ފަނަރަވަނަބައި ” އޭނަ … އަހަރެންގާތު ބުނި. ލަންމާ ވަރިކޮށްފަ …. އަބަދުގެ އަބަދަށް އަހަރެން ކައިރިއަށް އަންނާނަމޭ. އެކަމަކު އޭނަ އަކަށް …. އެކަމެއް ނުވި. ލަންމާއާ ވަކިވެގެން އޭނައަށް …. އެ …. ތަނަވަސްކަމުގަ ނޫޅެވޭނެކަން އޭނާއަށް ވެސް އެނގޭ. ” ނާއިލަށް ބަލާލުމަށްފަހު ކޯޓްތެރެއަށް ނަޒަރުހިންގާލަމުން މަޑުމަޑުން ސުޖީތާ ވާހަކަ ދެއްކިއެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ސުޖީތާގެ ފަރާތުން ހަސީލް ހޯދަން ބޭނުންވާ މަޢުލޫމާތުތައް ހޯދުމަށްފަހު ގޮސް އޭނާގެ […]
( ސޯޅަވަނަބައި ) ” ދަރިފުޅާ ސެނާ. ފަށުގައިތިވާ ފުލުފޮތި ގެއްލުވާނުލާތި. އެއީ ސެނާގެ ދިރިހުރުން … ސެނާއަށް ހިނގިފައިތިވަނީ ރަނގަޅުމަގަކުން ނޫން. ސެނާއަށް ރައްޓެހިވެގެން ތިއުޅެވެނީ މާހުއަކާ ނޫން …….. އެއީ މާހުގެ ސިފާގައިވާ އެހެންކަހަލަ މަޚުލޫޤެއް. ސެނާގެފަށުގައިތިވާ ފުލުފޮތީގައިވާ ލިޔުމުގެސަބަބުން ގާތްވާންނުކެރިގެން އެދިޔައީ. އެއީ އިންސާނެއްނަމަ ތިޔަލިޔުންދެކެ ބިރެއްނުގައްނާނެ ….. ވިސްނައިގެން އުޅޭތި. ” ސެނާއާ ދިމާއަށް ބަލާންއިނދެ ރައިނާ ވާހަކަދެއްކިއެވެ. ރައިނާގެ ވާހަކަތަކުގެސަބަބުން ސެނާ ވަރަށްބިރުގަނެ ޖެހިލުން ވިއެވެ. ހަމައެހެންމެ ރައިނާގެ ވާހަކަތަކާމެދު […]
( ފަނަރަވަނަބައި ) ” އާން… ” އަނގައާއި ބޮލުން ސެނާ އެއްބަސްވިއެވެ. ނިދާންއޮތްއިރު ސެނާގެމޫނުމަތިން ފާޅުވަމުންދަނީ އުފަލާއިހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. މިރޭ މާހާއި ބައްދަލުކުރުމުގެ އިތުރުން ކުރިޔަށްއޮތް ތަނުގައި އެގޭގައި އޭނާއާ މާހު، ބައްދަލުކުރެވޭނެގޮތް ރައިނާ ހަމަޖައްސައިދީފިއެވެ. އެހެންވެ އޭނާ ނިންމައިގެންހުރީ މާހުއާ ބައްދަލުވީހާ އަވަހަކަށް އެވާހަކަދައްކާށެވެ. ޖެހިގެންއައި ދުވަހުގެ އިރުއޮއްސުނު ވަގުތު ސެނާ އާއި މާހު އެދެމީހުންގެ ލޯބީގެ މަންޒިލްކަމުގައިވާ ފަޅުގެއިން ބައްދަލުކުރިއެވެ. ސެނާ އާއި މާހުގެ ބައްދަލުކުރުންތައް އޭނާގެ މާމަމެން ގެއަށް ބަދަލުކުރުމަށް […]
” ނޭނގެ …. ބުނަން އުޅުނު ވާހަކަ ހަނދާން ނެތިއްޖެ. ދެން …. ” ހާސްކަމާއެކު އިނާއަށް ބުނެލެވުނީ އެހިސާބަށެވެ. ” ހަނދާން ވާނެ. ” ނާއިލް ބުނެލިއެވެ. ” ހަނދާންވީމަ ގުޅާނަން. މިހާރު ގެއަށް ދެވިއްޖެތަ؟ ” އިނާ އަހާލިއެވެ. ” އަދި ނުދެވޭ. އެކަމު ވަރަށް ކައިރީ މިއުޅެނީ. ” ނާއިލް ޖަވާބު ދިނެވެ. ” އެހެންތަ؟ ދެން ބާއްވަނީ. ” އެހެން ބުނުމާއެކު އިނާ ފޯނުކަނޑާލިއެވެ. ފޯނު ބޭއްވުމަށްފަހު އޮފީހުން ނުކުންނާން އިނާ […]
ފިތުރުޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން ” އެއްތިރީސް ޑިސެމްބަރުގަ ނާއިލަށް ލޯބީގެ ސިޓީއެއް ފޮނުވުނުކަން ކަލޭ ހަނދާން އެބަހުރިތަ؟ ” ސާލިނީއަށް ހިނިތުން ވެލަމުން އިނާ އަހާލިއެވެ. ” ތިޔައީ ދޮގެއް. ” ރުޅިއައިސްގެން ހަޅޭލަވައިގަންނަ ފަދައަކުން ސާލިނީ ބުންޏެވެ. އިނާ […]
