ރަޔާހީން އަތުން އޭނާގެ އިއްޒަތާއި އަބުރު ގެއްލިގެން ވެސް ދިޔައީ ވިކްޔަން އާއި އެކުގައި މިކަހަލަ ރެއެއްގައި އެކަނި ވަނިކޮށެވެ. އެކަހަލަ ކަމެއް ތަކުރާރު ވާކަށް ވިކްޔަން ބޭނުމެއް ނޫނެވެ. އޭރާއި މިހާރު ހާލަތު ވެސް ތަފާތެވެ. އޭރުގައި ރަޔާހީނަކީ އޭނާގެ މުޅިޖާން ވިޔަސް މިހާރު ރަޔާހީނަކީ އޭނާގެ ދޮންބޭބެގެ އަންހެނުންނެވެ. ކުރެވުނު ކަންތަކުން ވިކްޔަން ލަދުގަތެވެ. އޭނާ ކާރުގެ ކުރިއަށް އެރުމަށްފަހު ކުރިއަށް ދުއްވާލީ ވާރޭ ކުރިއަށް ވުރެ ވެސް ތުނިކޮށް އެހެން އުޅަނދުތައް ވެސް […]
ވާނީވެސް އެހެންތާއެވެ. ރަޔާހީން ވެއްޓެން އައި މަންޒަރު އެތަނުގައި އެވަގުތު ތިބި މީހަކަށް ވިއްޔާ ވަނީ ފެނިފައެވެ. ޔަޤީނުން ވެސް އެއީ މަރުގެ އެތިފަހަރެކެވެ. ވީއިރު މިހާރު ރަޔާހީން ސިޑީމަތީގައި ސަލާމަތުން ކޮޅަށް ހުރިތަން ފެނުމުން ބަލަން ތިބި މީހުން ނުސިހޭނެ ހެއްޔެވެ؟ އެކުޑަވަގުތު ކޮޅުގައި އޭނާ ސަލާމަތްވީ ގޮތެއް ހުދު އޭނައަކަށް ވެސް ނޭނގެއެވެ. ރަޔާހީން ދެފަރާތް ބަލާލީ ފެންނަ ހިސާބުގައި ބީ ފެންނަން ހުރިތޯއެވެ. ނަމަވެސް އެހިސާބުން ބީ ގެ އެއްވެސް ނިޝާނެއް ފެންނަން […]
ފީރޯޒާ އޭނާ އަށް ކަމެއް ސިއްރު ކުރާ ކަމުގައި އޭނާ އަށް ހީވި ހީވުން ޔަޤީންވީއެވެ. އޭނާ އަށް އެކަން އިތުރަށް ޔަޤީންކުރަން ބޭނުންވިއެވެ. އެހީ ހޯދަން ބޭނުންވި ފަރާތުގެ ޚަބަރެއް ވެސް ނުވާތާ މިހާރު ދެހަފްތާވަނީއެވެ. އޭނާ ކުއްލިއަކަށް ބީ މަތިން ހަނދާންވާން ފެށިއެވެ. ރައްޓެހިންތަކަކާއި އެކު މާކިލް ވެސް ރަށުން ބޭރުގައި މިދުވަސްކޮޅު ވީކަން އެއީ އޭނާގެ ނަސީބެވެ. ނޫންނަމަ އޭނާ އުޅެންޖެހޭނެ ހާލެއް ޚިޔާލުކޮށްލަން ވެސް ދަތިވާނެއެވެ. މާމަގެއަށް ދިޔުމަށް ކޮޓަރި ތެރޭގައި […]
“އެފަޅީގައި ދެން އޭނަ ކޮންކަމެއް ކުރަން އޮންނާނީ… އޭރުގައި މިގޭގައި އެހާދިސާއެއް ހިނގިފަހުން އެއްވެސް މީހަކު އެފަޅިއަކަށް ނުދޭ…އަމުދުން މިހާރު ދިޔުމުގެ ބޭނުމަކީ ކޮބާ؟… އެންމެ ނުބައި ވައްތަރުގެ ގަސްތައް ހެދިބޮޑުވެފައި އެހުރީ… ހިރުނދާއި ދިއްގާ އާއި މަގޫ ގަސްތައް… މަ ނުބުނަންތަ އާސިރު ކައިރީގަ އެގަސްތައް ކަނޑާށޭ.. ކޮޓަރީގައި ހުރެ ކުޑަދޮރުން އެދިމާލަށް ނޭނގި ބަލާލެވުނަސް އަހަރެން ބިރުން އަވަދިވާވަރުވޭ… އަނެއްކާ ކަމެއްވީމަ ދޯ އެސޮރަށް ދެކަމު ދެވިފައި އޮންނާނީ…” މުޅިން ވެސް ފިރޯޒާގެ ޝަކުވާއެވެ. […]
“އެހެންތަ! އެހެންވިއްޔާ އަހަރެން އިންނަން ބޭނުމީ އަހަރެންގެ އާ މަމް އާ…. މައި ހޮޓް މަމް…. ހީން…. ރަޔާހީން ދެކެ އަހަރެން ލޯބިވަނީ. އަހަރެންނަށް ހީން ލިބުނުނަމަ އަހަރެންގެ ކަރުދަށުން ކަންފަތް ދަށުން މިކަހަލަ ނިޝާންތަކެއް ނުފެންނާނެ” މާކިލް ރަޔާހީންގެ އަތުގައި ހިފާ ދަމައިގަތުމާއެކު ރަޔާހީން ލުއި ފަތެއްހެން ގޮސް ތަތްލީ މާކިލްގެ މޭމަތީގައެވެ. ކިތަންމެ ގަޓުވެފައި ހުއްޓަސް ރަޔާހީންގެ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. ރަޔާހީން ހިތް އެދެން ފެށީ އޭނާގެ އެހީތެރިޔާ އަވަހަށް އެތަނަށް ފާޅުވުމަށެވެ. […]
