ދެލޯ ހުޅުވާލި ވަގުތު އަހަރެންގެ ހަށިގަނޑަށް އިހުސާސް ކުރެވެމުން ދިޔައީ ފިނިކަމެވެ. ކަޅި އެކި ކޮޅުކޮޅަށް ދައުރުކޮށްލުމާއެކު މި އޮވެވުނީ ކޮންތާކުކަން ރޭކާލައިފިއެވެ. އެޖެންސީގައި ހުންނަ އަހަރެންގެ ކޮޓަރީގައެވެ. ދިގު ހުވަފެނަކުން ހޭލެވުމުން ކުރެވޭ ފަދަ އިހުސާސެއް އޭރު އަހަރެންގެ މުޅި ހަށިގަނޑަށް ކުރެވެމުން ދިޔައެވެ. އަނގަމަތީގައި އަޅާފައިވާ އޮކްސިޖަން މާސްކު ނައްޓާލަމުން އަހަރެން ބޯ ހިއްލައި އެނދުފަޑީގައި ލެނގެލީމެވެ. ކޮޓަރީގައި ހުރި ސޯފާގައި، ނިދިޖެހެމުން ދިޔަ ރާޔާއަށް މަންޒަރު ފެނުމާއެކު އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. އަވަސް […]
އެމީހުން ޑެލްޓާ ވެސް ހިފެހެއްޓީ ހެއްޔެވެ؟ އަހަރެން ހާސްވާންފެށީ އެހިސާބުންނެވެ. ހިތުތެރޭގައި އުތުރި އަރަމުން ދިޔަ ރުޅިވެރިކަން ނުތަވަސްކަމަށް ބަދަލުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެމެންގެ މިޝަން މި ފެއިލްވީ ހެއްޔެވެ؟ އަހަރެމެންނަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ޒަފަރުއަށް މިހާރު އަހަރެމެންނަކީ ކޮންބައެއްކަން އެނގިއްޖެއެވެ. ހަމަގައިމުވެސް އޭނާ އަހަރެމެން ދިރިހުއްޓަކާ ނުދޭނެއެވެ. ** ** އަހަރެން ލަސްލަހުން އެސްފިޔަތައް ތަޅުވާލަމުން އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލީމެވެ. އެހިނދު ލޮލަށް އެޅިގެން ދިޔަ އޮރެންޖު ކުލައިގެ […]
އޭނާ ބޯ ޖަހާލުމާއެކު އަހަރެން ގޮސް އެމީހާގެ އަތުގައި އައްސާފައިވާ ވާތައް މޮހާލީމެވެ. އެވަގުތު އެމީހާ އަވަސްއަވަހަށް އަތުން އިޝާރާތްތަކެއް ކުރަން ފެށުމުން އަހަންނަށް އަނެއްކާވެސް ބަލާލެވުނީ ޑެލްޓާގެ މޫނަށެވެ. މިއޮއް ހުރިހާ އިރަކު އެމީހާއަށް ވާހަކަނުދެއްކިގެން އުޅުނު ސަބަބަކީ މިއީ ހެއްޔެވެ؟ އެއީ ވާހަކަނުދެއްކޭ މީހެއް ހެއްޔެވެ؟ ** ** ލިވިންގް ރޫމުގައި ބަހައްޓާފައިވާ ބޮޑު ބިއްލޫރި މޭޒު ކައިރީގައި އިނދެގެން އަހަރެން ވިސްނަމުން ގެންދިއައީމެވެ. މޭޒުމަތީގައި އަތުރާފައިވާ އެކި ވަރުވަރުގެ ޕޭޕަރުތަކާއި ލެޕްޓޮޕުތަކުގެ ސަބަބުން […]
އަހަންނަށް ދެއަތުން މޫނުގައި ފިރުމާލެވުނެވެ. ގެއަށް ދާއިރަށް ޑެލްޓާގެ ލެކްޗަރުފަތި އަހަރެންގެ ކަންފަތް ހިޞާރުކުރާނެކަން ހަމަ ޔަޤީނެވެ. ** ** އެޕާޓްމެންޓުގެ ދޮރު ހުޅުވައި އަހަރެން އެތެރެއަށް ދެމިގަތް ވަގުތު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ބިއްލޫރި މޭޒު ކައިރީގައި ރުޅިއައިސް ރަތްވެފައި އިން ޑެލްޓާއެވެ. ދަތްތައް ފެންނަވަރުގެ ހިނިތުންވުމެއް އޭނާއަށް ހަދިޔާކޮށްލަމުން އަހަރެން ދޮރު ލައްޕާލީމެވެ. ނަމަވެސް އެ މޫނުމަތިން ސަމާސާގެ އެއްވެސް ކުލަވަރެއް ނުފެނުނެވެ. އެ ދެލޮލުން ބުރަމުންދާ އަލިފާންކަނިތައް ހީވަނީ އަހަރެން […]
