Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެހީގެ އަގު 9

mohamed neer Level 210 Stories100 Stories
August 2, 2013 3 Mins Read
2 Comments

” އޭނާގެ ބަޔާނުގައި އަންހެންކުއްޖެއްގެ ވާހަކަ ވެސް ހިމެނޭ. އެއަންހެން ކުއްޖާއަށް ކިޔަނީ ސާލިނީ. އޭނާ ފަހަރެއްގަ
އެއަންހެންކުއްޖާ ކޯޓަށް ވެސް ގެނެސްދާނެ. ” އޭނާއަށް ލިބިފައިވާ މަޢުލޫމާތުތައް އަތީލް އިނާއަށް ކިޔައިދެމުން ދިޔައެވެ.
” އަންހެން ކުއްޖެއް ؟ ” އަތީލަށް ބަލާލަމުން އިނާއަށް އަހާލެވުނެވެ.
” އާން. ވާހަކައެއް ފެށިއްޖެނަމަ ކިތަންމެ ދުރަކަށް ވެސް ހިނގައިދާނެ. އެ އަންހެންކުއްޖާ އަކީ އިއްޒަތްތެރި ޤަދަރުވެރި
ތަނަވަސް ޢާއިލާއެއްގެ އަންހެންކުއްޖެއް. އޭނާއާ ނާއިލްގެ މެދުގައި ކޮންމެވެސް ގުޅުމެއް ވާކަމަށް ވަނީ. ” އަތީލް އިތުރަށް ކިޔައި ދިނެވެ.
ވާހަކަދައްކާ މަޝްވަރާކުރާން ތިބުމަށްފަހު އިނާ އާއި އަތީލް ދިޔައީ އިނާމެން ގެއަށެވެ. ހަމައެހެންމެ އިނާ ގެއަށްލާފައި
އަތީލް ވެސް ގެއަށް ދިޔައީ އެވެ.
ދިހައެއް ޖަހާކަން ހާއިރެވެ. ފެންޑާތެރޭ ހުރި ނާއިލް ސިއްސައިގެން ދިޔައީ ދޮރުފަތުގައި ޓަކި ޖަހާލިއަޑަށެވެ. އެއާއެކު
ނާއިލް އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލިއިރު އެތަނުގައި ހުރީ އިނާ އެވެ. އިނާ އާއި ނާއިލް ވާހަކަ ދައްކަމުން ދައްކަމުން ގޮސް ފެންޑާތެރޭ ގޮނޑިސެޓްގައި އިށީނެވެ.
” ކަލޭ އަމިއްލައަށް ހުރިހާކަމެއް ކޮށްފައި ކީއްކުރަން އަހަރެން ލައްވާ ވަކާލާތުކުރާން ތިޔަ އުޅެނީ ؟ ” ނާއިލަށް ބަލާ
ލަމުން ހިތްހަމަ ނުޖެހުމާއެކު އިނާ ސުވާލުކުރިއެވެ.
” ކިހިނެތްވީ ؟ މައްސަލައަކީ ކޮބާ ؟ ” ހައިރާންކަމާއެކު ނާއިލް އަހާލިއެވެ.
” ނާއިލް! އަހަރެން ކުރިން ވެސް ބުނިންދޯ ކަލޭ އަހަރެންނަށް އޮޅުވާލައިފިކަން އަހަރެންނަށް އެނގިއްޖެނަމަ އަހަރެން
މިކަން ދޫކޮށްލާނަމޭ. ” ނާއިލަށް ހަނދާން ކޮށްދިނުމުގެ ގޮތުން އިނާ ބުންޏެވެ.
” އަހަރެން ކަލެއަކަށް ދޮގެއް ނުހަދަން. ” އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭ ފަދައަކުން ނާއިލް ޖަވާބު ދިނެވެ.
