Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 ސައްބީސްވަނަ ބައި

Ushaali Level 710 Stories100 Comments100 Stories500 Comments
September 15, 2017 8 Mins Read
29 Comments

ރޭގަނޑު އެކުވެރި ނަދާ އާއި އެކުގައި ބޭރަށްދާން ރަޔާހީން ތައްޔާރުވަމުން ދިޔައެވެ. ތުންފަތުގައި ލިޕްސްޓިކް ހާކާލީ އެންމެފަހު ކަމަކަށެވެ. ފާޚާނާއިގާ އުޅުނު އިރުފާން ކައިރީގައި އަހާލާކަށް ވެސް އޭނާ ބޭނުމެއް ނުވިއެވެ. ނަދާ އާއި ރަޔާހީން ބައްދަލުކުރީ އެގޭ މަގު ހުންނަ ފިހާރަ ކަންމަތިންނެވެ.

“ނަދޫ އަށް ހަމަ ޔަޤީންތަ އޭނަ ހެލްޕް ވާނެ ކަން” ރަޔާހީން ނަދާ އާއި އެކުގައި މަގު ހުރަސްކޮށް އަނެއް ފަރާތަށް އަރަމުން އަހާލިއެވެ.

“އާއެނކޭ… ލޫކް އެއީ އަހަރެންގެ ދޮންތަ މިކްހާގެ އެކްސް ހަޒްބެންޑް. އަދި އެސްޓޯރީ ކިޔާ ނުދެވޭ ދޯ. ދޮންތަ މަންމަ ބައްޕަ މަޖްބޫރު ކޮށްގެން އިނީ. އެކަމު އެނގޭތަ ކައިވެނިކުރި ފަހުން ލޫކަށް އެނގުނީ ދޮންތަ ބޯއީފްރެންޑަށް ދޮންތަ ޕްރެގް ކަން. އެކަމު ލޫކް ދޮންތަ ދެކެ ރުޅިއެއް ނާދޭ. ލޫކް އެއީ ވަރަށް ކޫލް ބޯއީ އެއް. ދޮންތަ ކިޔާދިން ގޮތުގައި ލޫކް ވެސް ވަރަށް ލޯބިވާ ކުއްޖެއް ހުރޭ އިންއިރު. ލޫކް އިނީ އޭނަގެ ބައްޕަ ދޮންތަގެ ބައްޕަ އަތުން ނަގާފައި ހުރި ފައިސާތަކެއްގެ ބަދަލަކަށޯ. ލޫކް ވަރަށް މަސައްކަތްކޮށްގެން ދޮންތައަށް މިހާރު ދޮންތަގެ ހަޤޤީ ލޯބި ލިބިފައި އެހުރީ. ލޫކް ވެސް އޭނާގެ ލޯބި ލިބި ވަރަށް އުފަލުންނޯ އުޅެނީ. ދޮންތަ މިދޭތެރެއަކުން ޗުއްޓީއަކުން އައިސް ހުރިއިރު އަހަރެންނަށް މި ސްޓޯރީ ކިޔާދިނީ. އަހަރެން ގޮވައިގެން ލޫކާއި އެކު ކެއުމަކަށް ވެސް ދިޔަ. އޭނަގެ ވައިފްއާއި އެކު. ވަރަށް ލޯބި ވައިފްއެއް އޭނަގެ ހުންނަނީ. ބްލެކް ބިއުޓީއެއް. އެރެއިން ފެށިގެން ލޫކް ދޭތެރެއަކުން ގުޅާވެސްލާނެ. ދެން އެހާ ބޮޑަށް ރައްޓެހި ނޫނަސް ދެން މިރޭ އެނގިދާނެތާ ވާގޮތެއް. ނޫނެކޭ ބުނާނެހެން ހިއެއްނުވޭ” ދެކުދިން ވާހަކަދައްކަމުން ހިނގަމުން ގޮސް އެކުދިންގެ މަންޒިލާއި އަރާ ހަމަވުމުން ހުއްޓިލިއެވެ. ނަދާ އޭނާ އަޅައިގެން ހުރި ސައިޑްބޭގްގެ ޒިޕް ކަހާލުމަށްފަހު ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ. އިރުކޮޅަކުން ރަޔާހީން އަތުގައި ހިފައިގެން އެތެރެއަށް ވަނެވެ. ސީކްރެޓް ރެސިޕީގެ ހިތްގައިމު މާހައުލުގައި ހަތަރު މީހުންގެ ޖާގައަށް ރިޒާވް ކޮށްފައިވާ މޭޒު ދަށުގައި ރަޔާހީނާއި ނަދާ އިށީނެވެ. ކުރިމަތީގައި އިން ލޫކް ނަދާ އަށް ހިނިތުންވުމެއް ދިނުމަށްފަހު ރަޔާހީނަށް ވެސް ހިނިތުންވުމެއްދީ ސަލާންކޮށްލިއެވެ.

“މީނީ ވައިފް އަލްޔާ” ރަޔާހީނާއި ނަދާ އަލްޔާ އާއި ވެސް ސަލާންކޮށްލިއެވެ. ހިނދުކޮޅަކަށް ރަޔާހީންގެ ނަޒަރު އަލްޔާއަށް ހުއްޓުނެވެ. ތެދެކެވެ. ނަދޫ ބުނި ފަދައިން ރީތި ކުއްޖެކެވެ.

“އެންމެފުރަތަމަ ކާއެއްޗަކަށް އޯޑަރދެމާ” ލޫކް ހީލަމުން ބުނެލިއެވެ. ހަތަރުމީހުން ވެސް އެމީހަކު ބޭނުންވާ އެއްޗަކަށް އޯޑަރ ދިނުމަށްފަހު އެކަކު އަނެކަކާއި ދިމާ ބަލާލީ ދައްކަންވީ ވާހަކަ ފަށަންވީ ދިމާލެއް ނޭނގުމުންނެވެ.

