“ވެގެން އުޅޭ ގޮތެއް އިހަށް ބުނެބަލަ… އޭރުންނެއްނު ހެލްޕް ވާން އެނގޭނީ؟ އިހަށް ހުއްޓާލާފަ ބުނެބަލަ…” އަލްޔާގެ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބައިންދަމުން ރިޔާން އެދުނެވެ. އެ ވަގުތު ރިޔާން އެންމެ ބޭނުން ވީ އާރިޝްއަށް ގުޅާށެވެ. އަލްޔާއަށް ދިމާ ވެގެން އުޅެނީ ކޮން ކަމެއް ކަން ނޭނގުނަސް، އެއީ ކުޑަ ކަމެއް ނޫނޭ ރިޔާންގެ ހިތް ބުނަމުން ދިޔައެވެ. ރޭގަނޑުގެ އެ ވަގުތުގައި އަލްޔާ އެހީއަށް އެދި ރިޔާންގެ ކައިރިއަށް އައި އިރު، އާރިޝްއާ، […]
“ދަރިފުޅު ސިއްރު ކުރަން އުޅުނަސް މަންމައަށް އެނގޭ… ލޯބިވާ މީހާ އެހެން މީހެއްގެ ފިރިއަކަށް ވާތަން ދެކެން އެކަކަށްވެސް ކެތެއް ނުވާނެ… މަންމައަށް އެނގޭ ދެރަވާނެ ވަރު… އެކަމަކު ދަރިފުޅު ހިތްވަރު ކުރަން ވާނެ… މަންމަ މި ބުނާ އެއްޗެއް އަޑު އަހައްޗޭ…” ރީވާ ގެނެސް މޭގައި ޖައްސާލަމުން ރާނިޔާ ބުންޏެވެ. ބޯ ޖަހާލަމުން ރާނިޔާގެ ވާހަކައަށް އެއްބަސް ވާކަން ރީވާ އަންގާލިއެވެ. އެހެން ނަމަވެސް ދެންވެސް ރުއިން ހުއްޓާލުން ފަސޭހައެއް ނުވިއެވެ. އެ ކައިވެނި ކުރެވޭ […]
“ކޮންމެ ނަތީޖާއެއް ނިކުތަސް ޓްރައި ކުރަން ޖެހޭ ކަންތައް ހުންނާނެ. އެވަރު ނުކުރެވެންޏާ އޭގެ މާނައަކީ އެއީ ތިމާއަށް އެހާ މުހިންމު ކަމެއް ނޫނޭ” އެ ވަގުތު ޔަޒްދާން ބުނެލިއެވެ. ދެން ތިބި ތިން މީހުން ބަސް ހުއްޓިފައި ތިބެ އެއް ފަހަރު އާރިޝްއަށް، އަނެއް ފަހަރު ޔަޒްދާންއަށް ބަލާލިއެވެ. “ވަޓްސް ގޮއިން އޯން؟” ނާބިތު އަހާލީ ވާނުވާ ނޭނގިގެންނެވެ. “ނަތިންގ… އިނާ އެއީ ރަނގަޅު ކުއްޖެއް. މަންމަމެންނަށް އިނާ ވަރަށް ކަމުދޭ. އަހަންނަށް އިނާ ވަރަށް […]
“ރިޔާންގެ ކޮއްކޮގެ ހިތަށް މީހަކު ތަދުކޮށްލީ” ރިޔާން ކައިރީ އިށީނދެފައި ރާނިޔާ ބުންޏެވެ. ރީވާއާ މެދު ކަންބޮޑުވެފައި އިނދެ ރާނިޔާ ބުންޏެވެ. ސިހިފައި ކަހަލަ ގޮތަކަށް ރާނިޔާއަށް ރިޔާން ބަލާލިއެވެ. ހީވީ އެ ބުނި އެއްޗެއް ގަބޫލު ނުކުރެވިފައި އިން ހެނެވެ. “ކާކު؟” ރިޔާން އަހާލިއެވެ. “އެއެއް ކީއްކުރަން ރިޔާން ބަލަނީ؟ އެ ކަންތައް ދެން އެ ނިމުނީ. ކާކުތޯ ބަލައިގެން ދެން ކުރާނެ ކަމެއް ނެތް. ދުވަސްކޮޅަކުން ރީވާ ހަނދާން ނެތިދާނެ. އެހެން މީހަކާ ދިމާވެދާނެ” […]