އަރޫންގެ ނަޒަރުން: ޕްރިންސިޕަލްގެ ރޫމް ހުންނަ ފްލޯއަށް އެރުމާއެކު އަހަރެންގެ ތުންފަތުގައި ދުވެލީ ފަނޑު ހިނިތުންވުމެކެވެ. އަހަންނާ ދާދި ގާތުން ހިނގަމުން ދިޔަ ސުޒާ އިރުއިރުކޮޅާ އަހަންނާ ދިމާއަށް ލޯއަޅާލާކަން ފާހަގަވެއެވެ. އޭނާ އެހުރީ އަހަރެން ދެކެ ހަމަ އެހާ ބޮޑަށް ރުޅިއައިސްފައި ހެއްޔެވެ؟ “ސުޒާ ދެން ދާންވީނު ކުލާހަށް؟ އަހަރެން ލިބެންޖެހޭ އަދަބެއް ލިބިގަތުމަށްފަހު ދާނަން..” ޕްރިންސިޕަލްގެ އޮފީހުގެ ދޮރާ ހަމައަށް ދެވުމާއެކު އަހަރެން އޭނާ ގާތު ބުނެލީމެވެ. އެއާއެކު އޭނާ އަހަންނާ ދިމާއަށް ބަލާލީ […]
“އޭނަ މަރުވިއްޔާ މާ ރަނގަޅުވާނެ.. އެކަހަލަ މީހުންނާހެދި މި ރާއްޖެ އަޅުވެތިވަނީ..” ދެއަތް މުއްކަވާލަމުން އަހަރެން ވާހަކަދެއްކީމެވެ. އެ ޝާކިންއަށްޓަކާ އަހަރެންގެ ހިތުގައި އުފެދިފައި ވަނީ ނަފްރަތެވެ. އޭނާ ސަލާމަތްކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ޝުބާ އަހަރެންނާ ދިމާއަށް ބަލާލިއިރު ރުޅިއައިސްގެން އޭނާގެ ހަށިގަނޑު ތުރުތުރު އަޅައެވެ. ކުއްލި ހަރަކާތަކާއެކު އޭނާ އަހަރެންގެ މޫނުމައްޗަށް އެތި ފަހަރެއް ވީއްލާލީ ނުވިސްނާ ހުއްޓައެވެ. “އަރޫން މޮޔަވީތަ؟ ޝާކިން އެއީ ތި ބުނާ ކަހަލަ މީހެއް ނޫނޭ! އޭނާއަށް ދިމާވި […]
އަހަރެން އަތުގައި އޮތް އެ ސްކޫލުގެ ‘ބުކްލެޓް’ އާ ދިމާއަށް ބަލަހައްޓައިގެން ހުރެ ކުރިއަށް ހިނގައިގަތީމެވެ. މި ސްކޫލުގެ ބޮޑުކަމުގެ ސަބަބުން އަހަންނަށް އަމިއްލަ ކުލާސް ހޯދިއްޖިއްޔާ ރަނގަޅެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު އަހަރެންގެ ފައިގައި އަޅުވާލައިފިއެވެ. ނުވިސްނާ ހުރުމުގެ ސަބަބުން ސްކޫލުގެ ގޯތިތެރޭގައި ހައްދާފައިވާ ފެހިކަން ގަދަ ވިނަގަނޑުގެ މައްޗަށް އަހަރެން ވެއްޓުނީ އަނގަވަތަށެވެ. ބޯ ހިއްލާލި ވަގުތު އަހަންނަށް ފެނުނީ އޮފު އަރައަރާ ހުރި ކަޅުކުލައިގެ ދެ ބޫޓެވެ. އޭނާގެ މައްސަލަ އަކީ ކޮބާ […]
އެ ކޮޓަރީގައިވާ ރީތިވާ މޭޒު ކައިރީގައި ހުއްޓެލިތަނާ އިވިގެން ދިޔަ އަޑުގެ ސަބަބުން އަހަރެންގެ ދެލޯ ބޮޑުވެ، ޙަރަކާތްތައް ގަނޑުވިއެވެ. އެ އިވިގެން ދިޔައީ ފާހާނާގެ ދޮރު އަންލޮކް ވެގެން ދިޔަ އަޑެވެ. “ޝިޓް!” އަހަރެންވެސް ކިހާ މޮޔަ ހެއްޔެވެ؟ ކޮޓަރިއަށް ވަދެގަތީ ޑެލްޓާ ފާހާނާގައި އުޅޭތޯ ބަލާވެސް ނުލާ ވިއްޔާއެވެ. އޭނާގެ އަތުން އަހަރެން މަރު ނުވިއްޔާ ރަނގަޅެވެ. ހިފަހައްޓައިގެން ހުރި ނޭވާ ބޭރުކޮށްލަމުން އަހަރެން ފަހަތަށް އެނބުރުނީ މަޑުމަޑުންނެވެ. ފާޙާނާގެ ދޮރުމަތީގައި ދެއަތް އުރާލައިގެން […]
މަޑުމަޑުން ސިޑިން މައްޗަށް އަރައިގެން ދިޔައިރު އަހަރެންގެ ދެއަތް އޮންނާނީ ދެ ޖީބަށް ޖަހާލެވިފައެވެ. އެ ފްލޯރ ގައި ހުރީ ހަނި ގޯޅިގަނޑެކެވެ. އެ ގޯޅިގަނޑުގެ ދެފަރާތައް ވާގޮތަށް ހުރި ކޮޓަރިތަކަށް އަހަރެން ނަޒަރު ހިންގާލީމެވެ. އެތަނުން ބަޝަރުގެ ކޮޓަރި އަކީ ކޮބާ ހެއްޔެވެ؟ ލޯ އެކި ކޮޅުކޮޅަށް ޙަރަކާތްކުރާ ހާލު އަހަރެން އެ ހަނި ގޯޅިގަނޑުގެ ތެރެއިން ހިނގަން ފެށީމެވެ. ނަމަވެސް ތަންކޮޅަކަށް ދެވުނުތަނާ ކޮންމެވެސް މީހަކު އަހަރެންގެ ވާއަތު ކޮނޑުގައި އަތް ބާއްވާލައިފިއެވެ. ވަގުތުން […]