Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގައި ވޭ ތިޔަ ނަން…3

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
August 14, 2022 4 Mins Read
0 Comments

މާއިންގެ އިސްތަށިގަނޑުން ދުވި ވަހުން ނައިޝް އަށް ހަމަ ބިމަށް އާދެވުނު ފަދައެވެ. ގައިގައި ނެތް ހިތްވަރު ލައިގެން އޭނާ މާއިން ކޮއްޕާލިއެވެ. އަދި ބޭރަށް ދާން ދުއްވައި ގަތެވެ. ފަހަތުން މާއިން އަށް އަށް ވެސް ދުއްވައި ގަނެވުނެވެ. ނައިޝް އަށް އެތަނުން ސަލާމަތް ވެވިއްޖެ ނަމަ އޭނާ އަށް ސަލާމަތެއް ނޯންނާނެ ކަން އިނގޭތީއެވެ.

ދުވަމުން ދިޔަ އިރު ފަހަތުން މާއިން އާދޭތޯ ބަލާލަންވެގެން ފަސް އެބުރިފައި ކުރިމައްޗަށް ބަލާލި ނައިޝްގެ ދުވުން ހުއްޓުނެވެ. ދެލޯ ބޮޑުވެފައި ވީ އިރު މަޑުމަޑުން އޭނާ އަށް ތިރިއަށް ބަލާލެވުނެވެ. ރަތްވެފައި ވި އެ ދެލޮލުން ކަރުނަތަށް އޮހިގަތެވެ. ހަރަކާތެއް ގެންނަން ނޭގިފައި ނައިޝް އަށް ތިރިއަށް ބަލަހައްޓައިގެން އޭނާގެ ބަނޑުގައި އަތް އަޅައިގެން ހުރެވުނެވެ. ފަހަތުން ދުވަމުން އައި މާއިން އއަށް ވެސް މި މަންޒަރު ފެނުމުން ނައިޝްގެ ދެލޯ ހުއްޓިފައި ވީ ދިމަލަށް ބަލާލެވުނެވެ. އޭނާ އަށް ވި ވެސް އެވަރެވެ. ދެލޯ ބޮޑު ވިއެވެ. އަދި މަޑު މަޑުން ނައިޝް އާއި ކައިރިއަށް ޖެހިލެވުނެވެ.

 

~ ތިން ވަނަ ބައި ~

 

މާއިން އަށް ހަމަ ހެއަށް އާ ދެވުނު ފަދައެވެ. އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. ނައިޝް އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވެން ވީ އިރު އޭނާ ވަގުތުން ނައިޝްގެ ވެއްޓެން ދިޔަ ހަށިގަނޑުގައި ހިފެހެއްޓިއެވެ. މަޑު މަޑުން ތިރިވަމުން ގޮސް ނައިޝްގެ ހަށިގަނޑު ބިންމަތީ ބާއްވަމުން މާއިން ނައިޝްގެ ބޯ އޭނާގެ ފައި މަތީގައި ބޭއްވިއެވެ.

ނައިޝްގެ ބަނޑުގައި އަތް ޖައްސާލެވުނީ ބޭ އިޚްތިޔާރުގައެވެ. އެހެންނަމަވެސް ނައިޝްގެ މޫނަށް ބެލުން ނޫން ކަމެއް މާއިން އަކަށް ނުކުރެވެއެވެ. އެ ދެ ލޮލުން އޮހެމުން ދިޔަ ކަރުނަތަށް މާއިންގެ ކޮލުން ފައިބައިގެން ދަތްދޮޅިން ފަހަރަކު ތިއްކެއް ކަމަށް ވެއްޓެމުން ދިޔައީ ނައިޝްގެ މޫނަށެވެ. މާއިން އަށް ކަރުނުން ފުރިފައި ވި ދެލޮލަކާއި އެކު އިސް އުފުލާ މައްޗަށް ބަލާލެވުނެވެ. ފާރުން ނުކުމެފައި ވި ދަގަނޑުން އޭރުވެސް ލޭ ތިކި ޖަހަމުން ދިޔައެވެ.