“އާރިޝް…” ރީވާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ފުން ނޭވައެއް ލުމާއެކު އާރިޝް ބުނެލި ބަސްތަކުން ރީވާއަށް އިތުރަށް އެއްޗެއް ނުބުނެވުނެވެ. “އައި ޑޯންޓް ވޯންޓް ޔޫ!” އާރިޝް ބުންޏެވެ. މޭގައި އަތް އަޅާ މީހަކު ފަހަތަށް ކޮއްޕާލިހެން ރީވާއަށް ދެ ފިޔަވަޅެއް ވަރު ފަހަތަށް ޖެހިލެވުނެވެ. މެއަށް ފިތިގެން ދިޔުމާއެކު އިހުސާސް ކުރެވުނު ތަދުން ލޮލަށް ކަރުނަ ޖަމާވި ނަމަވެސް އަވަސްއަވަހަށް ނޭވާ ލަމުން ރީވާ އިސް ޖަހާލިއެވެ. “އޯކޭ… އޯކޭ…” ކުރިމަތީ އާރިޝް އަދިވެސް […]
“އޯހ ގޯޑް!” އެއް އަތުން ނިތްކުރީގައި ފިރުމާލަމުން އާރިޝްއަށް ބުނެވުނެވެ. “އާރިޝް…” ރީވާ ގޮވާލި އަޑަށް އާރިޝް އަތް ތިރިކޮށް ރީވާއަށް ބަލާލިއެވެ. އާރިޝްއާ ކައިރިއަށް ރީވާ ފިޔަވަޅެއް އަޅާލިއެވެ. “ރީވާ، އައި… އައި… އައި ހޭވް ޓު ގޯ، އައިމް ސޮރީ!” ފަހަތަށް ޖެހިލަމުން ބުނާނެ އެއްޗެއް ދުލަށް ނައިސްގެން އުޅޭ މީހެއް ހެން އިރުކޮޅަކު ހުރެފައި އެހެން ބުނަމުން މަޑުނުކޮށް އާރިޝް ނިކުތެވެ. އާރިޝް ދިޔުމުން ރީވާ އެނދުގައި އިށީނެވެ. ކަންތައް ވީ ގޮތް […]
“އާރިޝް… ޓެލް ހިމް ހައު ޔޫ ފީލް އެބައުޓް ހަރ… ހީ ވިލް ލިސްން ޓު ޔޫ… ހީ ވިލް އަންޑަރސްޓޭންޑް” އާރިޝްގެ ވިސްނުން ހުރި ގޮތް ޔަޒްދާންއަށް ކޮންމެވެސް ވަރަކަށް އެނގެއެވެ. އަންހެން ކުއްޖަކާ މެދު އާރިޝްގެ ހިތުގައި ޝައުގުވެރިކަން އުފެދިއްޖެ ނަމަ އެ ކުއްޖަކާ ދުރުގައި ހުރުމަކީ އޭގެ ކުރިން އާރިޝްގެ ގޮތެއް ނޫނެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެ ކުއްޖަކު ހާސިލް ކުރުމަކީ އާރިޝްގެ އާދައެވެ. ދަތުރު ދިޔަ ފަހުން ރީވާއާ […]
އެރޭ އެގާރަ ޖަހަންދެން ދެމީހުން އެކި ވާހަކަ ދައްކަން ތިއްބެވެ. ޔަޒްދާންއެކޭ އެއްގޮތަށް ހަނާންވެސް އެދެނީ ގިނަ ދުވަސްތަކެއް ނުކޮށް ކައިވެނި ކުރުމަށެވެ. ހަނާން ކިޔަވާ ނިމެން އަދި ދުވަސްކޮޅެއް އޮތް ނަމަވެސް ކައިވެންޏަށް ފަހުވެސް ކިޔެވުން ކުރިއަށް ގެންދެވޭނެ ކަން އެނގޭތީ، އެ ގޮތާ ހަނާންގެ މަންމައާ ބައްޕަވެސް ރުހޭނެ ކަން އެނގޭތީ ދެ މީހުން ނިންމީ ވީހާވެސް އަވަހަށް ކައިވެނި ކުރާށެވެ. އަނެއް ދުވަހު ގޭ މީހުން ކައިރީ ހަނާންގެ ވާހަކަ ޔަޒްދާން ބުންޏެވެ. […]
އިމާޒްއާ ސަނާޔާ ދިމާވީ ކިޔެވުމުގެ ތެރެއިންނެވެ. ދެ މީހުން ކައިވެނި ކުރިތާ ދެ އަހަރު ވާން ކައިރިވީ އިރު އަދި އެ ދެމަފިރިންނަށް ކުއްޖަކު ނުލިބެއެވެ. މާލެއަށް އައިސް ދެ އާއިލާގެ މެދުގައި އޮތް ގުޅުން ކުރިއެކޭ އެއް ގޮތަށް އޮތީ އަޒްހަރުއާ ހާނިމް، އަދި ޝީލާއާ އިބާދާގެ އެކުވެރިކަމުގެ ސަބަބުންޏެވެ. އެ އެކުވެރިކަން އެ މީހުންގެ ދަރިންގެ މެދުގައި ނެތީތީ އެކަމާ ދެ ފަރާތުންވެސް ދެރަވެއެވެ. އެ ދަތުރުގައި ހާނިމްގެ އާއިލާ ބައިވެރިވުމަށް ދަޢުވަތު ދިނީ […]