Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯ ފޮހެލާދޭށެ މަގޭ 7

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
May 5, 2020 5 Mins Read
3 Comments

”މަން..މާ. މަ..ންމާ. ކީއްވެ އަޅުގަނޑު.. ދޫކ..ކޮށްލާފައި.. ދިޔ..ދިޔައީ…”

”މަންމާ..” މަންމާއޭ ކިޔައި އައިލީޝް ފުންމައިގެން ތެދުވީ މައިނޭވާލަމުންނެވެ. ނައިޝަމްއަށް ލިބުނު ސިހުމުގައި ކޮޅަށް ތެދުވެވުނު އިރު އެންމެ ހިނދުކޮޅަކަށްވެސް އައިލީޝްގެ މޫނުން ނަޒަރު ވަކިކޮށްނުަލައިއެވެ. ހާސްވެ ނޭވާ އުފުރެމުން ދިޔަ އައިލީޝް ފެނި ނައިޝަމްއަށް ހަމަބިމަށް އާދެވުނެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ދިޔައީ ޑޮކްޓަރެއް ބަލައިއެވެ. ނައިޝަމް ޑޮކްޓަރެއް ގޮވައިގެން އައިއިރުވެސް އައިލީޝް އިނީ އެނދުގައި ހަމަ އެގޮތަށެވެ. ފުންކޮށް ނޭވާލާށެވެ.

”މިރޭ އައިލީޝް ޑިސްޗާރޖް ކުރެވޭނެ.” ޑޮކްޓަރު ދިޔައީ ނައިޝަމްގެ ބުރަކަށީގައި މަޑުމަޑުން ޖަހާލާފައިއެވެ. ނައިޝަމްއަށް ބަލައިލެވުނީ އައިލީޝްއާ ދިމާލެވެ. އެދެލޮލުން ދިޔައީ ކަރުނަ ފައިބަމުންނެވެ. ބޮލުގައި އަތް އަޅައިލައިގެން އެނދުމަތީގައި އޮތް އިރު އެމޫނުމަތިން ފެންނަމުން ދިޔަ ވޭނީ ކުލަތަކުން ނައިޝަމްއަށްވެސް ދިޔައީ ގޮތްތައް ވަމުންނެވެ.

”އައިލީޝް. ތެދުވޭ އެއްޗެއް ކާލަން.” ނައިޝަމް އައި މަގުމަތީގައި އައީ މަގުގައި ހުރި ފިހާރައަކަށް ވަދެ އާފަލަކާއި އޮރެންޖެއް ގަނެލައިގެންނެވެ. ނައިޝަމް އެހެން ބުނެލުމާއިއެކު އެއްވެސް ދެކޮޅު ހެދުމެއް ނެތި އައިލީޝް ތެދުވީ ބަނޑުހައި ވެފައި ހުރި ވަރުންނެވެ. އޭނާގެ ގައިގައި އެއްވެސް ވަރެއް ނެތެވެ. އަތް ހިތްލާލާނެ ވަރުވެސް އެހަށިގަނޑުގައި ނެތެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އައިލީޝްގެ ބަނޑަށް ކާ އެތިކޮޅެއް ނުލާތާ އެއީ ދެވަނަ ދުވަހެވެ.

