ތިޔަ އަސަރު 35
ދެމީހުންނަށް އެތަނަށް ދެވުނު އިރު މިއުވާން މެހުމާނުންނަށް މަރުހަބާ ކިޔުމުގައި އުޅުނެވެ. ދެމީހުން އެކުގައި މިއުވާން ކައިރިއަށް ދާން މިސްރާބު ޖެހިއެވެ. އެހިސާބަށް ނުދެވުނީސް ލެއްޕެމުން ދިޔަ އިމާރާތުގެ ލިފްޓުގެ ތެރެއިން ކާއިންއަށް ދަންނަ މޫނެއް ފެނުނެވެ. އެހެންކަމުން އަޝްވާ ކައިރީ މި އަންނަނީ އޭ ބުނެ ބާރު ހިނގުމެއްގައި ކާއިން އެދިމާލަށް ހިނގައިގަތެވެ.
ކާއިން ދާން ހިނގައިގަތުމުން އަޝްވާ ކާއިންއާއި ދިމާލަށް އަތް ދިއްކޮށްލީ ކާއިން ކައިރީ ނުދިޔުމަށް ބުނުމަށެވެ. އެހެންނަމަވެސް ކާއިން ދިޔަ ބާރުމިނާއި އެކީ އެތާ ތިބި މީހުންނަށް އަޑު ނީވޭނެހެން އަޝްވާއަށް އެހެން ބުނުމަށް ފުރުސަތު ނުލިބުނެވެ.
“އައްސަލައިމަލައިކުމް، އަޝްވާ ތަ؟” ކާއިން ދިޔުމުން މޫނު މައްޗަށް ގެނައި ނުތަނަވަސްކަން ނުފޮރުވެނީސް އިވުނީ މިއުވާންގެ އަޑެވެ.
“ލައްބަ، ވައަލައިކުމުއްސަލާމް” މިއުވާންގެ އަޑު އެހާ ކައިރިން އިވުމުން އަޝްވާ ދިޔައީ ސިހިގެން ކަމުން ބުނަން އުޅުނު ބަސްތަކުގެ ތަރުތީބު އޮޅުނެވެ.
“ހެހެހެހެ… ހިނގާ ދަމާ” ދާންވީ މަގު އަތުން ދައްކުވައިދެމުން މިއުވާން ބުނެލިއެވެ. އަޝްވާގެ މޫނުމައްޗަށް އެހާ ބައިވަރު ކުލަވަރު ތަކެއް އެއްފަހަރާ އެރުމުން މިއުވާން ހުރީ މަޖާވެފައެވެ.
އަޝްވާ މިއުވާން އެކުގައި ގޮސް ޖަލްސާ އޮތް ފަންގިފިލާއަށް ދިޔައެވެ. ޓެރަހުގައި ބާއްވަން ހަމަޖެހުނު ޖަލްސާ އެއްމެ ފަހު ވަގުތު ވަނީ ޖެހިގެން ހުރި ފަންގިފިލާއަށް ބަދަލުކޮށްފައެވެ. އެއްމެ ފަހު ވަގުތުގައި ތައްޔާރީތައް ވަމުން ދާ ތަން އެކި ތަންތަނަށް ބަލާލުމުން ފެންނަމުން ދިޔަ ނަމަވެސް މުޅި ތަނުގައި ވަނީ ވަރަށް ޝާހީ ގޮތެކެވެ. ކޮޅަށް ހުރެ ވާހަކަ ދައްކާލެވޭ މޭޒުތައް އެކި ދިމާ ދިމާލުގައި ހުރި އިރު އެއް ފަރާތެއްގައި ގޮނޑި ބަރިތައް އަތުރާފައި ހުއްޓެވެ. އަދި ހުދު ކުލައާއި ގަދަ ނޫ ކުލައިން މުޅި ތަން ވަނީ ޒީނަތްތެރިކޮށްފައެވެ.
“އަޝްވާ އައުމުން މާ ބޮނޑިއެއް ހަދިޔާ ކުރާނަމޭ ހިތައި އަހަރެން ހުރީ” ލިފްޓުން ފައިބައި އަޝްވާ އަތުގައި އޮތް މާ ބޮނޑިއަށް ކަޅިއެއް އެއްލަމުން މިއުވާން ބުނެލިއެވެ.
“މީ ކާއިން ….” އަޝްވާ އަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުމުންނެވެ. އަދި އެހެން ބުނެ ދެކޮޅު ހޯދާ ބަލައިލީ ކާއިންގެ ހިލަމެއް ވޭތޯއެވެ. މީ އަޝްވާ ފުރަތަމަ ފަހަރަށް މި ކަހަލަ ޖަލްސާއަކަށް ދާ ފަހަރު ކަމުން ކުޑަކޮށް ހާސްވާ ގޮތްވިއެވެ.
“ކާއިން ދިޔަ ތަނެއް ނޭނގިގެން ދޯ ތިއުޅެނީ، މަޑު ކުރޭ އަހަރެން އެބަ ގުޅަން އޭނައަށް.. ޕާރޓްނާރ އެކަނިކޮށްލާފަ ދާކަށް ނުވާނެއެއްނު” މިއުވާން އަކީ ޖަލްސާ ބާއްވާ ފަރާތް ކަމަށް ވިޔަސް އަޝްވާ ކައިރީ މަޑުކޮށްލީ އަޝްވާ އަކީ އަސްރާރުގެ ދަރިއަކަށް ވެފައި ކާއިންގެ ލޯބިވެރިޔާ ކަމަށް ހީކޮށެވެ.
“އަހަރަމެން ދެމީހުންނަކީ ޕާޓްނަރުންނެއް ނޫން.. ޖަސްޓް ފުރެންޑްސް..” މިއުވާން އެދެމީހުންގެ ގުޅުން ގުޅުން ސިފަކޮށްދިން ގޮތް އަޝްވާ ރަނގަޅުކޮށްލަ ދިނެވެ. އޭނާ އަތުގައި އޮތް މާބޮނޑިން މިއުވާނަށް ނުބައި މާނައެއް ނެގި ދާނެތީއެވެ.
“ސޮރީ! އަހަރެން ހީކުރީ އެހެން ކަމަށް.. އެބަ އަންނަން އިނގޭ ކާއިން ވީ ތަނެއް ބަލާލާފަ” އެހެން ބުނެލުމަށްފަހު މިއުވާން ދިޔުމުން އަޝްވާގެ ހާސްކަން ކުޑަކޮށް ކެނޑެން ފަށައިފިއެވެ. މިގޮތަށް މީހުންނާއި ވާހަކަ ދެއްކުމަކީ އޭނާގެ އާދައަކަށް ނުވުމުންނެވެ.
މިއުވާން ދިޔުމުން އަޝްވާ މުޅި ތަނަށް ނަޒަރެއް ހިންގާލިއެވެ. ގިނައީ ރާއްޖޭގެ ބޮޑެތި ވިޔަފާރި ތަކުގެ އިސްވެރީންނެވެ. ދަންނަ އެކަމަކު ބީރައްޓެހި މޫނުތަކެއް ވެސް ފެންނަމުން ދިޔައެވެ. އެއިން މީހަކާއި އިސްވެ ވާހަކަ ދައްކާލަން ނުކެރިފައި ހުއްޓައި އަޝްވާ ސިހިގެން ދިޔައީ ފަހަތުން މީހަކު އޭނާގެ ދެ ކޮނޑުގައި ހިފާލަމުންނެވެ. ލިބުނު ސިހުމާއި އެކު އަޝްވާ ފަހަތަށް އެބުރު އިރު އެއީ އޭނާގެ ބައްޕަ އަސްރާރުއެވެ.
“ބައްޕާ! މިތާ ކީއްކުރަނީ؟” ބައްޕާ އޭ ބުނެ އަޝްވާ ދަމާލިއިރު މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
“މިއުވާން އާއި ބައްޕަ އަކީ މިދާއިރާގައި ގާތް ދެ ރަހުމަތްތެރީން ދޯ މިއުވާން” ކާއިން އަށް ގުޅާލުމަށްފަހު އެތަނަށް އައި މިއުވާނަށް ދޯ އެއް ދެމުން އަސްރާރު ބުނެލިއެވެ.
“ކިހިނެތްވީ؟ އުމުރުގެ ފަރަގު ހުއްޓަސް ރަހުމަތްތެރިކަން ބޭއްވިދާނެއެއްނު.. މިއުވާނަކީ އެހެން ޒުވާނުނަށް ހުރި ނަމޫނާއެއް.. ދެތިން ރަހުމަތްތެރީންނާއި ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއަކީ މިހާރު ދިވެހިރާއްޖޭގެ އެއްމެ ނަން ހިނގާ އެކަކަށް މިއުވާން ވުން.. ” ރައްޓެހިންނޭ ބުނުމުން އަޝްވާގެ ދެބުމަ ކައިރިކޮށްލުމުން އަސްރާރު ބުނެލިއެވެ.
