” ބޭބީ އަޅެ އަހަރެންނާ ވާހަކަ ދައްކަބަ.. ދެމީހުން ވާހަކަ ދައްކައިގެން ހިތްހަމަ ނުޖެހޭ ކަމެއް އޮތިއްޔާ ރަނގަޅު ކުރާނީ.. އަހަރެންނަށް އިނގޭ ބޭބީވެސް އަހަރެންދެކެ ލޯބިވާކަން.. ހަމަ އެހާ ފަސޭހަތަ ތިހެން ބްރޭކްއަޕްވާން” އަހަރެން މެސެންޖަރއިން ޔާނުއަށް މެސެޖެއް ކޮށްލީމެވެ. ” ޔަލްއަށް އިނގޭތަ އަހަރެން ބްރޭކްއަޕްވި އަސްލު ސަބަބު” ޔާނު ރިޕްލައި ކޮއްލިއެވެ. އެއީ މިހާރުވެސް ޔަލް ތިވަރަށް ދެރަވެގެން ރޮއެ އާދޭސް ކުރާއިރު އަހަރެންގެ ހިތަށް އެކަށްޗެއްވެސް ނާރާތީ.. އަހަރެންނަށް ހެޔޮ ޔަލްއަށް […]
” ޔަލް… އައި ރިއަލީ ލައިކް ޔޫ.. ވިލް ޔޫ ބީ މައި ގާލް؟.. ” ކާރު ފަހަތު ސީޓުގައޮތް ބޮޑު މާބޮނޑިއެއް ނަގާ އަހަރެންނާ ދިމާލަށް ދިއްކޮށްލަމުން ޔާނު ބުނެލިއެވެ. ޔާނުގެ އެ ޖުމްލައިން ހިތަށް ލިބުނު އުފަވެރިކަން ބުނެދޭންވެސް ނޭންގުނެވެ. އަހަރެން އިސް އުފުލަަ ޔާނުއަށް ބަލާލީ ޖަވާބެއް ދޭން ވެގެންނެވެ. ނަމަވެސް އެ ވިދުން ގަދަ ދެލޮލުގެ ޖާދޫގަ ޖެހިފަ ބުނަން އުޅުނު އެތިވެސް ހަނދާންނެތުނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަން އެހެން […]
ހައިކަލް އަހަރެންނާ ދޭތެރޭ ހާދަ ވަރަކަށް ވިސްނައޭ ހިތަށް އެރިއެވެ. އަހަރެން ނުވެސް ބުނަންދެން އޭނަ ބައްޕަ ހޯދުމުގެ މަސައްކަތްވެސް ފެޓީތާއެވެ. އިން ޝާ ﷲ އަދި އެއްދުވަހުން އަހަރެންނާ ބައްޕައާ ދިމާވާނެއެވެ. އަހަރެން ބައްޕަ މަރުވި ކަމަށް ގަބޫލު ކުރާނީ ބައްޕަގެ ފުރާނަނެތް މަސްގަނޑު ފެނުނު ދުވަހަކުންނެވެ. ދުނިޔޭގަ ހުރިހާ ހިނދެއްގަ ބައްޕަ ހޯދަން ކުރެވުނުހާ މަސެއްކަތެއް ކުރާނަމެވެ. ” ޔަލް.. ދެން މާ ބޮޑަށް ނުވިސްނައްޗޭ.. ޔަލް އެއްކޮށް ރަނގަޅު ވީމަ ދެމީހުން އުޅޭނީ […]
” އައި އޭމް ސޮރީ ހައިކް” ހައިކަލް އަހަރެންނާ ދޭތެރޭ ވިސްނާވަރު ހިތަށް އަރާފަ ކުރެވުނު ކަންތަކުން ސޮރީ ބުނީމެވެ. ހައިކަލް އެހާ ދެރަ ނުވަންދެން ކަންވީގޮތް ކިޔާދެވުނު ނަމައެވެ. ” ސޮރީ އަކުން ނުފުދޭނެ” ކުޑަ ކުއްޖެއްހެން ހައިކަލް ބުނެލިއެވެ. ” ދެން ކިހިނެތް ފުދޭނީ” އަހަރެން ބުނީމެވެ. “ކޮލަށް އުމްމައެއް ދިނީމަ” ހައިކަލް އެހެން ބުނުމުން ލަދުގަންނަ ގޮތް ވިއެވެ. ” ހާދަ ވަރަކަށް ތި ބުލަޝް ވަނީ.. މިފަހަރު ސަލާމަތެއް ނުވެވޭނެ އިނގޭ.. […]
” ޔާނު ނަމްބަރވެސް ނޭންގެ ހަނދާން ހުރި ކަމެއް.. އާން ޔެސް އޭނަ ރާއްޖޭ ނަމްބާރއޭ ވައިބާގަ އިންނަނީ” ހައިކަލް އެހެން ބުނުމުން އަަހަރެން ކަންބޮޑުވިއެވެ. ޔާނު ނަމްބަރ ބަދަލު ކުރި ފަހުންވެސް އަހަރެން އޭނައަށް މެސެޖެއް ކުރީމެވެ. އެ މެސެޖް ޑިލިޓް ކުރި ހަނދާނެއް އަަހަރެންނެއް ނެެތެވެ. އަނެއްކާ އޭނަ މިހާރު އެ ނަމްބަރ ގެންގުޅެންޔާ ހައިކަލްއަށް އެ މެސެޖް ފެންނާނެއެވެ. ” ޔާމިން ކީއްވެތަ؟ ކީއްވެތަ ތިހެން ތި ކަންކުރީ..؟ ވަޓް ޑިޑް އައި […]