ފޮތިޖަހާފައި ހުރި އާފަލާއި އޮރެންޖް އަޅާފައި ހުރި ތަށި ނައިޝަމް ދިއްކޮށްލުމާއިއެކު އައިލީޝް އެއިން ފޮއްޗެއް ނެގޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ގައިގައި ވަރު ނެތުމުގެ ސަބަބުން އޭނާއަށް އެކަން ކުރަން އުނދަގޫވިއެވެ. އައިލީޝްގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިވެ ބަލަން އިން ނައިޝަމްއަށް ވީ ގޮތް ރަނގަޅަށް އިނގުނެވެ. އެހެންކަމުން ތަށިން އާފަލު ފޮއްޗެއް ނަގައި އައިލީޝްއަށް ލަވައިލިއެވެ. ނަމަވެސް އޭނާގެ އަތް ދިޔައީ ތުރުތުރުލަމުންނެވެ. ހިތް ހީވަނީ މޭ ކަށި ފަޅާފައި ނުކުމެދާނެ ހެންނެވެ. ނަމަވެސް ހިތްވަރުކޮށްފައި އައިލީޝް ބަނޑު ފުރެންދެން ނައިޝަމް ލަވައިދިނެވެ. އަދި ފެންތަށިވެސް ދިނެވެ. މިހުރިހާކަމެއް ކުރިއިރުވެސް ނައިޝަމް އޭނާއަކީ ކޮންކަހަލަ މީހެއްކަމެއް  އެންމެ ފަހަރަކުވެސް ހަނދާނަކުން ނުފޮހެލައެވެ. އޭނާގެ ފެންވަރު އޭނާ ހަނދާނުގައި ބެހެއްޓިއެވެ.

އައިލީޝްގެ ހާލަކީތޯއެވެ. ނައިޝަމްގެ އެއަމަލުގެ ސަބަބުން އައިލީޝްގެ ހިތުގައި އުފެދެމުން އަންނަ ލޯބީގެ އޮފިތައް ދިޔައީ ކުރިލައި އެހިތުގައި އިތުރަށް ބޯވަމުންނެވެ. އެއަމަލުން ހަމަރަނގަޅަށްވެސް އައިލީޝްގެ ހިތް ދީވާނާ ކޮށްލާފިއެވެ. މީގެ ކުރިން ދުވަހަކުވެސް ނުލިބޭ ހިތްހަމަ ޖެހުމެއް ނައިޝަމްގެ އެ އޯގާތެރިކަމުން އައިލީޝްއަށް ލިބުނެވެ. ނައިޝަމްގެ ފަރާތުން އޭނާއަށް އެލިބުނު އޯގާތެރިކަން ދުވަހަކުވެސް ހިތަކުން ފިލައިގެންނެއް ނުދާނެއެވެ. މުޅި އުމުރަށް އެކަން ހަނދާނުގައި ހުންނާނެވެ. ނަމަވެސް ނައިޝާމްގެ ކުރިމަތީގައި އެފަދަ ހާލެއްގައި އިންނަން ޖެހުމުން އައިލީޝްގެ ހިތް ދިޔައީ ނޭނގޭ ބާރުމިނެއްގައި ތެޅެމުންނެވެ.

”ނައިޝަމް.” މަޑުމައިތިރި އަދި އެހައިމެ ވަރުބަލި އަޑަކުން އައިލީޝް ގޮވައިލިއެވެ. އެއަޑު ކަންފަތުގައި ޖެހުނު ނައިޝަމްގެ ހުރިހާ ހިއްސެއް ކޮޅަށް ޖެހުނު ކަހަލައެވެ.

”އަހަރެން ކީއްވެ މިތަނަށް ގެނައީ؟” ސީދާ ނައިޝަމްގެ ލޮލަށް ބަލަން އިނދެ އައިލީޝް އެހެން ބުނެލިއެވެ. އައިލީޝް ބޭނުންވީ ނައިޝަމްގެ ލޮލުގެ ތެރޭގައި ފީނާގަންނާށެވެ.

”އަހަރެންނަށްވެސް ހަދާނެ ގޮތް ނޭނގިގެން ޔޫހާއަށް ގޮވީ. ޔޫހާ އެމްބިއުލެންސަށް ގުޅާފަ އައިލީޝް މިތަނަށް ގެނައީ.” ނައިޝަމްވެސް އައިލީޝްގެ ލޮލަށް ނަޒަރު ސީދާ ކޮށްލައިގެން އިނެ ބުނެލިއެވެ.