“ބައްޕަގެ ރަހުމަތްތެރިކަމުގެ ލިސްޓް އަޅުގަނޑަށް ނަން ކިޔޭ ވަރަށް ވުރެ ގިނަވާނެކަން ޔަގީން…އެހެންވެ ހައިރާނެއް ނުވޭ އެ ލިސްޓުގައި ޒުވާނުން ހިމެނުމުން..” ހިނިތުންވެލަމުން އަޝްވާ ބުނެލިއެވެ.
“ދެ ކުދިން ވާހަކަ ދައްކާލާ، ބައްޕަ އެބަ އަންނަން ޔާސިރު އާއި ވާހަކަ ދައްކާލާފަ” އަޝްވާގެ އަތުގައި ހިފާލުމަށްފަހު އަސްރާރު އެހެން ބުނެލިއެވެ. އަދި މިއުވާނާއި އަޝްވާއަށް ވާހަކަ ދައްކާލަން ފުރުސަތު ދީ އެތަނުން ދިޔައެވެ.
“އަހަރެން ދެތިން ފަހަރެއްގެ މަތިން ގުޅައިފިން، އެކަމަކު ކާއިން ފޯނެއް ނުނަގާ… އިރުކޮޅަކުން އައިސްދާނެހެން ހީވޭ” މިއުވާން ބުނެލިއެވެ. އަދި އަޝްވާ ގޮވައިގެން ޖަލްސާއަށް ހާޟިރުވެ ތިބި އެހެން މީހުންނާއި ވާހަކަ ދައްކާލުމަށް ދިޔައެވެ.
އަޝްވާ ކާއިން ވީ ތަނެއް ނޭގިގެން އުޅެމުން ދާއިރު ކާއިން ދިޔައީ އޭނާއަށް ލިފްޓު ތެރެއިން ފެނުނު އަންހެން ކުއްޖާއަކީ ހަނާ ކަމަށް ޝައްކު ކުރެވޭތީއެވެ. ލިފްޓް ދެން އެބުރި އަންނަ އިރު ހަނާ ދިޔަ ތަނެއް ނޭނގި ދާނެތީ ކާއިން އިހްތިޔާރު ކުރީ ސިޑިން މައްޗަށް އެރުމަށެވެ. އަވަސް ހިނގުމެއްގައި ކޮންމެ ފަންގިފިލާއެއް ބަލަމުން ގޮސް ކާއިންއަށް އެއްމެފަހުން ހަނާ ފެންނަ ވަރުވީ ހަތަރު ވަނަ ފަންގިފިލާއަށް ފޭބި ތަނެވެ. ހަނާ ފެނުމާއި އެކު ކާއިން ތަބެއްގެ ފަހަތަށް ޖެހިލީ ހަނާ ލިފްޓަށް އެރީ އެކަނި ކަމުގައި ވިޔަސް ހަނާ ކައިރީގައި އިތުރު ފިރިހެން މީހަކު ހުރުމުންނެވެ.
ކާއިން އެމީހުންގެ ހަރަކާތްތައް ރަގަޅަށް ބަލަމުން ދިޔައެވެ. އެފިރިހެން މީހާ އަތުގައި އޮތް ފޯނަށް ބަލަމުން ދިޔައިރު ހަނާ އާއި ދެމީހުން އެކުގައި ހިގާފައި ގޮސް އެއް ކަނެއްގައި ހުރި ދޮރުން ވަންނަނީއެވެ.
އެވަގުތު ރިންގުވަމުން ދިޔަ ފޯނު ސައިލެންޓަށް ލުމަށްފަހު ކާއިން އެމީހުން އެތާގައި އެކުރަނީ ކޮން ކަމެއް ތޯ ބެލުމަށް އެކޮޓަރިއާއި ދިމާލަށް ދިޔައެވެ. މަތީ ފަންގިފިލާގައި އޮތް ޖަލްސާއަށް ތައްޔާރުވަމުން ދިޔަ ވެއިޓަރުންނާއި އެހެނިހެން މީހުންގެ ތެރެއިން ފުރޭނިގެން ގޮސް ކާއިން އެކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ނަސީބު ކަންދިމާކުރި ގޮތުން ކޮޓަރީގައި ހުރީ ތަޅުނުލައެވެ.
ހިތް އަވަސްވެފައި ވާ ހާލު ކާއިން އެތެރެއަށް ވަނެވެ. އެކޮޓަރީގެ އެތެރެއަށް ނަޒަރު ހިންގާލުމާއިއެކު ފެނުނު މަންޒަރުން މީހާގެ ހިތް އަތަށް ނައީ ކިރިއާއެވެ. ދެއަތާއި ދެފައި ބަދެ އަނގަ މަތީގައި ފޮތިގަނޑެއް އަޅައި ގޮނޑިއާއި އެކީ ބަދެފައި އެއިނީ އޭނާގެ މަންމަ ނޫން ދެވަނަ މީހެއް ނޫނެވެ.
“ކާއިން! ކާއިން އަންނާނެ އިރެއްގެ އިންތިޒާރެއްގައި އަހަރަމެން ތިބޭތާ މިހާރު ކޮން އިރެއް.. އަވަހަށް އާދޭ” ކަޅު އަނދިރީގެ ތެރެއިން އިވުނީ ފިރިހެނެއްގެ އަޑެވެ. އެމީހާ “އަވަހަށް އާދޭ” ބުނުމުން ކާއިންގެ ފަހަތުން މީހަކު އޭނާ ކުރިއަށް ކޮއްޕާލިއެވެ.
ކުރިއަށް ޖެހުމާއި އެކު ކާއިން ދެކޮޅު ހޯދާލިއެވެ. އެތާގައި ތިބި މީހުން ފެނޭތޯއެވެ. ކާއިން ވަށައިގެން ހޯދާލިތާ ދެތިން ސިކުންތު ނުވަނީސް މުޅިތަން ދިއްލިގެން ދިޔައެވެ. ކުއްލިއަކަށް އެހާ އަލިގަދަވުމުން ކާއިންއަށް ދެލޯ ކުޑަކުރެވުނެވެ.
“އަހަރެން އަޑުއެހިން ކާއިން ކާއިންގެ ބައްޕައަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނޭ.. އެއީ ކާއިންގެ މަންމަ ގުރުބާން ކުރުން ކަމަށް ވިޔަސް އެއްމެ ރަގަޅުތަ؟” މިފަހަރުވެސް ވާހަކަ ދެއްކީ ކުރިންވެސް ވާހަކަ ދެއްކި މީހާއެވެ. ރަގަޅަށް ލޯ ހުޅުވާލުމަށްފަހު ކާއިން އެއަޑު އަންނަ ދިމާލަށް ބަލާލިއިރު އެމީހާ ހިނގާފައި ގޮސް ކައުސަރުގެ ފަހަތުގައި ހުއްޓިލަނީއެވެ. އަދި ފަހަތަށް އަތް ގެންގޮސް އަބުރާ ގެނައި އިރު ވަޅިއެއް އޮތެވެ.
“އާން. ބައްޕައަށްޓަކައި އަހަރެން ކޮންމެ ފަދަ ކަމެއް ވެސް ކޮށްލަފާނަން.. އެކަމަކު އެއީ އަހަރެންގެ މަންމަގެ ލޭއޮހެރުވުން ކަމަށް ވުމަށް ފުރުސަތެއް ނުދެވޭނެ” ޖެހިލުމެއް ނެތި ކާއިން ބުނެލިއެވެ. ކާއިން ހުރީ މިފަދަ ކަމަކަށް ތައްޔާރުވެގެން ކަމަށް ކަން އޭނާގެ އަޑުގައި ވި ޔަގީންކަމުންނާއި މޫނުމަތިން ފެންނަމުން ދިޔަ ކެރުންތެރިކަމުން ހާމަވަމުން ދިޔައެވެ.
“ހަނާ! ހަމަ ރަނގަޅަށް ތި ބުނީ. ކާއިން އަކީ އަހަރެން ހީކުރާ ވަރަށް ވުރެ މާ ވިސްނުން ތޫނު ކުއްޖެއް” އެމީހާ ހަނާގެ ނަން ބުނުމުން ހަނާ ކާއިންގެ ފަހަތުން ކުރިއަށް އެރިއެވެ.