“މީ ހީން އެނގޭ. މައި ބެސްޓްފްރެންޑް ރަޔާހީން. އަސްލު ލޫކް ކައިރީގައި ދައްކަން މިއުޅޭ ވާހަކަ ކިޔާދޭނީ ހީން. ލޫކް އަކީ ފުލުހަކަށް ވީމަ. އަސްލު ވަރަށް ބޮޑު ކަންތައްގަނޑެއްގައި މިއުޅެނީ. އެކަމު ލޫކް ކުޑަކުދިންގެބައިގަ އުޅެންޏާ އަނެއްކާ އުނދަގުވެދާނެތަ މިކަން ކުރަން” ނަދާގެ ކުރިމަތީގައި އިން ލޫކް ދެބުމަ ގޮށް ޖަހާލީ ނަދާ ދައްކަންއުޅޭ ވާހަކައެއް ނޭނގުމުންނެވެ.

“ކުޑަކުދިންގެ މައްސަލަތަކުގަ ވެސް އަދި މާރާމާރީ ފަދަ ބޮޑެތި ކަންތައްތަކުގަ ވެސް އަބަދުވެސް އެންމެ އިސްކޮށް ހުންނާނީ އަހަރެން. ނަދޫ ބުނަން ތިއުޅޭ ކަމެއް ވިއްޔާ ހީވޭ ވެދާނެހެން” ލޫކް ހީލަމުން ބުނެލިއެވެ. ނަދާ ވެސް ހީލަމުން ބަލާލީ ރަޔާހީނަށެވެ. ހީވާގޮތުން ވާހަކަ ފަށަން ރަޔާހީނަށް އިޝާރާތް ކޮށްލީއެވެ.

“މީގެ ގާތްގަނޑަކަށް ތިން ވަރަކަށް އަހަރު ކުރިން ހިނގާފައިވާ ކަމެއް އެކަމަކީ. އެ ކޭސް މިހާރު ފައިލްކޮށްފަ ކަންނޭނގެ އިންނާނީ. އަލުން އެކަންތައް ބަލަން ބޭނުންވެއްޖިއްޔާ ކިހިނެއް ހަދަން ޖެހޭނީ” ރަޔާހީން އަހާލިއެވެ. އެހިސާބުން ވާހަކަ މެދުކނަޑާލީ އޯޑަރ ކުރި ކާއެއްޗެހި މަޑުމަޑުން އަންނަން ފެށުމުންނެވެ.

“ނެގިދާނެ. އެކަމަކު ތާރީޚާއި އެމައްސަލައިގެ ކޭސް ނަންބަރ އެނގިގެން ވާނީ. އޭގެ އެއްވެސް ލިޔެކިޔުމެއްވާނެތަ ހީން އަތުގަ” އަލްޔާ ކައިރިކޮށްލި ފެންތަށިން ކޯވަރެއް ބޯލަމުން ލޫކް ބުނެލިއެވެ.

“ވަރަށް އުނދަގުވާނެ ލިޔެކިޔުންތައް ހޯދަން. އަސްލު މިކަމަކީ ބަޔަކު ވަރަށް ރާވައިގެން ކޮށްފަ އޮތް ކަމެއް. އެމީހުންނަކީ މާލޭގެ ވަރަށް ނަންހިނގާ މުއްސަނދި ބައެއް. ސިޔާސީ ބޭފުޅުންނާއި ސަރުކާރުގެ ވަރަށް އިސްމީހުންނާއި ގުޅިގެން މިކަންތައް ހިންދާލާފައި އޮތީ. އެހެންވީމަ އެވަރުގެ ބަޔަކު ހީވޭތަ އެމައްސަލައިގެ ކުނޑިފުކެއް ވެސް ދޫކޮށްލާފަ ބާއްވާނެހެން” ރަޔާހީން ބުނެލިއެވެ. އަލްޔާ އާއި ނަދާ ހިމޭނުން އަޑުއަހަން އިނީ އެކަމާއި ބެހޭ ގޮތުން މާގިނަ ވާހަކަތަކެއް އެމީހުންނަށް ނޭނގޭތީއެވެ.

“ތެދެއް ތިބުނ. އެހެންވީމަ ތާރީޚް ބުނެލަދީ. ކޭސްނަންބަރ އަހަރެން މިރޭ އޮފީހަށް ވަދެލާފައި ބަލާލާނަން” ލޫކް ބުނެލިއެވެ.

“އަޑުއިވިފަ އޮންނާނީ އަންހެނަކު އޭނާގެ ކުޑަކުޑަ ދެދަރިން ގޮވައިގެން މެންދަމުގެ ވަގުތެއްގައި ފަސްބުރީގެ އިމާރެއްތެއްގެ މަތިން ފުންމާލައިގެން އަމިއްލަ އަށް މަރުވެއްޖޭ ކިއި ޚަބަރެއްގެ ވާހަކަ. އަސްލު އެއީ ހަޤީޤަތެއް ނެތް ވާހަކައެއް. އޭގައި އެބުނާ އަންހެންމީހާ އަކީ އަހަރެންގެ އެއްބަފާ ދޮންތަ. އެހާދިސާ ހިނގިއިރު އަހަރެމެންގެ އާއިލާ އެއްވެސް މީހެއް ރާއްޖެއަކު ނެތް. އެކަމަކު އެހާދިސާގެ ކުރިން ދޮންތަ އާއި ދޮންތަގެ ފިރިމީހާ އާއި ދެމެދު ވަރަށް ބޮޑެތި މައްސަލަތަކެއް ޖެހިފައިވަނީ. އެކަން އެނގުނީ ދޮންތަ ކައިރިއަށް މާމަމެން ކުރި ޒިޔާރަތެއްގަ. ދެން އަނެއް ކަމަކީ ވަރަށްފަހުން އަހަރެންނަށް ދޮންތަގެ ޑައިރީ ލިބިއްޖެ. އޭގައި ދޮންތަ ލިޔެފައިހުރި ވާހަތަކުންނާއި އިރުފާނު ކަންތައްކޮށްފައި ހުރި ގޮތުން އެބައިނގޭ އެއީ ދޮންތަ އަމިއްލަ އަށް ކޮށްފަހުރި ކަންތަކެއް ނޫން ކަން” ރަޔާހީންގެ ވާހަކަތައް ލޫކް ވަރަށް ބޮޑަށް ޝައުގުވެރިކަމާއެކު އަޑު އަހަން އިނެވެ. އެސްފިޔަ ޖަހާލަން ވެސް ނޭނގިފައި ރަޔާހީންގެ މޫނަށް ބަލަން އަލްޔާ އަށް އިނދެވުނީ އެވާހަކައަށް ޝައުޤއުވެރިވީ ވަރުންނެވެ.

