ތިޔަ ނަން މި ހިތުގާ 22
“ވަރަށް އުފާވެއްޖެ ބައްޕައާ އަޒްޔަންއާ އޯކޭ ވީމަ. އެންމެންނަށް ވުރެވެސް ޒާއިން އުފާވި ހެން ހީވަނީ” އިރުކޮޅެއްގެ ހިމޭންކަމަށް ފަހު ނޫރީން ވާހަކަ ދެއްކިއެވެ.
ނޫރީން ބުނި އެއްޗަކަށް ޖަވާބެއް ދިނުމުގެ ބަދަލުގައި އަޒްޔަން ހަމައެކަނި ހީލީއެވެ.
“އަޒްޔަން.. ބޭބީ.. ބޭބީގެ ވާހަކަ އަޑު އިވުނީމަ.. އޭރު ގުޅާލަން ބޭނުންވި، އެކަމަކު ނުކެރުނީ.. އައިމް ސޯ ސޮރީ..” ނޫރީން ލަސްލަހުން ބުންޏެވެ.
“އިޓްސް އޯކޭ.. ނޫރީން ބޭޑް ފީލް ވާކަށް ނުޖެހޭ.. އެ މީހަކު ހެދި މިސްޓޭކްއަށް ކޮންމެވެސް ގޮތަކަށް ޕޭ ކުރަން ޖެހޭނެ. އައި މޭޑް މިސްޓޭކްސް، އެންޑް އައި ޕެއިޑް ފޯރ ދެމް..” އަޒްޔަން އިސްޖަހާލަމުން ބުންޏެވެ.
“ކިއާރާ.. އޭނަ އޯކޭތަ؟” ނޫރީން އަހާލީ ހަގީގަތުގައިވެސް ކިއާރާއާ މެދު ހިތުގައި ކަންބޮޑުވުން ވީތީއެވެ.
“އޭރު އޯކޭއެއް ނޫން.. އެކަމަކު ފަހުން ރަނގަޅު.. ވަގުތާ އެކީ ކޮންމެ ކަމެއްވެސް ރަނގަޅުވެއޭ ބުނެއެއްނު؟” ނޫރީންގެ ކޮންމެ ސުވާލަކަށް އަޒްޔަން ޖަވާބު ދިނެވެ. އެއަށް ފަހު އެ ދެމެދުގައި ހިމޭން ވަގުތުކޮޅެއް ދިޔައެވެ.
“އަޒްޔަން ކޮން ވާހަކައެއް ދައްކަން އުޅުނީ؟” އަޒްޔަން އެއްޗެއް ނުބުނެ ގިނަ އިރު ވާން ފެށުމުން ނޫރީން އެހިއެވެ.
“ނޫރީން އޯކޭތަ؟” އަޒްޔަން އަހާލިއެވެ.
“ހްމްމް.. އަހަރެން އޯކޭ ނުވާންވީ ކީއްވެ؟” ބޯ ޖަހާލަމުން ނޫރީން އަޒްޔަންއަށް ބަލާލިއެވެ.
“ނޯ ރީޒަން.. އެކަނި މިހާ ދުވަހު މިތާ އުޅޭތީ އަހާލީ. އޯކޭ ވިއްޔާ ކީއްވެ މާލެއަށް ނުދަނީ؟” އަޒްޔަން އެހިއެވެ.
“މާލޭގަވެސް ހަމަ އެކަންޏެއްނު އުޅޭނީ؟ އެކަމަކުވެސް އަދި ދާނަން” ނޫރީން ބުންޏެވެ.
“މަންމަ އަދިވެސް ގިލްޓީވޭ އަހަންނާ ހެދި ނޫރީންއަށް ވީ ގޮތުން.. ނޫރީން އަލުން ރަނގަޅު ދިރިއުޅުމެއް އުޅެން ފެށީމަ ނޫނީ މަންމަގެ އެ ގިލްޓްއެއް ނުފިލާނެ ކަންނޭނގެ” ޝަފަގު ނޫރީން ދެކެ ލޯބިވާ ވަރު އަޒްޔަންއަށް އެނގެއެވެ. އަދި އަޒްޔަންގެ ސަބަބުން ނޫރީންއަށް ދިމާވި ގޮތާމެދު ދެރަވާ ކަންވެސް އެނގެއެވެ.