“ވިސްނުންތޫނު ކަމުން ދޯ އަހަރެން އެހާ ކައިރީގައި އުޅުނު އިރުވެސް ހައްސާނުއާއި ބެހޭ ގޮތުން އެއްވެސް ހަގީގަތެއް ހާމަ ނުކުރީ. އެކަމަކު ކާއިން، ޔޫ އާރ ރޯންގ! ކާއިން އަމިއްލަ ބައްޕަ ސަލާމަތްކުރަން ދުވި އިރު އަހަރެން އުޅުނީ ކާއިންގެ މުޅި އާއިލާ ނެތިކޮށްލެވޭތޯ… ސަބަބު އެގޭތަ؟؟؟ އެއްމެ ފުރަތަމަ ކާއިންގެ ބައްޕައިން ފަށަމާ… އަމިއްލަ އާއިލާއަށް ސިއްރުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރިއިރު ނޭނގޭތަ އެކަން ކޮންމެވެސް ދުވަހަކުން ފަޅާއަރާނޭ.. އަދި އެކަން ހުއްޓާލާއިފި ނަމަ ކާއިންގެ ބައްޕަގެ ދުވަސް ދުއްވާލަން އެތައް ބަޔަކު ނިކުންނާނެކަން… ދެން ހުރީ މިހިރަ ކާއިންގެ ލޯބިވާ މަންމަ!” ފަހު ޖުމްލަ ބުނަމުން ހަނާ ކައުސަރާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ނަފުރަތުގެ ނަޒަރުން ބަލާލިއެވެ.
“އަހަރެންގެ ބައްޕައާއި މާ ގާތް ގުޅުމެއް ހިންގައި ކަތުރު ފަންޏެއްހެން މުޅި އާއިލާ ރޫޅަމުން ދިޔައީ ކީކޭ ހިތަށް އަރައިގެން… އެކަމަކު ބުނަން! އަހަރެން އާއިލާ ތިއަށްވުރެ ވާ ވިސްނުން ތޫނު ވާނެ. ބައްޕަ ކަލޭއާއި މާ ގާތް ގުޅުމެއް ބޭއްވީ އެ ހައްސާނުގެ ވިޔަފާރި ބަގުރޫޓްކޮށްލަން.. ކަލޭގެ ނަސީބު އެއީ އެކަން އޭރު ނުވިކަން، އެހެންނޫންނަމަ އުޅޭނެ ހާލު ހިތަށް އަރުވާލަބަ” ހަނާގެ އަޑު ހިނދަށް ހިނދަކަށް ބާރުވަމުން ދިޔައެވެ.
“ދެން ހުރީ ކަލޭ! އެ އެއްމެނަށް ވުރެ ވިސްނުން ތޫނު ކަމަށް ހެދިގެން އުޅުނަސް ތީ ބޮޑު މޮޔައެއް” ކާއިންގެ މޫނަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ހަނާ ބުނެލިއެވެ.
“އަހަރެން މީ މޮޔައެއް ބޮޑު މޮޔައެއް! ގަބޫލުކުރަން ތިކަން.. އެކަމަކު ހަނދާން ކުރާތި އަހަރެން މޮޔަކަން ހަނާގެ މޮޔަކަމާއި އެއްވަރެއް ނުވާނެ…” އެއްމިޔަކުން ހީލަމުން ކާއިން ބުނެލިއެވެ. ހީވަނީ މިރޭ މިހެން ކަންތައް ވާނެ ކަމަށް ތައްޔާރުވެގެން ހުރިހެންނެވެ.
“އަދިވެސް އަހަރެން ކުރިމަތީ އަނގަގަދަ ކުރެވޭތޯ ދޯ ތިބަލަނީ؟؟؟” ހަނާގެ ރުޅިގަނޑު ކެކިގެން ދިޔައެވެ.
“އާން.. އަހަންނަށް ރަގަޅީ ހަނާ އަޑުގަދަ ކުރި ވަރެއް” ހީލަމުން ކާއިން އެހެން ބުނުމުން ހަނާގެ އަތުގެ ހޫނު ބޮނޑިއެއް ކާއިންގެ ކޯމައްޗަށް އައެވެ. އެވަރުންވެސް ކާއިން ބިރުގަތްހެން ހީނުވެއެވެ.
“ގެނޭ އަހަރެން އަތަށް ވަޅި… އަމިއްލަގެ މަންމަގެ މަރުގެ ހެކިވެރިއަކަށް ވާން ތައްޔާރުވޭ” ކާއިންގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުން ނުފިލާތީ ހަނާ ބިރުގަތެވެ. އެހެންކަމުން އަވަސް ހިނގުމެއްގައި ގޮސް އެމީހާ އަތުން ވަޅި ނަގައި ކާއިންގެ މަންމަގެ ކަރަށް ހަރާލަން އުޅުނެވެ.
“ހަނާ! ކެތްތެރިވޭ! އަހަރެން އަތަށް ވަޅި ގެނޭ… ” ކާއިން ހޭނީ ކޮންމެވެސް ނުބައެއް އުޅޭތީކަން އެނގި އެމީހާ ހަނާގެ އަތުން ވަޅި ޖަހައިގަތެވެ. އެމީހާ އެއްމެ ދެތިން ސިކުންތު ލަސްވިޔަސް ކައުސަރުގެ ހާލަކީ ކޮބައި ހެއްޔެވެ؟ މިހާރުވެސް އެހެރީ މާނޭވާ ލެވިލެވިއެވެ. ކާއިން އޭނާއަށް ދެރައެއް ލިބޭނެ ގޮތަކަށް ކަންތައް ނުކުރާނެކަން އެނގޭ ހާލު، މިމީހުންގެ އަނިޔާވެރިކަން ކާއިންއަށް އެކަނި ހުއްޓުވޭނެ ކަމަށް ގަބޫލުނުކުރެއެވެ.
“ތެދެއް ހަނާ ކެތްތެރިވޭ! ރުޅި ކޮންޓުރޯލު ނުވެއްޖެނަމަ އަމިއްލައަށް ގޯސް ހެދިދާނެ.. އޭރުން އަމިއްލައަށް ބޭޒާރުވާނެ” އެހެން ބުނެލުމަށްފަހު ކާއިން އޭނާގެ ޖީބުގައި އޮތް ރިކޯޑިން ޑިވައިސް ނަގައި ހަނާއަށް ދައްކާލިއެވެ.
“އަހަރެން އެއްމެ ފިތަކަށް އޮބާލިޔަސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި މި ކޮޓަރި ތެރޭގައި ހިނގި ހުރިހާ ކަމެއް އެތައް ބަޔަކަށް އެގިގެން ދާނެ.. އަދި މާޒިންއާއި ދެމީހުން ތި ރާވަމުން ދާ ރޭވުން ގަނޑު ބޭޒާރުވާނެ.. އެހެންވެއްޖެނަމަ މާޒިން ކިހާ ރުޅި އަންނާނެ ދޯ.. ހަނާ ކަންނޭނގެ ދެން މަރާލާނީ” ކާއިން މާޒިންމެން ގެޔަށް ދިޔަ ދުވަހު އެތަނުން ކުނި ދުވަސް ދުވާތީ ބެލިއިރު ފެނުނީ މަރުވެފައި އޮތް ހަށިގަނޑެކެވެ. މޫނު ފޮރުވައިފައި އޮތުމުން ކާއިންއަށް އެއީ ކާކުކަން ނޭނގުނަސް އެމީހާ މަރުވެފައިވަނީ މީހެއްގެ އިހާނެތި އަނިޔާތަކުންކަން އެނގެއެވެ.
ކާއިން އެހެން ބުނެލުމުން ހަނާއާއި އެތާގައި ހުރި މީހާގެ މޫނު މައްޗަށް ވެރިވި ހާސްކަން ފޮރުވޭތޯ އެމީހުން އުޅުނުކަން އެގެއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލައިލި ގޮތުން ދެން ކަންތައް ކުރަންވީ ކަންތައް ބުނެދިން ކަހަލައެވެ.
“އެއްވެސް ފިތަކަށް އޮބާލައިފިނަމަ …” އެމީހާގެ ޖުމްލަ ފުރިހަމަ ކޮށްލީ ކައުސަރުއާއި ދިމާލަށް ވަޅި ދިއްކޮށްލަމުންނެވެ. ކާއިން ކައުސަރާއި ދިމާލަށް ބަލާލިއެވެ. އޭސީގެ ފިނިކަން މުޅި ތަނުގައި ހިފާލާފައި ވިޔަސް އޮއްދާތަކުން ކައުސަރުގެ މުޅި މޫނުވަނީ ފޯކޮށްލާފައެވެ. އަދި ހަށިގަނޑުގައި ވާ ތުރުތުރު އެޅުން ކާއިންއަށް ފެންނަމުން ދިޔައެވެ.
