Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ނަން މި ހިތުގާ 15

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
May 18, 2026 6 Mins Read
7 Comments

“ނޫރީން، ދަރިފުޅު ބުނެބަލަ.. ކިހިނެއް ވީ؟ އަޒްޔަން އެއްޗެއް ބުނީތަ؟ ނޫނީ ނޫރީން ރުޅި އަންނަ ކަހަލަ ކަމެއް ކުރީތަ؟” ދެންވެސް އަޒްޔަން އެއްޗެއް ނުބުނުމުން ޝަފަގު އައިސް ނޫރީންގެ އަތުގައި ފިރުމާލަމުން އެހިއެވެ.

“މަންމާ.. އަހަރެން ބޭނުމެއް ނޫން އަޒްޔަންއާ އެކީ އުޅޭކަށް.. އަޒްޔަން ކައިރީ ބުނޭ އަހަރެން ވަރިކޮށްދޭށޭ” ލޮލުން ކަރުނަ އައި ނަމަވެސް ނުރޯން މަސައްކަތް ކުރަމުން ނޫރީން އިސްޖަހައިގެން ހުރެ މަޑުމަޑުން ބުންޏެވެ.

“ދަރިފުޅާ، ކަމެއް ވާ އިރަށް އެހާ އަވަހަށް ވަރިއާ ހަމައަށް ދާކަށް ނުވާނެ. ދެ ކުދިން ހަމަޖެހިލައިގެން ވާހަކަ ދައްކާލަނިކޮށް ތި ޖެހިގެން އުޅޭ މައްސަލަ ހައްލު ކުރެވިދާނެ” ޝަފަގު ބުންޏެވެ.

“ކިތަންމެ ވާހަކައެއް ދެއްކިޔަސް މިކަމެއް ހައްލެއް ނުކުރެވޭނެ މަންމާ.. އެހެން މީހަކު އަޒްޔަންގެ ދަ—”

“ނޫރީން، ޕްލީޒް..” އެ ވަރަށް ބުނެވުނު އިރަށް އަޒްޔަން ނޫރީންގެ ވާހަކަ މެދުކަނޑާލިއެވެ.

“ކިހާ ދުވަހަކު ނުބުނެ ހުންނާނީ؟ އަދިވެސް ސިއްރު ކުރެވޭނެ ހެން އަޒްޔަންއަށް ހީވަނީތަ؟” ނޫރީން އަހާލިއެވެ.

“ނޫރީން، ކީކޭ ތި ކިޔަނީ؟ އަޒްޔަން ކޮން ކަމެއް ސިއްރު ކުރަނީ؟” ޔާސިރު އެހިއެވެ.

“އަޒްޔަން ރައްޓެހިވެގެން އުޅުނު އަންހެން ކުއްޖާ.. މަންމާ، އެ އަންހެން ކުއްޖާ ބަނޑުބޮޑު!” އަޒްޔަން ޖަވާބު ދޭތޯ ނޫރީން ފުރަތަމަ މަޑުކޮށްގެން ހުރި ނަމަވެސް އަޒްޔަން އެއްޗެއް ނުބުނުމުން އެންމެ ފަހުން ނޫރީން ބުންޏެވެ.

ނޫރީން އެ ބުނީ ކީކޭ ކަން ވިސްނުނު ނަމަވެސް ގަބޫލު ކުރަން ދަތިވެފައި ހުރެ، އެ ސުވާލު ކުރަން ބޭނުން ވެގެން އަޒްޔަންއާ ދިމާއަށް ބަލަން ހުރެފައިވެސް އެ ބަސްތައް ދުލާ ހަމައަށް ގެންނަން ބޭނުން ނުވެ ޝަފަގު ބަލާލީ ޔާސިރުއަށެވެ. ނޫރީންއާ ކައިވެނި ހަމަޖެހިފައި އޮތް އިރު، އަޒްޔަންއާ އެހެން އަންހެން ކުއްޖަކާ ގުޅުމެއް އޮތް ކަންވެސް ޔާސިރުއާ ޝާފަގުއަކަށް ކުރިއަކުން ނޭނގެއެވެ. އެހެން ކަމުން އަޑު އިވުނު އެއްޗަކުން އެ ދެމީހުންވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނޫރީންގެ އެ ބަސްތަކަކީ ތެދުކަންވެސް ޔަގީން ނުވެފައެވެ.