“އަޒްޔަންގެ މަންމަ ދުވަހަކުވެސް އަހަންނާ މެދު ވިސްނުން ދޫކޮށެއް ނުލާނެ ކަންނޭނގެ.. އެކަމަކު އަޒްޔަން ކަންބޮޑު ނުވޭ. އަހަންނާ މެދު އެކަކުވެސް ކަންބޮޑުވާކަށް ނުޖެހޭނެ. ވީކަމެއް ވީ. މިހާރު އޭގެ ފަހުން ކޮން ދުވަހެއް؟ ދެން އަޒްޔަންވެސް އަލުން ލައިފްއާ މެދު ވިސްނާ، މަންމައާ ބައްޕަ އެދޭހެން މެރީ ކުރަން ވިސްނަންވީ. އޭރުން އެ މީހުން ހިތްހަމަޖެހޭނީ” ނޫރީން ހަމަޖެހޭ ގޮތް ދައްކަމުން ވާހަކަ ދެއްކިއެވެ.
“ނޫރީންވެސް މެރީ ކޮށްގެން ލައިފްއެއް ފަށަން ވިސްނިހެން..؟” އަޒްޔަން އަހާލިއެވެ.
އަޒްޔަންގެ ސުވާލުން ނޫރީން ސިހިފައި ބަލާލިއެވެ.
“އައި ނޯ އެބައުޓް ޔޫ އެންޑް.. ދާނިޝް. މިއަދު ޝަދާއާ ދިމާވި.. އެންޑް..” ރޭގައި ދާނިޝްއާ ނޫރީންގެ ވާހަކަ އަޑުއިވުނު ކަން ބުނަން އުޅެފައިވެސް އަޒްޔަން ހުއްޓާލިއެވެ.
އަޒްޔަން އެހެން ބުނުމުން ނޫރީން ހަގީގަތުގައިވެސް ސިހުނެވެ. ދާނިޝްއާ ނޫރީންގެ ގުޅުން އަޒްޔަންއަށް އެނގިފައި އޮވެދާނެ ކަމަކަށް ނޫރީން އެއްގޮތަކަށްވެސް ހިއެއް ނުކުރެއެވެ. ޝަދާއަކީ އަނގަގަދަ އަންހެން ކުއްޖެކެވެ. އަޒްޔަންއާ ދިމާވުމުން ނޫރީންއާ ދާނިޝްގެ ވާހަކަ އެ ބުނީ އަޒްޔަންއަކީ ކާކު ކަން ނޭނގި ކަން ނޫރީންއަށް ޔަގީންވެއެވެ.
ދާނިޝްއާ ނޫރީންގެ ވާހަކަ އަޒްޔަންއަށް އެނގުމުން ނޫރީންއަށް ކުށްވެރި އިހުސާސްއެއް ކުރެވުނީ ކީއްވެ ކަމެއް ނޭނގެއެވެ. ކޮންމެވެސް ދުވަހަކުން އަޒްޔަންއަށާ އަދި ޝަފަގުމެންނަށްވެސް ނޫރީންއާ ދާނިޝްގެ ވާހަކަ އެނގެން ނޫރީން ބޭނުމެވެ. ނަމަވެސް އެކަން އަޒްޔަންއަށް އެ އެނގުނީ ނޫރީން ބޭނުންވި ގޮތަކަށް ނޫނެވެ.
“އަހަރެން ދިރިއުޅުމެއް ފަށަން ބޭނުން.. ކައިވެނިކޮށް ދަރިއަކު ހޯދަން ބޭނުން.. ރަނގަޅު މީހަކާ ދިމާވީމަ ކުރިއަށް ނުދާންވީ ސަބަބެއް ނެތެއްނު؟” ނޫރީން ބުންޏެވެ.