“ޑިވައިސް ބޭނުން ނަމަ އެއްމެ ފުރަތަމަ މަންމަ ދޫކޮށްލާ! އެހެންނޫނީ…” ކާއިންވެސް އޭނާގެ ޖުމްލަ ފުރިހަމަ ކޮށްލީ ހަރަކާތަކުންނެވެ. އެހެން ބުނެލަމުން ކާއިން މަޑު ފިޔަވަޅުތަކެއްގައި ކައުސަރު ކައިރިއަށް ޖެހިލިއެވެ. އަދި ކޮނޑުގައި އަތް އަޅާލިއެވެ. މޫނުމަތިން ހާސްކަން ނުފެނުނަސް ކާއިން ހުރީ ބިރުން ހަލާކުވާ ވަރު ވެފައެވެ. ހިތުގެ ވިންދު އަވަސްވެ ލޭގެ ހިނގުން އަވަސްވެފައެވެ. މިއީ އޭނާއަށް މަންމަ ފެންނަ އެއްމެ ފަހު ފަހަރު ކަމުގައި ވެދާނެ ކަމުގެ ބިރާއި އެކީގައިގައެވެ.
ހަނާ އާއި އެމީހާ ހުރީ އެފަދަ ގޮތަކަށް ކާއިން ހާލަތުގެ ކޮންޓްރޯލް އަތުލައިގެންނާނެ ކަމަށް އުއްމީދުކޮށްގެން ނޫނެވެ. އެހެންކަމުން އިރުކޮޅަކު ވިސްނަން ހުރެފައި ދެމީހުން އެކުގައި ކައުސަރު ގައިގައި އޮޅާފައި ހުރި ވާފަށްތައް މޮހަން ފަށައިފިއެވެ. ވާފަށްތަކުން މިނިވަންވުމުން ކާއިން ކައުސަރުގެ އަތުގައި ހިފައި އެތަނުން ނިކުންނަން ދާން ހިނގައިގަތެވެ. އޭރު ފިރިހެންމީހާ ހުރީ ކައުސަރުގެ އަނެއް އަތުގައި ހިފައިގެން ވަޅި ކައުސަރުގެ ކަރަށް އަމާޒުކޮށްގެންނެވެ. ދޮރާއި ހަމައަށް އާދެވުމާއި އެކީ ކައުސަރު އަތުން ދޫކޮށްލުމަށް ކާއިން އެދުނެވެ. އޭރުން ވަޅި އޮތް އަތަށް ޑިވައިސް ދޭނެ ކަމަށް ބުންޏެވެ. ހާލަތުގެ ބާރު އޮތީ ކާއިންގެ އަތުގައި ކަމުން އެމީހާ ކާއިން ބުނިހެން ހެދިއެވެ.
ޑިވައިސް އެއްވެސް ޖެހިލުމެއް ނެތި އެމީހާ އަތަށް ދިނުމަށްފަހު ކާއިން ކައުސަރާއި އެކީ އެތަނުން ނެރުނެވެ. އަދި އެއްކޮށް ދޮރު ލެއްޕުމުގެ ކުރިން އެތެރެއަށް ބަލައިލިއެވެ. އޭރު ބަލި ގަބޫލުވެއްޖެ ކަމަށް މޫނުމަތިން ފެންނަމުން ދިޔަ ހަނާ ކާއިން އާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
މަންމަ ގެޔަށް ލުމަށްފަހު ކާއިން އަވަހަށް ދިޔައީ ޖަލްސާ އޮތް ތަނަށް ދާން މިސްރާބު ޖެހިއެވެ. ކައުސަރު ހައްސާނު ކައިރީ ބެހެއްޓުމުން ރައްކާތެރިކަން އޮތުމުން، އަޝްވާ އެތާގައި ހުރިކަން ހަނާ އަށް އެގިއްޖެނަމަ އަޝްވާއަށް ގެއްލުމެއް ދޭން އުޅެފާނެ ކަމަށްޓަކައެވެ.
ކާއިން އެތަނަށް ދިޔައިރު އަޝްވާ ހުރީ މިއުވާނާއި ވާހަކަ ދައްކާށެވެ.
“ޗެރީ، ސޮރީ އަޝްވާ! ސޮރީ އިނގޭ ލަސްވީމަ، ކުޑަކަމެއް ލައިގަތީ” އަވަސް ހިނގުމެއްގައި ގޮސް އެދެމީހުން ކައިރިއަށް ހުއްޓިލަމުން ކާއިން ބުނެލިއެވެ.
“މާފެއް ނުކުރާނަން.. އަހަރެން ގޮވައިގެން އައިސް ކާއިން ތި ފިލީ . މިއުވާން ވެސް ކާއިން ދިޔަ ތަނެއް ނޭނގިގެން ހޯދާތާ މިހާރު ކޮން އިރެއް” މިއުވާނާއި ވާހަކަ ދެކެވެން ފެށުމުން އަޝްވާގެ ހާސްކަން ފިލައިފި ކަން އަޑުގައިވި މަޖާ ގޮތުން އެނގެއެވެ.
“އަޝްވާގެ މާފު ނުލިބުނަސް އަހަރެންގެ މާފު ކާއިންއަށް ލިބިއްޖެ ކަމަށް ގަބޫލުކުރޭ.. ކާއިން ދިޔުމުން އަޝްވާއާއި ވާހަކަ ދައްކާލުމުގެ ނަސީބު ލިބުނީ އަހަންނަށް.. ” ކާއިން އާއި ސަލާމްކޮށްލަމުން މިއުވާން އެހެން ބުނެލީ އަޝްވާއަށް ބަލައި ހިނިތުންވެލަމުންނެވެ. އޭނާއަށް ކަމުދާ ސިފަތަކެއް ހުރި ކުއްޖަކަށް އަޝްވާ ވެއްޖެކަން ޔަގީނެވެ.
“ދެން ބުނެބަލަ އަހަރެން އެކަނިކޮށްލާފަ ކޮންތާކަށް ގޮސް ތިއައީ؟ އޭރުން ފަހަރެއްގެ މާފު ލިބިދާނެ” އިރުކޮޅަކު އެ ދެމީހުންނާއި ވާހަކަ ދައްކާލުމަށްފަހު މިއުވާން ދިޔުމުން އަޝްވާ ކާއިން ކުރެން އަހާލިއެވެ.
“އަހަރެން އޭރު ދިޔައީ ހަނާ ފެނިގެން…”ކާއިން އޭނާއަށް ވީ ކަންތަކުގެ ވާހަކަ ފަށައިގެން ނިޔަލަށް އަޝްވާއަށް ކިޔައިދިނެވެ.
“އަދިވެސް އަމިއްލައަށް ކަންތައް ކުރެވޭތޯ އުޅޭތި. އަހަރެން ގޮވައިގެން ދިޔަ ނަމަ” ކާއިން ވީ ގޮތް ކިޔާ ދިނުމުން ޗުސްތަޅާލަމުން އަޝްވާ ބުނެލިއެވެ.
“އަޝްވާ ތިއުޅެނީ ހަނާއަށް ވުރެ މޮޔަވާންތަ؟ ދެން އެގެޔެއްނު އަހަރެން އަޝްވާއަށް ގެއްލުމެއް ލިބޭ ގޮތަށް އެއްވެސް ކަމެއް ނުކުރާނެކަން” ކާއިން ބުނުލިއެވެ.
“އޯ، އަހަރެން ދެކެ އެހާ ވަރަށް ލޯބިވޭ ދޯ… ހެހެ…” އެއް ލޯ މަރާލައި ހިނިތުންވެލަމުން އަޝްވާ ބުނެލިއެވެ.
“އާން، ވަރަށް ބޮޑަށް” ޖެއްސުމުގެ ރާގަކަށް ވިޔަސް ކާއިން ބުނި ބަހުގައި އެތައް މާނައެއް ފޮރުވިފައިވެއެވެ.
“އީޝް އެހެން ބުނި ފަހުން ކާއިން އަހަންނަށް “އަޝްވާ” ގެ ނަމުން މުހާތަބު ކުރާތީ ވަރަށް އެހެން ކަހަލަ ގޮތެއް ހީވޭ” އެކި ވާހަކަތައް ދައްކަމުން ގޮސް އަޝްވާ ބުނެލިއެވެ.
“އެހެންވީމަ ދެން ކިޔަންވީ ޗެރީ ތަ؟ އަހަރެން ހީކުރީ އެހެން ކީމަ ދެރަވާ ކަމަށް” އަޝްވާއަށް ބަލާލަމުން ކާއިން ބުނެލިއެވެ.
“އާން، އެކަމަކު އެއީ ކުރިން. އޭރު ކާއިން އަހަންނާއި ދިމާލަށް އެއްޗެއް ބުންޏަސް އަހަރެން ދޮންބެ ކައިރީ ގޮސް ޝަކުވާ ކުރަމެއްނު.. އެކަމަކު މިހާރު އެކަމަށް ހޭނިއްޖެ.. ކާއިން އަހަންނަށް ޖެއްސުމެއް ނުކޮށް އެއްމެ ދުވަހެއް ފާއިތު ވިޔަސް ހީވަނީ ހަށިގަނޑުން ބައެއް އުނިވާހެން” އަޝްވާ ސިފަކޮށްދިން ގޮތުން ކާއިންއަށް ހެވުނެވެ.