”އެހެންތަ. ކޮބާ ޔޫހާ؟” އައިލީޝްގެ އެސުވާލަށް ނައިޝަމް ހަމައެކަނި ބުނިހާވެސް އެއްޗަކީ ފެންވަރައިލަން ގެޔަށް ގޮއްސިކަމުގައިއެވެ. އެއަށްފަހު ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ތަނަށް ވެރިވެފައި ހުރި ހިމޭންކަމުގައި ދެމީހުންވެސް ވަގުތު ގުނަމުން ދިޔައީ ހިތުން އެތައް ވާހަކައެއް ދައްކަމުންނެވެ.

***

”މަންމާ ކީއްވެތަ އައިލީޝްއަށް އެހެން ތި ހަދަނީ؟” ޔޫހާގެ އަޑު ކުރެހިގެން ދިޔައެވެ. ޖަވާބު ނުލިބޭ އެސުވާލު އެތައް ފަހަރަކު ޔޫހާ ޒާހިދާއަށް އަމާޒުކޮށްފިއެވެ. ނަމަވެސް ޒާހިދާ ހުރީ ހަނެވެ. އަނގައިން ބަހެއް ބުނެނުލާތާ ތަނެއް ގުޑުވައިވެސް ނުލައިއެވެ. ނަމަވެސް ހިނިތުންވެލައިގެން އިނީއެވެ.

”ކޮންތާކަށް ދާން ތިދަނީ؟ ދެން ހޮސްޕިޓަލަށް ދާނެ ކަމެއް ނެތް. މިހާރު އެތާގަ އުޅެވިއްޖެއްނު. ދަރިފުޅު ކީއްވެތަ މަންމަ އެވަރަށް ބުނާއިރުވެސް އައިލީޝްއާ ވާހަކަ ދައްކަނީ؟” ޔޫހާ ގެއިން ނުކުންނަން މިސްރާބު ޖެހުމާއިއެކު ޒާހިދާއަކަށް އެއްޗެކޭ ބުނެނުލައިއެއް ނީނދެވުނެވެ.

”އައިލީޝް އެއީ އަހަރެން ކޮއްކޮއެއް ފަދަ ކުއްޖެއް. ހަމައެކަނި ތިމަންމަގެ ބަނޑުން ނުވިހާކަން. މަންމަގެ ހިތުގައި އައިލީޝްއަށް ޓަކައި ނަފްރަތު ވިޔަސް އަހަރެންގެ ހިތުގައި ވަނީ ލޯބި. ކޮންމެފަދަ ހާލެއްގައި ވެސް އަހަރެން މިހިރީ އައިލީޝްއަށް އެހީވާން ތައްޔާރަށް. އައިލީޝް އެފަދަ ހާލެއްގައި އޮއްވާ އަހަރެން ބޭނުމެއް ނޫން ގޭގައި ދެފައި ދަމައިލައިގެން އޮންނާކަށް. މަންމަ އޮވޭ. އަހަރެން މަނައެއް ނުކުރާނަން.” ޔޫހާގެ ވިސްނުން ހުރި ގޮތުން ޒާހިދާގެ ގާތަށް އިންތިހާ ދަރަޖައަށް ރުޅި އައެވެ. ނަމަވެސް އެރުޅިގަނޑު މަތަ ކޮށްފައި ޒާހިދާ ބެލީ ރީތިކޮށް ޔޫހާއާ ވާހަކަ ދެއްކޭތޯއެވެ.

