Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދިގެން ތި ލޯތްބަށް 6

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 30, 2019 8 Mins Read
21 Comments

“ކާކުތަ އުޅުނީ ތަނަކަށް ދާން؟” ޝާދުގެ މޫނުގައި އަތް ޖައްސާލަމުން ނަޒްހާ އެހިއެވެ.

ޝާދު ތިރިވެލަމުން ނަޒްހާގެ ތުންފަތުގައި ބޮސްދިނެވެ. ނަޒްހާ އަތް ހިއްލާ ޝާދުގެ ދެ ކޮނޑުގައި ހިފާ ތިރިކޮށްލަމުން ދެ އަތުން ބައްދާލިއެވެ. ދުރަށް ޖެހިލި އިރު ދެ މީހުންވެސް ތިބީ ނޭވާ ކުރުވެފައެވެ. ޝާދު ތެދުވުމުން ނަޒްހާވެސް ތެދުވިއެވެ.

“ޝާދު؟” އެ ވަގުތު ދޮރުގައި ޓަކި ޖަހާލަމުން ގޮވާލި އަޑު އިވުނެވެ. ނަޒްހާ ގޮސް ދޮރު ހުޅުވާލިއެވެ.

“ސައި ބޯން އަންނަން ވީނު؟” ދޮރުމަތީ ހުރި ޝަޒްނާ ބުންޏެވެ.

“ހިނގާ” ޝާދުއާ ދިމާއަށް ބަލާލާފައި ނަޒްހާ ނިކުމެ ދޮރު ލައްޕާލިއެވެ.

ޝާދުގެ ދައްތައާ ކޮއްކޮވެސް ނަޒްހާ ފެނުމުން ވަރަށް އުފާ ވިއެވެ.

“މަންމާ، މި އުޅެނީ އަންނަ މަހު ކައިވެނި ކުރަން ވެގެން” ސައި ބޮއެ ނިމިގެން ދުފަން ތިބެފައި ނަޒްހާ ބުންޏެވެ.

“ތެދެއް؟” ޒަރާނާ ޝާދު ކައިރީ އަހާލިއެވެ.

ޝާދު ބޯ ޖަހާލިއެވެ.

“މަންމަ ވަރަށް އުފާ ވެއްޖެ. މަންމަގެ ހުރިހާ ކުދިން ތެރޭން ޝާދު އެކަނި މިހާރު މީހަކާ ނީނދެ ހުރީ، އެކަންވެސް ވާން މި އުޅެނީ، ދެން އޮތީ ޝާދުއަށް ކުއްޖަކު ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރުން” ނައިހާގެ އަތުގައި ހިފައިގެން އިނދެ ޒަރާނާ ބުންޏެވެ.

“ދެން ލަހެއް ނުވާނެ ތި ކަން ވާކަށް. މަންމަ ހާސް ނުވޭ” ޝިއުނާ ބުންޏެވެ.

“ދޮންތަމެންވެސް ވާނެ އިނގޭ ވެޑިންގ ކަންތަކުގަ ބައިވެރި ވާން” ނަޒްހާ ބުންޏެވެ.

އެއާއެކު ދެން ފެށުނީ ކައިވެނީގެ އެކި ކަންތައް ކުރާނެ ގޮތުގެ މަޝްވަރާއެވެ. ގަޑިއެއްހާ އިރު ފަހުން ނަޒްހާ ގެޔަށް ދާން ނިކުތީ އަންނަ ހުކުރު ދުވަހުގެ ހަވީރު ނަޒްހާމެން ގެޔަށް އައުމަށް ޝާދުމެން ގޭ ހުރިހާ އެންމެންނަށް ދައުވަތު ދީފައެވެ.

 

ހަފްތާ މެދުން ސަރުކާރު ބަންދު ދުވަހެއް ލިބުމުން ނައިހާ ބޭނުން ވީ ގޭ ހުރިހާ ކުދިން އެ ދުވަހު ހަވީރު ނައިހާމެން ގެޔަށް ގެންނާށެވެ. ކުރީ ރޭ ރޭގަނޑުގެ ޑިޔުޓީ ކޮށްފައި ނަޒްހާއަށްވެސް ހަވީރު އާދެވޭނެތީއެވެ.

މެންދުރު ކެއުމަށް ފަހު ނައިހާ ބަދިގޭގައި އުޅުނީ ހަވީރަށް ރަނގަޅު ސައެއް ތައްޔާރު ކުރާށެވެ.

“ނައި ކައިރީ މަންމަ ބުނެފީމެއްނު މިހާރު ދެން ތިހާ ބުރަކޮށް ނޫޅޭށޭ؟ ކީއްކުރަން އަމިއްލައަށް އެއްޗެހި ހަދަން ތި އުޅެނީ؟ ޔަޒާންވެސް މިއަދު އޕފް ދުވަހެއްނު؟ އޭނަ ކައިރީ ބުނެގެން ބޭރުން އެއްޗެހި ގަންނަން ވީނު؟” ނައިހާ ބަދިގޭގައި އުޅެނިކޮށް ވަދެފައި ނުސްރާ ބުންޏެވެ.