“މާން…” މާއިން އަށް ނައިޝް އާއި ދިމާލަށް ބަލައިލެވުނީ ކުރަކު އަޑަކުން ނައިޝް އޭނާ އަށް ގޮވާލުމުންނެވެ. ކަރުނަ އަކަށް ފަހު ކަރުނަ އެއް އޭރުވެސް ނައިޝްގެ ލޮލުން ކަންފަތާއި ހަމައަށް ފިރުކެމުން ދިޔައެވެ. މާއިން އަވަސް އަވަހަށް ނައިޝްގެ މޫނުގައި އޭނާގެ ދެ އަތުން ހިފާލިއެވެ. އަދި އަވަސް އަވަހަށް ބޯ ޖަހާލީ އޭނާ އެހުރީ އަޑު އަހަންށޭ ބުނާފަދަ ގޮތަކަށެވެ.

” އަހަ- އަހަން-ނަށް ކް-ކީތް ކުރެ-ވުނީ؟… މް- މާން އަ-އަހަ-ންނަށް ތިހެން ހެ-ދީ…” މާއިން އަށް ބުނަން ވީ އެތި ނޭނގުނެވެ. ނާއިޝްގެ ނިތަށް ބޮސް ދެވުނެވެ. އޭނާ އަށް ނައިޝް އޮތް ހާލަތަށް ވިސްނާލެވުނެވެ. ހިނދުކޮޅެއް ކުރިން އޭނާގެ ސިކުނޑީގައި ވި ކަންތަށް ހަނދާން ވި އެވެ. އިތުރަށް އޭނާގެ ހިތުގައި ޖެހުނީ އަމިއްލަ ލޯބިވެރިޔާއަށް އޭނާގެ ދެއަތުން ޖެއްސުނު ހާލު ހަނދާން ވުމުންނެވެ. ހިތުގައި ވޭން އުފެދުނެވެ. އަމިއްލަ ނަފްސު އިންތިހާ އަށް ކުއްވެރި ކުރެވުނެވެ.

” ސޮރީ…” މާއިން އަށް ބުނެވުނީ އެހިސާބަށެވެ. ނައިޝް އޭނާގެ ޝަހާދަތް އިނގިލި މާއިންގެ ތުންފަތުގައި ޖައްސާލިއެވެ. އެހިނދު މާއިން އަށް ނައިޝްގެ ބަނޑާއި ދިމާލަށް ބަލާލެވުނެވެ. ބޮކި ޖަހާފައި ލޭގަނޑު އަރައި ގަތެވެ. މާއިން އަށް ނޫނެކޭ ބުނެވުނެވެ. ނައިޝްގެ މޫނާއި ދިމާލަށް ބަލައިލެވުނު އިރު ނައިޝް ކޮންމެވެސް އެއްޗެކޭ ކިޔަން އުޅޭހެން އޭނާ އަށް ހީވިއެވެ. އެހެން ކަމުން ނައިޝްގެ އަނގަ އާއި އޭނާގެ ކަންފަތް ކައިރި ކޮށްލިއެވެ.

” އައި ވިލް އޯލްވޭސް ލަވް ޔޫ……..” ނައިޝްގެ މުޅި ހަށިގަނޑުގެ ހަކަތަ އެކީހެން ކެޑިގެން ދިޔައެވެ. ވަރު ދޫވި އިރު ނައިޝްގެ ލޯ ވަނީ މެރިފައެވެ. އެ ހަށިގަނޑުގައި ރަސްކަން ކުރަމުން ދިޔަ ފުރާނަ އެ ފުރާނައިގެ ވެރި ރަސްކަލާނގެ ހަޟްރަތަށް ދިޔައީއެވެ.

