Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 16

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
December 9, 2015 7 Mins Read
19 Comments

”އަދިވެސް ހުރީތަ؟ އަޑެއް ނީވެނީތަ؟…” ދީމް ބުމަ ކައިރިކޮށްލަމުން ދޮރާ ދިމާއަށް އިޝާރާތް ކޮށްލިއެވެ. ޖުވޭރިޔާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އޭނަ ގޮސް ދީމްގެ އަތުގެ މުލައްދަނޑީގައި ހިފާ އޭނައާ ދިމާއަށް އަނބުރާލިއެވެ.

”މަންމާ…” ދީމް ޖުވޭރިޔާއަށް ބަލާލިއެވެ. އޭނަ ހުރީ ގޮތް ދޫ ކުރާކަހަލަ ގޮތަކަށް ނޫނެވެ. މަންމަ ރުޅި އައިސްފައި ހުއްޓެއްކަމަކު ހުއްޓާލާކަށް އޭނަ ނޫޅުނެވެ.

”ދީމް، ކޮޓަރިއަށް ދޭ!…” ހަރުކަށިކަމާއެކު ޖުވޭރިޔާއަށް ބުނެވުނެވެ. އޭނަ ހުރީ ދީމްގެ ސަބަބުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ރުޅިވެސް އައިސްފައެވެ.

”ވައި އާރ ޔޫ ސްޓިލް ހިޔާރ!…” ދީމް އަނެއްކާ ވެސް އަޑު ބާރުކޮށް ލިއެވެ. އިޒްކާން ފެނި އޭނަގެ އެތެރެ ހަށީގައި ހުޅު ރޯވެގެން ދިޔަ އެވެ. އައި ގަދަ ރުޅިގައި މުޅި ހަށިގަނޑުގައި ތުރުތުރު ލުމެއް ވެސް އުފެދުނެވެ. އޭނަގެ ބޮލަށް ޝައިތާނާ ވަނީ ސަވާރުވެފައެވެ. އޭނަ މިގޭގައި ހުރިހާ ހިނދަކު އިޒްކާންގެ ބޭނުން ހާސިލް ވިޔަކަ ނުދޭނެއެވެ. ދީމް އިޒްކާންއާ ދިމާއަށް ކަޅި އަޅާލިއެވެ. އެދެލޮލުން އިޒްކާން ފިއްސާލަން އުޅުނު ކަހަލައެވެ.

ޖުވޭރިޔާ ދީމް ގޮވައިގެން މިސްރާބު ޖެހީ ދީމްގެ ކޮޓަރިއާ ދިމާއަށެވެ. ”މަންމާ، އަތުން ދޫކޮށްބަލަ، އަދިވެސް އަހަރެންތަ ގޯސްވީ؟ އޭނަ މިގެއަށް ވައްދަނީ ކީއްކުރަންތަ؟ މަންމަގެ ވިސްނުން ހުރި ގޮތުން އަހަރެން އަޖައިބުވެއްޖެ، އޭނަގެ ސަބަބުން ކޮއްކޮއަށް އެހާލު ޖެހުނީ، އެންޑް ސްޓިލް….” ދީމްގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ޖުވޭރިޔާ ވާހަކަ ދައްކަން ފެއްޓިއެވެ.

”ދެން އިތުރަށް އެއްވެސް އެއްޗެކޭ ނުބުނާތި…” ޖުވޭރިޔާ ބުންޏެވެ. ދީމް ގަދަހަދަމުން ޔޫސުފްއަށް ބަލާލިއެވެ. ޔޫސުފް ވެސް ހުރީ ދީމްގެ ބަސްކޮށާރުގެ ސަބަބުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އެކަން އެމޫނުމުނަތިން ކިތަންމެ ރީއްޗަށް ވެސް ފާޅު ވެއެވެ. ދީމް އެ ފެންވަރަށް ދިޔައީ ކޮން އިރަކު ހެއްޔެވެ؟

”ބައްޕަ ވެސް؟…” ދީމްއަށް ރޮވޭ ގޮތް ވިއެވެ. އޭނަ ލޮލުން ކަރުނަތައް ފޮހެލަމުން މަންމަގެ އަތް ފޮޅުވާލަން އުޅެގަތެވެ. އޭނަގެ ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު އިޒްކާންއަށް ކޮއްކޮއާއި ބައްދަލު ކުރުމުގެ ފުރުސަތެއް ނުދޭނެއެވެ. އޭނައަކީ ކާކުކަން އިޒްކާންއަށް ނޭގެނީއެވެ. މަންމައާއި ބައްޕަ އޭނައާއި ދެކޮޅަށް ތިއްބަސް ހެވެވެ. މަންމަމެންނަށް ހަޤީޤަތް ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ އިޒްކާން މަންމަމެންގެ ވިސްނުމާ ކުޅެލީކަން ޔަޤީނެވެ.

