Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި ނުވިޔަސް ފިރުމާލަދީ….32

Ushaali Level 810 Stories100 Comments100 Stories500 Comments
May 7, 2018 8 Mins Read
47 Comments

“އެއީ ޝިނާނާއި ޝިނާންގެ އެކްސްވައިފް ނޯޔާގެ ދަރިއެއް. އެކަމު ވިހޭއްސުރެ ފެށިގެން މިޝްކުގެ ހުރިހާ ކަމެއް ބެލެހެއްޓީ އަހަރެން. މިޝްކު މިދުނިޔެއަށް އައިރު އަހަރެންވެސް އިނީ އަހަރެންގެ ފުރަތަމަ ދަރިފުޅު ވަކިވުމުގެ ހިތާމައިގަ. އެބައި އަހަރެންނަށް ފުރިހަމަކޮށްދިނީ މިޝްކު. މިޝްކު އާއި ނުލާ މިދުނިޔެއަށް އެންމެ ނޭވައެއް ވެސް މަށަށް ނުލެވޭނެ. އަހަރެންގެ މުޅި ދުނިޔެ މުޅި ވުޖޫދު އަހަރެންގެ ދެލޮލުގެ ދެނޫރު އެއީ” ރިމީޝާ ވާހަކަދައްކަމުން ދިޔައެވެ.

 

“ރިމީގެ ފުރަތަމަ ދަރިއޭ… ރިމީ ކުރިން އެހެންމީހަކާއި އިނިންތަ؟” ޖަނާން ހައިރާންވެފައި އަހާލިއެވެ.

“ނޫން. އެއީ އަހަރެންނަށް ކައިވެނިން ބޭރުން ލިބުނު ދަރިއެއް. މީހަކު އަހަންނަށް ރީތި ނަލަނަލަ ހުވަފެންތަކެއް ދައްކާފަ އަހަރެން ފަހަތަށް އެނބުރުނު ވަގުތު ބުރަކައްޓަށް ވަޅި ހަރާލާފައި ފިލީ” ޖަނާނަށް ފުރަގަސްދިން ރިމީޝާގެ މާޒީއާއި އެކުވެފައިވި ދުވަސްތައް ހަނދާންކުރަން ޖެހުމުން ދެލޯ ފެންކަޅިވިއެވެ. އެވާހަކަތަކަކީ އޭނާ އެއްވެސް މީހަކާއި ހިއްސާ ކުރަން ބޭނުންވާ ވާހަކަތަކެއް ނޫނެވެ.

“އެއީ… އެއީ އަނެއްކާ އަޔާ…..” ޖަނާނަށްވެސް އިންތަނުން ތެދުވެވުނެވެ.

“ރަނގަޅަށް ތިހީވީ. އެދަރިފުޅުގެ ބައްޕައަކީ އައްޔަދު. އަހަރެން ބަލިވެ ބައިންދާފައި އޭނާ ފުރައިގެން ދިޔައީ. ދިޔަ ތަނެއްވެސް ނޭނގޭ. އަހަރެން ބަނޑުބޮޑުވި ކަމެއްވެސް އަދި ވިހޭ ކަމެއްވެސް އޭރު ދުނިޔޭގައި އޭނާގެ ދަރިއަކު ހުންނަކަން ވެސް އޭނާ އަށް ނޭނގޭނެ” ރިމީޝާ އޮޅުންފިލުވައިދިން ވާހަކަތަކުން ޖަނާނަށް އަނގަމަތީގައި އަތް އެޅުނެވެ. ގަބޫލުކުރަން ދަތިވިއެވެ.

“ހުވާތަ؟ އަޔާ ހާދަ ގޯހޭ ދޯ… އެހެންވީމަ އަޔާ އޭރުގަ މަށަށް ވެސް އޮޅުވާލީނު……އަހަރެންނަށް ކުރިން އެއްވެސް ވަރަކަށް ނޭނގޭ އަޔާ އުޅުނީ ކުއްޖަކާ ރައްޓެހިވެގެން ކަމެއް. އެނގުނުނަމަ ދޯ…” ޖަނާން ބުނެލިއެވެ.

“އެދުވަސް މިހާރު ހިނގައްޖެ. މުޅި ދުނިޔެއަށް އަހަރެން ބޭޒާރުވުމުގެ ކުރިން އަހަރެން ސަލާމަތްވި. ކުރެވުނީ ފާފައެއް. އެކަމަށް އަހަރެން ސާފު ހިތަކާއި އެކު ތަޢުބާވެ އަހަރެންގެ މުޅި ހަށިގަނޑު ދޮވެލައިގެން މިހިރީ. އަހަރެންނަށް އެދަނޑިވަޅުގައި އެހީވެދިނީ ޝިނާން. އެއީ އޯގާތެރިއެއް” ރިމީޝާ އިތުރަށް އޮޅުންފިލުވައިދިނެވެ.

“ޝިނާނޭ…. އޭރުގައި ވެސް ޝިނާން ހުރިތަ؟ އަހަރެން ތިވާހަކަތަކާއި ވަރަށް ގަޔާވެއްޖެ. އަޅެ އަހަރެންނަށް ތިވާހަކަތައް ފެށުނު ގޮތް ކިޔާދީބާ…” ޖަނާން ރިމީޝާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ރިމީޝާ އަލުން އައިސް ކުރިން އިށިން ގޮނޑީގައި އިށީނެވެ. ވާހަކަ ފެށުމުގެ ކުރިން މައިލޯތަށި ބޯން އައި މިޝްކު ކަންތައް ނިންމާލިއެވެ. ފުންނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލީ މީހާ ހަމަޖެހިލުމަށެވެ.