“އަޒްޔަން އުޅުނީ ކުއްޖަކާ ރައްޓެހި ވެގެންތަ؟” އެންމެ ފަހުން ޝަފަގު އަހާލިއެވެ.

އަޒްޔަން ޖަވާބެއް ނުދީ އިސްޖަހައިގެން ހުރި ގޮތަށް ހުރީއެވެ.

“ނޫރީން، ދަރިފުޅަށް ހީވާ ގޮތެއް ކަމަށް ތި ވާނީ” ދެންވެސް ވާހަކަ ދެއްކީ ޝަފަގުއެވެ.

“އަހަންނަށް ހީވާ ގޮތެއް ނޫން މަންމާ. ކައިވެނި ކުރި ރޭ އަހަންނަށް އެނގިއްޖެ. އަޒްޔަން އެ ހިސާބުން އޭނައާ އޮތް ގުޅުން ކަނޑާލި. އެކަމަކު އޭރު މާ ލަސްވެއްޖެ. މިއަދު އަހަންނަށްވެސް އެނގުނީ. މަންމާ، އެ އަންހެން ކުއްޖާ ބަނޑުބޮޑު” ނޫރީން ބުންޏެވެ.

“އަޒްޔަން، ތެދެއްތަ އެއީ؟” ޝަފަގު އެހިއެވެ.

ދެންވެސް އަޒްޔަން އެއްޗެއް ނުބުންޏެވެ. ނޫރީންގެ ކުށްވެރިއަކަށް ވީ އިރު، ކަންތައް ވެގެން ދިޔަ ގޮތުން މަންމައާ ބައްޕަގެ ކުރިމަތީ އިސްއުފުލާލަން ނުކެރިފައި އަޒްޔަން ހުރީއެވެ.

“އަޒްޔަން، ތެދެއްހޭ އެއީ؟” ޔާސިރު ސުވާލު ކުރީ ކިތަންމެ މަޑުން ނަމަވެސް އެ އަޑުގައިވި ރުޅިވެރިކަން ހާމަވެއެވެ.

އިސްއުފުލާލި ގޮތަށް އަޒްޔަން ބަލާލީ ޝަފަގުއަށެވެ. އިރުކޮޅަކު އެއްޗެއް ނުބުނާނެ ހެން ހީވި ނަމަވެސް ޝަފަގުއަށް ބަލަން ހުރެ އަޒްޔަން ބޯ ޖަހާލިއެވެ. އެއާއެކު ޔާސިރު އައި ގޮތަށް އައިސް އަޒްޔަންގެ ކޯމަތީ އަތްތިލައިން ޖެހިއެވެ.

“ނޫރީންއާ ކައިވެނި ކުރަން ހަމަޖެހިފަ އޮއްވާ ތި ވަރުގެ ކަމެއް ކުރި އިރު އެއްޗެއް ހިތަށް ނޭރިތަ؟ އެހެން މީހަކާ އިންނަން ބޭނުން ވާ އިރު ނުބުނެވުނީ ކިހިނެއް ވެގެން؟ ނޫރީންއާ އިންނާކަށް ބޭނުމެއް ނޫނޭ ނުބުނެވުނީ ކީއްވެ؟ ތި ވަރު ވީ އިރު ތި މީހަކާ ނީނދެ ހުރީ ކީކޭ ހިތަށް އަރައިގެން؟ އަހަރެން ހީވެސް ނުކުރަން އަޒްޔަންއަކީ ތިހާ..” އެ ވަރަށް ބުނެފައި ޔާސިރު ވާހަކަ ދެއްކުން ހުއްޓާލާފައި އިސްޖަހާލީ އިހުސާސް ކުރެވުނު ލަދުވެތިކަމުންނެވެ.

