ހައިކަލްގެ ބަސްތަކުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްލިބެމުންދިޔެވެ. ހިތް ނުތަނަވަސްވާ ގަޑީގަ އަހަރެންގެ ހިތުގެ ޝިފާއަކީ ހައިކަލްގަ އެ އޯގާތެރި ބަސްތަކެވެ. ” އަނހާ ޔަލްވީ..ކޮންއިރަކު އައީ..މާމަ މިއައީ ޔަލްވީ ހޯދަން ރޫމަށްވެސް ގޮސްފަ..” ހައިކަލްމާމަ އައިސް އަހަރެން ކައިރީ އިށީންނަމުން ބުނެލިއެވެ. ***** ދުވަސްތައް މާޒީއާ އެކުވަމުންދެއެވެ. އަހަރެންވެސ މިހާރު އެ މާހައުލަށް ވަރަށް ބޮޑަށް ހޭނިއްޖެއެވެ. މާމަވެސް އަހަރެންނާ ހެދި އުޅޭގޮތުން ހީވަނީ މާމަގެ ގެއްލިފައިވާ ދަރިއެއް ލިބިގެން އުޅޭ ހެންނެވެ. […]
ހައިކަލްގެ މާމަ އާ ހައިކަލްއަށް ޝުކުރުވެރިވާނެ ގޮތެއްވެސް އަހަރެންނަކަށް ނޭންގެއެވެ. އަހަރެންމީ ދުރުހިލޭ މީހަކަށް ވެ ހުރެވެސް އެދެމީހުން އަހަރެންނާ ދޭތެރޭ އެ ކަންކުރަނީ ނުލާހިކު ލޮއެއްބާ އޯގާތެރި ކަމާއެކުގައެވެ. އަމިއްލަ އާއިލާ ފަރާތުންވެސް އަަހަރެންނަށް އަޅާނުލިތާންގަ އަަހަރެންނާއޮތް ހުރިހާ ގުޅުމެއްވެސް ކަނޑާލިއެވެ. ” ޔަލްވީ ކޮންވިސްނުމެއްގަ… އިފް ޔޫ ޑޯންޓް މައިންޑް ކެންއައި އާސްކް ޔޫ ސަމްތިންގް” ކައިރިން ހައިކަލްގެ އެ ފިރިހެންވަންތަ އަޑުއިވުނެވެ. ” އޯކޭ” އަހަރެން ހައިކަލް ދިން ހެދިކާއެއް ކަމުން ބުނެލީމެވެ. […]
މެންދުރުވަންދެން އެތަށް ވާހަކައެއް ދައްކަން އިނުމަށް ފަހު މާމަ ދިޔައީ މެންދުރު ނަމާދު ކުރާށެވެ. އެހެން އޮއްވާ އަހަރެންނަށް ނިދުނު ގޮތެއްވެސް ނޭންގެއެވެ. ހޭލެވުނީ ބަޔަކު ވާހަކަ ދައްކާ އަޑަށެވެ. “ސޯ ވަޓް އާ ޔޫ ގޮނަ ޑޫ ޓް ހާ” އަޑުން އެ ވާހަކަ ދައްކަނީ ހައިކަލް ނޫންކަން އަހަރެންނަށް އެނގުނެވެ. އެ ބުނި ޖުމަލައިން އަހަރެންގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ. މަޑު މަޑުން ދެލޯ ހުޅުވާލީ ތަނެއް ނުފެނޭނެކަން އެނގިހުރެވެސް އަހަރެން ހޭލާއޮތްކަން އެމީހުނަށް […]