“އޯލެވެލް ނަތީޖާ ލިބުނު ރޭގައި އަހަރެންގެ މަންމަ އާއި ބައްޕަގެ ފަރާތުން އަހަރެންގެ އެކުވެރިންނަށާއި ޓީޗަރުންނަށް ކުޑަ ޕާޓީއެއް ބޭއްވި. އެޕާރޓީއަށް އަހަރެން އައްޔަދަށް ވެސް ދައުވަތު ދިނިން. ޕާރޓީ ފެށިގެން އެތައް ވަގުތެއް ފާއިތުވިއިރު ވެސް އައްޔަދެއް ނައި. އެކަމަކު އަހަރެންގެ ހިތް ފޮތިފޮތިކޮށްލަން އޭނަ ހަތިޔާރަކަށް ހެދި ހުދު ކަރުދާސްގަނޑު އަހަރެންނަށް ލިބުނު. އޭގައި ރަތް އަކުރުން ލިޔެފައި އޮތީ އޭނަ އަހަރެންދެކެ ލޯބިނުވާ ވާހަކަ. ފުރައިގެންދާ ވާހަކަ. އޭނަ އެހެން ކުއްޖަކު ދެކެ ލޯބިވާ ވާހަކަ. އަހަރެންގެ ފަރާތުން މަޢާފަށް އެދިފަ. އަހަރެން ވަރަށް ދެރަވި. ގަބޫލުކުރަން ވެސް ވަރަށް ދަތިވި. އެކަމަކު ހަގީގަތް ކުރިމަތީގައި ފާޅުވުމުން އަހަރެން ވަރަށް ބަލިވި. ރަށު މަރުކަޒުގައި އަހަރެން އެޑްމިޓްކުރި. އޭގެފަހުން އަހަރެންނަށް އެނގުނީ އަހަރެން ބަނޑުބޮޑުކަން. އެކަން އެނގުމުން ވެސް އަހަރެން އައްޔަދު ހޯދަން ވަރަށް މަސައްކަތްކުރިން. އެކަމަކު ކާމިޔާބެއް ނުވި. ޝިނާން އަހަރެންނަށް ފެނުނީ އެރޭ ޕާރޓީ ތެރެއިން. އެންމެފުރަތަމަ ނަޒަރުން ވެސް ޝިނާނަށް އަހަރެން ކަމުދިޔަ. އޭރު ޝިނާން ރަށަށް އައިސް ހުރީ އޭނާގެ ބައްޕަ އާއި އެކު ވިޔަފާރި ދަތުރެއްގަ. ފުރުމާއި ހަމައަށް އެކި ގޮތްގޮތުން ޝިނާން އައީ އަހަރެންނާއި ވާހަކަދައްކަން މަސައްކަތްކުރަމުން. އައްޔަދު އަހަރެންނާއި މެދު ކަންތައް ކުރި ގޮތުން އަހަރެން ހުރީ ފިރިހެނުން މަތިން މުޅިން ފޫހިވެފަ. އެހެންކަމުން އަހަރެން އައީ ޝިނާން ދުރުކުރަމުން. އެކަމަކު ޝިނާން އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހޭ. އަހަރެން ބަނޑުބޮޑުކަން ޝިނާނަށް އެނގުނީ ކިހިނެއްކަން އޭރު އަހަރެންނަށް ނޭނގޭ. އެވާހަކަ އަހަރެންނާއި ދިމާލަށް ޝިނާން ބުނީމަ އަހަރެންނަށް ވެސް ސިހުމެއް ލިބުނީ. ފަހުން އަހަރެންނަށް އެނގުނީ އެވާހަކަ  ޝިނާން ކައިރީގައި ބުނީ އަހަރެންގެ އެންމެ އެކުވެރި ޒޯހަލް ކަން. ޝިނާން ބޭނުންވީ އެބަދުނާމުން އަހަރެން ސަލާމަތްކުރަން. އަހަރެންނާއި އިންނަން. އޭރު އަހަރެންނަށް ކިރިޔާ ސަތާރަ ފުރުނީ. އެދުވަހު އަހަރެންނަށް ޔަގީންވެއްޖެ ޝިނާން ކަހަލަ ފިރިހެނެއް މިދުނިޔޭގައި މަދުން ނޫނީ ނޫޅޭނެކަން. އަހަރެން އެންމެ ފުރަތަމަވެސް މަންމަ އާއި ބައްޕަ އަށް އަހަރެން އިން ހާލަތު އޮޅުންފިލުވާދިނިން. ކޮންމެ މަޔަކާއި ބަފަޔަކުވެސް ބުރަ މަސައްކަތްކޮށްގެން އުއްމީދުތަކެއް ކޮށްގެން އައި ދަރިއަކަށް އެވަރުގެ ބޮޑު ފާފައަކަށް އަރައިގަތުމުން އަންނާނެ ރުޅި އާއި ކުރާނެ ހިތާމަ އެދުވަހު އަހަރެންނަށް އިހުސާސްވި. އަދި މަންމަގެ ރުޅި އާއި އަނިޔާ އާއި ވެސް ކުރިމަތިލިން. މައިލަގޮނޑިއަށް ކެތްނުވާނޭ ބުނާ އުސޫލުން އޭގެ ފަހުން ހަފްތާއެއްހާ ދުވަސް ފަހުން އަހަރެންނަށް ހަމްދަރުދީގެ ލޮލަކުން މަންމަ ވެސް ބައްޕަ ވެސް ބަލާލީ. އެދުވަހު ޝިނާން މަންމަމެންނާއި ބައްދަލުކޮށް އަހަރެންނާއި އިންނަން ބޭނުންވާކަމަށް ބުނީ. މަންމަމެން ޝިނާނަށް ޝުކުރުވެރިވި. އަދި ހަމަ އެދުވަހު އަހަރެމެންގެ ކައިވެނީގެ ކަންތަކާއި އުޅުނު. އަހަރެންނަކީ ސަތާރަ އަހަރުގެ ކުޑަ ކުއްޖަކަށް ވީތީ އެތައް ގޮންޖެހުން ތަކާއި ކުރިމަތިވި. އެކަމަކު އެހުރިހާ ކަމަށް ފަހު ވެސް ޝިނާން އެނބުރި މާލެ އައީ އަހަރެންގެ އަންބަކަށް ހަދައިގެން. މާލެ އައި ފަހުން އަހަރެންނަށް އެނގުނީ ޝިނާންގެ ކައިވެނި މަޖްބޫރުން ނޯޔާ އާއި ކުރުވާފައިވާކަން.  ޝިނާން އަހަރެންނަށް ހުރިހާ އެއްޗެއް ކިޔާދިން. ނޯޔާ އެއީ އޭރުވެސް ވަރަށް ގޮތުގައި ހުންނަ ކުއްޖެއް. މާބޮޑަށް މިނިވަންކަން އޭނާ ބޭނުން. އަހަރެންނަކީ ޝިނާންގެ އަންބެއްކަން އޭނާ އެއްވެސް މީހެއް ގާތުގައި ނުބުނޭ. އަހަރެން ބެހެއްޓީ ވެސް ވަކިން. ވިހަން ވަންދެން އަހަރެންގެ އެއްވެސް ކަމަކާއި ފަރުވާކުޑައެއްނުކުރޭ. ސައްހަނޫން ކައިވެންޏަކަށް ވިޔަސް އަހަރެމެން ދެމީހުން މެދުގައި ވަރަށް ގާތް ރަހްމަތްތެރިކަމުގެ ގުޅުމެއް އުފެދިގެންދިޔަ. އަހަރެންގެ ބަނޑުގައިވާ ދަރިފުޅާ ބެހޭ ގޮތުން ޝިނާން ސުވާލުކުރީ އެންމެ ދުވަހަކު. އަހަރެން އެއްވެސް މީހެއް ގާތުގައި އެއި އައްޔަދުގެ ދަރިއެކޭ ނުބުނަން. މަންމަމެން ގާތުގައި ވެސް ނުބުނަން. އޭގެފަހުން އެއީ ކާކުތޯ އޮޅުންފިލުވަން ޝިނާން މަސައްކަތެއް ނުކުރޭ. އަހަރެންގެ ކަމަކަށް ވެފައި އޮންނަނީ ބޭވަފާތެރި ލޯބިވެރިޔާއަށްޓަކައި ރެއާއި ދުވާލު ކަރުނައެޅުން. އެހެންގޮސް ދުވަސް ނުފުރާ އަހަރެން ވިހެއީ އަންހެންކުއްޖެއް. އާއިޝަތު ޔުމްނު ޒީންް. ޒީން ފަހަތަށް ގެނައީ އަޔާ މަންމަ އަށް ކިޔަނީ ޒިންދު އަށްވީމަ ގުޅުވާލަން ވެގެން. އަހަރެން ކިތަންމެ ބޭނުންވިޔަސް އައްޔަދުގެ ނަން ގުޅުވޭކަށް ނެތް. ދަރިފުޅުގެ އުމުރުން ހަމަސް ވީ ފަހުން އަހަރެންނަށް އެނގުނީ ޔުމްނު އަކީ ތެލަސީމިއާ ބަލިި ވާރުތަވާ ކުއްޖެއްކަން. އެއީ ވެސް އައްޔަދު އޮޅުވާލި އޮޅުވާލުމެއް. އަހަރެންނަށް އެނގިފައިވާ ގޮތުން ވިއްޔާ އައްޔަދަކީ ލެއަޅާބަލި ވާރުތަވާ މީހެއް ނޫން. ޔުމްނު އާއި އައިކު އެއީ ހަމަ އެއް ތަތްގަނޑެއް. ޖަނާނަށް ވެސް ޔުމްނު ފެނުނުނަމަ އެކަން ގަބޫލުކުރެވުނީސް. އެތައް ދުވަހަކު ޔުމްނު ބަލިކޮށް އުޅުމަށްފަހު އެކުޑަކުޑަ ފުރާނަ އެންމެފަހުން ފަހު ނޭވާ ދޫކުރީ އަހަރެންގެ މިއަތް މަތީގައި. އެދުވަހު އަހަރެން ހިއެއް ނުކުރަން އަހަރެންވެސް ދުނިޔެވެރިވާނެ ކަމަކަށް. އެކަމަކު އެދުވަސް މިހާރު މާޒީއާއި އެކުވެ ހިންގައްޖެ. އަހަރެންގެ އާއިލާ އާއި ޝިނާންގެ މިންނެތް މަސައްކަތުން އަހަރެން ހިތްވަރާއެކު ދިރިއުޅުމައިގެން ކުރިއަށް ދިޔައިން. އެދުވަސްކޮޅު ނޯޔާ ބަނޑުބޮޑުވެ މިޝްކު ވިހެއީ. އޭނަ ތުއްތު ކުއްޖާ އަށް ގާތުން ކިރުފޮދެއް ދޭން ވެސް މުސާރައެއް ކަނޑައެޅި. އެ ކުއްޖާއަށްޓަކައި ޝިނާން ވި ގުރުބާނީތައް އަހަރެންގެ ދެލޮލުން ދުށީ. އޭރު ޝިނާން އަހަރެން ވަރިކުރިތާ ވާނީ އެންމެ މަހެއް. ޝިނާން އަހަރެންނާއި އިނުމުގެ ކުރިން ވެސް ބުނި އެކައިވެނި ރޫޅާލާނަމޭ. ހަމައެކަނި އަހަރެން ދުނިޔޭގެ ލަދުން ސަލާމަތްކޮށްދިނީ އޭނަ. ޔުމްނު މަރުވިފަހުން ޝިނާނާއި އަހަރެން ވަރިވީމަ މީހުން ވަރަށް ފާޑުފާޑުގެ ވާހަކަ ވެސް ދެއްކި. އަހަރެމެން އަޅައެއް ނުލަން. ނޯޔާ ފިލައިގެން ދިޔުމުން ކުޑަކުޑަ މިޝްކު ގޮވައިގެން ޝިނާން އައީ އަހަރެންގެ ކައިރިއަށް. އަހަރެން އެކުއްޖާ އަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދަދިނިން. ނޯޔާގެ ވަރީގެ ކަންތައް ކޯޓުން ނިމުނު ފަހުން ވެސް ޝިނާން އަހަރެން ކައިރީގައި ލޯބިވާ ވާހަކަ ބުނެ ކައިވެންޏަށް އެދުނު. އޭރުވެސް އަހަރެންގެ މި އަމިއްލަ އެދުމުން ފޯވެފައިވި ހިތް އެދެމުން އައީ އަނިޔާވެރި އައްޔަދަށް. އުޑުމެދުގައި ހުރި ތަރިތައް އަހަރެންގެ އަތްޖެހޭ ހިސާބުގައި ހުރިއިރު ވެސް އަހަރެން ލޯބިކުރީ ބިމުގައި ހުރި ހިލަކޮޅުތައް ހޮވަން. އަހަރެންވެސް އަމިއްލަ އެދުން އިސްކޮށް ޝިނާނަށް ފުރަގަސްދިނީ……އަށްއަހަރު ވަންދެން ހަމައެކަނި މިޝްކުގެ މަންމައަށް ވެގެން އަހަރެން ޝިނާންގެ ހިމާޔަތުގައި ހޭދަމިކުރީ. އަހަރެންގެ ކިޔެވުން ވެސް ގުރުބާން ކުރީ މިޝްކުއަށްޓަކައި. މިޝްކު އަކީ ކިޑްނީ ބަލި ހުންނަ ކުއްޖަކަށް ވެފައި އަދި އަންހެންކުއްޖަކަށް ވީތީ އެކުއްޖާ ބައްޕައެއްގެ އަތަށް ދޫކޮށްނުލެވޭނެތީ. ޝިނާންގެ މަންމަމެން ވެސް އަބަދުވެސް ރާއްޖޭން ބޭރުގައި އުޅޭތީ އެކަހަލަ ތަނަކަށް މިޝްކު ފޮނުވެން ނެތީމަ. ޝިނާނަށް ވެސް ވަރަށް ފަހުން އެނގުނީ ޔުމްނުގެ ބައްޕައަކީ އައްޔަދު ކަމާއި އަހަރެން ލޯބިވަނީ އައްޔަދު ދެކެ ކަން. އޭނާ އަހަރެންދެކެ އިންތިހާ އަށް ލޯބިވާއިރު ވެސް އަހަރެންގެ އުފަލަށްޓަކައި އަމިއްލަ ލޯބި އެހިތުގައި ފަސްއަޅާ ފޮރުވީ. އެކަން އަހަރެންނަށް އެނގޭ. އަހަރެންގެ އަމިއްލަ އެދުން ބޮޑުކަމުން ޝިނާނަށް ފުރަގަސްދީފައި އައްޔަދުގެ އަތުގައި ހިފީ. ކައިވެނި ކުރުމުގެ ކުރިން ވެސް އަހަރެންނަށް އެނގޭ އައްޔަދު އަހަރެން ދެކެ ލޯބިނުވާކަން. އެކަމަކު ވެސް އަހަރެން އަށްއަހަރު ދުވަހު އިންތިޒާރުކުރި ލޯބި ކާމިޔާބުވާން އުޅުނު ވަގުތު މޫނު އަނބުރާލަން ބޭނުންނުވީ. އެކަމަކު އެކައިވެނިން ވެސް އަހަރެންނަށް ލިބުނީ ވޭނާއި ހިތާމަ. އަނިޔާ އާއި ކަރުނަ. އަހަރެން ކިތަންމެ ފަހަރަކު އެދުނިން ލޯބިނުވިޔަސް ހަމަ އެންމެ ފަހަރަކު ފިރުމާލަ ދިނުމަށް…… ދެން އެވާހަކަ ބާއްވަމާ…. ދައްކައިގެން ވާނެ އެއްވެސް ފައިދާއެއް ނެތް. ޖަނާން އޮޅުންފިލުވަން ބޭނުންވި ކަންތައް މިކިޔާދެވުނީ…..” ދެލޮލުން އައި ކަރުނަތައް ފޮހެލުމަށްފަހު ރިމީޝާ ބަލާލީ ފަހަަތުގައި ހުރި ޖަނާނަށެވެ. ޖަނާނަށް ރޮވެނީއެވެ. މާބޮޑަށް ހިތަށް އަސަރުކުރީއެވެ.