“ދެން ވަރަށް ސީރިއަސް ވާހަކަ އެކޭ މި ބުނަނީ… ކާއިން ތީ މިހާރު އަހަރެންގެ އެއްމެ ގާތް އެކަކޭ ބުންޏަސް ދޮގަކަށް ނުވާނެ.. މިހާ އަވަހަށް ކަންތައް ބަދަލުވެދާނެ ކަމަށް އަހަރެން ހީވެސް ނުކުރަން” ކާއިން ހޭން ފެއްޓުމުން އަޝްވާ ކާއިންގެ ގައިގައި މަޑުމަޑުން ޖަހާލިއެވެ.
“ވެލް، ޗެރީ ވެސް ތީ އަހަރެންގެ އެއްމެ ގާތް އެކަކު.. ވަގުތާއި ހާލަތާއި އެކީ ކަންތައް ބަދަލުވެގެން ދިޔަ ގޮތް ކިހާ އަވަސް ދޯ.. އެއްބައި ކަންތައް ބޭނުންވާ ގޮތަށް ނުދިޔަ ކަމަށް ވިޔަސް ޗެރީ އަހަރެންގެ ގާތުގައި ހުރުމުން ވަރަށް އުފާވޭ.. ޗެރީ އަހަރެން ކައިރީ ހުރިހައި ހިނދަކު އަހަންނަށް ކޮންމެ ކަމެއް ވެސް ކުރެވޭނެ ކަން ޔަގީން” ސީދާ އަޝްވާގެ ލޮލަށް ބަލައިލަމުން ކާއިން ބުނެލިއެވެ.
“އެއްވެސް މީހަކު ނެތަސް އަހަރެން ކާއިން އާއި އެކީ ހުންނާނަން” ކާއިން ބަލާލި ގޮތުން އަޝްވާ އަށް ހިނިތުންވެވުނެވެ. އަޝްވާ އެބުނި ހެން ކާއިން އަކީ މިހާރު އަޝްވާގެ ހަޔާތުގައި ވަރަށް ބޮޑު ރޯލެއް ކުޅެމުން އަންނަ މީހަކެވެ. އެއްވެސް ފޮރުވުމެއް ނެތި އަޝްވާއަށް ކާއިންއާއި ހުރިހާ ކަމެއް ހިއްސާކޮށްލެވެއެވެ. އަދި އެވާހަކަތައް އަޑުއެހުމަށް ކާއިން ހުންނަނީ އަބަދުވެސް ކަންފަތް ދީގެންނެވެ. އަދި ރޯލަން ބޭނުން ނަމަ އެކަމަށް ތައްޔާރުވެގެންނެވެ.
މުޅި ރޭ ކާއިން ހޭދަކުރީ އަޝްވާ އާއި އެކީގައެވެ. އެއްވެސް ނަޒަރަކުން އެހެން މީހަކު އަޝްވާއާއި ދިމާލަށް ބަލައިފިނަމަ ކާއިންގެ ސަމާލުކަން އެމީހަކަށް ދެއެވެ. އެހާވެސް ބޮޑަށް އަޝްވާއަށް އޭނާ ރައްކާތެރިވިއެވެ. އެހެން މީހަކާއި ހެދި އަޝްވާގެ ހިތް ފަނާވުމަށް ނޭދޭ އިރު އޭނާއަށް ދެވޭ އިންޒާރެއްގެ ގޮތުގައި އަޝްވާއަށް ދެރައެއް ލިބޭ ތަން ދެކުމަކީ ކާއިން އަށް ބަލަން ކުޅަދާނަ މަންޒަރަކަށް ނުވާނެއެވެ.
ދެތިން ދުވަސް ފަހެވެ. ލިއުޝާ އެދުނުހެން އީޝް އޭނާ އާއި ހަވާލުކުރުމަށްފަހު އަޝްވިން އާއި ހިންދު، ހިންދުގެ މައިންބަފައިން ގޮވައިގެން ސްރީލަންކާއަށް ފުރިއެވެ. އެކޮޅުގައި ހުންނަ އަޝްވިންގެ ރައްޓެއްސަކާއި ގުޅިގެން އެމީހުން ހުންނާނެ ތަނެއް ހަމަޖައްސައި އޮޕެރޭޝަން ވީހާވެސް އަވަހަކަށް ކުރެވޭނެ ގޮތް ހަމަޖެހުނެވެ. މިހުރިހާ ކަމެއް ހިނގައި ދާއިރު ސަކީނާ ހުންނަނީ ހިންދުއާއި އިސްވެ މާފަށް އެދޭނެ ގޮތެއް ނޭނގިފައެވެ. އެއްމެ ކުޑަމިނުން ހިންދުއާއި ދިމާލަށް ބަލާލިއަސް މީހާ ލަދުން އިސްޖަހާލަން ޖެހެނީ އެއްވެސް ކުށެއް ނެތި ހިންދުއަށް ދެވެނު އަނިޔާ ހިތަށް އެރުމުންނެވެ. އައްބާސްގެ މުޅި ހަށިގަނޑުގައި ރިއްސަމުން ދިޔަ ނަމަވެސް އޭނާގެ ހިތަށް ލިބެމުން ދާ ކެކުޅުން އެޔަށް ވުރެ ބޮޑެވެ. ބަލި އެނދުގައި ގުޑާލަނާނެ ހިތްވަރެއް ނުލިބިފައި އޮތް އިރު ލޮލުން ކަރުނަ ނުހިކެއެވެ.
“އަހަރެން އެބަ އަންނަން އިނގޭ އީޝްއަށް ގުޅާލާފަ” އެހެން ބުނެލުމަށްފަހު އަޝްވިން އެއް ފަރާތަކަށް ޖެހިލިއެވެ.
އޮޕެރޭޝަންކޮށް ނިމި އައްބާސް އޮތީ ވޯޑުގައި ބާއްވާފައެވެ.
“އީޝް އެއީ އަޝްވިންގެ ދަރިފުޅު ދޯ… ކިތައް އަހަރު ވެއްޖެތަ އެމަންޖެއަށް” އަޝްވިން ދިޔުމުން ސަކީނާ ހިންދުއާއި ވާހަކަ ދައްކާލަން އުޅުނެވެ.
“އާން.. މިހާރު ތިން އަހަރު އެވަނީ.. ވަރަށް ސަކަ މިޒާޖެއްގެ ކުއްޖެއް އެއީ.. އަޝްވިން އަންނަން އުޅުމުން ވަރަށް ބޮޑާ ހޭކި އެއްކޮށް ގެންދާށޭ ކިޔާފަ.. ” އީޝްގެ ހަނދާން އާ ކުރަމުން ހިންދު ބުނެލިއެވެ.
“ތިން ކުދިން އެއްކޮށް އުޅޭއިރު އާއިލާ ވަރަށް ފުރިހަމަ ވާނެކަން ޔަގީން.. އަޝްވިން ކަހަލަ ފިރިއެއް ލިބުމަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ނަސީބެއް ނޫން.. ހިންދުގެ ތި ހޮވުމަށް މަންމަ މަރުހަބާ ކިޔަން” މަންމަ ގެ ދުލުން އޭނާއަށް ތައުރީފެއް ލިބުމުން ހިންދު އަށް ހިނިތުންވެވުނެވެ.
“އާން، އެއީ އަޅުގަނޑަށް ލިބުނު އެއްމެ ބޮޑު ނިއުމަތޭ ބުނުމުން ދޮގަކަށް ނުވާނެ.. ހުރިހާ ކަމެއްގައި ވެސް އަޅުގަނޑަށް ވަރަށް އެހީތެރިވެދޭ.. ހާއްސަކޮށް ކުރިން ހިނގައިދިޔަ ކަންތަކާއި ކިޔެވުމާއި ވަޒީފާގެ ކަންތަކުގައި އަޝްވިން ވަރަށް ބޮޑަށް ހިތްވަރުދޭނެ” އީޝްއާއި ވާހަކަ ދައްކަން ހުރި އަޝްވިންއަށް ބަލާލުމަށްފަހު ހިންދު ބުނެލިއެވެ. އެތައް ހިތާމަތަކަށް ފަހު ހިންދުއަށް އަލިމަގެއް ދައްކުވައިދިނީ އަޝްވިންގެ ލޯތްބެވެ. ދަތުރު ކުރަމުން ދިޔަ ކަތި ހިމަ މަގު ފުޅާވެ ސާފުވެ ސީދާވެގެން ދިޔައީ އަޝްވިންގެ ސަބަބުންނެވެ.