”އެންމެ ރަނގަޅު. ދަރިފުޅު ކޮން ދުވަހަކުން ކައިވެނި ކުރާނި؟” ޒާހިދާގެ އެސުވާލުން ޔޫހާގެ ހިތަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. އެއީ ޒާހިދާ އޭޏާއާ ދުވަހަކުވެސް ނުކުރާފަދަ ސުވާލެކެވެ. އެސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޔޫހާ އޭނާގެ ހިތުގައިވާ ހުރިހާ އެއްޗެއް ކިޔާދޭން ނިންމިއެވެ. ނަމަވެސް ޔޫޙާއަށް ދިޔައީ ފަސްޖެހެވެމުންނެވެ. ޒާހިދާ ކަންތައް ކުރާނެ ގޮތް ނޭނގޭތީއެވެ. ނަމަވެސް ޒައިކް ހަމައެކަނި ލިބެން އޮތީ ޒާހިދާއާ ވާހަކަ ދައްކައިގެންކަން ހަނދާންކޮށް ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމިއެވެ. އޭރުވެސް އެ ހިތް ދިޔައީ އިންތިހާ ބާރު މިނުގައި ތެޅެމުންނެވެ.

”މަންމާ އަަހަރެންނަށް ކަމުދާ ކަހަލަ ކުއްޖެއް ފެނިއްޖެ. އަހަރެންނަށް އޭނާ ދެކެ މޮޔަވާ ވަރަށް ލޯބި ވެވިއްޖެ. އަހަރެން ބޭނުން އޭނާ އާ ކައިވެނި ކުރަން. އޭނާގެ މީހަކަށް ވާން އަހަރެން ބޭނުން.” ޔޫހާއަށް އެހެން ބުނެލެވުނީ ފުން ހިޔާލަކަށް ގެއްލިހުރެ ނަމަވެސް އަމިއްލަ އިހްތިޔާރުގައިއެވެ.

”ކާކު ދަރިފުޅުގެ ތި އޭނާ އަކީ؟ މަންމަ ގާތު ނިކަން ބުނެބަލަ. އޭރުން މަންމަ ވަގުތުން ދަރިފުޅަށް ތި ކުއްޖަކު ހޯދައިދޭނަން.” ޒާހިދާ އޭނާގެ ޔަގީންކަން ޔޫހާއަށް ދިނީ ވިސްނާނުލައިއެވެ.

”ޒައިކް. އޭނާއަކީ ޒައިކް. ކުރިން ދުވަހު މިގެޔަށް އައި. މަންމާ އޭނާ އަހަރެންގެ ހިތް ވަގަށް ނަގައިފި.” ޔޫހާ ހީވަނީ ޖާދުލެއްގައި ޖެހިފައި ހުރިހެންނެވެ. ނަމަވެސް ޒާހިދާއަށް ލިބުނު ސިހުމުގައި ކޮޅަށް ޖެހުނީ ޔޫހާގެ އެ ޖުމުލައިއިންނެވެ. އޭނާގެ ކަންފަތުގައި އެ ބަސްތައް ގުގުމަމުން ދިޔައީ ހޮނުގުގުރިއެއްގެ ސިފައިގައިއެވެ. އެއީ އޭނާ އުންމީދު ކޮށްގެން ހުރި ގޮތެއް ނޫނެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ޔޫހާ ޒައިކް މަތިން ހަނދާން ނައްތުވާލަން ޖެހޭކަން ޒާހިދާގެ ހިތުގެ އެއްކަނަކުން ގޮވަން ފެށިއެވެ.