“އަހަރެންނާއި ނޯޔާ އާއި އޮތީ ކޮން ތަފާތެއް. އަހަރެންވެސް މިނިވަންކަން މާބޮޑަށް ބޭނުންވީ. ދަރއިަކު ލިބުނީމަ ފިލައިގެން ދިޔައީ. އެދަރިފުޅުގެ މޫނު ދެކެންވެސް އެންމެ ފަހަރަކު ވެސް ހިތަށް ނޭރި. އަހަރެންގެ ހިތަކީ ކޮންކަހަލަ ހިތެއްތަ؟ ނޯޔާ ދަރި އެއްލާލީމަ އެކުއްޖާ އަށް މަންމައެއްގެ ލޯބިދީ ތަރުބިއްޔަތު ކުރީ ރިމީ. މިއަދު އަހަރެންވެސް ދަރި އެއްލާލީމަ އެދަރި އަހަރެން ކުރިމަތީގައި ހުއްޓާ މަންމާއޭ ކިޔާ މުހާތަބްކުރީ ރިމީ އަށް. ރިމީ ތީ ކޮންފަދަ މާތް އިންސާނެއް” ޖަނާނަށް ކުރުފައި މައްޗަށް ތިރިވެވުނެވެ. ރިމީޝާ ޖަނާނަށް ވިސްނައިދިނެވެ. މާޒީވެ ގޮސްފައިވާ ކަންތައް ހަނދާންކޮށްގެން ދުވަހަކުވެސް ބާއްޖަވެރި ދިރިއުޅުމެއް ނުލިބޭނޭ ބުނެ ޖަނާންގެ ތުންފަތްމަތީގައި ހިނިތުންވުމެއް ކުރަހާދިނެވެ.