“ކައިވެނި ކުރަން އޮންނަނީ ކަމަކުއޭ އަޒްޔަން. މަންމައަށް އަޒްޔަން ބޮޑު ކުރެވުނީ ތިހާ ދަށު ދަރަޖައިގެ ތަރުބިއްޔަތެއް ދީގެން ކަމަކަށް މަންމަ ހިއެއް ނުކުރަން. މިއަދު އަޒްޔަންގެ ސަބަބުން ނޫރީންގެ ކުރިމަތީ މަންމަ ވަރަށް ލަދުގަނެ ދެރަވެއްޖެ. އާސިޔާއާ ޝާމިހް.. ނޫރީން، ދަރިފުޅު، މަންމައަށް މާފުކޮށްދީ..” ދުވަހަކުވެސް ކަމަކާ ދެރަނުވާ ވަރަށް އެ ދުވަހު އަޒްޔަންގެ ސަބަބުން ޝަފަގު ހުރީ ދެރަވެފައެވެ.

“ޕްލީޒް މަންމާ.. ތިހެން ނުބުނޭ. މީ މަންމަގެ ކުށެއް ނޫން. މަންމަ މާފަށް ނޭދޭ” ކައިރިއަށް އައިސް ޝަފަގު ގައިގައި ބައްދާލަމުން ނޫރީން ބުންޏެވެ.

އަޒްޔަން އެއްވެސް އެއްޗެއް ނުބުނެ ހުރީއެވެ. އަޒްޔަން ބުނާ އެއްވެސް އެއްޗެއް ނޫރީން އަޑު ނާހާނެ ކަން އެނގި، އިތުރަށް އެއްޗެއް ބުނުމުގެ ބޭނުމެއް ނެތްކަން ވިސްނުނީއެވެ.

“މަންމާ، އަހަރެން ބޭނުމީ އަލުން އެކޮޅަށް ދާން” ޝަފަގުގެ އަތުގައި ހިފާލަމުން ނޫރީން ބުންޏެވެ.

“ނޫރީން..” ނޫރީން އެހެން ބުނުމުން އަޒްޔަންއަށް ހިމޭނުން ނުހުރެވިގެން ގޮވާލިއެވެ.

“ޕްލީޒް އަޒްޔަން، އަހަރެން ދިޔަދީ.. އަހަރެން ދޫކޮށްލާ..” ނޫރީން އެނބުރި އަޒްޔަންއަށް ބަލާލަމުން ބުންޏެވެ.

އެއްޗެއް ބުނުމުގެ ބަދަލުގައި އަޒްޔަންއަށް ދެފަރާތަށް ބޯ ހަލުވާލެވުނެވެ.

“ނޫރީން އެ ބުނަނީ އޭނަ ދޫކޮށްލާށޭ” އެ ވަގުތު ޔާސިރު ބުންޏެވެ.

“އަޒްޔަންއަށް ރަނގަޅު ފިރިއަކަށް ނުވެވުނު އިރު ދެން ނޫރީން ނުހިފަހައްޓާ އޭނަ ދޫކޮށްލާ. ބޭނުންހާ ކަމެއް ކޮށްފަ، ބޭނުން ގޮތަކަށް އުޅެފަ ކީއްކުރަން ދެން އޭނަ ހިފަހައްޓަން ތި އުޅެނީ؟ އިތުބާރު ނުކުރެވޭ މީހަކާ އެކީ ދިރިއުޅުމެއް ނޫޅެވޭނެ. ނޫރީން އެދޭ ގޮތަށް އޭނަ ވަރިކޮށްދީ އަޒްޔަން!” ޝަފަގު ބުންޏެވެ.

ދެންވެސް އެއްޗެއް ނުބުނެ ނޫރީންއާ ދިމާއަށް ބަލަން އަޒްޔަން ހުއްޓެވެ.

“ނޫރީން.. ވަރި ކޮށްފިން!” ކިރިޔާ އަޑު އިވޭހާ މަޑުން އެހެން ބުނި ގޮތަށް އަޒްޔަން ގެއިން ނިކުމެގެން ދިޔައެވެ.

އަޒްޔަން ދިޔުމުން ނޫރީން ސޯފާގައި އިށީނެވެ. ޝަފަގުވެސް އައިސް ނޫރީން ކައިރީ އިށީނދެ ނޫރީންގެ އަތުގައި ހިފާލިއެވެ.