“އެނގޭތަ! އެކުއްޖާ އަށް ވެސް ކިޔަނީ ހީން….. ދޮންބެ ބުނީ އެކުއްޖާ އަށް އެނގޭނޭ ދޮންބެ ބަލިކަން. އެކަމަކު ރަނގަޅީ ގޮވާލަން ވެސް ނައިއްޔާއޭ…. ދޮންބެ މިހާރު ބޭނުމެއްވެސް ނޫނޯ… ދޮންބެ ފޫހިވެޔޯ…. ދޮންބެ ބަލި ރަނގަޅުވީމަ މާއްކޮ އަށް އެހެން ދައްތަ އެއް ގެނެސްދޭނަމޯ” މަހާ ގެ ވާހަކަތައް އަހާފައި ރަޔާހީނަށް ރޮވުނީ ކީއްވެ ކަމެއް ނޭނގޭއެވެ. އޭނާ ހިތުގައި ނުފިލާ ރިހުމެއް އުފެދުނުކަން ގައިމެވެ. ނަމަވެސް މަހާ ކައިރީގައި އިނދެ އެގޮތަށް އުޅެން ނުވާނޭކަން […]
“ބައްޕާ ފެންފޮދެއް. ބައްޕާ އުރާލަބާ….” އާއެނކެވެ. މާޒީވެ ގޮސްފައިވާ ދުވަސްތަކުން އެއްދުވަހެއްގައި ވަނީ ހަމަ އެޖުމްލަތައް އިރުފާނަށް އިވިިފައެވެ. އެކަން ހަނދާންވުމާއެކު އިރުފާން ކުރިއަށް ވުރެ ވެސް ބޮޑަށް ބިރުގަތެވެ. އޭނާ ނޭވާ ހޮޅިއަށް އެޅުނީއޭ ހީވެ ދެލޯ މެރެމުން ދިޔައެވެ. “އިރުފާން ތިހެން ނަހަދާ…. އަހަރެން ގެއަށް ފޮނުވާލާ…. މަގޭ ދަރިންކޮޅާއެކު މަ ހިނގައިދާނަން. އަހަރެން ދޫކޮށްލާ… ހެޔޮނުވާނެ………….ބައްޕާ ފެންފޮދެއް…….ބައްޕާ ފެންފޮދެއް…….” ރޮމުން ދިޔަ އަންހެނެއްގެ އަޑާއި އެކުވެގެން އެއިވުނު ކުޑަ ދެކުއްޖެއްގެ މައުސޫމް […]
***ނޯޓް*** މި ވާހަކައިގާ ހިމަނާފައިވާ އިރުވީންގެ ނަމާއި ރަޔާހީންގެ ނަން ބައެއް ކިޔުންތެރިންނަށް އޮޅުން އަރަމުންދާތީވެ އަންހެން ފިރިހެން ވަކިކުރަން ނޭނގޭ ކަމަށް ބުނެ ކޮމެންޓް ކޮށްފައިވާތީ މި ޕާރޓުން ފެށިގެން ‘އިރުވީން’ މިނަމުގެ ބަދަލުގައި ބޭނުންކުރާނީ ‘އިރުފާން’ މިނަމެވެ. ވީމާ މިކަން ހުރިހާ ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. ތަޅުލާފައި ހުރި ދޮރެއް ރަޔާހީން ހުޅުވީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. އަދިވެސް ތަޅުދަނޑި އޮތީ އޭނާގެ އިނގިލީގައި އަޅުވާލާފައެވެ. ރަޔާހީން މައިތިރިވީ އަމިއްލަ ކޮޓަރި އަށް […]
“އަހަރެން މީހަކާއި ނީނަސް ކޮބާ މައްސަލައަކީ. މީހަކާ އިންނަން އެންމެ އެކަށީގެންވާ މީހާއެއްނު މިރޭ ޅަކުއްޖަކާ އިންނަން އެއުޅެނީ” ކާމޭޒު ކައިރީގައި އިން އޭނާގެ ބައްޕަ އަށް ދެލޯ އަޅާލަމުން މާކިލް ބުންޏެވެ. ތުނބުން ކޮފީތަށި ނައްޓާލަމުން އިރުވީނަށް އޭނާގެ ދަރިފުޅަށް ބަލާލެވުނެވެ. “މާކިލް…!! ތި އަނގަ މައިތިރިކުރޭ! އެހެންނޫނީ………” ފީރޯޒާގެ ފިރިމީހާ އަދި މާކިލްގެ ކާފަ އާސިރަށް މާކިލްގެ ބަސްމަގު ހުރިގޮތް ކަމަކު ނުދިޔައެވެ. އެހެންކަމުން އަތުގައި އޮތް އޫ ތަށި ތެރެއަށް […]