މާއިން ނައިޝްގެ ނިއްކުރި އަށް ދޮނެއް ދިނުމަށްފަހު ދެ ނިއްކުރި ޖައްސާލައިގެން އިރުކޮޅަކު އިނެވެ. އެ ހިތަށް ދެން ފިނިކަމެއް ލިބުމެއް ނެތް ކަން މާއިން އަށް ފަހުމު ވިއެވެ. އަދި އެއްފަހަރު ނައިޝްގެ ކިބައިން މާފަށް އެދުމަށް ފަހު މާއިން ތެދުވެގެން ދިޔައީ ނައިޝްގެ ހަށިގަނޑުގައި އޮތް ފޮތިކޮޅު ނައްޓާލާ އޭނާ ލައިގެން ހުރި ގަމީސް ބާލާ، އެ ހަށިގަނޑު ފޮރުވާލިއެވެ. އަދި އަތް ތުރު ތުރު ލާ ހާލު ފުލުހުންނަށް ގުޅާ، މައްސަލަ ހުށައެޅިއެވެ. އަދި އެތަނުން އޭނާ ނުކުމެގެން ގޮސް ކައިރި ހުރި ވާޓަރު މައްޗަށް އަރާ އޭނާގެ ފޯނު މޫދަށް އެއްލާލިއެވެ. ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލާފައި އޭނާ އުޑަށް ބަލާލުމަށްފަހު ދުރަށް ހިނގައިގަތެވެ.

***********

ފޯނުގެ އެލާމަށް ހޭލެވުނު އިޒާ އަވަސް އަވަހަށް ގަޑި ބަލާލިއެވެ. އެއްގަޑި ތިރީސް ނުވައެއްގެ އެލާމް ވަމުން ދިޔަ އިރު އޭނާ އަށް ތޭރަ އިން ތަން ފެނުމުން ތިނެއް ޖެހީ ކަމަށް ހީކޮށް ފުންމައިގެން ތެދުވެ ފާހާނަ އަށް ވަނީ އަޞްރު ނަމާދު ނުކޮށް ހުރެވުމުންނެވެ. އަނެއްކާ ހަތަރުގަޑި ބަޔަށް އޭނާ ޑިއުޓީ އަށް ވެސް ދާން ޖެހޭތީ އެވެ. ތޮޅެމުން ފޮޅެމުން ފެންވަރައި، ވުޟޫ ކޮށްގެން ނުކުމެ ނަމާދު ކުރަން އިސްޓާކީނަށް އަރަން ހުއްޓާ ދޮރުގައި ޓަކި ޖެހި އަޑު އިވުމުން އޭނާ ދޮރު ހުޅުވަން ދިޔައެވެ.

” ދަރިފުޅާ އާދެ ކާން… މެންދުރު ނުކައެއްނުން ތިހިރީ…” ” އާން.. މިދަނީ ނަމާދުކޮށްގެން….” “ދަރިފުޅު މެންދުރު ނަމާދު ނުކުރަންތަ؟… މަންމަ ހީކުރީ ދަރިފުޅު ނަމާދުކޮށްގެން ކަމަށް ނިދީ…” ” އާން މެންދުރު ނަމާދުކޮށްގެންނޭ ނިދީ.. މިހާރު މިއުޅެނީ އަޞްރު ނަމާދޭ ކުރަން…” ” އަޅެ މަށަށް ކޮން ކަހަލަ ދަރިއެއްތަ ލިބިފަ މިހިރީ.. އިޒާ ދަރިފުޅާ އަދި އަޞުރަކަށް ނުގޮވައޭ… ދެއެކޭ ޖަހަން އެ އެއުޅެނީ..” އިޒާގެ މަންމަ ޒާހިޔާ އެހެން ބުނުމާއި އެކު އޭނ އެކޭ ކިޔާފަ އިޒާ ގޮސް އޭނާގެ ފޯނުން ގަޑި ބަލާލިއެވެ. ތެދެކެވެ. އަދި ގަޑިން އެއްގަޑި ފަންސާސް ތިނެކެވެ. ބޯ ހޫރުވާލުމަށް ފަހު އޭނާ އަމިއްލަ މޮޔަ ކަމަށް ކުދިކިޔާލިއެވެ. އަދި ދެކޮޅަށް ހެއްލެމުން ގޮސް އޭނާ ލައިގެން ހުރި އިސްޓާކީނާއި ނަމާދުކުރަން އެޅި ނަމާދު ދޮޅި ބޭލިއެވެ. ރީއްޗަށް މުސައްލަތެރޭ ބާއްވާލާފައި އެ މުސައްލަ އޮޅާލުމަށްފަހު އޭނާ އެ ނަގާ އެންދުމަތީ ބާއްވާލިއެވެ. އަދި ކޮޓަރިން ނުކުތީ ކާން ދާށެވެ.

