ދުއްވާ އެއްޗެހި ގިނަވެފައި އޮތް މަގުން ހުރަސްކޮށް އަނެއް ފަރާތަށް ދާން އަހަންނަށް ހިނގައިގަނެވުނީ ބަލަން ވީ ވަރަށް ނުބަލައެވެ. ހާސްކަމާއެކު ސަމާ ގޮވާލި އަޑު އިވުމުން ކަނާތް ފަތާރަށް ބަލާލުމާއެކު އަހަރެން ބިރުން ހުރިތާ ތަތްވިކަހަލައެވެ. ސިހިގެން ދިޔައީ މީހަކު އަހަރެންގެ އަތުގައި ހިފާ ބާރަށް ދަމައިގަތުމުންނެވެ. ދެ މީހުން ވެއްޓުނީ އެކީގައެވެ. ވީ ތަދުން އަޑެއް ލައްވާލެވުނެވެ. އަތުގެ އުޅަނބޮއްޓާ ދިމާލުން ދިލަ ނަގައިގެން ދިޔައެވެ. ލޮލުން ކަރުނަ އައީ އިޚްތިޔާރަކާ ނުލައެވެ. “ވަރަށް […]
“ޒިއާމް… ދެން ކިހިނެއް ވާނީ؟” މައިރާއަށް އަހާލެވުނެވެ. “މިހާރު އޭގެ ފަހުން ހަ އަހަރު ވީ. އެއްވެސް ހަބަރެއް ނުވެ، އަހަރުމެން އެންމެންވެސް ހީކުރީ އައިދަން… ހިތަށްވެސް ނާރާ ގޮތަކަށް މިވީ” ޒިއާމްވެސް އެކަމާ ވިސްނާލިއެވެ. “މައި… ކޮން އިރަކު އެނގުނީ؟ ކީއްވެ ނުބުނީ؟” މައިރާގެ ކޮނޑުގައި ހިފާ ކައިރިކޮށްލަމުން ޒިއާމް އެހިއެވެ. “ޒިއާމް ފުރި ދުވަހުގެ ކުރީ ދުވަހު ޔަގީން ވީ. އެ ދުވަހު ޒިއާމް ގެއަށް އައީމަ ބުނަން ހުރީ. އެކަމަކު… ގެއަށް އައި […]
“އަހަންނަށް ހުވަފެނެއްތަ މި ފެންނަނީ؟” އައިދަން ގައިގައި ބައްދާލައިގެން ހުރެ މައިރާ އަހާލީ އެއީ ހަގީގަތެއް ކަން ޔަގީން ނުވެފައި ހުރި ކަހަލަ ގޮތަކަށެވެ. “ހުވަފެނެއް ނޫން” އައިދަން ޖަވާބުދިނެވެ. އެއާއެކު މައިރާ އައިދަންއާ ދުރަށް ޖެހިލާ އައިދަންގެ މޫނަށް ބަލާލިއެވެ. އެއް އަތް ހިއްލާ އައިދަންގެ މޫނުގައި ޖައްސާލިއެވެ. މައިރާ ރޯން ފެށީ ދެނެވެ. “އައިދަން… ތީ ހަމަ އައިދަންތަ؟” ރޮމުން މައިރާ އަހާލިއެވެ. ބޯ ޖަހާލަމުން އައިދަން ކުރިއަށް ޖެހިލާ ދެ އަތުން މައިރާ […]
މޭޒުމަތީ ހުރި ފޯން ރިންގް ވުމުން ޒިއާމް ފޯން ނަގާ ކަންފަތުގައި ޖައްސާލީވެސް އެ ޚިޔާލުގައި އިނދެއެވެ. “ހެލޯ؟” ފޯނުގެ އަތްގަނޑު ދުރަށް ޖައްސާ ބަލާލާފައި އަނެއްކާވެސް ކަންފަތާ ކައިރިކޮށް ޒިއާމް ތަންކޮޅެއް ބާރަށް ގޮވާލީ ކުރިން ދެފަހަރު ހެލޯއޭ ބުނުމުންވެސް އެ ކޮޅުން ޖަވާބެއް ނައުމުންނެވެ. “ޒެޑް!” ފުންމައިގެން ޒިއާމްއަށް ގޮނޑިން ތެދުވެވުނެވެ. އަނެއްކާވެސް ކަންފަތާ ދުރުކޮށް ފޯނުގެ އަތްގަނޑަށް ޒިއާމްއަށް ބަލާލެވުނީ ގަބޫލު ކުރަން ދަތިވެގެންނެވެ. އެ ނަމުން ޒިއާމްއަށް ގޮވާނީ އެންމެ މީހެކެވެ. […]