“މަންމާ، އެހާ ގިނަ އެއްޗެއްސެއް ނުހަދަމޭ. ރޯލްސް ކާ ހިތުން ރޯލްސް އެކަނި ހަދަން މި އުޅެނީ. ދެން ޕުޑިންއެއް އަޅާނީ. އަނެއްކާ ނަޒް ބުނި އޭނަ ގެންނާނަމޭ ސޭންޑްވިޗް. އަހަންނަށް އެހާ ބުރައެއް ނޫނެއްނު މަންމާ” ރޯލްސް ހަދަން އެއްޗެހި ތައްޔާރު ކުރަން ހުރި ނައިހާ ހިނިއައިސްފައި ބުންޏެވެ.

ދެންވެސް ނުސްރާ ހިތްހަމައެއް ނުޖެހުނެވެ. ބަދިގެއަށް ވަދެ ނައިހާއަށް އެހި ވާން އެކި ކަންތައް ކޮށްދެމުން ދިޔައީ އެކަނި އެއްވެސް ކަމެއް ކުރަން އުޅެގެން ނުވާނެޔޭ ކިޔަމުންނެވެ. އަޞްރު ވީ އިރު ހުރިހާ ކަމެއް ނިންމާލާފައި ދެ މައިން ފެން ވަރަން ދިޔައެވެ.

ނައިހާ ފެން ވަރައިގެން ނިކުމެ ރީތި ވެގެން ނަމާދު ކޮށްގެން ނިކުތް އިރު ނަޒްހާމެން ސިޓިންގ ރޫމްގައި ތިއްބެވެ. އެ މީހުންނާ ވާހަކަ ދައްކަން ޔާނިއު އިންދާ ފެނުމުން ނަޒްހާއަށް ބަލާލާފައި ނައިހާ އެއްލޯ މަރާލިއެވެ.

“ހިނގާ ދެން ސައި ބޯން އުޅެމާ ދޯ؟ ބައެއް މީހުން ތިބެދާނެ މިއަދު ސައި ނުބޮއެވެސް ހިތްހަމަ ޖެހިގެން، އެކަމަކު އެންމެންނަކަށް އެހެންނެއް ނުވާނެއެއްނު” ނައިހާ ނުސީދާކޮށް ނާޔާއާ ދިމާ ކޮށްލިއެވެ.

“އާނ، ހިނގާ. އެހެން މީހެއްގެ ގޮތެއް އަހަންނަކަށް ނޭނގެ، ގައިމުވެސް އަހަރެން ވަރަށް ބަނޑުހައި” ނަޒްހާ ތެދުވަމުން ބުންޏެވެ.

“އަހަރެންވެސް” ނަޒްހާގެ ފަހަތުން ނޫރާވެސް ތެދުވިއެވެ.

“ޔާނިއު، ސައި ބޯން ވީނު ދޮންބެދައްތަ މެންނާ އެކީ؟” ނައިހާ ބުންޏެވެ.

ޔާނިއު ބޯ ޖަހާލިއެވެ.

ނައިހާ ފުރަތަމަ ސައި ހަދާފައި ތަބަކެއްގައި ނުސްރާއާ ސުޖާއުއަށް ކޮޓަރިއަށް ސައި ގެންގޮސްދިނެވެ. މެންދުރު ކައިގެން ބޭރަށް ދިޔަ ގޮތަށް ޔަޒާން ގެޔަށް އައީ ނައިހާމެން ސައި ބޯން ތިއްބައެވެ. އޭގެ ކުރިން ނައިހާ ގުޅުމުން ޔަޒާން ފޯނަށް ޖަވާބެއް ނުދެއެވެ.

“ފަހަރި ގްރޫޕް އައި ދުވަހެއްތަ؟” ނަޒްހާމެން ފެނުމުން ޔަޒާން އަހާލިއެވެ.

“އަހަރުމެން އައިތާ މިހާރު ކޮން އިރެއް؟ ނަސީބެއްނު ސައި ބޯނެ އެއްޗެއް ހުއްޓާ ޔަޒާންއަށް އާދެވުނު ކަންވެސް” ނަޒްހާ ސަމާސާ ކޮށްލިއެވެ.

“ޔަޒާން، ސައިތަ؟ ކޮފީތަ؟” ޔަޒާން އިށީނުމުން ނައިހާ އަހާލިއެވެ.

“ސައި” ޔަޒާން ޖަވާބު ދީފައި ވާހަކައިގައި ބައިވެރިވިއެވެ. ޔަޒާން އައުމުގެ ކުރިން އެންމެ ފޯރީގައި ސަކަރާތް ޖަހަން އުޅުނު ނޫރާ ހިމޭން ވިއެވެ. އެއްޗެއް ނުބުނެ ނޫރާ އިނުމުން ނައިހާއަށް ފާހަގަ ކުރެވިގެން ސުވާލު ކުރިއެވެ.

“ނޫ؟ ކިހިނެއް ވެފަ ތީނީ؟” ނައިހާ އެހިއެވެ.

“ކަމެއް ނުވޭ” ނޫރާ އަވަސް އަވަހަށް ބުންޏެވެ.

“ނޫއަށް ކުއްލިކުއްލިއަށް ވާނެ ފާޑެއްގެ ގޮތެއް، ދޯ ނަޒް؟” ނައިހާ ހިނި އައިސްފައި އިނދެ ބުނެލީ ނޫރާ ކުއްލިއަކަށް ހިމޭން ވީ ސަބަބު އެއްވެސް ގޮތަކަށް ނޭނގި ހުރެއެވެ.

“ބޮލުގަ ރިއްސާ އެބަ، ގެޔަށް ގޮސް ކުޑަކޮށް ޖައްސާލަން ބޭނުމީ” ނޫރާ ބުންޏެވެ.