އަހަރެންނަށް ޔާނު ފެންނަށް ޖެހޭ ހެއްޔެވެ. ލޮލަށް ނުފެންނާތީ ހުވަފެނުންވެސް ޔާނު އަހަރެންނަށް އުނދަގޫ ކުރަންފެށީހެއްޔެވެެ. މިހާރުވެސް އޭނަ އަހަރެންނަށް ކުރި ވަރު ކުޑައީހެއްޔެވެ. އަހަރެން ކިތަންމެ ވަރަކަށް ޔާނުއަށް ނަފްރަތު ކުރަން ބޭނުންވިޔަސް އެއީ މި ވީ ހާތަނަށް އަހަރެންނަށްް ކާމިޔާބު ކުރެވިފައިނުވާ ކަމެކެވެ. ނަމަވެސް ހުވަފެނުގަ އަހަރެންނާ ޔާނުގެ އެފަދަ ގާތް ކަމެއް އިހްސާސް ކުރެވުމުން ކުރީގެ ހަނދާންތަށް އާވާންފެށިއެވެ. ” ޔަލް..ކޮން ވިސްނުމެއްގަ.. އާ ޔޫ އޯކޭ” ހައިކަލް ކައިރީ އިންކަންވެސް ހަނދާންވީ ހައިކަލްގެ އަޑުއިވުމުންނެވެ. ” […]
ފުލައިޓްގަ އިން އިރުވެސް އަހަރެންނަށް ވިސްނެމުން ދިޔައީ ޔާނުއާ ދޭތެރޭގައެވެ. ހައިކަލްއާ ޔާނުވެސް އެހާވަރަށް ވާހަކަ ނުދައްކާކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. ޔާނު އަނެއްކާ އަހަރެން ފެނުނީމަ މޫޑްއޮފް ވީ ބާއޭ ހިތަށްއެރިއެވެ. އަހަރެން ފެނުމުން އޭނަ ހިތަށް އެއްވެސް އަސަރެއް ނުކުރާނޭ ހިތް ބުނަމުން ދިޔައެެވެ. އެހާވަރަށް މަސައްކަތް ކޮށްގެން އަހަރެންނަށް ޔާނުގެ ހަނދާންތަކާ ދުރަށް ދެވުނު އިރަށް މިޖެހުނީ އަނެއްކާ އޭނަ އާ ކުރިމަތި ލާންށެވެ. އެ ހިތްދަތި ދުވަސްތަށް ހަނދާންވިޔަށް އަހަރެން ފެންކަޅިވެއެވެ. […]
” ރާޔާ.. ދެން ހުއްޓާލާ.. ރާޔާ ނުޖެހޭނެ މީހުން ކައިރީ އާދޭސް ކުރާކަށް..އޭނަ ވިސްނާގޮތަކަށް ވިސްނަން ބަހައްޓާ..” ދޮރުކައިރިން ޒައިން އަޑު އިވުމުން އަހަރެންނަށް ވާނުވާ އިނގުނެވެ. ރާޔާ ޒައިން އައުމުން މޮޅު ޑުރާމާއެއް ޖެއްސީއެވެ. އަހަރެންއިނީ ބަސް ހުއްޓިފައެވެ. މޮޅު ވާހަކަ ތަކެއް ޒައިން ކައިރީ ދައްކައިގެން އަހަރެން ދައްކާވާހަކަ ޒައިން ޤަބޫލް ނުކުރާގޮތް ހެދީއެވެ. އަހަރެން ރާޔާދެކެ އިތުރަށް ފޫހިވިއެވެ. ނަމަވެސް ޒައިންގެ ދިރިއުޅުން ހަލާކުވާކަށްވެސް ބޭނުމެއްނޫނެވެ. އަހަރެންނަށް މި ކުރިމަތި ލާން ޖެހުނީ […]
ޒައިން ދިޔުމުން ހައިކަލް ޓީވީ ހުޅުވާލިއެވެ. އެވަގުތު ޓީވީ އިން އަންނަމުން ދިޔައީ ވަރަށް ރީތި ލޯބީގެ ހިންދީ ލަވައެކެވެ. ” ޔަލް ހާދަ ރީއްޗޭ” އިވެމުން ދިޔަ ލަވައިގެ ތެރަށް ގެއްލިއިނދެ ހައިކަލް ބުނެލި ކަހަލައެވެ. އެވަގުތު ހައިކަލްގެ އަޑުއައި ދިމާއަށް އެނބުރިލީމެވެ. މޫނުގޮސް ޖެހުނީ ހައިކަލްގެ މޫނުގައެވެ. ހައިކަލް އެހާ ކައިރީގަ ބަލަންއިން ކަމެއް އަހަރެންނަކަަށް ނޭންގެއެވެ. އިނގޭނީވެސް ވަކި ކިހިނެތްހެއްޔެވެ. އަހަރެންގެ ނުކުޅެދުންތެރިކަން އެންމެބޮޑަށް އިހްސާސްވަނީ މިކަހަލަ ގަޑިތަކުގައެވެ. އަހަރެންގެ ލޮލަށް ފެންނަ […]