
މަޢާފް އެދެމުން 29

“ރިޔާން ކުރި ކަންތަކުގެ ޕޭބެކް އެއީ. އާރިޝްގެ ޕްލޭން އަކީ ރީވާ ޔޫޒް ކުރުން. އަލްޔާގެ ބަދަލުގަ ރީވާ!” އާރިޝްއަށް އެއްޗެއް ބުނާނެ ފުރުޞަތު ނުދީ ޔަޒްދާން ބުނެލިއެވެ. އެކަކަށްވެސް ވިސްނިފައި ނުވާ ކަމެއް ޔަޒްދާންއަށް ވިސްނުނީއެވެ.
“ވަޓް؟ ތެދެއްތަ އާރިޝް؟” ހައިރާންވީ ވަރުން ނާބިތުއަށް އަހާލެވުނެވެ.
ނާބިތު ކުރި ސުވާލަށް އާރިޝް ޖަވާބެއް ނުދިނެވެ. ޔަޒްދާން ކުރި ތުހުމަތަށް އާރިޝް އިންކާރު ނުކުރުން އެ ސުވާލުގެ ޖަވާބެއްގެ ގޮތުގައި އެ މީހުންނަށް ފުދުނެވެ.
“އާރިޝް މޮޔަވީތަ؟” އާރިޝްއާ ސުވާލު ކޮށްލި އިރު ކޮންމެ ކަމެއް ސަމާސާގެ ގޮތުގައި ނަގާ ސަލަފްގެ އަޑުގައިވީ ސީރިއަސް ކަމެވެ.
“އަދި ނުވޭ، އެކަމަކު ކޮންމެ މީހަކު ތި ސުވާލު ކުރަންޏާ ދެން ތިކަންވެސް ވެދާނެ ކަންނޭނގެ” އާރިޝް އައިސް ސޯފާގައި އިށީނެވެ.
“ސީރިއަސްލީ؟ އެއީތަ އާރިޝް ތި ކުރަން އުޅޭ ކަމަކީ؟” ނާބިތު އަހާލިއެވެ.
“އަހަންނަކީ ރިޔާންއެއް ނޫން. އަހަރެން ބޭނުން ވަނީ ރިޔާން ކަންތައް ކުރިހެން އަހަންނަށްވެސް ކަންތައް ކުރެވިދާނެ ކަން ދައްކަން. އޭގެ މާނައަކީ އަހަރެން އެހެން ކަންތައް ކުރާނަމެކޭ ނޫން. ރީވާއަށް ދެރައެއް ދޭކަށް ނޫން އަހަރެން މިއުޅެނީ” އާރިޝް ބުން…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.