“އަސްލުވެސްތަ؟ ދޮންތަ ދެންތަ ބޭސް ގުޅައެއް؟ ކާލައިގެން ދޮންތަ ކޮޓަރީގަ އޮށޯވެލަން ވީނު؟” ނައިހާ ކަން ބޮޑު ވެގެން އައިސް ނޫރާގެ ބޮލުގައި ފިރުމާލިއެވެ.

“ނޫން، އެހާ ބޮޑަކަށް ނޫނޭ” ނޫރާ ބުންޏެވެ. ޔަޒާން ދެކެ އިތުރަށް ފޫހި ވީ، އެ ކުދިން ނައިހާ ކައިރިއަށް އައި ދުވަހު ޔަޒާން ގޭގައި ހުރީތީއެވެ. ހިތާ ހިތުން އެކަމާ ޝަކުވާ ކުރަމުން ނޫރާ އެކަން މޫނު މަތިން ނުދައކާ ވޭތޯ މަސައްކަތް ކުރިއެވެ.

“އަހަރެން ދަންތަ ނޫރާ ގެޔަށް ލައިދޭން؟ މި މީހުން ހިއެއް ނުވޭ މާ އަވަހަށް ސައި ބޮއެ ނިންމަން އުޅޭ ހެންނެއް” ޔަޒާން ބުނެލިއެވެ.

“ތެދެއް ނޫ؟ ދާންވީނު ދޮންތަބޭ އާ އެކީ؟’ ނައިހާ ބުންޏެވެ.

“ނޫން، ބުނެފީމެއްނު އެހާ ބޮޑަކަށް ތަދެއް ނުވެޔޭ؟ ދެން އަޅާނުލާ ބަލަ” ހިތްހަމަ ނުޖެހިފައި އިން ނޫރާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

“އޯކޭ އޯކޭ…” ނައިހާ ބުންޏެވެ.

ނަޒްހާއާ ޔާނިއުގެ މެދުގައި އިން ނާޔާ ތެދު ވެގެން އައިސް ނޫރާ ކައިރީ ހުރި ގޮނޑީގައި އިށީނދެ ނޫރާގެ އަތުގައި ހިފާލިއެވެ.

“ރިލޭކްސް ތިއްތާ” ނާޔާ މަޑޫމަޑުން ބުންޏެވެ.

“ވަރަށް ފޫހިވޭ. މިއަދު ގޭގަ ހުންނަން ޖެހޭތަ އޭނަ ހަމަ؟” ނޫރާއަށް ރުޅި އާދެވެނީ ޔަޒާން އެ މީހުންނާ އެކު އިނުމުންނެވެ.

“އަޅާނުލާ” ނާޔާ ބުންޏެވެ.

“ކޮބާ މިހާރު ނަޒްގެ ވެޑިންގ ކަންތައް ކިހިނެއް ނިމުނީ؟” ޔަޒާން އަހާލިއެވެ.

“ޝާދު ބުނި އަހަރެން ބޭނުން ގޮތަކަށް ޕާޓީ ކަންތައް ގެންދާށޭ. އެ ކަންތައް ޑިސްކަސް ކުރަން ވެގެން ޝާދުމެން ގޭ މީހުން ކައިރީ ބުނިން ހުކުރު ދުވަހު އަންނާށޭ. ނައިވެސް ވާނެ މެންދުރު އަންނަން އިނގޭ” ނަޒްހާ ބުންޏެވެ.

ދެން ދެކެވުނީ އެ ކައިވެންޏަށް ތައްޔާރު ވުމަށް ކުރަން ވީ ކަންތަކުގެ ވާހަކައެވެ. އެ ވާހަކަ ފެށުމުން ޔަޒާން ބޭރަށް ދަނީއޭ ބުނެފައި ނިކުތެވެ. ނާޔާއާ ޔާނިއު އެތާ ތިބި ނަމަވެސް އެ މީހުން ތިބީ އަމިއްލަ ވާހަކައެއްގައެވެ.

“ވަރަށް ބޭނުން ނާޔާގެ ސްޕެޝަލް ފްރެންޑަކަށް ވާން. ވެވިދާނެތަ؟” ޔާނިއު އަހާލިއެވެ.

“ދޮންތަބޭގެ ކޮއްކޮ ވީމަ ތީ ސްޕެޝަލް ފްރެންޑެކޭ” ނާޔާ ބުންޏެވެ.

“އެކަހަލަ ސްޕެޝަލް އެއް ނުނޭ…” ޔާނިއު ބުންޏެވެ.

ޔާނާ އިސް އުފުލާ ޔާނިއުގެ މޫނަށް ބަލާލިއެވެ.

“އެނގިއްޖެ ދޯ މި ބުނާ އެއްޗެއް؟” ޔާނިއު އަހާލީ ނާޔާގެ އަތް ތިލައިގައި ހިފާލަމުންނެވެ.

ނާޔާ އަތް ދުރުކޮށްލާފައި ނައިހާ މެންނަށް ބަލާލިއެވެ.

“އަހަރެން ވަރަށް ލައިކް ވޭ ނާޔާ ދެކެ، ދުވަސްކޮޅެއް ވެއްޖެ މިހެނ ްބުނަން ބޭނުން ވެފަ ހުންނަތާ، އެކަމަކު ޗާންސެއް ނުލިބިގެން ހުރީ” ޔާނިއު ބުންޏެވެ.

