބޭނުންވާތީއެއް ނޫން، މީގެ ފަހުން އިޒްކާންއާއި ދުރުން އުޅެން އަހަންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން…” އިޒްކާންއަށް ކުށްހީއެއް ކުރެފައިވާނަމަ އެކުށްހީ ފިލުވާލަން ޔަޝްމް ބުންޏެވެ.

އިޒްކާންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ.

”ފޮނީ މީހެއް، ދެން އަހަރެން މިއުޅެނީ އޭނަ ވަރުގެ މީހެއް ނެތިގެންތަ!، ދުނިޔެމަތިން ފިރިހެނުން ހުސްވިޔަސް އަހަރެން ނޫޅޭނަން އޭނައާ ހެދި!، އިޑިއަޓް، އޭނައަށް ވެސް އަހަރެން ފެންނާނެއޭ، ގަސްދުގަ ލަނޑެއް ދޭން އެތާ ހުރީ، މޯންސްޓާރ، އައި ވޮންޑާރ ހައު މިޝްޔާ ހޭންޑްލްޑް ދިސް ފްރީކް…” ޔަޝްމް ތުން އަނބުރާލިއެވެ. އޭނަގެ ހިތުގައި އިޒްކާންއާ މެދު އުފެދިފައިވާ ފޫހިކަން އިތުރަށް ބޮޑުވެގެން ދިޔައެވެ. އެހުންނަ މިޒާޖަކާ ހެދިވެސް ވާހަކަދައްކަން ރުޅި އާދެއެވެ. އޭނަ އެހެން އިންދާ އިޒްކާންއަށް ފޯންކޯލެއް އައިސްގެން ބެލްކަންޏަށް ނިކުތްތަން ފެނުނެވެ. ޔަޝްމް އިނީ އިޒްކާންގެ ލެޕްޓޮޕަށް ބަލާށެވެ. އޭގައި ފަހަރެއްގައި މިޝްޔާއާ ބެހޭ މައުލޫމާތެއް ހުރެދާނެ ހެއްޔެވެ؟ އިޒްކާން އެހާ ބޮޑަށް މިޝްޔާ ދެކެ ލޯބިވާނަމަ އޭގައި ކޮންމެވެސް އެއްޗެއް ހުންނާނެއެވެ.

އިޒްކާން ފޯންކޯލް ނިންމާލާފައި އައުމުން އޭނަ ފުންނޭވާއެއް ލަމުން ވާހަކަ ދައްކަން ތައްޔާރު ވެލިއެވެ. ދެފަހަރަކު އަނގަހުޅުވާލާފައި ވެސް ހިތަށް އެރި އެއްޗަކުން ހުއްޓުން އެރިއެވެ. އަތުގެ އިނގިލިތަކާ ކުޅެން އިނދެފައި ހިތްވަރު ލިބިގަންނަމުން އިޒްކާންއަށް ގޮވާލިއެވެ.

”ލެޕް ލިބިދާނެތަ؟ އަހަރެންގެ ލެޕް މިއަދު ވެއްޓި ހަލާކުވީ ފަހުން މެއިލް ޗެކްކޮށްނުލެވިގެން މިއުޅެނީ، ފޯނުގަ ވެސް ޗާރޖެއް ނެތް…” ޔަޝްމް ބުންޏެވެ. އެއާއެކު އިޒްކާންގެ ތޫނު ދެލޯ އޭނައާ ދިމާއަށް ހުއްޓިގެން ދިޔައެވެ. ހީވީ އޭނަ ހެދި ދޮގު ފަޅާ އެރީހެންނެވެ. ޔަޝްމް އިނީ ހިރިލަން ވެސް ނުކެރިފައެވެ. އިޒްކާން ދެކެ އޭނަ މިހާ ވަރަށް ބިރުގަންނަ ސަބަބެއް ވިސްނާ ވިސްނާ ސިކުނޑިއަކަށް ނައެވެ. ސިއްރުވެރި މީހަކަށް ވުމުން ކަމަށް ވެސް ވެދާނެއެވެ.

އިޒްކާން އެއްޗެއް ނުބުނެ އިނދެފައި ކޮޓަރިން ނިކުމެގެން ދިޔައީ ލެޕްޓޮޕް ބޭނުން ކުރުމުގެ ފުރުސަތު ޔަޝްމްއަށް ދިނުމުގެ ބޭނުމުގައެވެ. ލިބުނު ފުރުސަތާއެކު ޔަޝްމް ފުންމައިގެން އެނދުން ތެދުވެއްޖެއެވެ. ފައިގައި ޒަޚަމެއް ހުރިކަމުގެ އިހްސާސް އޭނައަށް ނުވާ ކަހަލައެވެ.