”ކިހިނެއްވީ މަންމާ؟ ހިތްހަމަނުޖެހުނީތަ؟” ޒާހިދާއަށް ވީ ގޮތުން ޔޫހާގެ ހިތަށް ދިޔައީ އެތައް އެއްޗެއް އަރައި ފައިބަމުންނެވެ. ”ނޫނޭ ދަރިފުޅާ.” ޒާހިދާ އެހެން ބުނެ އޭޏާގެ ކޮޓަރިއަށް ގޮސް ވަނީ އެއްވެސް އެއްޗެއް އޭނާއަށް ނުވިސްނުމުންނެވެ. ކޮޓަރިއަށް ވަނެ ދެކޮޅަށް ހިނގާލަ ހިނގާލާ އޭނާ ހުރީ އެއްޗެއް އޭނާގެ ސިކުނޑިއަށް ވަދޭތޯއެވެ. ހީވާގޮތުން އަނެއްކާވެސް އޭނާގެ ސިކުނޑީގައި ރޭވުމެއް ރޭވޭތޯ މަސައްކަތް ކުރަނީއެވެ. ފަނަރަ ވަރަކަށް މިނެޓް އެހެން ހިނގާލަ ހިނގާލަ ހުއްޓައި މޮޅު ހިޔާލެއް އައި ފަދައިން ޒާހިދާ އެނދުމަތީގައި އިށީންދެ އޭނާގެ ފޯނު ނެގިއެވެ. އަދި ނަންބަރުތަކެއް ޖަހައިލުމަށްފަހު ކަންފަތުގައި ޖަހައިލީ އަވަސްވެފައިވާ ހިތަކާއިގެންނެވެ.

”އަހަރެން ބޭނުން ބައްދަލުކޮށްލަން. މިރޭ އަށެއް ޖަހާއި އިރު ރަސްފަންނަށް.”

***

އެނދުމަތީގައި އޮށޯވެ އޮތް ޔުނާންގެ ހިތުގައި އަނދަމުން ދިޔައީ ނަފްރަތުގެ އަލިފާންގަނޑެކެވެ. ޒައިކްއަށް ޓަކައިއެވެ. ޒައިކް އޭނާގެ ހިތުގެ މަލަކާދެެކެ ލޯބިވީމައިއެވެ. ޔުނާންއަށް އިހްސާސްވަމުން ދިޔައީ ޒައިކް އޭނާގެ ހިތުގެ މަލަކާ ޖަހައިގަންނަން އުޅޭ ފަދަ އިހްސާސެކެވެ. ނަމަވެސް އެހެން ވާކަށް ޔުނާން ބޭނުމެއް ނޫނެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ޔުނާން ބޭނުމީ އައިލީޝްއެވެ.

މިވީ ދުވަސްތަކުގައި އަތުން ގުނައިނުލެވޭ ވަރަށް ކުދިންނާ ރައްޓެހިވެވުނެއްކަމަކު އައިލީޝް ފަދަ ރީތި އެހައި ލޯބި ކުއްޖެއް އަދި ދުވަހަކުވެސް ޔުނާން ނުދެކެއެވެ. އައިލީޝް ފެނިފައި ފުރަތަމަ ފަހަރަށް ޔުނާންގެ ހިތުގައި އައު ވިންދެއް ޖަހައިލި ފަދައެވެ. އެހިތުގައި ކޮންމެ ސިކުންތަކުގައިވެސް ގޮވަމުން ދިޔައީ އައިލީޝްއަށެވެ.  އެ ހިތުގެ ވިންދުކަމުގައި އައިލީޝް ވެއްޖެއެވެ. އެހަށިގަނޑުގެ ފުރާނަ ކަމުގައި އައިލީޝް ވެއްޖެއެވެ. ނަމަވެސް ޔުނާންއަށް ނޭނގުނު ކަމަކީ އޭނާ އައިލީޝް ހޯދަންވެއްޖާ ކުރަން ޖެހެނީ ބޮޑު ހަނގުރާމައެއް ކަމެވެ.

***

”ސާފު ވެއްޖެތަ އަހަރެން މިކީ އެއްޗެހި؟ ހަމަސް ދުވަހުން އޭނާ އަންނާނެ. ޒާހިދާގެ ސިގްނަލަކަށް މިފަހަރު މަށެއްވެސް މަޑެއް ނުކުރާނަން. ކަލޭމެން ވެސް ނުވާނެ މަޑު ކޮށްގެން. އޭނަ އަންނަ ގަޑިއަށް ބަނދަރު މަތީގައި ކަލޭމެން ހުރޭ. އަދި މަބުނި ގޮތް ހަދާ.” މާޖިދު ގޮޑީގައި ހަމަ ޖެހިލައިގެން އިނެ ކުރިމަތީގައި ހުރި ދެމީހުންނަށް ވާހަކަ ދައްކަމުން ދިޔައެވެ. ދެމީހުންވެސް ތިބީ މާޖިދު ފަދައިން ކަޅު ކޯޓެއް ލައި މޫނު ނިވާކޮށްފައިއެވެ.