 

ރޭގަނޑުގެ ކެއުމަށް އައްޔަދު ކޮޓަރިން ނުނިކުންތީ ޒާއިރާގެ އެދުމަށް ޝަނުމް އައިސް އެކޮޓަރިއަށް ވަނެވެ. އޭރު ނިދިފައި އޮތް އައިކުގެ މޫނަށް ބަލަހައްޓައިގެން އެނދު ކައިރީގައި ކޮޅަށް އައްޔަދު ހުއްޓެވެ. ޝަނުމް ވަންކަން އެނގުމުން އައްޔަދަށް ސިހުމެއް ލިބުނެވެ. އަވަސް އަވަހަށް ޝަނުމް އަށް ހިނިތުންވުމެއް ދިނުމަށްފަހު އެނދުގައި އިށީނެވެ.

“ދޮންބޭ!! ބަނޑުހައިނުވާ ރެއެއްތަ؟” ޝަނުމް އަހާލިއެވެ.

“ނޫން. ކާން ރެޑީވީތަ؟ ހިނގާ.. ” އައްޔަދު ބުނެލިއެވެ. އޭނާ އެއްވެސް ކަމަކާއި ފިކުރުކުރާކަން އާއިލާ އަށް އެނގި އޭނާގެ ސަބަބުން އެމީހުން ވިސްނަން ބޭނުންނުވާތީ އައްޔަދު ހީލާފައި ބުނެލިއެވެ. ޝަނުމް އައްޔަދުގެ މޫނަށް ބަލަމުން ދިޔައީ ތަފާތު ގޮތަކަށެވެ.

“ކިހިނެއްވީ؟ ކޮންގޮތަކަށް ޝައްނު ތިބަލަނީ” އައްޔަދު އަހާލިއެވެ.

“ކަމެއްނުވޭ. ހިނގާ” ޝަނުމް ކުރީގައި ހުރެ ކޮޓަރިން ނިކުތުމުން ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާލުމަށްފަހު އައްޔަދު ވެސް ނިކުތެވެ. ކާމޭޒު ކައިރީގައި އައްޔަދު އިށީނުމުން  ތަށި ކައިރިކޮށްދިނެވެ. ޝަނުމް އައްޔަދުގެ ތައްޓަށް ރޮށި ފިލުވާދިނެވެ.

“އަޔާ އަށް އެނގޭތަ ޖަނާން ދިޔައީ ކޮންތަނަކަށްކަން” ޒާއިރާ އަހާލިއެވެ. އައްޔަދު އިވޭ ކަމަކަށް ނެހެދިއެވެ.

“ޒާއްތައަށް އެނގޭ އަޔާ ޖަނާންގެ ވާހަކަދައްކަން ބޭނުންނުވާކަން. އެކަމަކު ވެސް ބަލާލަންވާނެެއްނު” ޒާއިރާ ބުނެލިއެވެ.

“އޭނަ މިތަނަށް ގެނައީ އަހަރެންނެއްނޫން. އަހަރެން ބަލާކަށް ބޭނުމެއްނޫން އޭނަ ދިޔަތަނެއް” ފަރުވާކުޑަ ގޮތަކަށް އައްޔަދު ބުނެލިއެވެ.

“ރިމިއްތަ އެނަ އެބައިގަ ބެހެއްޓީ” ޝަނުމް ބުނި އެއްޗަކުން އައްޔަދަށް ޖެހުނީ އަނގައާއި ކައިރިކޮށްލި ސަމްސާ ދުރުކޮށްލާށެވެ.

“ކީކޭ؟” ޝަނުމްގެ މޫނަށް ބަލާލަމުން އައްޔަދު ބުނެލިއެވެ.

“އާނ… ހެނދުނު މެސެންޖާއިން ރިމިއްތާ ގޮވާލާފައި އިނީމަ ގުޅީ. ގުޅީމަ ބުނީ” ޝަނުމް އިތުރަށް އޮޅުންފިލުވާދިނެވެ.