ޔަޝްމް ލެޕްޓޮޕް ހާވާލަން އިންދާ މާޔޫސް ވިއެވެ. އޭގައި ވަނީ ހުސް އޮފީހުގެ ސާމާނު ތަކެވެ. ”މީނަ ވެސް އެއްޗެހި ފޮރުވަން ހާދަ މޮޅޭ، މިހާރު އޮތް ހަމަ އެކަނި ގޮތަކީ އެސޭފް ބްރޭކް ކުރުން، އަޅެ އެހުޅުވޭނެ ގޮތެއް ލިބިއްޖެނަމަ، އައެމް ޝުއާރ ސަމްތިންގް ބިގް ހެޕެންޑް، މަންމައަށް ވެސް އޮޅުވާލެވިފައިވަނީ ކަންނޭގެ…”ޔަޝްމް ނެޓަށް ވަދެލިއެވެ. އަދި މިއަދު އޭނައަށް ފެނުނު ބޭސްތަކުގެ މައުލޫމާތު ހޯދާލިއެވެ.

އެއީ ޑިޕްރެޝަންއަށް ބޭނުން ކުރެވޭ ބޭސްތަކެކެވެ. އަދި އެހާމެ ބާރު ވެސް ގަދަ އެއްޗެކެވެ. ޑޮކްޓަރެއްގެ ހުއްދައާ ނުލާ އެބޭސް ފިހާރައަކުން ލިބޭނެ ކަމާމެދު ޝައްކެވެ. އެއާއެކު ޔަޝްމްގެ ސިކުނޑީގައި ބޮއްކެއް ދިއްލިގެން ދިޔައެވެ.

”މިޝްޔާ ބެލި ޑޮކްޓަރަށް ކޮންމެވެސް ކަހަލަ މައުލޫމާތެއް އިނގޭނެ، އަނެއްކާ އިޒްކާންގެ ސަބަބުންތަ މިޝްޔާ ޑިޕްރެޝަންއަށް ދިޔައީ؟، އިޒްކާން އަކީ އަނެއްކާ ރަގަޅު މީހެއްތަ؟…” ޔަޝްމްގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްފިއެވެ. ފަހަރެއްގައި ވަންހަނާ ކުރެވިފައިވާ ސިއްރަކީ އެއީ ކަމަށް ވެދާނެއެވެ. އިޒްކާން އަކީ ނުލަފާ މީހެއް ހެއްޔެވެ؟

”މިހާރު ކޮންމެ ގޮތެއް ހަދާފަ ވެސް އިޒްކާންގެ ޕާސްޓް އެނގެން އަހަރެން ބޭނުން، ކިހިނެއް އެނގޭނީ އިޒްކާން އަހަންނަށް ދެރަ ގޮތެއް ނަހަދާނެކަން، އަޅެ އަމަލް ބުނި ގޮތަށް މިކަންއިވެންޏާ ދެކޮޅު ހެދުނުނު ނަމަ، ބަޓް އައި ޑިޑިންޓް، އައި ވޯޒް ޔާރނިންގް ފޯރ ފްރީޑޮމް އެންޑް ދިސް އިސް ވަޓް އައި ގޮޓް، ހެޑްއޭކް އެންޑް ފިއާރ… މިހާރު މިވަނީ ވަގުތު ފާއިތުވެފަ…” ޔަޝްމް އޭނަގެ ނިތުގައި ހިއްލާފައި ހުރި ދާތިކިތައް ފޮހެލިއެވެ. އަދި ލެޕްޓޮޕް ބެހެއްޓުމުގެ ކުރިން ހިސްޓްރީ ފޮހެލިއެވެ.