”ބަލަ އަދިވެސް ހުރީތަ! ކަލޭ ތިއުޅެނީ ކޯޗެއް ސާބިތުކޮށްދޭންތަ؟ މަންމައާއި ބައްޕައަށް ވެސް އޭނަ އޮޅުވާލީ، އޭނަގެ ސަބަބުން މިޝްޔާއަށް އެހިތާމަ ވެރި ހާދިސާއާ ކުރިމަތިލާން ޖެހުނީ، އެއީ ހަޤީޤަތަކީ!، އެކަމަކު ވެސް މަންމަ އޭނައަށް މާފް ކުރީތަ؟….” ދީމް ރުއިން ހުއްޓާލަމުން ހަޅޭއްލަވައިގަތެވެ. ” އިޒްކާންއަށް ދުވަހަކު އުފަލެއް ނުލިބޭނެހެން އަހަރެން ދުޢާކުރާނަން…” ދީމްގެ ޖުމްލައާއެކު ޖުވޭރިޔާއަށް އަތް އިސްކުރެވުނެވެ. ދީމްއަށް ސިހުން ލިބުނެވެ. ކޯތާފަތް މައްޗަށް އަރައިގެން ދިޔަ ހޫނު އެތި ފަހަރާއެކު ދީމްއަށް ބާރަށް ރޮވުނެވެ. އެއަޑު ބޮޑު ކޮޓަރި ތެރޭ ގުގުމައި ގަތެވެ. އެސްފިޔަތަށް ފޫއަޅުވާލާފައި ކަރުނަތައް ފައިބައި ގަތްއިރު ދީމްގެ ހިތަށް ލިބުނު ޒަޚަމްތައް ފުންވެގެން ދިޔައެވެ. މިނޫނީ މަންމަ އޭނަގެ ގަޔަށް އަތް އިސްކޮށްފަކާ ނެތެވެ. އެވެސް އިޒްކާންގެ ސަބަބުންނެވެ. ދީމްގެ ހިތުގައި ވި ނަފްރަތުގެ ހުޅުކޮޅު އިތުރަށް ގަދަވެގެން ދިޔައެވެ.

ކޯތާފަތުގައި ފިރުމާލުމަށްފަހު ދީމް އިޒްކާންއަށް ބަލާލިއެވެ. އަދި މަޑުކުރުމެއްނެތި ދުވެލާފައި ގޮސް އެރީ ލިފްޓަށެވެ. ޔޫސުފް ކަންބޮޑުވެފައި ހުރެ ދީމްގެ ފަހަތުން ދިޔައެވެ. ޖުވޭރިޔާ އިޒްކާންއަށް ބަލާލަމުން ޔޫސުފްގެ ފަހަތުން ދިޔައެވެ. ދީމްގެ ގަޔަށް އަތް އިސްކުރެވުމުން އޭނަ ހުރީ އެކަމާ އިންތިހާއަށް ދެރަވެފައެވެ. ދީމް ހުރި ހާލާ މެދު އޭނައަށް ވިސްނާނުލެވުނީ އައި ގަދަ ރުޅީގެ ސަބަބުންނެވެ.

ޖުވޭރިޔާ ލިފްޓްގެ ފިތްތަކަށް އޮބާލަމުން ފަސްއެނބުރި ބަލާލިއެވެ. އޭރު އިޒްކާން ގޭގެ މައިދޮރުން ބޭރަށް ނިކުންނަނީއެވެ.

”އިޒްކާން…” ޖުވޭރިޔާއަށް ގޮވާލެވުނެވެ. އިޒްކާންއަށް އަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. ޖުވޭރިޔާ ދެތިން ފަހަރު ގޮވާލިކަމުގައި ވިޔަސް އިޒްކާން މަޑުކުރުމެއް ނެތި ގޮސް ކާރަށް އެރީއެވެ. ދީމްގެ ވާހަކަތަކުން އިޒްކާންއަށް އަސަރުކުރީކަން ޖުވޭރިޔާއަށް ވަގުތުން ނަގައިގަނެވުނެވެ. އެއާއެކު އޭނަ ދެރަވިއެވެ. ދީމް ދެކެ ރުޅި އާދެވުނެވެ.

”ދީމްއަށް ވިސްނާދީ އަހަރެން ވަރުބަލި ވެއްޖެ، އެކަމަކު ވެސް ގޮތް ދޫކުރާކަށް އެކުއްޖާ ބޭނުމެއް ނޫން، ކިތައް ފަހަރު އަހަރެން ބުނެދޭނީ އެކަމުގައި އިޒްކާންގެ ކުށެއް ނެތްކަން، އޭނަ ނެތްނަމަ ނޭގޭ މިޝްޔާއަށް………” ޖުވޭރިޔާއަށް ކުރިއަށް ނުގެންދެވުނެވެ. އޭނަގެ އަޑު ކުރެހިގެން ދިޔައީއެވެ.