“އަޒްޔަންއާ ނޫރީންގެ ގުޅުމެއް ނެތަސް މަންމަމެންނާ ނޫރީންއާ އޮތް ގުޅުމެއް ނުކެނޑޭނެ. އަޒްޔަންއާ އިނުމުގެ ކުރިން ތީ މަންމަގެ އެންމެ ގާތް އެކުވެރި އާސިޔާގެ ދަރިފުޅު، ނޫރީން އެކަންޏެއް ނުވާނެ. ނޫރީން ބޭނުން ދުވަހަކު މަންމަމެން ކައިރީ ހުރެވޭނެ. އަޒްޔަންއާ ދެ ކުދިން ވަކިވިޔަކަސް ނޫރީން އަނެއްކާ އެކަނި އެހާ ދުރަށް ދާކަށް ނުޖެހޭނެ. ނޫރީން ހުންނާނީ މަންމަމެން ކައިރީ” ޝަފަގު ބުންޏެވެ.

“ތެންކްޔޫ މަންމާ. އެކަމަކު އަހަރެން ބޭނުމީ ދާން. މަންމަ އަހަރެން ނުހުއްޓުވާ، ޕްލީޒް. މަންމަ ނުދާށޭ ބުނެފިއްޔާ އަހަންނަށް މަންމަގެ ބަހާ ދެކޮޅު ހަދާކަށް ނުކެރޭނެ، އެހެންވެ މި ބުނަނީ އަހަރެން ދާން އެއްބަސް ވެދީ. އެކޮޅަށް ދިޔަޔަސް އަބަދަކު އެތާކު ނުހުންނާނަން، މާލޭގަ ދިރިއުޅެން އަދި އަންނާނަން، އެކަމަކު އަދިއެއް ނޫން.. ޕްލީޒް މަންމާ، ދުވަސްކޮޅެއް ބޭނުން” ޝަފަގުގެ އަތުގައި ހިފާ ބާރުކޮށްލަމުން ނޫރީން އެދުނެވެ.

ޝަފަގު ނޫރީން ގެ އެދުމަށް އެއްބަސްވާން ބޭނުންނުވެ ބަލާލީ ޔާސިރުއަށެވެ.

“ނޫރީން ދިޔަދީ، ޝަފަގު” ޔާސިރު ބުންޏެވެ.

 

ނޫރީން ވަގުތުން ދާން ބޭނުންވި ނަމަވެސް ވަރީގެ ކަންތައް ނިމެންދެން މަޑު ކުރީއެވެ. އެ އެޕާޓްމެންޓްގައި ނޫރީން ހުރި އިރު، ދެ މީހުން ވަރިވި ފަހުން އަޒްޔަން ހުންނަނީ ޝަފަގުމެން ބައިގައެވެ. އެ ދުވަހުގެ ފަހުން ނޫރީންއާ އަޒްޔަން ދިމާވީ ކޯޓުންނެވެ. ނޫރީންއާ އެކު ޝަފަގު ދާން އުޅުމުން ދެކޮޅު ހަދާފައި ނޫރީން ދިޔައީ ޝަބާއާ އެކީއެވެ. ވަރިއަށް އެދުނީ އަމިއްލައަށް ނަމަވެސް ހުރިހާ ކަމެއް ނިމުމުން ނޫރީންއަށް ރޮވުނެވެ. ކައިވެންޏެއް ކޮށް، އެހާ އަވަހަށް އެ ކައިވެނި ރޫޅިދާނެ ކަމަށް ނޫރީން ދުވަހަކުވެސް ހީކޮށްފައި ނުވެއެވެ. އަދި އަމްދުން އެހާ ދިގު އިންތިޒާރަކަށް ފަހު އަޒްޔަންގެ އަނތްބަކަށް ވެވުމާއެކު ޖެހުނު މައްސަލަ ހައްލުވުމުން ހީކުރެވުނީ ދެން އެ ދެމެދުގައި އެފަދަ ކަމެއް ނުވާނެ ކަމުގައެވެ. ނަމަވެސް ނޫރީން ހީކުރި ގޮތަކަށް އެއްވެސް ކަމެއް ނުވިއެވެ.