“ކީކޭ ބުނާނީ ވެސް…. ހީން އަށް ހަމަޔަޤީންތަ؟ ހީން އަށް ކިހިނެއް ލިބުނު މައުލޫމާތެއް ތީ؟ މިބުނީ ތިގޮތަށް ހީން ތިބުނީ ތި ޑައިރީގެ އިތުރުން އެހެން އެއްވެސް ކަމަކަށް އޮތް ޔަޤީންކަމަކުންހޭ” ދެފަހަރަކު ނަޒަރު އެހެންދިމާލަކަށް ބަލާލުމަށްފަހު ލޫކް އަތް ހާކާލީ އޭނާގެ ތުނިކޮށް ފަޅާފައި ހުރި ތުނބުޅީގައެވެ. އެއަށްފަހު ރަޔާހީންގެ މޫނަށް އަނެއްކާ ވެސް ނަޒަރު ހުއްޓާލިއެވެ.

“މިހެން ބުނަން ލަދުވެސްގަނޭ. ދޮންތަގެ ފިރިމީހާ އަކީ މިހާރު އަހަރެންގެ ފިރިމީހާ. އިރުފާން ދޮންތަ އާއި ކައިވެނިކުރީ ވަރަށް ލޯބިން ކަމަށްވަނީ. ފަހުން އަހަރެންގެ ފޮޓޯ އެފްބީ އިން ފެނިގެން އެފޮޓޯ ދެކެ ލޯބިވެވިގެން އޭނަ ދޮންތަ ދެކެ ފޫހިވާންފެށީ. އޭރު ދޮންތަގެ ދެކުދިން ވެސް ތިބޭ އޭނަ އަށް. އޭނަ ދޮންތަ އަށް ކުރި އަނިޔާތަކާއި އެރޭގެ ހާދިސާ ވެސް ހަމަލޮލުން ފެނުނު މީހަކު އެބަހުރި” ރަޔާހީން އިސްޖަހާލަމުން އޭނާގެ ދެލޮލުން އައި ކަރުނަތައް ފޮހެލިއެވެ.

“އެފޮތް ލިބޭނެތަ؟” ލޫކް އަހާލިއެވެ. ރަޔާހީނަށް ހިތްވަރު ދިނުމުގެ ގޮތުން ނަދާ ރަޔާހީންގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

“އެމީހުންނަށް ޙައްޤު އަދަބު ލިބޭނެތަ؟ ދަޢުވާ ކުރެވޭނެތަ؟ އިސްޖަހާލި ރަޔާހީން ދެއަތް ތެރޭގައި ފޯނު ފިއްތާލަމުން އަހާލިއެވެ.

“އަސްލު މިހާރު ޖިނާޢީ އިޖުރާތުގެ ޤާނޫނަށް އަމަލުކުރަންފެށި ހިސާބުން ފެށިގެން ވަރަށް ގިނަ ކަންތައްތައް ބަދަލުވެގެން ހިނގައްޖެ. މީހަކު ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭނެ ހާލަތްތަކެއް ވެސް އެބައޮވޭ. ތިކަމުގަ އެބަ ބޭނުންވޭ ވަރަށް ބޮޑު ހެއްކެއް އެމީހުންނާއި ދެކޮޅަށް. އެއްގޮތަކަށް ވެސް މިބުނަނީ ހީން ދޮގުތަކެއް ހެދީއޭ ނޫނީ ތީ ހަދައިގެން ދެއްކި ވާހަކަތަކެކޭ ނޫން. ހީން ތިދެއްކި ވާހަކަތައް އަހަރެން ހިތުގެ އަޑިން ޤަބޫލުކޮށްފިން. ތިކަމުގަ އޭޅެން އޮތް ފިޔަވަޅެއް އަޅަން މިހާރުން ފެށިގެން މަސައްކަތް ފަށަންވީ” ލޫކް ވަރަށް ވިސްނުންތެރިކަމާއެކު ނަދާ އަށާއި ރަޔާހީނަށް ކަން އޮތްގޮތް އޮޅުންފިލުވަދެމުން ދިޔައެވެ.

“ދެން ކިހިނެއް އަހަރެމެން ކަންތައް ކުރަންވީ” ރަޔާހީން އަހާލިއެވެ.

“އެންމެ ފުރަތަމަ ކަމަކަށް އެ ތާރީޚް މަށަށް މެސެޖްކޮށްލާ އެނގޭ. ނަދޫ އަތުގަ އެބައިން ދޯ ނަންބަރ. ދެން އަނެއް ކަމަކީ އަހަރެން އެކަނި މިކަމާއި ނޫޅެވޭނެ. އެހެންވީމާ ވަކި ހިސާބަކުން އަހަރެންނާއި އެކުގައި އެހެންމީހަކު ތިކަންތަކުގައި އުޅެންފަށާނެ. އެހާތަނަށް އަހަރެން ތިކަންތައް ސިއްރުކޮށްފަ ބާއްވަދޭނަން. ދެން އަހަރެން ސީދާ ރަޔާހީނަށް މައުލޫމާތު ދެމުން ގެންދާނަން. އެންމެފަހު ކަމަކަށް އެގެ ބަލާފާސްކުރާނީ ކޯޓްއަމުރެއްގެ ދަށުން” ލޫކް ބުނެލިއެވެ.