ޖުވޭރިޔާ އިޒްކާންގެ ފަހަތުން ދާން ބޭނުން ވިއެވެ. އެހެނަސް އޭނައަށް އެފުރުސަތެއް ނުލިބުނެވެ. އިޒްކާން ދިޔައީއެވެ.

****

މިޝްޔާގެ ކޮޓަރިއަށް ޔޫސުފްގެ ދެމަފިރިން ވަން އިރު ދީމް އިނީ އެނދުގެ މަގަތުގައި އިށީންދެލައިގެންނެވެ. ދޮރު ހުޅުވިގެން ދިޔަ އަޑަށް ދީމް ކަރުނަ ފޮހެލިއެވެ. އޭނަ ތުންފަތުގައި ދަތް އަޅާލަމުން އެތެރެއަށް ނޭފަތް ދަމާލިއެވެ. އޭނަ ހުރީ ހިތުގައި ޖެހިފައެވެ. މަންމަ އިޒްކާންއަށް އަހައްމިޔަތުކަން ދިނީތީ ހިތުގައި ޝަކުވާ އުފެދުނެވެ.

ޖުވޭރިޔާ ލުއި ފިޔަވަޅުތަކެއްގައި ގޮސް ދީމްއާ އަރާހަމަކޮށްލިއެވެ. އޭނަ ދީމްއަށް ގޮވާލުމުން ޖަވާބެއް ނުލިބުނެވެ. ދަރިފުޅުގެ ކޮނޑުގައި އަތް ބާއްވަމުން ޖުވޭރިޔާ ވެސް އެނދުގައި އިށީނެވެ. އޭނަ ދީމްއާ ވާހަކަ ދެއްކިއެވެ. ދީމް އެއްޗެއް ނުބުންޏެވެ. ހިތުގައި ޖެހުމުގެ އިތުރަށް އޭނަ ހުރީ މަންމައާއި ބައްޕަ ދެކެ ރުޅި އައިސްފައެވެ. އިޒްކާން އެގެއަށް ވަނުމުގެ ހުއްދަ ދީފައި ވާތީއެވެ. އެނުލަފާ ފިރެހެނާއަށް މިޝްޔާއާއި ބައްދަލު ކުރުމުގެ ފުރުސަތު ދީފައި ވާތީއެވެ.

”ދީމް…” ދީމްގެ ފަރާތުން ފެންނަމުން ދިޔަ ހިމޭންކަމުން ޖުވޭރިޔާއަށް އުނދަގޫ ވިއެވެ. ”މަންމައަށް އެނގޭ ދަރިފުޅު ތިހުރީ ދެރަވެފައިކަން، އެކަމަކު އެގޮތަށް އިޒްކާންއާ ވާހަކަ ދެއްކުމުން އިޒްކާން ވެސް ދެރަވާނެ ކަމާމެދު ދީމް ވިސްނާނުލަންތަ؟…” ޖުވޭރިޔާ ބުނެލިއެވެ. ދީމް ތުންފަތުގައި ބާރަކަށް ދަތް އަޅާލިއެވެ. މަންމައަށް އަދި ވެސް މުހިންމު ވަނީ އިޒްކާން އެވެ.

”އޭނަ ކޮން ދެރައެއްތަ ވާނީ؟، މިޝޫއަށް މިހާލު ޖައްސާފަ އޭނަ އެއުޅެނީ އުފަލުގަ،  ހީޒް މެރީޑް، އޭނަ މިޝޫ ދެކެ ލޯބި ވާނަމަ ދެވަނަ ކައިވެންޏެއް ނުކުރާނެ، މިޝޫއަށް އިންތިޒާރު ކުރާނެ، ބަޓް ހީ ޑިޑިންޓް…….. ކީއްވެގެންތަ މަންމަމެންނަށް ހަޤީޤަތް ނުފެންނަނީ؟…” ދީމްއަށް އެންމެ ފަހުން ނީދެވިގެން ބުނެވުނެވެ. އޭނަ މިޝްޔާގެ އަތުގައި ފިރުމާލިއެވެ. އެވަގުތު ދީމްގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ގޮސް ޖެހުނީ މިޝްޔާގެ އަތް ތިލައިގައެވެ.

ދީމްގެ ޖުމްލައާއެކު ޔޫސުފްގެ ނަޒަރު ހުއްޓިގެން ދިޔައީ ޖުވޭރިޔާ އަށެވެ. އެއާއެކު ޖުވޭރިޔާގެ ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ. މީހާ ހާސްކަމުން ވަށާލި އެވެ. ޔޫސުފް އެހުރީ ޖަވާބު ބޭނުންވެފައިކަން އޭނައަށް ނަގައިގަނެވުނެވެ.

”ދީމް، މަންމަ ބޭނުމެއް ނޫން އިތުރަށް މިވާހަކަ ކުރިއަށް ގެންދާކަށް…” ޔޫސުފް ޖަވާބު ބޭނުންވެފައި ހުރިކަން އެނގުމުން ޖުވޭރިޔާ ބޭނުންވީ އަވަހަށް މައުޟޫއު ބަދަލުކޮށްލާށެވެ.