ކޯޓުން އައި ގޮތަށް ޝަބާ ނޫރީންއާ އެކު ގޭގައި މަޑުކުރިއެވެ. އެ ދުވަހު ނޫރީން އެކަނި ވަގުތު ހޭދަ ކުރަން ޝަބާ ބޭނުން ނުވީއެވެ. ގެއަށް އައިސްފައި ނޫރީން ގިނަ ވަގުތު ހޭދަ ކުރީ ހިމޭން ކަމުގައެވެ. ޝަބާ އިން ނަމަވެސް ގިނަ ވާހަކަތަކެއް ދައްކާކަށް ނޫޅެއެވެ. ޝަބާވެސް ބޭނުންވީ ނޫރީން ވާހަކަ ދައްކަން ބޭނުން ނަމަ އަޑު އަހަން ޝަބާ އިން ކަން އަންގާށެވެ.

މުޅި ދުވަހު ހިމޭން ކަމުގައި ހޭދަ ކުރުމަށް ފަހު ނޫރީން އެއްޗެއް ބުނީ ޢިޝާ ނަމާދުގެ ފަހުން ޝަބާ އޯޑަރ ކުރި ކާ އެއްޗެހި އައުމުން ދެ މީހުން ކައި ނިމިގެންނެވެ.

“ޝަބާ..” އަތް ދޮވެގެން އައިސް ސޯފާގައި އިށީނދެފައި ނޫރީން ގޮވާލިއެވެ.

“ކީކޭ؟” އަތުގައި ހުރި ސުޕާރީ ފުޅިން ދެތިން ފޮތި ނަގާ އަނގައަށް ލާފައި ޝަބާ އެ ފުޅި ނޫރީންއަށް ދިއްކޮށްލިއެވެ.

“އަހަރުމެން އުޅުނީ އެއްވެސް ވަރަކަށް ބަލައިގެންނެއް ނޫން.. އަހަރެން.. އަހަރެން ޕްރެގް ވެއްޖެއްޔާ ކިހިނެއް ހަދާނީ؟” ޚިޔާލަކަށް ގެއްލިފައި އިނދެ ނޫރީން އަހާލިއެވެ.

އެ ދުވަހު ކޯޓުން އައީއްސުރެ ނޫރީންއަށް ވިސްނެނީ އެ ކަމާއެވެ. ފާއިތުވި ހަތަރު މަހެއްހާ ދުވަސް އެކުގައި ހޭދަވި އިރު، އެހާ ތަނަށް ނޫރީން ބަލިވެ ނީން ނަމަވެސް ވަރިއާ ހަމައަށް އައި އިރު އެ ޔަގީން ކަމެއް ނޫރީންއަކަށް ނެތެވެ. ނޫރީން އެންމެ ކަންބޮޑު ވަނީ އެކަމާއެވެ. ނޫރީން އިނީ ބަލިވެ ނަމަ ދެން ހަދާނެ ގޮތަކާ މެދު ވިސްނެނީއެވެ.

“އަދި ތި ކަމާ ނުވިސްނާ. ޕްރެގް ވެއްޖެއްޔާ ދެން ވިސްނާނީ. ފަހަރެއްގަ ނުވެވެސް ދާނެއެއްނު؟ އިހަށް ބޭކާރު ކަންކަމާ ނުވިސްނާ” ނޫރީން ބުނި އެއްޗަކުން ޝަބާވެސް ސިހުނެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި އިން ޝަބާއަށް ޖަވާބު ދެވުނީ އިރުކޮޅެއް ފަހުންނެވެ.

އެއްޗެއް ނުބުނެ ނޫރީން ބޯ ޖަހާލީ ޝަބާގެ ވާހަކައާ އެއްބަސް ވާތީއެވެ. އެހެން ނަމަވެސް އެ ޚިޔާލު ނޫރީންގެ ހިތުން ފިލުވައެއް ނުލެވުނެވެ.

“ދެން..؟ އެކޮޅަށް ދާނީ ކޮން އިރަކުން؟” ޝަބާ އަހާލިއެވެ.

“ބޭނުމެއް ނޫން މިތާ ހުންނާކަށް” ނޫރީން ބުންޏެވެ. އިތުރަށް އެންމެ ދުވަހަކުވެސް މާލޭގައި ނުހުރެ މެލޭޝިއާއަށް ދާން ބޭނުންވި ނަމަވެސް އެ ދުވަހު ހިތަށް ވެރިވި ޚިޔާލުން ނޫރީން ފަސް ޖެހެނީއެވެ. ބިރު ގަންނަނީއެވެ.

