Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ (27)

layaal Level 310 Stories100 Comments
September 1, 2016 6 Mins Read
82 Comments

އެ ބޮޑު ބާލިސް ގެނެސް އައިފާގެ މޫނުގައި އަޅައި ފިއްތާލުމާއި އެކީ އޭނާ ނޭވާ ނުލެވިގެން ތެޅެން ފެށިއެވެ. އެތެރެ ހަށީގައި ނޭވާ ބެދި ހީވީ ފުއްޕާމޭ ފަޅައިގެން ހިނގައިދާނެ ހެންނެވެ. މުޅި މޫނު ބާލީހުން ފޮރުވިފައި ވީއިރު އެތެރެހަށި ބާރުވަމުން ދިޔަ އިހުސާސެއް އޭނާއަށް ވިއެވެ. ދެލޯ ރަތްވެ އަތް މުށްކެވުނު އިރު ބާލިސް ދުރުކޮށްލަން ވެސް އެއަތް ހަރާތެއް ނުކުރިއެވެ. ކަރުތެރެ އެއްކޮން ހިކި ހިންދިރުވައި ނުލެވުނެ އިރު ކަރުގެ ނާރުތަށް ވަނީ ނޭވާ ތާށިވުމުން ފުއްޕާފައެވެ. އައިފާއަށް ހީވީ އޭނާގެ އެންމެ ފަހުވަގުތު އައިސް ޖެހުނީ ހެންނެވެ. ސިކުނޑިއަށް ލޭ ދައުރުވުން ހުއްޓުނު އިރު މޭ ފަޅައިގެން ދިޔަ ކަހަލަ އިހުސާސެއް އޭނާއަށް ވިއެވެ.

“އައިފާ!” ލޫތްގެ އަޑަށް އައިފާ ސިހިފައި ދެލޯ ހުޅުވާލިއިރު ފެނުނީ ކަނު އަނދިރި ކަމެވެ. ހާސްވެފައި ހުރެ އެނދުގައި އިނދެ ތެޅި ފޮޅެމުން ދިޔައިރު ނޭވާ ވަނީ ކުރުވެފައެވެ. “ހޭއި.. ހުވަފެނެއް ފެނުނީތަ؟ އިޓްސް އޯކޭ.” އައިފާގެ މޫނުގައި ހިފައި ނިއްކުރީގައި ހުރި ދާތިކިތަށް ފޮހެދެމުން ލޫތް ބުނެލިއެވެ.

“ހުވަފެނެއް؟” އައިފާ މައިނޭވާ ލަމުން ބުނެލިއެވެ. “އާނ.. ފެންފޮދެއް ބޯލަބަލަ.” ލޫތް މިހެން ބުނެ ފެންތަށި އައިފާ ތުމުގައި ޖެހުމުން އޭނާ އޭގައި ހިފައި އެއް ނޭވާއިން ހުސްކޮށްލިއެވެ. އެނދުގައި ލެނގިލަމުން އައިފާ ދެލޯ މަރާލިއެވެ. އަދިވެސް އެ ހުވަފެން ހީވަނީ ކުރިމަތިން ފެންނަ ހެންނެވެ. ނޭވާ ނުލެވިގެން އުޅުނު އިހުސާސް ވުމުން ގައިން ހީބހި ނަގުވާލިއެވެ.

“އައިފާ ނިދިފައި އޮތީމަ ޑިސްޓާބް ނުކުރީ.. ޑޮކްޓަރ އަންނާނެ އިރުކޮޅުން ބޭސްގަނޑު ނަގަން. އޭގެ ފަހުން ދޯ ކާނީ.” ލޫތް އޯގާތެރި ކަމާއިއެކު ބުނެލިއެވެ. ނަމަވެސް އައިފާ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ލޫތް އޭނާއަށް ނަޒަރު ހުއްޓާލިއެވެ. އިސްޖެހިފައި އިން އިރު އައިފާ އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ.

“ބޭބް.. އޭތް.” އައިފާ އަތުގައި ހިފާލަމުން ލޫތް ގޮވާލިއެވެ. އެއަޑަށް އައިފާ އިސްނެގި އިރު އެ ލޮލުގައި ކަރުނަ ބަބުޅަމުން ދިޔައެވެ. ކުރީގައި އައިފާއަކީ ހިތްވަރުގަދަ އެހައި ފަސޭހައިން ރޮއެ ހިތުގައި ޖެހޭ ކުއްޖެއް ނޫނެވެ. ނަމަވެސް އެކްސިޑެންޓަށްފަހު ކުދިކުދި ކަންތައްތަކުން ވެސް ހިތުގައިޖެހި ރޮވޭގޮތް ވެއެވެ.

ލޫތް އެއްޗެކޭ ބުނުމުގެ ބަދަލުގައި އައިފާ ގެނެސް މޭގައި ފޮރުވާލިއެވެ. އޭނާ ހިތްފުރެއްދެން ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު ލޫތް އައިގައިން ވެސް ނުބުނެ އަތުގައި ފިރުމައި ދޭން އިނެވެ. މިވަގުތު އެންމެ ރަނގަޅު ވާނީ އައިފާ ހިތަށް ލުއިކަމެއް ދޭން ރުއިން ނުހުއްޓުވިއްޔާކަން އޭނާއަށް ވިސްނުނެވެ.

ބައެއްފަހަރަށް ވާހަކަ ދައްކައިގެން ކަންތައް ހައްލު ކުރުމުގެ ބަދަލުގައި ހިމޭންކަން އިޚުތިޔާރުން މާ ބުއްދިވެރިއެވެ. އިރުކޮޅެއްފަހުން އައިފާގެ ގިސްލު ހުއްޓި އޭނާ ތެދުވެ ނޭފަތް ދަމާލިއެވެ. ދެއަތުން ކަރުނަތަށް ފޮހެލަމުން ފުންނޭވާއެއް ލިއެވެ. “ތޭންކްސް.” އައިފާ މިހެން ބުނުމުން ލޫތް ހިނިތުންވެލިއެވެ.

“ހިނގާ މޫނު ދޮވެލައިގެން ޑޮކްޓަރ އަންނަން ވާއިރަށް ފްރެޝް ވެލައިގެން އަންނަން.” ލޫތް މިހެން ބުނެ އައިފާ އެނދުން ފޭބުމުގައި އެހީތެރިވެދިނެވެ. އިރުކޮޅެއްފަހުން އައިފާ ފާޚާނާއިން ނިކުއިން އިރު އަޒުރާ އެތެރެއަށް ވަންނަނީއެވެ. “ދަރިފުޅާ.. ކިހިނެތް މިހާރު؟ ބޮލުގައި ރިއްސާތަ؟” އަޒުރާ އައިސް އައިފާ އެނދުގައި ބައިންދަމުން ވާހަކަ ދެއްކިއެވެ. ޖަވާބުގައި އައިފާ ނޫނޭކޭ ބުނެ އެނދަށް އަރައި ރަޖާގަނޑު ގައިގައި އަޅާލިއެވެ.

އޭރު ޑޮކްޓަރ ނަރުސް ކުއްޖަކާއި އެކު އައިސް އެތަނަށް ވަނުމުން އަޒުރާ ދުރަށް ޖެހިލިއެވެ. “ޑޮކްޓަރ.” ލޫތް ހިނިތުން ވެލަމުން އައިފާ ކައިރިއަށް ޖެހިލިއެވެ. “ހެލޯ. އައިފާ ކިހިނެތް މިއަދު..” ޑޮކްޓަރ މިހެން ބުނެ އަތުގައި އޮތް ކުޑަ ޓޯޗުން އައިފާގެ ލޮލަށް އަލި ކުރުމަށްފަހު ބޭސްގަނޑު ނެގުމަށް ތައްޔާރު ވިއެވެ.

ބޭސްގަނޑު ނަގައި ނިމެންދެން އައިފާ އިނީ ނޭވާ ހިފައްޓާލައިގެންނެވެ. ދުރުގައި ހުރި ލޫތަށް އައިފާގެ ބޯ ފެނުމުން ހިތަށް ތޫނު ކަށިތަކެއް ހެރުނު ކަހަލައެވެ. ބޮލުގައި ފަހާފައި އިން ބޮޑު ތަންގަނޑު ފެނި ހިންދިރުވާލެވުނެވެ. އެމަންޒަރު އައިފާއަށް ނުފެނުން ކަމީ ނަސީބެކޭ އެވަގުތު އޭނާ ހިތަށްއެރިއެވެ.

“ދެ ދުވަސްފަހުން ރޮދި ކޮށަން ޖެހޭނެ. ސޯ ވީ ވިލް ޑިސްޗާޖް ޔޫ އާފްޓާ ދެޓް. އެއްވެސް އިންފެކްޝަންއެއް ވެފައެއް ނެތް. އޯލް ލުކްސް ނޯމަލް.” ޑޮކްޓަރ މިހެން ބުނެފައި ލޫތްއާއި ދެތިން ވާހަކައެއް ދައްކާލުމަށްފަހު އެތަނުން ދިޔައެވެ. ހިމޭނުން އިން އައިފާ މަޑުމަޑުން އެއްއަތުން ފަހާފައި އިންތަނުގައި އިނގިލިތަށް ހާކާލިއެވެ.

މި މަންޒަރު ފެނި ލޫތް ކައިރިއަށް ޖެހިލަމުން އައިފާގެ އަތުގައި ހިފިއެވެ. “އަތް ނުލައި.. ތަދުވެދާނެ.” ލޫތް މިހެން ބުނުމުން އައިފާ ހީލިއެވެ. “ވަރަށް ހަޑި ދޯ މިހާރު.. އަހަރެން އެހައި ދޮނެއް ނޫން އަދި ބޮލުގައި އިސްތައްޓެއް ވެސް ނެތް. އަނެއްކައި މިހާރު މިއިނީ ބޮޑު ލަކުނެއް.. އަހަންނަށް ނުފެނުނަސް އައި ނޯ އައި ލުކް އަގްލީ.” އައިފާ ދެރަވެފައި އިނދެ ބުނެލިއެވެ.

އޭރު ދުރުގައި ހުރި އަޒުރާ ވެސް ދަރިފުޅުގެ ސިފަ ފެނި ހިތުގައި ޖެހުނެވެ. “ނޫން.. އަހަރެންނަށް ހަޑިއެއް ނޫން.. ޔޫ އާ ސޯ ޕްރްޓީ.. އައިފާ ކޮންމެ ގޮތަކަށް ހުއްޓަސް ހަމަ އެހައި ހިތްގައިމު.. ދެން ނުބުނައްޗޭ ހަޑިއޭ އިނގޭ..” އައިފާ ކޮލުގައި ފިރުމާލަމުން ލޫތް ބުނެލިއެވެ. “ބަޓް ސްޓިލް.. މިހެން ހުއްޓައި އެހެން މީހުންނަށް ފެންނާކަށް ބޭނުމެއް ނޫން.” އައިފާ ދެރަވެފައި އިނދެ ބުނެލިއެވެ.