“ޔެސް..! ނޫރީންގެ ލައިފް، ނޫރީން ބޭނުން ގޮތަކަށް ކަންތައް ކުރަންވީ. އެއީ ރަނގަޅު މީހެއް ހެން ހީވަންޏާ ކައިވެނިވެސް ކުރަންވީ” ނޫރީންގެ ވާހަކައާ އެއްބަސް ވަމުން އެހެން ބުނި ނަމަވެސް އަޒްޔަންގެ ހިތް ދިޔައީ އެ ބަސްތަކާ ދެކޮޅު ހަދަމުންނެވެ.
“އަޒްޔަންވެސް ދެން މޫވްއޯން ކުރޭ..” އިރުކޮޅެއްގެ ހިމޭން ކަމަށް ފަހު އެނބުރި އަޒްޔަންއާ ދިމާއަށް ބަލާލަމުން ނޫރީން ބުންޏެވެ.
ޖަވާބެއްގެ ބަދަލުގައި އަޒްޔަންގެ ފަރާތުން އިވުނީ ލުއި ހުނުމެއްގެ އަޑެވެ.
“ކިހިނެއްވީ؟” ނޫރީން އަހާލިއެވެ.
“މޫވްއޯން ކުރަން ތިހާ ފަސޭހަ ނަމަ.. އަހަންނަށް ގެއްލުނީ ކޯޗެއް ކަން ނޫރީންއަށްވެސް އެނގޭނެ.. އައި ލޮސްޓް އެވްރީތިންގް.. މައި ވައިފް، މައި ލަވް، މައި ޗައިލްޑް، މައި ފެމިލީ، މައި ހޯލް ލައިފް! ދެން އެހާ ފަސޭހައިން މޫވްއޯން ކުރެވޭތަ؟ މަންމައާ ބައްޕަ އަލުން ލިބުނަސް އެހެން އެއްވެސް އެއްޗެއް ދެން ނުލިބޭނެ. އޭރުގެ ނިންމުންތައް ރިގްރެޓް ކުރެވޭ އަދިވެސް.. ކިއާރާއާ ދިމާ ނުވިނަމަ އެއްވެސް ކަމެއް ގޯހެއް ނުވީސް. އެނގޭ މީ ނޫރީން އަޑުއަހަން ބޭނުން ވާނެ އެއްޗެއް ނޫންކަން. އެކަމަކުވެސް.. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އެއީ އަހަރެންގެ ފުރަތަމަ ދަރިފުޅު.. އައި ލަވްޑް ހިމް ސޯ މަޗް..! ހިތަށް އަރާ ދާނިޔާލް ދުނިޔެއަށް އަންނަން އެހެން ގޮތެއް މެދުވެރިވި ނަމައޭ.. މިހާރު ހިތަށް އަރާ އޭރު އަހަރެން ހުރީ މޮޔަވެފަ ހެއްޔޭ؟ ލޯބި.. އެއީ ލޯބި ނޫން ކަން ވިސްނުނީ ހަގީގީ ލޯތްބަކީ ކޮބާކަން އިހުސާސް ކުރެވުނީމަ.. އެކަމަކު ޕާސްޓް މިސްޓޭކްސް އެހާ ފަސޭހައިން ހަނދާން ނައްތައެއް ނުލެވޭނެއެއްނު؟
އެރޭ އަހަރެން ބުނީ ދޮގެއް ނޫން.. ލަހުން ވިޔަސް އަހަންނަށް ވެވުނު ލޯބި އަދިވެސް ހަނދާނެއް ނުނެތޭ.. ސޯ މޫވިންގއޯން އިޒް ނޮޓް ދެޓް އީޒީ! އެހެން ވިޔަސް.. ނޫރީން އެދޭ ކޮންމެ އުފަލެއް ނޫރީންއަށް ލިބުމަށް އަހަރެން ދުޢާ ކުރާނަން. އެއީ ނޫރީން އެހެން މީހެއްގެ އަނތްބަކަށް ވުން ވިޔަސް، އެހެން މީހެއްގެ ދަރިއެއްގެ މަންމައަކަށް ވުން ވިޔަސް.. ޔޫ ޑިޒަރވް އިޓް!”