ރިސޯޓުގައި މައިރާއާ ޒިއާމް ތިބުމަށް ހަމަޖެހިފައިވާ ރޫމްއަށް ދެވުމުން މައިރާ ވަދެ ސޯފާގައި އިށީނދެ އަރައިގެން ހުރި އުސް ފައިވާން ބާލާފައި ފައިތިލަ މޮޑެލިއެވެ. ފޮށި ހިފައިގެން ޒިއާމް ވަން އިރު މައިރާ އިން ގޮތް ފެނުމުން އައިސް މައިރާގެ ފައިތިލަ ޒިއާމްގެ އުނގަށް ލާ މަސާޖް ކޮށްދޭން ފެށިއެވެ. ރިއްސަން ފަށާފައި ހުރި ފަޔަށް ލުއި ވުމުން މައިރާ ސޯފާގެ އަތްގަނޑުގައި ބޯ ޖައްސާލާ ލޯ މަރާލިއެވެ. ޒިއާމްގެ ދެ އަތުގެ މަސާޖް ލުއި ފިރުމުންތަކަކަށް […]
“ގުޑް ނައިޓް!” ޒިއާމް ބުންޏެވެ. މައިރާ ބޯ ޖަހާލާފައި ޒިއާމްއާ އެކު ދޮރާ ހަމައަށް ގޮސް ޒިއާމް ނިކުތުމުން ދޮރު ތަޅުލިއެވެ. އެރޭ މައިރާއަށް ނިދުނީ ކުޑަ ވަގުތުކޮޅަކަށެވެ. ދުވަސްތަކެއް ވަންދެން ކުރި އިންތިޒާރު ނިމުމުން ހިތަށް ލިބިފައިވި އުފާވެރިކަން ނުތަނަވަސްކަމަށް ބަދަލުވީ މައިރާއާ ޒިއާމްގެ ގުޅުން ރައިހާނާއާ ހާފިޒްއާ ރަޒާނާއަށް އެނގުމުން ދެން ވާނެ ގޮތެއް ނޭނގޭތީއެވެ. އެ މީހުން ނުރުހުން ނުވާނެއޭ މައިރާގެ ހިތް ބުނެއެވެ. އެހެން ނަމަވެސް މައިރާއާ ޒިއާމް ގުޅެން ބޭނުން […]
“މައިރާ!” އިންޒާރެއް ފަދައިން ޒިއާމް މައިރާގެ ނަން ކިޔާލިއެވެ. “ނުކެރޭނެ ޒިއާމްއަކަށް. ޒިއާމްއަށް ކުރަން ކެރޭ ކަންތައް އަހަންނަށް އެނގޭ. ހިތުގަ އޮތް އެއްޗެއް ނުބުނެވޭނެ ޒިއާމްއަކަށް” ޒިއާމްއާ ދުރަށް އެނބުރެމުން މައިރާ ބުނެލިއެވެ. އައިސްފައި ހުރި ރުޅިއާއެކު ލޮލުން ކަރުނަ އައީ މައިރާ އެހާ ވަރަށް ބުނުމުންވެސް ޒިއާމް ހިތުގައި އޮތް އެއްޗެއް ހާމަ ނުކުރީތީއެވެ. ޒިއާމްގެ ރުޅި ކޮންޓްރޯލް ނުކުރެވުނީ އެންމެ ފަހަރަކު ފެނުނު މަންޒަރަކުން ޒިއާމްއާ މެދު މައިރާ ގޮތެއް ނިންމީތީއެވެ. އެއްޗެއް […]
“ސޯ ދެން އަހަރުމެންގެ ވާހަކަ ހުއްޓާލަމާ. މައި، ކޮންމެސް ގޮތަކުން ޒިއާމްއާ ވާހަކަ ދައްކަބަލަ. މައި ފީލް ވާ ގޮތް ބުނެދީބަލަ” މައިރާގެ އަތުގައި ހިފާލަމުން އާރާ ބުންޏެވެ. މައިރާ ބޯ ޖަހާލި ނަމަވެސް އެކަން ކުރާނެ ގޮތެއް ނުވިސްނެއެވެ. ހަމަ އެރޭގެ އެ ވަގުތެވެ. ޒިއާމް އަޒްމަންއާ އެކު ކޮފީއަކަށް ދިޔައީ ހިތަށް އުނދަގޫ ކުރަމުން ދިޔަ ޚިޔާލުތައް އެހެން މީހަކާ ހިއްސާކޮށްލުމަށް ބޭނުން ވެގެންނެވެ. އާރާއާ އިޔާދުގެ ކައިވެނި ޕާޓީއިން ދިމާ ވި ފަހުން […]
“ޒިއާމް، ކީއްވެ އޭރު ޔަލްދާއާ މެރީ ނުކުރީ؟” އެއީ އަބަދުވެސް މައިރާ ޖަވާބު ހޯދަން ބޭނުން ވި ސުވާލެކެވެ. “އަހަރެން ހުރީ މެރީ ކުރަން. އެކަމަކު… އިޓްސް ކޮމްޕްލިކޭޓެޑް” އެއީ މައިރާއާ ހިއްސާ ކުރަން ޒިއާމް ބޭނުން ނުވާ ވާހަކައެކެވެ. “އަހަންނާ ސުވާލު ކުރާ އިރު އަހަރެން ކުރާ ސުވާލަކަށް ޒިއާމް ޖަވާބު ދީގެން ނުވޭ” މައިރާ ބުނެލިއެވެ. “ބައެއް ވާހަކަތައް ދައްކާކަށް އެހާ ފަސޭހައެއް ނުވާނެ” ޒިއާމް ބުންޏެވެ. އެއްޗެއް ނުބުނެ މައިރާ ބޯ ޖަހާލީ […]