“ޔާ ﷲ. އެފަދަ ތަރުބިއްޔަތެއް ކޮންމެ ދަރިއަކަށް ވެސް މިންވަރު ކުރައްވާށި. ޖަނާން އެމަންޖެ އަށް ނުޖައްސަނީ ކޮންހާލެއް. އެމަންޖެގެ މުޅި ދިރިއުޅުން ހަލާކުވެގެން ދިޔައީ ޖަނާންގެ ސަބަބުން. އެކަމަކު މިއަދު ޖަނާނަށް އެހީތެރިކަމަށް ބޭނުންވި ދުވަހު އަތްދިއްކޮށްލީ ރިމީ… ކޮންފަދަ މާތް ނަމޫނާއެއް. ހިތްތިރިކަން. ހިތްހެޔޮކަން. ރިމީގެ ފަދަ މާތް ކުއްޖަކަށް ވެވޭތޯ ޝައްނު ވެސް މަސައްކަތް ކޮށްބަލަ” ޒާއިރާ ދައްކަން ފެށި ވާހަކަތަކުން އައްޔަދަށް އުނދަގު ވަމުން ދިޔައެވެ. ރިމީޝާ ކައިރީގައި ޖަނާން ހުންނާކަށް އެއްގޮތަކަށް ވެސް އޭނާ ނެދޭއެވެ. ރިމީޝާގެ ހިތް ކާމިޔާބު ކުރުމަށް ދެން އެބަޔަށް ވެސް ދެވެން ނޯންނާނެތީ އައްޔަދު ޖަނާންދެކެ އިތުރަށް ފޫހިވިިއެވެ.

“ޒާއްތާ!!! ޝައްނު އެއްވެސް މީހެއްގެ ދިރިއުޅުން އަދި ހަލާކު ނުކުރަން. ކީއްވެ ޝައްނު ކައިރީގައި ތިހެން ތިބުނީ…” ކަންބޮޑުވެފައި ކާން އިން ޝަނުމް ބަލާލީ ޒާއިރާ އަށެވެ.

“މިބުނީ ޝައްނު ހަލާކު ކުރި ވާހަކައެއް ނޫނޭ މޮޔަޔާ… ޝައްނު އެކަހަލަ ކަމެއް ނުކުރައްޗޭ. ރިމީ ކަހަލަ ހިތްތިރި ހިތްހެޔޮ ކުއްޖަކަށް ވާށޭ…” ޒާއިރާ ފިލިތަކަށް ދަމާލާފައި ޝަނުމް އަށް އޮޅުންފިލުވާ ދިނެވެ.

 

ދުވަހަކީ ހުކުރު ދުވަހެއްގެ މެންދުރުފަހުގެ ވަގުތެވެ. މިޝްކު ހިތްހަމަޖައްސާލުމަށްޓަކައި ރިމީޝާ ވަނީ ކުޑަ ދަތުރަކު ވިލިމާލެ އަށް އައިއްސައެވެ. އެކުގައި ޖަނާނާއި ޒޯހަލް ވެސް ބައިވެރިވިއެވެ. ރަށުގައި ނެތުމުން ޝިނާނަށް ބައިވެރިނުވެނެވެ. ވިލިމާލޭގައި ހުންނަ ޕޮލިސް ސްޓޭޝަނާއި ދިމާ ކުރިމައްޗަށް އޮންނަ މޫދަށް އެރޭ ސަރަހައްދުގައި އެތައް ބަޔަކު ހަރަކާތްތެރިވަމުން ދިޔައެވެ. ކުޑަކުދިންނާއި ދެޖިންސުގެ ޒުވާނުންނެވެ. ބައެއް މީހުން އެއްގަމުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅެމުން ދިޔައިރު އަނެއްބަޔަކު ގުރޫޕް ހަދާލާފައި ނޫޑްލްސް އާއި މަސްބަތް ފަދަ ކާއެއްޗެހި ކާން ތިއްބެވެ. އެހުރިހާ މީހުންގެ ސަކަރާތުގެ އަޑުން މުޅި ތަނުގެ ހަމަހިމޭންކަން ވަނީ ނަގާލާފައެވެ.

މަޑުކޮށްލާނެ ރަނގަޅު ތަނެއް ހޯދަމުން ރިމީޝާ އާއި ޒޯހަލް އައި އިރު މިޝްކު އަތުގައި ހިފައިގެން ފަހަތުން ޖަނާން ވެސް އާދެއެވެ. ވިލިމާލެ ފަދަ އާދައިގެ ކުޑަކުޑަ ރަށަކަށް ހަޔާތުގައި އެންމެ ފުރަތަމަ ފަހަރު އާދެވުމުން ޖަނާން ދިޔައީ ވަރަށް ރަނގަޅަށް އެކިދިމާ ހޯދަމުންނެވެ. ބައެއްފަހަރު މިޝްކުގެ ވާހަތަކަށް ވެސް އާނހޫނ ޖަހާލައެވެ. މީހުން މަދު ރަނގަޅު ތަނެއް ފެނުމުން ރިމީޝާ އެތަނުގައި މަޑުކޮށްލިއެވެ. އަދި ގެނައި ދަބަސްތައް ބެހެއްޓުމަށްފަހު މަޑު ދޮންވެލިގަނޑު މަތީގައި ޖައްސާލިއެވެ.

“ދަރިފުޅު ބޭނުންތަ މޫދަށް އެރިލަން” މޫދުގައި ސަކަރާތް ޖަހަމުން ދިޔަ ކުޑަކުދިންގެ ގުރޫޕަކަށް ބަލަން ހުރި މިޝްކު ފެނުމުން ރިމީޝާ އަހާލިއެވެ. މިޝްކު ބޯޖަހާލުމުން ރިމީޝާ މިޝްކު ކައިރިއަށް ގެނެސް ކަރުގައި އާއި އަތާއި ފައިގަ ހުރި ގަހަނާތައް ނެގިއެވެ. އަދި ހަށިގަނޑުގައި ކްރީމް ހޭކުމަށްފަހު ދެން ދިޔަސް ކަމުގައި ބުންޏެވެ. މިޝްކުގެ ބަލީގެ ސަބަބުން ކުރިން މޫދުގެ ލޮނުގަނޑުގައި ޖެހުމުން ހަންގަނޑު ހަލާކުވާތީ މިހާރު މަދުމަދުން މޫދަށް އެރުވުން ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

“ރިމީ!! ރިމީ ލައިގެން ތިހިރަ ހެދުމުން ވެސް އެނގޭ މޫދަށް އެރެން ރެޑީނޫންކަން. އަހަރެން ދާނަން މިޝްކޮ ގޮވައިގެން” ޖަނާން ބުނެލިއެވެ. ޒޯހަލް ޖަނާން އަށް ބަލާލީ ދެލޯ ވަށް ކޮށްލަމުންނެވެ. ރިމީޝާ ހީލާފައި ބޯޖަހާލުމުން ޖަނާން މިޝްކޮގެ އަތުގައި ހިފައިގެން ދުވެލާފައި ދިޔައެވެ.

“މަގޭ ރިމީގެ މޮޔަކަމާއެވެ….” ރިމީޝާގެ ބޮލުގައި ޖަހާލަމުން ޒޯހަލް ރާގުލާފައި ބުނެލިއެވެ.

