
މަޢާފް އެދެމުން 34

އެއީ އުފާ ވާންވީ ކަމެއްކަން އެނގޭ އިރުވެސް އާރިޝްގެ ހިތަށް ވެރިވީ ނުތަނަވަސްކަމެވެ. ކުއްޖަކު ހޯދަން ބޭނުން ނުވާކަން އާރިޝްގެ އަމަލުތަކުން ރީވާއަށް ސާފުކޮށްދިން އިރު، އިނާރާ ބަލިވެ އިން ކަން އެނގުމުން ރީވާގެ ހިތަށް އަރާނެ އެއްޗަކާ މެދު އާރިޝްއަށް ވިސްނުނެވެ.
“އާރިޝް، ބޭބީއެއް ބޭނުން ނުވަނީތަ؟” އާރިޝްގެ ފަރާތުން އިނާރާ އެދުނު ފަދަ އުފާވެރިކަމެއް ނުފެނުމުން އިނާރާ އަހާލިއެވެ.
“ނޫން… އަސްލު އަހަރެން ސަޕްރައިޒް ވީ… އަހަރުމެން ބޭބީއެއް ހޯދަން ވެއްޖެ ދޯ މިހާރު؟” ގަދަކަމުން ހީލާފައި އާރިޝް ބުންނެވެ. އަދި އެނބުރި އިނާރާ ގައިގައި ބައްދާލިއެވެ.
“އަހަރެން ވަރަށް ލޯބިވޭ އާރިޝް ދެކެ، އެނގޭ ދޯ؟” އާރިޝްގެ މޭގައި މޫނު ޖައްސާލަމުން އިނާރާ ބުންޏެވެ.
“އައި ނޯ… އަހަރެން…” ބުނަން ފަށާފައިވެސް އާރިޝްއަށް ފުރިހަމައެއް ނުކުރެވުނެވެ. އެ ބަސް ބުނުމުގެ ބަދަލުގައި އިނާރާގެ ނިތްކުރީގައި އާރިޝް ބޮސްދިނީއެވެ.
އެރޭ އިނާރާއާ އާރިޝް އެ ޚަބަރު އާއިލާއާ ހިއްސާ ކުރިއެވެ. ކާން އަރާފައި އެންމެން ގާތު ބުނުމުން އެންމެ އުފާވީ ޝީލާއެވެ. ހަމަ އެ ވަގުތު އިބާދާއަށް ފޯނު ކޮށްފައި ޚަބަރު ދިނުމަށް ޝީލާ އެދުމުން އިނާރާ ދެކޮޅެއް ނުހަދައ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.