އަޒްޔަންގެ ވާހަކައަށް ފަހު ނޫރީންއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ވަރީގެ ކަންތައް ނިމުނު ދުވަހު އަޒްޔަން އައިސް ދެއްކި ވާހަކަ ނޫރީން ހަނދާނެއް ނުނެތެއެވެ. އެހެން ވިޔަސް އޭރު ވީ އެއްވެސް ކަމެއް އެ ބަސްތަކަކުން ބަދަލެއް ނުވާނެއެވެ.
“ޔޫ ޑިޒަރވް އިޓް ޓޫ އަޒްޔަން! މަސައްކަތް ނުކުރަންޏާ އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެ. މަންމައާ ބައްޕަވެސް ބޭނުންވާނެ އަޒްޔަން އަލުން ލައިފްއެއް ފަށާ ދިރުއުޅުމާއިގެން ކުރިއަށް ދާތަން ދެކެން. ސޯ އަޒްޔަންވެސް ޕާސްޓް މަތިން ހަނދާން ނައްތާލާފަ ފިއުޗަރއާ މެދު ވިސްނަންވީ ދެން” ނޫރީން ބުންޏެވެ. އެހެން ނަމަވެސް އަޒްޔަން ފަދައިން ނޫރީންގެ ހިތްވެސް ދުލުން ބުނަމުން ދިޔަ ބަސްތަކާ އެއްބަހެއް ނުވިއެވެ.
ނޫރީންގެ ވާހަކައާ ވިއްދާ އަޒްޔަން އެއްޗެއް ނުބުންޏެވެ. އެ ދެމެދަށް ވެރިވި ހިމޭންކަން ދެ ހިތަށްވެސް އުނދަގޫ ކުރަން ފެށިއެވެ. ދެ މީހުންވެސް ދުލުން ބުނީ ހިތުގައި ހުރި ވާހަކަތަކެއް ނޫނެވެ. އެހެން ކަމުން އެ ހިމޭންކަމުގައި ދެ މީހުންވެސް ދިޔައީ އަމިއްލަ ހިތާ ހަނގުރާމަ ކުރަމުންނެވެ.
“ނޫރީން.. އަހަރެން.. އޭރު—” ހިތުގެ އެދުމަށް ދެކޮޅު ހަދަން އުނދަގޫވެ އެންމެ ފަހުން އަޒްޔަން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ޖެހިލުންވެ ހުރެ ނަމަވެސް ހިތްވަރު ކުރަމުން ފެށި ނަމަވެސް އަޒްޔަންއަށް ފުރިހަމައެއް ނުކުރެވުނެވެ.
“ވަރަށް ލަސްވެއްޖެ.. ދަނީ ދެން” އަޒްޔަން ވާހަކަ ދައްކަން ފެށުމާއެކު ނޫރީންގެ ހިތް އަވަސްވެގެން ދިޔައެވެ. ހީވީ އަޒްޔަން ބުނަން އުޅެނީ ކީކޭކަން ނޫރީންއަށް އެނގުނީ ހެންނެވެ. އެ ވާހަކަ ދައްކަން ބޭނުން ނުވެ ނޫރީން އަވަސްއަވަހަށް އެހެން ބުނުމާއެކު އެތެރެއަށް ވަނުމަށް ފިޔަވަޅެއް އަޅާލިއެވެ.