” އެކަމަކު. ސިއްރު ކުރަމެއްނު. ސާލިނީ އަކީ ކާކު ؟ ” ނާއިލްގެ މޫނަށް ބަލާލަމުން އިނާ ކުރި ސުވާލުގެ ސަބަބުން
ނާއިލް ގާތަށް ވަރަށް ހިނިއައެވެ. އެއާއެކު ހޭން ވެސް ފެށުނެވެ.
” އޫނ. ކަލޭ އިނދޭ ހޭން. އެކަމަކު. ސަރީއަތުގެ މަޖިލީހަށް ނީސާމްގެ ފަރާތުން ސާލިނީ ހާޒިރުކުރާނެ. އޭރުވެސް ކަލޭ
ހުންނާތި ތިޔަހެން ހޭން. ” ނާއިލްގެ އެޢަމަލުގެ ސަބަބުން އިނާގެ ހިތްހަމަ ނުޖެހުން އިތުރުވެގެން ދިޔައެވެ.
” ނީސާމް ސާލިނީ ގެންދިޔަޔަސް އަހަރެންނަކަށް އެއްވެސް ކަމެއް ނުވާނެ. ” ޔަގީންކަމާއެކު ނާއިލް ބުންޏެވެ.
” އެކަމަކު. އޭނާއާ ބެހޭ ހުރިހާ މަޢުލޫމާތެއް އަހަރެންނަށް އެނގެން ޖެހޭނެ. ” އަމުރުކުރާ ފަދައަކުން އިނާ ބުނެލިއެވެ.
” ބުނެދޭނަން. އެކަމަކު. ސަރުތެއްގެ މަތިން … އެއީ ކަލޭގެ ހިނިތުންވުން އަނބުރާ ގެނައުމުން. ” އިނާގެ މޫނަށް ބަލާ
ލަމުން ނާއިލް ވާހަކަ ދެއްކިއެވެ. އަދި ހިނިތުންވެލިއެވެ.
އަތީލް އޭނާގެ އާދައިގެމަތިން އިނާމެން ގޭގައި ލިޔުމުގެ މަސައްކަތެއް ކުރާން އިނެވެ.
ބޭރަށްދާން ތައްޔާރުވެގެން ފައިލެއް ހިފައިގެން ކޮޓަރިން ނުކުތް އިނާ އައިގޮތަށް އައިސް ހުއްޓުނީ އަތީލް ގާތަށެވެ.
” އަތީލް! ދޭބަލަ ދިރާގަށް. އެތަނަށް ގޮސް މިއަހަރުތެރޭ މިނަންބަރަށް އައިސްފައިވާ ކޯލްތަކާއި މިނަންބަރުން ކޮށްފައިވާ
ކޯލްތަކުގެ ތަފްސީލެއް ހޯދަބަލަ. ” އަތީލްގެ އަތަށް ކަރުދާސްކޮޅެއް ދެމުން އިނާ ވާހަކަ ދެއްކިއެވެ.
” މިއީ ކާކުގެ ނަންބަރެއް. ” ކަރުދާސްކޮޅުގައިވާ ފޯނުނަންބަރު ބަލާލުމަށްފަހު އިނާއަށް ބަލާލަމުން އަތީލް އެހިއެވެ.
” ތިއީ ނާއިލްގެ ނަންބަރު. އަދި ބުނަން. ހަންދާންކޮށް ލިޔުމެއް ގެންނާތި. މިޒަމާނުގެ ލިޔުން ވަރަށް މުހިންމު ވާނެ. ”
އަތީލްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އިނާ ވާހަކަ ދެއްކިއެވެ.
” ނާއިލްގާތު ސާލިނީގެ ވާހަކަ ދެއްކިންތަ ؟ ” ކަމެއް ހަނދާންވެގެން ކަހަލަގޮތަކަށް އަތީލް އަހާލިއެވެ.
” މިވާހަކަ މިދެއްކީ ސާލިނީއަށް ވެސް ވިސްނާފަ. އަނެއްހެން އޭނާގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތް. ” ހިނިތުން
ވެލަމުން އިނާ ބުންޏެވެ.
” އިނާ! އަހަރެންނަށް ހީވަނީ އިނާ ތިޔަހަދަނީ ގޯހެއްހެން. އިނާ ތިޔަ އުޅެނީ ކުށްވެރިއަކު ކުށުން ސަލާމަތް ކުރާން
ކަންނޭނގެ. ” އިނާގެ މޫނަށް ބަލާން އިނދެ އަތީލް ވާހަކަ ދެއްކިއެވެ.
” ނޫން. އަހަރެން މިމަސައްކަތް ކުރަނީ ކުށެއް ނުކުރާ މީހެއްގެ ބޮލުގައި ކުށެއް އަޅުވައި އޭނާ ހައްޔަރު ކުރާން އުޅޭތީ
އެކަމުން ސަލާމަތް ކުރާން. ކުށެއް ނުކުރާ މީހަކަށް އަދަބެއް ލިބިގެން ނުވާނެއެއްނު. ” އޭނާ ގަބޫލުކުރާ ގޮތުގެ މައްޗަށް ބުރަވެ އިނާ ވާހަކަ ދެއްކިއެވެ. އަޑާއި ހަރަކާތުން އަދި މޫނުމަތިން ފާޅުވަމުން ދިޔައީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
” އަހަރެން މައްސަލައެއް ނެތް. ތިބުނާ ފޯންކޯލްތަކުގެ ތަފްސީލް އަހަރެން ހޯދާނަން. ހިނގާ ދާން. ” މޭޒުމަތީ ހުރި
ކަރުދާސްތައް ރީތިކޮށްލަމުން އަތީލް ވާހަކަ ދެއްކިއެވެ.
” ކޮންތާކަށް ؟ ” ހައިރާންކަމާއެކު އިނާ އަހާލިއެވެ.
” މިހާއަވަހަށް ހަނދާން ނެތުނީ ؟ މިއަދަކީ މިލްނާގެ އުފަންދުވަސް. އަހަރެންނަށް ހީވަނީ އަހަރެމެން އެތަނަށް ދިއުން
މިހާރު ލަސްވެއްޖެހެން. ” އަތީލް ވާހަކަ ދެއްކީ ކޮޅަށް ތެދުވަމުންނެވެ.
” އަތީލަށް އަހަރެން ހަނދާން ކޮށްދޭން ޖެހޭތަ އަހަރެމެން މިއުޅެނީ ވަރަށް މުހިންމު މައްސަލައެއްގަކަން. ” ކޮންމެވެސް
ވަރަކަށް ހިތްހަމަ ނުޖެހިފައި ހުރެގެން އިނާ ވާހަކަ ދެއްކިއެވެ.
” އަހަރެން ކޮންއިރަކު ތިކަން ކުރުން މަނާކުރީ ؟ ކަލޭ ތިކަމާއި ހަވާލުވި ފަހުން ތިޔަނޫން ކަމެއް އަހަރެމެން ނުކުރަން.
ކަލޭ ބޭނުންވަނީ ކޮންކަމެއް؟ އޭނާ މިކަމުން ސަލާމަތް ނުވާހާހިނދަކު އަހަރެމެންގެ ދިރިއުޅުމަކީ މުހިންމުކަމެއް ކަމުގައި ނުދެކޭން ވީތަ ؟ ” އިނާއަށް ވިސްނައިދޭ ފަދައަކުން އަތީލް ވާހަކަ ދެއްކިއެވެ.
” ކުރާން ބޭނުންކަމެއް ކުރަންވީ. ޕާރޓީއަށް ދާން ބޭނުމިއްޔާ އެތަނަށްދޭ. އަހަރެން މިހާރު ބޭނުންވަނީ އިންސާނެއްގެ
ފުރާނަ ސަލާމަތް ކުރަން. ” އަތީލްގެ ވާހަކަތަކުގެ ސަބަބުން ކޮންމެވެސް އެއްޗެއް ވިސްނިގެން ކަހަލަ ގޮތަކަށް މަޑުމަޑުން އިނާ ވާހަކަ ދެއްކިއެވެ.
