ރީތި ދޮންވެލި ތުނޑިމަތީ އިން ޒުވާނާގެ މޫނުމަތިންފެންނަމުން ދިޔައީ އެ ރީތި ދޮންވެލިގަނޑައި އޮއްސެމުން ދިޔަ އިރުގެ ކުލަތަކާއި ގުޅޭ މަންޒަރުތަކެއް ނޫނެވެ. އޭނާގެ މޫނު ވަނީ މުޅިން މިލާ މޯޅިވެފައެވެ. އެ ލޮލުގެ އެސްފިޔަތަށް ފޫއަޅުވާލާފައި ކޯތާފަތުގައި ބޮސް ދީފައި ފައިބައިގެން ދާ ކޮންމެ ކަރުނަ ތިއްކަކުންވެސް އެ ހިތަށް ކޮށްފައިވީ އަސަރު ކިތަންމެ ހާވެސް ރަނގަޅަށް ފާޅުވާން ހުއްޓެވެ. ޖައިޝަމް އޭނާގެ ކުރީގެ ދިރިއުޅުމާއި މެދު ވިސްނަމުން ދިޔައެވެ. އޭނާއާއި އޭނާގެ އާއިލާ އުޅެމުން […]
ދަންވަރުގެ ވަގުތެކެވެ. ނިދިފައި އޮތް ޝާޔާ އަށް ހޭލެވުނީ ކައިރީގައި އޮތް ފޯނު ރިންގު ވާން ފެށުމުން ނެވެ. ގަޑިން އެގާރަގަޑި ފަންސާން ފަހެކެވެ. ދެފަރާތަށް ބޯހޫރުވާލައިފައި ޗާޔާ ތެދުވެގެން ހިނގައިގަތީ ފެންފޮދެއް ބޯލާށެވެ. އޭރުވެސް އޭނާގެ ފޯނު ރިންގު ވަމުން ދިޔައެވެ. ގުޅަނީ ކާކު ކަން އިނގޭތީ ޝާޔާ ފޯނު ނުނަގަން ހުރި ކަހަލަ އެވެ. ކަންނެތް ގޮތަކަށް ހިނގަމުން އައިސް ކޮޓަރި ދޮރު ކައިރި ހުއްޓުމާއި އެކު ޝާޔާއަށް ދޮރު ދަށުން ފައިގެ ހިޔަނި […]
“ޕުޑިން ބުނީ ޑާލިންގެ އުނގަށް އެރި އޮންނަން، މިހާރު މިއޮތީ އޮށޯވެގެން… ދެން އެއްޗެކޭ ކިޔާބަލަ… ” ލަދުން ވިރެމުންދިޔަ އީވާގެ މޫނުން އަތް ނަގަމުން އަޔާޝް ބުނެލިއެވެ. އެއާއި އެކު އެތަނުގައި އަނެއްކާވެސް ގުގުމައިގެން ދިޔައީ ދެންތިބި މީހުން ހޯބޯ ލެއްވުމުގެއަޑާއި އެކު، ޑާލިންއޭ ކިޔާ ގޮވައިގަތް އަޑެވެ. އީވާ އަށް އަޒްލީނާ އެވަގުތު ގޭގައި ނޫޅޭ ކަމަށް ހާސްފަށުން ހަމްދު ކުރެވުނެވެ. އެންމެން އެކަމާ އެ ދެމީހުންނާއި ދިމާކުރަމުން ދިޔައިރު އެންމެންގެ ތެރެއިން އެކަމާ […]
އެންމެންވެސް ހީ ނިމުމުން އަޔާނީ އެންމެން އެތަނަށް ގެނައި ސަބަބު ބުނެދިނެވެ. އަދި އޭނާއަށް އެކަމުގައި ކުޑަކޮށް އެހީއެއް ވެދޭން ބުނެލިއެވެ. ޒައްޔާންގެ މައިންބަފައިންގެ ކުރިމައްޗަށް ދާން އޭނާ ނުތަނަވަސް ވަމުން ދާތީ އޭނަގެ އެންމެ ގާތް މިތުރުންނާއި އެކަމުގައި އޭނާއަށް އެހީ ވެވޭނެ މީހުން އެއް ކުރީއެވެ. އެކި މީހުންނަށް އެކި ކަންތަށް ބަހާލިއެވެ. އަދި ކޮންމެ މީހަކުވެސް މިރެއަށް ވާން ވާއިރަށް އެންމެ ފުރިހަމައަށް ރެޑި ވެވެން އޮތް ވަރަކަށް ރެޑީ ވުމަށް ބުންޏެވެ. […]