ލޫކްގެ ވާހަތަކުން ރަޔާހީނަށް އުއްމީދެއް ލިބިގެން ދިޔައެވެ. އެއްވެސް މީހަކަށް ނޭނގޭނެހެން ރަޔާހީނާއި އަލްޔާ އާއި ދެމެދުގައި އެކަކަށް އިނދެވޭވަރަށް ހުރި ހުސްޖާގައިގާ ހަށަން ބަނދެލައިގެން ހުއްޓިހުރި ބީހާލް އަށް ރަޔާހީން ބަލާލިއެވެ. އެހިނދު ބީހާލް ވެސް ހީލަމުން ބޮޑުވާ އިނގިލި ކޮޅަށް ޖަހާލަމުން ހިނިތުންވެލިއެވެ.

“ޑޯންޓްވޮރީ… ހީންގެ ތި މަސައްކަތް ކާމިޔާބު ވާނެ. ހީންގެ ދޮންތަ އާއި ކުޑަ ދެކުދިންނަށް އިންސާފު ލިބޭނެ. ކުށްކުރި ފަރާތްތަކަށް އެމީހުން ކުރި ކުށުގެ ޙައްޤުއަދަބު ލިބޭނެ. މިދުނިޔޭގަ ނުލިބުނިއްޔާ ޔަޤީނުން ވެސް އެދުނިޔޭގައި ލިބޭނެ. އިންޝާﷲ. އަހަރެން ދުޢާ ކޮށްދޭނަން” އަލްޔާ މޭޒުމަތީގައި އޮތް ރަޔާހީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ރަޔާހީން ހިނިތުންވެލިއެވެ.

“ދެން ހިނގާ ކާންފަށަމާ. މިގޮތަށް ތިބެންވީމަ ދުވަހަކު ވެސް ނުކެވޭނެ. ދައްކަންހުރި ވާހަކަތައް ދައްކާ ނިމުނީމަ ދެން ކޮންމެސް މީހެއްގެ މަސްކެވޭނީ. އޭރުން އަނގައިން ރަހައެއްނުލާ ބަނޑުފުރޭނީ” ލައިގެން ހުރި މުށިކުލައިގެ ގަމީހުގެ އަތުކުރި އޮޅާލަމުން ލޫކް ބުނެލިއެވެ. އަދި ކަރުގައި އޮތް ޓައީ ނަގާ އަލްޔާ އަތަށް ދިއްކޮށްލިއެވެ. އެހިނދު އެންމެން އެއްކޮށް ހަމަޖެހުމުގެ ނޭވައެއްލިއެވެ. ކެއުމަށް އިންސާފް ކުރަންފެށީ އެއަށްފަހުއެވެ.

ފާޚާނާއިން ނިކުމެގެން އައިސް އެނދަށް އެރި އާސިރު ކައިރީގައި އޮތް ފީރޯޒާ އަށް ބަލާލިއެވެ. ހުމާ ފިހިފިހި އޮތް ފީރޯޒާ މެރެމުން ދިޔަ ދެލޯ ކުޑަކޮށް ހުޅުވާލަމުން ފިރިމީހާ އަށް ބަލާލިއެވެ. އާސިރު ފީރޯޒާގެ ނިތްކުރީގައި އަތްޖައްސާލިއެވެ.

“ހުން ވަރަށް މަޑުކޮށްލައިފި މިހާރު. އަދިވެސް ބޮލުގައި ރިއްސާތަ” އާސިރުު އަހާލީއެވެ.

“ރިހުން ފިލައިފި. މި ރޯގާގަނޑު މައިތިރިނުވާތީއޭ މައްސަލައަކީ” ރޯގާ ގެ ސަބަބުން ފީރޯޒާގެ އަޑަށް ވެސް ވަނީ ވަރަށް ބޮޑަށް ބަދަލު އައިއްސައެވެ.

“ދެން ނިދާލާ. ހެނދުނަށް ރަނގަޅުވެފަ ހުންނާނީ” ފީރޯޒާގެ ގައިމަތީގައި ރަޖާ އަޅާލަދެމުން އާސިރު ބުނެލިއެވެ. އަދި އޭނާ ވެސް ބާލީސްމަތީގައި ބޯއަޅާލީ ނިދާލުމުގެ ބޭނުމުގައެވެ.

ގަޑިން ދަންވަރު ތިނެްޖެހި ކަން ސިޓިންގރޫމުގައި ހުރި ބޮޑު ގަޑިން އިޢުލާން ކުރަމުން ދިޔައެވެ. ނިދާފައި އޮތް އާސިރަށް ހޭލެވުނީ ކުއްލިއަކަށް ވަރަށް ބޮޑަށް ކެއްސައިގަނެގެންނެވެ. ތެދުވެ އެނދުމަތީގައި އިށީނދެލުމަށްފަހު އެނދުގެ ފުރަގަހުން ހުރި ސްވިޗްތަކުން ސްވިޗަކަށް ފިއްތާލިއެވެ. އެހިނދު ކޮންމެސް ވަރަކަށް ކޮޓަރިތެރެ އަލިވިއެވެ. ނިދާފައި އޮތް ފީރޯޒާގެ ކަރުދަށުގައި އަތްޖައްސާލިއިރު ހުމުގެ އަސަރެއް އެއްވެސް ވަރަކަށް ނެތެވެ. އަދިވެސް ކެހިވަރު މައިތިރިނުވާތީ އާސިރު ފެންފޮދެއް ބޯލުމަށްޓަކައި ސައިޑްކަބަޑް މަތީގައި ހުރި ޖަގު ނެގިއިރު އޭގައި ހުރީ ފެން އެންމެ ކޯވަރެކެވެ. އެ ފެންފޮދު ބޯލުމަށްފަހު އެވަރުން އަލާ ނުފިލުމުން އާސިރު ހުސް ޖަގު ހިފައިގެން ނިކުތީ ބަދިގެއަށް ދިއުމަށެވެ. ސިޓިންގްރޫމުގެ ދެފަރާތުގައި ދިއްލާފައި ހުރި ދެލައިޓުން ސިޑިމައްޗަށް ކޮންމެސް ވަރަކަށް ވަނީ އަލިއެޅިފައެވެ.