އެގާރަވަނަބައި ފިތުރުޢީދުގެ ހެޔޮއެދުމާ ތަހުނިޔާ އަރިސްކުރަން ” އެހެންވީރު އުފާކުރޭ …. ޑޮކްޓަރާއެކު އެގެއަށް ގޮސް ރަނގަޅަށް ނިދާލާ. އޭރުން ހަމައަކަށް އެޅިދާނެ. ” ނިހާޔަތުގެ ބޮލުގަ ފިރުމާލަމުން ކާސިންފުޅު ވާހަކަ ދެއްކީ މިވަގުތައް އެންމެ މުހިންމުކަންތައް އިސްކުރަމުންނެވެ. ” އާން. ” އަނގައާއި ބޮލުގެ އިސާރާތުން ނިހާޔަތު ބުންޏެވެ. ޑޮކްޓަރާއި ނިހާޔަތު ކާރާއި ދިމާއަށް ހިނގައިގަތް އިރު ވެސް ކާސިންފުޅު ކޮންމެވެސް ސިއްރު ކިޔެވެއްޔެއް ކިޔަވަމުން އެ ހިސާބުގައި ހިނގަމުން ދިޔައެވެ. […]
( ސާދަވަނަބައި ) އެގޭގައި އިރުކޮޅަކު މަޑުކުރުމަށްފަހު ފިރާސާއި ވަދީފު ދިޔައީ ރިސާމުމެންގެއަށެވެ. އެއީއެގޭގައިއޭނާއުޅެދާނެކަމަށް ބަލާފައެވެ. އެގޭގައިކަންތައްތަކެއް ހިނގާފައިވީ ނަމަވެސް އެކަމަކަށް ބަލާކަށް އެދެޒުވާނުން ބޭނުމެއްނުވިއެވެ. ފިރާސާއި ވަދީފު އެގެއަށް ދިޔައިރު އެގޭތެރޭ އެއްވެސްމީހަކު ނެތެވެ. ގޭތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ދެތިންފަހަރަކު ސަލާންގޮވާލުމަށްފަހު އެއްވެސްމީހެއްގެ ހިލަމެއް ނުވުމުން ފިރާސާއި ވަދީފު އެކުގައި ކަހަލަގޮތަކަށް އެގެއަށްވަނެވެ. އެގޭތެރޭން މީހެއްގެ ހިލަމެއްނުވި ނަމަވެސް ގޭގައިވާ ހޮޅިބުރިތައްދިއްލައި އަލިކޮށްފައިވެއެވެ. ގޭތެރެބަލަމުން ބަލަމުންގޮސް ފިރާސާއި ވަދީފު ވަނީގިފިއްޔަށެވެ. އެއާއެކުހެން އެމީހުންގެ ލޮލުގައި […]
( ތޭރަވަނަބައި ) ތަކުރުބޭ ހިނަވައި ކަފުންކުރުމަށްޓަކައި އެ ހަށިގަނޑު ގެންދިޔައީ ތަކުރުބޭގެ ގެއަށެވެ. ސެނާވެސް އޭނާގެ މާމަގެއަށް ބަދަލުވިއެވެ. އަނިޔާވެރިކަމާއިރަހުމުކުޑަކަމުން ފުރިގެންވާފަދަގޮތަކަށް މަރާލާފައިވާ ތަކުރުބޭގެ މަރުގެ ޚަބަރު ރަށުތެރެއަށް ފެތެރުމާއެކުހެން މީހުންތައް ބިރުން ތެޅިފޮޅޭން ފެށިއެވެ. ހިތްބަލިމީހުން ރޮއިރޮއިފައި އެވާހަކަދައްކަމުން އެމީހުންގެ ޢާއިލާމީހުން ކޮބައިތޯ ބަލަމުންދިޔައިރު ހިތްވަރުހުރި ބައެއްމީހުން ރަށުތެރެއަށްނުކުމެ މީހުންތައްހަމައަކަށްއެޅުވޭތޯ މަސައްކަތްކުރަމުން ހިތްވަރާ ނަސޭހަތްދެމުންދިޔައެވެ. ތަކުރުބޭގެމޫނުފެނުނު އެންމޭންނާއި އެކަމާބެހޭ ފުރިހަމަމަޢުލޫމާތު ލިބިފައިވާ އެންމޭންވެސް ބުނަމުންދަނީ ތަކުރުބޭގެމަރަކީ އިންސާނަކު ގަސްދުގައިކޮށްފައިވާ ކަމެއްކަމަށް ގަބޫލު ނުކުރެވޭކަމަށެވެ. ހަމައެހެންމެ […]
އިނާގެ މިޢަމަލުގެ ޙަޤީޤަތް ނޭނގޭ މީހުންތައް ހައިރާންކަމާއެކު އަވަސް އަވަހަށް ވާހަކަދައްކާން ފެށިއެވެ. އެންމެން އެއް ފަހަރާ ވާހަކަދައްކާން ފެށުމުން ކިޔާނުކިޔާ އެއްޗެށް ސާފުވާވަރެއް ނުވެއެވެ. ނުތަނަވަސްކަމާއެކު އިނާއަށް ބަލަހައްޓައިގެން ނާއިލް އިންއިރު އިނާގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ކޯޓަށްހާޒިރުވި އިރެކޭ އެއްފަދައިން މިހާރުވެސް އިނާގެ ފަރާތުން ފެންނަމުންދަނީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. އިނާގެ އެޢަމަލުގެ ސަބަބުން ގިނަބަޔަކަށް ހައިރާންކަން ލިބިގެން ދިޔައިރު ހާސީލާއި ނީސާމް އަދި ޖިނާނުގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. […]