ވާށެ އޯގާ ހިތާ
މިއޮތް ބޮޑު ކޮންކުރީޓު ޖަންގަލި ތެރެއިން އޭނާ އެސޫރަ ހޯދާނީ ކިހިނެތް ހެއްޔެވެ؟ ކިތައްމެ ހަނދާނުން ފޮހެލަން އުޅުނު ކަމުގައި ވިޔަސް އެދުވަސް މަތިން އޭނާ ހަނދާން ނެތޭނެ ހެއްޔެވެ؟ ނަމެއް ނޭނގެއެވެ. ސިކުޑީގެ އެއް ފަރާތުގައި ރައްކާކުރެވިފައި ވަނީ ފުސް މޫނެކެވެ. ގަދަ މެރޫން ކުލައަކަށްދާ އިސްތަށި ގަނޑެކެވެ. ހަމުގެ ކުލަ ދޮނެވެ. އިސްކޮޅު ވަޒަންކޮށްލާކަށް ނޭނގެއެވެ. ކުރި މައްޗަށް އަރައި ވާހަކަ ދެއްކިއަޔަސް ދެވަނަ ފަހަރަށް އެ ސިފަ ނޭނގޭނެ ވަރަށެވެ. އެ އަޑު އިވިއިވި ފޫހި ވިޔަސް ތަފާތު ވަކި ކުރަން ނޭނގޭނެއެވެ. ރިހި ކެވެލި ކޮޅެއް މެނުވީ ހަނދާނަކަށް ނެތް އެކުއްޖާ ވަނީ ޒިޔަމްގެ ސިކުނޑި ހިޞާރުކޮށްފައެވެ. ބުނެދޭން ނޭނގޭ ހިޔާލުތަކަކުންނެވެ. ހަނދާން ނައްތާލެވެން ނެތް ފިކުރުތަކަކުންނެވެ.
ދެބުމަ ގޮށްޖަހާއިލުމަށްފަހު ޒީން އެއްމެނަށް ބަލައިލިއެވެ. އޭރު އެއްމެންގެ ރުޅީގެ ހޫނުން އޭނާ ފިހޭނެކަން ޒީންއަށް އެނގުނެވެ. ހޭލާ ހުރެ މި އިވުނު އަވާމެންދުރެއް ފަދަ ހުވަފެނުން ޒީންއަށް ހޭވެރިކަން އަޔެވެ. ޒީން އާއި ހެދި އުފެދިފައިވާ ޓުރެފިކް ބައިގަނޑަށް ތަން ދެމުން ޒީން މަގުގެ އަނެއް ފަރާތަށް ދުއްވައިގަތެވެ. އެއްމެންގެ ލޯ ތަކުން ޒީން ހުރީ ލަދުން ވިރި ވިރިއެވެ. ދުވާރާއި ހަމަޔަށް ނުދެވެނީސް ޒީންގެ ފިޔަވަޅުތަކަށް އަނެއްކާވެސް ހުއްޓުން އަރައިފިއެވެ. މިފަހަރު ޒީން ހުއްޓުވީ ކުރިން އިވުނު އަޑެއް ނޫނެވެ. ޒީންގެ ހަޅޭކުގެ އަޑު ފަޒާގައި އުގުމާލިއެވެ.
ހަޔާތުގައި އަޒުމް ކަނޑައަޅާ ކޮންމެ ކަމެއް މިހާތަނަށް ކުރަމުން އަޔަސް މައިންބަފައިންގެ ލޯތްބަކީ ސާއިމްއަށް ތަގުދީރު މަނާ ކޮށްފައިވާ އެއްޗެކެވެ. މަޔެއްގެ ކުލުނާއި ބަފައެއްގެ ރުހުމަކީ ފުރާނައިން އެދޭ ހުވަފެންތަކެވެ. އެއަސަރު މޭތެރޭ އަބަދަށްމެ ހުންނާނެއެވެ. އެލޯތްބަށް ހިތް އަބަދުމެ އެދިއެދި ގޮވާނެއެވެ.
15 Comments!
Comments are closed.







So guys hello and ramadan mubarik. Mi story kiyaalan libeyne june 20th in feshigen. 20th in feshigen dhedhuvahun eh dhuvahu upload kohdheynan. Miss u all. Nimun reethi kohdheynan for sure mifaharu ❤❤
1st dhwe
Hehe yh u 1st . Hope to hear from u on 20th
Varah reethi.. waiting for 20th.. 🙂
Hope to hear from u on 20th . Thanku
Reethi vaanehen heevey. Omg!!!! Cant wait for 20th
Hey nonns . Thanku.. see u on 20th
I think varah reethi vaanehen? waiting for 20th
hey Adha. thanks for the support. waiting for ur comment on 20th
Reethi vaanehen heevani waiting…
thanks anonymous
Waitin 4 20th. Heevany story reethi vaanehen
hey rifoo. thanks 🙂
Heevey varah reethi vaane hen mi vaahaka…. waiting for 20th…
very interesting, looking forward to read