ސަޖޫލް ދިން ފެންތަށިން ކޯވަރެއް ބޯލުމާއެކު ފުން ނޭވައެއް ޝަރީފާ ދޫކޮށްލިއެވެ. ސަޖޫލަށް ހިނިގަނޑު ކޮންޓްރޯލްނުކުރެވި ފަޅައިގެން ދިޔަ ވަގުތު ވެސް ޝަރީފާ ސިހިފައި ހަޅޭއްލަވާގަތެވެ. “ސާބަސް މަންމަ އަށް. މިރަށު މީހުން އެއުޅެނީ މަންމަ ގަޔަށް ވަޅިނުހެރިގެންތަ. ތަނަކު މީހަކު ހުރިއްޔާ މަންމަ އަށް ކީއްތަ” ސަޖޫލް ސޯފާގޮނޑިއާއި ދިމާލަށް ދަމުން ބުންޏެވެ. ޝަރީފާ ތުން އަނބުރާލުމުން ސަޖޫލް ކައިރިއަށް ހިނިއައިސް އަނގަމަތީގައި އަތް އަޅާލިއެވެ. މެންދުރުގެ އެންމެ ހޫނު ވަގުތެވެ. ބަނޑުގައި […]
“ހަމަ އަސްލަށް ވެސް ލައި ބަނޑުބޮޑުވީ ހެއްޔެވެ؟ ލޫކް ގެ ހިތުގައި ވަރަށް ބޮޑަށް ޖެހި ދެލޯ ފެންކަޅިވިއެވެ. މޫނުމަތިން އަސަރެއް ނުފެނުނެއް ކަމަކު ހިތް ރޮނީއެވެ. އަހަރެންނަކީ ކިހާ ބަދުނަސީބު އިންސާނެއް ހެއްޔެވެ؟ ހަޔާތުގައި ފުރަތަމަ ފަހަރަށް ވެވުނު ތެދުވެރި ލޯބި ނުލިބި އުޅެނިކޮށް މި ދިމާވީ ކިހާ ހިތާމަވެރި ގޮތެއް ހެއްޔެވެ؟ އުއްމީދުގެ ހުޅުކޮޅެއް ރޯވަމުން ދިޔަ ވަގުތު މިވީ ކިހިނެއް ހެއްޔެވެ؟ މިވީ ގޮތުން ލައި މުޅި އުމުރަށް ގެއްލުނީއެވެ. ޝަރީފާ އެއްޗެކޭ […]
“އެހެންވިއްޔާ ލައި އާއި ދިމާވެފައި ހުންނާނީ. ލައި ދެކެން ދޯ. ބޮއްތި ތި ތަނަށް ކޮންމެ ގަޑިއަކު ކާން ގެންދަނީ. ލައި ވެސް ދާނެ ބައެއް ފަހަރު ދޯ ލައި” ޝައިމް މިބުނި އެއްޗަކުން އަލްޔާ ގެ މޫޑް ހަރާބިވިއެވެ. ލޫކަށް ވެސް ވީ އެވަރެވެ. ނަމަވެސް މޫނުމަތިން އެކަން ފޮރުވާލަމުން ހީލިއެވެ. “ދެން ފެނިފަތާ ދޯ ހުންނާނީ” ލޫކް ގެ މި ފަރުވާކުޑަ ޖަވާބުން އަލްޔާ އަށް ލޫކަށް ބަލާލެވުނެވެ. ލޫކް ބޭނުންވިނަމަ އެއަށް […]
“ލޫކް ސަރ….މިރަށުގަ” ފަހަތުގައި ހުރި ބަތޫލްގެ އަޑު ކަންފަތުގައި ޖެހުމާއެކު އަލްޔާ ގަނޑުވި ކަހަލައެވެ. ލޫކް އަނެއްކާ އައީ ހެެއްޔެވެ؟ ފަހަތަށް ބަލާލާކަށް ވެސް އަލްޔާ އަށް ނުކެރުނެވެ. މިދަނޑިވަޅުގައި އަލްޔާ އަށް ލޫކް ފެނިއްޖިއްޔާ އަނެއްކާ ހިތްވަރުއެލޭ ގޮތް ވެދާނެއެވެ. ސަޖޫލް އަލްޔާ އަތް ތިލައަށް ފިތާލުމާއެކު އަލްޔާ ހިތްވަރުކޮށްފައި ފަހަތަށް އެނބުރުނެވެ. އެއާއެކު ދެލޯ ފުރިގެން އައެވެ. ދާދި ކައިރީގައި ސައިކަލް ބަހައްޓައިގެން އޭގެމަތީގައި އިށީނދެގެން އަލްޔާ އަށް ބަލަހައްޓައިގެން އޭނީ ލޫކް ނޫން […]
“ލައިއޭ.. ކާކު އެއީ؟ އޭނަ ކީއްކުރީ…” ލޫކްްގެ ޖުމްލައިން ކުޑަމަނިކެ އަށް އޭނާގެެ ދަރިފުޅު އެރޮނީ ކުޑަކުޑަ ކަމެއް ވެގެންނޫންކަން އެނގުނެވެ. “މަންމާ! އެއީ ކާކުކަން މަންމަ އަށް އެނގޭނެ. އެވަގުތު ކުޑަމަނިކެ ނިތްކުރީގައި ސުވާލުމާކެއް ޖެހިގެން ދިޔައެވެ. ކުޑަކޮށް ވިސްނާލިއެވެ. އެއީ ކާކުހެއްޔެވެ؟ އަންހެންކުއްޖެއް ހެއްޔެވެ؟ ނުވަތަ ފިރިހެން ކުއްޖެއް ހެއްޔެވެ؟ އެއީ ކޮންމެ މީހަކަށް ވިޔަސް ކުޑަމަނިކެ އެމީހަކަށް މާފެއް ނުކުރާނެއެވެ. އޭނާގެ ދަރިފުޅު އެވަރަށް ހިތުގައިޖެއްސި މީހަކަށް ހިތާހިތުން އަޑުލަމުން ދިޔައެވެ. […]