ޒިވާވެސް ތައާރަފް ވެލާފައި މިޝްކާ އާއި ވާހަކަ އަޅުވާލާއިގެން ވިޝާމް އާއި އެއްހަމައެއްގައި ހިނގައި ގަތެވެ. މިޝްކާއަށް ރަށުގެ އެތަށް ބައެއްގެ ލޯ އަމާޒުވަމުން ދިޔައެވެ. ބޭރުގެ ފެޝަނަށް އަންނައުނު ލާފައި ވުމާއި އަދި ލާފައި ހުރި އެއްޗިހި ކުރުވެފައި ބާރުކަމުން ކިރިޔާ އަތަކަށް ހެލިލުމާއިއެކު ގައިފެނެއެވެ. އެހެން ވުމުން އަދި އަމުދުން ޒުވާން ފިރިހެން ކުދިންގެ އަމާޒުފައްގަނޑަކަށް ވެފައި ވަނީ އޭނާއެވެ. މިކަން މިޝްކާ އަށް ވީވެސް މަޖާ ކަމަކަށެވެ. އިތުރަށް ބުޑުގަނޑުން އަށްޑިހަ އަށެއް […]
ވިޝާމް ތާޒާވެލައިގެން އައިސް އެނދުގައި އޮށޯވެލާ ފޯނު ނަގާ އިންސްޓާ އަށް ވަދެލިއެވެ. ޒިވާ އޮންލައިންގައި އިނުމުން އޭނާ ޒިވާއަށް ގުޅާލިއެވެ. ފޯނު ނުނެގުމުން ދެވަނަ ފަހަރަށްވެސް ގުޅާލާފައި ނިދާފައި ކަމަށް ބަލާ ވިޝާމްވެސް އޮފްލައިން ވެލާފައި ނިދަން ދެލޯ މަރާލިއެވެ. މާކަށް ގިނަ އިރުތަކެއް ނުވެ ހަށިގަނޑަށް ވެރިވެފައި ހުރި ލޮޑުކަމުގެ ސަބަބުން ހުވަފެނީ އާލަމަށް ވިޝާމް ދަތުރު ފެއްޓިއެވެ. ✧ސޯޅަވަނަ ބައި ✧ އެނދުގެ ހެޑްބޯޑުގައި ލެނގިގަނެގެން އިން ޒިވާ ނަޒަރު […]
އަޅުގަނޑުގެ ޓެސްޓު ދުވަސްކޮޅު މި ރަމަޟާން މަސް ނިމުމުން ފެށޭތީ މިއަދުން ފެށިގެން އަޅުގަނޑު ކުޑަ ބްރޭކެއް ނަގާލަން ގަސްތު ކުރާތީ ބްރޭކް އަށް ފަހު އަޅުގަނޑު ތިޔަ ކިޔުންތެރިންނަށް ވައުދޭ ވެވޭ މީ ގެދެން އޮތް ބަޔާއި އެކު ބައްދަލް ކޮށްލާނަން…. މިބްރޭކްގެ ތެރޭ ނަގާނީ ކިހާދުވަހެއް ކަމެއް ބުނާކަށް ނޭނގެ… އެކަމަކު އިންޝާ ﷲ ވަރަށް އަވަހަށް އާދެވޭ ތޯ ބަލާނަން ސޮރީ ޓުކީޕް ޔޫ ގައިސް ވެއިޓިންގ… -ލައު-
މީހުން އާނމުކޮށް ނޫޅޭ ހިސާބުގައި ހުރި ވީރާނާ ވެފައި ވީ ފަޅު ގެއެއްގެ ތެރޭގައި މަސްތުގެ ހާލަތުގައި ބަޔަކު ތިއްބެވެ. ދުނިޔޭގައި ވާއެއް ނުވާ އެއް ނޭނގޭ ހާލަތުގައި އެމީހުން ތިބީ ދަޅަތަކަށް ހެއްލިފައެވެ. ސިކުނޑި ވަނީ އެހެން ދިމާލެއްގައެވެ. އެމީހުންގެ ތެރޭގައި އިން ޝާމިން އޭނާގެ އަތުގައި އޮތް ފުޅި އާއި ވާހަކަ ދައްކަމުން ދިޔައެވެ. ” އީވާ..އަހަންނަށް ވަރަށް ގިނަ ދުވަހު ކެތް ކުރެވިއްޖެ.. ދެނެއް ނުވާނެ.. މިކުޅިގަނޑު ބަލަން އަހަންނަށް ހުރެވިއްޖެ… އަހަރެން […]
” އޭ ޗީޒްބޯލްސް ކީތްތި ކުރަނީ؟؟؟… މަ މިހިރީ ދޮންތަ ކައިރިގައޭ… ތި ދޮރަށް އަނިޔާ ނުކޮށް ދެން ތި ކިޔާއެއްޗެއް ކިޔާބަލަ… މަ މިހިރީ އަޑުއަހާށޭ!!!… އެ ދޮރު ސަލާމަތުން ހުރިކަން… އަނެއްކާ އަނެއްކޮޅުން މަންމަ ގޭގަ ނޫޅޭކަންވެސް އެއީ މަގޭ ނަސީބު… އެހެންނޫނީ ރޮކެޓަކަށް އެހެން އެއްޗަކަށްވެސް ނުލައި އޭގެ ބަދަލުގަ މަ ފޮނުވާނެ ދެން އޮތް ޕްލެނެޓަށް… މަށަށް ޖެހޭނީ ހުރިހާ ކަމެއްކޮށްފަ ކައްކާ ކާން ހަދައި. މި ހުރިހާ ސަކަރާތެއް ޖަހަން…” […]