
މަޢާފް އެދެމުން 27
“ރީވާއަކަށް ނޭނގޭނެ… އެނގޭ ނަމަ ތިހެން ނުބުނާނެ…” އިސްޖަހާލަމުން އާރިޝް ބުންޏެވެ.
“އެހެން ވިއްޔާ އާރިޝް ތެދަށް ބުނެބަލަ، އަހަރެން ބޭނުން ވެގެން ތި ބުނީ އަހަންނާ މެދު އާރިޝްގެ ހިތުގަ ފީލިންގްސް ވާތީތަ؟ ނޫނީ އަހަރެން މެދުވެރި ކޮށްގެން ދޮންބެގެ ކިބައިން ރިވެންޖް ހޯދަންތަ؟ ޕްލީޒް، ތެދަށް ބުނާތި!” އާރިޝްއާ ހަތަރުކަޅި ހަމަކޮށްލަމުން ރީވާ ބުންޏެވެ.
ޖަވާބު އާރިޝްގެ ދުލުކުރީގައި އޮތެވެ. ނަމަވެސް ބުނަން ފަސް ޖެހުނީ އެއީ ރީވާ އެދޭ ޖަވާބަށް ނުވާނެ ކަން އެނގޭތީއެވެ. ރީވާ ދެކެ ލޯބި ވާ އިރު، ރިޔާން ކަންތައް ކުރި ގޮތަށް ފ