“ހިންދު ހިތަށް އަރާނެ މަންމަމެން ހިންދުއަށް އެވަރަށް ގޯނާ ކުރީ ކީއްވެހޭ….އެއްވެސް ސަބަބަކާއި ހެދި ހިންދުގެ ދިރިއުޅުން ނެތިކޮށްލަން މަންމަމެންނަށް ހައްގެއް ނޯންނާނެކަން ޔަގީން. އެކަމަކު މަންމަމެންނަށް އެގޮތަށް ކަންތައް ކުރެވުނު ސަބަބު ބުނެދެންތަ؟” ހިންދުއަށް ބަލާލުމަށްފަހު ސަކީނާ ބުނެލިއެވެ. މާފަށް އެދުމުގެ ކުރިން ހިންދުއަށް ހަގީގަތް ކިޔައިދިނުމަކީ އޭނާގެ ޒިންމާއެކެވެ. ހިންދު އޭނާ ދެކެ ވިމާ ލޯތްބާއި ވީ ގުރުބާނީގެ އަގު އަދާ ނުކުރެވޭނެ ހެން ހީވާ ހާލުގައެވެ.
“ހިންދުގެ ކާފައަކީ ރަށުގެ އެއްމެ ނަން ހިނގާ މީހުންގެ ތެރޭގައި ހިމެނޭ އެކަކު..އެކަމަކު މަންމައަށް އެހަސަބާއި ނަސަބު ނުލިބޭކަން ހިންދުއަށް ރަށު މީހުންގެ ތުންތުން މަތިން އަޑުއިވިފައި އޮންނާނެ.. ” ހިންދު ދިޔައީ ސަކީނާ ދެއްކި ވާހަކަތައް ކަނުލައި އަޑުއަހަމުންނެވެ. މިއީ ކެތްތެރިކަމެއް ނެތި އޭނާ އިންތިޒާރު ކުރަމުން އަންނަ ސުވާލެއްގެ ޖަވާބެވެ.
” މަންމާއި ބައްޕަ ކައިވެނި ކުރީ އެޒަމާނުގައި ގިނަ ކައިވެނި ކުރެވޭ ގޮތަށް..އެހެން ބައެއް ދެކެ ލޯބި ވިޔަސް މައިންބަފައިން ދައްކާ މީހަކާއި ދަރިން އިންނަން ޖެހޭނީ.. އެގޮތުން ހ މަންމައާއި ބައްޕަގެ ކައިވެނިވެސް ކުރެވުނީ އެހެން.. ވަރަށް ލޯބިން އުޅެން ދެމީހުން ގަސްދުކުރިކަމަށް ވިޔަސް އެއިން އެއްވެސް މީހަކަށް ލިބުނު އުފަލެއް ނެތް.. ދެމީހުން ވަރިވާން ކޯޓަށް ދިޔުމުން މިއެގުނީ ދެން އެކަމެއް ނުކުރޭވެކަން.. އެއީ މަންމަ އިނީ ހިންދުއަށް ބަނޑުބޮޑުވެ ކަމަށް ވާތީ.. އެހިސާބުން ދެމީހުންގެ ދޭތެރޭ ނަފުރަތާއި ރުޅިވެރިކަން އުފެދުނު.. އެތައް ކަމެއް އިންތިހާއަށް ދިޔަ.. ދެމީހުންގެ ގުޅުން ރަގަޅު ކުރަން ކާފަ ވަރަށް މަސައްކަތް ކުރި އެކަމަކު އެއިން ލިބުނު ފައިދާއެއް ނެތް.. ބައްޕަ މަންމަ ވަރިކުރުމުން ކާފަވެސް މަންމަ ގެއިން ނެރެލީ މި އާއިލާއަށް ހުތުރު އަރުވާ މީހެއް ކަމަށް ބުނެ.. ދެވަނަ ފަހަރަށް ހިންދުގެ ބައްޕައާއި ކައިވެނި ކުރީ އެކުގައި އުޅޭވޭނެ ކަމަށް ވަރަށް އުއްމީދުކޮށްގެން.. ނަސީބަކުން އެފަހުން އެއްކޮށް މިއުޅެވެނީ.. އެކި ސަބަބުތަކާއި ހެދި ދެމީހުން މިމަގު އިހްތިޔާރު ކުރަން ޖެހުމުން އަދިވެސް އޭގެ ތުހުމަތު މިކުރެވެނީ ހިންދުއަށް.. އެއްވެސް ކުށެއް ނެތް ހިންދުއަށް… މަންމަމެންނަށް މާފުކޮށްދީ..” ސަކީނާއަށް ރޮވުނެވެ. ހިންދައަށް ވެސް މެއެވެ. އޭނާ ނުކުރާ ކުށެއްގެ ސަޒާ މިލިބުނީ ކިހާ ހިތިކޮށް ހެއްޔެވެ؟ ނޫނެކެވެ. މައިންބަފައިން ބޭނުން ނުވާ މަގަކުން ދާން އޭނާ އަކީ ސަބަބަކަށް ވިޔަސް މިއީ އޭނާ އޭގެ ޒިންމާ އުފުލަން ޖެހޭނެ ސަބަބެއް ނޫނެވެ.
“މަންމަ ކީއްވެ ތޯ؟ އެއްމެ ކުޑަމިނުން މައިވަންތަކަމުގެ ލޯތްބެއް ވެސް ނުވަނީ ތޯ؟ ބައްޕަ ދެކެވީ ނަފުރަތު އަދިވެސް އަޅުގަނޑު ދެކެ ވަނީ ކީއްވެ ތޯ؟ ހިތް ތުރުތުރު ލާ ހާލު އަޅުގަނޑު ގޭގެ ހަތަރު ފާރު އެތެރޭ އޮތް އިރު މަންމައަށް އަޅުގަނޑުގެ ހާލު ބަލާލަން ނުކެރުނީ ކީއްވެ ތޯ؟ ނުވަ މަސް ދުވަހުގެ ގަދަ ވޭނުގައި އަޅުގަނޑު އުފުލީ އަޅުގަނޑަށް މި ހާލު ޖައްސަން ތޯ؟ ” ހިންދުގެ ކޯތާފަތް ކަރުނައިން ފޯކޮށްލިއެވެ.
“ދަރިފުޅާ މަންމައަށް މާފުކޮށްދީ.. އެދުވަސް އަބުރާ ލިބޭނެ ނަމަ މަންމަ މިކަމަކަށް ނޭދާނަން.. ދަރިފުޅު ގަބޫލުކުރޭ.. މަންމަ..” ސަކީނާ މާފަށް އެދޭނީ ކޮން ލަފުޒުތަކަކުން ހެއްޔެވެ؟ މާފަށް އެދި ގޮވިޔަސް ހިންދުއަށް ކުރި އަނިޔާގެ ހިތިކަން ހިންދުގެ އަރު ތެރެއިން ކެނޑޭނެ ހެއްޔެވެ؟
އިތުރަށް އެތާ ހުރުމަށް ކެތް ނުކުރެވޭނެ ތީ ހިންދު އެތަނުން ނިކުމެގެން ދިޔައެވެ. ހިންދު ނިކުމެގެން ދިޔަ ތަން ފޯނުން ވާހަކަ ދައްކަން ހުރި އަޝްވިން އަށް ފެނުމުން ހިންދުގެ ފަހަތުން ދިޔައެވެ.
“ކިހިނެތް ވީ” ފަހަތުން ހިންދުގެ އަތުގައި ހިފާލަމުން އަޝްވިން ކަންބޮޑުވުމުގެ ރާގަކަށް ބުނެލިއެވެ.
ވާހަކަ ދެއްކޭ ހިތްވަރެއް ނެތުމުން ހިންދު އަޝްވިންގެ ގައިގައި ބައްދައިގަތެވެ. ވަރަށް ބާރަށެވެ. ހުރިހާ ހިތާމައެއް ފިލައިގެންދާނެ ކަމަށް އުއްމީދުކޮށެވެ.
މުޅި ފަޒާގައި ވަނީ ފިނިކަން ހިފާލާފައެވެ. ރޭ ފަތިހުން ފެށިގެން އުޑު މަތި ބަނަ ކުރަމުން ދިޔަ ވިއްސާރަ ވިލާތަކުން ބޯކޮށް ވާރޭ ވެހެން ފަށައިގަތެވެ. އޭރު ރީމް މަސައްކަތް ބުރަކޮށްލާފައި ބަދިގޭގައި އުޅެމުން ދިޔައީ ޝަނުމް ހޭލަންވާ އިރަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްލެވޭ ތޯއެވެ. މިވީ ދެތިން ދުވަސް ތެރޭ ހަފީޒާ ކުރެން އަހައިގެން ޝަނުމް އަށް އެއްމެ މީރު ވާނެހެން ހީވާ އެއްޗެހި ތައްޔާރު ކުރާ ގޮތް ދަސްކުރިއެވެ. ރީމް އެހާ ވަރަށް ދިވެހި ކެއުންތަކަށް ގަޔާ ނުވިޔަސް ޝަނުމް އަށް އެއްމެ މީރީ އެބާވަތުގެ ކެއުންކަން އެގުނު ދުވަހުން ފެށިގެން އެބާވަތްތަކަށް ދޭ ޝައުގުވެރިކަން އިތުރުވިއެވެ.