****

ތޮށިގަނޑަށް ބިންދާލަމުން ދިޔަ ރާޅުތަކުގެ އަޑު ފަޒާގައި ގުގުމާލަމުން ދިޔައެވެ. ފިނިފިނި ރޯޅިތައް ގަސްތަކުގައި ވައި އަޅުވާލަމުން ދިޔަ އަޑު ވެސް ވެއެވެ. ވިއްސާރައަލިކޮށްލާފައި އޮތުމުން ކުދި ތަރިތައް އުޑުގައި ފިޔަޖަހާލަމުން ދިޔަ މަންޒަރު ރީއްޗަށް ފެންނަމުން ދިޔައެވެ. އިޒްކާން އިނީ އާޓިފިޝަލް ބީޗްގައި ހުރި ބެންޗެއްގައި އިށީންދެލައިގެންނެވެ. ފެންނަމުން ދިޔަ މާސިންގާ ކަނޑަށް އޭނަގެ ނަޒަރު ހުއްޓާލެވިފައި ވާއިރު އެކި އުމުރުފުރާގެ މީހުންތައް އެހިސާބުގަނޑުގައި ހޭލަމޭލަވަމުން ދިޔައެވެ.

އިޒްކާން އެކަނިމާއެކަނި އިންދައި މީހަކު އޭނަގެ ކޮނޑުގައި ޖަހާލިހެން ހީވެގެން ބަލާލެވުނެވެ. އޭރު ޔޫޝައު ހުރީ އިޒްކާންއަށް ސުވާލުގެ ނަޒަރަކުން ބަލަހައްޓައިގެންނެވެ. އިޒްކާންއަކީ ދުވަހަކުވެސް މީހުން އެއްވެ އުޅޭ ތަންތަނަށް ދާ ޒުވާނެއް ނޫނެވެ. އޭނައަށް ފުރަތަމަ އިޒްކާން ފެނި ޤަބޫލެއް ވެސް ނުކުރެވުނެވެ.

”ޒެން މިތާ ކީއްކުރަނީތަ؟…” ޔޫޝައު ބެންޗްގައި އިށީނެވެ. އޭނަގެ އަޑުގައި އެކުލެވިގެންވަނީ ޚައިރާންކަމެވެ. ”ތި ސުވާލު ޔޫޝްއާ ވެސް ކުރެވިދާނެ…” ގަދަކަމުން ހިނިތުންވަމުން އިޒްކާން ބުންޏެވެ. ”އެކުވެރިންތަކާއެކު ކޮފީއަކަށް ގޮސްފަ ގެއަށް ދަނިކޮށް ޒެން ފެނުނީ، އައެމް ޝޮކްޑް…” ޔޫޝައު ވެސް ހިނިތުންވެލިއެވެ. އޭނަ އަނެއްކާ ވެސް އިޒްކާންއާ ސުވާލުކޮށްލިއެވެ.

ޔޫޝައު މުޅި ދުވަސް ހޭދަކުރީ ބޭރުތެރޭގައެވެ. ގެއަށް ދާން އޭނަ ބޭނުމެއް ނޫނެވެ. ގެއަށް ގޮސްފިނަމަ ދީމްގެ ޚިޔާލުތަކުން އޭނައަށް އުނދަގޫ ކުރާނެއެވެ. ނުވީތާކަށް މިއަދު ކުރެވުނު ފާފައިން ފަލަކްއަށް ގޯސް މެސެޖެއް ދެވިއްޖެއެވެ. ފަލަކްގެ ކުރިމައްޗަށް ވެސް ދާކަށް އޭނަ ބޭނުމެއް ނޫނެވެ. މިހުރިހާ ކަމަކާ ހުރެ އޭނަގެ ބޮލުގައި ނުފިލާ ރިހުމެއް އުފަން ވެއްޖެއެވެ.

”ނީޑެޑް ސަމް ޓައިމް އެލޯން…” އިޒްކާން ބުންޏެވެ.

”ދެން މިތާ އެކަނި އިންނާނެކަމެއް ނެތް އިނގޭ، ހިނގާބަލަ އަހަންނާއެކު ކޮފީއަކަށް…” ޔޫޝައު ބުންޏެވެ. އިޒްކާން އެކަނި ކޮށްފައި ދާން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. އިޒްކާން އެކަނި ވެއްޖެނަމަ ވިސްނާނީ ކޮންކަމަކާ މެދުކަން އޭނައަށް ރަގަޅަށް އެނގެއެވެ. އޭނަގެ އަމާޒަކަށް ވީ އެޚިޔާލުތަކުން އިޒްކާން މިނިވަން ކުރުމެވެ.

އިޒްކާން ދެކޮޅު ހެދިކަމުގައި ވިޔަސް ޔޫޝައު ކުރުނުކޮށް ބުނަން ފެށުމުން އޭނައަށް ދާން މަޖުބޫރު ވިއެވެ.