އަހަރެންނަށް ކުޑަކޮށް ނިދި ޖެހުނުތަނާހެން ރާޔާ ވާހަކަ ދައްކާ އަޑު އިވުނުވެ. ލޯ ހުޅުވާލަން އުޅެނިކޮށް ރާޔާ ބުނި އެއްޗަކުން އަހަރެން ނިދާފަ އޮތްކަމަށް ހެދެން މަޖްބޫރު ވިއެވެ. ރާޔާ ވާހަކަ ދައްކަމުން ދިޔައީ ފޯނުންކަން އަހަރެންނަށް އެނގުނީ އެކޮޅުން ވާހަކަ ދައްކާ މީހާގެ އަޑު ނީވޭތީއެވެ. ” ބޮޑު މުސީބާތަކާ ޖެހިގެން މިއުޅެނީ. ޔަލްވީ އެބޮތް އެކްސިޑެންޓްވެގެން ހޮސްޕިޓަލްގް. އޭނަގެ ލޮލަށްވެސް ފެންނަނީކީ ނޫން. މަށައް ޔަގީން އޭނަ މަންމަ އޭނަ ނުބަލާނެކަން. ދެން […]
” މީ އަހަރެންނާ އެއްވެސް ގުޅުމެއް އޮތް މީހެން ނޫން. މީނާގެ ކަމަކު ދެން އަހަރެން ނުހޯދާތި. މީ މަންމައެއް ބައްޕައެއް ނެތް ޔަތީމެއް. ކަލޭމެން ދެން މީނައަށް ހަދާގޮތެށް ހަދާ” ޑޮކްޓަރ ކުރިމަތީ މަންމަ އެފާޑަށް ވާހަކަ ދެއްކުމުން އަހަރެން ދެރަވެ ލަދުވެސް ގަތެވެ. ” މަންމާ” އަހަރެންނަށް އެހެން ބުނެވުމާއެކު ރޮވުނެވެ. “ހަބަރު ދާރު މަށަށް ދެން މަންމަ ނުކިޔާތި. ތީ އަހަރެން ބަނޑުގަ އަޅާ ވިހޭ މީހެއްނޫން” އެހެން ބުނުމަށް ފަހު […]
އަހަރެންނަށް ހޭލެވުނީ ބަޔަކު ވާހަކަ ދައްކާ އަޑަށެވެ. ނަމަވެސް މުޅިތަނަށް ވެރިވެފައިވަނީ އަނދިރިކަމެވެ. އަހަންނަށް އެއްވެސް ތަނެއް ފެންނަވަރެއް ނުވެއެވެ. ކުޑަވެސް އަލި ކަމެއް ފެންނާކަށް ނެތެވެ. އަހަރެން ހިތް ބިރުގަންނަން ފެށިއެވެ. ދުރުން މަންމަގެ އަޑުއިވުނުހެން ހީވެފަ އަހަރެން މަންމައަށް ގޮވާލީމެވެ. ” މަންމާ، ކީއްވެ މިތާ ލައިޓް ނުޖައްސާއެއްކޮށް އަދިރީގަ ތިހިރީ. އަހަރެންނަކަށް އެއްވެސް ތަނެއް ނުފެނޭ. ޕްލީސް ލައިޓް ޖައްސަބަ” އަހަރެން އަދިރީގަ އޮންނަން ބޭނުން ނުވާތީ މަންމަ ކައިރީ ބުނެލީމެވެ. ” […]
އަހަންނަށް ލޯތްބަކީ ކޯއްޗެއްކަން ދަސްކޮއްދިނީ އަލާންއެވެ. ލޯބީގެ ފޮނި ހުވަފެންތައް އަހަރެންނަށް ދެއްކީވެސް ހަމަ އަލާންއެވެ. ނަަަމަވެސް ތަޤުދީރު އަހަރެމެންގެ އެ ލޮއެއްބަކަށް ފުރުސަތެއްނުދިނެވެ. ހުވަފެންތަށް ވިއްސިވިހާލިވެ ދިޔައީ ދެމީހުންގެ ހިތް ރޮއްވަމުންނެވެ. ވަރަށް އަވަހައް ކިޔުންތެރިންނާ ހަަމައަށް ގެނެސްދެނީ ދިވެހި ވާހަކަ “ލޯބިވޭ” “ކިޔުންތެރިންގެ ފާޑުކިޔުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުން”