މާހީ ދެން ގެނައި ހަރަކާތަކީ ޒީހާން ވެސް ހައިރާން ކުރުވި ކަމެކެވެ. އަދި ކުޅިބަލަން ތިބި އެންމެން ވެސް އަނގަމަތީ އަތް އަޅާލި އިރު އެ އެންމެންގެ ވެސް ދެލޯ ވަނީ ތަންމިނަށް ހުޅުވިފައެވެ. ⋆⋆- ހަތަރުވަނަބައި -⋆⋆ މާހީ އެ މާބޮނޑި ޒީހާންގެ އަތުން ނެގި ގޮތަށް އޭތި ބިންމައްޗަށް ވައްޓާލާ އެޔަށް ފައިން އެރިއެވެ. އެ މާތަކައި އެކު ޗިސްޗިސްވެގެން އެ ދިޔައީ ޒީހާންގެ ހިތް ކަމެއް މާހީ އަކަށް ނޭގެއެވެ. […]
އަށް ގަޑި ބައި ވީ އިރު ޒީހާން ހުރީ ސްވީޓްސް ރެސްޓޮރެންޓު ކުރިމަތީގައެވެ. އެ ތާނގެ އެތެރެ އަށް ވަދެ ސިޑިން މައްޗަށް އަރާ ފުރަތަމަ ފޮލޯ އަށް އެރިއެވެ. އޭރު އެ ކުލާހުގެ ގިނަ ކުދިން އައިސް ތިއްބެވެ. ޒީހާން އައުމުން އައިހަމް އޭނާކައިރި އެއްޗެކޭ ބުނެލިއެވެ. ” އޭ މާޝާ ބުނީ އޭނަ އަންނާނި އޭނަ ކަޒިން އެއް ގޮވައިގެންނޯ އެމީހުން މަންމަ މެން މާލެ ގޮސްގެން އެ މަންޖެ ހުރީ އޭނަ ކައިރީގަޔޯ… […]
ގެއަށް ވަދެގެން ދިޔަ ޒީހާން އަށް އޭނާގެ މަންމަ އަށް ފިލައިގެން ކޮޓަރިއަށް ވަދެވުނީ ކިރިޔާއެވެ. އެހެންނަމަވެސް އޭނާއަށް ވަދެވުނީ އޭނާގެ ހަގަށް ހުންނަ ކޮއްކޮ ޒައިހާގެ ކޮޓަރިއަށެވެ. އޭރު އެ ކޮޓަރީގައި ހުރި ކުއްޖާ އޭނާއާއި ދިމާލަށް ފާޑަކަށް ބަލަން ފެށުމުން އޭނާއަށް އެ ކޮޓަރި އަށް ނަޒަރު ހިންގާ ލެވުނެވެ. ވަދެވުނީ އޭނގެ ކޮއްކޮގެ ކޮޓަރިއަށް ކަން ރެއަކާލީ ދެނެވެ. ވީ ކަޑައަކުން ބޮލުގެ ފުއްކިބައިގައި އަތް ހާކަލާ ކުރިމަތީ ހުރި އަންހެން ކުއްޖަ […]
އަސުރުން އިރު ކެހިލާ ދުނިޔެ މަތިން އިރު އޮއްސެމުން ދާކަމުގެ ކުލަވަރު ފެންނާން ފެށިއެވެ. މާލެއިން ފުރައިގެން ކ.ހުރާ އާއި ދިމާލަށް މިސްރާބު ޖަހައިފައި ވީ ލޯންޗުގައި އިން ވިޝާމް ގެ ތުންފަތުގައި ކުޅެލާ ފައިވީ ހިނިތުންވުމުން އެތަކެއް އަންހެން ހިތްތަކެއް ކަތިލާނޭ ފަދައެވެ. ރޭބަން އައިނަކުން ދެލޯ ފޮރުވާފައި ވީއިރު ދެ ކަންފަތަށް ދެ އައިޕޮޑްސް ޖަހާފައި ވެއެވެ. ލޯންޗު ސީޓަށް ހަށިގަނޑު ދޫކޮށްލައިގެން ދެފައި ދަމާލައިގެން އިން އިރު އެ ފިރިހެން ވަންތަ ހަށިގަނޑު […]