****

ދަންވަރުގެ ވަގުތެވެ. އިޒްކާން ކޮޓަރިއަށް ނިދަން އައީ ދޭއްވެސް ޖަހަން ކައިރިވެފައި ވަނިކޮށެވެ. އޭނަ ފެންވަރާލައިގެން ފާޚަނާއިން ނިކުތީ ސޯޓަކާއި ޓީޝާޓެއް ލައިގެންނެވެ. އިޒްކާން ގޮސް ސޯފާގައި ޖައްސާލަމުން ނިދޭތޯ މަސައްކަތް ކުރިއެވެ. އޭނައަށް އެންމެ އުނދަގޫ އެއްކަމަކީ އެއީ އެވެ. ލޯމަރާލަން ވެސް އޭނަ ބިރުގަނެއެވެ. ފެނިގެންދާނެ މަންޒަރުތަކުންނެވެ. އެކަމަކު ޔަޝްމް ކޮޓަރީގައި އޮތުމުން ނޭގޭ ހަމަޖެހުމެއް ހިތަށް ލިބެއެވެ. މީހަކު އޭނައާއެކު އޮންނަ ކަން އެނގުމުން ބައެއް ރޭރޭ ނިދަން ވެސް ފަސޭހަ ވެއެވެ. އޭނަ އެކޮޓަރިއަށް ނިދަން އަންނަ ސަބަބަކީ ވެސް އެއީ އެވެ.

ނިތްމަތީގައި އަތް ބާއްވާލަމުން އިޒްކާން ބަލަން އޮތީ ސީލިންގްއަށެވެ. އެހެން އޮންނަތާ ވަގުތުކޮޅެއް ފަހުން ނިދި ސަވާރުވާން ފެށިއެވެ. މެރިގެން ދިޔަ އެސްފިޔަ ތަކުގެ ތެރޭން ފުރަތަމަ ވެސް ފެނިގެން ދިޔައީ ލޯބިވާ މިޝްޔާގެ ސޫރައެވެ. އޭނަގެ ހިތަށް ފިނިކަން ގެނެސްދޭ ހިނިތުންވުމެވެ. ނިދީގެ ތެރެއަށް ފީނައި ގަނެވުމުން މަންޒަރު ބަދަލުވާން ފެއްޓިއެވެ. މާޒީގެ ކަޅު ސަފްހާތަކުން ފަރުދާ ހިއްލެން ފެށިއެވެ. ނިދީގައި އޮތް އިޒްކާންއަށް އުނދަގޫތަކެއް އިހްސާސްކުރެވުނެވެ. ހީވަނީ މީހަކު އޭނަގެ ކަރުގައި ހިފަހައްޓައިގެން ހުރި ހެންނެނެވެ. ނޭވާ ނުލެވުނެވެ. ދަލުން މީހާ ފޯވާން ފެށިއެވެ.

*****

”ޒޭން، އަހަރެން އެކަނިކޮށްލާފަ ނުދޭބަލަ ވަރަށް ބޮޑަށް ބިރުގަނޭ…” އިޒްކާންއަށް ފޯންކޯލެއް އައިސްގެން ބޭރަށް ދާން އުޅޭކަން އެނގުމުން މިޝްޔާއަށް އިޒްކާންގެ އަތުގައި ހިފާލެވުނެވެ. އެއަޑުގައިވި ބިރުވެރިކަން އިޒްކާންއަށް ނަގައިގަނެވުނެވެ. އޭނަ މިޝްޔާގެ މަގަތުގައި އިށީންނަމުން މިޝްޔާގެ އަތުގައި ފިރުމާލިއެވެ. އަދި ފިނިވެފައިވާ އަތްތިލައަށް ބޮސްދިނެވެ. އިޒްކާންގެ ތުންފަތުގެ ބީހުމުން މިޝްޔާގެ އުދާސްތަކަށް ނިމުމެއް ގެނައެވެ. ލޯބިވާ ފިރިމީހާގެ ކޮންމެ ބީހިލުމަކަށް ހިތް ފިދާވެގެން ދެއެވެ.

އިޒްކާން މިޝްޔާގެ ނިތަށް ވެސް ބޮސްދިނެވެ. ހުސް ލޯބިން ފުރިގެންވާ ހަރަކާތްތަކެވެ.

”ބޭބީ ނިދެންދެން އިންނާނަން….” ދެވަނަ ފޯންކޯލް އައުމުން އިޒްކާން ބިޒީ ކޮށްލިއެވެ. އަދި އިރުކޮޅެއް ފަހުން ގުޅާނެ ކަމަށް ބުނެ މެސެޖްކޮށްލިއެވެ.

މިޝްޔާއަށް ނިދުމުން ބަނާތު ރަގަޅުކޮށްލަދެމުން އިޒްކާން މިޝްޔާގެ ކޯތާފަތަށް ބޮސްދިނެވެ. އަދި އުފުލިފައިވާ މިޝްޔާގެ ބަނޑުގައި ނުހަނު ލޯބިން ފިރުމާލަމުން ބަނޑުގައި ވެސް ބޮސްދިނެވެ. އެވަގުތު ބައްޕަގެ އަތުގެ ބީހުން ދަރިފުޅަށް އިހުސާސް ކުރެވުނީ ކަން ނޭގެއެވެ. ދެތިން ފަހަރު ތޮޅެލިއެވެ. އެއާއެކު އިޒްކާންގެ ތުންފަތަށް ވެރިވެގެން ދިޔަ ހިނިތުންވުން ފުންވެގެން ދިޔައެވެ. އަނގައިގައިވާހާ ދަތްތައް ފެނެއެވެ.