ދެންވެސް ނާޔާ އިނީ އެއްޗެއް ނުބުނެއެވެ.

“ނާޔާ، އެއްޗެއް ބުނެބަލަ!” ނާޔާ ޖަވާބެއް ނުދީ އިނުމުން ޔާނިއު ބުންޏެވެ.

“ދޮންތަ ބުނި އަހަރެން ޔާނިއުއާ ވާހަކަ ދެއްކިޔަސް އޯކޭއޭ، އެކަމަކު ބޭރަށް ގޮސް މީޓްކޮށް ހަދައިގެން ނުވާނެޔޭ. ޔާނިއު އަހަންނާ ގުޅުމެއް ބާއްވަން ބޭނުމިއްޔާ އަހަންނަށް ރަނގަޅީ އަހަރެން އޯ ލެވެލް ހަދާ ނިމެން ދެން މަޑުކޮށްލިއްޔާ. އޭރުން މަންމަމެންވެސް އެއްޗެއް ނުބުނާނެ” ނާޔާ ބުންޏެވެ.

“އަހަރެން މަޑު ކުރާނަން” ޔާނިއު ބުންޏެވެ.

އެރޭ ނަޒްހާމެން ގެޔަށް ދިޔައީ ހަތެއް ޖެހި ތަނާއެވެ.

އަދީމް ގުޅީ ކާން ހަދަން ނަރީމާއަށް އެހީވާން ނޫރާ އުޅެނިކޮށެވެ. ނޫރާ އެދުމުން އަދީމް ގެޔަށް ވަން އިރު ސިޓިންގރޫމްގައި އާދިލްއާ ނާއިލްއާ ނަވާފް ތިއްބެވެ.

“އަދީމް، ކޮން އިރަކު އައީ؟” އަދީމް ފެނުމުން ނާއިލް ބުންޏެވެ.

“މިއަދު މެންދުރު” އަދީމް ބުންޏެވެ.

“މިރޭ އަދީމް އަހަރުމެންނާ އެކީ ކެއުމުގަ ބައިވެރި ވެލަން ވީނު؟ އެހާ ދުވަސް ކޮށްފަ ފެނުނީމަ އެކީގަ ވަގުތުކޮޅެއް ހޭދަ ކޮށްލަން ވާނެއެއްނު ދޯ” އާދިލް ބުންޏެވެ.

އަދީމް ނޫރާއާ ދިމާއަށް ބަލާލުމުން ނޫރާ ބޯ ޖަހާލިއެވެ.

“ބައްޕަ ކިހިނެއް މިހާރު؟” އާދިލް އަހާލީ، އޭގެ ދިހަ ދުވަސް ކުރިން އަދީމްގެ ބައްޕަ ކުއްލިއަކަށް ވަރަށް ބަލި ވެގެން އަދީމްގެ އާއިލާ އިންޑިޔާއަށް ދިޔުމުންނެވެ.

“ބައްޕަ މިހާރު އެއްކޮށް ރަނގަޅު. އެކަމަކު ތިން މަސް ކޮށްފަ ދާން ޖެހޭ” އަދީމް ޖަވާބު ދިނެވެ.

ނަޒްހާއާ ޝާދުގެ ކައިވެނީގެ ވާހަކަ އާދިލް އަދީމް ކައިރީވެސް ބުންޏެވެ.

“ދެން ކޮން އިރަކުން އަދީމްއާ ނޫރާގެ ކައިވެނި އޮތީ؟” އާދިލް އަހާލިއެވެ.

“ނޫރާ ބޭނުން ވީމަ ތި ކަންތައް ވާން އޮތީ” ނޫރާއަށް ބަލާލަމުން އަދީމް ޖަވާބު ދިނެވެ.

“ތެދެއް ދަރިފުޅު؟ ކޮން އިރަކުން ކައިވެނި ކުރަނީ؟” ނަރީމާ ހިނި އައިސްފައި އަހާލީ ނޫރާ ދޭނެ ޖަވާބު އެނގިހުރެއެވެ.

“އަންނަ އަހަރު” އަބަދުވެސް ބުނާހެން ނޫރާ ބުނެލިއެވެ.

އެކި ވާހަކައިގައި ތިބެ ކައި ނިމިގެން އަދީމްއާ ނޫރާއާ ނާޔާއަށް މައްޗަށް ދެވުނީ ބައިގަޑިއެއް ހާ އިރު ފަހުންނެވެ. މައްޗަށް އެރި ގޮތަށް ނޫރާއާ އަދީމްއަށް ފުރުސަތު ދީފައި ނާޔާ ވަނީ ކޮޓަރިއަށެވެ.

“ބައްޕަގެ ހާލު ރަނގަޅުތަ މިހާރު؟” ނޫރާ އަހާލިއެވެ.

“މިހާރު ރަނގަޅު، އެކަމަކު މަންމަ ހުންނަނީ ވަރަށް ބިރުން” އަދީމް ބުންޏެވެ.

“ބިރުވެސް ގަންނާނެ ދޯ؟ އެކަމަކު މަންމަ ކައިރީ ބުނޭ ބިރު ނުގަންނާށޭ، އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެޔޭ” އަދީމްގެ އަތުގައި ހިފާލަމުން ނޫރާ ބުންނެވެ.

“އައި މިސްޑް ޔޫ…” އަދީމް ދެ އަތުން ނޫރާގެ މޫނުގައި ހިފާލިއެވެ.

