ގޭތެރެއަށް ވަދެގެން އައި ލުތުފީގެ ފަހަތުން ލޫތް މަޑު ހިނގުމެއްގައި އައިސް މިސްރާބުޖެހީ ލޫލުގެ ކޮޓަރިއާއި ދިމާއަށްށެވެ. މުޅި ކޮޓަރިން ވެސް ފެންނަނީ ލޫލުގެ ނިޝާންތަކެވެ. އޭނާގެ ކުޅޭ އެއްޗިއްސާއި ހެދުންތަކެވެ. ލޫތް ގޮސް ކުޑައެނދުގައި އިށީނދެލަމުން އަތުގައި އޮތް ބެއާ އެނދުކޮޅުގައި ބެއިންދިއެވެ. ލޫލުގެ ކުޑަ ބާލިހުގައި އަތް ބީއްސާލަމުން ފުން ނޭވާއެއްލީއިރު އެލޯ ވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ. ލޫލުގެ ކުޑަ މޭޒު ކައިރީގައި މަޑުކޮށްލި ލޫތް އެތަނުގައި އޭނާ ކުރަހާފައި ހުރި އެއްޗިއްސަށް […]
އުނގަނޑާއި ހަމައަށް އެރުމަށްފަހު ބަކެޓަށް ފެން އެޅުމަށްފަހު އެނބުރި ދޮންވެލިގަނޑު މައްޗަށް އަރައި އޭނާ ހަދާފައި އޮތް ވަޅުގަނޑަށް ފެންތަށް އޮއްސާލިއެވެ. ދެފަހަރަކު މިހެން ހެދުމަށްފަހު ތިންވަނަ ފަހަރަށް އެރި އުޅެނިކޮން ލޫލުގެ ފައި ގާކޮޅެއްގައި އަޅައިގަނެ އަރި އަޅާލައިގެން ލޮނުގަނޑު ތެރެއަށް ވެއްޓުނެވެ. “ޑޭޑީ..” ވެއްޓެމުން ދިޔަ ލޫލުގެ ކަރުން ބޭރުވީ އެންމެ ބަހެކެވެ. “ލީނާ މަޑުކޮށްބަލަ.. އައި މޭޑް އަ މިސްޓޭކް.. އަޑު އަހާބަލަ!” ލޫތް އާދޭސް ކުރަމުން ދިޔަ ނަމަވެސް ލީނާ އުޅުނީ […]
ހިނދުކޮޅަކަށް ލޫތްގެ އެބާރުގަދަ އަތުގެ ތެރެއަށް ވިރިގެން ދިޔަ ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ލޫތްގެ މޭގައި އަޅައި ދުރަށް ކޮށްޕާލިއެވެ. ދެން ވެގެން ދިޔައީ ލޫތް ފަހަރެއްގައި ވެސް ހީނުކުރާ ކަމެކެވެ. އައިފާ އަތް ދަމަފައި ލޫތްގެ ކޯމަތީގައި ހޫނު އެތިފަހަރެއް ޖެހިއެވެ. ނަގައިގެން ދިޔަ ދިލައިން ލޫތްގެ ބޮލަށްވެސް ގޮތެއް ވިއެވެ. ކޮލުގައި ބޭއިޚްތިޔާރުގައި އަތް ލެވުނުއިރު ލޫތް ހުރީ ޖެހި ބުދެއްހެން ހިރިލަން ނޭނގިފައެވެ. އޭރު ކުރިމަތީގައި ހުރި އައިފާގެ މޫނުމަތިން އިންތިހާ […]
“ޑޭމް އިޓް ނާއިލް ޓެލް މީ!” ނާއިލް އުޅޭގޮތުން ލޫތްގެ ކެއްތެރިކަން ކޮޅުން ލިއެވެ. އޭރު އެހިތް ނެގި ނެގިފައި ޖެހެމުންދިޔައެވެ. ކޮޓަރި ދޮރުކުރިމަތީގައި ހުރި ލީނާއަށް ލޫތްގެ ވާހަކަތަށް އަޑުއިވުމުން ހީވީ ހިތަށް ހޫނު ފެންއެއްޗެއް އޮއްސާލި ހެންނެވެ. ހީވީ ހަމަ ދެންމެ ދެންމެ ނާއިލް ހަޤީޤަތް ހާމަކޮށްފާނެ ހެންނެވެ. އޭނާގެ “އަތްދޯއި.” ލީނާގެ ހަޅޭކުގެ އަޑަށް ލޫތް ސިހިފައި އެދިމާއަށް ބަލާލިއެވެ. އޭރު ފައިގެ ކުޑަހުޅުގައި އަތްއަޅައިގެން ހުރީ ލީނާ ދޮރުކަނީގައި ހިފައްޓާލައިގެން ހުއްޓެވެ. […]