”މިފަހަރު މި ރޭވުން ކާމިޔާބު ނުވެއްޖާ.. މަމީ ނުބައި މީހެއްކަން ދައްކާލާނަން. ހައްހާއްހާ.” މާޖިދު ނުހަނު ބާރަށް ހިނިގަނޑެއް ޖަހާލުމާއިއެކު ކުރިމަތީގައި ހުރި ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލަން ފެށިއެވެ. ބިރުގަނެފައި ހުރި ފަދައަކުންނެވެ.

”ކުރީ ފަހަރުވެސް ކަލޭމެން ދެމީހުން ކުރީ މަ ބުނި ކަމެއް ނޫން. އެއީ ފުރަތަމަ ފަހަރު ކަމުން ދޫކޮށްލީ. އެކަމު ދެވަނަ ފުރުސަތުގައި މަ މި ބުނާ ގޮތް ނުހަދާ ފިއްޔާ ދައްކާނެ އެއްވެސް އެކްސްކިއުޒް އެއް ނޯންނާނެ. އަދި ތިންވަނަ ޗާންސެއް ވެސް ނުލިބޭނެ. މިކަން ހަނދާނުގައި ބަހައްޓާތި. މީ ދެމީހުންނަށްވެސް ލިބޭނެ އެންމެ ފަހު ޗާންސް.” މާޖިދު އަނެއްކާވެސް ނުލަފާ ހިނިގަނޑެއް ޖަހާލާ އެދެމީހުން ވަށައި ހިނގަންފެށިއެވެ. އަދި އެތަނުން ނުކުމެގެން ދިޔައީ އޭނާ އިށީންދެގެން އިން ގޮޑި ފައިން ޖަހައި ހޫރާލާފައިއެވެ.

***

ޔޫހާއަށް ހޮސްޕިޓަލަށް ވެދެވުނު އިރު އައިލީޝް އަދި ނައިޝަމްވެސް ގެޔަށް ދިޔުމަށް މިސްރާބު ޖަހަނީއެވެ. ނަމަވެސް ޔޫހާ ފެނި ދެމީހުންނަށްވެސް މަޑުޖެހެވުނެވެ. ”ދޫކޮށްލީތަ؟ މާ ލަހުން ދޯ ގެޔަަށް ގޮސް މިއާދެވުނީ..” ޔޫހާ އައިލީޝްއަށް ހިނިތުންވުމެއް ދިނެވެ. ބަދަލުގައި އައިލީޝްވެސް ހިނިތުންވުމެއް ދިނެވެ.

”ދާ މަގުމަތީގަ ވާނެ ދޯ ރަސްފަންނަށް ވަދެލާފަ ދާން.” ޔޫހާ އެހެން ބުނެލީ އައިލީޝް ނުދާނެ ކަމަށް ދެކޮޅު ހަދާނެކަން އެނގިހުރެއެވެ. ކަން ވީ ވެސް އެހެންނެވެ. ވަރުބައްޔޭ، ބޮލުގަ ރިއްސަނީއޭ ކިޔައި އައިލީޝް ބަހަނާއެއް ދައްކައިލިއެވެ.

”އެހެންޏާ އައިލީޝް އެކަނި ދޭ ގެޔަށް. މަށާ ނައިޝަމްއާ ދާނަން ރަސްފަންނަށް.” ނައިޝަމްދެކެ ކިތަންމެ ފޫއްސެއްވިޔަސް ޔޫހާ އޭނާއާ ވާހަކަދައްކަނީ ވަރަށް ރީތިކޮށެވެ. ހާއްސަކޮށް މިދެދުވަހުއެވެ. ނައިޝަމްއަށް ކާންދީ ހެދީ ވެސް ޔޫހާއެވެ.