“އަހަރެންވެސް…” އަދީމްގެ އަތްމަތީ އަތްތިލަ ބާއްވާލަމުން ނޫރާ އަދީމްގެ މޫނަށް ބަލާލާފައި ހިނިތުންވެލިއެވެ.

“މަންމަ ބުނީ މަންމައަށް ދައްކާލަން ނޫރާ ގެނެސްބަލާށޯ. ބައްޕަވެސް މިއަދު ބުނެފި ދެން ލަސް ނުކޮށް ނޫރާއާ ބައްދަލު ކޮށްދޭށޭ” އަދީމް ބުންނެވެ.

“ކޮން އިރަކުން؟” އަބަދުވެސް އަދީމްގެ މަންމަމެންނާ ބައްދަލު ކުރަން ފަސް ޖެހެމުން އައި ނޫރާ އެރޭ ވަގުތުން އެއްބަސް ވިއެވެ.

“ނޫ ބޭނުމިއްޔާ މަންމަ ކައިރީ ބުނެލާފަ ނޫ ގެންދަން ބުނަންތަ؟” އަދީމް އަހާލިއެވެ.

ނޫރާ ބޯ ޖަހާލާފައި އަދީމްގެ އަތުގައި ހިފައިގެން ބެލްކަންޏަށް ނިކުތެވެ. ދެކޮޅަށް ބަލާލާފައި އަދީމް ނޫރާގެ އަތުގައި ހިފާ ކައިރި ކޮށްލަމުން ނޫރާ ގައިގައި ބައްދާލިއެވެ.

“އައި ލަވް ޔޫ… މިހާރު ބޭނުމީ މެރީ ކުރަން. ކިހާ ދުވަހެއް ވެއްޖެ މިހާރު؟ ތިން އަހަރު ވަނީ” ދެ އަތުން ނޫރާގެ މޫނުގެ ދެ ފަރާތުން ހިފަހައްޓާލަމުން އަދީމް ބުންޏެވެ.

“އެނގެޔޭ… އެކަމަކު އަދި މަޑުކޮށްލާ ޕްލީޒް… އަހަރެން ކޯސް ނިމުނީމަ މެރީ ކުރާނީ، އަދީމް ބުނީމެއްނު މަޑު ކުރާނަމޭ؟” ނޫރާ ހަނދާން ކޮށްދިނެވެ.

“މިހާރުވެސް މަޑު ނުކުރާނަމެކޭ ނުބުނަމެއްނު؟ އެކަމަކު ހިތަށް އަރަނީ އަހަރެން ބޭނުން ގޮތެއް ހަދަން އަހަންނަށް ނޫ ލިބޭނީ މެރީ ކުރެވުނީމައޭ. އެހެންވެ އެހެން ބުނީ” ހިނި އައިސްފައި އެހެން ބުނެފައި އަދީމް ދެ ކޮޅު ބަލާލާފައި ނޫރާގެ ތުންފަތުގައި ބޮސްދިނެވެ.

“އަހަރުން ގެޔަށް ނޫ ދާ ނަމަ ތަންކޮޅެއް ޕްރައިވެޓްކޮށް މީޓްވެސް ކޮށްލެވޭނެއެއްނު؟” ނޫރާއާ ދުރަށް ޖެހިލަމުން އަދީމް ބުންޏެވެ.

“ކޮން ކަމެއް ތިހާ ޕްރައިވެޓްކޮށް ކުރަން ތި އުޅެނީ؟ އަހަރުން މިތާ ތިބިއްޔާ އެކަކުވެސް ނާދެއެއްނު އުނދަގޫ ކުރާކަށް؟” ހެމުން ނޫރާ ބުންޏެވެ.

“މިތާ ތިބިއްޔާ އަހަރެން ބޭނުން ވާ ވަރަށް ނޫއާ ދިމާއަށް ބަލާވެސް ނުލެވޭ، ނޫގެ ތުއްތުބޭ އައިސްދާނެތީ ބިރުން ހުންނަން ޖެހެނީ” ނޫރާގެ އަތުގައި ހިފައިގެން އެތެރެއަށް ވަދެ ސޯފާގައި އަދީމް އިށީނެވެ.

“ސާބަސް!” ހީ ގަނެފައި ނޫރާ ބުންޏެވެ.

 

ޖެހިގެން އައި ބުރާސްފަތި ދުވަހުގެ ރޭ ހަތަރު އަންހެން ކުދިންނާ، ޔަޒާންއާ، ޝާދުއާ، އަދީމްގެ އިތުރުން ޔާނިއުވެސް ދިޔައީ ޝާދު ދޭ ކެއުމުގައި ބައިވެރި ވާށެވެ.

“ނާއިލްމެން ކައިރީ ނުބުނަންތަ؟” އެންމެން ހަމަވުމުން ޝާދު ނަޒްހާ ކައިރީ އަހާލިއެވެ.

“ބުނިން، ދޮންބެވެސް ތުއްތުބޭވެސް ބުނީ މިރޭ އަހަރުމެން ގޮސްލާށޭ، މަންމަމެންވެސް އަންނަ ހިޔާލެއް ނުކުރި” ނަޒްހާ އިށީނދެ ހަމަ ޖެހިލާފައި ބުންޏެވެ.