****

ދީމް ބެލްކަނީގައި ހުރެ ވިސްނަމުން ދިޔައެވެ. އޭނަ ނިއުޒިލޭންޑަށް ގޮސްފިނަމަ އިޒްކާންއަށް މިޝްޔާއާއި ބައްދަލު ކުރުމުގެ އިތުރު ދޮރުތަކެއް ހުޅުވިގެން ދާނެއެވެ. އެ ފަދައިން ކަންތައް ވުމުގެ ފުރުސަތެއް ނުދެވޭނެއެވެ. އިޒްކާން މިޝްޔާއަށް ގެއްލުމެއް ދޭން ވެސް އުޅެފާނެއެވެ. މަންމައާއި ބައްޕަ އިޒްކާންއަށް މާފްކޮށް އިތުބާރުކުރިޔަސް އޭނަ ދުވަހަކު އެކަމެއް ނުކުރާނެއެވެ.

ދީމް އެންމެފަހުން ނިންމީ މާލޭގައި މަޑުކުރުމަށެވެ.

****

ޔޫސުފްއަށް މުހިންމު ފޯންކޯލެއް އައިސްގެން އޮފީހަށް ދިޔަ ފަހުން ދެގަޑިއިރުވެގެން ހިނގައްޖެއެވެ. ޔޫސުފްގެ ސުވާލުތަކާ ކުރިމަތިލާން ޖެހޭތީވެ ޖުވޭރިޔާ ހުރީ ކަންބޮޑުވެފައެވެ. ކިތަންމެ ފަހަރަކު ނިދަން ވެސް ހިތަށް އެރިއެވެ. ނަމަވެސް ހެނދުނު އަނެއްކާ ވެސް ޔޫސުފްއާ ކުރިމަތިލާން ޖެހޭނެއެވެ. ރަގަޅު ގޮތަކީ ތެދު ހާމަކުރުމެވެ. އޭނަ ބިރުގަންނަނީ ޔޫސުފް އޭނަ ދެކެ ހިތްހަމަ ނުޖެހިދާނެތީއެވެ.

ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޖުވޭރިޔާގެ ނަޒަރު ކޮޓަރީގެ ދޮރާ ދިމާއަށް ދަތުރުކުރިއެވެ. އޭރު ޔޫސުފް ކޮޓަރިއަށް ވަންނަނީއެވެ. ހިނިތުންވެލަމުން ޖުވޭރިޔާ އޭނަގެ ފިޔަވަޅުތަކަށް ހުއްޓުމެއް ގެނައެވެ. އެއަށްފަހު އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ.

ޔޫސުފް ވަގުތުން ޖުވޭރިޔާއާއި ސުވާލުކުރިއެވެ. އޭނަ އެސުވާލުގެ ޖަވާބު ބޭނުންވެފައި ހުންނަތާ ލައްކަ ގިނަ އިރުވެއްޖެއެވެ. ޖުވޭރިޔާގެ ޖަވާބު އިވިގެން ދިއުމާއެކު ޔޫސުފްގެ މޫނުމަތިން ފާޅުވެގެން ދިޔައީ ރުޅިވެރިކަމެވެ.

”އަހަންނާ މަޝްވަރާ ކުރުމެއްނެތި ޖުވޭ ތިކަމަށް އެއްބަސް ވީ ކީއްވެގެންތަ؟، އަހަންނަށް އެނގޭ އިޒްކާން މިޝްޔާއަށް ދެރައެއް ނުދޭނެކަން، އެކަމަކު މިހާރު……”