“މިހާރު ކިހިނެއްވީ؟” މިޝްކު ޖަހަމުން ދިޔަ ސަކަރާތް ފޯނުން ވިޑިއޯ ކުރަމުން ރިމީޝާ ބުނެލިއެވެ.

“ރިމީ!! ރިމީ އަށް ހާދަ ނުވިސްނެޔޭ… ވިހަ ނުލާނެކަމަށް އަމިއްލަ އަތުކުރީގައި ހަރުފަ ގެންގުޅޭކަށް ނުވާނެ” ޒޯހަލް ބުނެލިއެވެ. ފޯނު ތިރިކޮށްލަމުން ރިމީޝާ ޒޯހަލްގެ މޫނަށް ބަލާލިއެވެ.

“ވިހަ ލެވޭނީ ހަށިގަނޑުގައި ވިހަ ހުރެގެނެއްނު. އެ ހަރުފައިގެ ހަށިގަނޑުގައި ހުރި ވިހަތައް ބޭރުކޮށްފައި ހުރީ މިހާރު” ރިމީޝާ ބުނެލިއެވެ.

“ރިމީ! މީހުންނަށް އެހާ އަވަހަށް އިތުބާރުނުކުރޭ. ތިއީ ބައްޔެއް. އެންމެ ހީނުކުރާ މީހާ ތިމާ އަނދަވަޅަކަށް ވައްޓާލާނީ” ޒޯހަލް މަސައްކަތްކުރީ ރިމީޝާ އަށް ވިސްނައި ދިނުމަށެވެ.

“ޒޯ!! މަށަށް އެނގޭ ޒޯ އަކީ މަށަށް ވަރަށް ހެޔޮއެދޭ ރައްޓެއްސެއްކަން. އެކަމަކު… މިފަހަރު ޔަގީންކުރޭ… އަހަރެން މިއުޅެނީ ވަރަށް ވިސްނައިގެން. ޖަނާން ހުރީ ވަރަށް ބޮޑަށް ބަދަލުވެފައި. އޭނާ ބޭނުންވަނީ އައްޔަދާއެކު އުފާވެރި ހަޔާތެއް. އަހަރެން އެކަމުގައި އޭނާ އަށް އެހީމިވަނީ” ރިމީޝާ އޮޅުންފިލުވައިދިނެވެ. ޒޯހަލް ފަހަތުން ފަސްގަނޑުގައި ދެއަތް ވިއްދާލަމުން މޫދަށް ނަޒަރު ހުއްޓާލިއެވެ.

“ދެން ކީކޭ ބުނާނީ… ރިމީވިއްޔާ. އެކަމު ބުނަން އެއްހާސް ފަހަރު ވިސްނާފަ ނޫން ގޮތަކަށް އެއްވެސް ކަމެއް ނުކުރާތި” ޒޯހަލް އިންޒާރެއްދޭ ފަދައިން ރިމީޝާ އަށް އެންގިއެވެ. ރިމީޝާ ހީލަމުން ބޯޖަހާލިއެވެ.

 

ހަފްތާއެއް ފަހެވެ. އައްޔަދު ތައްޔާރުވެގެން މަޑުކޮށްލައިގެން ހުރީ ޓެރަސް މަތީގައެވެ. ގަޑިން ރޭގަނޑު ނުވައެއް ޖަހަން ހުރީ ފަސް މިނިޓެވެ. އަނދިރިކަން ވެރިވެފައިވާ އުޑުމަތީގައި ތަރިއެއްހާ ހިސާބު ވެސް ފެންނަން ނެތެވެ. އައްޔަދުގެ ހަޔާތް ފަދައިން ދުނިޔެމަތި ވެސް ވަނީ ފަޅުވެފައެވެ. މަޑުމަޑުން ޖެހިލާ ތެތްފިނި ވައިރޯޅިން ހިތަށް ހަމަޖެހުން ލިބުނަސް ބައްދަލުކުރަން އުޅޭ މީހާގެ ގޮތުން ލިބެންވާ ހަމަޖެހުން އޭނާ އަށް ނުލިބޭއެވެ.

ރެއލިންގް ގައި އަތް އަޅުވާލައިގެން ހުރި އައްޔަދު ސިހުނީ އޭނާގެ އަތުގައި އެއްވެސް ހަރުހެއްނެތި ފެހި ކުލައިގެ ތުނި ފޮތިގަނޑެއް ބީހިލުމުންނެވެ. ފަހަތަށް އެނބުރި ބަލާލުމުގެ ކުރިން އޭނާގެ ނޭފަތުގައި ސެންޓްވަހެއް އައިސް ޖެހުނެވެ. އޭނާގެ މޫނަށް ވެރިވީ ފޫހިކަމެވެ.

“ހޫނ… ތި ދައްކަން އުޅެ ވާހަކައެއް ދައްކަބަލަ. އަހަރެން މިހުރީ އަޑުއަހަން” އެނބުރިވެސް ނުލާ އައްޔަދު ބުނެލިއެވެ. ދެރަވެފައި ހުރި ޖަނާން އައްޔަދާއި އެއްހަމައެއްގައި އައިސް ހުއްޓިލިއެވެ. އެއަށްފަހު ކަރުނަވީ ދެލޮލުން އައްޔަދަށް ބަލާލިއެވެ.

“އަހަރެންނަށް އެނގޭ އަހަރެންނަށް އަޔާގެ މަޢާފް ހައްގެއް ނޫންކަން. އެކަމަކު ވެސް އަހަރެން ބޭނުން މަޢާފަށް އެދެން. ކުރެވުނު ހުރިހާ ކުށަކަށް. ބުނެވުނު ހުރިހާ ބަހަކަށް” ޖަނާން ބުނެލިއެވެ.

“އަހަރެން ޖަނާނަށް މަޢާފް ކޮށްފިން. އެކަމަކު އަހަރެންނާއި މެދު ޖަނާން ކަންތައްކުރި ގޮތް ދުވަހަކުވެސް އަހަރެންގެ ހިތަކުން ނުފިލާނެ. އަދި ޖަނާންގެ ލޯބީގެ ދަޅައިގާ ޖެހި މައުސޫމް އަންހެންކުއްޖެއްގެ މުޅި ދިރިއުޅުން ނަރަކައަށް އަހަރެންގެ ދެއަތުން ހަދާލެވުނު ކަން ވެސް އަހަރެންގެ ހިތަކުން ނުފިލާނެ” ފަރުވާކުޑަ ގޮތަކަށް އައްޔަދު ބުނެލިއެވެ. ޖަނާން ދެލޯ މަރާލިއެވެ. ކުރިން ވެސް އައްޔަދުގެ ފަރާތުން ލިބޭނީ އެޖަވާބުކަން އޭނާ އަށް އެނގޭ ކަހަލައެވެ.

“އަހަރެންނަށް ހަމަ އެންމެ ފުރުސަތެއްދީ. އަހަރެން މިތަނަށް މިއައީ ވެސް އަޔާ އެާއި ދަރިފުޅަށްޓަކައި” ޖަނާން ރޮވިފައި ބުނެލިއެވެ.