ކާ އެއްޗެއްސަށް އޯޑަރ ކޮށްފައި އެންމެން އެކި ވާހަކަ ދައްކަން ފެށިއެވެ. ތިން މޭޒު ޖައްސައިގެން ތިބި އިރު ނަޒްހާއާ ޝާދު ތިބީ ޖެހިޖެހިގެންނެވެ. ނަޒްހާއާ ޖެހިގެން ނައިހާއާ ޔަޒާންއެވެ. ޔަޒާން ގެ ކުރިމަތީގައި ނޫރާއެވެ. ނޫރާއާ ޖެހިގެން އަދީމްއާ ނާޔާއާ ޔާނިއުއެވެ.

އެންމެން ވާހަކައިގައި ތިބި އިރު ޔަޒާން އިރުއިރުކޮޅާ ނޫރާއަށް ބަލާލައެވެ. ނޫރާ ބަލާލާ ކޮންމެ ފަހަރަކު ޔަޒާން ހީލާ ގޮތުން ނޫރާ ކައިރިއަށް ރުޅި އަންނަމުން ދިޔައެވެ. ކޮންމެވެސް އެއްޗެއް ބުނެފައި ނޫރާއާ ދިމާއަށް އަދީމް ބަލާލީ ނޫރާ ޖަވާބެއް ނުދިނުމުންނެވެ. އިސް ޖަހައިގެން މޭޒުމަތީ އޮތް އުލާ ސަމްސަލާ ކުޅެން އިން ނޫރާ އިން ގޮތުން އަދީމް ނޫރާގެ އަތުގައި ކޮއްޓާލިއެވެ.

“ކިހިނެއް ވެފަ ތީނީ؟ ކޮން ކަމަކާ ތި ވިސްނަނީ؟” އަދީމް އަހާލިއެވެ.

“ނުވިސްނަން” ރުންކުރު ރާގަކަށް ނޫރާ ބުނެލިއެވެ.

“ކީއްވެ ތިހާ ރުޅި އައިއްސަ ތީނީ؟ ކަމެއް ވީތަ؟” ނޫރާއަށް ކަމެއް ވެފައި އިން ހެން އަދީމްއަށް ހީވިއެވެ.

“ގެޔަށް ދާން ބޭނުމީ” އިސް ޖަހައިގެން އިން ގޮތަށް ނޫރާ ބުންޏެވެ.

“ދެންމެއެއްނު މި އައީ؟ ބަލީތަ؟” އަދީމްގެ އަޑުގައި ކަންބޮޑުވުން އެކުލެވިގެން ދިޔައެވެ.

އެ ވަގުތު، ހުރިހާ އެއްޗެއް އަދީމްއަށް ކިޔާދޭން ނޫރާ ހިތަށް އެރިއެވެ. ނަމަވެސް އިސްއުފުލާ ނައިހާއަށް ބަލާލުމާއެކު އެ ޚިޔާލު ދޫކޮށްލިއެވެ.

“ނޫ… ބަލީތަ؟” އަދީމް ސުވާލު ތަކުރާރު ކޮށްލިއެވެ.

ނޫރާ ކުރިމައްޗަށް ބަލާލިއެވެ. އޭރުވެސް ޔަޒާން އިނީ ނޫރާއަށް ބަލަހައްޓައިގެންނެވެ. ނޫރާއަށް ލޯ އަޅާލެވުނެވެ.

“ކުޑަކޮށް ބޮލުގަ ރިއްސަނީ” ނޫރާ ބުނެލިއެވެ. ޔަޒާން ދެކެ އިތުރަށް ރުޅި އާދެވުނީ ޔަޒާންގެ ސަބަބުން އަދީމްއަށް ދޮގެއް ހަދަން ޖެހުނީތީއެވެ.

“މާ ބޮޑަށް ރިއްސަންޏާ ދާން ވީނު؟” އަދީމް ބުންޏެވެ.

“ނޫން، އޯކޭ ވާނެ” ނޫރާގެ ސަބަބުން އެހެން މީހަކު ކަންބޮޑު ވާކަށް ނޫރާ ނޭދެއެވެ.

އެ ވަގުތު ނާޔާ ކޮންމެވެސް އެއްޗެއް ބުނުމުން އަދީމް ނާޔާއާ ދިމާއަށް އެނބުރުނެވެ.

ނޫރާ އިސް އުފުލާލި އިރު ޔަޒާން ހިނި އައިސްފައި ބަލަން އިނެވެ. ހިތާ ހިތުން ޔަޒާންއާ ދިމާއަށް އެއްޗެހި ކިޔަމުން ނޫރާ އަދީމްއާ ދިމާއަށް އެނބުރުނެވެ.

ނައިހާ ބުނި އެއްޗަކަށް ޔަޒާން ޖަވާބެއް ނުދިނުމުން ނައިހާ ޔަޒާންގެ މޫނަށް ބަލާލިއެވެ. ނޫރާއާ ދިމާއަށް ޔަޒާން ބަލަން އިން ގޮތުން ނައިހާގެ ހިތަށް އުނދަގޫ ވެލިއެވެ. ހިތުގައި އެކިއެކި ސުވާލުތައް އެނބުރިގަތީ އެ ވަގުތު ހިތަށް ވެރިވި ޚިޔާލަކުންނެވެ. އެއާއެކު ނައިހާއަށް އެތާ އިންނަން އުނދަގޫ ވިއެވެ. ނަމަވެސް އެއްޗެއް ނުބުނެ ޔަޒާންއަށް ފާހަގަ ނުވާނެ ހެން ޔަޒާންގެ ކޮންމެ ހަރަކާތަކަށް ބަލަން އިނދެވުނީ ހިތުގައި އުފެދުނު ޝައްކެއްގެ ސަބަބުންނެވެ.