”ޔޫސުފް އެކުއްޖާގެ މަޖުބޫރީއާ މެދު ވިސްނަބަލަ، ބަލްޤީޝް އާ ރަސަލްގެ ގޮތް އަހަރުމެންނަށް ކިތަންމެ ރަގަޅަށް ވެސް އެނގޭ… އެމީހުން އަހަރުމެންގެ މިޝްޔާ ކޯމާގައި އޮތްވާ ވެސް ކަންތައް ކުރި ގޮތް ލޯކުރިމަތިން ސިފަވޭ، އެދުވަހު ވެސް އިޒްކާން ހުރީ މިޝްޔާއާއި އެކު، މިއަދު ވެސް، އޭނަ އެގެ ދޫކޮށްލާފައި ވެސް މިޝްޔާ ގޮވައިގެން އައީ މިގެއަށް… ބަލްޤީޝް އިޒްކާންއަށް އެހާ ބޮޑަށް މަޖުބޫރު ކުރާއިރު އޭނަ މިޝްޔާ ދޫކޮށްނުލީ އޭނަ މިޝްޔާ ދެކެ ވާ ލޯތްބެއްގެ ސަބަބުން، އޭނަ އަދިވެސް އެހުރީ މިޝްޔާގެ އިންތިޒާރުގަ،  އެކައިވެންޏަކީ އިޒްކާންގެ ނުރުހުމުގައި ކުރެވުނު ކައިވެންޏެއް، ދުވަހަކު ވެސް އިޒްކާން މިޝްޔާއަށް ދެރައެއް ނުދޭނެ، އަހަރެން އިޒްކާންއަށް އިތުބާރުކުރަން…” ޖުވޭރިޔާ އަށް އެނދަށް ތިރިވެވުނެވެ. އޭނަގެ އަޑު ކުރެހިގެން ހިނގައްޖެއެވެ. އޭނަގެ ހިތަށް ތަދުވެގެން ދިޔައީ ބަލްޤީޝް އޭނަގެ ދަރިފުޅާ މެދު ކަންތައް ކުރި ގޮތް ހަނދާނަށް އައުމުންނެވެ. މިޝްޔާ ކޯމާގައި އޮތްވާ ގެއިން ނެރެލި މަންޒަރެވެ. އިޒްކާން މިޝްޔާގެ ދިފާއުގައި ތެދުވި މަންޒަރެވެ. މިޝްޔާ ގޮވައިގެން އިޒްކާން ”ސަމާރ ބްރީޒް”އަށް އައި ދުވަހެވެ. އޭނަގެ ހަނދާނުން އެ ދުވަސްތައް ދުވަހަކު ފޮހެނުލެވޭނެއެވެ. ޖުވޭރިޔާގެ ދެލޯ ފެންކަޅި ވެގެން ދިޔަ އެވެ. ދުވަހަކު އޭނަގެ ހިތް ބަލްޤީޝްގެ މައްޗަށް ސާފުވެގެން ނުދާނެއެވެ.

ޔޫސުފް ކަންބޮޑުވެފައި އިނދެ ޖުވޭރިޔާގެ ކޮނޑުގައި ދެ އަތުން ހިފަހައްޓާލިއެވެ. ޖުވޭރިޔާއަށް ޔޫސުފްގެ ކޮނޑުގައި ބޯއަޅާލެވުނެވެ.

ޔޫސުފްއަށް ޖުވޭރިޔާގެ ބަހަށް އިތުބާރު ކުރެވުނެވެ. އޭނަގެ ހިތް އިޒްކާންއަށް ސާފު ވިއެވެ.

ޖުވޭރިޔާ ނުރޯން ކިތަންމެހާ ވެސް މަސައްކަތެއް ކުރިއެވެ. އެހެނަސް އެކަން ވީ ނާކާމިޔާބެވެ.

****

އިޒްކާން އާއި ޔޫޝައު ގެއަށް އައިއިރު ރޭގަނޑު ނުވައެއް ޖަހައި ބޮޑު ވެއްޖެއެވެ. ޔޫޝައު ފެންނާނެ އިރަކަށް އިންތިޒާރުގައި ހުރި ފަލަކްގެ މޫނު ދިއްލިގެން ދިޔައީ ޕޯޓިކޯއަށް މަޑުކޮށްލި ކާރުން ފޭބި ޔޫޝައު ފެނިފައެވެ. އޭނައަށް އެތަނަށް ދެވުނީ ދުވެލާފައެވެ. އޭރު އިޒްކާން ކަރުގައި އިންކަމެއް އޭނައަކަށް ނޭގެއެވެ.

”ޔޫޝް…އައު…” އިޒްކާން ކާރުން ފޭބުމުން ފަލަކްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައި ކަހަލައެވެ. އަނގަޔަށް ގޮތެއް ހަދާލެވުނެވެ. ޔޫޝައު ފަލަކްއަށް ބަލާލުމެއް ނެތި އެތެރެއަށް ވަދެގެން ދިޔައީއެވެ. އިޒްކާން ވެސް އެތެރެއަށް ދާން ހިނގައިގަތެވެ. އިޒްކާން ހުރުމުން ދެވަނަ ފަހަރަށް ޔޫޝައުއަށް ގޮވާކަށް ފަލަކްއަށް ނުކެރުނެވެ. ތުން ފިއްތާލައިގެން ހުރެ އައިކޮޅަށް އޭނަ ހިނގައިގަތެވެ.

ޔޫޝައުގެ ފަރުވާ ކުޑަ އަމަލުން ފަލަކްގެ ނާޒުކު ހިތަށް އަސަރު ކުރިއެވެ. އޭނަ ކޮޓަރިއަށް ވަން ގޮތަށް އެނދަށް ވެއްޓިގަންނަމުން ފެށީ ރޯށެވެ. ހިތް ފުރެން ދެން ކަރުނަ އޮއްސާލުމުން ކުޑަ ލުޔެއް ލިބުނެވެ. ބާލީސް މޫނާ ވަކިކޮށްލަމުން އޭނަ ތެދުވެލިއެވެ. ގިނަ އިރު ރުއިމުގެ ނަތީޖާއެއްގެ ގޮތުން ދެލޯ ވަނީ ރަތް ވެފައެވެ.