“ދަރިފުޅޭ… ހެހެހެ… ޖަނާންގެ ދަރިއެއް އަހަރެން ކައިރިއަކު ނެތް. ދެން އަނެއް ކަމަކީ އަހަރެންގެ ހަޔާތުން ރިމީޝާ ނޫން އެއްވެސް އަންހެންކުއްޖަކަށް ޖާގައެއް ނެތް. ރިމީޝާ ނުލިބިއްޖެނަމަ އަހަރެން ހުންނާނީ ހުސްކޮށް. ދުވަހަކު ވެސް މީހަކާއި ނީންނާނަން. މިހާރު އަހަރެންނަށް ރިމީޝާ ލިބެން ވަރަށް ކައިރިވެއްޖެ. އޮތީ ކުޑަކުޑަ ހިތްވަރެއް ކޮށްލުން. ޖަނާން އެނބުރި އައި ތަނަކަށްދޭ. އޭރުން އަހަރެންނަށް ފަސޭހައިން އަހަރެންގެ މަންޒިލަށް ވާސިލްވެވޭނީ” އައްޔަދު ވާހަކަދައްކަމުން ދިޔައެވެ. އަޑުއަހަން ހުރި ޖަނާންގެ ހިތް ތޮރުފަމުން ދިޔައެވެ. ދެލޮލުން ފައިބާ ކަރުނަތައް ފޮހެލުމާއެކު އަނެއްކާ ވެސް ދެލޮލުގައި ތާޒާ ކަރުނަތައް އުފެދެން ފަށައެވެ.

“ރިމީޝާއޭ… އަޔާ ކޮންއިރަކު ރިމީޝާ ދެކެ ތިހާ ލޯބިވީ” ކަރުނައިގެ ތެރެއިން ޖަނާން އަހާލިއެވެ.

“އަބަދުވެސް. ކުރިން ޖަނާންގެ ރީތިކަން އަހަރެންގެ ބޮލަށް ސަވާރުވެފައި ހުރުމުން އެކަން އިހުސާސްނުވީ. އެކަމަކު ޖަނާން އަހަރެންނާއި އިންނަން އޮތް ރޭގައި ފިލައިގެން އެހެން ފިރިހެނެއްގެ ފަހަތުން ދިޔުމުން އެކަން އަހަރެން ހަނދާންވީ. މިހާރު އަހަރެންގެ ވިސްނުމާއި ގުޅިފައިވަނީ ހަމައެކަނި ރިމީޝާ” އައްޔަދު ޖެހިލުމެއްނެތި ބުނެލިއެވެ.

“އެކަމަކު ރިމީ މިހާރު އެއީ މީހެއްގެ އަންބެއް. ކިހިނެއް އައްޔަދު އޭނާ ހޯދާނީ. އަންހެނަކަށް ދެފިރިހެނުން ހުއްދައެއް ނޫން” ޖަނާން ދެލޯ ފޮހެލަމުން ބުނެލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Other Articles

Previous

ޖާދޫވި މޫނު (4)

Next

ވަކިވެދިޔަޔަސް… (3)

Next
May 7, 2018

ވަކިވެދިޔަޔަސް… (3)

Previews
May 6, 2018

ޖާދޫވި މޫނު (4)

47 Comments!

  1. aju says:
    May 7, 2018 at 12:11 am

    finally.. me first yeii

    1. Ushaali says:
      May 7, 2018 at 2:32 pm

      Thanks aju❤❤❤

  2. Ushaali says:
    May 7, 2018 at 12:24 am

    Salaam all!!
    vaahaka las v ushaaly vaahaka kuriah gendhaane ideas nethigeneh noon adhi lazy vegeneh ves noon kudhinney… off dhuvasthah v ma roadha ah kuran jehey baeh maskai huryma gina vaguthu maaleyga ulhen jehuny. vr bodah maafah edhen.
    mi bai ves huriha kudhin kiyaalaane kamah adhi kamudhaane kamah ummydhu kuran. 🙂
    maadhama rey dhn in part genesdheynan. insha allah 🙂 ushaaly ummydhu kuran inthizaaru kuri kiyuntheringe maaf libeyne kamah 🙂 🙂 🙂

  3. Shafaq says:
    May 7, 2018 at 12:25 am

    Thanks dear… ???

    1. Ushaali says:
      May 7, 2018 at 2:33 pm

      Thanks shafaq ❤❤❤

  4. Aishath Shiuna says:
    May 7, 2018 at 12:28 am

    Jumaana Naeem

    1. Ushaali says:
      May 7, 2018 at 2:33 pm

      Thanks dhekudhin ❤❤❤

  5. Amu ❤️ says:
    May 7, 2018 at 12:29 am

    Well finally up vejje ☺️
    Delay viyas salhi nd dhigu part eh v ma no complain ??
    Waiting for the next ep ??

    1. Ushaali says:
      May 7, 2018 at 2:34 pm

      Thanks Amu ❤
      Mirey kiyaalan libeyne. Insha allah ❤❤

  6. Aysh says:
    May 7, 2018 at 12:46 am

    Inthizaaru ga ove ove varu bali v fahun thi up kury.. mirey miothy mi vahaka up nukuri nama nunidhan kamah nimmaigen.. v nice mi part ves nd thnax mirey thankolheh dhigu koh genesdhiny thy.. keep it up luv yu ushaali ❤️❤️❤️?

    1. Ushaali says:
      May 7, 2018 at 2:36 pm

      Awwwww luv you too aysh ❤
      V happi vehjje story ah thihaa bodah inthizaaru kureethee…. Thankyou so much ❤❤❤

  7. Eleven says:
    May 7, 2018 at 2:42 am

    Yay finally❤❤? v reethi

    1. Ushaali says:
      May 7, 2018 at 2:37 pm

      Thankyou Eleven ❤❤

  8. Unknown guy says:
    May 7, 2018 at 5:40 am

    Yayyyy. V v v reethi mi bai ves. Waiting for next part ? ? ? ?

    1. Ushaali says:
      May 7, 2018 at 2:38 pm

      Thankyou Unknown guy ❤❤❤

  9. lotus says:
    May 7, 2018 at 7:47 am

    hama curious vaathee ahaalee.. covr pic change vaane tha adhi

    1. Ushaali says:
      May 7, 2018 at 2:40 pm

      Sorry lotus hiyhama nujehuniyyaa ?
      Cover change kuran dhn visnumeh nei ❤
      Thankyou lotus ❤❤❤

  10. shaa says:
    May 7, 2018 at 9:09 am

    inthixaaru, kohkoh varubalivejje but v reethi plx avahah next ep upload kohladhehvhey ushaa …….. ushaa ge number dhevidhaanetha alhe…..?

    1. Ushaali says:
      May 7, 2018 at 2:41 pm

      Thanks shaa❤ shaa thee girl eh tha. Ushaaly r vahaka dhekkeyne page ah gosgen dear ???