“ވާރޭ ވެހޭ އިރު ކީއްވެ ހިއްކަން އަޅާފައި ހުރި އެއްޗެހި ނުނެގީ” ފަހަތުން ޝަނުމްގެ އަޑުއިވުމާއި އެކީ ރީމް އެދިމާލަށް އެބުރިލިއެވެ. އޭރު ޝަނުމް ހުރީ ރީމް ފަތިހު ހިއްކަން އެޅި ހުރިހާ އެއްޗެއް އަތަށް ނަގައިގެންނެވެ.
“ސޮރީ، އަހަރެން ހަނދާން ނެތުނީ.. ގެނޭ އަވަހަށް” އަތް ދިއްކޮށްލައި ޝަނުމް އާއި ދިމާލަށް ހިނގައިގަންނަމުން ރީމް ބުނެލިއެވެ.
“ރީމް ބަދިގޭގައި މަޑުކޮށްލާ އަހަރެން މި އެއްޗިއްސަށް ކޮންމެ ވެސް ގޮތެއް ހަދާލާނަން” ރީމް އޭނާ އާއި ހިސާބަށް އާދެވުމުގެ ކުރިން ޝަނުމް ބުނެލިއެވެ. އެހާ ފަރުވާ ކުޑަކުރެވޭތީ ރީމް އަމިއްލަ ނަފުސު ކުށްވެރި ކުރިއެވެ. ނަމަވެސް ދެކޮޅު ނުހަދައި އަވަހަށް ބަދިގެޔަށް ދިޔައީ ޝަނުމް އަންނަން ވާ އިރަށް ސައި ތައްޔާރުކޮށްލެވޭ ތޯއެވެ.
އޭގެ ތިރީސް މިނެޓް ފަހެވެ. ދޮވެފައި ހުރި އެއްޗެހި ގޭ ތެރޭ ހިއްކަން އަޅާލުމަށްފަހު ޝަނުމް ބަދިގެޔަށް ދިޔައިރު ކަމަކު ދާކަށް ނެތެވެ. މުޅި ބަދިގެ އޮތީ އެފުށް މިފުށަށް ޖަހާލައިފައޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ސިންކު ތެރެ ފުރިގެން ތަށިތައް ހުރީ އެތައް މިތާގައެވެ. ކޮތަޅުތައް ބިން މަތީގައެވެ. އަދި ފެން އަޅާ ބިއްލޫރި ފުޅިއެއް ވެއްޓި ތަޅައިގެން ގޮސްފައި އޮތެވެ.
“ރީމް، މީ ކޮން ކަމެއް؟” ޝަނުމް އަހައިލިއެވެ. ހައިރާންވެފައެވެ.
“ގެނޭ އަދި ފަސް މިނެޓް.. އަހަރެން ވަރަށް އަވަހަށް މުޅި ތަން ސާފުކޮށްލާފަ ސައިބޯން ގޮވާނަން” ޝަނުމް ހޭލާ އުޅޭކަން އެނގުގުމުން ސައި މޭޒު މައްޗަށް ނުނެގިދާނެތީ ރީމް ހުރީ ހިތް އަވަސްވެފައެވެ. އަދި އެހާސްކަމުގައި އަވަސް އަރުވައިލައިގެން ހަދައިގެން ލިބުނު ލަޑަކީ މިއީއެވެ.
“ރީމް އެކަނި ހީނުވޭ މިކަން ވާނެހެން.. ގެނޭ އަހަރެން ވެސް އެހީވާނަން” ޝަނުމް ބަދިގެ ތެރެއަށް ވަދެ މޭޒުމަތީގައި ހުރި ތަށިތައް ނެގުމުގައި އުޅުނެވެ.
“ނޫން، އަހަންނަށް އެކަނި މިކަން ކުރެވޭނެ.. ޝަނުމް ދޭ.. ” ޝަނުމްގެ އަތުގައި ހުރި ތަށިތައް ނަގަމުން ރީމް ބުނެލިއެވެ.
“އެނގޭ ރީމް އެކަނި ކުރެވޭނެ ކަން.. އެކަމަކު އަހަރެން އެހީވެ ދިނުމުން ކޮބާ މައްސަލައަކީ؟ ” ޝަނުމް ރީމް އަށް ބަލާލަމުން ބުނެލިއެވެ.
“އަހަރެން މީ އަނބިމީހާ.. އަހަރެން ޖެހޭނީ ޝަނުމްއަށް ކައްކާފަ ކާން ދޭ” ރީމް އޭނާގެ ސަބަބު ބަޔާންކުރިއެވެ.
“އެނގޭ ތީ އަހަރެންގެ އަނބިމީހާކަން. އެކަމަކު އަނބިމީހާއަށް އެހީތެރިވެދިނުމަކީ ފިރިމީހާ ކުރަން ޖެހޭ ކަމެއް ނޫންތަ؟ އެހެން ނޫނަސް ރީމް އެއް ނޫން ބުނީ އެއްމެ ކުޑަމިނުން ރައްޓެހިންގެ ގޮތުގައި ދެމީހުން އުޅެމާ ހިނގާށޭ.. ” ޝަނުމް ބުނެލިއެވެ. ރީމްގެ ވާހަކަ އަށް އޭނާ އެއްބަސްވީ ވަރަށް ވިސްނާފައެވެ. އެކުގައި އުޅޭ އިރު ބީރައްޓެހިންގެ ގޮތުގައި އުޅުމަށްވުރެ މި ގޮތަށް އުޅުމުން ދެމީހުންނަށް ވެސް ކުރާނީ ފައިދާ ކަމަށް ރީމް ޝަނުމްއަށް ވިސްނުވައިދިނެވެ.
“މައްސަލައެއް ނެތް، އެކަމަކު ޝަނުމް އެއްވެސް ބުރަކަމެއް ކޮށްގެން ނުވާނެ” ރީމް އަމުރެއް ކޮށްލިއެވެ. ދެމީހުން ރައްޓެހިންގެ ގޮތުގައި އުޅެން އެއްބަސް ވިޔަސް ޝަނުމް އަށް ކުރަން ޖެހޭ އިހްތިރާމް ކުރަން ބޭނުންވާތީއެވެ.
“އަހަރެން ހީކުރީ އަންހެނުންނަށް ވުރެ ބާރުގަދަ ހަށިގަނޑެއް ފިރިހެނުންނަށް ދެއްވައިފައިވަނީ ބުރަ މަސައްކަތް ކުރުމަށް ކަމަށް” ސިންކު ކައިރީ ތަށިތައް ދޮންނަން ހުރި ރީމް ކައިރިއަށް މޭޒުމަތީގައި ހުރި ތަށިތައް ގެންދަމުން ޝަނުމް ބުނެލިއެވެ.
ރީމް އެޔަށް ރައްދު ދޭން ބޭނުން ވިޔަސް އެއްޗެކޭ ނުބުނެ މަޑުކޮށްލިއެވެ.
“ރީމް ތަ މަސްހުނި ހެދީ؟” ހުރިހާ ތަށިތައް ރީމް ކައިރިއަށް ގެންގޮސް ނިމުމުން މޭޒުމަތީގައި ހުރި މަސްހުނި ތައްޓަށް ބަލާލަމުން ޝަނުމް އަހައިލިއެވެ.
“ނުބައީ ތަ؟” ފަހަތަށް އެބުރި ޝަނުމްއާއި ދިމާލަށް ބަލާލަމުން ރީމް އަހައިލިއެވެ. އޭރު ޝަނުމް އޭގެ ރަހަ ބަލަނީއެވެ. ރީމް ވަރަށް ފަރުވާތެރި ކަމާއި އެކީ ޝަނުމްގެ މޫނު މައްޗަށް އަރަމުން ދިޔަ ކުލަ ވަރު ބަލަމުން ދިޔައެވެ.
“ނުބައީ ތަ؟” ދެވަނަ ފަހަރަށް ރީމް އެ ސުވާލުކޮށްލީ ޝަނުމް އެތިކޮޅެއް ކާލުމަށްފަހު މޭގައި އަތް އަޅާލުމުންނެވެ.
“ޝަނުމް!….” ޝަނުމް ޖަވާބެއް ނުދިނުމުން ރީމް ޝަނުމް ކައިރިއަށް ޖެހިލައި ކޮނޑުގައި ހިފާލީ ހާސްވެފައި ހުރެއެވެ.