ކުއްލިއަކަށް ނައިހާގެ ބޮލުގައި ރިއްސަން ފެށިއެވެ.

ޔަޒާން އިރުއިރުކޮޅާ ނޫރާއާ ދިމާއަށް ބަލާލައެވެ. އެ ފަދަ ވަގުތެއްގައި ނޫރާ ބަލާލައިފި ނަމަ ޔަޒާންގެ ތުންފަތަށް ވެރިވާ ހިނިތުންވުން ފެނި، އޭގެ މާނަ ވިސްނައިގަންނާކަށް ނައިހާއަށް އުނދަގުލެއް ނުވިއެވެ. ހަމަ އެހެން ޔަޒާންގެ އެ ބެލުން ނޫރާއަށްވެސް ފާހަގަ ކުރެވިފައިވާ ކަމާ، އެ ކަމުން ނޫރާއަށް އުނދަގޫވާ ކަންވެސް ނައިހާއަށް އެނގުނެވެ.

ބޮލުގައި ހުރި ރިހުން ގަދަވެގެން ދިޔުމާ އެކު ނައިހާގެ މޭ ނުބައި ކޮށްލިއެވެ. އޯކަށް ދެމުނު ނައިހާ އަނގަމަތީ އަތް އަޅައިގެން ތެދުވިއެވެ.

“ނައި…” ނައިހާ ދުވެފައި ކަހަލަ ގޮތަކަށް ދާން ފެށުމުން ނަޒްހާ ތެދުވެ ނައިހާގެ ފަހަތުން ދިޔައެވެ. ނައިހާ ވޮޝްރޫމްއަށް ވަން އިރަށް ނަޒްހާވެސް ފަހަތުން ވަނެވެ. ނައިހާ ހޮޑުލާން ފެށުމުން ނަޒްހާ ޓިޝޫތަކެއް ހިފައިގެން ގޮސް ނައިހާ އަތަށް ދީފައި ނައިހާގެ ބުރަކަށިގައި ފިރުމަން ފެށިއެވެ.

“ކުއްލިއަކަށް ކިހިނެއް ވީ؟” ނައިހާ ކޯ ދޮވެލައިގެން ނިކުތުމުން ނަޒްހާ އަހާލިއެވެ.

ނައިހާ ޖަވާބެއް ނުދީ މޫނު ދޮވެލިއެވެ. އިރުކޮޅަކު ސިންކުގައި ދެ އަތުން ހިފަހައްޓައިގެން ހުރެފައި ނައިހާ އަނެއްކާވެސް މޫނުގައި ދެ ފަހަރަކު ފެން ހާކާލިއެވެ. ާ އަތަށ ްދިނެވެ. ނަޒްހާ ތެދުވެ ނައިހާގެ ފަހަތުން ދިޔައެވެ. ވެސް ނައިހާއަށް އެނގުނެވެ. ބުނ

ނަޒްހާ ދެވަނަ ފަހަރަށް ސުވާލު ކުރުމުންވެސް ނައިހާ ޖަވާބެއް ނުދިނެވެ. ދެ މީހުން އެކުގައި ނިކުމެގެން ގޮސް އެހެން މީހުން ކައިރީ އިށީނުމުން ނޫރާއާ ނާޔާވެސް ސުވާލު ކުރިއެވެ. ނަމަވެސް ނައިހާ އެކަކަށްވެސް ޖަވާބެއް ނުދިނެވެ.

“ތުއްތަ ބުނެބަލަ، ކިހިނެއް ވީ؟” ހުދުވެފައި ހުރި ނައިހާގެ މޫނު ފެނުމުން ނޫރާ ގޮވާލިއެވެ. އެންމެންވެސް ތިބީ ނައިހާއާ މެދު ކަންބޮޑު ވެފައެވެ.

“ނައިއަށް ހޮޑު ލެވުނީ” ނަޒްހާ ބުންޏެވެ.

“ތެދެއް؟” ނޫރާ އަހާލިއެވެ.

“ބޮލުގަ ރިއްސަނީ…” ނިތްކުރީގައި ފިރުމާލަމުން ނައިހާ ބުންޏެވެ.

“ޔަޒާން، ނައި ގޮވައިގެން ގެޔަށް ދާން ވީނު؟” ނައިހާއާ މެދު ނަޒްހާ ކަންބޮޑުވިއެވެ.

“ނައިއަށް މަޑުކޮށް ނުލެވޭނެތަ؟” ޔަޒާން އަހާލިއެވެ.

“ދޮންތަ އެ ވަރަށް ބޮލުގަ ރިއްސާ އިރު މަޑު ކުރެވޭތަ؟” ހިތްހަމަ ނުޖެހިފައި އިން ނޫރާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

“ނޫރާ!” ނަޒްހާ ވަށައިގެން ބަލަލަމުން ނޫރާގެ ނަމުން ގޮވާލިއެވެ.

“ޔަޒާން، ހިނގާ ޕްލީޒް…” ނައިހާ ޔަޒާންއާ ދިމާއަށް ނުބަލާ އިނދެ ބުންޏެވެ.