“މަންމަ މާދަން އަންނަ އިރުން ބޮލުގައި އަޅަން ސްކާފެއް ގެންނާނަށް.. އޭރުން ނުފެންނާނުން ދޯ.” އަޒުރާ މިހެން ބުނުމުން އައިފާ އެކަމާއި އެއްބަސްވިއެވެ. ލޫތް އެކަމާއި ދެކޮޅު ނުހެދީ އައިފާ ހިތްހަމަ ޖައްސައި ދިނުމަށްށެވެ.

****

ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އާޒިމާ ހުރީ ލުތުފީ ގެއަށް ނައިސް ލަސްވެފައެވެ. ކާން ހަދައިގެން ގުޅީމައި ޒުލޭހާ ގެއިން ކާ ވާހަކަ ބުނީން ސުރެ އާޒިމާ ހުންނަނީ މޫނު ހަދާފައެވެ. އެންމެފަހުން ކޮޓަރިން ނިކުމެ ގޮސް ބޮޑު ސޯފާގައި އިށީނދެލިއެވެ. އޭރު ލައިޝާ އާއި އާލާ ޓީވީން ފިލްމެއް ބަލަން ޝައުޤުވެރި ކަމާއިއެކު އިނެވެ.

އާޒިމާ އައިސް ސޯފާގައި ޖެހިގަތުމުން ލައިޝާ ސިހިފައި އޭނާގެ މަންމައަށް ނަޒަރު ހުއްޓާލި އިރު މޫނު ކުނިކޮށްގެން އިންގޮތުން އެއިނީ ކަމަކާއި ރުޅިއައިސްފައި ކަން އިނގުނެވެ. “މަންމާ ކިހިނެތްވީ؟” ލައިޝާ އަހާލިއެވެ. “ނޭނގެ.. މިހާރު ބައްޕައަށް މިގެއިން ކެވޭ ކަމަކަށް ނުވޭ. އެހައި މީރުކޮން މަސް ފިހުނީމަ ވެސް ނައެއްނުން.” އާޒިމާ އައިނު މައްޗަށް ޖައްސާލަމުން ބުނެލިއެވެ.

އެވަގުތު ގޭގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވައިން ލުތުފީ ފެނި އާޒިމާ ތުން އަނބުރާލަމުން އަނެއް ފަރާތަށް އެނބުރުނެވެ. ލުތުފީ ލައިޝާއަށް ނަޒަރު ހުއްޓާލިއިރު އޭނާ ދެފަރާތަށް ބޯ ހޫރުވާލަމުން އާޒިމާ އެއިނީ ރުޅި އައިސްފައި ކަން އަންގާލިއެވެ.

ލުތުފީ ނިތްކުރީގައި އަތް ހާކާލިއިރު ކަންތަކާއި ޖެހުނިއްޔޭ ހިތަށްއެރިއެވެ. “އާޒިމާ..” ލުތުފީ ގޮވާލުމުން ވެސް އާޒިމާ ޖަވާބެއް ނުދިނެވެ. އޭރު އާލާ އިނީ މަންމަގެ ހަރަކާތްތަކުން ހެވިފައެވެ. “އާޒީ..” ލުތުފީ ނިކަން ލޯބިން ގޮވާލުމުން ލައިޝާ ހިނިގަނޑު މަތަކުރެވުނީ ކިރިޔާއެވެ.

“ރުޅި އައީތަ؟ ހިނގާދޯ މާދަން ބޭރަށް ކާން ގޮސްލަން. ދޯ ދޮން ދޫނީ..” ލުތުފީ އައިސް ކައިރީގައި އިށީނދެ އާޒިމާގެ ކޮނޑުގައި އަތްލަމުން ބުނެލިއެވެ. “ކޮން ދޮން ދޫންޏެއް ކިރު ދޫންނެއް ކިޔާކަށް..” އާޒިމާ އަތް ފޮޅުވާލުމުން ލައިޝާމެން ހިނިގަނޑު ފަޅައިގެން ދިޔައެވެ. ލުތުފީ ހޭން މަސައްކަތް ނުކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ.

“މަޖައެއް ނޫނޭ.. އަބަދު އެގޭން ކާންވަނީ.. އެވަރުން މަސް ގެނެސްގެން މަސްފިހެދިނީމަ ވެސް. ދެން ނުފިހެދޭނަށް. މިބުނީ ނުފިހަދޭނަމޭ.” އާޒިމާ އައި ރުޅިގައި ތެދުވެ ބާލިސް ސޯފާ މައްޗަށް ޖަހާފައި ކާމޭޒުގައި ހުރި ތަށިތައް ނަގަން ފެށިއެވެ. “މިރޭ ދުވަސް ދިޔައީ މި.” ލުތުފީ މިހެން ބުނުމުން ލައިޝާ ހިނިތުންވެލިއެވެ. “ބައްޕަ ދޭ ދެން ވެސް އިތިކޮޅެއް ކާލަން.. އެހެން ނޫނީ މިއިން ދުވަހަކު ދެން މިގޭގައި މަހެއް ނުފިހޭނެ.” ލައިޝާ ސިއްރު ސިއްރުން ބުނެލިއެވެ.