“ނޫން!!!” ވަރަށް ވަރުން އެހެން ބުނެލުމަށްފަހު ޝަނުމް އުދަގުލުން ދެތިން ފަހަރެއްގެ މަތިން ކެއްސާލިއެވެ.
49 Comments!
Comments are closed.
Me fast maroon thanks. ????
Thanku axy ?
Me second..varah reethi mi part ves ❤❤
Thanku laylerr ?
Masha Allah wow wow my luving maroo mihaaru up kohly dhw… Haadha inthixaaru kurevey mi story ah… Egey yagynunves hadinuvaanekan… Ehbayah vure anehbai rythivaanekan egey… Evaruge yagynkan ovey maroo ge khonme story akahves… Shann ah gabool kurevey gothuga thee mi site enme rythi koh n enme molhah vaahaka liyaa myhaky… Thivareh nethey hama abadhuves bunelaany..?????… Thy abdhuves shann ge favorite story liyaa myhaky… Thigothuga kuriah dheveytho balahchey igey… Mibaigaves sifakurun hama habeys… Luv u n Miss u..??????????????????
Thanku shann ???❤? so much and so many love for you..so much support from u. V ufaa vejje comment kollyma. One of my fav reader… baeh faharu hithah araa thivarah thaureef haggu baa eyves. I love u miss you tc .. ❤?
alhey shanum ah kihineh tha evi? reem thalhuvaalan vegen dhw, hehe. oh my god kain ge moya kamun neyva hifahattaigen hurevuni mihaa iru. i was like this will b the end he is about to get framed for a crime he didnt do. but luckily kain is one step ahead. so he saw a dead body in mazins home dhw. i think he still has some more proofs thats y he gave it willingly to hana. varah reethi mi part ves, and as for hindhs mom and dad i think they are selfish taking their frustration on hindh, she doesnt deserve it and its not her fault for wat happened. i am happy finally she got some happiness, maroon kobaitha shaim and malaka i miss them <3. i really hope miulhey liusha eesh nagan noolheyne kamah. waiting for the next part. wats going to happen to mazin? kaain? so many questions every day hehe. love this part too maroon u the best <3
Shanum dhw… neyge next part kiyaalamaa dhw. Kaain has blind love for his father so komme kamehves koffaa. Naseebeh dhw he was ready for a situation like this..and for hind sadly there are still a lot of people who does this..may they learn a lesson ..shaim and malakaa are living the happiest days since she is having the baby. Ekam emyhunge thanthankolhuves mi storyga genesdheynan. Answers dhinymaves suvaalu ufedheny dhw.. hehe. Story ekko nimumuge kurin hurihaa answer eh libeyne.loves tc thanku. V ufaa vey thihaa deep thinking eh mi story ah dheythh ?❤?
Varah reethi ………waiting the next part……………
?how many parts are there in this story
Arnd 20
Baaky
Varah reethi ekam thankolheh kuree kiyan feshi kameh neygi nimihje
Its morethan 2500 .. so kuru noon dhw ..thanku shai ?
Me 6th….vrh lwbi mi prt vx…when next prt???❤
Thanku kkk.. in sha Allah tmrw ?
hi maroon ky k dhen bunaani bunaane ehcheh vx neyge haadha molhey haadha molhey kiyaa hithun ovvaa e nimuny thankolheh kuruhen hyvany vvvvvvvvv loabi thanku roon kn dhuvahakun Ashwa nd Shanum gulheyny
Thanku dear.. ashwa and shanum still might happen .. v v v ufaa vejje comment kiyaalaafa ?
hello maroon… sorry midhuvas kolhu mi ulheny extracurriculars ga v busy koh.. ehnve cmnt nukurevuny.. Masha Allah v reethi mi part ves… alhe kaain kyvetha ashwa kairi e vaahaka nubunevigen ulheny… kaain ge family ah dhera gotheh nuhadhache… nd reem aky kaain ge sis kan dhemyhunnah angaba… shanum ah v kihineh baa? let him fall for reem please… v dhera vejje hindh ah v goiy engifa… i hope things wud get better between her nd her mum… V reethi mi part… waiting for next part… loveeeess?❤
Thanku shudha. Its okay dear.. have fun ngey…maybe he want to protect her??
Yes angan miulheny.. maa laheh nuvaane. Shanum still loves ashwa but might fall for reem dhw…hind ves happy koh dheynan..loves tc ❤?
Wow… Fabulous ?????… Mi part vx v v v reethi… Sifakurunthah haadha reehchey… Hurihaa manzareh heevany hama loa kurimathin fennahen…. Story hama superb ingey maroon ???… Keep up the good work… Ehaa me interesting mi story ge knme partehvx ????… V v v inthizaaru kuraa story eh mee… One of my favourite ❤️❤️❤️… U are really a great writer maroon ???… N v v v ufaavey maroon ehaa friendly reply kohlaathy ????… Curiously waiting for the next part… Lots of love and take care ????❤️??????
Thanku pinky shifoo. Hehe. Komme faharakuves ehaa loabi commenteh kollaane. V v ufaa vey..nan ekani egunas mihaaru v baivaru kudhinnaky friends kamah beleven fashaifi. So much support and love from all u guys. Loves tc ❤?
Woww… hama obiness to the max.. vvvvv reeethi… v nala???? and maroon i’ve replied to your mail
Awa kon iraku tha vaahaka eh dhn liyaany?v inthixaaru eba kurevey
Awwn.. awa mihaaruga vaahaka eh liyan fashaifin.. busy v ma kuriyah nudhanee.. ekm in sha allah vaahaka eh geneshdeynan v emme avahakah.. vaahaka eh liyan feshiyas awa beynun vanee kurin gothah gavaaidhun up kollevey varu varah liyevuneema upkuran fashan… love you dear
I am too waiting dear ?
Thanku awa. I have replied too. ??
As usual mi prt ves v lwbi inge..kaain aa ashwa gulhuvahchey..nxt prt ah v inthixaaru eba kurevey..ly maroon?
Thanku mysh ? might happen hama . Loves tc
Nice ???.. kulhi ey reem
kahkaaleh shanum evarah bunaairuwex.. reem rangalhu kurey.. u can do it.. ashwa kaain aa baa noonee miuvaan baa?
Thanku shina. Yea reem ragalhu kuran vejje hama.. she can do better dhw.. miuvaan ves like vaahen eba heevey dhw.. hehe ?
Mi baives vvvv reethi…sanum aa reem ge glhun rangalhu kobba…kaain nah dheragotheh nuhadhachey…maroon ge vaahakatha kiya kiya foohinuvey..i are the best writer..
Thanku maaisha. Yes… kaain ge gotheh neyge. Ei kadyge miya mathy hunna myheh . V ufaa vejj comment kiyaalaafa ?
Maroon ge fb id dhevidhaanetha…i want to be you friend
Honey u can mail me. Mail adress is in the description box .
V.v.reethi dear
Thanku xxxx.. kuru koh comment kuriyas one of the best and regular reader ehthy.. ?
Lonu gadhaee thwche hehee
Vedhaane ?
Hey maroon mihaaru story nimen vrh kairi vejje tha?kithah prt baakee??2 vana season eh vx genesdhehche.. emeehunge dharinge…hahaha..hey when nxt part???☺???
Story ga dhn othy problems thah solve koh answers dhinun. It wii take arnd 20 parts.. eesh and ashwa ge kids aai eky dhw.. heehehe.. ?❤?
Next part tmrw. Saturday
v reethi reem kura effort shanum balaganaane kamah heekuran avahah hope there marriage works. marron ge vaahaka thah v reethi ??maroon vaahaka eh liyabaa mihaaru mi society enme bodah fenna kanthah dheaibah meehunaa innun or age difference bodu meehun marry kurn v. reethi vaane kahneyge &I think you can do it. this is just an idea cause I like to read stories with little bit of realistic and imagination. you are a very good writer ???best of luck
Yes thikamuge azumuga mi story ves mi genesdheny. In sha Allah adhi thi gothahves livey thw balaana. V ufaa vey maroon dheyn beynunvaa msg thi kudhinna libeythy. Loves thanku ninaa ?
hey marrooon..??after a long time dhw…click midhuvaskolhu varah busy koh miulheni..ehenve comment eh ves nukureve..ekam mi story hama ehves parteh vahtainulaa kiyan..?.varah salhi story kuriah dhaa goi…mi story kiyamun dhaairu maroon talent varah bodah feney..varah furihama mi vaahaka.n varah kiyaahihvaa gothakah konme part eh ves genesdheni.?..keep it up maroon.???..this is brilliant…??❤️❤️❤️waitting..
Aw. I missed u so much..v ufaa vejje story kiyaakan angaalyma..hithah araa dhn thibi kudhin koabi baavaey. Loves miss u … so happy dear ❤?❤?
Thi buni konkudhine?
Sjki men… ?
Yeah kobaatha SJK aa adhaa? Aa enmen