ލޫކަށް އޭނާގެ ކަރުނަތައް ހިފަހައްޓާލެވުނަސް އަލްޔާ އަށް ނުހިފެހެއްޓުނެވެ. މިޔާނާގެ ގައިގާ ބައްދައިގަނެގެން ހުރެ އަލްޔާ އަށް ރޮވެނީއެވެ. އަލްޔާ އަށް ބަލަހައްޓައިގެން ހުރި ލޫކް ވެސް އޭނާގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ބޮޑުވާ އިނގިލި ފޮހެލު މަންޒަރު ވެސް ކޮންމެސް އެކެއްގެ ކެމެރާގައި ރައްކާކުރެވިފައި ވާނެކަން ކަށަވަރެވެ. “ދަރިފުޅާ! ކީއްވެ ރޮވެނީ. މިއަދު މީ ދަރިފުޅު އުފާ ކުރަންވީ ދުވަހެއްނު… ދަރިފުޅު ހަޔާތުގައި އެންމެ ފުރަތަމަ ފަހަރަށް ލޯބިވި އިންސާނާ ދުނިޔަ އުމުރު ދެން ހުންނާނީ […]
އަލްޔާ ބޮލަށް އެނބުރުންއަރާ ކަހަލަ ގޮތެއްވެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ކުޑަވެ ބިިރުގަތީ އެ އަންހެންކުއްޖާެ މޫނު ފެނުނު ވަގުތުގައެވެ. ލޫކަށް ބަލާލެވުނު ވަގުތުު ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެ އަންހެނާ އަށް ލޫކް ހީލައިގެން ހުރިތަން ފެނުމުން އަލްޔާ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދި ކައިރީގައި ހުރި ގޮނޑީގައި ހިފަހައްޓާލެވުނެވެ. އެމޫނަކީ އެދުވަހަކު އަލްޔާގެ ހިތްހަލާކު ކޮށްލުމުގައި ލޫކާއި އެކުގައި ބައިވެރިވި މޫނެވެ. އެމޫނު އަލްޔާ އަށް އޮޅޭނީ ކިހިނެއް ހެއްޔެވެ؟ ތަފާތަކީ އެ […]
ސްކޫލުގައި އޮތް އިސްވެރިންގެ ބައްދަލުވުމެއް ނިންމާލުމަށްފަހު އަލްޔާ އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ފޯނު ނަގާ ލޫކަށް މެސެޖެއް ކޮށްލީ ނިމުނު ކަމަށާއި އޭނާ ބަލާ އައުމަށް އެދިފައެވެ. އެއަށްފަހު އަލްޔާ މަސައްކަތްކުރީ ލޫކް އައުމުގެ ކުރިން ފާހާނާއަށް ވަދެލުމަށެވެ. ކޮޓަރި ތަޅުލުމަށްފަހު އަތް ދަބަސް ހިފައިގެން އަލްޔާ ސްކޫލުން ބޭރަށް ނިކުތް އިރު ލޫކް ހުރީ ދޮރުމަތީގައެވެ. އަލްޔާ އައިސް ކައިރިއަށް ހުއްޓިލުމާއެކު ލޫކް ހީލިއެވެ. އަލްޔާ ވެސް ހީލަމުން ލޫކް ގެ ފަހަތަށް އެރިއެވެ. […]
ގަސްތަކާއި ދާދިި ކައިރީގައި ގިޓާ ހިފައިގެން އިށިން ލޫކްގެ ތުންފަތްމަތީގައި ވަނީ ލާނެއް ހިނިތުންވުމެެވެ. ލޯމަރާލައިގެން ގުޑިވެސް ނުލާ އިން އަލްޔާ އަށް އޭނާ ބަލާލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ލޫކާއި އަލްޔާ އަށް ބަލާލަމުން ބޮޑުުވާ އިނގިިލި ލޫކަށް އިޝާރާތްކޮށް ދިއްކޮށްލުމަށްފަހު އެތަނުގައި ތިބި ޕޮލިސް ކުދިން ދުރުގައި ހުރި ގޮނޑިތަކުގައި އިށީނެވެ. އެމީހުން އަދި ތިބީ ލޫކް ކޮށްލާނެ އިޝާރާތެއްގެ އިންތިޒާރުގައެވެ. ގިޓާގެ ނަރުތަކާއި ކުޅެލަމުން ލޫކް ‘ވާލޯބި އެނގޭނަމަ’ ލަވަ ފެށުމާއެކު އަލްޔާ […]