ސިޑިން ފައިބައިގެން ވަކި ހިސާބަކަށް އައިތަނާ ކުއްލިއަކަށް އާސިރަށް ހުއްޓެވުނީ ކުރި ބައްދާފައި އޮތް ރަތްކުލައިގެ ކެހެރިތަކެއް ފަޅައިފާވާ މާގެރިއެއް ފެނުމުންނެވެ. އާސިރުގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. މުޅި މީހާ ދާހިތްލާ ހިތްވެސް ބާރަށް ތެޅެން ފެށިއެވެ. އެއީ މަގުމަތިން ވެސް އާސިރަށް ފެނުނު ގެރިއެވެ. މިފަހަރު އޭތި ގޭތެރެއިން ފެނުމުން އެއީ ރަނގަޅު ފާލެއް ނޫންކަމުގައި އާސިރުގެ ހިތް ބުނެލިއެވެ. އާސިރު މަޑުމަޑުން އޭނާގެ އުނަގަނޑުގައި ތަވީދު އޮތްތޯ ބަލާލިރު އެވެސް ނެތެވެ. މޮޔައަކު ހެން ދެފަރާތް ހޯދާލެވުނީ އެތަނާއި ކައިރި ހިސާބަކަށް ވެސް ތަވީދު ވެއްޓިފައި އޮތްތޯ ބަލާލާށެވެ. އެވަގުތު ދުލުން ހެޔޮ އެއްޗެއް ކިޔާކަށް ވެސް އާސިރުގެ ހިތަކަށް ނޭރިއެވެ. އާސިރު ހިނދުކޮޅަކު ވިސްނާލަން ހުއްޓެވެ. އެގޭގައި ވަޅުލާފައިވާ ފަންޑިތައިގެ ބާރު ކެނޑުނީހެއްޔެވެ؟ އެހެންނޫނީ މިފަދަކަމެއް ނުވާނެކަން ޔަޤީނެވެ. ކުއްލިއަކަށް ގެރީ އަނގަ ހުޅުވާލާފައި އާސިރަށް ބަލާލީ ރުޅިވެރި ފާޑަކަށެވެ. އެހިނދު ގެރީގެ އަނގަތެރެއިން ނިކުތީ ފިރިހެނެއްގެ ބާރު ހުނުމުގެ އަޑެވެ. އާސިރަށް ހީވީ އޭނާގެ ދެކަންފަތް ފޫއަޅުވާލި ހެންނެވެ. އަތުގައި އޮތް ބިއްލޫރި ޖަގު ދޫވެ ސިޑީގެ ހަރުފަތްތަކުން ފުނޑިފުނޑި ވެގެން ފައިބަން ފެށިއަޑު ވެސް އާސިރަށް އިވުނީ ބިރުވެރި އަޑެއްގެ ގޮތުގައެވެ. އައިކޮޅަށް ދުއްވައިގަންނަން އުޅުނު ވަގުތު ހަނދާންނެތި ދެވުނީ ގެރި އޮތް ދިމާލަށެވެ. އެވަގުތު ވީނުވީއެއް ނޭނގި އާސިރުގެ ދެފައި އޮޅި އަނގަވަތަށް ވެއްޓި ސިޑީގެ ހަރުފަތްތައް މަތިން އައިސް ސިޑީގެ އެންމެ ބުޑަށް އިނދަޖެހުނެވެ. މުޅި ސިޓިންގްރޫމު އަލިވެގެން ދިޔަ ވަގުތު ކުއްލިއަކަށް ގެރި ވިދާލި ވިދުވަރެއްހެން ގެއްލުނެވެ.

“ބައްޕާ……. އިރުފާނު ދުވެފައި އައިސް އޭނާގެ ބައްޕަ އަތްދަނޑި މައްޗަށް ނެގިއިރު އާސިރުގެ ހަރަކާތްވަނީ ހުއްޓިފައެވެ. ފަހަތުން ކާފައަށް ގޮވަމުން މާކިލް ވެސް އައެވެ. ފީރޯޒާ ވެސް ހުރި ހިސާބުގައި ގަބުވެފައި ހުރީ އިރުފާނުގެ އަތް ދަނޑި މަތީގައި ޒަޙަމްތަކާއި އެކު އޮތް ލޯބިވާ ފިރިމީހާ ފެނިފައެވެ. ރަމްލާގެ އަތުގައި ހިފާލައިގެން ރަޔާހީން ވެސް ހުރީ ބިރުގަނެފައެވެ.

އިސާހިތަކު އާސިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފެށުނެވެ. އޭޑީކޭގެ އެމަރޖެންސީރޫމް ކުރިމަތީގައި އިރުފާނާއި މާކިލް ފައިވާނަކަށް ވެސް ނޭރި ހިނގަ ހިނގާ ހުއްޓެވެ. ގޮނޑީގައި އިން ފީރޯޒާ އިނީ ރޮވިފައެވެ. ކައިރީގައި އިން ރަޔާހީން މޫނުމަތިން އެއްވެސް އެއްޗެއް ދެނެގަންނަން ނޭނގޭނެހެން އިނެވެ. ވާންވީ އުފާކަމެއް ދެރަކަމެއް ނޭނގޭއެވެ. އޭނާގެ ދޮންތައާއި މެދު އެބައިމީހުން އަނިޔާވެރިވެފައި ވިޔަސް އެއްވެސް އިންސާނަކަށް އަނިޔާއެއް ވާތަން ދުށުމަކީ ރަޔާހީނަށް ކުޅަދާނަ ކަމެއް ނޫނެވެ. ރަޔާހީން ބޭނުންވަނީ ކުށްކުރި މީހުންނަށް އަދަބު ލިބޭށެވެ. އެމީހުން މަރާކަށް ނޫނެވެ. ނަމަވެސް އެއީ ބީހާލްގެ ކަމެއްކަން ރަޔާހީނަށް ރަނގަޅަށް އެނގެއެވެ. އެކަމުގައި ބީހާލް ކުށްވެރިކުރާކަށް ރަޔާހީން ބޭނުމެއް ނުވޭއެވެ. ބީހާލް އަކީ އިންސާނަކަށް ނުވާއިރު އިންސާނަކާއި މެދު ޖިންނިއެއްގެ ހިތުގައި އޮންނާނީ ކޮން ރަހުމެއް ހެއްޔެވެ؟ އެ އިންސާނުންތައް ވަނީ އޭނާގެ ފުރާނަފަދަ ލޯބިވެރިޔާ އަނިޔާވެރި ގޮތަކަށް މިދުނިޔެއިން ނެރެލާފައެވެ. ވީއިރު އެމީހުންނަށް ބީހާލް އެދިން އަނިޔާ އެވަރުގެ ކަމަކާއި ބަލާފައި ވަރަށް ކުޑައެވެ.

ފަތިސްވާން ގާތްވެފައިވަނިކޮށް ޑޮކްޓަރ ދިން ހަބަރަކުން ފީރޯޒާ އަށް ހީވީ އޭނާގެ ބޯމައްޗަށް އުޑު ވެއްޓުނު ހެންނެވެ. ފައިދަށުން ބިންގަނޑު ދެމިގެންދިޔަހެން ހީވުމުން ކައިރީގައި ހުރި ރަޔާހީންގެ ގައިގާ ހިފަހައްޓާލެވުނެވެ. އާސިރުގެ ހާލު ދެރަކަމުން އައިސީޔޫ އަށް ގެންދަނީ ކަމަށާއި އަދިވެސް ހޭނާރާ ކަމަށް ބުންޏެވެ. ގައިގެ އެތަން މިތަނަށް ބިއްލޫރިގަނޑު ވަދެފައި ހުރި ކަމަށާއި ސިކުނޑިއަށް ލޭއެޅި ސިކުނޑީގެ އެއްބައި ހުރީ ދުޅަވެފައި ކަމަށް ބުންޏެވެ. ބައްޕަގެ ހާލަތަށްޓަކައި އިރުފާން ކަރުނައަޅާ ރޮމުން ދިޔައިރު ކުށެއް ނެތް އަންހެނަކާއި މައުސޫމް ކުޑަކުޑަ ދެކުދިން އުސް އިމާރާތަކުން ހޫރާލީއިރު އެހިތަށް ހަމަ އެކައްޗެއް ވެސް ނޭރީ ހެއްޔޭ ރަޔާހީން ހިތަށް އަރަމުން ދިޔައެވެ.

“އެއީ ބަފަޔަށް ވީމަ ތިހިތުގަ އެވަރަށް ތިރިއްސަނީ. އަހަރެންގެ ދޮންތަ އުފުލި ވޭނާއި ހިތަށް ކުރާނެ އަސަރު ތިހިތަށް ނޭރީ ކީއްވެ؟ ބަލަ އެވެސް މީހެއްގެ ދަރިއެކޭ. ކަލޭމެންނަށް ކިހިނެއް ހެއޮ ކަމެއް ވާނީ. ބުނާ އަޑެއް ނާހަންތަ؟ އެބަޔަކު ކުރި ކުށެއްގެ އަދަބު މިދުނިޔެއިން ވެސް އެބަޔަކަށް ދައްކަވާފައި ނޫނީ އެދުނިޔެއަކަށް ނުދާނޭ” އިރުފާނާއި ދިމާލަށް ނުބުންޏަސް އިރުފާނަށް ދެލޯ އަޅާލައިގެން ހުރި ރަޔާހީންގެ ހިތުގައި ވީ މި ބަސްތަކެވެ.

އިރުއެރިތަނާ މައިސަރާ އާއި މަހާ ވެސް އެތަނަށް އައުމުން ރަޔާހީން ގެއަށް ދިޔައެވެ. ރަޔާހީން އެނބުރި ހޮސްޕިޓަލަށް އައީ ފީރޯޒާ ކާނެ އެއްޗެއް ހިފައިގެންނެވެ. މަގްޞަދު ހާޞިލްކުރުމަށްޓަކައި ހިތް ނޭދުނަސް އެކްޓް ކުރަން ޖެހޭނެ ނޫން ހެއްޔެވެ؟

“ޑޮކްޓަރުން އާބަސް ނުބުނާތީ ނުފުރިގެން މިއުޅެނީ. ކޮބާ ވިކްޔަން؟” ފިރޯޒާ މައިސަރާ އާއި ވާހަކަދައްކަން އިނީ އައިސީޔޫ ބޭރުގައި ހުރި ގޮނޑިބަރީގައެވެ. ހިމޭންކަމާއެކު ގިނައިރު ރުއިމުގެ ސަބަބުން ފީރޯޒާގެ އަޑު ވަނީ ހިސާބަކަށް ކުރަކިވެފައެވެ. ކައިރީގައި އިން ރަޔާހީންގެ ކޮނޑުގައި ބޯއަޅާލައިގެން މާހާ އިނެވެ.

“ވިކީ ވީ ދަތުރެއްގައި. މާދަމާ ނޫން އަނެއް ދުވަހު އަންނާނީ. މިހަބަރު އަހަރެން ވިކީ އަށް ދީފިން. ވިކީ ބައްޕަ ވެސް ރިސޯޓުން ނާދެވިގެން އެއުޅެނީ. ދައްތާ މަގޭ ހިތަށް އަރަނީ ކީއްވެބާއޭ އެތަނުގައި ތެޅިފައި ހުރި ބިއްލޫރި ހުރީ” މައިސަރާ އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލެއް ކޮށްލިއެވެ.

“ދައްތައަށް ބޮޑަށް ހީވަނީ ފެން ބަލާ ކަންނޭނގެ ތިރިއަށް ފޭބީ. ދައްތަ ބަލިވެ އޮތީމަ ނުގޮވީ ހެން ހީވަނީ. ސިޑި މައްޗަށް ވެއްޓެން ދިޔަ ވަގުތު ޖަގު ވެއްޓި ތެޅިފައި އެއޮތީ” ފީރޯޒާ ރޮވައިފައިވާ އަޑަކުން ވާހަކަދެއްކިއެވެ. އެވަގުތު ލިޔުންތައް ހިފައިގެން އިރުފާނާއި މާކިލް އެތަނަށް އައެވެ.

