“ދެން މާއިންވެސް ނުޖެހޭނެ އިތުރަށް ހިތާމަ ކުރާކަށް… އަލް ހުންނާނަން އަބަދުވެސް މާއިންއާއެކުގަ” އަލްޔާވެސް ލޯބިން ބުނެލިއެވެ. އެކި ވާހަކަތަށް ދެއްކުމުގަ ތިބެފަ ނިދުނު އިރެއްވެސް ނޭންގެއެވެ. އަލްޔާއަށް ހޭލެވުނީ އަލަމް ބްރޭކަށް އައިސްފަ ގޮވުމުންނެވެ. “ގުޑް މޯނިންގް ޝައި ބޭބީ… ލަވް ޔޫ ލޯޑުސް..” ފޯންގައިން މާއިންގެ މެސެޖް ބަލާލާފަ އަލްޔާގެ މޫނަށް އެރި ކުލަވަރު އަލަމްއަށް ހަމަ ރަނގަޅައްވެސް ފެނުނެވެ. “އެހްމް ކޮންކަމެއް ކޮންކަމެއް.. އަލްކޮއަށް ހާދަ ވަރެއްތިވީ މެސެޖް ކިޔާލާފަ…” އަލަމް ކޮޓަރިން […]
ބެލްކަނިން މާއިން އޮފީހަށް ދިޔަތަން ބަލަން ހުރި އަލްޔާ އަވަސްވެގަތީ މާއިން މެންގެޔަށް ދިޔުމަށެވެ. ދެފަހަރު ބެލް ޖަހާލުމުން ދޮރު ހުޅުވީ މިޝީއެވެ. އަލްޔާ އެތެރެއަށް ވަންނަމުން ގޭގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. ކުޑަ ކުޑަ ސިޓިންގް ރޫމެކެވެ. އެއްފަރާތުގަ ފިލައިން ވަކިކުރެވިފަ ބަދިގެ ހުއްޓެވެ. ބަދިގޭގަ ގޭގަ ގެންގުޅޭ މީހާ ހުރީ ކައްކާށެވެ. ސިޓިންގްރޫމުގަ ހުރި ސޯފާގަ އިށީންދެލައިގެން މާން ކުރިމަތީ ހުރި ޓީވީއިން ދައްކަމުން ދިޔަ ކާޓޫނަކަށް ގެއްލިފައިނެވެ. މިޝީ އަލްޔާގޮވައިގެން ދިޔައީ ކޮޓަރިއަށެވެ. […]
އަނެއްކާ މާއިން އަކީ ބެލްކަނީގަ އަލްޔާއަށް ބަލަން ހުންނަ ޒުވާނާބާއޭ އަލްޔާ ހިތައްއެރިއެވެ. އެކަމް މާއިން އެބުނީ އެކުއްޖާ މާއިންގެ ބޮސްއާ މެރީކޮށްގެން އުޅޭވާހަކައެވެ. އެކަމް އަލްޔާ އުޅެނީ މެރީކޮއްގެނެއް ނޫނޭ އަލްޔާ ހިތައް އެރިއެވެ. “އަސްލު އަލް ވާރެޔާ ތެމުނު ވާހަކަ ބުނީމަ މި ހަނދާން ވީ މިވާހަކަ ޝެއާ ކުރަން… އަސްލު އެކުއްޖާވެސް ވަރަށް ވާރެޔަށް ފޯރިހުރޭ… ރޭގަވެސް ވާރޭ ވެހޭތީ އެ ހިތްގައިމު މަންޒަރު ބަލަން ހުއްޓާ ދެން ފެނުނީ އެއަށްވުރެ ހިތްގައިމު […]
“ދެން ގޮސްލީ” އަލްވިންއާ ސަލާމް ކޮއްލަމުން އެ ޒުވާނާ ބުނެލިއެވެ. އެ ފިރިހެންވަންތަ އަޑުން އަލްޔާގެ ހިތް ތެޅިލިއެވެ. “އާނ ވަރަށް ސަލާމް… ކަމެއް ބޭނުވެއްޖިއްޔާ ބުނެލައްޗޭ…” އަލްވިން ބުނެލުމުން ހިތްތައް ކަތިލާފަދަ ހިނިތުންވުމެއް ހަދިޔާކޮއްފަ އެޒުވާނާގޮސް ވަނީ ކުރިމަތީހުރި ގެޔަށެވެ. “ދޮންބެ ފްރެންޑެއްތައެއީ…” އަލްވިން ދުރުގަ ޕާކުކޮއްފަ އޮތް ސައިކަލަށް އަރައިގެން އައުމުން އަލްޔާ ސުވާލު ކޮއްލިއެވެ. ހަމަ އެންމެ މަގުސަދެއްގައެވެ. އެ ގޮތްނޭންގޭ ޒުވާނާ އާ ބެހޭ އިތުރު މައުލޫމާތެއް ލިބޭތޯއެވެ. ނަމަވެސް އަލްޔާ […]