” މަންމަ ބުނި ޒާއްކޮ އުޅުނީ އަޞުރު ނަމާދު ކުރާށޯ ދެންމެ…” ބަދިގެ ބަޔަށް ވަދެވުނު އިރު އޭނާގެ ބޮޑަށް ހުންނަ ދައްތަ އަޒްހާ ކާން އިނދެފައި އޭނާ އާއި ދިމާކޮށްގަތެވެ. އަޒްހާ އާއި ދިމާލަށް ބަލާލާފައި އިޒާ އޭނާގެ މަންމަ އަށް ވަރަށް ޅަ ވެލާފައި ގޮވާލިއެވެ.

” މަންމީ… ބަތް ތައްޓެއް މޮޑެދީބާ…” އިޒާ ގޮވާލި ގޮތުން ކާން ނުކުތް އޭނާގެ ބައްޕަ އަށް އަޑު އިވުމުން ހިނިގަނޑެއް ޖަހާލިއެވެ.

” ހެހެހެ… ދަރިފުޅު އަދިވެސް ބޮޑު ނުވަން ދޯ… ދަރިފުޅު ކުޑައިރުވެސް އައިސް ތިހެން ބުނާނެ ބަނޑުހައި ވީމަ…” އިސްހާގު އިޒާ އާއި ދިމާލުން ކުރިމަތީ ހުރި ގޮނޑިގައި އިށީންނަމުން ކުރީގެ ހަނދާނެއް އާ ކޮށްލިއެވެ. އިޒާ އަނގަ އަށް ވައްތަރެއް ޖައްސާލިއެވެ. އެއީ އޭނާގެ ބައްޕަ އެ ބުނެލި ވާހަކަ އަކީ އޭނާ ހަނދާން ހުންނަ ކަމަކަށް ނުވުމުންނެވެ. އިޒާ އަށް ވެފަ އިން ގޮތުގެ ވާހަކަ އިސްހާގު ބުނުމުން ބަދިގެ ތެރޭގައި ހުރި ޒާހިޔާގެ މަޑު ހުނުމެއްގެ އަޑު ވެސް އިވުނެވެ. އިޒާ އަށް ދެން ބަލައިލެވުނީ އަޒްހާ އާއި ދިމާލަށެވެ. އޭރު ހިނިގަނޑު ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ އަޒްހާ ފެނި އިޒާ އަށް ދެބުމަ ގޮށް ޖަހާލެވުނެވެ. ކުޑައިރު ކުރެވިފަ ހުންނަ ކަންކަމުގެ އާދަތަށް އަދިވެސް ކަށީގައި ހުރުމުންނެވެ.

” ހެވެއްނުން، އަދިވެސް އަޅުގަނޑު މީ މަންމަ އާ ބައްޕަގެ އެންމެ ހަގު މަންޖެ ވިއްޔަ.. އަޅުގަނޑަށް އޮންނާނެ ދޯ އެ މިނިވަންކަން…” އިޒާ ފޮނިވެލާފައި ބުމަ އަރުވާލަމުން ވާހަކަ ދެއްކިއެވެ. އަޒްހާ އަދިވެސް ތީ މަންމަގެ ބޮޑު ނުވާ ވިހި އަހަރުގެ ބޭބީ އޭ ކިޔާ ބަދިގެ އަށް ވަނީ ޒާހިޔާ އަށް އަތްގާތް ކޮށްދޭށެވެ.