”ބީ ރައިޓް ބެކް، މަމީ އެންޑް ޑެޑީސް ލިޓިލް އެންޖެލް…” އިޒްކާން ދަމުން ބުންޏެވެ. ލެޕްޓޮޕް ނަގައިގެން އޭނަ ދިޔައީ ކޮޓަރިން ބޭރަށެވެ. ވީޑިއޯކޮންފަރެންސް ހެދުމުން މިޝްޔާއަށް އުނދަގޫ ވެދާނެތީއެވެ. ކޮޓަރިން ނިކުތް އިޒްކާންއަށް ބޯމަތިކުރުމުން އައި ގަދަ ތޫފާނުގެ ހިލަމެއް ވެސް ނުވެއެވެ. އެތޫފާނުގެ ފުރަތަމަ ކެރީގެ ހަމަލާ ވެސް އަމާޒުކޮށްފިކަމެއް ނޭގެއެވެ.

(ނުނިމޭ)

47
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Other Articles

Previous

މިއީ ތަޤްދީރު ހޭ؟ (އަށްވަނަ ބައި)

Next

ލޯބީގާ ވާތީފަނާ… (9ވަނަ ބައި)

Next
December 14, 2015

ލޯބީގާ ވާތީފަނާ… (9ވަނަ ބައި)

Previews
December 13, 2015

މިއީ ތަޤްދީރު ހޭ؟ (އަށްވަނަ ބައި)

19 Comments

  1. Maalu says:
    December 13, 2015 at 10:13 pm

    Vvv reethi mi baives…..when is the next part???
    …….waiting…

  2. Mish says:
    December 13, 2015 at 10:19 pm

    wowwwwwwwwwwwwwwww varh reethi .. curious to knw wht happend to mishyaa .. varh reeathi .. aneh bai avahah upload kodheh chey muthaa .. cant wait .. 🙂 🙂 🙂 🙂

  3. ishaa says:
    December 13, 2015 at 10:35 pm

    very nice love the story

  4. It's Me says:
    December 13, 2015 at 10:54 pm

    Varah Reethi

  5. Naxoo says:
    December 13, 2015 at 11:08 pm

    varah reethi…waiting for the next part…muthaa plx upload kohlahchey avahah…, 🙂

  6. Dark princess says:
    December 13, 2015 at 11:20 pm

    Wow.. salhi.. izkaan maazy egn v beynun.. just love this story soooo much… waiting for next 🙂

  7. Shar says:
    December 13, 2015 at 11:29 pm

    V reethi

  8. Inaa says:
    December 13, 2015 at 11:33 pm

    Awesome. Keep it up.

  9. shaz says:
    December 14, 2015 at 1:05 am

    alhey v kiyaa hithun hutta nimunee..
    cant wait for the next part. plx upload soon

  10. vily says:
    December 14, 2015 at 1:13 am

    Wow….. vvvvv nice story ehhh… waiting impatiently for the next part…. love to read……????

  11. Maa says:
    December 14, 2015 at 4:15 am

    Mihaaru rangalhu vey eba. Varah ufaavey kiyuntheringe hiyaalu thah balaigen vaahaka kuriyah gendhaathy. Keep it up ?

  12. mice says:
    December 14, 2015 at 7:29 am

    very very nice! waiting fo the next part

  13. sadhaaa says:
    December 14, 2015 at 8:01 am

    Haaadha reeethi eyyy ??

  14. minie says:
    December 14, 2015 at 1:18 pm

    reethi

  15. nee says:
    December 14, 2015 at 6:47 pm

    Nice

  16. ishaa says:
    December 14, 2015 at 8:24 pm

    plx upload soon

  17. handi says:
    December 15, 2015 at 10:05 am

    wow.. v salhi

  18. shiu says:
    December 16, 2015 at 4:17 pm

    kobaaaaaaaaaaaaaaa next part? net dhiyaee?

  19. sama says:
    December 16, 2015 at 4:18 pm

    avassssssssssssssss plsssssssssssssssssssssss 🙁 🙁

Comments are closed.

All Right Reserved!