“ކޮބާތަ ނުކެވިފައި އަދި.. ހިނގާބަލަ ކާލަން.” ލުތުފީ ތެދުވެ ކާމެޒާއި ދިމާއަށް ދަމުން ބުނެލިއެވެ. އޭރު ވެސް އާޒިމާ ހުރީ މޫނު ހަދާފައެވެ. “ދެން ހިނގާބަލަ.” އާޒިމާ އެއްޗެކޭ ނުބުނެ ހުރުމުން ލުތުފީ ނިކަން ލޯބިން ބުނެލިއެވެ. “ހޫމް. އިށީނދެ.” އާޒިމާ މިހެން ބުނެ ފިހުނު މަހާއި ރޮއްޓާ ގެނެސްދިނެވެ.

ޒުލޭހާ ގެއިން އެހައި ބައިވަރު ކައިގެން އައިސް އަނެއްކާ މި ކެވޭނެ ބާއެ ލުތުފީ ހިތަށް އެރިއެވެ. ނަމަވެސް އާޒިމާގެ ހިތްހަމަ ޖެހުމަށް މިކަން ވެސް ކުރުމަށް ނިންމިއެވެ. ގަދަކަމުން ކެއުން ކުރިއަށް ގެންދިޔައިރު އާޒިމާ އިނީ ހެވިފައެވެ. އެކި ވާހަކަތައް ދައްކަމުން ދިޔައިރު މި މަންޒަރު ބަލަން ދުރުގައި ތިބި ލައިޝާ އާއި އާލާ ތިބީ ބައްޕަގެ ހާލުފެނި ހެވިފައެވެ.

****

މެންދުރުގެ ހޫނު އަވިން ޖައްވު އާވި ކުރުވާފައި ވީއިރު އާޒިމާ ހޮސްޕިޓަލް ތެރެއަށް ވަދެގެން އައީ އައިފާއާއި ބައްދަލު ކޮށްލުމަށްށެވެ. ލިފްޓަށް އަރައި އޭނާގެ މަންޒިލަށް ދެވުމުން އާޒިމާ މިސްރާބުޖެހީ އައިފާގެ ކޮޓަރިއާއި ދިމާއަށްށެވެ. ދޮރުގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށް ވައިން އިރު ލީނާ ހެވިފައި އައިފާއާއި ވާހަކަ ދައްކަން އިން މަންޒަރު ފެނި އޭނާ ހައިރާން ވިއެވެ.

ލީނާ އެތަނަށް އަންނަކަން އާޒިމާއަކަށް އަދި ނޭނގެއެވެ. “އައިފާ..” އާޒިމާގެ އަޑަށް ލީނާ އެދިމާއަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ހިނިތުން ވެލަމުން ތެދުވެ އާޒިމާއަށް ގޮވާލިއެވެ. އޭރު އައިފާ އިނީ ބޮލުގައި ފެހި ކުލައިގެ ބޮޑު ރުމަލެއް އައްސައިގެންނެވެ. “ބޭސްގަނޑު ނެގީތަ މިހާރު؟” އައިފާ ކައިރި މަޑުކޮށްލަމުން އާޒިމާ ބުނެލިއެވެ.

ލީނާ ކައިރީގައި ސުވާލުކުރަން އުޅެފައި ވެސް އަޅާނުލީ އޭނާ ލީނާއަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާތީއެވެ. “އައިފާ ދަނީ އިނގޭ ދެން.. އައިފާ މޮމް އަންނާނުން އިރުކޮޅަކުން.. އެންޑް ޝީ އިޒް ހިއާ ޓޫ.. ބައި އިނގޭ. ސީޔޫ މާދަން..” ލީނާ ހިނިތުންވެލާފައި ދަބަސް ހިފައިގެން އެތަނުން ނިކުތެވެ.

އޭރުވެސް އާޒިމާ ހުރީ ދެބުމަ ގޮށްޖަހިއިގެން ލީނާ ދާތަން ބަލާށެވެ. އައިފާގެ މޫނުމަތިން މާޔޫސްކަން ފާޅުވުމުން އާޒިމާ އެނދުގައި އިށީނދެ އޭނާގެ ބޮލުގައި ފިރުމާލިއެވެ. “ކީއްވެ މާ ދެރަވެފައި ތިއިނީ؟ ތަދުވަނީތަ؟” އާޒިމާ އޯގާތެރި ކަމާއިއެކު އަހާލިއެވެ. “ނޫން.. ކަމެއް ނުވޭ.” އައިފާ ހަޤީޤަތް ސިއްރު ކުރަމުން ބުނެލިއެވެ.

“ނޫނޭ.. ކޮންމެ ވެސް ކަމެއް ވެއްޖެ. ލީނާ މިގަޑީގައި މިތަނަށް އެއައީ ކީއްވެ؟” އާޒިމާ އަހާލިއެވެ. ކުރީދުވަހު ލީނާ އައިސް ދެއްކި ވާހަކަތައް އައިފާ ކިޔައި ދިނުމުން އާޒިމާއަށް ވެގެން އުޅޭގޮތް އޮޅުން ފިލިއެވެ. “މަންމާ.. މަންމަ ޤަބޫލުތަ އަޅުގަނޑު ލޫތްއާއި އިންނަން؟ މިބުނީ މިހާލަތުގައި ލޫތްއާއި އިނދެގެން އުޅެން” އައިފާ ފާރަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ.