”އަހަރެން ބަލި މީހަ އެކަނި ގެޔަށް ދާން ވީ. ތީ ހާދަ ހެއްވާ ކަމެކޭ ދޯ. އެކަމު ޔޫހާ. އަހަރެން ބޭނުމީ ގެޔަށް ދާން. ވަރަށް މަސައްކަތްވެސް ހުންނާނެ ކުރަން.” އަދިވެސް އައިލީޝްގެ އަޑުން ވަރުބަލިކަން ނުފިލައިއެވެ. ”އަދިވެސް މަސައްކަތް ނުކުރެވިގެން ދޯ ތިއުޅެނީ. ހުރެބަލަ މިރޭ ލާ ހިކެއް ނޫން އަވަހަށް ދާކަށް. ދޯ ނައިޝަމް.” ޔޫހާ ނައިޝަމްއަށް ދޯ އެއްލުމާއިއެކު ނައިޝަމްގެ އަނގަ ގަނޑުވެސް ފެށުނެވެ. ކިތަންމެ މަޑު މަޑުން ހުއްޓަސް އޭނާއަކީ އަނގަ ގަދަ މީހެކެވެ. ނަމަވެސް ބައެއް ހާލަތްތަކުގައިއެވެ.

”ތެދެއް. މިހަކަލަ ތަނަކަށް އާސް ލީމަ ހިތްހަމަޖެހުމެއް ލިބޭނި. އަހަރެން ރަށުގަ އުޅުނުއިރު އަބަދު އަތިރީގަ. ބޮލަށް ބަރުވަނިކޮށް އަތިރިއަށް ދަނީ ބޯ ހަމަޖައްސާލަން.” ނައިޝަމް ބުނެލިއެވެ. އެއާއިއެކު އައިލީޝްވެސް އެއްވެސް ދެކޮޅު ހެދުމެއްނެތި ރަސްފަންނަށް ވަދެގެން ދިޔައެވެ.

ނަމަވެސް އެތަނަށް އެޅުނު ފުރަތަމަ ފިޔަވަޅާއެކު އިވެމުން ދިޔަ އަޑަކުން ތިންމީހުންގެ ފައިގައި ވެސް ތަޅުއެޅުވުނު ފަދައެވެ.

~ ނުނިމޭ ~

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހިތް ކަލާޔަށް އެދޭތީ..6

Next

މިދެލޯ ފުހެލަ ދޭށޭ ލޯބިން 4

Next
May 5, 2020

މިދެލޯ ފުހެލަ ދޭށޭ ލޯބިން 4

Previews
May 5, 2020

ހިތް ކަލާޔަށް އެދޭތީ..6

3 Comments!

  1. Kairaa says:
    May 5, 2020 at 10:25 am

    Omg kihineh e v…v curious vehjje..whn nxt part…curiously waiting…

    1. ?Nafu✨ says:
      May 5, 2020 at 9:20 pm

      v gotheh balamaa dhw.. thanks kairaa for ur endless support..

  2. ?Nafu✨ says:
    May 5, 2020 at 12:53 pm

    salaam dear readers. mi part vs kamudhaane kamah unmeedhu kuran. and let me know the mistakes.. nafu ah vaahakaiga huri mistakes buneladhinumaky vr bodu edhumeh. adhi vaahaka dhaa gothaamedhu kiyuntheringe khiyaalu vs nafu vr beynun.. rangalhu kuran jehey thaneh inas nafu ah ekameh comment ehge zariyyaa in bunela dhinun edhen.
    next part avahah up kohla dheynan.
    have a blessed day.
    stay safe, stay home. 🙂

Comments are closed.


All Right Reserved!