“ހިނގާ ދޯ މިރޭ ކާ އެއްޗެހި ޕެކް ކޮށްގެން ގެޔަށް ދާން؟ އެހެން ރެއަކުން އަނެއްކާވެސް އަންނާނީ” ޝާދު ބުންޏެވެ.

އެންމެން އެއްބަސް ވުމުން އެންމެ ކުރިން ނިކުތީ ނައިހާއާ ޔަޒާންއެވެ. އެހެން މީހުން މަޑު ކުރީ އެއްޗެހި ޕެކް ކޮށްގެން ގެންނަން ދެނެވެ.

“ނައިއަށް މިރޭ ކިހިނެއްތަ ވީ؟ އެންމެން އެކީގަ ގޮސް ތިއްބާ ތިހެން ހެދީމަ ޝާދުމެން ހީކުރާނީ ކީކޭ؟” ގެޔަށް ގޮސް ކޮޓަރިއަށް ވަން ގޮތަށް ޔަޒާން ބުންޏެވެ.

ނައިހާ ޖަވާބެއް ނުދީ ތުވާލި ހިފައިގެން ވަނީ ފާހާނާއަށެވެ. ނައިހާ ފެން ވަރައިގެން ނިކުތް އިރުވެސް ޔަޒާން އިނީ ހިތްހަމަ ނުޖެހިފައެވެ.

“މިއޮއް ހުރިހާ ދުވަހު ރަނގަޅަށް ހުރެފަ ހަމަ މިރޭ ކީއްވެތަ ނައި ހޮޑު ލަވަންވީ؟” ޔަޒާން ހީވަނީ ޒުވާބެއް ފަށަން ބޭނުން ވެގެން އުޅުނު ހެންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ރާސްތާ 2 ފުރަތަމަ ބައި

Next

އައިނާ 9 (ނުވަވަނަބައި)

Next
October 1, 2019

އައިނާ 9 (ނުވަވަނަބައި)

Previews
September 29, 2019

ރާސްތާ 2 ފުރަތަމަ ބައި

21 Comments!

  1. Mar Sha Marsha says:
    September 30, 2019 at 7:26 pm

    Sorry for being late, iyye Internet nulibigen upload nukurevuny. So mirey miothy part 6 upload kollaafa, hy kuran kamudhaane kamah. Kiyaalaafa comment kollahchey. ??

  2. Aish says:
    September 30, 2019 at 7:38 pm

    viyas ga genesdhey story keehvetha eha lasvani

    1. yaal says:
      September 30, 2019 at 11:06 pm

      evaahaka innaane mi sitega marsha thankolheh kurin genesdheefa

    2. Mar Sha Marsha says:
      October 2, 2019 at 10:42 am

      Viyas ga genes dhey story las vany e site ah konmes problem eh dhimaa vegen ulheythy, rangalhu vi haa avahakah genesdheyn fashaane. Yaal thi buny “hyvey hiy bunaa hen” ge vaahaka eh noon, eii ‘nimidhaane jaanaa hithaa”

  3. Meekkomee says:
    September 30, 2019 at 8:08 pm

    Woww???mi part ves Varah varah reethi???????❤️❤️❤️❤️ waiting for next part??????LYSM❤️❤️❤️❤️❤️❤️??????

    1. Mar Sha Marsha says:
      October 2, 2019 at 10:43 am

      Thank u meekko ?❤️

  4. A aaR says:
    September 30, 2019 at 9:52 pm

    Maashaa Allah vvv reeethi

    1. Mar Sha Marsha says:
      October 2, 2019 at 10:43 am

      Thank u A aaR

  5. yaal says:
    September 30, 2019 at 11:08 pm

    varah reethi

    1. Mar Sha Marsha says:
      October 2, 2019 at 10:44 am

      Thank u Yaal

  6. NauSh says:
    October 1, 2019 at 5:57 am

    knirakun next part. part thah dhigu kohlaba adhi vx

    1. Mar Sha Marsha says:
      October 2, 2019 at 10:45 am

      Thank u NauSh

  7. Kylie says:
    October 1, 2019 at 9:00 am

    Wowwwwwwww…. V salhi Mi part vs…. Can’t wait for nxt part… Luv u dear… ❤️❤️❤️

    1. Mar Sha Marsha says:
      October 2, 2019 at 10:46 am

      Thank u Kylie

  8. Kairaa says:
    October 1, 2019 at 2:50 pm

    Wowwwwwww…..varah reethi mi part vx…….can’t wait for next part….?????luv u dear

    1. Mar Sha Marsha says:
      October 2, 2019 at 10:46 am

      Thank u Kairaa

  9. Aisha says:
    October 3, 2019 at 11:07 pm

    Mi story vvvvv reethi.viyas ge heevey hiy bunaahen gennany kon irakun

  10. NSHY says:
    October 9, 2019 at 7:14 pm

    Marsha.. when next part?? Mi story ge new episode akah varah inthixaaru kurevey eba…

  11. ރިފާ says:
    October 18, 2019 at 4:22 pm

    konirakun aney part genas dhenee???mihaaru 18 days vejje…

  12. ..h says:
    October 20, 2019 at 12:08 am

    When next part ?????

  13. Isham says:
    October 22, 2019 at 8:21 pm

    The story is really exciting and a true page turner. I hope Isham ends up with Naihaa in the end. Cant wait for the next part.

Comments are closed.

Next Episodeއެދިގެން ތި ލޯތްބަށް 7←


All Right Reserved!