އައިފާ މިހާރު ކުރިއަށް ވުރެ ރަނގަޅެވެ. މޫނުމަތިން ވަރުބަލިކަން ފިލައިގޮސް ކުޑަކޮން މީހާ ފަލަ ވެއްޖެއެވެ. އެހެންނޫނީ ވޭތުވެ ދިޔަ ހަފްތާތަކު ތެރޭގައި ހިތާމަ ކުރުމާއި ރުއިމުގެ ސަބަބުން މުޅި މިހާވަނީ ހިކި ގައިން ވަރު ދޫވެފައެވެ. “އާނ. މަންމަ ޤަބޫލު. އައިފާ ކޮންމެ ހާލަތެއްގައި ހުއްޓަސް އެއްވެސް ޝަކުވާއެއް ނެތް. ކިހިނެތްވީ؟ މީހަކު އެއްޗެކޭ ބުނީތަ؟” އާޒިމާ އިނީ އައިފާގެ ވާހަކަތަކުން ވެގެން އުޅޭގޮތް އޮޅުން ނުފިލާފައެވެ.

“އަޅުގަނޑު ޖެހިލުންވަނީ މިހާލަތުގައި ހުރެ ލޫތްއާއި އިންނަން.. ކިހިނެތް ލޮލަށް ނުފެންނަންޏާ އެކީގައި އުޅޭނީ.. އަނެއްކާ ލޫތްއަށް ވެސް އުނދަގޫ ވާނެ.. އިނގޭ ލޫތް ކައިވެނި ކުރަން ބޭނުންވާކަން. އަޅުގަނޑު ވެސް އެގޮތް ބޭނުން. އެކަމަކު މިކަމާއި ހެދި ލޫތްއަށް ބުރައެއް ޖައްސާކަށް ނޭދެން.. ލޫތް ކުރިން ލީނާއާއި އެކީ އުޅުން އިރު..” އައިފާ މިހެން ބުނެފައި ވާހަކަ މެދު ކަނޑާލިއެވެ.

ލީނާގެ ނަން އިވުމުން އާޒިމާއަށް ވަގުތުން މިވެގެން އުޅޭގޮތް ޔަޤީންވިއެވެ. ލީނާ އެއުޅެނީ އައިފާގެ ބޮލަށް އެރިގެން އޭނާއަކީ ލޫތްއާއި ގުޅެން އެންމެ އެކަށިގެންވާ ހާލަތުގައި ހުރި މީހެއް ނޫންކަން އަންގައިދޭށެވެ. އެކަން ކޮށްގެން އައިފާގެ ހިތުގައި ކައިވެންޏާއި މެދު ޝައްކު އުފައްދާ އަލުން ލީނާއަށް ލޫތްއާއި ގުޅުމުގެ ފުރުސަތެއް ލިބޭތޯ އުޅެންށެވެ.

“ތިކަމާއި ކަންބޮޑު ނުވޭ.. ލޫތްއަށް އެއްވެސް އުނދަގުލެއް ނުވާނެ އައިފާއާއި އެކީ އުޅޭކަށް. މީހުން ދައްކާހައި ވާހަކައަކަށް ހެއްލުމުގެ ބޭނުމެއްނެތް..” އާޒިމާ މިހެން ބުނުމުން އައިފާ ކުޑަކޮން ހިނިތުންވެލިއެވެ. އާޒިމާ ހުރީ ލީނާގެ އަމަލުތަކުން އިންތިހާއަށް ރުޅި އައިސްފައެވެ. ލީނާ ހަމައަކަށް އެޅުވޭނީ ރަނގަޅު ލަނޑެއް ދީގެންކަން އާޒިމާ ނިންމިއެވެ. ލީނާ ހިތުން ކިތަންމެ މޮޅު ކުޅިގަނޑެއް ކުޅުނަސް އާޒިމާއަކީ މިކަމަށް އާ މީހެއް ނޫނެވެ.

****

ކޮޓަރީގައި ލެޕްޓޮޕް ހުޅުވައިގެން އިން ލީނާ އިނީ ލޫތްއާއި އޭނާގެ ފޮޓޯތަށް ބަލާށެވެ. ދުބާއިގައި އުޅުން އިރު ނަގާފައި ހުރި ފޮޓޯތައް ފެނި އެ ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވިއެވެ. އެވަގުތު އެނދުމަތީގައި ޗާޖަށް ޖަހާފައި އޮތް ފޯނު ރިނގުވި އަޑަށް އޭނާ ލެޕްޓޮޕް ލައްޕާލުމަށްފަހު ފޯނު ނެގިއެވެ.

“ހަލޯ؟” ގުޅީ ނުދަންނަ ނަމްބަރަކުން ކަމުން އެއީ ކާކު ކަމެއް ލީނާއަކަށް ނޭނގުނެވެ. “ލީނާ. މިއީ އާޒިމާ.” އެކޮޅުން އާޒިމާގެ އަޑު އިވުމުން ލީނާ ހައިރާން ވިއެވެ. ކުއްލިއަކަށް އާޒިމާ އޭނާއަށް ގުޅަން ވީ ސަބަބެއް ނުވިސްނުނެވެ. “ކިހިނެތްވީ؟” ލީނާ ދެޚިޔާލެއްގައި ހުރެފައި އަހާލިއެވެ.