”އެޓްލީސްޓް ޔޫޝް ފެނުމުގެ ނަސީބު ލިބިއްޖެއެއްނު…” ފަލަކް އޭނަގެ ހިތަށް ވިސްނައިދިނެވެ. ދެން އޭނަ ޚިޔާލަށް ގެނައީ ޔޫޝައުގެ ފަރާތުން ލިބުނު އަގުހުރި ހަދިޔާއެވެ. އެއާއެކު އޭނައަށް ހިނިތުންވެވުނެވެ. އެފަދަ ކިތަންމެ ހަދިޔާއެއް އޭނަ ޔޫޝައުގެ ފަރާތުން ހޯދާނެއެވެ. ދުރާލާ ހުރިހާ ކަމެއް އޭނަ ވަނީ ރާވާފައެވެ. ފަލަކް ކޮޓަރިން ނިކުތުމާއެކު ހިތް ހީވީ އާސްމާނުގައި އުދުހުނު ހެންނެވެ. ޔޫޝައު ހުރީ ބަގީޗާގައި ފޯނެއްގައެވެ. އަނދިރީގެ ތެރޭން ވެސް ފެނިލާއިރު ހާދަ ފުރިހަމައެވެ. ދުވެލާފައި ގޮސް ޔޫޝައުގެ ގައިގައި ބައްދައިގަންނަން ފަލަކް ބޭނުން ވިއެވެ. އޭނަ އެވިސްނުމުގައި ހުއްޓާ ސަނާ އެތަނަށް ނުކުތުމުން އައީ އަމަށަކު ރުޅިއެއް ނޫނެވެ. ސަނާ ގޮސް ލޯމަތިން ގެއްލެން ދެން އޭނަ ހުރީ ކަޅި އަޅާލައިގެންނެވެ.

ފަލަކްއަށް ބަގީޗާއަށް އަވަސް ނަޒަރެއް ނެދުނެވެ. އޭނަގެ ހިތަށް މާޔޫސްކަން ވެރިވެގެން ދިޔައީ ޔޫޝައު ނުފެނުމުންނެވެ. ސަނާއާ ދިމާއަށް ކުދިކިޔާލަމުން އޭނަ މުޅި ތަނަށް ފުން ނަޒަރެއް ދިނެވެ. ސައިކަލާއި ދިމާއަށް ދިޔަ ޔޫޝައު އޭނައަށް ފެނުނީ ދެނެވެ. ޔޫޝައު ބޭރަށް ދަނީ ކަން އެނގުމުން ފިޔަވަޅުތައް ބާރުކޮށްލެވުނެވެ.

”ޔޫޝް…” ފަލަކްއަށް ގޮވާލެވުނެވެ. އޭނައަށް ހުރީ މައިނޭވާލެވޭ ވަރުވެފައެވެ. ޔޫޝައު އަޑު އިވުނުކަމަށް ވެސް ނުހެދިއެވެ. ފަލަކް ހަތަރު ފަހަރު ގޮވާލިއެވެ. އެހެނަސް ޔޫޝައު ފަސްއެނބުރި ބަލާލުން މުހިންމު ކަމަކަށް ނުހެދިއެވެ. ފަލަކް އޭނަގެ ފިޔަވަޅުތައް ބާރުކޮށްލަމުން ގޮސް ޔޫޝައުއާ އަރާހަމަކޮށްލިއެވެ. ފުންނޭވާތަކެއް ލަމުން އޭނަ މީހާ ހަމައަކަށް އަޅުވާލިއެވެ.

”ޔޫޝް، ޕްލީޒް ޑޯންޓް އިގްނޯރ މީ…” ފަލަކް ޔޫޝައުގެ ކުރިމައްޗަށް އެރިއެވެ. އޭނަގެ ދެލޯ ހުއްޓިފައިވަނީ ޔޫޝައުގެ މޫނަށެވެ. އެރީތި މޫނުގައި ހިތް ފުރެންދެން ބޮސްދޭން ބޭނުންވިއެވެ. އެޚިޔާލުން ވެސް ހިތުގެ ތެޅުން އަވަސް ކޮށްލައިފިއެވެ.

ޔޫޝައު ގޮސް ސައިކަލަށް އެރިއެވެ. ފަލަކްއާ ހެދި އޭނަގެ ބޮލަށް އުނދަގޫ ވިއެވެ. ފުރަތަމަ ވެސް މިފަދައިން ކަންތައް ވާނެކަން އޭނައަށް އެނގުނެވެ. ގެއަށް އަންނަން ބޭނުން ނުވީ އެހެންވެއެވެ.

”ޔޫޝް، އަހަންނަށް އެނގޭ ޔޫޝް ވެސް އަހަންނަށް ބޭނުންވާކަން…” ފަލަކް ޖެހިލުންވުމެއް ނެތި ބުންޏެވެ. ފަލަކްއަށް ޔޫޝައުގެ މޫނުމަތިން ފެނިގެން ދިޔައީ ރުޅިވެރި ކަމެވެ. ބިރުން ގޮސް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ނަމަވެސް އެހާ ފަސޭހައިން ޔޫޝައު ދޫކޮށްލާ ފަދަ ޚިޔާލެއް އޭނަގެ ނެތެވެ.