  11. Aphro grl says:
    May 7, 2018 at 9:55 am

    V rythi..mi prt ga v rythi ibaaraaiythah beynun koffa hurikan faahaga kollan?? ekamves ebain kuda thankolheh “shanum ayyadh ge thattah roshi filuvaala dhineve” thattah roshi laidhin vaahakatha ebuny.. ushaaly aky aphro v support kura writer eh. Mi site ga genesdhey emme fahaga kollevey stories thakuge therey ushali ge stories thah himeney. A e haqygathugaves v molhuvyma.. migothah faahaga kurevey thanthankolhu bunela dheny hiyhama nujeheythy ehnoon ingey. Fav writer eh v ma.. balaigannaane kamah ummydhu kuran? <3

    1. Ushaali says:
      May 7, 2018 at 2:44 pm

      Thankyou Aphro❤❤
      Thahtyah roshi filuva dhinun e kuh baheh tha? Sorry dear…. Next time visnaanan ingey…❤❤ and thanks dear ❤❤❤

  12. luba says:
    May 7, 2018 at 10:05 am

    wow … masha allah varah rythi mibaives …. ushaa ah kaamiyaabii minvaru kurahvaashi aaameen …

    1. Ushaali says:
      May 7, 2018 at 2:45 pm

      Ameen… Thankyou so much luba ❤

  13. ބޯހަލާކު says:
    May 7, 2018 at 12:17 pm

    މިވާހަކަ ރީތިވާނީ ޝިނާން އާއި ރިމީ ގުޅުވުމުން އައްޔަދު ކަމަކުނުދޭ ރިމީ ުޅުވާނީ ޝީން އާއި ހިނގޭ ދޫނީ

    1. Ushaali says:
      May 7, 2018 at 3:04 pm

      Thanks dear ❤
      Lets see dhw

  14. (އަބޯ މާދިހު (ބޯސާ says:
    May 7, 2018 at 12:59 pm

    އަހާ އުޝާލީ ތިބުނީ ރަނގަޅު ވާހަކައެއް…….. އަންހެން ކުދިން ހަމަ ބިޒީ ވަނިއްޔޭ ރޯދަމަސް އައީމަ…… ވާހަކަ ވަރަށް ސަޅި ޔޫ އަރ ދި ބެސްޓް އުޝާލީ…….. ދެން އޮތް ބަޔަށް އިންތިޒާރު ކުރަން އަވަހަށް އަޕް ކުރައްޗޭ 🙂

    1. Ushaali says:
      May 7, 2018 at 3:05 pm

      Thankyou dear. Mirey ingey ane bai. Insha allah ❤❤❤

  15. maya says:
    May 7, 2018 at 1:00 pm

    vaahaka kiyaalan libunyma vvv happy..ashaali ge story thah hama superp….ayaaa akah rimy eh nulibeyne..huh..dhen beykaaru masaihkaih nukurey..janaan ah chance eh dhy

    1. Ushaali says:
      May 7, 2018 at 3:06 pm

      Thankyou maya ❤❤ dhw…. Ayaa ah ves libunenu ❤❤

    2. maya says:
      May 7, 2018 at 9:51 pm

      beynun nukury ehnu dhw javaahireh libunyma ves ..

  16. GOOGLE says:
    May 7, 2018 at 1:01 pm

    RoADHAMAHU KUDAKOH FEELINGS HIGH KOHLAHCHEY ROADHA KURUVAA VARAH

    1. Ushaali says:
      May 7, 2018 at 3:07 pm

      Thankyou GOOGLE ??

  17. (އަބޯ މާދިހު (ބޯސާ says:
    May 7, 2018 at 1:05 pm

    އަބަދު ޕޭޖަށް ވަދެ އެއް ނޫޅެވޭނެދޯ ދެން ނަންބަރު ދީބާ

    1. Ushaali says:
      May 7, 2018 at 3:08 pm

      Page vadhelaafa govaalaa ingey… Dhn mikahala thanegga number kihineh dheynee dear ??

  18. (އަބޯ މާދިހު (ބޯސާ says:
    May 7, 2018 at 1:08 pm

    އޭރުން ނެއްނު ގުޅާވެސް ލެވޭނީ
    ހާދަ ލޯތްބެއް ވެޔޭ އުސާ ދެކެ

    1. Ushaali says:
      May 7, 2018 at 3:09 pm

      Thanks dear thihaa heyo veethee… Ushaaly ves vr loabivey huriha kiyuntherin dheke???

  19. ބޯހަލާކު says:
    May 7, 2018 at 1:25 pm

    އައްޔަދަށް ރަނގަޅު ފިލާވަޅެއް ލިބިދީފަ ރިމީގެ ދިރިއުޅުން ހަލާކުނުކޮށް ވާހަކަ ނިންމާނެ ކަމަށް އުއްމީދު ކުރަން

    1. Ushaali says:
      May 7, 2018 at 3:10 pm

      Yes. Vahaka ninmaanan vr reethikoh.insha allah ???

  20. hajam says:
    May 7, 2018 at 2:54 pm

    Vara reethi mi bai vx
    When is next part
    Mee mihaaru mi site ge emme reethi vaahaka
    Vaahaka aikon genes dhei ne kama heekuran
    Plx vaahaka hutaa nulaathi

    1. Ushaali says:
      May 7, 2018 at 3:12 pm

      Thankyou hajam? vahaka nuninmaa huhttaeh nulaanan iraadha kureviiyya. Mihaathanah ves ushaali ge huriha vahaka thakeh hunnaany ninmaafa. Mi vahaka ves roadhaige kurin ninmaann. Insha allah ❤❤❤

  21. Ina says:
    May 7, 2018 at 3:43 pm

    Vvvvv reethi v interesting wating for next part. Pls avahah upload kohdheythi inge.

  22. Shaama says:
    May 7, 2018 at 4:58 pm

    Alhe myga inna lava bunedhyba

    1. Ushaali says:
      May 7, 2018 at 6:02 pm

      ‘Andhiri rey rey vidhaa tharithah fenunymaa handhaan aavey’ e thankolhu eynee ey zamaana vakuthu dhiyaee haadha nufilaa handhuma thakekey mi lavain nagaafa. Baaky bai e akee ushaali amilla ah hadhaafa in thankolheh 🙂 🙂 🙂

  23. Riyaa says:
    May 7, 2018 at 5:05 pm

    V reethi mi prt ves…. adhikiruyaa dhw kurin v goeh eingunee ehkon… ushaa ge new story eh roadhamahu kiyaalan libeyne kamah heekuran..lvu ushaa?

  24. Ane says:
    May 7, 2018 at 7:34 pm

    Dhn mi vaahaka nimunyma rhn new story eh nugenes dheynan the ushaa. Mi vaahaka vs vrh reethi regular koh kiyan comment nukuriyas

  25. mal says:
    May 7, 2018 at 10:37 pm

    this part also very nice dear. i love this part.

  26. juma says:
    May 8, 2018 at 10:02 am

    i love this story
    hurihaa part eh vx
    please avahah next part up kh ladheeba

Comments are closed.

Next Episodeލޯބި ނުވިޔަސް ފިރުމާލަދީ….. 33←


All Right Reserved!