” ސިރުމީނާ ކަލޭ ލަދެއް ނުގަނޭތަ ތިހެން އަހަރެންގެ ދަރިފުޅާ ވާހަކަ ދައްކާކައް.. ތީ އޭނަގެ ގެޔޭ.. އަމިއްލައަށް ތަނަށް ވެރިވެގެން އުޅޭ އިރު.. އަހަރެން ހީ ކުރީ އަހަރެން ނެތް ދުވަހު ސިރުމީނާ އަހަރެންގެ ދަރިފުޅު ރަނގަޅަށް ބަލާނެ ކަމަށް.. އެކަމް އެދަރިފުޅު އެކްސިޑެންޓްވެ ނުކުޅެދޭ މީހަކަށް ވި ދުވަހު ސިރުމީނާ ކަން ކުރިގޮތް ޑޮކްޓަރ ވަނީީ ކިޔާދީފަ.. ތީ ތިހާ ރަހުމު ކުޑަ މީހެއްކަން އިނގުނު ނަމަ ކައިވެނިވެސް ނުކުރީސް.. އެކަމް މިހާރު އިނގިއްޖ […]
ެ. ކައިރީގަ ތިބި މީހަކަށް ބެލުމެއްނެތި އަހަރެންގޮސް އަތުގަ ހުރި ޖޫސްތަޓި އެ ކުއްޖާ މޫނަށް ޖެހީމެވެ. ” ވަޓް ދަ ހެލް..” އެކުއްޖާ ރުޅި ވެރި ކަމާއެކު އަހަރެންނަށް ބަލާލަމުން ބުނެލިއެވެ. ބަލާކަށް ނުހުރެ އޭނަ އަތު ހުރި ޖޫސް ތަށިވެސް އަހަރެން މޫނަށް ޖެހިއެވެ. އަދި އިތުރަށް ހައިކަލްއާ ގާތްވެލިއެވެ. ހައިކަލްވެސް ހެވިފަ އަހަރެންނަށް ބަލަން ހުއްޓެވެ. އަހަރެން ރުޅިގަދަވެގެން އިތުރު ގޯހެއް ނުހެދެެނީސް އެތަނުން ދާން ހިނގައިގަތީމެވެ. އެއް ފަރާތެއްގަ މަންމައާ ބައްޕަ […]
” ބައްޕަގެ ޕްރިންސެސްއަށް އަދިވެސް ކެތްކުރާކަށް ދަހެއް ނުވޭދޯ..” ބައްޕަ ހީލަމުން ބުނެލިއެވެ. އަހަރެން އަބަދުވެސް ބައްޕަ ވާހަކައެއް ބުނަން ބޭނުމޭ ބުނެފިއްޔާ ކެތްނުވެވިގެން ބައްޕައާ ސުވާލުކޮއް ހަދަމެވެ. ” ދަރިފުޅުގެ ބައްޕަ އެހެން ކަންތައް ކުރުމުން މަންމަ ދުވަހަކު ދެރަނުވާވަރަށް ދެރަވެ ހިތުގަ ޖެހުނު.. އެންމެ ފަހުން ނިންމީ ބައްޕަގެ ބަސް އަހައިގެން ބައްޕައާއެކު ގައުމަށް ދާން.. އެކޮޅަށް ގޮސްވެސް ހޮސްޕިޓަލްއިން ވަޒީފާ ހޯދައިގެން ހޮސްޕިޓަލަށް ދާންފެށީ.. އަހަރެން ކައިވެނި ބައްޕަ ރައްޓެއްސަކާ ކުރުވަން […]
” ވެއިޓް..” އެހެން ބުނުމަށް ފަހު ހައިކަލް ފޯނު ކަނޑާލިއެވެ. ހައިކަލްވެސް ހާދަ ފޮންޏެވެ. އެހެން ފޯނު ކަނޑާލަން ޖެހޭ ހެއްޔެވެެ. އިރުކޮޅަކުން ދޮރުގަ މީހަކު ޓަކި ޖަހާލި އަޑު އިވުނެވެ. ” މިހާރު ހުވަފެނެއް ނޫންކަން ޔަގީންވެއްޖެ ދޯ..” ދޮރު ކުރިމަތީ ހުރި ހައިކަލް އަހަރެން ނޭފަތުގަ ހިފާލަމުން ބުނެލިއެވެ. ” އާހް… ތަދުވެއްޖޭ..” އަހަރެން ނޭފަތުގަ ފިރުމާލަމުން ބުނެލީމެވެ. ” ލެޓްސް ގޯ އައުޓް..” ހައިކަލް ބުނެލިއެވެ. ” ވަޓް.. މިގަޑީގަ.. މިހެން ހުރެ..” […]
އެމީހާ އަހަރެންނަކީ ކާކުކަން ނޭންގިގެން ބަލަން އިރުކޮޅަކު ހުއްޓެވެ. ” ޔަލްވީ.. ދަރިފުޅާ ޔަލްވީ.. ” ބައްޕަ އަހަރެންނާ ދިމަލަށް ބަލަން ހުރެފަ ބުނެލިއެވެ. ނަމަވެސް އަހަރެންނަށް ބައްޕައާ ހަމައަށް ނުދެވެނީސް ބައްޕަ އަނބުރައިގަނެގެން ވެއްޓިއްޖެއެެވެ. ” ބައްޕާ..” އަހަރެން ބައްޕައަށް ގޮވަމުން ދިޔައީމެވެ. އެވަގުތު ބަދިގެއިން ދެމީހުން ނިކުމެގެން އައިސް އަހަރެންނާ އަރާ ހަަމަވަނީއެވެ. އެތަނުން އެކަކު އަހަރެންނާ ހާދަ ވައްތަރެވެ. ޒައިން އަބަދުވެސް އަހަރެން އޭނަގެ ކޮންމެސް ދައްތައަކާ ވައްތަރު ވާހަކަ ދައްކައެވެ. މީ […]