”ލިސިން، އަހަންނަށް ކުރެވުނީ ކުށެއް، އެއިން ނުބައި މާނައެއް ފަލަކްއަށް ނެގުނުނަމަ އަހަރެން އެކަމަށް މާފަށް އެދެން…” ޔޫޝައު ސައިކަލު ސްޓާޓްކޮށްލިއެވެ. ދެންވެސް ކުރިމަތިން ދުރަށް ދާކަށް ފަލަކް ނޫޅުނެވެ. ”އިޓް ވޯޒް ރިއަލް، ޔޫޝް ވެސް އެއަމަލުގައި ބައިވެރިވީ ހިތާއި ރުހުމުން، އައި ކޭން ޑޫ އެނީ ތިންގް ފޯރ ޔޫ… އެނީ ތިންގް، ޖަސްޓް ގިވް މީ އެ ޗާންސް، އެދީމްގެ މަތިން ޔޫޝް ހަނދާން ނެތޭވަރަށް ލޯބި ދޭނަން…” ފަލަކް އޭނަގެ ހިތް ޔޫޝައުގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ. އޭނަ ލޯބިވާ ވަރު ހާމަކޮށްދިނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ލޯބި އަހަރެން ވާނަމޭ… (4)

Next

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (10)

Next
December 9, 2015

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (10)

Previews
December 9, 2015

ލޯބި އަހަރެން ވާނަމޭ… (4)

19 Comments!

  1. Kiyuntheriyaa says:
    December 9, 2015 at 6:03 pm

    Seriously nothing to say.. story is just perfect. 🙂 🙂 🙂 🙂

  2. maalu says:
    December 9, 2015 at 6:11 pm

    Wowww vvv reethi …u r the best….

  3. wow says:
    December 9, 2015 at 6:33 pm

    ur story is so beautiful.. very nice.. keep it up.. nxt part kon irakun

  4. hajj says:
    December 9, 2015 at 6:33 pm

    Really vv nice story

  5. Anonymous says:
    December 9, 2015 at 6:40 pm

    Wow…. Story is perfect I love it ???

  6. ina says:
    December 9, 2015 at 7:09 pm

    Wowww.thix stry ix v nice

  7. aroo says:
    December 9, 2015 at 7:11 pm

    Just wow

  8. ninth says:
    December 9, 2015 at 7:25 pm

    wowwooowwo… varah reethi…

  9. cutie says:
    December 9, 2015 at 8:30 pm

    varah reethi

  10. neha says:
    December 9, 2015 at 8:35 pm

    Falak hama bimah thiri kuranvy dhw! Haadha foohiveyey

  11. naff says:
    December 9, 2015 at 8:40 pm

    story is really nice..kyp up the great work..bt I just hate this falak…mathin bain jehigen ulhunas edhen boduvaru dhwww…eagerly waiting for the next part…

  12. Anonymous says:
    December 9, 2015 at 8:57 pm

    Story ok.. bt still so many mistakes.. faahaga vanyaa kiyaa iru indhagu vaane dhw.

  13. Dislike says:
    December 9, 2015 at 10:42 pm

    Mi vaahaka kamaku nudhey. Main character eh neith. Emmen ge life story ehaa details koh kiyaidhineema hadi. Kommeves eh character akah bodah base koffa iniyyaa kanneynge reethi vaany. Vaahaka fetti iru heevany Yasham ge life story genesdheyn ulhey hen. But mihaaru it’s totally different. Yasham nd izkaan ge story eh nuves neith. Hus goas meehun ulhey story eh hen heevany. Hope you’ll improve these things. Reethi vaane kamah heekoh mi vaahaka kiyan fettuny ves..

  14. flwr says:
    December 9, 2015 at 11:11 pm

    ..Alheyy adhi ehfahary kiyun edhen dislike…mi vaakaha hadiey bunaany vaahak kiyan neygey myhun………………………………………………muthaa ur story is awesome..

  15. Shahu says:
    December 10, 2015 at 12:13 am

    Mi story haadha heeve eh aisha ge story eh hen.. mutha ge namuga liyefa inas… reecheh nun

    1. Hadi says:
      December 10, 2015 at 1:49 am

      U r right…Huthuru mivahaka.. basmagu olhuvaalaafa v gina thanthaaga … kada kada

  16. pinkgal says:
    December 10, 2015 at 12:33 am

    Nyc bt mirey kobaatha yashmu

  17. You says:
    December 10, 2015 at 10:07 am

    Varah reethi mivaahaka. i kiyan beynunvany mikahala vaahaka eh. its very awesome 😉 keep it up

  18. Lol says:
    December 10, 2015 at 3:16 pm

    Hadiyas reehchey mikiyani keehvetha.. ?????

Comments are closed.


All Right Reserved!