ދުވަހުގެ އިރުއޮށްސުނު ވަގުތު އާސިރު ގޮވައިގެން ފީރޯޒާ އާއި އިރުފާން އަދި މާކިލް ރާއްޖޭން ބޭރަށް ފުރިއެވެ. ރަޔާހީން މައިސަރާ ކައިރީގައި ބަހައްޓާފައެވެ. ރަމްލާ އަށް ވެސް ޖެހުނީ ފީރޯޒާމެން އުޅޭ ބައި ސާފުކޮށް ބަލަހައްޓަމުން މައިސަރާ އުޅޭ ބައިގާ މަސައްކަތް ކުރާށެވެ. ވިކްޔަން އާއި އެއްފުރާޅެއްގެ ދަށުގައި އުޅެން ޖެހުމުން ރަޔާހީންގެ ހިތް ވަނީ އުފަލުން ފުރިފައެވެ. މައިސަރާ ރަޔާހީނާއި މެދު ހިތްހަމަ ނުޖެހިފައި ހުއްޓަސް ކަންތައް ކުރަނީ ރަނގަޅަށެވެ. ރަޔާހީން ދުވަސްކޮޅަކަށް ވިޔަސް އެބަޔަށް ބަދަލުވުމުން މާހާ ހީވަނީ އުފަލުން އެހެންކަމެއް ހެންނެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައީ ބަސްބުނާހާ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ލޫކް އާއި ރަޔާހީން މައްސަލަ އާއި ބެހޭ ގޮތުން ފޯނު މެދުވެރިކޮށް މަޝްވަރާ ކުރަމުން ދިޔައެވެ. ހަމަ އެގޮތަށް ރަމްލާ އަށް ވެސް އޭގެ މައުލޫމާތު ޙިއްސާ ކުރަމުން ރަޔާހީން ދިޔައެވެ. ވިކްޔަން ދަތުރުން އެނބުރި އައިރު އެގޭގައި ރަޔާހީން އުޅޭ ކަން އެނގުމުން ހުރީ ހިތްހަމަނުޖެހިފައެވެ. އެގެއަށް އެގޮތަށް އުޅެން އަންނަން ރަޔާހީނަށް ކެރުނުކަމަށްޓަކައި ވެސް ހުރީ ރަޔާހީނަށް ބަވާލަން ބޭނުންވެފައެވެ.

މައިސަރާ އާއި މާހާ ކައިގެން ކޮޓަރިއަށް ވަނުމުން ރަޔާހީން ރަމްލާ އާއި އެކުގައި އެގޭ ބޭރު ގޯތީގައި ވަކިން ހަދާފައި ހުރ9ި އުނދޯލި ގޭގައި އެލުވާފައި ހުރި ބޮޑު އުނދޯލީގައި ތިބީ ވާހަކަދައްކާށެވެ.

“މިރޭ ހާދަ މަޑުމަޑުން ތިހުންނަނީ. ކަމެއްވީތަ ދަރިފުޅަށް” އުނދޯލީގައި ފޯށް ކޮށަން އިން ރަމްލާ އުނދޯލިގެއަށް އައިސް ވަން ރަޔާހީން ފެނުމުން އަހާލިއެވެ.

“ނޫން ބައްޔެއް ނޫން. ރަމްލާއްތާ! މިގޭގައި އުޅޭހިތެއް ނުވޭ. ރަމްލާއްތާ! އަޅެ ބުނެބަލަ ކީއްވެތަ ބައެއް މީހުން އަނގައިން ބަސްބުނާއިރު އަނެއް މީހާ އާއި މެދު ނުވިސްނަނީ” ރަޔާހީން ދެރަވެފައި ރަމްލާ ކައިރީގައި އިށީންނަމުން އަހާލިއެވެ.

“މީހަކު އެއްޗެއް ބުނީތަ؟” ރަމްލާގެ ހަރާކާތްތަކަށް ހުއްޓުމެއް ގެނެސް ރަޔާހީނަށް ބަލާލިއެވެ.

“ނޫން. ހަމައަހާލީ” ރަޔާހީން ބުނެލިއެވެ.

“ދަރިފުޅާ ދޫންޏާ! ދުނިޔޭގައި އުޅޭނީ ތަފާތު މީހުން. އެންމެން އެއްގޮތެއް ނުވާނެ. އެއްޗެއް ބުނެވުނަސް ފަހުން އެކަމާއި ދެރަވެ ހިތާމނަކުރާ މީހުން ގިނަވާނެ. އެހެންވީމަ އަހަރެމެން އަޑުއަހަން ތިބޭ މީހުން ހިމޭންކަމާއެކު އެބަސްތަކަށް ކަންފަތްދީގެން ތިއްބަސް ބަސްބުނާ މީހާ އަށް ވިސްނޭނީ އެމީހާގެ އަނގައިގެ ތެރެއިން އެބަސް ނިކުމެގެން ދިޔައިމަ” ރަމްލާ ހުއްޓާނުލާ ފަރިތަކަމާއެކު ފޯށްކޮށަމުން ވާހަކަދައްކަމުން ދިޔައެވެ. އެވަގުތު ތަކުގައި އެންމެ ފަހަރަކު ވެސް އޭނާ ކައިރީގައި އިން ރަޔާހީނަށް ބަލާނުލައެވެ. ބަލާލީނަމަ ރަޔާހީން ލޮލުން ވެއްތުނުކަރުނަތިކި އޭނާ އަށް ފެންނާނެއެވެ.

“ނުވޭ ދެރައެއް. އޭނަ ނުވޭ ދެރައެއް. ހިތަށް އައި އެއްޗެއް ހިތަށް އެރިގޮތަކަށް ބުނެފަ ވަރަށް އުފަލުގައި އޭނަ އުޅެނީ. ޢެނަ ހިތަކަށް ހަމަ އެކައްޗެއްވެސް ނާރާ. އަނެކާގެ ހިތުގައި ޖެހޭނެވަރެއް އޭނައަކަށް އިޙުޞާސެއް ނުކުރެވޭ އޭނައަކަށް” ރަޔާހީން މަޑުމަޑުން ބުނަމުން ދިޔައެވެ. ރަމްލާ އުނގުތެރޭގައި ހުރި ދުފާދަޅު އެއްކައިރިކޮށްލަމުން ރަޔާހީނާއިވީ ދިމާލަށް އެނބުރިލިއެވެ.