ނަމަވެސް އަޒްޔަން ހުރީ އެހާ ދުވަސް ފަހުން ހިތްވަރު ކުރެވުނީތީ ފަސޭހައިން އެ ފުރުސަތު ދޫކޮށްލާ ގޮތަކަށް ނޫނެވެ. ނޫރީންގެ ނަމުން ގޮވާލަމުން އަޒްޔަންވެސް ކުރިއަށް އެޅި ފިޔަވަޅާއެކު ނޫރީންގެ އަތުގައި ހިފެހެއްޓިއެވެ.
“އަޒްޔަން، ޕްލީޒް..” ނޫރީންއަށް މަޑުމަޑުން ބުނެވުނެވެ.
އަޒްޔަން ނޫރީންގެ އަތުގައި ހިފާ ދަމާލަމުން ކައިރިއަށް ގެނެސް ނޫރީންގެ ކުރިމަތީގައި ހުއްޓުނެވެ.
“ދުވަހަކުވެސް ނޫރީންގެ މާފު ނުލިބޭނެ ވަރުގެ ކުށެއްތަ އަހަންނަށް ކުރެވުނީ؟” އަޒްޔަން އަހާލިއެވެ.
“ތި ވާހަކަތައް ދައްކަން މާ ލަސްވެއްޖެ މިހާރު އަޒްޔަން..” އަޒްޔަންއާ ދުރަށް ޖެހިލަމުން ނޫރީން ބުންޏެވެ.
ނަމަވެސް އަޒްޔަންގެ ހިތް އެކަން ގަބޫލު ކުރާކަށް ތައްޔާރެއް ނޫނެވެ. ކުރިއަށް ވުރެ ބޮޑަށް ނޫރީންއާ ކައިރިވެލަމުން އަޒްޔަން ނޫރީންގެ ދެއަތްތިލައިގައި ހިފާލިއެވެ.
“އަދި ނޫރީން އެހެން މީހެއްގެ ހައްގަކަށް ނުވޭ، އެހެން ވީމަ އަދި ލަހެއް ނުވޭ..” އަޒްޔަން ބުންޏެވެ.
“އަޒްޔަން..” އެތައް ދުވަހެއް ފަހުން އަޒްޔަންއާ އެހާ ކައިރީގައި ހުރެވުމުން ނޫރީންއަށް އަމިއްލަ ހިތުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. ދުރަށް ޖެހިލުމަށް ސިކުނޑިން ދިން އިންޒާރާ ދެކޮޅަށް ހިތް އެދުމުން ނޫރީންއަށް އިސްކަން ދެވުނީ ހިތުގެ އަޑަށެވެ.
“ޕްލީޒް.. ޖަސްޓް ލިސްން ޓު މީ.. ނޫރީންގެ މީހަކަށް ވީ ފަހުން އަހަރެން އެހެން އަންހެނަކާ މެދު ނުވިސްނަން.. ނޫރީންއަށް ފަހު އެހެން މީހަކާ އެކީ އުޅޭނެ ގޮތެއް ހިތަށްވެސް ނުގެނެވޭ.. މިހާ ދުވަސް ދުރުގަ ހޭދަވީ އިރުވެސް އެއްވެސް ކަމެއް ހަނދާނެއް ނުނެތޭ.. އަހަރެން އަދިވެސް ނޫރީން ދެކެ ލޯބިވޭ.. އޭރު ނުވިސްނާ ކަންތައް ކުރެވުނު ގޮތުން ނޫރީންއަށް ވަރަށް ހަރޓް ކުރެވުނު ކަން އަހަންނަށް އެނގޭ.. ހަނދާން ނައްތާލަން ފަސޭހައެއް ނުވާނެ ކަންވެސް ގަބޫލު ކުރަން.. އަހަރުމެން އެކީގަ އުޅުނު މަދު ދުވަސްކޮޅުވެސް ހަނދާން ނައްތާލާކަށް އަހަންނަކަށްވެސް ފަސޭހައެއް ނޫން.. އޭރު ނުބުނެވުނަސް އަހަރެން ނޫރީން ދެކެ ލޯބިވޭ، އެ ލޯބި ހަނދާން ނައްތައެއް ނުލެވުނު.. ނޫރީންއާ އެކީ ހޭދަ ކުރެވުނު ކޮންމެ ދުވަހެއް، ކޮންމެ ވަގުތުކޮޅެއް އަހަންނަށް ވަރަށް ޚާއްސަ.. އައި ކާންޓް ފޮރގެޓް ދެޓް.. އައި ލަވް ޔޫ..” އެ ވަރަށް އަޒްޔަންއަށް ބުނެވުނު އިރަށް ނޫރީން ކުއްލިއަކަށް އަޒްޔަންގެ ދެއަތް ފޮޅުވާލަމުން ދުރަށް ޖެހިލިއެވެ.