“ހިނގާ މޫވީއެއް އަޅުވަން..” ޝަބާ ރިމޯޓް ނަގާ ޓީވީ ހުޅުވާލިއެވެ. ނޫރީންގެ ސަމާލުކަން އެހެން ކަމަކަށް އަނބުރާލެވޭތޯ ނެޓްފްލިކްސް ހުޅުވާ ބިރުވެރި ފިލްމެއް އަޅުވާލިއެވެ. ނަމަވެސް ފިލްމަށް ސަމާލުކަން ދެވޭ ވަރަށް ވުރެ ނޫރީންގެ އަމިއްލަ ދިރިއުޅުމުގައި ދިމާވެފައި ވާ ކަންތަކުގެ ސަބަބުން ސިކުނޑިއަށް ލިބިފައިވާ ހާސްކަން ބޮޑެވެ. ފިލްމް ނިމެން ދެން ބަލަން އިން ނަމަވެސް ނޫރީންގެ ހިތާ ސިކުނޑީގައިވީ އެހެން ކަމެކެވެ.

ބާރަ ޖަހަން އުޅެނިކޮށް ޔޫޝައު ގުޅުމުން ޝަބާ ދިޔުމުން ނޫރީން ކޮޓަރިއަށް ވަނެވެ. ފެންވަރައިގެން ނިދަން ތައްޔާރުވެގެން އޮށޯތް ނަމަވެސް ނޫރީންގެ ލޮލުގައި ނިންޖެއް ނެތެވެ. އެހެން އޮވެފައި ނޫރީން ސިހުނީ ބެލްގެ އަޑަށެވެ. އެހާ ލަސްވެފައި ހުއްޓާ އަންނާނީ ޝަފަގުއޭ ހިތަށް އެރުމުން ނޫރީން ތެދުވެ ކޮޓަރިން ނިކުމެ ދޮރު ހުވާލުމާއެކު ސިހިފައި ފަހަތަށް ޖެހިލެވުނެވެ.

“އަހަރެން ވަންނަންތަ؟” ދޮރުމަތީ ހުރި އަޒްޔަން އަހާލިއެވެ.

ނޫރީން ފުރަތަމަ ހިތަށް އެރީ ދެކޮޅު ހަދާށެވެ. ނަމަވެސް އަޒްޔަން ހުރި ގޮތުން ނޫރީންއަށް އެހެން ހަދާކަށް ނުކެރުނެވެ. އެއްޗެއް ނުބުނެ ފަހަތަށް ޖެހިލާ އަޒްޔަން ވަންނަން ތަން ދެއްކިއެވެ. އަދި ދޮރު ލައްޕާފައި އަޒްޔަންއަށް އިށީނުމަށް އިޝާރާތް ކޮށްލިއެވެ.

އަޒްޔަން ސޯފާގައި އިށީނދެ އިރުކޮޅެއް ވީ އިރުވެސް އެއްޗެއް ނުބުނެއެވެ. އިރުކޮޅަކު ކޮޅަށް ހުރެފައި ނޫރީން އައިސް އަރިމަތީ ވަކިން ހުރި ސޯފާގައި އިށީނެވެ. އިސްޖެހިފައި އިން އަޒްޔަންއަށް ބަލަން އިން އިރު ނޫރީންގެ ހިތަށް ތަދުވަމުން ދިޔައެވެ.

“ކަމަކުތަ؟” އަޒްޔަން އެއްޗެއް ނުބުނާނެ ހެން ހީވެ ގިނައިރު ވާން ފެށުމުން ނޫރީން އަހާލިއެވެ.

“އައިމް ސޮރީ..!” އަޒްޔަން އެ އިން ގޮތަށް އިނދެ މާފަށް އެދުނެވެ.

“ތިހެން ބުނަންތަ ތި އައީ؟” ނޫރީން އަހާލިއެވެ.