“އަހަރެން ބޭނުން ލީނާއާއި ބައްދަލު ކޮށްލަން.” އާޒިމާ މިހެން ބުނުމުން ލީނާ އެދުން ތެދުވެ ހުޅުވާފައި ހުރި ކުޑަދޮރު ކައިރީގައި މަޑުކޮށްލިއެވެ. އޭރު ހަވީރުގެ ފިނި ވައިރޯޅިތަކުން ދޮރު ފޮތިގަނޑު ވިހުރެމުން ދިޔައެވެ. “އެ ކީއްކުރަން؟” ލީނާ ހުރީ ވާނުވައި ނޭނގި ހާސްވެފައެވެ. އަނެއްކާ އޭނާ އަލުން ލޫތްގެ ހަޔާތަށް ދިޔަ މަޤްސަދު އިނގުނީ ބާއޭ ހިތައި ޖެހިލުންވިއެވެ.

“ބުނަން. ލީނާ ވެސް އަދި އަހަރެން ވެސް ބޭނުންވަނީ އެއްކަމެއް. އެހެންނުން. އިނގެއެއްނުން މިބުނި ވާހަކަ. އެހެންވީމަ ހިނގާ ބައްދަލު ކޮށްލަން.” އާޒިމާ މިހެން ބުނުމުން ލީނާ ވިހަ ގޮތަކަށް ހީލިއެވެ. އާޒިމާ އެހައި ސީދާކޮން އެހެން ބުނާނެ ކަމަކަށް އޭނާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. މިހާރު މިކަން މާ ފަސޭހަ ވީއޭ ހިތަށް އެރުމުން އޭނާ ބައްދަލު ވާން އެއްބަސް ވިއެވެ.

ލީނާ ފޯނު ބޭއްވުމަށްފަހު ދޮރު ކަނީގައި އަތް އަޅުވާލަމުން މޫނު މައްޗަށް ވެއްޓިފައި އޮތް ބުޅި އިސްތަށިކޮޅާއި ކުޅެލިއެވެ. ލީނާ ހިތުން އޭނާގެ ބޭނުން ފުރިހަމަ ވުމުގައި އާޒިމާގެ އެހީތެރިކަން ލިބި ލޫތްގެ ހަޔާތުން އައިފާ ނިކަން ފަސޭހައިން ދުރުކޮށްލެވިދާނެއެވެ. ނަމަވެސް ލީނާ މިބެދުނީ އޭނާ އަމިއްލައަށް ރޭވި ކުޅިގަނޑުގައި ކަމެއް ނޭގުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

މަންޝާ (ބަޔާޅީސްވަނަ ބައި)

Next

މާޔޫސް ވެފާ… ( 5 ވަނަ ބައި )

Next
September 1, 2016

މާޔޫސް ވެފާ… ( 5 ވަނަ ބައި )

Previews
September 1, 2016

މަންޝާ (ބަޔާޅީސްވަނަ ބައި)

82 Comments!

  1. layaal says:
    September 1, 2016 at 2:44 pm

    enjoy. next part on Saturday in sha allah.

    1. Aimsithu says:
      September 1, 2016 at 9:45 pm

      Varah reethi

      Emme beynun vaa gothah mi dhany.. ekam thankolhhe kuru v ma dheraee

  2. Riu says:
    September 1, 2016 at 2:51 pm

    haha. loved the aazima part. “kiru dhooni” lol ? loved it layaa. thanks for the fun part. abadhu depress vaahaka liyaaka nuvaanun dhw.

  3. kudoo says:
    September 1, 2016 at 2:52 pm

    v v v salhi mi part ves..ehmme rythi story adhi mee

    1. layaal says:
      September 1, 2016 at 3:31 pm

      thanks

  4. Abhy says:
    September 1, 2016 at 2:53 pm

    Wow.. varah salhi. .. azima mihaaru haadha rangalhey dhw.. ???

  5. elly says:
    September 1, 2016 at 2:54 pm

    Hop hop aazima! kulhi dhakaalathi e leena ah. ????

  6. Shaa says:
    September 1, 2016 at 2:56 pm

    Nice…. when next part

  7. Beautiful girl says:
    September 1, 2016 at 3:02 pm

    Wow layaal ure awesome…I love u layaal… Waiting 4 next part

    1. layaal says:
      September 1, 2016 at 3:32 pm

      thanks ?

  8. Firaa says:
    September 1, 2016 at 3:04 pm

    Wow nice lynaa ganduvex dhw

    1. layaal says:
      September 1, 2016 at 3:32 pm

      thanks

  9. Zaanaa says:
    September 1, 2016 at 3:09 pm

    Haada kurey v nice

  10. Nish says:
    September 1, 2016 at 3:09 pm

    Aachaaa! Leena ah varugadha landeh dheytha layaa

  11. Ssss says:
    September 1, 2016 at 3:13 pm

    Oh haadha kurey but nice

  12. Sherr says:
    September 1, 2016 at 3:19 pm

    Im speechless

  13. Look says:
    September 1, 2016 at 3:23 pm

    Beyhaa nukulheythi leenaa neyngi huhtaa fihidhaane geymakoyaa fihidhaane

    1. layaal says:
      September 1, 2016 at 3:33 pm

      hehe ?

  14. zushaa says:
    September 1, 2016 at 3:26 pm

    hey sad vefa mi huree aazimaa leena r ehmagusadhekey bunyma,, layaa aifaa n looth dhuru nukurahcheh plxx.