“ތިހެން ހަމަ ބުނާ އިރަށް ބޭނުން ގޮތަކަށް ކަންތައްތައް ވޭތަ؟ އަޒްޔަންއަށް ތި ވާހަކަތައް ދައްކަން ކިތަންމެ ފަސޭހަޔަސް އަހަރެން.. އަހަރެން މިކޮޅަށް އައި ފަހުން އެއްފަހަރުވެސް އަހަރެން ކޮބާތޯ އަޒްޔަން ބަލާނުލާ، އެކަމަކު ތި ބުނަނީ ލޯބިވެޔޭ؟ އޭރުވެސް މިހާރުވެސް އަޒްޔަންއަކަށް ލޯބިވާކަށް ނޭނގޭ. ދުލުން އެކަނި ލޯބިވެޔޭ ބުނެލީމަ އެ ނިމުނީތަ؟ އަހަރެންނަށް އެ ހުރިހާ ކަމެއް މަތިން ހަނދާން ނައްތާލަން އެހީވި މީހަކީ ދާނިޝް. އަހަރެންގެ ކުރީގެ ދިރިއުޅުމާ ބެހޭ ގޮތުން ސުވާލު ކުރުމުގެ ބަދަލުގަ އެ ކަންތަކުން އަރައިގަންނަން އޭނަ އެހީވީ. އަހަރެންގެ ލައިފްއަށް އެހެން މީހަކު އައީމަތަ އަޒްޔަން އަނެއްކާ އަހަރެން މަތިން ހަނދާންވީ؟ އޭރު އެކަނިތަ އަޒްޔަންއަށް މިސްޓޭކްސް ހެދުނީ؟ މިހާރުވެސް ތި ހަދަނީ މިސްޓޭކްއެއް ނޫންތަ؟” ނޫރީން ވާހަކަ ދެއްކީ ރޮމުން، ދެ އަތުން މޫނު ފޮހެމުންނެވެ.
“އަހަރެން ނޫރީން ކައިރީ އާދޭސް ނުކުރަންތަ؟ އަހަންނަށް އަދި ޗާންސެއް ދޭން ނުބުނަންތަ؟ ކުރީގެ އެއްވެސް ކަމެއް އެނގޭކަށް ބޭނުމެއް ނޫނޭ ނުބުނަންތަ؟ އޭރު ހުރިހާ އެއްޗެއް ކިޔާދޭން އުޅުނީމަ ނޫރީން އަޑުއަހަން ބޭނުން ނުވީ ނޫންތަ؟ ނޫރީން އަޑު އަހަން ބޭނުން ނުވާ އިރު އެހެން އަންހެނަކާ އެކީ އެ ހުރިހާ ދުވަހު އަހަރެން އުޅުނު ގޮތް ކިޔާދޭން އަހަރެން ވަކި ބޭނުން ވާނެތަ؟ ކިއާރާ ޕްރެގްނަންޓް ވެދާނެއޭ ކުޑަކޮށްވެސް ހިތަށް އެރި ނަމަ އަހަރެން އޭރު ނުބުނެ ހުންނާނެތަ؟ ނޫރީންއާ އިން ފަހުން ކިއާރާއާ އެއްވެސް ގުޅުމެއް ނޯންނާނެޔޭ ކިހާ ވަރަކަށް އަހަރެން ބުނިން؟ މާ ކުރިން އަހަންނާ ކިއާރާގެ މެދުގަ ވީ ކަމަކުން އޭނެ ޕްރެގްނަންޓް ވީމަ ދެން އަހަންނަށް ކުރެވޭނެ ކަމެއް އޮންނާނެތަ؟ އަހަރެން އާދޭސް ކުރިން، އެކަމަކު އަހަރެން ބުނި އެއްވެސް އެއްޗެއް އަޑުއަހަން ބޭނުން ނުވެ ވަގުތުން ވަރިވާން ނޫރީން ބޭނުންވީ. ނޫރީންގެ ލައިފްއިން އަލުން އަހަންނަށް ކުޑަވެސް ޗާންސެއް އޮތް ހެން ހީވި ނަމަވެސް މި ހުރިހާ ދުވަހު އަހަރެން ދުރުގައެއް ނުހުންނާނަން.. އަހަރެން ހުރީ ނޫރީން ބޭނުންވި ގޮތަށް ދުރުގަ.. އެކަމަކު މި ތަނަށް އައިސް މިހާ ކައިރީގަ ހުރެފަ.. ޓްރައިވެސް ނުކޮށް އެހެން މީހަކަށް ނޫރީން ދޫކޮށްލަން.. އައި ކާންޓް!” ނޫރީން ރޯން ފެށުމުން ދެ އަތުގެ ތެރެއަށް ނޫރީން ގެންނަން ބޭނުންވި ނަމަވެސް އަޒްޔަން ދުރަށް ޖެހުނީ ނޫރީންގެ ނުރުހުމާ ކުރިމަތިލާނެ ހިތްވަރު ނެތުމުންނެވެ. އަޒްޔަން ވާހަކަ ދައްކަމުން ހިތުގައި ވި ޝަކުވާއިން ކުޑަ މިންވަރެއް ބޭރު ކުރަމުން ދިޔަ އިރު އެ ހުރިހާ ދުވަހުގެ ހިތާމައާ ރުޅި ފާޅު ކުރެވުނީ އަމިއްލަ އިޚްތިޔާރެއް ނެތިއެވެ.
ނުނިމޭ
13 Comments!
Comments are closed.








hello everyone, here’s part 22, next on Thursday. kiyaalaafa comment kollahchey.
MA vaahaka v reethi,axyan n noorin alun gulhuvahche,dhekudhhin maa gulhay
e 2 kudhin gulhuveytho balamey, ekamaku eyrun dhanish ah kihineh vaany??
Anyone knows the story “libeytho yaaru jannathun”…???
Dhen mv ga upload kuri story eh mee..story ge 33rd vana bai ge fahun ehves bayeh fennan netheema ehenve mi ahaalee
Sorry ingey Mar Sha…mithaanga comment kohlevuneema 😔
Anyways…Mar Sha ge stories ves varah varah varah reethi 🫶🫶…hama kiyaahithun kiyaalevenee
I m a big big fan of u 🤍
I vx varah varah hoadhin nuehfene.. ehnve neynge.. vrh reethi vaahaka eh eii
thank u, thi buna vaahaka marshaves kiya hiy vejje, huriha part eh huri thaneh engijeyya marsha ahves angaalahchey
Thi story enme fahun update vee 2023 hu ga novel by masa
Vrh reethi mi part ves MA!
thank u ❤️
MA vrh vrh reethi mi part vxx.. waiting for the next part… can you make the next part a bit longer if possible.. 😊
thank u, i always try to make in no shorter than 1200 words, but i will try to make next part longer
Masha Allah vrh reethi ♥️.. miyadhu ge bai vrh vrh reethi ♥️.. azyan ebunee thedheh nooreen eyna dhahkaa vaahaka ahan beynun nuvee dhn miyadhu vaki ehen vx nubune veyne i think dhemyhun vx dhedhimaalakah dhiyun rangalu vaane
Varhreethi