ރޭގަނޑު އަށްގަޑިބައި ނުވައެއް ޖަހާކަން ހާއިރެވެ. ލަންމާގެ މަރުގެ މައްސަލާގައި ކޯޓަށް ދާންޖެހޭ ދުވަސް ގާތްވަމުން
ދާވަރަކަށް އިނާގެ މަސައްކަތްތައް ވެސް އަވަސް ވަމުން ދިޔައެވެ.
އިނާ އާއި ނާއިލް ތިބީ ނާއިލްގެ އޮފީހުގައެވެ. ނާއިލް އާއި ވާހަކަދައްކަމުން ދިޔަ ނަމަވެސް ކޮންޕިއުޓަރުން އިނާ ކޮންމެ
ވެސް އެއްޗެއް ލިޔަމުން ދިޔައެވެ.
” އަހަރެން މިކަމުން ސަލާމަތް ނުވެއްޖާ ދެން ކިހިނެތްވާނީ ؟ ” އިނާއަށް ބަލާލަމުން ނާއިލް އެހިއެވެ.
” ސަލާމަތް ނުވާންވީ ކީއްވެ ؟ ކަލޭތަ އޭނާ މަރާލީ ؟ ” ކުރަމުންދިޔަ މަސައްކަތަށް ސަމާލުކަން ދީގެން އިންގޮތަށް
އިނދެ އިނާ އަހާލިއެވެ.
” މީހުން މެރުމަކީ މުހިންމު ކަމެއް ނޫން. އެކަމަކު އެހެން ގޮތަކުން ނަމަވެސް އެމީހުނަށް އަހަރެން ހައްޔަރު ކުރެވެންޏާއި
ހައްޔަރު ކުރާނެ. އޭނާގެ ބޭނުމަކަށް ވާނީ އަހަރެން ހައްޔަރު ކުރުން. ކޮންމެ ވަކީލަކު ވެސް ބޭނުންވާނީ އޭނާއަށް ކާމިޔާބު ލިބޭން. އެމީހުން ކޯޓުގައި ދައްކާނީ ކޮންކަހަލަ ވާހަކަތަކެއް ކަމެއް ވެސް ނޭނގެއެއްނު. އަހަރެން ހައްޔަރުކުރާން އެމީހުން ކިތަންމެ ބޮޑު ދޮގެއް ވެސް ހަދާފާނެ. އެހެން މިބުނީ …. ” ނާއިލް ދައްކަމުންދިޔަ ވާހަކަތައް ނުނިމެނީސް އިނާ ވާހަކަދައްކާން ފެށުމުން ނާއިލް ވާހަކަ ދެއްކުން މެދުކަނޑާލިއެވެ.
” އެމީހުން ދޮގުހަދާނެ ވަރަކަށް ދޮގުހަދާން ފުރުސަތު ދީ. އަހަރެމެންގެ ތެދުވެރިކަމުން އަހަރެމެން ކާމިޔާބު ހޯދާނީ. ”
ޔަގީންކަމާއެކު އިނާ ބުނެލިއެވެ.
ނުނިމޭ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 35

Next

ްްާދެބަދުނާމް

Next
August 2, 2013

ްްާދެބަދުނާމް

Previews
August 1, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 35

2 Comments!

  1. ސާމިހާ says:
    August 2, 2013 at 3:44 pm

    މިސައިޓްގަ މިހާތަނަށް ސާއިރުކުރި ވާހަކަތަކަށް ބަލާއިރު މިއީ އެންމެ ރީތި އެއް ވާހަކަ

  2. ބަލްމާ says:
    August 2, 2013 at 3:46 pm

    ސާމިހާ އެބުނި ފަދައިން މިއީ ވަރަށް ނައިސް ސްޓޯރީއެއް

Comments are closed.


All Right Reserved!