ސަޖޫލްގެ ވާހަކަތަކުން ލޫކް ގެ ކަންފަތްބުޑުގައި ހީވީ ބޮމެއް ގޮށްވާލިހެންނެވެ. އެވަގުތު ލޫކް ގެ ދެކަންފަތް ބީރުވާނެ ނަމައޭ ހިތަށް އެރިއެވެ. ބޮލުގައި މީހަކު ދަނގަޑުބުރިއަކުން ޖެހިނަމަވެސް މިހާވަުގެ ސިހުމެއް ނުލިބޭނެކަން ކަށަވަރެވެ. ދެލޯފުރިގެން އައީ ވެސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ވޭތުވެދިޔަ ވަގުތުކޮޅަކީ ހުވަފެނަކަށް ވުމަށް އެދެވެން ފެށުނެވެ. ދެފައިން ވާގިދޫވެ ކޮޅަށް ހުރި ލޫކް ވެއްޓިގަތީ ކުރިން އިށީނދެގެން އިން ގޮނޑިއަށެވެ. އެއްޗެއް ބުނަން ބޭނުންވިޔަސް ދޫ ހަރަކާތެއް ނުކުރިއެވެ. […]
ލޫކް އަކީ ހާދަ އަނިޔާވެރި އިންސާނެކޭ އަލްޔާ ހިތަށް އަރައެވެ. ޒަހަމަކީ ހުސްއެކަނި ބޭރުން ފުށުން ފެންނަން ހުންނަ އެއްޗެއް ނޫން ކަން މިހާރު އަލްޔާ އަށް ވިސްނެއެވެ. ހަށިގަނޑުގެ ބޭރު ފުށުން ލަކުނެއްހާ ހިސާބު ނެތްއިރުގައި ވެސް އަލްޔާގެ ހިތް ވަނީ ލޫކްގެ ލޯތްބަށްޓަކައި ފަޅިފަޅި ވެފައެވެ. އެކަން ލޫކް އަށް އެނގޭ އިރު ވެސް ފަރުވާއެއް ދޭން ނާންނަނީ ކީއްވެގެން ބާއެވެ؟ ގަޑިން ބާރަޖެހިއިރު މިޔާނާ ބަދިގެއަށް ދިޔައީ ޢަބްދުއްޝަކޫރު ކޮފީ ތައްޓަކަށް […]
ސިގިރެޓެއް ނަގާ ރޮއެކޮށްލަމުން ޝާރިމް ބުންޏެވެ. “އާނ. ޝަރީފައްތަ. ވަރަށް މީރުކޮށް ކައްކާނެ. އެގޭ ކުދިން ވެސް” ލޫކް ހިޔާލަކަށް ގެއްލިފައި އިނދެ ބުންޏެވެ. “އޭނ! ކޮންގެއަކު މީހެއް އެއީ” ޝާރިމް ސުވާލުކުރިއެވެ. “އެއީ ތ.ގުރައިދޫ ޕޮލިސް ސްޓޭޝަނަށް ކާން ގެންނަ ދައްތަ” އަތުގައި އޮތް މޯބައިލް ފޯނުގެ ޑިސްޕްލޭގައި އިނގިލިން މަޑުމަޑުން ތަޅާލަ ތަޅާލަ އިން ލޫކް ބުންޏެވެ. “ކީކޭ! ކައެ ހަމަތަ ބުރޯ. ޝަރީފައްތަ ވީ ކޮންމެ ގަޑިއަކު ކައްކައިގެން މިރަށަށް ކާން ގެންނަން. […]
“ދަރިފުޅު ބައްޕަ ކައިރީގައި މިވާހަކަދައްކަން ނުކެރެންޏާ މަންމަ މެދުވެރިކޮށް ދަރިފުޅު ބުނަން ބޭނުންވާ އެއްޗެއް ބައްޕަގެ ކަންފަތާއި ހަމައަށް ގެނެސްދީ. ދަރިފުޅު ހިތްހަމަޖެހޭދޯ” އަލްޔާގެ ބޮލުގައި ފިރުމާލަމުން ޢަބްދުއްޝަކޫރު އަހާލިއެވެ. މޭގެ ތެރޭގައި އޮތް ހިތް ރޮމުންދާ އިރު ވެސް ލޯބިވާ ބައްޕަ އަށް އަލްޔާ ދިނީ ހިނިތުންވުމެކެވެ. ދުވަހުގެ ބާކީ އޮތް ވަގުތު ތަކުގައި އޮފީހުގައި މަސައްކަތް ކުރަން އިން އަލްޔާ އިނީ ކަންތައްތައް ވެގެންދާ ގޮތުން މާޔޫސް ވެފައެވެ. ޝައިމް ދެކެ […]