މާއިންގެ އިސްތަށިގަނޑުން ދުވި ވަހުން ނައިޝް އަށް ހަމަ ބިމަށް އާދެވުނު ފަދައެވެ. ގައިގައި ނެތް ހިތްވަރު ލައިގެން އޭނާ މާއިން ކޮއްޕާލިއެވެ. އަދި ބޭރަށް ދާން ދުއްވައި ގަތެވެ. ފަހަތުން މާއިން އަށް އަށް ވެސް ދުއްވައި ގަނެވުނެވެ. ނައިޝް އަށް އެތަނުން ސަލާމަތް ވެވިއްޖެ ނަމަ އޭނާ އަށް ސަލާމަތެއް ނޯންނާނެ ކަން އިނގޭތީއެވެ. ދުވަމުން ދިޔަ އިރު ފަހަތުން މާއިން އާދޭތޯ ބަލާލަންވެގެން ފަސް އެބުރިފައި ކުރިމައްޗަށް ބަލާލި ނައިޝްގެ ދުވުން ހުއްޓުނެވެ. […]
އަޔާނީގެ ލަވަ ނިމުމާއި އެކު ޒައްޔާން އަށް އަޔާނީގެ ގައިގައި ބައްދާއި ގަނެވުނެވެ. ދެން މާކަށް ގިނަ ދުވަހެއް ނެތި އޭނާ އަށް އަޔާނީ އަށް ދުރަށް ދާން ޖެހޭނެ އެވެ. ޓްރެއިނިންގ އަށެވެ. ދެމީހުން އެކަކު އަނެކަކުގެ ގައިގައި ބައްދާލިއެވެ. އެވަރުންވެސް އެދެމެދުގައި ވި ލޯބި އެއްވެސް ހުރަހެއް ނެތި ފެންނާން ހުއްޓެވެ. އީވާ އެ މަންޒަރު އޭނާގެ ފޯނުގައި ރައްކާކޮށްލިއެވެ. އަދި ދެވަނަ ބުރަށް ފުޅި އަނބުރާލިއެވެ. ♡ ・ ♡ ސައުވީސް […]
މާލޭ ރާޅުގަނޑު ސަރަހައްދުގައި މާއިން އިން އިރު އޭނާގެ ނަޒަރު މޫދަށް ހުއްޓަސް އޭނާގެ ސިކުނޑީގައި ހިނގަމުން ދިޔައީ މާ ކުރީގެ ހަނދާންތަކެކެވެ. އެ ހަނދާންތަށް އާވަމުން ދިޔަ ވަރަކަށް އޭނާގެ ދެލޮލުން ކަރުނަ އޮހޮރުވާލައެވެ. ކޮންމެ ފަހަރަކުވެސް އޭނާ އަށް ސިފަ ވަނީ ކަރުނުން ފުރިފައި ވި ލޮލެކެވެ. އޭނާ އަންހެން ކުއްޖަކަށް އަނިޔާ ކުރާ ތަނެވެ. ކަންފަތުގައި ގުގުމަމުން ދަނީ އެ އަންހެން ކުއްޖާގެ ރުއިމުގެ އަޑެވެ. އާދޭސް ތަކެވެ. އޭގެ ތެރެއިން […]
އެންމެންވެސް އެ ގެއަށް އައި އިރު ގެއަށް ޒިވާ އައިސްފައި ހުރި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އިއަން ޒިވާ އަދި ގެއަށް ނާދް އެއް ނޫން ހޭ ބުނުމުން އެންމެންވެސް ކަން ބޮޑު ވާން ފެށިއެވެ. ވާނީ ވެސް އެހެންނެއް ނޫން ހެއްޔެވެ. ކިތަންމެ ފަހަރަކު އެރަށަށް އައި ކަމުގައި ވިޔަސް ގަސް ބޯ ބޮޑު ޖަންގައްޔެއް ފަދަ އެ ތަނުން ނުކުތުމަކީ އުނދަގޫ ކަމެއް ވިއްޔާ އެވެ. ޒިވާ އަށް ކަމެއްވެ، ނުވަތަ […]
” މިޝް… ޔޫ އެންޑް މީ؟…” ވިޝާމް ދުރުގައި އެކަހެރިކޮށް ނައިރާ ކައިރި ހުރި މިޝްކާ އަށް ގޮވާ އޭނާ އާއި އެކޮށް ދާން އޯކޭ ހެއްޔޭ އަހާލިއެވެ. މިޝްކާގެ ހިތް އުފަލުން ނަށައިގަތީ ތިޔަހެންނެއް ބަލާފަކާއި އެއް ނޫނެވެ. އަވަހަށް ބޯ ޖަހާލެވުނީ އެ ފުރުސަތު ގެއްލުވާލަން ބޭނުން ނުވާތީ އެވެ. ނައިރާ އަށް ވެސް މިޝްކާ އަށް ބަލައިލެވުމަށް ފަހު ނުލަފާ ފާޑަކަށް ހީ ލެވުނެވެ. އެހެން މީހަކަށް ނުފެންނަ ގޮތަކަށް ގުޑް ލަކް […]