“ބައިވަރު ވާހަކަ ދައްކަން ބޭނުން.. އެކަމަކު މިހާރު ވަގުތު ފާއިތު ވެއްޖެ ކަން ގަބޫލު ކުރަން.. ހެދުނު ގޯސްތައް ވިސްނުނު އިރު މާ ލަސްވީ.. އައި ލޮސްޓް އެވްރީތިންގް.. ނޫރީންއަށް ގަބޫލު ނުކުރެވުނަސް އަހަރެން ދުވަހަކުވެސް ނޫރީންއަށް ދެރަ ގޮތެއް ވާކަށް ނޭދެން.. އެއީ އަހަރެން ބޭނުންވި ގޮތެއް ނޫން.. މަންމައާ ބައްޕަގެ ހިތުގަ ޖެއްސުމަކީވެސް ބޭނުންވި ގޮތެއް ނޫން.. އަހަންނަކީ ރަނގަޅު މީހަކަށް ނުވީމަ އަހަރެންގެ ސަބަބުން ނޫރީންއާ މަންމައާ ބައްޕައަށް ވެސް ހިތާމަ ކުރަން ޖެހުނީ.. އަހަންނަށް އެ ހުރިހާ ދުވަހު ވިސްނުނީ އެންމެ މީހަކާ މެދު.. އައި ނޯ އަހަންނަށް ނޫރީން ޑިޒަރވް ނުވާ ކަން.. ޔޫ ޑިޒަރވް ސޯ މަޗް ބެޓަރ، ސޯ މަޗް މޯރ.. ނޫރީން ދިޔުމުގެ ކުރިން މާފަށް އެދެން ބޭނުން ވީ.. މިއަދު އަހަރެން ބުނެގެން ގަބޫލެއް ނުކުރާނެ ކަންވެސް އެނގޭ.. ބަޓް އައި ހޭވް ޓު ސޭ ދިސް..” އިސް ޖަހައިގެން އިނދެ އެ ހުރިހާ ވާހަކައެއް ދައްކާފައި އެ ހިސާބަށް ބުނެފައި އަޒްޔަންއަށް މަޑު ކޮށްލެވުނެވެ.

އަޒްޔަން ބުނަން އުޅޭ އެއްޗެއް ނުވިސްނި ހައިރާންވެފައި އިންދާ އަޒްޔަން ދެން ބުނެލި ބަސްކޮޅާ އެކު ނޫރީންއަށް އަޒްޔަންއާ ދިމާއަށް ބަލާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ދެވުނީ ވޭނޭ 67

Next

ގުރުދާ

Next
May 18, 2026

ގުރުދާ

Previews
May 18, 2026

ދެވުނީ ވޭނޭ 67

7 Comments!

  1. Mar Sha Mar Sha says:
    May 18, 2026 at 11:09 am

    ސަލާމް ހުރިހާ ކުދިން، 15 ވަނަ ބައި އަޕްލޯޑް ކޮށްލެވިއްޖެ. 16ގެ މަސައްކަތް މިހާރު މި ފެށީ، މާޝާ ހީކުރަން މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް. ކޮމެންޓްގެ އިންތިޒާރުގަ މި ހުރީ. 16 ވަނަ ބައި ބުރާސްފަތި ދުވަހު ގެނެސްދޭނަން.

  2. Anonymous says:
    May 18, 2026 at 1:24 pm

    Can’t wait to read next part
    I think he’ll say that he loves herr…. Maybe

    1. Mar Sha Mar Sha says:
      May 19, 2026 at 10:09 am

      you think so? lets see dho, thank u

  3. Anonymous says:
    May 18, 2026 at 1:27 pm

    Alheyyyy maashaa Allah mi part vx varah varah reethi…
    Alhey azyan e bunee keekey tha??
    Haadha curious hisaabakunney thi ninmaalee…

    1. Mar Sha Mar Sha says:
      May 19, 2026 at 10:12 am

      hehe, Azyan bunaa ehcheh engeyny dhen Thursday ga dho, kudakoh wait kollan jeheyny dear, thank u

  4. aiha says:
    May 18, 2026 at 2:50 pm

    woah vrh salhi mi part vx. hihvaraa eku kuriah gendheyy. lots of love

    1. Mar Sha Mar Sha says:
      May 19, 2026 at 10:13 am

      thank u aiha, asluves need hiyvaru for this. thanks

Comments are closed.

Next Episodeތިޔަ ނަން މި ހިތުގާ 16←


All Right Reserved!