އިޒާ ކައި ނިމިގެން ކޮޓަރި އަށް ވަދެ ރޭ ދަންވަރު ޝިފްޓުގައި އެއްބައި ކޮށްފައި ބެހެއްޓުނު މަސައްކަތެއް ހަދަން ޖެއްސިއެވެ. އޭނާގެ ދަބަސްތެރެއިން ފައިލެއް ނަގައިގެން އައިސް އޭގައި ހުރި ބަލިމީހުންގެ ބައެއް ރެކޯރޑްސް ތަށް ނޯޓުކުރަން ފެށިއެވެ. ވޯޑުގައި ތިބި ބަލިމީހުންނާއި އިއްޔެގައި އަލަށް އެޑްމިޓު ކުރި ބަލިމީހުންގެ ރިކޯޑްސް ތަކެއްވެސް ނެގިއެވެ.

އިޒާ އެއް ކޮންމެ އެއްޗެއް ނޯޓު ކޮށް ނިންމުމަށް ފަހު މިއަދުގެ ހަވީރު ޝިފްޓަށް ދާންވާއިރަށް އޭނާ ކުރަން ހުންނާނެ މަސައްކަތްތަށް ފާހަގަ ކޮށްލިއެވެ. އެއީ އޭނާ އަށް އެއްވެސް ކަމެއް ހަނދާންނެތި ފަރުވާ ބަހައްޓައިގެން ކުރެވޭނެ އެންމެ ފަސޭހަ ގޮތަށް ވީތީއެވެ.

 

ހަވީރު ހަތަރެއް ޖެހީ އިރު އިޒާ ހުރީ ލޯގަނޑު ކުރިމަތީ ރީތި ވާށެވެ. ހިތްހަމަ ޖެހޭ ވަރު ވުމުން އޭނާ ގަޑި ބަލާލާފައި ދަބަހަށް ބައެއް ރީތިވާ ސާމާނު ލާފައި ޒިބު ދަމާލުމަށް ފަހު އެންމެ ފަހު ކަމަކަށް ގަޔަށް ސެންޓު ޖަހާލިއެވެ. އަދި ޕެކުކޮށްފައި ހުރި ދަބަސް ހިފައިގެން ނުކުތް އިރު އަޒްހާ އިޒާ ނައިސްގެން ލަސްވެގެން ހުއްޓެވެ. އިޒާ ނުކުތުމުން އިޒާ ކައިރި ގަޑި ޖެހެނި އޭ ބުނެ، އަވަސް ކުރާށޭ ކިޔާފައި ގެއިން ނުކުތެވެ.

އަޒްހާ އަކީ ބްރީޒް ވެލީ ކުންފުނީގެ މެއިން އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. ހަފްތާއަކު ހަ ދުވަހު ޑިއުޓީ އަށް ދާއިރު އެއްދުވަސް އޭނާއަށް އޮފް ދުވަހަކަށް ލިބެއެވެ. ޑިއުޓީ އަށް ދާ ކޮންމެ ދުވަހަކު އޭނާ ސްޕްލިޓް ޑިއުޓީ ނަގައެވެ. ހެނދުނު ގޮއްސަ މެންދުރަށް ގެއަށް އައުމަށް ފަހު ހަވީރު އޭނާ އަލުން ޑިއުޓީ އަށް އަރައެވެ. އެއްކޮށް ޑިއުޓީ ނިމެނީ ރޭގަނޑު އެވެ. އިޒާގެ ހަވީރު ޑިއުޓީ އޮންނަ ދުވަހަކު އަޒްހާ، އިޒާ ހޮސްޕިޓަލަށް ލައިދެއެވެ.

 

 

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

ޙާލަތު (ތިންވަނަ ބައި)

Next

އެދުވަހު ލޯބިން 11

Next
August 15, 2022

އެދުވަހު ލޯބިން 11

Previews
August 14, 2022

ޙާލަތު (ތިންވަނަ ބައި)



All Right Reserved!