އެވަގުތު ދެމީހުންނަށް އެއްފަހަރާ އިންތަނުން ތެދުވެވުނީ ކުރިމަތީ އައިސް ހުއްޓުނު މީހަކު ފެނިފައެވެ. ރަޔާހީން ދެއަތް ދެއަތާއި މޮޑެންފެށީ އޭނާ ދެންމެ ދެއްކި ވާހަކަ އެމީހަކަށް އަށް އަޑު އިވުނު ކަމަށް ހީކޮށްފައެވެ.

ނުނިމޭ

Share Article

Follow Me Written By

Ushaali

Level 710 Stories100 Comments100 Stories500 Comments

Other Articles

Previous

އަގެއްނެތްލޯބި 18 ވަނަބައި

Next

ވިންދު ލޯބިން ޖެހި ހިތެއްގައި (11)

Next
September 15, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (11)

Previews
September 15, 2017

އަގެއްނެތްލޯބި 18 ވަނަބައި

29 Comments!

  1. Ushaali says:
    September 15, 2017 at 7:25 am

    assalam alikum and alhamdhulillah 🙂 huriha kudhinnah ves ufaaveri hendhunakah edhen. huriha kudhin ves ranaglhu dhw 🙂 dhigu inthizaareh kuruvan jehunyma sorry engey 🙂
    mi bai ves huriha kudhinnah kamudhaane kamah heekuran 🙂
    varah baajjaveri dhuvahakah edhen 🙂 🙂 🙂

  2. Ahoo says:
    September 15, 2017 at 7:27 am

    Yeah.. me first dhw 😀

    1. Ushaali says:
      September 15, 2017 at 5:23 pm

      yesmifaharu first ahoo ah 🙂

  3. Ahoo says:
    September 15, 2017 at 7:46 am

    Mi part ves v reethi… <3

    1. Ushaali says:
      September 15, 2017 at 5:24 pm

      thankyou Ahoo 🙂

  4. Shaa says:
    September 15, 2017 at 7:54 am

    V salhi

    1. Ushaali says:
      September 15, 2017 at 5:26 pm

      thankyou shaa 🙂

  5. mal-mal says:
    September 15, 2017 at 8:26 am

    MashaAllah, mi part ves varah furihama!! ❤❤❤
    next part kon iraku up kuraany???

    1. Ushaali says:
      September 15, 2017 at 5:27 pm

      thankyou mal-mal …………..
      🙂 soon. insha allah

  6. ??? says:
    September 15, 2017 at 10:18 am

    Vvvv reathi

    1. Ushaali says:
      September 15, 2017 at 5:27 pm

      thankyou dear 🙂

  7. nux says:
    September 15, 2017 at 10:37 am

    v reethi mi part vess well done ushoo????alhey???kv abadhu heen dherakurany???? mifaharu kv ah viss nayne baa ?????next part v kiyaahithun mihury???avahah up kohla dhehchey ingey have a grt friday all ??????????

    1. Ushaali says:
      September 15, 2017 at 5:29 pm

      thankyou nux…dheravaa bai ves gennan vaanenu dhw. 🙂

  8. Èen says:
    September 15, 2017 at 11:02 am

    V.v. reethi mi partves. Next part kondhuvahakun?

    1. Ushaali says:
      September 15, 2017 at 5:30 pm

      thankyou Ean.. soon insha allah 🙂

  9. khajja says:
    September 15, 2017 at 2:21 pm

    Ohhh wow?? masha allah stry v v habeys vv rythi?? ekamakuvaa kv heen ge ves onnany hithevviyya e fakyrah thihen nadhabala plx mihaarudhen kommes ehcheh visnenvejje ennu? b help vebala heen n kv kanthakuga plx ? stry v v v furihama whn nxt prt avaskolladhybala v kiyaahithunnmihunnany baajjaveri ufaaveri friday akah edhen ly ??❤❤??????????????

    1. Ushaali says:
      September 15, 2017 at 5:32 pm

      thankyou khajja 🙂 kuriah huri bai thauga kv ah engeynethaa dhw…. 🙂

  10. Fathun says:
    September 15, 2017 at 2:37 pm

    Whn is the next part??love this story

    1. Ushaali says:
      September 15, 2017 at 5:32 pm

      thankyou Fathun 🙂 soon.insha allah

  11. thalpalhey ? says:
    September 15, 2017 at 2:53 pm

    Varah reethi❤maasha Allah. Next part kon irakun..

    1. Ushaali says:
      September 15, 2017 at 5:33 pm

      thankyou thalpalhey 🙂 soon. insha allah

  12. Azu says:
    September 15, 2017 at 3:11 pm

    Wow…ushaalii…magey loabivaa look n alya ves mivaahakayah aeedho….vv reethi ingey egothah gulhuvleema…..??

    1. Ushaali says:
      September 15, 2017 at 5:35 pm

      ushaali ge kuriah huri vahakathakuga nimidhiya stories thkuga ulhey meehun gina adhadhakah himenigen dhaane. 🙂
      thankyounso much azu 🙂

    2. Anonymous says:
      September 15, 2017 at 8:38 pm

      I miss shareefahtha very much…..mihaaru ehves thankolheh hikihje baa …..hehe….shareefahtha ge baeh ves himanaalahchey..☺☺

    3. Azu says:
      September 15, 2017 at 8:39 pm

      Nan nujehuneema tha anonymous ey eynee….lol

  13. click a shot ? says:
    September 15, 2017 at 5:53 pm

    Varah reethi mi part ves ?❤️

  14. Ainth says:
    September 16, 2017 at 12:05 pm

    Wow… Masha Allah mi baives v v furihama..Ushaali ge story thah v habeys

  15. azeen says:
    September 16, 2017 at 3:44 pm

    v reethi

  16. rym says:
    September 16, 2017 at 8:54 pm

    when is the next part

Comments are closed.


All Right Reserved!