“ލުޔޫން އެއީ އަހަރެންގެ ދަރިއެއްނުން.” އޭނާގެ ކަންފަތް ދޮށުގައި ނާއިލް ވަރަށް މަޑުން ބުނެލިއެވެ. ކުއްލިއަކަށް ލިނާ ސިހިފައި އޭނާ އަތުން ހިފަހައްޓައިގެން ހުރި ބަތްތަށި ސިންކުތެރެއަށް ވެއްޓުނު އަޑު މުޅި ތަނުގައި ހިފާލިއެވެ. ލީނާ ވަގުތުން ނާއިލްއާއި ހަތަރު ކަޅި ހަމަ ކުރިއިރު މޫނަމަތިން ފެނުނީ ހާސްކަމެވެ. މުޅި މިހާ މަޑުތުރުތުރެއް އަޅަމުން ދިޔައިރު ސުވާލުގެ ނަޒަރަކުން ނާއިލްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. “ނާ..ނާއިލް.” ލީނާގެ ވާހަކަ ނާއިލް މެދުކަނޑާލިއެވެ. “ކިހިނެތްހޭ އިނގުނީ ދޯ..” ނާއިލް މިހެން […]
“ޝުއާ ޔޫ ޑޫ ލޫޓް.. ޔޫ ނޯ ހައު އިޓް އިޒް.. ދިސް އިޒް ބިޒްނަސް.. އައި ވިލް އިންވެސްޓް މިލިއަންސް އިން ޔުއާ ކޮމްޕެނީ އެންޑް އިން ރިޓާން ޔޫ ކުޑް ގިވް މީ ސަމް އާފްޓާ ސާވިސް” ޝުރޭޒް އައިފާއަށް ކަޅި އަޅާލަމުން މިހެން ބުނުމުން ލޫތް ވެސް އެދިމާއަށް ބަލާލިއެވެ. ޝުރޭޒް ކަހަލަ މީހަކު ވޮރެން ކޮމްޕެނީއަށް އެތަށް ފައިދާއެއް ކޮށްދޭނެކަން ލޫތްއަށް ޔަޤީނެވެ. މިކަހަލަ ބޮޑު ޑީލެއް އަތުން ދިޔަ ދެވިދާނެ […]
ކަޅު އަނދިރި ސާލެއް އުޑުމަތީގައި ފެތުރިފައި ވީއިރު ތަރިތަކުގެ ވިދުމުން މުޅި އުޑުވަނީ ޖަރީކުރެވިފައެވެ. ގޭގެ ބޮޑު ބެލްކަނީގައި އިން ކުޑަ ސޯފާ ގޮނޑިއެއްގައި ލޫތް އިނީ ލެޕްޓޮޕުން ކޮންމެ ވެސް މަސައްކަތެއް ކުރާށެވެ. ދިއްލާފައި ހުރި އޮރެންޖު ކުލައިގެ ފަނޑުއަލީގައި ލެޕްޓޮޕްގެ ގަދަ އަލި ފެންނަން ނެތްނަމަ އެތަނުގައި މީހަކު އިން ކަމެއް ވެސް ނޭނގޭނެއެވެ. ބެލްކަންޏަށް ނިކުމެލި ލީނާއަށް ދުރުގައި އިން ލޫތް ފެނި ފިޔަވަޅުތައް ހުއްޓުނެވެ. މިއަދު ހެނދުނު ހިތްހަމަ ނުޖެހިފައި ހުރެ […]
އާދުވަހަކަށް އަރައިގެންއައި އިރާއިއެކު ލޫތް އޮފީހަށް ވައިން އިރު ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. މުއައްޒަފުން އެކި ކަންކަމުގައި އަވަސް އަރުވާލާފައި އުޅުންއިރު މުޅި މާހައުލު ވަނީ ހަލަބޮލިވެފައެވެ. ވެގެން އުޅޭގޮތެއް އޮޅުން ފިލުވާލަން އުޅެނިކޮން ލިފްޓުން ނިކުއިން ފަވާޒް ފެނުމުން ލޫތް އެދިމާއަށް މިސްރާބްޖެހިއެވެ. މީގެ ދެދުވަސް ކުރިން ހިނގި ދެބަސްވުމަށްފަހު އެދެމެދުގައިވި ނުތަނަސްކަން ދުރުކޮށްލުމަށް އޭނާ ނިންމިއެވެ. “ފަވާޒް.. ކިހިނެތް ވެގެން މިހާ ހެނދުނާ އެންމެން މާ ހައިޕާ ވެގެން މިއުޅެނީ؟” ލޫތް […]
އުޑުމަތީގައި ނަގަމުން ދިޔަ ބޯވިލާތަކުގެ ނިވަލުގައިވި އިރުގެ ރަންދޯދިތައް ފަނޑުކޮށް ޖައްވަށް ވެރިވެފައިވެއެވެ. ރޭގައި ވެހުނު ބޯވާރޭގެ ފިނިކަން މާހައުލުގައި ހިފާލާފައި ވުމުން ހިއްސުތަކަށް ފިނިކަން ގެނުވައެވެ. ‘ޕެސިފްލޯރާ’ގައި އާދައިގެ މަތިން ހެނދުނުގެ ނާސްތާ ކުރުމަށް މޭޒުދޮށަށް އެއާއިލާގެ އެންމެން ޖަމާވަމުން ދިޔައެވެ. ކުޑަކުޑަ ލޫލު އޭނާގެ ކިރުތަށި ބޮމުން ދިޔައިރު ލައިގެން ހުރީ އޭނާ ދާ ނާސަރީ ޔުނީފޯމެވެ. އާޒިމާގެ އެންމެ ހަގަށް ހުރި އާލާ ޕާނުގައި ޖޭމް ހާކަން އިންއިރު އަދި އިނީ ސްކޫލަށްދާން […]