އިއަން އަށް ޒައިހާގެ އަނގައިން އެރުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން އެނގުމުން ދާން ހިނގައި ގަތެވެ. އެހެން ނަމަވެސް ހުއްޓެން މަޖުބޫރު ވީ ޒައިހާ މި ފުންމާލަނީ އޭ ބުނުމުންނެވެ. ޒައިހާ ފުންމާލުމާއި އެކު ވަގުތުން ހިފާ އޭނާގެ އަތްދަނޑި މައްޗަށް ލައިގެން އިއަން އެއްގަމަށް ހިނގައި ގަތީ ޒައިހާގެ މޫނަށް ނުބަލާން ހުވާ ކުރަމުންނެވެ. އެއާއި އިދިކޮޅަށް ޒައިހާގެ ނަޒަރު އިއަންގެ މޫނުން ނުނެއްޓެއެވެ. އެއްގަމާއި ހަމަ އަށް ދެވުނު އިރުވެސް އޭނާ އަށް ރެއަކާ […]
ގަޑިން އެގާރަ ގަޑި ފަންސާސް ހިނގާ ބާރަ ޖަހަނީ އެވެ. ދަންވަރުގެ ޝިފްޓަށް ޑިއުޓީ އަށް ދާން އިޒާ ގެއިން ނުކުމެގެން ޓްވިން ވެލީ ހޮސްޕިޓަލް އާއި ދިމާލަށް ހިނގައިގަތީ ބާރު ފިޔަވަޅު ތަކެއްގައެވެ. ހިނގަމުން ދިޔައިރު އިރު އިރުކޮޅާހެން އަތުގައި އޮތް ގަޑިއަށް ބަލާލެވެނީ ގަޑިޖެހުމުގެ ކުރިން އަވަހަށް ހޮސްޕިޓަލަށް ވަންނަން ބޭނުން ވާތީއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ޖެހިގެން އޮތް ގޯޅިއަށް އަޅާލުމާއި އެކު ހެން ފިޔަވަޅުތަކަށް މަޑުޖެހުމެއް އައީ އެ މަގުގައި އިން […]
ގަޑިން އެގާރަ ގަޑި ފަންސާސް ހިނގާ ބާރަ ޖަހަނީ އެވެ. ދަންވަރުގެ ޝިފްޓަށް ޑިއުޓީ އަށް ދާން އިޒާ ގެއިން ނުކުމެގެން ޓްވިން ވެލީ ހޮސްޕިޓަލް އާއި ދިމާލަށް ހިނގައިގަތީ ބާރު ފިޔަވަޅު ތަކެއްގައެވެ. ހިނގަމުން ދިޔައިރު އިރު އިރުކޮޅާހެން އަތުގައި އޮތް ގަޑިއަށް ބަލާލެވެނީ ގަޑިޖެހުމުގެ ކުރިން އަވަހަށް ހޮސްޕިޓަލަށް ވަންނަން ބޭނުން ވާތީއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ޖެހިގެން އޮތް ގޯޅިއަށް އަޅާލުމާއި އެކު ހެން ފިޔަވަޅުތަކަށް މަޑުޖެހުމެއް އައީ އެ މަގުގައި އިން […]
މި މަންޒަރު އީވާ އަށް ފެނުމުން ބަދިގެއިން ނުކުންނަން އަޅާލި ފިޔަވަޅު މަތީގައި މީހާ ގަނޑު ވިއެވެ. އަތުގައި އިން ފެންތައްޓަށް ބަލާލަމުން އިސްޖަހާލާފައި އެ ފެންތަށި މިޝަލް އަށް ދިއްކޮށްލިއެވެ. އެކަކަށް ވެސް އީވާ އަށް ވީ ގޮތް ނުފެނުނުކަމުގައި ވިޔަސް އަޔާޝް ކައިރީ ހުރި ނައިރާ އަށް މި މަންޒަރު ކިތަންމެ ހާވެސް ރީތިކޮށް ފެނުނެވެ. އެއާއި އެކު ނައިރާގެ ތުންފަތް މަތިން ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ❈ ވިހި ވަނަ ބައި […]