އެރޭ ބަތޫގެ ކޮޓަރީ އެނދުގައި އަހަރެންގެ އަތުތެރޭގައި އޮތް އަންހެންކުއްޖާ މަތިން ކިހިނެއް އަހަރެން ހަނދާންނެތޭނީ…..” ލޫކް ގެ މެސެޖުން އަލްޔާގެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔައެވެ. އަހަރެން ލަދުނުގަންނާނޭ ގޮތަކަށް ހަމަ އެއްޗެއް ބުނަން ލޫކަށް ނޭނގެނީ ހެއްޔެވެ؟ އަލްޔާ ތުން އަނބުރާލިއެވެ. ނަމަވެސް ހިނިތުންވުމަކާ އެކުުގައެވެ. “ލޫކް ބުނޭ” އަލްޔާގެ މެސެޖްތައް ކިޔަމުން ދަިޔއިރު ލޫކަށް އަލްޔާ އޭނާގެ މެސެޖްތަކަށް ރިޕްލައި ކުރަމުން ދާއިރު އަލްޔާގެ މޫނަށް އަރަމުންދާ ލަދުވެތި ހީލުން ބަލާލަން ބޭނުންވިއެވެ. […]
ލޫކް ހަމަ ނިކުތުމާއެކު އަލްޔާ ސިހުނީ ނުވިިސްނާ ހުއްޓާ ޝައިމް ކޮށްލި ކަމަކުންނެވެ. އަލްޔާ އަތުގައި ހިފާ ދަމަމުން ކޮޓަރިއަށް ވަދެފައި އެތެރެއިން ތަޅުލިއެވެ. ކޮޓަރި މެދަށް އަލްޔާ ހޫރާލުމަށްފަހު ޝައިމް އަލްޔާ އަށް ބަލާލީ ރުޅިވެރި ލޮލަކުންނެވެ. އަލްޔާގެ ހަށިގަނޑުގައި ރޫރުއަޅައިގަތީ މިވަގުތު ޝައިމް އޭނާ އަށް ކޮންމެފަދަ ގޮތެއް ވެސް ހަދާފަނެތީއެވެ. “ބުނޭ! ލޫކް އެއީ ކަލޭގެ ކާކު؟ ހަރުކަށިކަމާއެކު ޝައިމް އަލްޔާ އާއި ސުވާލުކުރިއެވެ. މިވަގުތު ފިނޑިވެ ޝައިމް ކުރިމަތީގައި ކުޑަވާން އަލްޔާ […]
ކުއްލކިއަކަށް ޝައިމް ކޮށްލިކަމަކުން އަލްޔާ ސިހުނެވެ. ހަމައެހާ ބާރަށް ރޮއެ ވެސް ގަތެވެ. ދެން އޭނާ އަށް ކުރެވޭނެ ކަމެއް ނެތެވެ. ޝައިމް އަށް މޮޅު ލިބެނީއެވެ. އޭނާގެ އަތެއް ފައެއް ގުޑާވެސް ނުލިއެވެ. ވީތަދުން އަލްޔާ އަށް ހީވީ އޭނާގެ ކަރު ހަށިގަނޑާއި ވަކިވި ހެންނެވެ. ހަރުވާޅު އަލްޔާގެ ހަށިގަނޑާއި ވަކި ކުރުމަށްޓަކައި އެވަގުތު ޝައިމް ބޭނުންކުރީ ކައިރީގައި ބާއްވާފައި އޮތް ކަތުރެވެ. ހަރުވާޅުގެ ނާޑުވާއާއި ހިސާބުން ކަފާލުމުގެ ތެރޭގައި ދިޔައީ އަލްޔާގެ ބަނޑާއި ވެސް […]
ދެމީހުން ވަރުބަލިވެގެން ދުރަށް ޖެހުނު ވަގުތު އަންހެންކުއްޖާގެ މޫނު ލޫކަށް ހާމަވެގެން ދިޔައެވެ. ކިޔާނެ ބަހެއް ނޭނގި ލޫކް އަނގަ ހުޅުވުނެވެ. ޔަގީންކޮށްލުމަށްޓަކައި ދެލޯމަރާލުމަށްފަހު އަނެއްކާ ވެސް ބަލާލިއެވެ. ލޫކަށް ހީވީ މޫނުމަތީގައި މީހަކު އެތިފަހަރެއް އަޅުވާލި ހެންނެވެ. “ޒީޝާން އެންޑް ޝައިމް” ލޫކަށް މަޑުމަޑުން ބުނެވުނެވެ. ލޫކަށް ގަބޫލެއްވެސް ނުކުރެވުނެވެ. ޝައިމް އަކީ ހަމަ އެހާ ނުލަފާ އިންސާނަކީ ހެއްޔެވެ؟ ލައި އަށް އެހެން ހަދަން ޝައިމް އަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އަނެއްކާ […]
މިޔާނާ ދެއްކި ވާހަކަތަކުން އަލްޔާގެ ސިކުނޑިއަށް ކުރި ބާރުތަކުން ބޮލުގައި ރިހުމެއް އުފެދުނެވެ. ދެލޮލުން ކަރުނަ އަންނަ ފެށީ ހިތަށް ކުރި އަސަރުންނެވެ. މޫނުމަތީގައި ބާލީސް އަޅާލެވުނީ ހިތް ފުރޭވަރަށް ރޯލަން ބޭނުންވުމުންނެވެ. އަތުގައި އޮތް ފޯނަށް ވައިބަރ މެސެޖެއް އައިކަން އިއުލާން ކުރުމުން އަލްޔާ ބާލީސް ދުރުކޮށްލާ ބަލާލިއެވެ. “ހޭއި މައި ސްލީޕިންގް ބިއުޓީ.. ނިދީތަ” ލޫކް ގެ އެލޯބިވެތި މެސެޖް ފެނުމުން އަލްޔާ އަށް ކަރުނައިގެ ތެރެންވެސް ހިނިތުންވެވުނެވެ. ނަމަވެސް މިޔާނާގެ ވާހަކަތަކަށް […]