    1. Look says:
      September 1, 2016 at 7:02 pm

      Zushaa
      Adhi vaahaka 1 faharu kiyaala bae’
      leenaage Amaluthakun Aazimaa huree varah rulhi aissaeve. leenaa hamayakah Elhuveynee rangalhu landeh dheegenkan
      Aazimaa ninmieve –
      So ehenveema Aazimaa Ulhenee varugadha landeh dhey”
      Inthizaaru kohlahvaa

  15. Appy says:
    September 1, 2016 at 4:24 pm

    V rythi mi bai vx axima e kuran ulhey kamakun anehka eyna kanneynge bedheyny. …leena hurihaa kameh axima bolah jahaafaane salhi vaany aifa ah ingigen kuranya hiyaaleh ingey layaa hehe. ..e gothah bust kohlevihjehya v salhi vaane

  16. faathun says:
    September 1, 2016 at 4:24 pm

    Nice

  17. Sabeeha says:
    September 1, 2016 at 4:31 pm

    vv reethi..??

  18. hmm says:
    September 1, 2016 at 5:09 pm

    leena ulhey gothun mivahaka kiyun huhtaalaifin…dhen vahaka kiyaany leena dhiya irakun

    1. none says:
      September 1, 2016 at 9:02 pm

      Asluvx?

  19. Ninni says:
    September 1, 2016 at 7:11 pm

    Haaadhr kureyy..
    Btw Hope hope aazimaa.. u can do it.. hahahah.. majr ngeyy.. ??
    Luv this story.. ♡♡

    1. none says:
      September 1, 2016 at 9:07 pm

      Hahaaahh???

  20. Faathee says:
    September 1, 2016 at 11:12 pm

    Aazima rangalhu veema v salhi. Waiting for next part ?

  21. Ayshaa says:
    September 2, 2016 at 2:18 pm

    Vvvv reeethi

  22. shaya says:
    September 3, 2016 at 3:54 pm

    Layaa…kobaatha

  23. fatima says:
    September 3, 2016 at 4:28 pm

    Waiting waiting pls

  24. non-e says:
    September 3, 2016 at 4:37 pm

    nxt part koba?? Avas upload beynun

  25. No one says:
    September 3, 2016 at 4:57 pm

    Layaaaaal kobaaaaa story….. waiting waiting…… avaskureyyyyy……

  26. Noya says:
    September 3, 2016 at 8:58 pm

    Koba tha story

  27. Twicw says:
    September 3, 2016 at 9:23 pm

    Plx avss kohbaa

  28. maiha says:
    September 3, 2016 at 11:39 pm

    aaazima hop hop..

  29. Irene says:
    September 4, 2016 at 12:21 am

    Koniraku up kohdheny?

  30. iii says:
    September 4, 2016 at 7:25 am

    next week Saturday ga thr up kuraniiiiii

  31. shaya says:
    September 4, 2016 at 3:21 pm

    Alhey…. Haadha lahey?

  32. Jasmine says:
    September 4, 2016 at 4:20 pm

    Please make it fast layaa… 🙂

  33. Faathee says:
    September 4, 2016 at 8:03 pm

    Alhe waiting for new part

  34. xxx says:
    September 5, 2016 at 3:45 pm

    Waiting for next part……Pls make it fast?

  35. Ninni says:
    September 5, 2016 at 4:25 pm

    Story up nukuranytha?

  36. Sanamy says:
    September 6, 2016 at 10:41 am

    layaa kobaatha U.. kyv layaa ah.. kyve up nukurany

  37. Jiva says:
    September 6, 2016 at 3:33 pm

    Thivary fahenaa vaahaka niley

  38. xxx says:
    September 6, 2016 at 3:35 pm

    Avaskwlaaaaaaaaaaaaaaaaaaa??

  39. maiha says:
    September 6, 2016 at 4:29 pm

    layaaa kobaatha vaahaka…kyve lasvany ?? up kuraa 3rd day vx faaithuvany…alhe vaa gotheh angaaladheebala…? plz pls plx

  40. shaya says:
    September 6, 2016 at 4:43 pm

    Ehen liyuntherinhhen huttaaleetha

  41. love says:
    September 6, 2016 at 6:49 pm

    kobaa vaahaka layaa. im so sad. again something happened…………………

  42. Faathee says:
    September 6, 2016 at 8:55 pm

    Vara dhera vey mihaa Las vaathee. Kameh dhimaa viyas pls let us know.. week eh ge 1 faharu genes dhinas ok ey. But genesdhechey,

  43. aimin mau says:
    September 8, 2016 at 1:16 pm

    Layaa!!!! Haadha lahey up vaaleh!!! Avax kohlabaaaaaa……… Cnt wait……

  44. superman says:
    September 8, 2016 at 2:49 pm

    layaa… Kobaa vaahaka haadha lahey dhw..

  45. Anonymous says:
    September 8, 2016 at 7:56 pm

    ކޮބާ ވާހަކަ? ހާދަ ލަހުންނޭ އަޕްވަނީ

  46. Mona says:
    September 8, 2016 at 10:54 pm

    Mi vaahaka mi hisaabun gehluny hen hyvany….
    Mee all writers hadhaa goi…
    Enme kiyaa hiy vaa hisaabun nuliye hutaalany….
    Layaa ves mihen hadhan kykuran feshy…
    V foohi vey….

  47. reeth says:
    September 9, 2016 at 4:42 am

    abadhu aadheys kohgen mijeheni vaahaka up kuran

  48. lai says:
    September 9, 2016 at 4:44 am

    comments gina kuran kuraa kameh

  49. &&& says:
    September 9, 2016 at 10:17 pm

    mi vaahaka dhn genes nudheny tha?? Enmen ethibeny vaahakaige inthizaaruga..thivarun vaahaka nuliuniyya enme rangalhu vaany..

  50. xxx says:
    September 9, 2016 at 10:21 pm

    Dhogeh noon??

  51. maiha says:
    September 9, 2016 at 11:13 pm

    alhe…enme dhuvaheh nudhaane vaahaka up vi tho nubala eh…alhe layaa kihinehtha v?keeve las vany.. konthaak thiulheny?anekka baleetha?v gotheh angaaladheeba plz…engey bz vx vaane kan…bt plx vaahaka huttaanulaathi…pls say smthn…?

  52. Shifu says:
    September 10, 2016 at 6:22 am

    Dhen mivaahaka vs huhtuny kanneynge.. Vahaka liye nunimenis site thakuga upkuryma vaa goiy mee.. Ithurah kuriah nugendhaa namavs angaalaanama kiyuntherin inthizaaru kuraakah nujehunyhehnu ?

  53. Haasaru says:
    September 10, 2016 at 1:02 pm

    I guess the writer don’t know hw to continue the story

    1. maiha says:
      September 12, 2016 at 10:58 pm

      layaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa???????

  54. No one says:
    September 10, 2016 at 8:15 pm

    Keehvetha las vany..????
    Mihaaru vehjeynun up vaan.. kurin vx bali vaahaka vx buniyyeynun.. mifaharu evaru vx bune nulaanan tha? Heyo nuvaane.. vaahaka upload kohdheebala…… waiying waiting

  55. hmmm says:
    September 10, 2016 at 10:19 pm

    Reethi vahaka eh viyya ginafaharu hama vaavaru mee. Emme reethi hisaabun obbalane. Varah foohivey egotha kantha kurathy. Continue nukuranyaves atleast rply kohlanama dho.

  56. Foohi meehaa says:
    September 12, 2016 at 12:54 am

    Ma kurin ves Bunin dho mee mi layaal jassaa fake ekey bayyey kiyaafa. Bali veekee ves noon. Hey Bali vanee. Haadha rulhi aa dheyey. Hama hus fake Dhogu hadhanee keekkuran. Varah foohivey ???

  57. Love says:
    September 15, 2016 at 7:35 pm

    Layaaaaaaaaaaa. Please come back..??????????

  58. Love says:
    September 15, 2016 at 7:37 pm

    ?????????????????????missing……missing……???????????????????????????????????????

  59. Nish says:
    September 16, 2016 at 12:42 am

    story kiyan beynun meehunnahttakai plxx story continue koh dheeba layaa.. mi noon story eh kiyaa hitheh nuveyey.. mee emme salhi story akee esfiyain.. plxx plxx varah avahah up kohdheeba..

  60. maiha says:
    September 16, 2016 at 3:34 pm

    layaaaaaaaa…. plx… heyonuvaane…kihinehtha v alhe???????????????

  61. aimin mau says:
    September 16, 2016 at 6:36 pm

    Lyaaaaaaaa….. Thihen nuhadhaa…… Heyonuvaane…… Plss cum back…… Vr vxx bodah miss vey…… ?????

  62. Khajja says:
    September 17, 2016 at 10:52 pm

    Layaaaa alhey plx avahah up kohdhybala mi stry my emme kiyaahithun kiyaa stry aky plx avahah up kobbala plx

  63. layaal says:
    September 18, 2016 at 10:19 pm

    Hi all. I’m going through some personal issues so writing this story was the least important thing. But I’m going to continue this in sha allah. I don’t wanna stop without finishing what i started. Thanks for your support. And I won’t disappoint you all. There is only 2 or 3 episodes left. im sha allah i’ll start writing soon. I apologize for this delay. Your support is what brought me this far and I won’t let you all down. Your favorite story will continue in sha allah very soon.

    1. Lee says:
      September 19, 2016 at 9:14 pm

      Ok but avass plx

  64. naanu says:
    September 19, 2016 at 3:30 pm

    plxx layaa avas..ingey

  65. Love says:
    September 20, 2016 at 8:32 am

    Ok pls fast.. Miadhu up kohdhyba..?❤❤❤?

  66. Jasmine says:
    September 20, 2016 at 12:42 pm

    Thank You so much vee goeh angaala dhineema… waiting waiting

  67. shaya says:
    September 20, 2016 at 7:47 pm

    Layaa 1 dhuvahun thi hurihaa part thah kiyaalan dheefa huttaalaa pls…. Haadha dhigu inthixaarekey

  68. mal says:
    September 20, 2016 at 8:53 pm

    avas kohba story….

  69. maiha says:
    September 20, 2016 at 10:22 pm

    thnx…Layaa avas kohladhehchey?

  70. Meesh says:
    September 23, 2016 at 9:31 pm

    Dhogu dhogu dhogu Hus dhogu..????????

  71. aimin mau says:
    September 23, 2016 at 11:45 pm

    Plss layaa avx kohdhehchey……

  72. layaal says:
    September 24, 2016 at 8:23 pm

    hey guys. good news. i’ll update tomorrow in sha allah ??

Comments are closed.

Next Episodeދޭނަން ހިތާ ޖާނާ (28)←


All Right Reserved!